Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މާފެއް ނުކުރާނަން ހެއްޔެވެ؟3

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
November 1, 2018 6 Mins Read
15 Comments

ހަގަޑި ފަންސަވީސް ވިއިރު އަހަރެން އިނީ ޖަންނަތުމެންގޭ ތިރީގައެވެ. ދެޖީބަށް އަތްޖަހައިގެން ދެފައި ބިންމަތީގައި ތަޅަން ހުރިއިރު މަގުން ދިޔަ ބައެއް މީހުންގެ ލޯތައް އަހަންނަށް އަމާޒުވަމުން ދިޔައެވެ.

ބަރާބަރު ބައިވިއިރަށް ދުވަމުން ކަހަލަ ގޮތަކަށް ޖަންނަތު ތިރިއަށް ފޭބިއެވެ. “ސޮރީ ޔޫ ހެޑް ޓު ވެއިޓް ފޯ މީ” ޖަންނަތު މާފަށް އެދުމުން އެއީ އެވަރު ކަމެއް ނޫންކަމަށް ބުނީމެވެ. ސުކޫލަށް ދިޔަ މަގިމަތީ ޖަންނަތުއަށް ދެތިން ދިވެހި ބަހެއް ދަސްކޮށްދިނީމެވެ. އެނަންތަން މަޖާވެގެން ޖަންނަތު ބާރަކަށް ހޭންފެށިއެވެ.

ދުވަސްތައް ހަލުވިކަމާއެކު ފާއިތުވަމުން ދިޔައެވެ. ޖަންނަތުއާއި އަހަރެންގެ އެކުވެރިކަންވެސް އެއް ދުވަހަށްވުރެ އަނެއް ދުވަހު ބަދަހިވިއެވެ. އަހަރުމެން ސްކޫލަށްގޮސް އައިސް ހަދަނީ އެކީއެވެ. ކްލާސްކުދިންނަށް އެކަން އެނގިގެން ދިމާވެސް ކުރަން ފެށިއެވެ. އަހަރެންވެސް ނުސީދާކޮށް ޖަންނަތަށް ގާއުކަމުން ދިޔައީމެވެ. އަހަރެން ބުނާލެއް މާނަ ފުންކަމުން ޖަންނަތަށް ބުނާ އެއްޗެއް ދޭހައެއްނުވެއެވެ.

ޓެސްޓް ކައިރިވާން ފެށުމުން ކުލާސް ހުރިހާ ކުދިން އެކީ ގުރޫޕް ސްޓަޑީސް ހަދަން ނިންމީމެވެ. ކޮންމެ ދުވަހަކު ހަވީރު ހަތަރަކުން ހައަކަށް އަހަރުމެންގެއަށް ކިޔަވަން އަންނަ ގޮތަށެވެ. މަންމައާއި ބައްޕަ ވަރަަށް ފަސޭހައިން އެކަމަށް ހުއްދަދިނެވެ. އަހަރެން އެދޭ އެދުންތަކަށް އެއްއިރެއްގައިވެސް މަންމަމެން ދެކޮޅެއް ނަހަދާނެއެވެ.

ކޮންމެ ދުވަހަކު ހަވީރު ކުދިން އަންނައިރު މަންމަ ހުންނަނީ ޕިއްޒާ އާއި ކޭކް ފަދަ ތަކެތި ތައްޔާރުކޮށްފައެވެ. ކިޔަވާ ގަޑީ އެންމެންވެސް ތިބޭނީ އަނގައަށް ކޮންމެސް ކާއެއްޗެއް ލައިގެންނެވެ. ޖަންނަތުއަށްވެސް މަންމަ ހަދާ ކާއެއްޗިހި ވަރަށް ކަމުދެއެވެ.

ކުލާސް އެންމެން އެއްކޮށް ކިޔެވުމުގެ ނަތީޖާ ވަރަށްވެސް ފޮންނެވެ. ކުލާސް ހުރިހާ ކުދިންނަށްވެސް އޭ ރިޕޯޓް ލިބުނެވެ. ހުރިހާ ކުދިންގެ މައިންބަފައިންވެސް އަހަރެންނަށާއި އަހަރެންގެ މައިންބަފައިންނަށް ޝުކުރުއަދާކުރިއެވެ.

