Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ކެތްކުރީމޭ!! 1ވަނަ ބައި

HaNiM Level 1
October 21, 2018 One Min Read
9 Comments

ކޮންމެ ދުވަހަކީވެސް އާކަންތައްތަކަކާ ކޮންމެ މީހަކުވެސް ކުރިމަތިލާން ޖެހޭނެ ދުވަހެކެވެ. ފިތުރަތުގެ އުސޫލުން ދުނިޔެއަކީ އެއްހަމައެއްގައި މަޑުޖެހިފައި އޮންނަ ތަނެއް ނޫނެވެ. އެހެންނަމަވެސް ނުމާލް ގެ ދިރިއުޅުމުގައި ކުރިމަތިލާން މިޖެހޭ ކަންތައްތަކަކީ އޭނާފަދަ އެކަނިވެރިއަކަށް ކެތްކުރަން އުދަނގޫ ކަންތައްތަކެކެވެ. އުމުރުން އެންމެ ހަ އަހަރުގައި އަމިއްލަ މައިމީހާ ނުވެސް ދަންނަ ބައެއް ކައިރިއަށް ދޫކޮށް ދިޔައީ އެހެންނުހެދުމަށް އެދި އާދޭސް ކުރަނިކޮށެވެ. އެދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް މަންމަ އަދި ބައްޕަ ގެ އެއްވެސް ހަބަރެއް ނުވިއަސް އެ ހިތުގައި އެމީހުންނަށްޓަކައި ދެވިފައިވާ ލޮއެއްބައް ކުޑަވެސް ބަދަލެއް ނާދެ އެވެ. ކޮންމެ ނަމާދަކަށްފަހު ދުޢާ ކުރަނީ އަބަދުވެސް އެދެމީހުންނަށް ހެޔޮގޮތް މިންވަރު ވުމަށް އެދި އެވެ. މި ޙިޔާލްތަކުގެ ކަނޑަށް ޤަރަޤު ވެފައިން ނުމާލް ސިއްސައިގެން ދިޔައީ އޭނާގެ ފޯން ރިންގުވާން ފެށުމުންނެވެ. ދެލޮލުން ފޭދިފައި ހުރި ކަރުނަތައް އަތުގެ ބޮޑުވައި އިނގިލިން ފުހެލުމަށްފަހު ފޯން ނަގައި ކަންފަތުގައި ޖައްސާލަމުން އިސްލާމީ ރިވެތި ސަލާމުން ސަލާމް ގޮވާލިއެވެ.

“ސާބަހޭ. އަދިވެސް އޮފީހުން ނުކުމެވޭވަރު ނުވޭދޯ. ކައެ އަޅެ ތިވަރަށް ނޫޅުނަސް ވެދާނެދޯ.” ނުމާލްގެ އެކުވެރި ޝާމިން ފޯނުނެގުމުން ޝަކުވާ ކޮށްލި އެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. މިހާރު ގޮސް ރޭގަނޑު އެގާރަ ޖެހީ އެވެ. ޢީޝާ ނަމާދުކޮށްގެން އޮފީހަށް އައި މީހާ އަދިވެސް އެ އިނީ އެތާވިއްޔާ އެވެ. “ހޫންންން. ފެށުނީ ދޯ. މި ފިހާރައިގެ ކަންކަން ނިންމާލީ. އާދެބަލަ ކޮފީއަކަށް މަ ވެސް މި ދަނީ”. ނުމާލް ވެސް ފޯނަށް ޖަވާބުދެމުން އާދައިގެ ހިނގުމެއްގައި އޮފީހުން ނުކުމެ ރެސްޓޯރެންޓަކަށް މިސްރާބު ޖެހި އެވެ.

