Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބަކީ 21

Dhonthiii Level 210 Stories100 Comments
October 25, 2018 4 Mins Read
21 Comments

އަޔާންއަށް އަވަސްއަވަހަށް ފޯނުބަލާލެވުނީ އެއީ ޝައިރާގެ މެެސެޖަކަށްވާނެ ނަމައޭ ހިތާއެވެ. ނަމަވެސް ނުދަންނަ ނަންބަރަަަަަކުން ވައިބާރއިން އައިސްް އިން އެއްޗެކެވެ. ފޯނުންް ވައިފައި ޖެއްސިފައިނުމުން މެސެޖްއައީއެވެ. ޝަައިރާގެ މެސެޖަކަށް ނުވުމުން މާޔޫސްކަމާއިއެކު ނަމަވެސް މެސެޖްހުޅުވާލިއެވެ.

އަޔާންގެ ދެލޯ ބޮޑުކޮށްލެވުނީ ގަބޫލުނުކުރެވިގެނެވެ. ހިތަށް ތަދުވިވަރުން ދެލޮލުން ކަރުނަފާއްދާލިއެވެ. ހީވަނީ ލަގޮޑިވެސް ފިތޭހެންނެވެ. ހިންދިރުވާލަންވެސް ދަތިވިއެވެ.

“ޝަައި އެއީ އެހެން އުޅޭނެ ކުއްޖެއްނޫން. އެމީހާ އެހުރީ ޝަައިގެ އަތުގަ ހިފާގެން. އެކަމަކު ދެވަނަ ފޮޓޯގަ ޝަައިި ކީއްވެ އެމީހަކާ ވާހަކަދައްކަން އެހުރީ؟ ދެން ޖެހިގެން އިން ފޮޓޯގަ ޝަައިި ކީއްވެ އެމީހާޔާއެކު ހިނގާފައެދަނީ؟ ނޫން ނޫން ޝަައިި އެއް ޔާންއަށް އޮޅުވައެއްނުލާނެ. ޝަައިި އަކީ ގޯސްކުއްޖެއްނޫން. ޝަައިި ކުރެން އެހީމަ އެނގިދާނެއެއްނުުންް މިވީގޮތެއް. އެކަމަކު ޝަައިި ކީއްވެ ފޯނުނިއްވާލާފަ އެއޮތީ. އަނެއްކާ އެހެން މީހަކު ލިބުނީމަ ޔާން ދޫކޮށް ދިޔައިބާ؟ ނޫން ނޫން އެހެނެއްނުވާނެ… ޝަައިިގެެ ދެލޯވެސް ހެކިވާނެ ޝަައި ޔާންދެކެ ލޯބިވާކަން. ކޮންމެވެސް މީހަކު އަހަރުމެންގެ ދޭތެރެ ޖައްސަން އުޅެނީ ކަންނޭގެ.. އެކަމަކު ޝަަަަަަައިއަށް އެހާ އިތުބާރު ކުރާއިރު ޝަައިި އެކަން ދަންނާނެބާ؟ އެކަމަކު އަސްލުގަވެސް ބިޓްރައި ކުރިއްޔާޔޯ؟ އޭމްއައި ޓްރަސްޓިންގް ހާރ ޓޫމަޗް…” އަޔާންއަށް ވައިބާރއިން އައިސްސަ އިން ފޮޓޯތަކަށް ބަލަމުން އެކަނި އެކަނި ވާހަކަދައްކަމުން ދިޔައީ ވިސްނަންވީ ކޮންއެއްޗެއްކަން ނޭނގި ބޯހާާާސްވާވަރުންނެވެ.

މިކަމުގެ ހަގީގަތް ހޯދަން އަވަހަށް ތެދުވެގެން ފާހާނައަށްވަނީ ރެޑީވެލައިގެން ފުރަންވާއިރަށް ނިޒާރުބޭގެ ފިހާރަޔަށް ޝަައިރާ ހޯދަންދާށެވެ.