ކުރިއަތް އޮތް އަހަރަކީ އޭލެވެލް އަހަރުކަމުން ބަންދު ތެރޭގައިވެސް އަހަރުމެން ގްރޫޕް ސްޓަޑީޒް ހެދީމެވެ. ވަރަށް މަސައްކަތުން ދިވެހި ބަހުން ލިޔަންށާ ފަރިތަކަމާއެކު ވާހަކަ ދައްކަން ޖަންނަތުއަށް ދަސްކޮށްދިނީމެވެ.

އާއަހަރު ފެށިގެން ދިޔައިރު މުޅި ސްކޫލްގައިވެސް ދެކެވެމުން ދިޔައި އަހަރުމެން ކުލާސް ކުދިންގެ އެކުވެރިކަމާއި ބަދަހިކަމުގެ ވާހަކައެވެ. ޓީޗަރުންނާއި ސްކޫލްގެ އިސްވެރިން އެކަން ވަރަށް ބޮޑަށް ފާހަގަކޮށް އަހަރުމެން ކުލާސް ނަމޫނާއަކަށް ބަލަން އެހެން ކުދިންނަށް ވެސް ނަސޭހަތްތެރިވިއެވެ.

ސްކޫލްފެށުނުތާ މާގިނަ ދުވަހެއް ނުވަނީސް އަހަންނާ ޖަންނަތު ލޯބިވެރިންގެ ލިސްޓަށް އެރިއެވެ. އަހަރެން ޖަންނަތުއަށް ލޯބި ހުށަހެޅީ  ކުލާސް ހުރިހާ ކުދިން ބާބަކިއު ހަދަން ރަސްފަންނަށް ދިޔަރޭގައެވެ. އަހަރެން ޖަންނަތުއަށް ލޯބި ހުށަހެޅި ވަގުތު މުޅި ކުއްޖާ ލަދުން ގޮސް ހަލާކުވާވަރުވިއެވެ.

ކުލާހުގައިވެސް އަހަރުމެން ދެމީހުން ލޯބީގެ މާތަށް ފޮޅުވަމުން ދިޔައީމެވެ. ހުސްވަގުތެއް ވެއްޖެއްޔާ އަހަރެން ހުންނާނީ ޖަންނަތު ގާތުގައެވެ.

“މިއަދު މީ ބްރޭކްއަޕްވާ ދުވަސްދޯ!” އަހަންނާ ޖަންނަތުގެ ގުޅުމަށް ހަފްތާއެއް ވީ ދުވަހު ޝައުން ބުންޏެވެ. “ނޮޕްް އައި ޑޯންޓް ތިންކް ސޯ!” އަހަރެން ދެފަރާތަށް ބޯހުރުވާލީމެވެ. އަހަރެން އެހާ އަވަހަކަށް ޖަންނަތުއާ ރުޅިއެއްް ނުވާނެމެވެ. ދެތިން މަސްވަރު އުޅޭނަމެވެ.

ދިވެހި ކިޔަވަންށޭ ކިޔާފަ ވަރަަށް ގިނައިން ޖަންނަތު އަހަރެމެން ގެއަށް ގެންނަމެވެ. އަހަންނާ ޖަންނަތުގެ ގުޅުމެއް މަންމަމެންނަކަށް ނޭންގޭނެއެވެ. އަހަރެން ރަށްޓެހިވި އެއްވެސް ކުއްޖެއް މަންމަމެންނަކަށް ނޭންގޭނެއެވެ. ކުދިންނާ ރަށްޓެހިވުމަކީ މަންމަމެން އެހާ ގަބޫލުކަމެއް ނޫނެވެ.

