Skip to content
އެސްފިޔަ

ޤުރުބާން(ޓްރެއިލަރ)

 

ލޯތްބަކީ ކުށަކަށްވާނަމަ މިއަދު އަހަންނަށް މިވަނީ ވަރަށް ބޮޑު ކުށެއް ކުރެވިފައެވެ. ހިތުގައި ބިންވަޅުނެގިފައިވާ ހަނދާންތަކުން ދުރު ނުވެވެނީ ކީއްވެ ހެއްޔެވެ؟ އެއިޙުސާސްތަކާ ދުރަށް ނުދެވެނީ ކީއްވެ ހެއްޔެވެ؟ މިއަދު އަހަންނަށް ވެވިފައި މިވަނީ ކުށްވެރި ލޯތްބެކެވެ. އެހެންނަމަވެސް އެހަނދާންތަކުން ދުރަށް ނުދެވެނީ އެއީ އަހަރެންގެ އަމިއްލަ އިޚުތިޔާރުގައިވާ ކަމެއް ނޫނެވެ. އުމުރަށް ތި ލޯބި ހިތުގައި ފޮރުވާނަމެވެ.

ކަނު އަނދިރިކަން ފިޔަވާ އިތުރު އެއްވެސް އަލިކަމެއް ނުވާ ކޮޓަރިތެރެއިން އިވެނީ މަޑު ގިސްލުމެއްގެ އަޑެވެ.

**

“އޯހް މައި ގޯޑް! އައި ފީލް ލައިކް އަ ވިޗް..ހުރިހާމީހުންވެސް ބްލޭމް ކުރަނީ އަހަރެން..މާޔާ ބުނެބަލަ އަދާންގެ ހަނދާންތަކާ އަހަރެން ދުރަށްދާނީ ކިހިނެއް؟ އާޙް! އަހަރެންގެ މި ބަސްނާހާ ހިތް އަދިވެސް ޤަބޫލު ނުކުރޭ އަދާން އަހަރެންނާ ބެހޭ ގޮތުން އެފަދަ ދަށުދަރަޖައިގެ ވާހަކަތަކެއް ދައްކަފާނޭ..އެންމެފަހުން އަދާންގެ ނަޒަރުގައި ވެސް ގޯސްވީ އަހަރެން..އެއްފަހަރުވެސް އަހަންނާ ދޭތެރޭ ވިސްނާނުލާ..އަހަންނަށް އެނގޭ އަދާންގެ މަޖުބޫރީ ހާލަތު..އެކަމަކު އޭގެ މާނައެއް ނޫން ދޯ އެއީ އަހަރެންމީ އެންމެ ނުބައި މީހާކަމަށް ދެކުމަކި” މާޔާގެ އުނގުގައި ބޯއަޅައިގެން އޮތް ޝައިނާ އަމިއްލަ ނަފުސަށް އަޑުލަމުން ދިޔައީ އޭނާގެ ހަޔާތް ބެހިގެން ދިޔަ ހާލަތަށެވެ.

**

“އޭތް ބަލާބަލަ އެހެރީ އެއްކަލަ ޝައިނާ..މަށަށް އޭރުވެސް އެނގޭ އޭނަކަން އަދާން އާއި ހެދި ހޭބަލިވެގެން އުޅުނީ..ތަނަކު ހުރި ބޮޑު ފުރޭތައެއް ކަހަލަ އަންހެނެއް އައިސް މަގޭ  ކޮއްކޮގެ ދިރިއުޅުން ބަރުބާދުކޮށްފިއޭ” ޝަފީގާގެ ވިހަގަދަ ބަސްތައް އަޑުއިވުނު ޝައިނާ ހުރީ ހުއްޓުން އަރާފައެވެ. ދުވަހަކުވެސް އެހާ ހަޑިގޮތަކަށް މީހަކު އޭނައާއި ދިމާއަށް އެފެދަ ބަސްތަކެއް ބުނި ހަނދާނެއް ނުވެއެވެ. ޝައިނާގެ އެސްފިޔަތަކުގައި ފޮރުވިގެން ތިބި ކަރުނަތިކިތައް އޭގެ މަގާމުދޫކޮށް ފައިބަންފެށީ ޚުދު ޝައިނާއަށްވެސް ނޭނގިއެވެ.

 

**

“އަދާން! ކީއްވެ މިހެންމިވީ..އަހަރެންނަށް ނޭނގިނަމަވެސް ކުރެވުނީ ވަރަށް ބޮޑު ކުށެއް..އެކުށަށް ދުވަހަކުވެސް އަމިއްލަ ނަފުސަށް މަޢާފެއް ނުކުރެވޭނެ..އެކަމަކުވެސް ކީއްވެ ހަމައެކަނި އަހެރެންނާ މީހުންގެ ނަފުރަތާއި މަލާމާތް ކުރިމަތިލާން ޖެހެނީ..އެހުރިހާ ވާހަކަތަކާއި އެއިހުސާސްތަކަކި އޮޅުވާލުންތަ؟ ބުނެބަލަ އަދާން..އަހަރެންގެ ހިތުގައިވާ ޝަކުވާތަކަށް ޖަވާބުދީބަލަ..އަހަރެންނަށް އެނގޭ އަދާންގެ ހިތުގައި އަހަންނަށް ކުޑަމިންވަރެއްގެ ލޯތްބެއް ނެތްކަން..އެކަަމަކު އަހަރެން ކިހިނެއް މިހިތަށް އެކަން ވިސްނައިދޭނީ..” ޝައިނާގެ ފޯނުން ފެންނަން ހުރި އަދާންގެ ފޮޓޯއަށް ބަލަމުން އެތައްދުވަހެއްގެ ޝަކުވާތައް ބޭރުކުރަމުންދިޔައެވެ. ރަތްވެފައިވާ ދެލޮލޮން އެނގެނީ އެތައް އިރަކު ރޮއެފައިވާކަމެވެ.

