Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އޯގާވީ ހިތަކުން…31

މުތާ/ ސ.ހިތަދޫ Level 210 Stories
May 29, 2014 7 Mins Read
10 Comments

”އަހަރެންދެކެ ރުޅިއަޔަސް ވަރިހަމަ، އަލްޔަސްތީ އަހަރެންގެ މީހެއް، ދެން ހަމަޖެހުމުގެ ނޭވާއެއް ނުލާނަން އަލްޔަސްއާ ކައިވެނިކޮށްފަ ނޫނީ، ކޮން އީނާއެއް، އެބިޗްގެ ނަންވެސް ތި ހިތުން ނެރެ އެއްލާލާނަން، އަލްޔަސްއަށް ނުފެނޭތަ އަހަރެން އަޔަސްދެކެ ލޯބިވާވަރު، އައި ލަވް ޔޫ ސޯ މަޗް!…. މިހިތް ނަގާފަ ދެއްކޭނެނަމަ، ތީ އަހަރެންގެ މީހެއް، މޮޔަވެއްޖެޔޭ ބުންޏަސް ވަރިހަމަ، އަހަރުމެން ދެމީހުން ބައްދަލުވީވެސް ސަބަބުތަކެއް އޮތީމަ…. ޔޫ އާރ މައިން، އޮންލީ މައިން….” އަލްޔަސް ސައިކަލު ދުއްވާލުމުން ޒެލީން ހިތާހިތުން ކިޔާލިއެވެ. އެވަގުތު އޭނަގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައީ ކީއްވެގެންކަމެއް ނޭގެއެވެ. ވާރެއާއެކު ތެމިގެންދިޔަ އިސްތަށިކޮޅުތައް މޫނުގެ އެކިހިސާބުތަކުގައި ތަތްވެގެން ދިޔައިރު ، ބޮސްދެމުންދިޔަ ވާރޭގެ ބަރު ތިކިތަކުން ޒެލީންގެ ހިތުގައި ފިރުމާލަދިންހެން ހީވިއެވެ. މައްޗަށް މޫނު އުފުއްލާލަމުން އޭނަ ހިނިތުންވެލިއެވެ. ވާރޭގެ ތިކިތަކާއެކު ހަށިގަނޑުގައި ބޮސްދޭން ފެށި ރޯޅިތަކުން ކަންފަތްދޮށުގައި ސިއްރުތަކެއް ބުނެލިހެން ހީވިއެވެ. ކުރިން ވެރޭގެ ސަބަބުން ފިނިވިޔަސް މިހާރު އޭގެ އެއްވެސް އަސަރެއް އެމޫނުމަތިން ފާޅުވާހެނެއް ހިޔެއްނުވެއެވެ. އޭނަގެ ސިކުނޑީގައި ކުލަޖެހެމުންދިޔަ ފޮނި ހުވަފެންތަކުން ޒެލީން މަޑުމަޑުން ނަމަވެސް ގެނބެމުން ދިޔައީ އޭނަގެ ހުވަފެނީ އާލަމަށެވެ. ކޮންމެ ގޮތެއް ހަދާފައިވެސް އޭނަ އަލްޔަސްގެ ހިތް އަތުލާނެއެވެ. ތޫނު ކަށިތަކުން ބަރާވެފައިވާ މަގެއްގައި ހިގަން ޖެހުނަސް ހެވެވެ.

އީނާއަށް ހޭލެވުނީ ބިރުވެރި ހުވަފެނެއް ފެނިގެންނެވެ. އަވަސް އަވަހަށް ކޮޓަރީގެ ބޮކިތައް ދިއްލާލަމުން ސައިޓްޓޭބަލް މަތީ ހުރި ފެންޖަގުން ތައްޓަކަށް ފެން އަޅާލަމުން އެއްނޭވާއިން ހުސްކޮށްލައިފިއެވެ. ބާރުވެފައިވާ ހިތުގެ ތެޅުމާއެކު މުޅިމީހާވަނީ ދަލުން ފެންވެރިފައެވެ. މޫނުމައްޗަށް ފައިބާފައި ހުރި އިސްތަށިކޮޅުތައް އެއްފަރާތްކޮށްލަމުން އޭނަ އެނދުންތެދުވެލިއެވެ. އޭރު ފަތިހުގެ ހިމޭންކަމުގެ ތެރޭން ކައިރީގައި ހުރި މިސްކިތަކުން ބަންގި ގޮވާއަޑުއިވެމުން ދިޔައެވެ. އީނާ ކުޑަދޮރުތައް ހުޅުވަން އުޅެފައިވެސް ދުންފިނި ފެތުރިފައިވާ މެންޒަރު ފެނުމުން އެޚިޔާލު ބަދަލުކޮށްލިއެވެ. އޭނަ ކުޑަދޮރުކައިރިއަށް ހުއްޓިލަމުން ވިސްނާލީ ހުވަފެނާ ދޭތެރޭގައެވެ. އޭނަގެ ހިތަށް ވިސްނައިދޭން ހާދަ ވަރަކަށް މަސައްކަތްކޮށްފި ނޫން ހެއްޔެވެ؟ ދެނެތް ކެތެއްނުވާނެއެވެ. ލައްކަގިނަ ދުވަހު ގޮތުގައި ހިފަހައްޓާލެވިއްޖެއެވެ. ފާއިތުވެގެން ދިޔަ ކޮންމެ ދުވަހަކާއެކު އޭނަގެ ހިތަށް ލިބިފައިވާ ޒަހަމްތައް ފުންވެ ވޭންތައް ބަރުދާސްތުކުރަން އުނދަގޫ ވާ ހިސާބަށް ހިނގައްޖެއެވެ. އަލްޔަސްއަށް ދެވަނަ ފުރުސަތެއް ދޭންވީ ހެއްޔެވެ؟ އަލްޔަސްގެ ހާލާމެދުވެސް ވިސްނާލެވުނެވެ. ފަހަރެއްގައި ފުރަން އޮތް ދުވަހު އަލްޔަސްއަށް ނާދެވުނީ މޫސުން ގޯސްވުމުންކަމަށްވެސް ވެދާނެއެވެ.