އާދައިގެ މަތިން އަހަރުމެން ގޭގައި ގުރޫޕް ސްޓަޑީހެދި ދުވަހެކެވެ. ކާފަ ބަލިވެގެން ހޮސްޕިޓަލްގައި ބާއްވާފައި އޮތުމުން މަންމައާއި ބައްޕަ ދިޔައީ ހޮސްޕިޓަލަށެވެ. ގެ ހިތަކަށް އަހަރުމެންނަށް ލިބިފައި އޮތެވެ. އެހެނަސް އަހަރުމެން ހައެއް ޖަހަން ދެކަށް ކިޔެވީމެވެ. ޝައުންއާ ޔާނީ އަދި ޖަންނަތު ފިޔަވާ ދެންތިބި ކުދިން ހައެއް ޖެހުމުން ގެއަށް ދިޔައެވެ. ޝައުން އާއި ޔާނީ ބޭތިއްބީ އަހަންނާ ޖަންނަތު ގޭގައި އެކަނި ތިއްބައި މަންމަމެން އަތުވެދާނެތީއެވެ. ޔާނީއާއި ޖަންނަތު ބައިތިއްބާފަ އަހަންނާ ޝައުން ދިޔައީ މިސްކިތަށެވެ. އެނބުރި ގެއަށް އައި އިޝާވެސް ކޮށްގެންނެވެ. އޭރުވެސް މަންމަމެންނެއް ނާދެއެވެ. ޝައުންއާއި ޔާނީ ޕީއެސް ކުޅެން ބައިތިއްބާފައި އަހަންނާ ޖަންނަތު އެކަނިވެލީމެވެ. އަހަރެން ޖަންނަތު ގޮވައިގެން އަހަރެންގެ އަމިއްލަ ކޮޓަރިއަށް ވަނީމެވެ.

އެކަކުވެސް އަނގައިން ނުބުނެ ދެމީހުންގެ މޫނަަށް ބަލަހައްޓައިގެން ތިބީމެވެ. ދެމީހުން ވެސް ސިއްސައިގެން ދިޔައީ ބެލްކަނީގެ ދޮރު ބާރަކަށް ޖެހުމުންނެވެ. އަހަރެން އެނދުން ތެދުވެގެން ބެލްކަންނަށް ދިޔައީމެވެ. ދުނިޔެމަތިވަނީ އެއްކޮށް ބަނަވެފައެވެ. ބެލްކަނީ ދޮރު ލައްޕަން އުޅެނިކޮށް ވާރޭ އޮއްސައިގަތެވެ.

ޝައުންއާއި ޔާނީ ކޮޓަރީގައި ތަޅާގަތް އަޑު އިވުނެވެ. ޖަންނަތު ދުވެފައި ގޮސް ދޮރުހުޅުވިއެވެ. “ބްރޯ ބޯ ވާރޭގަނޑެއް އެއޮއްސާލީ ހިއެއް ނުވޭ އަވަހަކަށް ހުއްޓާނެހެންނެއްވެސް. މަށަށް ހީވަނީ އަވަހަށް ގެއަަށް ދާން ވީހެން.” ބެލްކަންނާ ދިމާއަށް ބަލަހައްޓައިގެން ހުރެ ޝައުން ބުންޏެވެ. އެވަގުތު އަހަރެންގެ ފޯނުވެސް ރިންގްވާން ފެށިއެވެ. ގުޅަނީ މަންމައެވެ. “ހަލޯ. އަޝްޖައު. ކުދިން ދިޔައީތަ؟ ކާފަ ވަރަށް ސަކަރާތްވެގެން އުޅޭތީ މީރޭ ބައްޕަ އަދި މަންމައަކަށްވެސް ނެތް ގެއަށްދެވޭކަށް. ދަރިފުޅު ގޭ ހުރިހާ ދޮރުތައް ތަޅުލައިގެން އޮންނާތި. ދެން މަންމަމެން ކޮޓަރީ ބެލްކަނީ ދޮރު ލެއްޕިފަ ހުރިތޯ ބަލާލާތި. ނުލައްޕާ ހުރެއްޖެޔާ ލައްޕާލާތި. ދެން އުނދުން މަތީ ހުރި ރަތްކުލައިގެ ބޮޑުތެލީގަ ހުންނާނެ ޕާސްތާ. އެކައިގެން އަވަހަށް ނިދާ އެނގޭ” މަންމަ ފައްޗަކަަށް އަމުނާލުމަށްފަހު އަހަރެން އެއްޗެއް ބުނުނުގެ ކުރިން ފޯނު ކަނޑާލިއެވެ. މަންމަ ބުނި ވާހަކަތައް ޝައުންމެން ގާތު ބުނުމަށްފަހު އަހަރެން ދިޔައީ މަންމަމެން ކޮޓަރީ ބެލްކަނީ ދޮރު ލައްޕާފަހުރިތޯ ބަލާށެވެ. ނަސީބަކުން ހުރީ ލައްޕާފައެވެ.