* * * * * * * *

ހެނދުނު ހޭލެވުންގޮތަށްވެސް ނިޝާހްއަށް އެންމެ ފުރަތަމަވެސް ބަލާލެވުނީ ކޮޓަރިތެރޭ ކަނެއްގަ ބަހައްޓާފަ ހުރި ކުޑަޔަށެވެ. އެއީ ވާރެތެރޭ ފެނުން ލޯބި ލޯބި ކުއްޖާގެ ކުޑައެވެ. އެކުއްޖަކު ފެނުނިއްސުރެން ނިޝާހްއަށް ހުރެވެނީ އެކުއްޖެއްގެ ހިޔާލަށް ގެއްލިފައެވެ. މިނުދައްނަ ކުއްޖާއަށް އެހާއަވަހަށް ހިތްކީތީވެސް ހަމަ އަޖައިބުވެ އަންތަރީސްވާވަރުވެޔެވެ. އެކުއްޖާޔާ އަދި ދިމާވޭތޯ އިންތިޒާރުކުރެވެއެވެ. އެކުއްޖާގެ ނަމާ އުޅޭ ގެޔެއްވެސް ހޯދަންބޭނުންވެޔެވެ. އެކުއްޖާޔާ ވާހަކަދައްކާ ގުޅުންބަދަހި ކުރަންވެސް ބޭނުންވެއެވެ.

“ފެނުނީ ހާދަބޭނުންވާ ތަސްވީރެކޭ

ހޯދަން ލޯއެދޭނެ ރީތި މޫނެކޭ

މީ ތަގްދީރުހޭ، މީ ތަގްދީރުހޭ”

އަލީ ރަމިޒުގެ މިރީތިލަވައިން ތަންކޮޅެއް ކިޔަމުން ތުންފުމެމުން ގޮސް ފާހާނަޔަށް ވަދެލީ ތާޒާވެލުމަށެވެ.

* * * * * * * * * *

ފުރަން އެއްޗެހި ޕެކްކޮށް ސައިބޮއިގެން އަވަސް އަވަހަށް ނިޒާރުބޭގެ ފިހާރަޔަށް ދާންނުކުތްް އަޔާންއަށް ހުއްޓެން މަޖުބޫރުވީ އެގޭކައިރި އަޔާންގެ އިންތިޒާރުގަ ހުރި ސުމާ ފެނިފައެވެ. އަޔާން ގެއިން ނުކުތްތަން ފެނުމާއިއެކު އަޔާންއާއިި ދިމާލަށް ސުމާއައުމުން ސުމާއެހުރީ އަޔާންގެ އިންތިޒާރުގަކަން މާރަނގަޅަށްވެސް އަޔާންއަށް ދެނެގަނެވުނެވެ.

“ހައި…. މިއުޅެނީ ކުރީގަ އަހަރުމެނާއިއެކު ރަށު އޮފީސްގަ ވޯރކްކުރިި ހުރިހާ އެންމެން ދަތުރުދާން. މިހެން ދަމުން އަޔާން ވެސް ދާނަންތޯ އަހާލަން މިއައީ… ޕްލީޒް ނޫނެކޭ ނުބުނައްޗޭ…” ހަގީގަތުގަ ސުމާއެހެދީ ފާޅުގާ ބޮޑުދޮގެކެވެ. އެއީ އަޔާންއާއި ގުޅުން ބަދަހިކުރަން ސުމާހެދި ބޮޑުދޮގެކެވެ. އަޔާން އެއްބަސް ވެއްޖެނަމަ އެހެންކުދިންނާއި އެކަމާ މަޝްވަރާކުރާނީއޭ ހިތާ ސުމާއައީ ރާވާ ނިމިފައޮތް ކަމަކަށް އެކަން ހަދައިގެނެވެ. އެއީވެސް އަޔާންއާއި ގުޅުންބަދަހިކޮށް އަޔާން އަނބުރާލެވޭތޯ ސުމާ ރާވަމުންދާ ރޭވުމެކެވެ.