އީނާގެ ވިސްނުން މުޅިން ބަދަލުވާ ހިސާބަށް ދިޔައެވެ. ފެނުނު ހުވަފެނާއެކު ޔަޤީނުންވެސް އޭނައަށް ބަދަލުތަކެއް އައިސްފިއެވެ. އޭނަ އަލްޔަސްއަށް ދެވަނަ ފުރުސަތެއް ދޭނީއެވެ. ފަހަރެއްގައި ރަގަޅުވެސް ވެދާނެއެވެ.

އީނާ އެރޭގެ ހާދިސާއާ މެދު ވިސްނާލިވަރަކަށް ހިތުގެ ތެޅުން އަވަސްވިއެވެ. އެރޭގެ ކޮންމެ މިނެޓެއްވެސް ސިކުނޑީގައި ރައްކާކުރެވިފައިވަނީ މިއަދުވީކަމެއް ފަދައިންނެވެ. އަލްޔަސްގެ މިޒާޖަށް ކުއްލި ބަދަލުތަކެއް އައުމުގެ ފަހަތުގައި ސަބަބުތަކެއް ވާނެއެވެ! ޕާޓީއަށް ދިޔައިރު އަލްޔަސް ހުރީ ރަގަޅަށެވެ. އެމޫނުމަތިން ފެންނަމުން ދިޔައީ އޭނަގެ ހިތް ފަތަހަ ކުރި ފުރިހަމަ ހިނިތުންވުމެވެ. ފާޑެއްގެ ޖޫސްތައްޓެއް ބުއިފަހުން އަލްޔަސްގެ ނޭވާއަށް އުނދަގުވެ ބަދަލުތަކެއް އަންނަން ފެށީއެވެ. ބޮލުގައި ރިއްސަން ފެށިގޮތަށް އަމިއްލަ ނަފްސުން ކޮންޓްރޯލް ދޫވީއެވެ. ފަހުން އަލްޔަސްއަށް ވެގެން ދިޔަގޮތްވެސް އޭނައަށް ފެނުނެވެ. އެދެލޮލުގައި ވީ ސިހުމެވެ! ފުން ރިހުމެކެވެ! ވޭނެވެ. އޭނައަށް އެއްޗެއް ބުނެދޭން މަސައްކަތްކުރާހެން ހީވިއެވެ! ނަމަވެސް އޭރު ހިތަށް ކުރި ފުން އަސަރުތަކާއެކު އެކަމާމެދު ވިސްނާނުލެވުނީއެވެ. ސަލްޓަންޕާރކް ކައިރިން ބައްދަލުވި ދުވަހުވެސް އޭނައަށް ފެނުނީ ރޫހު ގެއްލިފައިވާ އަލްޔަސް އެކެވެ. އެކި ހިސާބުތަކުން ތަންތަންކޮޅު އެއްކުރަމުން ދިޔަ ވަރަކަށް އިނާ ހާސްވާން ފެށިއެވެ. ބިރުގަންނަ ގޮތްވިއެވެ.

”މީ ބަޔެއްގެ ރޭވުމެއްތަ، މިކަމުން ކޯޗެއްތަ އެބަޔަކަށް ލިބޭނީ؟….” އީނާ އޭނަގެ މޫނުގައި ފިރުމާލިއެވެ.

”އަލްޔަސް އެހާވަރުން މާފަށް އެދެން ބޭނުންވީ ސަބަބެއް އޮތީމަކަން ޔަޤީން، ގޯސް ނިޔަތެއްގަ އުޅުނުނަމަ އަހަންނާ ރައްޓެހިވިތާ ފުރަތަމަ ދުވަހުން ފެށިގެންވެސް އެކަން ހާސިލުކުރަން އުޅުނީހެއްނު…. އެކަމަކު ދުވަހަކުވެސް އަލްޔަސް އޭނަ ބުނެފައިވާ ލިމިޓުން ބޭރެއްނުވޭ… މިހާރު އުޅޭ ފިރިހެނުން ފަދައިން ކައިރިވާކަށްވެސް ނުޅޭ….. އުފަންދުވަސް ސެލެބްރޭޓްކުރަން ދިޔަ ދުވަހުވެސް ދުރުން އުޅުނީ ގޯހެއް ހެދިދާނެތީ…. އަލްޔަސް އެންމެ ކަމެއް ބޭނުންވިނަމަ އެރޭގަވެސް އެބޭނުން ހާސިލުކުރަން އުޅުނީހެއްނު………..” އީނާ ވިސްނިވަރަކަށް ލޮލުގެ ތެރެއަށް ޖަމާވާންފެށީ ކަރުނަތިކިތަކެވެ.

