Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރި

އީސްޓު ވިލާ!!

Azza Level 1
October 24, 2018 3 Mins Read
6 Comments

އަލީ އުޅެ ބޮޑުވީ މާލެގައެވެ. އަމިއްލަ ރަށާ ބެހާގޮތުން އަޑު އިވިފަ އޮތް ނަމަވެސް ރަަށަށް ދާނެ ފުރުސަތެއް އަލީ އަކަށް ނުލިބެއެވެ. ބައެއް ފަހަރު މަތިން ބައްޕަ ގާތު ރަށައް ގެންގޮސް ދިނުމަށް އެދުމުން ކޮންމެވެސް ބަހާނާއެއް ދެއްކުމައް ފަހު އެކަން އޮއްބާލައެވެ.
ައަލީ އަކީ ވީޓީވީ ޗެނަލް ގައި ޑޮކިއުމެންޓަރީ ފިލްމު ހަދާ މީހެއް ކަމުން، އޭނަ ބޭނުންވީ އޭނަގެ އަމިއްލަ ރަށައް ގޮސް ފިލްމެއް ހަދާށެވެ. ބައްޕަ ގާތުގަ އަހަައިފި ނަމަ ލިބޭނެ ޖަވާބު ވަރަށް ރަނގަޅަށް އަލީއަށް އެނގެއެވެ.
އެހެން ކަމުން އަލީ ނިންމީ ބައްޕަ ގާތު އެހެން ރަށެއްގެ ނަން ބުނުމަށެވެ. އަލީ އާއެކު ޒަހީން އެހީތެރި އަކަށް ދާގޮތައް ހަމަޖެހުމުން އަލީ ހުރީ ވަރަށް އުފަލުންނެވެ.
ހެނދުނުގެ ފެރީއަށް އަރާ ދެމީހުން ކާށިދޫއަށް ދެވޭނެ އިރަކައް އިންތިޒާރު ކުރަންފެށިއެވެ. ގާތްގަނޑަކައް ފަސް ގަޑި އިރުގެ ދަތުރަކައް ފަހު ދޯނި ރަށައް ލެފިއެވެ. އޭރު ގަޑިން މެންދުރު އެކެއް ޖަހަނީއެވެ. އެގޮތް މިގޮތުން މީހުން ގާތު އަހައިގެން ރަށުގަ ހުންން އަލީގެ ބައްޕަގެ ގެއައް އަލީ އާއި ޒަހީން ދިޔައެވެ. ރަށުގަ ހުންނަ ގޭގަ އެއްވެސް މީހަކު ނޫޅޭތީ ގެހުރީ ތަޅުލާފައެވެ. ދޮރާއްޓާ ތަޅުހުރީ ހިރަފުހުން ފުރިފައެވެ. ދެތިން ފަހަރަކު ގާގަނޑަކުން ޖަހާލިތަނާ ފަސޭހައިން ތަޅު ނެއްޓުނެވެ. ދޮރު ލަސްލަހުން ކޭައްތެމުން ހުޅުވުނެވެ. ދޮރު ހުޅުވުމާއެކު، ދަބަސްތައް އަށި މަތީ ބެހެއްޓުމައް ފަހު ދެމީހުން ކޮފީ ދަޅެއް ހިފައިގެން އެރީ ފުރާޅު މައްޗަށެވެ. ފުރާޅު މައްޗައް އަރާ ދެމީހުން ރަށުތެރެއައް ނަޒަރު ހިންގާލިއިރު، ރަށުގަ ރީތި ތަނެއް ދުރު ދުރުންވެސް ފެންނެން ނެތެވެ.
ރީތި ބަގީޗާ ގަސް ތަކުގެ ބަދަލުގަ ފެންނަން ހުރީ ޖަންގަލީ ގަސް ތަކެވެ. ދެތިން އަންހެނުން އެމީހުންގެ ދަރިންތައް ގޮވައިގެން ތިބިއިރު ބައެއް ފަހަރު އަލީ އާ ޒަހީނު އާ ދިމާލައް ބަލާލައެވެ. އިރުކޮޅެއް ފަހުން އެމީހުންގެ ދަރިން ދަމާހަލާފަ ގެއައް ވައްދާ ދޮރުތައް ތަޅުލިއެވެ. އަލީ އާ ޒަހީން ފުރާޅުގެ އަނެއް ފަޅިއައް ޖެހިލިއެވެ. އެވަގުތު ދެމީހިންނައް ވެސް ތަންކޮޅެއް ދުރުގަ ދެބުރިއައް ހަދާފަ ހުރި ކުރީ ޒަމާނުގެ ބޮޑު ގެއެއް ފެނުނެވެ. ފެންނަ ފެނުމަައް އެއީ މީހަކު އުޅެން ހަދާފަ ހުރިގެއެއް ހެނެއް ހިއެއް ނުވެއެވެ. މުޅިގޭގަ އެއްވެސް ތާކު ކުޑަ ދޮރެއް ފެންނާކައް ނެތެވެ.