“ސޮރީ އިނގޭ. މިއުޅެނީ އިރުކޮޅަކުން ފުރަންދާން… ހުރިހާކުދިންނަށް މަގޭ ސަލާމްބުނައްޗޭ. ދެން ދަނީ އިނގޭ… ވަރަށްމުހިންމުކަމަކު މިދަނީ…” އަޔާންގެ ޖަވާބުން ވަގުތުން ސުމާގެ މޫނު މިލާ މޯޅިވިއެވެ. އެބުނާ މުހިންމުކަމަަކީީ ކޮބާތޯބަލަން އަޔާންގެ ފަސްފަހަތުން ދާން ހިތަށްއެރީ ކީއްވެ ކަމެއް ނޭނގެއެވެ. ހަމަ ހިތަށް އެރީމާ އަޔާންއަށް ނޭނގޭނެހެން ސިއްރު ސިއްރުން ދާން ހިނގައިގަތީއެވެ.

ނިޒާރުގެ ފިހާރަޔަށް އަޔާން އައިސް ވަނުމުން ސުމާއަށް ކަންތައް މިވީގޮތް ވަރަށް ރަނގަޅަށް ފަހުމްވިއެވެ. އެއީ މާޒްްގެ ފަރާތުން ސުމާއަށް ވަރަށްގިނަ އެއްޗެހިތަކެއް ވަނީ އެނގިފައެވެ.

* * * * * * * * *

“އޭތް ދޮންގަނޑާ… ދޮންގަނޑު ވަރަށް އުފާވާނެ ހަބަރެއް ހިފައިގެން މިއައީ. މަމިހުރީ ހަނދާންނެތިފައޭ. މިއަދު މެންދުރުގެ ކަމެއްއެއީ އެކަމަކު ރޭވިފަހުންވިއްޔާ މިހަނދާންވީ. ދެންވެސް މަށަށް ޝުުުުުުުކުުުރުު އަދާކުުުުުުުުުރައްޗޭ. ކުރީ ފަހަރުގަވެސް ދޭންބުނި ކެއުންވެސް ނުދޭ” މާޒް ކިތަންމެ ގުޅެން އުޅުނަސް އަދި އެހީވެދެންއުޅުނަސް ސުމާއެކަން ބަލައިނުގަންނާތީ މާޒް ޝަަަަަަަަަަަަަަަަަަަކުވާކޮށްލިއެވެ.

“އަޅެ ނުކައި ބަނޑަށްތަ ތިހުންނަނީ. ހީވަނީ ދުވަހަކު ކާއެއްޗެއް ނުކައިހުންނަހެނޭ…” މާޒް ފެނުނަސް ސުމާވަނީ އަމަށަކު ފޫއްސެއްނޫނެވެ. އެެެެެެެެެެެެެހެންކަމުން މާޒްއާއި ރީތިކޮށް ވާހަކަދެއްކުމަކީ އެ ބޮޑާ ސުމާއަށް ވާވަރުކަމެއް ނޫނެވެެ.

“ރީތިކޮށް އެއްޗެއް ބުނާވަރުގެވެސް އަންހެނެއް ނޫނޭ މީ އަދި. މި ބަލާބަލަ. އިތުރު އެއްވެސް މައުޟޫމާތެއް ލިބޭނީ މަށާ ރީތިކޮށް ވާހަކަދެއްކީމަ..” މާޒް އަށް ރައްދެއްނުދީ ސުމާ އެހަށް ބޭނުންވީ މާޒް އެދައްކަން އުޅޭ އެއްޗެއް ބަލާލާށެވެ.

“މި ކޮންޗެއް؟ މަށަށް ކޮން ފައިދާއެއްވާނެ އެއްޗެއް މީ؟ އަދި މަމިހީކުރަނީ މޮޅުއެއްޗެއް ދައްކާންއުޅެނީކަމަށޭ. މީ ހަމަ ބޮޑު ގަމާރެއް. ބޯގޮސް ވެފަހުރި އެއްޗެއް. ހަމަ މިހާރު މަގޭ ކުރިމަތިން ދާންވީ. ދެމީހަކު މަގުމަތީ އަތުގަ ހިފިއްޔޭ ކިޔާފަ މަށަށް ކޮންކަމެއް. ނިކުންނާށޭ މިތަނުން ހަމަމިހާރު..” ސުމާގެ ލޭކެކިގަތީ އަމަށަކު ވަރެއް ބަލާފައެއްނޫނެވެ.