ފަތިސްނަމާދުކޮށްލުމުން ކުޑަކޮށް ފަސޭހަވިއެވެ. ދުވަސްތަކަކަށްފަހު އީނާ ފޭސްބުކަށް ވަންއިރު މެސެޖުތަކެއް ލިބިފައި އިނެވެ. ފުންނޭވާތަކެއް ދޫކޮށްލަމުން އީނާ މެސެޖްބައި ހުޅުވާލިއެވެ. ހުސް އަލްޔަސްގެ މެސެޖުތަކެވެ. ރޫޔާގެ ދެތިން މެސެޖެއްވެސް އިނެވެ. އީނާއަށް އަސަރުކުރިއެވެ. އަލްޔަސްގެ ކުށެއްނެތްކަން ޤަބޫލުކުރަން އޭނަގެ ޒަމީރު ބާރުއަޅަން ފެށީ އެހިސާބުންނެވެ.

”އަޅޭ، އަނެއްކާ ގޯހެއް ހެދުނީ އަހަންނަށްތަ؟……” އީނާއަށް ދެލޯ މަރާލެވުނެވެ. އޭނަގެ ހަށިގަނޑުގައި މަޑުތުރުތުރުލުމެއް އުފެދެން ފެށިއެވެ. އަތްފައި ފިނިވާންވެސް ފަށައިފިއެވެ. މުޅި މީހާ ހާސްކަމުގެ ތެރެއަށް ގެނބިއްޖެއެވެ.

”އެކަމަކު އަހަރުމެން ދުރުކުރުވައިގެން ކާކަށްތަ އެންމެ ބޮޑު އުފަލެއް ލިބޭނީ؟….” އީނާ ވިސްނާވިސްނާ ޖަވާބު ނުލިބުނު ސުވާލަކީ އެއީއެވެ. އެއީ ބަޔެއްގެ ނުވަތަ މީހެއްގެ ރޭވުމެއް ނަމަ ފައިދާތަކެއް ހަސިލުވާނެކަން ޔަޤީނެވެ. އެމީހަކު އުޅުނީ ދެޢާއިލާގެ ދެމެދުގައިވެސް ފިތުނަ އުފައްދަން ވެގެންނެވެ. ވިސްނިވަރަކަށް އީނާ އިތުރަށް ހާސްވިއެވެ. އެސުވާލުގެ ޖަވާބު އޭނަ ހޯދާނީ ފަހެ ކިހިނެއް ހެއްޔެވެ؟

”އަލްޔަސް…..” މަޑު ތުރުތުރުލުމެއް އުފެދިގެން ދިޔަ ތުންފަތުގެ ތެރޭން އީނާއަށް ބޭރުކޮށްލެވުނީ ހަމައެކަނި އެލަފްޒުތަކެވެ. އޭނައަށް ރޮވިއްޖެއެވެ. އިރުގެ ފުރަތަމަ ދޯދިތައް ވެސް ފަރުދާތައް ފޫއަޅުވާލާފައި ފެތުރިގަތީ ވިސްނަން އިންދައެވެ. ކޯތާފަތުން ފޭދިފައި ހުރި ކަރުނަތައް ފޮހެލަމުން އީނާ މިސްރާބުޖެހީ ފާޚަނާއާއި ދިމާއަށެވެ. އޭރު ޒަނާ ކޮޓަރީގެ ދޮރުގައި ޓަކިދެމުން ގޮވާލި އަޑުއިވުނެވެ.

”މި ހުޅުވަނީ…” ރަތްކުލައިގެ އަތްދިގު ގަމީސް ފޮތީގެ ޓޮޕަކާއި ކަޅުކުލައިގެ ޖިންސެއްލަމުން ފާޚަނާއިން ނިކުތް އީނާ ބުންޏެވެ. ފެންހިއްކަންވެގެން އިސްތަށިގަނޑުގައި ތުވާލި އޮޅާލަމުން އައިސް އޭނަ ދޮރު ހުޅުވާލިއެވެ.

ޒަނާ ހުރީ ހެވިދިއްލިފައެވެ.

”ވަޓް ހެޕެންޑް؟….” ޒަނާ ކޮޓަރިއަށް ވަނުމާއެކު އީނާ އަހާލިއެވެ.

”މި..މި، ރާކިން….” ޒަނާ ކިޔަދިނެވެ. ”ދެޓް ރާކިން…” އީނާ ބުނެލީ ފޫހި ރާގަކަށެވެ. ކުރީ ދުވަހު ރާކިން އޭނައަށް ބަލާހެދިވަރުން އީނާ ރާކިންދެކެ އަންނަނީ ވަރުގަ ރުޅިއެކެވެ. ނަޒްޔަކްވެސް އެހާވަރަށް ނުބަލައެވެ. ބައެއްފަހަރު ރާކިންގެ ބެލުމުގައި ބިރުގަންނަ ގޮތެއް ހުރެއެވެ.

