Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަފާ

Dhern Level 510 Stories100 Comments100 Login100 Stories500 Comments
October 24, 2018 2 Mins Read
7 Comments

ފަތިހުގެ ހަމަހިމޭން ކަމަށް ހަލަބޮލިކަމެއް ގެނެސްދިނީ ދޫނިސޫފާސޫފީގެ ތުމުން ކުޅެލި މިއުޒިކީ ރާގުތަކެވެ. ފަތިހުގެ ތެތްފިނިކަން ވަނީ މުޅި ކޮޓަރިތެރެއަށް ވެރިވެފަ އެވެ. އެފިނި ކަމުގެ ތެރޭގައި ނިދީގެ ފޮނިމީރުކަން ޙާޞިލްކުރަމުން އައި އަހަރެން، ހޭލައްވާލީ ފޯނުގެ އެލާމެވެ. އަހަރެން ދެލޯ ހުޅުވާލުމަށްފަހު، އަވަސްވެގަތީ ފާހާނާއަށް ވަދެ، ފެންވަރާ ވުޟޫކޮށްލައިގެން ފަތިސް ނަމާދު ޖަމާއަތުގައި ކުރުމަށް މިސްކިތަށް ދިޔުމަށެވެ.

އަލީ ރަމީޒުގެ ހިތްޤައިމު އަޑުން ގޮވަމުން ދިޔަ ބަންގިއަށް ސަމާލުވެ ހުރެ، ހިނގަމުން ދިޔައީމެވެ. ހަލަބޮލި މާލޭގެ މަގުތަކުގައި އެއްޗެއް ދުއްވާތީ މި ވަޤުތު ފެންނަނީ ވަރަށް މަދުންނެވެ. އެވެސް މިސްކިތަށް ދާ މީހުން ކަންނޭނގެވެ.

މިހެން ބުންޏަސް މާއިރާ ތެދުވެ، ނަމާދު ނުކޮށް މާލެ ކުޑަކުރާ ކެނައިން ވެސް އުޅޭނެއެވެ.

ނަމާދުކޮށް ނިމުމުން، ގެޔަށް ގޮސް ކޮފީތަށްޓެއް ތައްޔާރުކޮށްލައިގެން ބޯލީމެވެ. ސޯފާގައި ޖައްސާލައިގެން ކުޑަކޮށް ނޫސްތަށް ބަލާލީމެވެ. އާ ޚަބަރެއް އޮތްތޯއެވެ. އެއަށްފަހު ފިލްމެއް ބަލާލުމަށް ލެޕް ހުޅުވައިލާ ހަމަޖެހިލީމެވެ. ފިލްމު “މީ ލޯތްބަކީ” ބަލަން އަހަރެން އިނީ ވަރަށް ޝައުޤުވެރިކަމާއެކު އެވެ.

ވަޤުތު އަރައިގެން ދިޔަ ގޮތް ވެސް ނޭނގެއެވެ. ކުއްލިއަކަށް އަހަރެންގެ ސަމާލުކަމަށް ގެނުވީ ފޯނުގެ ދެވަނަ އެލާމެވެ. ޑިއުޓީ އެލާމެވެ. އަވަސް އަވަހަށް ތައްޔާރުވެލައިގެން ކޮޓަރިން ނުކުތީމެވެ.

އޭރު މަންމަ ހުރީ ސައި ވެސް ތައްޔާރުކޮށްފައެވެ. ޑިއުޓީ އިނީ 08:00 ގައެވެ. އަދި އެވީ 07:14 ވިއްޔާއެވެ. ހަމަޖެހިލައިގެން ސައި ބޮއެ ނިންމާލުމަށްފަހު، ދަބަސް އަޅުވަގެން ނުކުތީމެވެ. އަމީނީ މަގުން ހުރިގޮތަށް މިސްރާބު ޖެހީ ސީދާ “މިއަދުނޫސް” ގެ އޮފީހަށެވެ.

“ކުޅިވަރު އެކުވެނި” އާ އަރާ ހަމަވާން ކުޑަ ތަންކޮޅެއް ދުރެވެ. އަހަރެން އެއްލި ކަޅިއާއެކު ފެނުނީ ރީތި މަންޖެއެކެވެ. ލޯބި ހީލުމެކެވެ. އެ ލޯބި ހިނިތުން އަމާޒުވީ އަހަންނަށް ކަމުން، ނިތް އަރުވާލާ، ރައްދުގައި ހީލީމެވެ. އެވަޤުތުގެ އިޙްސާސްތަށް ޤަލަމަކުން ބަޔާން ކުރަން އަހަންނަކަށް ހަމަ ލާހިކެއް ނޫނެވެ. އެކަމެއް ނުވާނެއެވެ.

އެއީ ކާކު ހެއްޔެވެ؟ ކޮންތާކު އުޅޭ، ކޮންނަމެއް ކިޔާ، ކާކުގެ ދަރިއެއް ހެއްޔެވެ؟ އެ ހީލުމުގެ މާނައަކީ ކޮބާ ހެއްޔެވެ؟ މި ސުވާލުތަށް ބޮލުގައި އެނބުރޭ ހާލު އޮފީހަށް ގޮސް ވަދެފީމެވެ.

“ބްރޯ މިއީ ވަޒީފާގެ މާހައުލް… ތި ހިޔާލުތަކާ އިހަަށް ދުރައްދޭ” އޮފީސް ތެރެއަށް ވަނުމާއެކު އެ ހިޔާލުތަކުން ބޭރު ވެވުނީ ހަމަ މީހެއްގެ އަމުރަކަށް ހެންނެވެ. އަހަރެންގެ މަސައްކަތް ފެށިއްޖެއެވެ. ޚަބަރަކަށް ފަހު، ޚަބަރެއް ލިޔަމުން ދިޔައީމެވެ.

ދުވަހުގެ މަސަަައްކަތަށް ފަހު، އަހަރެން ދިޔައީ ގްރޭޓާރ މާލެ ބަސް ޓާމިނަލް އަށެވެ. ހުޅުމާލެ ދިޔުމަށްޓަކައެވެ. ހަވީރު 4:45 ގެ ބަހުން ހުޅުމާލެ ދިޔުމަށްފަހު، އަހަރެން ދިޔައީ ކަޒިންއެއްގެ ގެޔަށް އަހަރެންގެ ޕެންޑްރަައިވް ނަގަންށެވެ. އެޔަށްފަހު، ބެސްޓީ އާ ބައްދަލުކޮށްލަން އޭނާ އުޅޭ ފްލެޓަށް ދިޔައީ އެވެ

ބެސްޓީ އާ ވާހަކަ ދައްކަން ކުޑަ ވަގުތުކޮޅަކު ހުރެލާފައި، އެނބުރި މާލެ އައީ 08:00 ގަައި އިވެންޓެއް އޮތީމައެވެ. އަހުމަދިއްޔާ ސްކޫލުގެ އިނާމް ދިނުމުގެ ހަފްލާ ކަވާރކޮށްލުމަށް ދަރުބާރުގެއަށް ދާން އަހަރެންގެ “ބޮސް” ބުނެފައި އޮތީމައެވެ.

ގެއަށް އާދެވުނު އިރު 18:02 ހިނގާފައި ހުރުމުން ތައްޔާރުވެލައިގެން އެއްޗެއް ކާލުމަށްފަހު އޮފީހަށް ދިޔައީމެވެ. އަދި އެއަށްފަހު ބޭނުންވާ އެއްޗެހި ހިފައިގެން އަވަހަށް ދަރުބާރުގެއަށް ގޮސްފީމެވެ.
ޖަލްސާގެ މެދުތެރެއިން އަހަންނަށް ކޯލްއެއް އައެވެ. އެއީ އެކުވެެރި ޝާޔަންގެ ކޯލް އެކެވެ.

ޝާޔަން: “މޭން ކޮބާ ކަލޭ؟”
އަހަރެން: “މަ ދަރުބާރުގޭގައި.. އާދޭ މިތަނަށް”
ޝާޔަން: “އާން އޯކޭ.. ދަން އެބަ”

ޝާޔަން އެހެން ބުނުމުން ފޯން ބޭއްވީމެވެ.

އެހެން ބުންޏަސް ޖަލްސާ ނިމުނު އިރުވެސް މި ސޮރު ދަައްކާ ނުލިއެވެ. ޖަލްސާ ނިމުމުން އަހަރެން ގެޔަށް ދިޔަ މަގުމަތީ ފެނުނު މަންޒަރަކުން ލިބުނީ ޝޮކެކެވެ. ކުއްލި ހައިރާން ކަމެކެވެ. އިއްތިފާޤެއް ބާއެވެ.

– ނުނިމޭ –

– ވާހަކަ ނުނިމޭ…

Share Article

Follow Me Written By

Dhern

Level 510 Stories100 Comments100 Login100 Stories500 Comments

Writer and Journalist since 2014 I write what is on my mind. I try to deliver it with my own style. Your feedbacks are always welcome. Will never sacrifice who i am for anyone else. Wil be myself always proudly. - Zidhan

Other Articles

Previous

ހިތް އެދުނަސް… (12)

Next

އެވްލީން… 13

Next
October 24, 2018

އެވްލީން… 13

Previews
October 24, 2018

ހިތް އެދުނަސް… (12)

7 Comments!

  1. Zidhan /R. Vaadhoo says:
    October 24, 2018 at 10:33 pm

    Hey…

    Im sorry everyone! Im in a very busy schedule. From morning 9 to 4pm (work) 5 to 10 pm (class) libey free time ga vess im tired. So I am scheduling next parts of the story for every friday which will be the only off day for me. Sorry for the delays.

    So anyone who wants give me a idea for writing any story feel free to msg me Viber and telegram! Thankyou for endless support!

  2. Shaha says:
    October 24, 2018 at 11:55 pm

    Very nice Waiting for next part.

  3. xeen says:
    October 25, 2018 at 8:51 am

    viber number plx

    1. Zidhan says:
      October 25, 2018 at 9:47 am

      9877233

  4. Naaya says:
    October 25, 2018 at 1:48 pm

    Sorry to say this ekm you ge kuru vaahaka thah maa reethi compare to this. But Its also nice.
    ??

  5. ??? says:
    October 25, 2018 at 6:18 pm

    What is happening here?

  6. ?? says:
    October 28, 2018 at 12:20 pm

    True story eh hen haadha heeve ey.?
    Update soon??

Comments are closed.



All Right Reserved!