“އަދިވެސް މަށާ ދިމާލަށް އެބަ އެއްޗިހި ގޮވަޔޭ. މީ ތި ދޮން މޮޔަވެގެން އުޅޭ ސޮރު ކައިރި އެއްކަލަ ރޭ ހުރި އަންހެން ކުއްޖާ.. މަ މިއަދު ވާރެވެހުން ގަޑީ ބޭރުގަ އުޅެނިކޮށް ފެނުނީ. އެހެން ސޮރެއް ގޮވައިގެން ހުރީމާ މަގޭ ހިތަށް އެރީ ފޮޓޯއެއް ކަނޑާލާނަމޭ. އޭރަށް ދޮން ބޭނުންވެގެެންް ތިއުޅޭ ސޮރަށް ފޮނުވީމަ އެމީހުން މައްސަލަ ޖެހި ދޮންއަށް ފުރުސަތެއްވެސް ލިބިދާނެއެއްނު. މަ މިވަރުގެ ކަމެއް ކޮށްދިނީމާވެސް މަވަރުގެ ނުލަފާ މީހެއްނެތެއްނު މީނަޔަކަށް. މަމިދަނީ.. ނުދޭނަން އެންމެ ފޮޓޯގަނޑެއްވެސް.. ހުރެބަލަ ތިމާވަރުގެ މީހެއްނެތިގެން.” މާޒް އެބުނި ވާހަކައިން ސުމާއަށް ހިވީ ދެޢިީދު އެއްފަހަރާ ލައިގަތްހެނެވެ. އެއީ ސުމާއަށް އަޔާން ލިބެން އުޅޭކަމުގެ ކޮޅުމަތި ފެންނަކަހަލައެވެ..

“އެއީ ދޯ އެސުންޕާ އަންހެނާ.. އޭ… އުހޫން. ސޮރީ ސޮރީ ދެން އެހެން ނުހަދާނަމޭ.. މާޒް ބުނި ކަމެއް ކޮށްދޭނަން. ޕްލީޒް ތި ޕިކްތައް ދޮންއަށް ފޮނުވަބާ… ޕްލީޒް ޕްލީޒް” ސުމާ އެހާ ރީތިކޮށް ބުނުމުން މާޒް ހަގީގަތުގަވެސް ވަރަށް އުފާވިއެވެ. އެކަމަކު އެފޮޓޯތައް ލިބުމާއިއެކު އަނެއްކާވެސް ކުރީގެ ބޮޑާ ގޮތްގަނޑު ދައްކާނެތީ މޮޅު ރޭވުމެއް ހިތުން މާޒް ރާވާލިއެވެ.

“ފޮނުވަފާނަން. އެކަމަކު ދޮން ޕްރޮމިސް ކުރިގޮތަށް ޖެހޭނެ މަބުނާކަމެއް ވިއްޔާ ކޮށްދޭން. އަދި މީގެ ފަހުން މަށާ ދިމާލަށް އަބަދު އެއްޗެހި ކިއްޔާ ދޮންގެ ޕްލޭން ފެއިލްކޮށްލާނަން… އޯކޭ؟” އެފޮޓޯ ހޯދަން ސުމާ އުޅުންގޮތުންވެސް މާޒް އެބުނިގޮތަށް ސުމާ ކަންތައް ކުރާނެކަމުގެ ޔަގީންކަން ވަރަށްވެސް ބޮޑެވެ.