”ހޫމްމްމް، އޭނަގެ މެސެޖެއް މިއަދު މަށަށް ލިބުނީ، މޯރނިންގަ ފޯނު ޗެކްކުރިއިރު ފެނުނީ، މައި ގޯޑް ކިރިޔާ ފެއިންޓް ނުވީ، އަހަރުމެން ދެމީހުން ކިޔަވަނީ އެއް ކްލާހެއްގަ، ބަޓް ދުވަހަކު ރާކިން އަހަންނާ ވާހަކައެއް ނުދައްކާނެ…. ވަރަށް ފޮނިވާނެ….ދިސް އިޒް އެ މިރޭކަލް….” ޒަނާ ހީވަނީ އުދުއްސައިގެންފާނެ ހެންނެވެ. ”ގުޑް….” އީނާ ހިނިތުންވެލިކަމުގައި ވިޔަސް ނުބައި ޝައްކެއް ވިއެވެ. ކުއްލިޔަކަށް ޒަނާއާ އެކުވެރިކަން ބަދަހިކުރުމުގެ ފަހަތުގައި ރާކިން ބެނުންވާކަމެއް ފޮރުވިފައިވަނީ ބާވައެވެ؟

”ދެން އަވަހަށް ލޯބިވާ ވާހަކަ ބުނަން އުޅޭ އިނގޭ، ބަލާބަ ޒީގެ މޫނަށް، ހީވަނީ އެހެންފަދަ ކަމެއްހެން، މާޝާﷲ….” ޒަނާގެ އުފަލުގައި އީނާ ބައިވެރިވިއެވެ. އޭރުވެސް އޭނަ ހުރީ އެޝައްކުގެ މަތީގައެވެ.

”ފްރެންޑްޝިފަށް ގޮސްގެނެއްނު އެހިސާބަށް ދާނީ….” ޒަނާ ބުންޏެވެ. އީނާ ބުނި ޖުމްލައިން ޒަނާ ރަކި ވިއެވެ.

ދެކުދީން ކާކޮޓަރިއަށް ދިޔައިރު އާދައިގެ މަތިން ފެންނާނެ ޒަވާންއާއި މުނީރާއެއް ނެތެވެ. ބިޒްނެސް މީޓިންގްއަކަށް ދެހަފްތާ ވަންދެން ރަޖްވާން ސިންގަޕޫރަށް ގޮސްފައި ވުމުން ކާކޮޓަރި އޮތީ ފަޅަށެވެ. ”ކޮބާތަ އެންމެން؟….” އީނާ އަހާލިއެވެ.

”މަންމައާ ދޮންބެ ވީ ހޮސްޕިޓަލްގަ….” ޒަނާ ޖަވާބު ދިނެވެ.

”ކީއްކުރަން…” ޕާން ފޮއްޗެއްގައި ކްރަމްޕީ ކޮޅެއް ހާކާލަމުން އީނާ އެހި އެވެ.

”ރޭގަ ނަޒްޔަކް ކުއްލިޔަކަށް ބަލިވެގެން ދިޔަ ގޮތަށް އަދި ގެއަކަށް ނާދޭ، ހީ އިޒް އެ ހާރޓް ޕޭޝެންޓެއް… ނަޒްޔަކް ހޮސްޕިޓަލުން ދޫކުރަންދެން މަންމަ އިންނާނެ ހޮސްޕިޓަލްގަ…..” ޒަނާ އޮޅުން ފިލުވާލަ ދިނެވެ.

”ވަޓް!އެކަމަކު ބަލާފަ ހިޔެއް ނުވޭ، ނުލާހިކު ފިޓްކޮށް ހުންނަނީ…” އީނާއަށް ލިބުނު ސިހުމާއެކު ކޮށިނޭރީވެސް ކިރިޔާއެވެ. ނަޒްޔަކްއަށް ބަލާފައި އެފަދަ ބޮޑު ބައްޔެއް ތަހައްމަލް ކުރަމުންދާ ޒުވާނެއްހެން ހިޔެއްވެސް ނުވެއެވެ.

”ހިޔެއް ނުވޭދޯ؟، ނޭގޭ އެހާ ޅައުމުރުގަ އެވަރަށް ޕެއިން ނަޒްޔަކް ސަފާރ ކުރަނީ ކިހިނެއްކަމެއް ވެސް. ހީ އިޒް ޖަސްޓް ޓުވެންޓީ ސެވެން….. ނަޒްޔަކްގެ ފެމިލީ މީހުން އަންނާނެ ދޭތެރެއަކުން… އަސްލު ނަޒްޔަކްގެ ފަރުވާކުޑަކަމުން ބަލި ގޯސްވަނީވެސް. ޑޮކްޓަރުން ބުނާ ގޮތަކަށް ނަހަދާނެ… އަހަރެން ދެރަވެސްވޭ ނަޒްޔަކް ފެނުނީމަ، ބަޓް ކުރީފަހަރު ފިލްމު ބަލަން ދާން އޮތްވާ ޕްލޭން ފޮލްޕްކޮށްލީމަ ރުޅިއައިސްފަ މިހުންނަނީ….” ޒަނާ އިތުރަށް ބުނެދިނެވެ. އީނާ ޝައުޤުވެރިކަމާއެކު އަޑުއަހަމުން ދިޔައެވެ. ނަޒްޔަކްއާ ދިމާއަށް ބުނެވުނު ބަސްތަކާމެދު އީނާ ދެރަވިއެވެ.