އަހަރެން އެނބުރި ކޮޓަރިއަށް ދިޔައިރު ޝައުން އާއި ޔާނީ އަދި ޖަންނަތު އެނދުގައި އިށީންދެގެން ތިއްބެވެ. ކޮޓަރިއަށް ވެރިވެފައި އޮތް ހަމަހިމޭންކަން ދުައްވާލީ ޔާނީގެ ފޯނެވެ. ޔާނީ ކަންނެއް ގޮތަކަށް ފޯނުނެގިއެވެ.

“މްމް ޖެކް ޔާނީ ބަލާ އައިއްސި. ޖަންނަ؟” ޔާނީ އެނދުން ތެދުވަމުން އަހާލިއެވެ. ޖަންނަތު އަހަރެންގެ މޫނަށް ބަލާލިއެވެ. އެއަށްފަހު އަހަރުމެން ގޭގައި މަޑު ކުރާނީ ކަމުގައި ބުންޏެވެ.

ކުޑަކޮށް ވާރޭ ތުނިކޮށްފައި އޮތުމުން ޝައުން ވެސް ގެއަށް ދިޔައެވެ. އަހަންނާ ޖަންނަތު ގޭގައި އެކަނިވިއެވެ. ޝައުންމެން ނިކުތުމުން ދޮރު ތަޅުލާފައި އަހަރެން އެނބުރި ކޮޓަރިއަށް ދިޔައީމެވެ. އޭރުވެސް އެނދުގައި އިންގޮތަށް ޖަންނަތު އިނެވެ. “ޖާން” އަހަރެން ޖަންނަތަށް ގޮވާލީމެވެ. ލުއި މިއުޒިކެއް ފަދަ ހިތްގައިމު އަޑުން ޖަންނަތު ހޫން ލައްވާލިއެވެ. “މްމް ޖާންގެ ފެމެލީ ކިޔާދީބަ” ކުލާސް އެއްވެސް ކުއްޖަކަށް އަދި އަދަށް ދާންދެންވެސް ޖަންނަތުގެ އާއިލާއެއް ނޭންގެއެވެ.

“ފެމެލީ ދޯ. ޖަންނަގެ ފެމެލީ އެހާ ބޮޑެއް ނުވާނެ. މަމް ޑޭޑް މީ އެންޑް މައި ލިޓިލް ސިސް. ލިޓިލް ސިސްއޭ ބުންނަސް ޝީއިޒް ސިކްސްޓީން ނައު. ކޮއްކޮ ވަރަށް ލޯބިވާނެ ޖަންނަދެކެ. އީވެން އައި ލަވް ހާ އަ ލޮޓް. އައި މިސް ހާ ސޯ މަޗް. އަސްލު ޖަންނަގެ މަންމަ އެހާ އޯކޭއެއް ނޫން ޖަންނަ އެކަނި އަންނާކަށެއް. އެކަމް ވަރަށް އާދޭސްކުރީމަ އޯކޭވީ. ކޮއްކޮވެސް ވަރަށް އާދޭސްކުރި މިކޮޅަށް އަންނަން އެކަމް މަންމަވެސް ބައްޕަވެސް އޯކޭއެއް ނުވި ކޮއްކޮ އަންނާކަށެއް. އަސްލު ޖަންނައަށް ވުރެ ކޮއްކޮ ރާއްޖެދެކެ ލޯބިވާނެ. ވަރަށް ރީތިކޮށް ދިވެހިން ވާހަކަވެސް ދައްކާނެ. ހީނުވާނެ ޔޫކޭގަ އުޅެ ބޮޑުވި ކުއްޖެއްހެން ވެސް” ޖަންނަތު ހެމުން އޭނާގެ އާއިލާގެ ވާހަކަތައް ކިޔާދިނެވެ. ކަޅިވެސް ޖަހާ ނުލާ ޖަންނަތުއަށް ބަލަހައްޓައިގެން އަހަންނަށް އިނދެވުނެވެ. ހީލާ ކޮންމެ ފަހަރަކު ކޮލަށް އެޅޭ އަޑިކޮޅުގެ ސަބަބުން ޖާންގެ ރީތިކަން އިތުރުވެގެން ދެއެވެ. އަހަރެން ބަލަހައްޓައިގެން އިންކަން ޖާންއަށް އެނގުމުން ލަދުން އިސްޖަހާލިއެވެ. ދައްކަމުން ދިޔަ ވާހަކަ ހުއްޓާލިއިރު ހީވަނީ މީހަކު ޖާންގެ އަނގައިގަ ތަޅު އެޅުވިހެންނެވެ.