ދެ ޒުވާނުން ވާހަކަތައް ޙިއްސާ ކުރަމުންދިޔައިރު އެ ދެމެދުގައިވާ ގާތްކަމާއި އިތުބާރު ބަލާލި މީހަކަށްވެސް ހާމަވެގެންދާނެ އެވެ. މައިންބަފައިންނާއި އާއިލާއެއްގެ ލޯބިން މަޙުރޫމް ވިއަސް ތިމާއަށްޓަކައި ހެޔޮއެދޭ އޯގާތެރި ރައްޓެހިންތަކެއް ތިބުމަކީ ﷲ ދެއްވާފައިވާ ނިޢުމަތެއްކަން ނުމާލް ހަނދާންނައްތައެއް ނުލަ އެވެ. އެކަމަށްޓަކައި އަބަދުވެސް އެކަލާނގެއަށް ޝުކުރުއަދާކުރުމުގައި އޭނާ ސާބިތުވި އެވެ. އެދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް ދިމާވި ކޮންމެ އުނދަގުލަކާ ފުރޮޅަންޖެހުނު ކޮންމެ ގާގަޑެއް ފުރޮޅުމުގައިވެސް އޭނާއަށް އެހީވީ ހަމަ އެ ރަހުމަތްތެރިންނެވެ. މިކަންމުޅި އުމުރަށްވެސް ނުމާލް ބަލައިގަންނާނެ އެވެ.

“ކޮބާ ރޭގަ އެމަންޖެގެ ހަބަރެއް ވިތަ؟” އާވިއަރަމުން ދިޔަ ކޮފީ ޖޯޑު ތުމުން ނައްޓާލުމަށްފަހު ޝާމިން ސުވާލު ކޮށްލީ އޭނާގެ އެކުވެރިޔާ ޙަޔާތުގައިވެސް އަލަށް އަންހެން ކުއްޖަކާ ގުޅިގެން އުޅޭތީ އެވެ. “ޝާންޓެ. އަންހެންކުދިންނާ އެގޮތައް ވާހަކަ ދެއްކުމަކީ އެހާ ރަނގަޅު ކަމެއްހެން ހިއެއްނުވޭ. މަ ބޭނުންވަނީ ސީދާ ކައިވެންޏަށް ދާން. އެކަމަކު މަށަށް ވާހަކަ ދައްކާނެ އެއްވެސް ފުރުސަތެއް ނުލިބޭ.” މާޔޫސްކަމާއެކު ކަރުއެލުވާލުމަށްފަހު ނުމާލް އޭނާގެ ޙާލަތު ބަޔާންކުރި އެވެ. “މަށަށް އެނގޭ އޭނާއަށްޓަކައި ބުރޯގެ ހިތުގައި ތިއޮތް ލޯބި. އަދި އިންޝާﷲ ކާމިޔާބު ވާނެ” އުއްމީދުން ފުރިގެންވާ ފަދަ ޖަވާބެއް އެކުވެރިޔާގެ ފަރާތުން ލިބުމުން ނުމާލް ގެ މޫނުމަތިން އުފާވެރިކަން ފެނުނެވެ. އެބައްދަލުވުން ނިންމާލުމަށް ދެމީހުންވެސް ނިންމީ މާ ދަންވެފައި ހުރުމުންނެވެ.