”އަޅޭ، ކީއްވެތަ އެދުވަހު ނަޒްޔަކްއާ ދިމާއަށް އެހުރިހާ އެއްޗެއް ކީއިރު އަހަރެން ނުހުއްޓުވީ، ނަޒްޔަކް ހާދަ ދެރަވާނެޔޭ ދޯ؟ ޝޯ އޮފް ނުކުރިޔަސް ދެރަވާނެ….” އީނާ ވިސްނުމަކަށް ގެއްލުނެވެ.

”އަހަންނަށް ނަޒްޔަކް ފެނުނުނަމަ ހުއްޓުވީމުސް، ބައެއްފަހަރު އަހަންނަށްވެސް ބުނަން ނުޖެހޭ އެއްޗެހި ބުނެވޭ، ބަޓް ނަޒްޔަކް އަޅައެއްނުލާނެ، އަހަރެން ސޮރީއޭ ބުނީމަ ބުނާނެ އެވަރުކަމެއް ނޫނޭ….” ޒަނާ ބުންޏެވެ.

”ތިހެންވިއްޔާ ދެމީހުން ވާނެ ސޮރީއޭ ބުނަން ދާން…. އަސްލުވެސް އެރޭގެ ހާދިސާއަށްފަހު ހިތަށް އެރި ނަޒްޔަކް ވައިގެ ތެރެއަށް ގެއްލިގެން ދިޔަ ނަމައޭ، ބަޓް ފަހުން ވަރަށް ދެރަވި އެހެން ހިތަށް އެރީމަ ވެސް…. ބަގީޗާއިން މާތަކެއް ބިނދެލައިގެން މާބޮޑިއެއް ހަދާލައިގެން ދާންވާނީ… އަނެއްކާ އެލާރޖީވާ މަލެއް ހުރޭތަ؟ އެހެންނޫނީ ނަޒްޔަކް ހީކުރާނީ ގަސްދުގަ ލަނޑެއްދޭން ގެނައި މާބޮނޑިޔެއް ކަމަށް…” އީނާ ބުނެލިއެވެ. އޭނަގެ ހިތް ނަޒްޔަކްއަށް ސާފުވުމުން މާފަށް އެދެން އީނާ ނިންމިއެވެ.

ސައިބޮއެ ނިންމާލުމަށްފަހު އީނާއާއި ޒަނާ އަވަސް ވެގަތީ ހޮސްޕިޓަލަށް ދިއުމަށެވެ. ދިއުމުގެ ކުރިން ދެމީހުން ބައިވެގެން ބަގީޗާގައި ހުރި ކަލާލިލީސް މާތަކާއި ލިލީމާތަކުން މާބޮޑިއެއް ތައްޔާރުކޮށްލިއެވެ. ”އީނޫ މަށަށް ހީވަނީ ތީތި މާ ބޮޑަށް ގާރލިޝްހެން….” އިރުކޮޅެއް ވަންދެން މާބޮނޑިއަށް ބަލަހައްޓައިގެން ހުރެފައި ޒަނާ ބުނެލިއެވެ.

”ތީ ހީވާގޮތް، ވައިޓް ގުޅޭނެޔޭ…” އީނާ އުސްފައިވާނަކަށް އަރަމުން ބުނެލިއެވެ. އާންމުގޮތެއްގައި އުސް ފައިވާންތަކަށް ނާރާ އީނާ، މެލޭޝިޔާއަށް އައިފަހުން ޒަނާ ކިޔާވަރުން ބޭރަށްދާން ވެއްޖެނަމަ ލައިހަދަނީ އެފަދަ ފައިވާންތަކެވެ. ޒަނާ ބުނާ ގޮތުން ވިއްޔާ އޭނަގެ އިސްކޮޅާ ގުޅެނީ އެކަހަލަ ފައިވާންތަކެވެ.

ޓްރެފިކް ގިނަކަމުން ހޮސްޕިޓަލާހަމައަށް ދެވޭވަރުވީ އެއްގަޑިއިރުގެ ދިގު ދަތުރެއް ކުރި ފަހުންނެވެ. ހޮސްޕިޓަލްގެ ޕޯޓިކޯއަށް ކާރު މަޑުކޮށްލުމުން އީނާއާއި ޒަނާ ކާރުން ފޭބިއެވެ.

”ވޯޑް އިނގޭތަ؟….” ކުރިއަށް ހިނގައިގަންނަމުން އީނާ ސުވާލުކުރިއެވެ.

”މަޑުކޮށްބަލަ، ދޮންބެ ބުނި ތިމަންނަ ބޭރަށް ނިކުންނާނަމޭ….” ޒަނާ މެސެޖްކޮށްލަމުން ބުންޏެވެ. މާކަގިނައިރެއް ވަންދެން މަޑުކުރާކަށް ނުޖެހުނެވެ. ޒަވާން ބޭރަށް ނިކުތްތަނާ ދެކުދިންގޮސް އެއްވަރުކޮށްލައިފިއެވެ.