ޖާންގެ ރީތި ކަމުގެ ޖާދޫގަ ހަމަ ރަނގަޅަށްވެސް އަހަރެން ހައްޔަރުވިއެވެ. ވާރޭގެ ތޫފާނު ގަދަވަމުން ދިޔައިރު އަހަރެންގެ ހަށިގަނޑުގައި  އުފެދެމުން ދިޔަ ތޫފާނުވެސް ބޮޑުވަމުން ދިޔައެވެ. ހިތާ ސިކުނޑިއާ ދެމެދު ބޮޑު ހަނގުރާމައަށް ފެށުނެވެ. ކިތަންމެ ގިނަކުދިންނާ ރަށްޓެހިވިއެއް ކަމަކު އެކުދިންނާ އެހާ ގައިގޯޅިވެގެންނެއް އަހަރެން ނޫޅެމެވެ. އެހެނަސް ޖާންގެ ރީތިކަން ފެނި އަހަރެންގެ ބޮލަށް ޝައިތާނާ ސަވާރުވިއެވެ. ސިކުނޑީގެ މައްޗަށް ހިތުގެ ގޮވުންތައް ކުރި ހޯދިއެވެ. މަޑުމަޑުން ޖާންއާ ކައިރިވީމެވެ. ޖާންގެ އަމަލުތަކުން ހިތުގެ ގޮވުމަށް އިޖާބަދޭން އިތުރަށް ހިއްވަރުލިބުނެވެ.

އަހަރުމެން ދެމީހުންނަށް ހަމަހޭވެރިކަން ވީ ޖާންގެ ފޯނު ރިންގްވާ އަޑަށެވެ. އެހެނަސް އޭރު މާ ލަސްވެއްޖެއެވެ. އުމުރު ދުވަހަށް ހިތާމަ ކުރަން ޖެހޭ ވަރުގެ ކަމެއް އަހަރުމެންނަށް ކުރެވުނެވެ.

***

އެހެން ދުވަސްތަކާ ޚިލާފަށް އަހަންނަށްވުރެ ކުރިން ޖަންނަތު ސުކޫލަށް ދިޔައެވެ. އަހަރެން ގޮސް ކުލާހަށް ވަނުމާއެކު އެންމެ ފުރަތަމަ ދުވަހެކޭ އެއްގޮތަށް ލަދުން އިސްޖަހާލިއެވެ. ލާނެއް ހިނުތުންވުމަކާއެކު އަހަރެން ކުލާހަށް ވަނީމެވެ. އޭރު ކުލާހުގައި ތިބީ އަހަންނާ ޖާންއާ އެކަންނެވެ. އަހަރެން ޖާންއަށް ނޭންގެނެހެން ގޮސް ޖާންގެ ކޮލަށް ބޮސްދިނީމެވެ. އެއާއެކު ސިއްސައިގެން ގޮސް ދެލޯ ބޮޑުކޮށްފައި ޖާން އަހަންނަށް ބަލާލިއެވެ. “ޖެކް” ވައި އަޑުން ޖަންނަތު އަހަންނަށް ގޮވާލިއެވެ. މޫނަށް އަރާފައިބަމުން ދިޔަ ކުލަތަކުން ޖަންނަތު ހުރީ ވަރަށް ލަދުންކަން އަހަންނަށް އެނގުނެވެ. އަހަރެން ބޭނުންވީ އިތުރަށް ޖާން ލަދުގަންނަވާލާށެވެ. “ޖާން ޔު ވާ އޯސަމް” އެހެން ބުނުމަށްފަހު ޖާންއާ ދިމާއަށް އަހަރެން އެއް ލޯ މަރީލީމެވެ. ޖާން ހީވީ އައިސްކްރީމް ގަނޑެއްހެން ވިރިގެން ގޮއްސާނަހެންނެވެ.

ކިޔަވާދެމުން ދިޔަ ގަޑީވެސް އަހަރެން ޖާންއަށް ތަފާތު ގޯނާ ކުރީމެވެ. ޖާން އިންނަނީ ލަދުން ގޮސް ހަލާކުވާން ކައިރިވެފައެވެ.