“އޯކޭ އޯކޭ.. ދެން ފޮނުވާ. މާދަން ރޭ ވާނެ ކާންވެސް ދާން ދޯ..” މާޒްގެ ޕްލޭން މާރަނގަޅަށްވެސް ވޯރކްކުރިކަހަލައެވެ…

“ހަމަ ތިހެންް މަށާ ގުޅިގެން އުޅޭންވީމައޭ.. ބައިދަވޭ އެމީހުން އެތާނގަ ތިބެގެން ދެއްކިވާހަކައެއްނޭނގެ ވިއްސާރައިގެ އަޑުގަދަކަމުން. މި ސީންކުޅެފަ އެއަންހެންކުއްޖާ ދިޔައީ އަތިރިމަތީގަ ހުރި ސޮޕަކަށް. އެމަންޖެ އިންނަނީ އެތާހެންމަށަށްހީވަނީ. މަދިޔައިން ވިއްޔާ ފަހަތުން.” މާޒް އެހެން ބުނެ އެތަނުން ދިޔުމާއިއެކު ސުމާގެ މޫނުމަތި ބަނަވިއެވެ..

“ހުއް.. މީނަ ހީކުރީ މީނަ ޖަހާހާ ބެރަކަށް މަ ނަށާނެކަމައްތަ.. އެކަމަކު ވަރަށް މައުޟޫމާތުއޮވޭ އެއްޗަކުއަތުގަ. ގާތުގަގެންގުޅެލަން ހަމައެއްވަނަ. އަދިވެސް އެއްޗަކަށް މަށެއް ދަހެންނުވޭ ހެހެހެހެހެހެ.. ތިޔެއްނޫނޭ އަޔާންއަށް މީތި ފޮނުވަންވީ އަވަސް ވީގޮތަކަށް… ނޫނޭ ފަހަރެއްގަ އަޔާންއަތުގަ މަގޭ ނަންބަރު އޮވެދާނެ. އޭރަށް ބަސްޓްވިއްޔޭ. އެހެންވީމާ މާދަން ނިއު ނަންބަރއެއް ނަގާފަ މިމަސައްކަތަކުރާނީ… ޔޯރ ސޫން ގޮނަބީމައިން ޔާނޫ… އަޔާން އަދިވެސް ހާދަ ހެންޑްސަމްއޭ… އެރީތިކަމަށް ބަދަލެއްވެސް ނާދޭ ހުވާ…” ސުމާ ކަންތައް ކުރާނެގޮތް އަމިއްލަ ބޮލުތެރޭ ރާވާލިިއެވެ. އަދި އެކަނި އެކަނި ވާހަކަދައްކަމުން ދިޔައެވެ..

ހެނދުނު އިރުއެރުމާއިއެކު ސުމާ އެމާސްޓާރ ޕްލޭންގެ ދަށުން މަސައްކަތް ފެށިއެވެ.

* * * * * * * *

ސުމާގެ ހިޔާލުތަކުން ދުރުވެވުނީ ސުމާގެ ކުރިމަތީހުރި އަޔާން އަތްޖަހާލި އަޑަށެވެ.

“އޯހް ހެލޯ… ކޮން ހިޔާލެއްގަ؟ މަނުދާނަމޭ ބުނީމަ އަނެއްކާ ފަސްފަހަތުން ހިނގަނީތަ؟ މަދަންނަ ސުމާއެއް ގައިމުވެސް އެހެނެއްނޫޅޭ…” އެކަމަކުވެސް ސުމާ ހަމަ އަޔާންގެ ފަސްފަހަތުންއައީތޯ ބަލަންބޭނުންވީމާ މަޖަލަކަށް ހަދައިފަ އެހެންބުނީއެވެ.

“ހެހެހެހެ ޔާންވެސް ދޯ.. މިހާރު މީ އެސުމާއެއް ނޫނޭ. ކުރީދުވަހުވެސް ބުނިން. އަދިވެސް ގަބޫލުނުކުރަންދޯ. އަޅާނުލާ… އެނގޭ އެހާ ފަސޭހައިން އިތުބާރު ނުކުރެވޭނެކަންވެސްް.. ބައިދަވޭ އެކްސް އެއްގެ ގޮތަށް ޓްރީޓްނުކޮށް ފްރެންޑްސް ހެން ޓޯކުކޮށްލީމަ ޔަގީންވާނެ މީ އެސުމާއެއް ނޫންކަން… ސޯ ކޭން ވީ ބީ ފްރެންޑްސް؟”

=ނުނިމޭ=

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dhonthiii

Level 210 Stories100 Comments

Love to read and write. Need everyone's help to improve. Sarangheyoa ???