ވާހަކައެއްގައި ތިބެ ތިންމީހުން ގޮސް އެރީ ބިއްލޫރިން ފަރުމާކުރެވިފައިވާ ލިފްޓަކަށެވެ. ފަނަރަވަނަ ފަންގިފިލާއާ ހަމައަށް ދެވުނުއިރު އީނާގެ ބޮލަށް އެނބުރުން އަރާގޮތް ވިއެވެ. އޭނަ ނިކަން ހަލުވިކޮށް ލިފްޓުން ނިކުމެއްޖެއެވެ. ތަނަވަސް ކޮރިޑޯން ހިނގާލާފައި ގޮސް ޒަވާން ހުއްޓުނީ ޕްރައިވެޓް ރޫމެއްގެ ދޮރު ކުރިމައްޗަށެވެ. އީނާމެންނަށް ރޫމް ދައްކާލާފައި ފޯނުން ވާހަކަ ދައްކަމުން އޭނަ ދިޔައެވެ. ފިނިފިނި ރޯޅިތަކުން އެތަން އޮތީ އޭސީކޮށްލާފައެވެ.

އީނާ ދޮރުގެ ތަޅުގައި ހިފާލަމުން ފުންނޭވާއެއްލިއެވެ. ނަޒްޔަކް އޭނަ ދެކެ ރުޅި ނައިސްފިއްޔާ ކިތަންމެހާވެސް ރަގަޅެވެ. ކުރީ ފަހަރުވެސް ގެއިން ނިކުމެެގެން ދިޔައީ އޭނަ ދެކެ ރުޅިއައިސްފައި ހުރެއެވެ. ”އަހަރެން މިއައީ މާފަށް އެދެން… ކުރިން އެނގުނުނަމަ އަހަރެން އެހެން ނުބުނީސް، ނަޒްޔަކްވެސް މަފަށް އެދުނު….” ހިތްވަރުކޮށްލަމުން އީނާ އެތެރެއަށް ވަނެވެ.

ކޮޓަރީގެ ދޮރު ހުޅުވިގެން ދިޔަ އަޑަށް ނިދިފައި އޮތް ނަޒްޔަކް ދެލޯހުޅުވާލިއެވެ. މެޝިންތަކުގެ އަޑުން ކޮޓަރީގެ ހިމޭންކަން ވަނީ ނަގާލާފައެވެ. އަރާމުފިނިކަމެއް ކޮޓަރީގައި ރަސްކަންކުރެއެވެ. ކުޑަދޮރުގެ ފޮތިތައް ކަހާލާފައި ހުރިއިރު ސިޓީގެ ވިއު ފެންނަނީ ރީތި ތަސްވީރެއްގެ ސިފައިގައެވެ.

އީނާ ލަސް ހިނގުމެއްގައި އައިސް ހިނިތުންވެލިއެވެ. އޭރު ނަޒްޔަކްގެ މޫނުމަތިން ފެންނަނީ ހައިރާންކަމުގެ ކުލަވަރުތަކެވެ. ހުސްގަޔާ އޮތް ނަޒްޔަކް ކުޑަކޮށް ތެދުވެލަން މަސައްކަތް ކުރިއެވެ. ނަޒްޔަކްގެ މޭމަތީގައި ހުރި ނިޝާންތައް ފެނުމުން އީނާއަށް އިރުކޮޅެއް ވަންދެން ބަލަން ހުރެވުނެވެ. އެހާ ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހުނުނަމަ އޭނަ މަރުވީސްކަން ކަށަވެރެވެ. ހަމަހޭގައި ހުރެގެން އޭނަ އިންޖެކްޝަނެއްވެސް ޖެހިޔަކަ ނުދެއެވެ.

އިރުގެ ދޯދިތައް ފުރޭނިގެން އައިސް ނަޒްޔަކްގެ ހަށިގަނޑަށް އެޅިފައި ވާއިރު ފެންނަނީ ނިކަން ފުރިހަމައަށެވެ. ފަންއިސްށިގަނޑު ކޮށާލާފައި ވާއިރު ފުޓްބޯޅަ ކުޅުންތެރިޔެއްގެ ހެޔާރސްޓައިލެއް ކޮޕީކޮށްލާފައި ވާހެން ހީވިއެވެ. މޫނުމަތިން ވަރުބަލިކަން ފެންނަމުން ދިޔަ ކަމުގައި ވިޔަސް މޫނުމަތީން ފެންނަ ތޫނުފިލިކަން ފަނޑުކޮށެއް ނުލެވެއެވެ. ހުސްގަޔާ އިނުމުން ވަކިން ފިރިހެންވަންތަކަމަށް ދައްކައެވެ.

”ބަލި ކުއްޖާއަށް ދޭން އީނޫ ތައްޔާރުކުރި މާބޮނޑި ދީބަލަ….” ޒަނާ ބުންޏެވެ. އީނާ މާބޮނޑިދިއްކޮށްލުމުން ނަޒްޔަކް އޭގައި ހިފިއެވެ. އޭނަ އޭގެ ތެރޭގައި އޮތް ކުޑަ ކާޑު ނެގިއެވެ. ނަޒްޔަކް ހިނިތުންވެލާފައި އީނާއަށް ބުމަ އަރުވާލީ ހަމަ ތެދެއްހެއްޔޭ އަހާލާފަދަ ގޮތަކަށެވެ. އެތުންފަތުގައި ލާނެތް ހިނިތުންވުމެއްގެ އަސަރު ހުއްޓެވެ. އީނާ ޖަވާބެއް ނުދީ އޭނަގެ ނަޒަރު އެހެންދިމާއަކަށް އަނބުރާލިއެވެ.