ރޭގައިވި ކަންތައް ޝައުންއަށް އަހަރެން ކިޔާދިނީމެވެ. އެއްވެސް ވިސްނުމެއް ފިކުރެއް ނެތި ޖާންގެ އަގު ޝައުން ކުރިމަތީގައި ވައްޓާލީމެވެ. ވަރަށް މަޖާވެފައި ޝައުން ގާތު އެވާހަކަ ދެއްކިއިރު ކުރެވެނީ ކިހާ ވަރެއްގެކަމެއް ކަމެއް އަހަންނަކަަށް ނޭންގެއެވެ.

ދުވަސްތައް ހަލުވި ކަމާއެކު ފާއިތުވަމުން ދިޔައެވެ. މާގިނަ ދުވަސްވާން ފެށުމުން ޖަންނަތު މަތިން އަހަރެން ފޫހިވާން ފެށިއެވެ. ރުޅި ވާން ހިތަށް އަރާފަވެސް ޓެސްޓު ދުވަސްކޮޅަށް ވުމުން އަހަރެން މަޑުކުރީއެވެ. ޓެސްޓު ދުވަސްވަރު ރުޅިވެގެން ޖާންގެ ނަތީޖާއަށް އޭގެ އަސަރު ކުރާކަށް އަހަރެން ބޭނުމެއް ނުވިއެވެ.

އޭލެވެލް ޓެސްޓު ނިމުނު ދުވަހަކީ އަހަރެންގެ ހަޔާތުގައި އެންމެ ދެރަވި އެއް ދުވަހެވެ. މަންމަ ގަދަކަމުން ސުކޫލަށް ފޮނުވިއެއް ކަމަކު ހިތުގައި ވަނީ ސުކޫލަށް ލޯބިޖެހިފައެވެ. ބާރަ އަހަރުގެ އެތައް އުފާވެރި ހަނދާނަކާ ހިތާމަވެރި ހަނދާންތަށް އެތަނުގައި ވަނީ ރައްކާ ކުރެވިފައެވެ. ބާރަ އަހަރު ދުވަސްވަން ދެކަށް އެކީ އުޅުނު ރަހްމަތްތެރިންނާ ވަކިވަނީއެވެ.

ޓެސްޓު ނިމުނު ދުވަހު އަހަރުމެންނަށްޓަކައި ކުޑަ ހަފްލާއެއް ސުކޫލްގެ ފަރާތުން ބޭއްވިއެވެ. ޓީޗަރުންނާ ދަރިވަރުންގެ ފަރާތުން ބައިވަރު ހަދިޔާ އަހަރުމެންނަށް ލިބުނެވެ. އަހަންނަށް އެންމެ ގިނައިން ލިބުނީ އަންހެން ކުދިންގެ ފަރާރުން ކާޑެވެ.

އަހަންނަކީ ސްކޫލް ކެޕްޓަން ކަމުން ދެތިން ބަހެއް ބުނަށް އަހަންނަށް ޖެހުނެވެ. ދެރަވެފައި ހުރި ވަރުން އަހަންނަށް ރަނގަޅަށް ވާހަކަވެސް ނުދެއްކުނެވެ. ހަމައެކަނި ޓީޗަރުންނާ ސުކޫލްގެ އިސްވެރިންނަށް ޝުކުރު އަދާކުރުމަށްފަހު ޕޯޑިއަމުން ފޭބީއެވެ.

ގެއަށްދިޔަ ގޮތަށް އެންމެ ފުރަތަމަވެސް މިއަދު ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުންވާތީ ޖަންނަތުއާ ބައްދަލުކުރަން ބޭނުންވާކަމަށް ބުނެ ޖަންނަތަށް މެސެޖް ކުރީމެވެ. މެސެޖް ކުރިތާ ސިކުންތެއްގެ ތެރޭ ރިޕްލައި އައެވެ. ޖަންނަތުވެސް އަހަރެން ގާތު ވަރަށް ބޮޑުވާހަކައެއް ބުނަން ބޭނުންވާ ވާހަކައެވެ. ހުޅުމާލޭ ބީޗްއަށް ހަތަރެއް ޖަހާއިރަށް ދާން ގަޑި ކިޔާފަ އަހަރެން ފޯނު އެނދުމައްޗަށް އެއްލާލީމެވެ.