Other Articles

Previous

ވާލޯބިންނޭ ދީވާނާ ވަނީ (ފެށުން)

Next

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 25

Next
October 25, 2018

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 25

Previews
October 25, 2018

ވާލޯބިންނޭ ދީވާނާ ވަނީ (ފެށުން)

21 Comments!

  1. Aiminath says:
    October 27, 2018 at 12:46 pm

    Mi part varah reethi.. waiting for the next part… keep up the good work ❤?

    1. Dhonthiii says:
      October 29, 2018 at 11:24 am

      Thank you ❤️❤️

  2. Kamana says:
    October 29, 2018 at 1:55 pm

    Kn iraku aneh part up kurany

    1. Raanie says:
      October 30, 2018 at 9:54 pm

      Alhe haadha lahey dhw up kuraakah…

    2. Dhonthiii says:
      October 31, 2018 at 4:18 pm

      I thought no one wanna read my story so I was taking a rest… Well if u guys wanna read I will start writing. Soon I will submit.. thank you ❤️

  3. maya says:
    November 4, 2018 at 12:50 pm

    Alhe dnthi kbrthr story?? V inthizaaru kurevey eba.. avahah up kohdhybr

    1. Raanie says:
      November 6, 2018 at 9:39 pm

      Dhww…?? Waiting…

    2. Dhonthiii says:
      November 21, 2018 at 9:15 pm

      Sorry ehaa dhigu inthizaareh kuruvuneethy… Submit kohlaafin ingey.. thankyou

  4. Hana says:
    November 9, 2018 at 11:39 pm

    Pis pis pis… mi story liyaa kujjaa ah mi story nuliyevenyyyaa ves bunanvee ehnu ??
    2 weeks 3 weeks vaa iru ves vaahaka update nuvey Varah foohivey

    1. Dhonthiii says:
      November 21, 2018 at 9:17 pm

      Story nuliyaakahnun. I just took a break. I just thought kudhin nukiyaey mi story eh. Ehenve..

  5. Rushaa says:
    November 10, 2018 at 12:18 am

    Vaahaka nulhiye tha mihaaru? ?

    1. Dhonthiii says:
      November 21, 2018 at 9:18 pm

      Story nuliyaakahnun. I just took a break.

  6. Zoe says:
    November 18, 2018 at 12:51 am

    Vaahaka vvv reethi… ekam haadha lahey up vaagoiy ☹️☹️☹️
    plx plx plx avahah up kohdhechey
    ??????love ya

    1. Dhonthiii says:
      November 21, 2018 at 9:18 pm

      Sorry dear. Den ehaa laheh nukuraanan ingey… Luvs u too ???

    2. Dhonthiii says:
      November 21, 2018 at 9:19 pm

      And thank you ?

  7. Lover says:
    November 18, 2018 at 10:53 am

    When next part dhonthi???? Also vvvvvv nice…

    1. Dhonthiii says:
      November 21, 2018 at 9:19 pm

      Thank you.. submit kohlaafin ingey..

  8. Zeek says:
    November 18, 2018 at 10:55 am

    Alhey dhonthi loabi konirakun next part? Haadha varakah inthizaaru kurevey .. Wow..

    1. Dhonthiii says:
      November 21, 2018 at 9:21 pm

      Thank you.. vaahaka submit kohlaafin ingey. Sorry dear ehaa dhigu inthizaareh kuruvunythy…

  9. Besty says:
    November 18, 2018 at 10:58 am

    Mee mulhi esfiyaage oyyenme reethi vaahaka. Dhonthii plx plx avaskohba

    1. Dhonthiii says:
      November 21, 2018 at 9:22 pm

      Wow. Thank you so much. Thikahala support libeythy dhonthiii vaahaka liyefa submit kohlaafin ingey.. once again thank you so much ???

Comments are closed.

Next Episodeލޯތްބަކީ 22←


All Right Reserved!