“ޝައި! އަހަރެންނަށް އިތުބާރު ކޮށްބަލަ!” އަދާންގެ ލޮލުން ފެންނަމުންދަނީ ނިމުމެއް ނެތް ހިތާމައެވެ. ނޫނީ އެއީ އަނެއްކާވެސް ޝައިނާގެ ލޮލުގައި އަޅުވާ އަނދުނެއްބާއެވެ. ވިސްނަންވީ ކީކޭކަމެއް ޝައިނާއަށް ނޭނގެއެވެ. ޝައިނާގެ ހިތުގައިވާ ލޯތްބަށް ކުޑަނަމަވެސް ބަދަލެއް ނާދެއެވެ.

**

“އަހަރެން ޝައިނާ ޙާސިލް ކުރާނަން..ކޮންމެފަދަ ޤުރުބާނީއެއް ވެގެން ނަަމަވެސް ޝައި ވާނީ އަހަރެންގެ ހައްޤަކަށް” ރަސަލްގެ ބަހުގައިވަނީ ސާބިތުކަމެވެ. އެވިދުންގަދަ ލޮލުން ފާޅުވަނީ ޝައިނާއަށްޓަކައި ފޮރުވިފައިވާ ލޯތްބެވެ. ޝައިނާ އެއީ ރަސަލްގެ ހަނަފަސްވެފައިވާ ދިރިއުޅުމަށް ބަހާރުމޫސުން ގެނެސްދިން އެހިތުގެ ވިންދެވެ. ނަމަވެސް ޝައިނާ ޙާސިލް ކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫންކަން ރަސަލް އަށް އެނގެއެވެ.

**

“އައި ލަވް ޔޫ އަދާން..ވަރަށް ލޯބިވޭ” ޝައިނާގެ ދުލުން އިވުނު ބަސްތަކުން ޕާޓީގައި ތިބި އެންމެނަށް ސިހުން ގެނުވިއެވެ. ޝައިނާގެ އުނަގަނޑުގައި އަޅުވާލެވިފައިވާ ރަސަލްގެ އަތް ދޫކޮށްލީ ކުއްލިއަކަށެވެ. “އިޓްސް މީ ރަސަލް..ޑެމިޓް! އަހަރެން ހީކުރީ އަދާންގެ ޗެޕްޓަރ ނިމުނީ ކަަމަށް..ކިތައް ފަހަރު ބުނަންވީ ެއަދާން ޝައިގެ ތި ލޯބި ވެލިއުއެއް ނުކުރެއޭ..އެން ޔޫ އަރ ސްޓިލް ލޮސްޓް އިން ހިމް..މޫވް އޮން ޝައި..ނުފެނޭތަ އޭނަ އެއުޅެނީ ކިހާ އުފާވެރި ދިރިއުޅުމެއް؟..ޝައިއަށްވެސް ހައްޤުވެޔޭ އެފަދަ އުފާވެރިކަމެއް..ވައި ކާންޓް ޔޫ ސީ ހައުމަޗް އައި ލަވް ޔޫ..” ރަސަލްގެ މިލާފައިވާ މޫނު ފެނި ޝައިނާގެ ހިތުގައވެސް ރިއްސާލިއެވެ. ޝައިނާގެ ހިތުގައި ކަފުންކޮށްފައިވާ އަދާންގެ ލޯބި ފިލަިއގެން ނުދަނ ކީއްވެހެއްޔެވެ؟

Comments (20)

  1. MIROO

    me first dhw vvv nice daily up kohdhehchey

    1. ShaiShy
      MIROO

      Thank u ? will try to up ASAP

    2. ShaiShy
      MIROO

      Thank you ?

  2. Lotus

    Best of luck with your story.. ???

    1. ShaiShy
      Lotus

      Thankx?

  3. Sm1

    Salhi vaanehn hyve…..Gd lck?❤❤❤?

    1. ShaiShy
      Sm1

      Thankx?❤

  4. Queen Dandelion

    Trailer vrh vrh vrh salhi..waiting for the first part..Try your best..some typing mistakes r there..Gud luck shaishy..

    1. ShaiShy
      Queen Dandelion

      Yup I found them too..thanks?

  5. Eeeem

    Vrh vrh reethi vaane hen hiivey waiting for the stry good luck

    1. ShaiShy
      Eeeem

      Thanks Eeeem?

  6. Diamond

    Story vrh reethi ma sha allah
    Ekm typing mistakes ebahuri. Bt that will improve ginain liyaa varakh. I hope mi story daily kh up vaane kamah. And btw. Esfiyathakuga foruvifa hurumey buneema i feel like its thankolheh odd. Idk ekam egothah bunaanee kihineh kameh ekam kudakoh odd veema bunelee cux esfiyathakuga foruvifa nuhunnaane ehnu. Efiyathah dhashuga i guess.
    Anyway this story is good. Update soon?

  7. Ivee

    Kakuni vaahaka ehkon genesdhyba furathama plx. Varah reethi evaahaka

  8. Ree?reena

    Story vara reeti adives thifada reeti vaahaka liyumigai kuriadee❤

  9. Ree?reena

    Story vara reeti adives thigotha kuriyade?

  10. Jenna

    ?Varah reethi?
    Dhen kon irakun story up kohdheyne??

  11. Leen

    V reethi ???

  12. maya

    nice trailer…..typing mistakes r there bt u can improve..gud luck

  13. Seriously

    Kakuni story ninmaafa furathama ehn story eh fashaabala dhw.. coming soon ey bunifahun vs kondhuvaheh mihaaru

  14. Rasal

    Ohh this one, waiting,

Comments are closed.