އަސްރު ނަމާދުން ފައިބައިގެން އަހަރެން ޝައުންއާ އެއްކޮށް ހުޅުމާލެއަށް ދިޔައީމެވެ. އަހަރެންގެ އެދުމުގެ މަތިން ޖަންނަތު ގޮވައިގެން އަންނަން ހުދާ ގާތު ޝައުން ބުންނެވެ.

ހަތަރެއް ޖެހިއިރު ޖަންނަތުއާ ހުދާ ތިބީ ބީޗްގައެވެ. އަހަންނާ ޖަންނަތުއަށް އެކަނި ވެލަން ފުރުސަތު ދެމުން ޝައުންއާ ހުދާ ތަންކޮޅެއް ދުރަށް ދިޔައެވެ.

ވިއްސާރަކޮށް އޮތުމާއެކު ޖައްވުތެރޭގައި ވަނީ ފިނިހިފާފައެވެ. އެހެނަސް ޖަންނަތު ހުރީ ދާހިއްލާ ފޯވެފައެވެ.

“ސޯ ޖާން ކީކޭ ބުނަން އުޅުނީ؟” ޝައުގެއް ނެތް ގޮތަކަށް އަހަރެން ބުނީމެވެ. “ފަސްޓް ޖެކް” އިސްޖަހައިގެން އިން ގޮތަށް ޖަންނަތު ބުންޏެވެ. އަހަރެން ފާޒަގެ ތެރެއަށް ފުން ނޭވައެއް ދޫކޮށްލީމެވެ. އެއަށްފަހު އަހަރެން ބޭނުންވާ ގޮތް ޖަންނަތަށް އިއްވާލީމެވެ. “އައި ވަންނާ ބްރޭކްއަޕް” އެހެން ބުނުމާއެކު ސިހިފައި ކަހަލަ ގޮތަކަށް ޖަންނަތު އަހަންނާ ދިމާއަށް ބަލާލިއެވެ. އެއަަށްފަހު ހޭންފެށިއެވެ. “ޖެކް. ސްޓޮޕް ޖޯކިން.” “އައި އޭމް ނޮޓް ޖޯކިން. މިހާރުވެސް މާގިނަ ދުވަސް ވެއްޖެ. ޔޫ ޝުޑް ނޯ ދެޓް މަށަށް އެހާ ގިނަ ދުވަހު އެކަކާ އެކީ ނޫޅެވޭނެކަން. ހިމްޔާމެން ޔާނީމެން ކުރިންވެސް ބުންނެއްނު އެވާހަކަ. ބްރޭކް އަޕްވިއަސް ފްރެންޑްސް ގޮތަށް އުޅެވިދާނެ” ދެޖީބަށް އަތްޖަހައިގެން ހުރެ އަހަރެން ބުނީމެވެ. އޭރު ލަސްލަހުން ޖަންނަތުގެ ލޮލުން ކަރުނަ ތިއްކެއް ދޮން ކޯތާފަތް މައްޗަށް ވެއްޓުނެވެ. “އައި ލަވް ޔޫ ޖެކް.” ޖަންނަތުގެ އަޑު ނުކުތީ ކިރިޔާއެވެ. “އައި އޭމް ސޮރީ. އައި ޑޯންޓް ލަވް ޔޫ. އައި ނެވާ ލަވްޑް ޔޫ. ހަމަ އެކަނި ބޭނުންވީ އަހަރެންގެ ގާލްފްރެންޑަކަށް ހަދަން. އެންޑް އައި އޭމް ސޮރީ ފޯ ވަޓް ހެޕަންޑް. ދެން ޖަންނަ ކީކޭ ބުނަން އުޅުނީ؟” އެއްވެސް އަސަރެއް ނެތް ގޮތަށް އަހަރެން ޖަންނަތާއި ދިމާއަަށް ބަލާލީމެވެ. އޭރު މުތީތަކެއް ފަދައިން އެރީތި ލޮލުގައި ކަރުނަތައް ވިދަމުން ދިޔައެވެ. އެ ކަރުނައިން އަހަރެންގެ ހިތަކަށް އެއްވެސް އަސަރެއް ނުކުރިއެވެ. “ހިއެެއް ނުވޭ ޖަންނަ އެވާހަކަ ބުނަން ބޭނުންވާ ހެންނެއް. ނެތް ޓައިމް ވޭސްޓް ކުރެވޭކަށް. ސޯ އައި އޭމް ގޮއިން ނައު. ބާއި.” ޖަންނަތު އަނގައިން ނުބުނެ އިނުމުން އަހަރެން ދާން ހިނގައިގަތީމެވެ. އޭރު ޖެހި ބުދެއްހެން ހުއްޓުން އަރާފަ ޖަންނަތު ހުއްޓެވެ. އަހަރެން އަޅާވެސް ނުލައި ޝައުންއަަށް ގުޅަމުން އެއްގަމަށް އަރައިގެން ދިޔައީމެވެ.