ގެއައް އަލިކަން ވެއްދުމައް އާންގި ވަޅު ތަކެއް ހަދާފަ ހުއްޓެވެ. ގޭގެ ފާރުތައް އަންތިހާއައް ދިގެވެ. ގެ ހަދާފަ ހުރީ ތެޅިގަލުން ކަމުން ގެއައް ހުރީ ކަޅު ކުލައަރާފައެވެ.
އެ ގެއައް ބަލަން އިރުކޮޅަކު ތިބުމައް ފަހު، ދެމީހުންވެސް ނިންމީ ގޭތެރެ ސާފު ކޮަައްލާފަ ނިދާލުމަށެވެ.
އަލީ އައް ހޭލެވުނީ މީހަކު ދޮރުގަ ތަޅާ އަޑަށެވެ. އޭރު ގަޑިން ރޭގަނޑު ނުވައެއް ޖަހަނީއެވެ. ލޯ ފޮހެމުން ފޮހެމުން ގޮސް ދޮރު ހުޅުވާލި އިރު ކުރިމަތީގަ ހުރީ ފަންސާހަކައް އަހަރުގެ އަންހެނެކެވެ.
“މި ގެއައް ބަޔަކު އައިސް އުޅޭ ވާހަކަ އިވިގެން މި އައީ!!” ޒަރީނާ ހީލާފަ ބުންޔެވެ. “އާން! އޮފިސް ދަތުރެއްގަ ރަށައް ޖައްސާލީ” އަލީ ޖަވާބު ދިނެވެ.
“ތީ މިގޭ މަތީނުގެ އަލީ ތަ؟” ޒަރީނާާ އަނެއްކާވެސް ސުވާލެއް ކޮއްލިއެވެ. އަލީ އިރު ކޮޅކު ވިސްނާލަން ހުރުމައްފަހު ޖަވާބު ދިނެވެ. “އާން! ކިހިނެތް ވީ އަނެއްކާ؟”. ޖަވާބު އަޑު އިވިފަ ޒަރީނާ ވަރައް އުފާވިއެވެ. އަދި އޭނާ އަކީ އަލީގެ ބައްޕަގެ ވަރަށް ގާތް ރައްޓެއްސެއް ކަމާ އޭނާގެ ނަމަކީ ޒަރީނާ ކަމައް ބުންޔެވެ. މާލެ ދިޔަފަހުން ބައްޕަގެ ހަބަރެއް ނުވާ ކަމައް ވެސް ބުންޔެވެ. ބައްޕަގެ ރައްޓެއްސެކޭ ބުނުމުން ކުޑަކޮއް ޖެހިލުންވިއެވެ. ރަށައް އައިކަން ބައްޕައައް އެނގި ދާނެތީއެވެ. ނަމަވެސް ބައްޕަ މާލެ ދިޔަފަހުން ހަބަރެއް ނުވާ ވާހަކަ ބުނުމުން ކޮންމެވެސް ވަރަކައް ހިންހަމަ ޖެހުނެވެ. އަލީ ވިސްނާލަން ހުރުމައް ފަހު އެތެރެއައް ވަނުމައް ޒަރީނާ ގާތު އެދުނެވެ. އަނެއްކާވެސް ހިނިތުން ވެލުމައްފަހު ގެއައް ވަންނަމުން ޒަރީނާ ބުންޔެވެ. “ޒަރީނައްތަ މިރޭ މިއައީ ގެއައް ކާން ގެންދަން ވެގެން! ހިއެއް ނުވޭ މިއަދު އެއްޗެއް ކައިގެން ހުރިހެނެއް!” ބަނޑު ހައި ވެފަ ހުރިވަރު އަލީ އައް އިހުސާސްވީ ދެނެވެ. ތައްޔާރުވެލައިގެން އެބަ އައްނަން ކަމައް ބުނެ އަލީ ކޮޓަރިއައް ވަދެ ޒަހީނުއައް ގޮވާނެގިއެވެ. ދެމީހުން ފެންވަރާ ތަައްޔާރުވެގެން ނިކުން އިރު ދިހަ އެއް ޖަހަނީއެވެ. ޒަރީނާ ބޮޑު އަށީގަ ހަމަޖެހިލައިގެން އިނެވެ. އަލީ ޒަރީނާއައް ޒަހީން ތައާރަފް ކޮއްދިނެވެ. ކުޑަ އިރުކޮޅަކު ވާހަކަ ދައްކާލަން ތިބުމައްފަހު، މިސްރާބު ޖެހީ ޒަރީނާމެން ގެއައް ދިއުމަށެވެ. ދިޔަ މަގުމަތީގަ ޒަހީން ދިޔައީ މޫވީ ކުރަމުންނެވެ. ރަށުގެ ބޮޑު މަގުންް ދިޔަ އިރު ރަށުގެ ބޮޑުބަޔަކުން ކަރަންޓު ނެއްކަން އަލީ އައް ފާހަގަ ވިއެވެ. ކީއްވެގެން ތޯ އެހުމުން ޒަރީނާ ބުނީ ރަށުގެ އުތުރު އަވައް އެއްކޮއް ފަޅުވެފައިވާ ކަމައްށެވެ. ގިނަ ބަޔަކު ރައް ދޫކޮއްފަ ހިނގައްޖެ ކަމަށާއި ހަމައެކަނި މީހުން އުޅެނީ ދެކުނު އަވަށުގަ ކަމައްށެވެ.
އިސާހިތަކު ޒަރީނާގެ ގެއައް ދެވިއްޖެއެވެ. ޒަރީނާގެ ކޮއްކޮ ހައްވަ އާއި ޒަރީނާގެ ދަރި މުހީން އެމީހުންގެ އިންތިޒާރުގަ ތިއްބެވެ. މުހީން ފެނުމާއެކު އަލީއައް ހިތާހިތުން މުހީންގެ ރީތިކަމައް ތައުރީފް ކުރެވުނެވެ. ރީތި ދިގު އިސްތަށިގަނޑެކެވެ. ހަމުގެ ކުލަ ކަޅުވެފައި ލޫޅާފަތި ހަށިގަނޑެވެ. މަޑު މުށި ކުލައިގެ ކަޅި އާއި ފިޔާތޮށި ކުލައިގެ ތުންފަތް ވަރަށް ހިއްގަމެވެ. މުހީން އަމިއްލަ އައް ތައާރަފުވެލިއެވެ. އަދި ކާން ދިއުމައް އިށާރާތް ކޮއްލިއެވެ.
ރޭގަނޑުގެ ކެއުމައްފަހު އެންމެން ނިކުތީ ބޭރު ޖޯޔައްށެވެ. މުހީން އަކީ މަޖާ މިޒާޖެއްގެ ކުއްޖެއް ކަމުން ޒަހީން އާ އަލީ ބީރައްޓެހިކަން ކެނޑޭކައް މާގިނައިރެއް ނުނެގިއެވެ. ވާހަކައިގަ ތިއްބާ ސިއްސައިގެން ދިޔައީ މީހަކު ހަޅޭލަވާގަން އަޑަށެވެ. މުހީން ދުއްވާފަ ގޭތެރެއް ވަނެވެ. ވާނުވާ ނޭންގި ތިބެ އަލީ އާ ޒަހީން ވެސް މުހީން ފަހަތުން އެތެރެއް ވެނެވެ. މުހީން ގޮސް ވަނީ އެންމެ އެތެރެއައް ހުރި ކޮޓަރިއަށެވެ. ޒަރީނާ ގަައިގަ އޮޅުލާ ގަނެގެން ރޯން އޮތް ޖަބީންގެ ހާލު ފެނިފަ ހަރު ހިތެއް ވެސް ރޮައްވާލާނެއެވެ. އެހާވެސް ވޭނުން ފުރިފައިވާ ރުޔުމެކެވެ. “މަންމާ!! އިފް.. އިފްރީތު އެހުރީ އަހަރެން ބަލާ އައިސް…. އޭނަ އަހަރެން!!” ޖަބީނައް ބުނެވުނީ އެހިސާބައްށެވެ. އޭނަ ހޭނެތުނީއެވެ. ޒަރީނާ އިޟާރާތުން މުހީން އައް ބޭރައް ނިކުތުމައް އެންގިއެވެ. މަންޒަރު ބަލަން ތިބި އަލީ އާ ޒަހީން ވެސް މުހީން ފަހަތުން ނިކުތެވެ. ޖަބީން އެނދުގާ ބޭަައްވުމައްފަހު ޒަރީނާ ބޭރައް ނިކުން އިރު ޒަރީނާ އައް ގިސްލެވެން ފެށުނެވެ. ދަރިފުޅުގެ ހާލު ފެނި ކެއްނުވީއެވެ. ނަމަވެސް ކަރުނަތައް ފޮހެލުމައްފަހު ބޭރައް ނިކުތެވެ.
އަލީ އާ ޒަހީންގެ ސުވާލު ތަކައް ދޭނެ ޖަވާބެއް ނޭންގިފަ މުހީނައް އިނދެވުނީއެވެ. ޖަވާބު ދޭންފެށީ އެވަގުތު ބޭރަށް ނިކުން ޒަރީނާއެވެ. “ޖަބީން އާ މުހީން އަކީ އެއްމާބަނޑު ދެކުދިން! ޖަބީން އަކީ އަހަރެންގެ ބޮޑުދަރި!
To be continued