ސައިކަލާއި ކާރު ދުއްވަން ނުމާލް އަށް ފުރުސަތު އޮތް ނަމަވެސް އޭނާ މަޑު ހިނގުމެއްގައި ހިނގާލައިފާ އައިސް ގެއަށް ވަދެ ފެންވަރާލި އެވެ. ސިކުނޑި ތާޒާ ކޮށްލުމަށް އަބަދުވެސް އަމަލް ކުރާ ފަދައިން މިރޭވެސް އެތައްޔާރުވީ ޤުރުއާނުން މިންވަރެެއް ކިޔަވާލުމަށެވެ. މިއީ ކޮންމެ ރެއަކުވެސް ނުމާލް ނިދުމުގެ ކުރިން ކުރާކަމެކެވެ. އުމުރުން ސައްވީސް އަހަރު ވީ އިރު، ކިތަންމެ ބުރަކޮށް އުޅެން ޖެހުނު ނަމަވެސް  ޤުރުއާން ކިޔެވުމާއި ސުންނަތް ނަމާދުކުރުމަކީ ފަރުޟުނަމާދު ތަކެކޭ އެއްފަދައިން ކުރަމުން އަންނަ ކަންކަމެވެ. އިންސާނާގެ އުމުރަކީ ބުނަން ނޭނގޭ އަދަދަކަށް ވީއިރު، އަބަދުވެސް އެންމެ ކައިރީގައިވާ އެއްޗަކީ މަރުކަން ހަނދާންކުރަން ޖެހެ އެވެ. އެހެނީ ތިމާގެ އަމަލްތައް ސީދާކޮށް މަރަށް ދަތުރު ހެދުމަކީ ވަރަށް އުނދަގޫ ކަމަކަށް އޮންނަނީ ވެފަ އެވެ. މިކަންކަމަށް ދަތުރަށް ތައްޔާރުކުރާ ނުމާލް މިރޭ ނިދަން އެ އޮތީ މާދަމާ، އޭނާގެ ދަތުރުގެ ނައުގެ މިސްރާބު އޮތް ދިމާލަށް މެކުހަށް ޖެހުމަށް ވަރަށް ތައްޔާރު ވެގެންނެވެ. ނަމަވެސް ކުރިއަށް އޮތް ވިލާގަނޑު ގެ ބޯމިން ކުޑަކޮށްވެސް ވިސްނާލަން ނޭނގޭ ހާލު އެތައްކަމެއް ކުރުމަށް ނިންމާގެންނެވެ.

 

(ނުނިމޭ)

Share Article

Follow Me Written By

HaNiM

Level 1

Other Articles

Previous

އެހަނދާން ފޮހެވޭތޯ ބެލިޔަސް 4

Next

އިންސާފް (2)

Next
October 21, 2018

އިންސާފް (2)

Previews
October 21, 2018

އެހަނދާން ފޮހެވޭތޯ ބެލިޔަސް 4

9 Comments!

  1. HaNiM says:
    October 21, 2018 at 11:46 am

    Assalam alaikum. Vahakage furathama bai genes dhevijje. Alhamdhu lillah. Heekuran mi bai hiriha kiyuntherinnah kamudhiya kamah. Adhi ithurah rangalhu kuran jehey kan kan comment kollun ae alhugandu ge v bodu edhumeh. In sha allah maa las nukoh dhevana bai ves genesdheynan. Thank you all

  2. Haapy✌️? says:
    October 21, 2018 at 11:58 am

    V nice. Dhn kihineh vaan baa eulheny. ??Whn next?

    1. HaNiM says:
      October 21, 2018 at 10:45 pm

      Thank u. Hingaa dhw balamaa dhen mi vaan ulhey gotheh. In sha allah maa laheh nuvane. Jazakallah khairan

  3. Hanny says:
    October 21, 2018 at 12:36 pm

    Oh wow. Salhi. Dhen konirakun anehbai.

  4. Unknown ~.... says:
    October 21, 2018 at 2:54 pm

    wow..varah salhi

    1. HaNiM says:
      October 21, 2018 at 10:46 pm

      In sha allah mi week therey genesdheveyne. Shukuriyya

  5. pimpi says:
    October 21, 2018 at 7:06 pm

    Vaahaka varah rythi.. But liyumuga knmx varakah gavaaidhu kuh hurikan faahaga vey..btw waiting for next part

    1. HaNiM says:
      October 21, 2018 at 10:49 pm

      Thank you. Varah try kuranan egey kuh veeha ves madhu kureveytho. V ufaa vejje bunelyma. Jazakallah khairan. ?♥️
      In sha Allah mi hafthaa ga anehbai kiyalan libeyne

  6. Unknown says:
    October 21, 2018 at 10:48 pm

    Good

Comments are closed.



All Right Reserved!