”ގެޓް ވެލް ސޫން އެންޑް ސޮރީ ސްވީޓްހާރޓް، ޒޮއްޒޮއް….” ނަޒްޔަކް ކާޑުގައި ލިޔެފައިވާ އިބާރާތް ކިޔާލިއެވެ. އެއާއެކު އީނާ ދިޔައީ ސިއްސައިގެންނެވެ. އޭނަ ވަގުތުން ބަލާލީ ޒަނާ އަށެވެ. ކޮނޑުއަރުވާލަމުން ޒަނާ ބާރަކަށް ހީގަތެވެ. ނަޒްޔަކްވެސް އެވަގުތު ހީގަތެވެ. ނަޒްޔަކްގެ ޖާދުވީ ހުނުމުގެ އަޑު އީނާއަށް ފާހަގަ ކުރެވުނެވެ.

”ޒީ….” އީނާ ހިތްހަމަނުޖެހުނެވެ. ނަޒްޔަކް ހީކޮށްފާނެ އެއްޗަކާމެދު އޭނަ ބިރުގަތެވެ.

”ބަލަ ލޯބިވީމައެއް ނޫނޭ ސްވީޓްހާރޓްއޭ ކިޔަނީ، ދެން އެކުވެރިކަމުގަވެސް އެހެން ކީދާނެއެއްނު….” ޒަނާ ބުންޏެވެ. ނަޒްޔަކް ޝުކުރިއްޔާއޭ ބުނެލަމަށްފަހު މަލުގެ ވަސްބަލާލުމާއެކު ކިނބިހި އެޅުނެވެ.

”އެލާރޖީ؟….” އީނާއަށް އަހާލެވުނެވެ. އޭނަ ކަންބޮޑުވިއެވެ.

”ނޫނޭ، ދެން އެލާރޖީވީމަތަ ކިނބިހި އެޅެނީ، ކުޑަކޮށް ބަލިވެ މިއުޅޭނީ….” ނަޒްޔަކްއަށް އެހިސާބަށް ބުނެވޭއިރަށް މުނީރާއާއެކު ވަދެގެން އައި ޑޮކްޓަރު ފެނުމުން އެންމެން ހިމޭން ވެއްޖެއެވެ.

”ހުރިހާކަމެއްވެސް އިރާދަކުރެއްވިއްޔާ ނޯރމަލް، ދެން ކަސްރަތުކުރުމުގެ ބަޔަށް ކުޑަ ލުޔެއް ދޭން ފެންނަނީ، ދެން ކެއުންބުއިމުގެ ކަންތަކަށް ވަރަށް ބޮޑަށް ފަރުވާތެރިކަމެއް ދޭން ޖެހޭ….” ޑޮކްޓަރު ބުންޏެވެ. ނަޒްޔަކް ބޯޖަހާލިއެވެ.

އިނާ ބޭރަށް ނިކުންނަން ހިނގައިގަތީ ކުއްލިޔަކަށް ކަމެއްމަތިން ހަނދާންވުމުންނެވެ. އޭރު އޭނަގެ ހިތުގެ ތެޅުން އަވަސް ވެފައިވަނީ އިންތިހާއަށެވެ. ކޮރިޑޯރގެ ވަކިހިސާބަކަށް ހުއްޓިލަމުން އޭނަ އަތްދަބަހުން ފޯނު ނެގިއެވެ. އީނާ ނަންބަރަކަށް ޑައިލްކޮށްލިއެވެ. ހިތް ކުރިއަށްވުރެ ބޮޑަށް އަވަސްވެ ނޭވާ ހުސްވާހެންވެސް ހީވިއެވެ. އޭނަ ހާސްވާންފެށިއެވެ. އަތް ރޫރޫއަޅަން ފެށީވެސް އެދަނޑިވަޅު ބަލާފައެވެ.

”ހެލޯ….” އިވިގެން ދިޔަ އަޑާއެކު އީނާއަށް ހީވީ ގަރުނެއް ވަންދެން ސަހަރާއަކަށް ގެއްލިފައި ހުރި މުސާފިރަކަށް ފެންފޮދެއް ލިބުމުގެ ނަސީބު ލިބުނުހެންނެވެ. އެއަޑު ފޯނުން އިވުނުކަމުގައި ވިޔަސް އެކުލެވިގެންވީ ގަދަފަދަ ބާރެކެވެ. އަސަރުގަދައެވެ. އީނާއަށް ދެލޯ މަރާލެވުނެވެ. އެއަޑުން އެކަނިވެސް އޭނައަށް ދިރުމެއް ގެނެސްދިނެވެ. ”ހެލޯ….” ދެވަނަފަހަރަށް އަލްޔަސްގެ އަޑު އިވޭއިރަށް ވާހަދައްކާނެ ހިތްވަރެއް ނުލިބުމުން އީނާ ފޯނު ކަނޑާލިއެވެ. ދައްކާނެ ވާހަކައެއް ސިކުނޑިއަށް ނައެވެ. ދުލުން ބަސްހުސްވެފައިވާ ކަހަލައެވެ. މީގެކުރިން ދުވަހަކު ވެސް މިހެންވެފައެއް ނެތެވެ.