Share Article

Follow Me Written By

Azza

Level 1

Other Articles

Previous

އިންސާފް (6)

Next

ހިތް ވިންދާނުލާ 1

Next
October 24, 2018

ހިތް ވިންދާނުލާ 1

Previews
October 24, 2018

އިންސާފް (6)

6 Comments!

  1. އިއްބެ says:
    October 24, 2018 at 8:20 pm

    Vatah salhi. Avahah continue vaanekamau heekuran.

  2. Azza12 says:
    October 24, 2018 at 8:31 pm

    Thank you. In Sha Allah maadhan dhevana bai upload kuraanan.
    Salam.

  3. JINNI says:
    October 24, 2018 at 9:11 pm

    Ehentha varah salhi inge ❤❤❤❤❤❤❤❤❤❤❤?????

    1. Azza says:
      October 25, 2018 at 12:30 am

      Shukuriyya Jinni ?❤️

  4. ?SHIFU? says:
    October 25, 2018 at 10:32 am

    Biru ganeije. Next part ga waane gothei mihithah aranee. Curiosly waiting 4 next part…

    1. Azza says:
      October 25, 2018 at 7:00 pm

      Part 2 upload kohlaafa innaanee.
      Kurusi kiyaegen onnaathi fahareh ga ifreetheh ves ove dhaane kaireega ehkoh vahaka kiyan ??❤️

Comments are closed.



All Right Reserved!