****ފަސް އަހަރު ފަސް*****

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

އެންމެ ފަހަރަކު…

Next

ދެގަޑި ތިރީސް 05

Next
November 2, 2018

ދެގަޑި ތިރީސް 05

Previews
November 1, 2018

އެންމެ ފަހަރަކު…

15 Comments!

  1. Kiyara says:
    November 1, 2018 at 3:04 pm

    Slaam alaikum. Hurihaa readers ge haalu kihinehtha? Miothy vaahakaige 3vana ep ves up vefa. Story aslu feshigen dhaany 4 vana bain. First three aky vaahakige kuda intro eh. Mi baives hurihaa kiyuntherinnah kamu dhaane kamah ummedhu kuran.
    Kiyara

  2. Kudoo says:
    November 1, 2018 at 3:36 pm

    When is next part?

  3. Kudoo says:
    November 1, 2018 at 3:37 pm

    When is next part? Waiting waiting

  4. lotus says:
    November 1, 2018 at 3:45 pm

    v nice.. keep it up dear?

  5. Huda says:
    November 1, 2018 at 3:46 pm

    woah….. varah salhi.. dhen next part kiyaahithun indheveneekee evves noon mihaaru!!

  6. lotus says:
    November 1, 2018 at 3:47 pm

    Dnt tel me that jannath was goin to say that she is preg???

  7. Uknwme;) says:
    November 1, 2018 at 3:48 pm

    I love this part ! Thnkyou sooooo much ehaa avahah up kureema . ??

  8. Girl says:
    November 1, 2018 at 4:35 pm

    Masha Allah.. Kiyaa u r one of the best writer I’ve seen.. Mag God bless you.. varah reethi mi part vx and mi story ehkoh vx dhaa goiy.. looking forward for the next parts… love yuh ?????

  9. Anonymous says:
    November 1, 2018 at 5:05 pm

    Maa sha Allah.. Vrh Vrh Vrh furihama mi part ves… I just wanna read 4th part.. Ekam dear up kohlandhen wait kuraanee, in sha Allah. Curiously waiting… When next kiyara?

  10. nunnu says:
    November 1, 2018 at 5:43 pm

    mi vahaka adhi kiriyaa mikiyaalee. varah reethi. class therey kanthak kiyaa dheefa oi goi v salhi. i love this storu

    1. nunnu says:
      November 1, 2018 at 5:44 pm

      story*

  11. haa says:
    November 1, 2018 at 7:20 pm

    vrh dhera vejje aslu jack namaadh ehchehi kuraa kujje vx ekahala faafa akah araigenfa vx ehvx ehcheh hithah naara dhera vx nuve move on kuryma… i was expecting eyna kurevunu faafa aa dhera vaane kamah.. heyo visnun dhevvaashi.. vaahaka hama reethi…

  12. Anonymous says:
    November 2, 2018 at 12:19 am

    I want jack regret vegen alun jannath gaathah dhiun.mihaaru vex v reethi.cant wait to read the next part

  13. Mary says:
    November 2, 2018 at 2:51 am

    Janna preg vaahka dhw bunan ulhunee aslu… n i think dhen jack loabivaany janna ge kokko dheke… mi story heevany v reethi vaanehen… mi part ves v reethi

  14. Airah says:
    November 2, 2018 at 1:00 pm

    v v reethi vaanea hen heevane.when next?

Comments are closed.

Next Episodeމާފެއް ނުކުރާނަން ހެއްޔެވެ؟4←


All Right Reserved!