އަލްޔަސް އިރުކޮޅެއް ވަންދެން ފޯނަށް ބަލަން ހުރެފައި އެނަންބަރަށް ގުޅާލީ ނުތަނަވަސްވެފައިވާ ހިތަކާއެކުގައެވެ. އީނާ ފޯނުގެ ސްކްރީނަށް ބަލަން ހުއްޓާ ފޯނު ކެނޑުނީއެވެ. ދެވަނަ ފަހަރަށް ގުޅަން ފެށުމުން ގަދަކަމުން އިނގިލިތައް ހަރަކާތްކުރަމުން އީނާ ފޯނު ނެގިއެވެ. އޭނައަށް އަންނަމުން ދިޔަ ބަދަލުތަކުން މުޅި މީހާ ދަލުން ފެންވެރެމުން ދިޔައެވެ. ބިރުގަންނަންވީ ކީއްވެ ހެއްޔެވެ؟ ދެވަނަ ފުރުސަތެއް އަލްޔަސްއަށް ދޭން ނިންމީ ޚުދު އޭނައެވެ. އެވެސް ފުންކޮށް ވިސްނާލާފައެވެ. އެއްވެސް މީހަކު މަޖުބޫރެއް ނުވަތަ ބިރެއް ނުދައްކައެވެ. އަލްޔަސްގެ ކުށެއްނެތްކަން ޤަބޫލުކުރަން އޭނަގެ ޒަމީރު ބާރުއަޅައެވެ. ސުވާލަކީ އަލްޔަސްއަށް ދެވަނަ ފުރުސަތެއް ދިނަސް ޢާއިލާއާ ދެކޮޅަށް އަލްޔަސްއާ ގުޅެވިދާނެ ހެއްޔެވެ؟ ލޯބިވާ މައިންބަފައިންނާ ދެކޮޅަށް ފިޔަވަޅެއް އެޅުމުގެ ހިތްވަރު އޭނައަށް ލިބިދާނެ ހެއްޔެވެ؟ އަލްޔަސްގެ ކުށެއްނެތްކަން ސާބިތުކޮށްދޭން އެންމެ ހެއްކެއްގެ މިންވަރު ވެސް ނެތެވެ!

”އީނާ؟…” އަލްޔަސްގެ އަޑުއިވުނެވެ.

އީނާ ޖަވާބު ދޭން ބޭނުން ވިއެވެ. ”އީނާ ތަ؟….” ޔަޤީންކޮށްލަން އަލްޔަސް ދެވަނަ ފަހަރަށް ސުވާލުކުރިއެވެ. އެއީ އީނާއަށް ވެއްޖެނަމަ އޭނައަށް ހަމަޖެހުމެއް ލިބޭނެކަން ގައިމެވެ. އެހާގިނަ ދުވަސްތަތަކަށްފަހު އީނާ އޭނައަށް ގުޅާނީ ސަބަބުތަކެއް އޮތީމަތާއެވެ. އެންމެ ފަހަރަކު ވާހަކަ ދައްކާލައިފިނަމަ އޭނަގެ ހިތަށް ފިނިކަމެއް ލިބޭނެއެވެ! އަލްޔަސްގެ ކެތްތެރިކަން ކުޑަވިއެވެ. ދެލޮލުން ވިދަމުން ދިޔައީ އުއްމީދުގެ އޮޔެވަރުތަކެވެ.

(ނުނިމޭ)

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

މުތާ/ ސ.ހިތަދޫ

Level 210 Stories

Other Articles

Previous

ދީވާނާ ލޯބިން ވެއްޖޭ. . [19]

Next

އޯގާވީ ހިތަކުން…32

Next
May 31, 2014

އޯގާވީ ހިތަކުން…32

Previews
May 28, 2014

ދީވާނާ ލޯބިން ވެއްޖޭ. . [19]

10 Comments!

  1. kivi says:
    May 29, 2014 at 8:36 am

    Alhe eenoo dn vaahaka dhahka bala alyas aa..eyna e oh hithama in halaaku vanihye..mutha dn eenoo ah vx igen maimoona noony noolhey ne kan eyna aai jassalafa ulhey meehaku..avahah huriha kameh falha aruva labala..waiting for the next part ♡ ♥ ♡

  2. raa says:
    May 29, 2014 at 9:26 am

    mifaharu alyas dhera nukuraathi…alyas abadhu dhera kuraathy hadi

  3. melody says:
    May 29, 2014 at 10:33 am

    NOOOOOOOOOOOOOOOOO!!!!!!!!! I CANT WAIT! THANKOLHEH AVAHAH NEXT PART GENESDHECHHEY! PLEEEEEEEEEAAAAASE! THIS STORY IS JUSS AWESOME! MIND BLOWING!

  4. Aeminath says:
    May 29, 2014 at 11:25 am

    Keevvetha phone in vaahaka nukiyenee. Faadegge golhi thakeh araafa e huree 🙁

    1. roxe says:
      May 29, 2014 at 10:22 pm

      FONT DOWNLOAD NUKOH INEEMA AEE

    2. Aeminath says:
      May 30, 2014 at 2:41 pm

      Ehentha. Thanks 🙂

  5. sem says:
    May 29, 2014 at 12:52 pm

    Salhi

  6. henny says:
    May 29, 2014 at 1:17 pm

    cute

  7. annu says:
    May 29, 2014 at 3:29 pm

    phn in vaahaka kiye

  8. shai says:
    May 29, 2014 at 9:59 pm

    v salhi igey

Comments are closed.

Next Episodeއޯގާވީ ހިތަކުން…32←


All Right Reserved!