Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އޯގާވީ ހިތަކުން…30

މުތާ/ ސ.ހިތަދޫ Level 210 Stories
May 26, 2014 7 Mins Read
14 Comments

ނީރާ ”ނައިޓިންގޭލް” އަށް އަންނަން އޮތް ދުވަހު މުނީރާ ހުރީ ގަދަޔަށް ކައްކާލާފައެވެ. ކުޅިދިޔާވާފަދަ މީރުވަހެއް ގޭތެރެއަށް ފެތުރިފައިވާއިރު ފޮނިއެއްޗެހި ހެދުމުގައި ޒަނާއާއި އީނާ އެހީވެދިނެވެ. ގަޑިއަށް ހުރިހާކަމެއް ނިންމާލެވުނެވެ.

”ދަރިފުޅުމެން ދެންދޭ ތައްޔާރުވެލަން….” މުނީރާ އީނާގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ. ޒަނާއާއި އީނާ ކޮޓަރިއަށްދާން މިސްރާބު ޖެހުމުން މުނީރާ، މެއިޑަކަށް ގޮވާލައިފިއެވެ.

ކާކޮޓަރީގައި މުނީރާ ހުއްޓާ ޒަވާން ވަންތަން ފެނުމުން އޭނަ ހިނިތުންވެލިއެވެ. ޒަވާން ލުއި ފިޔަވަޅުތަކެއްގައި އައިސް މުނީރާގެ ގައިގައި ބައްދާލިއެވެ. ޒަވާން އުފާވެފައިވާ މިންވަރު ސާފުކޮށް މޫނުމަތިން ފާޅުވަމުން ދިޔައެވެ. ”ހާދަ ވަރަކަށް ކައްކާލާފަ މިހުރީ….” ޒަވާން ފުރަތަމަވެސް މަންމައަށް ތައުރީފުކޮށްލިއެވެ.

”ނީރާ ފުރަތަމަފަހަރަށް ގެއަށް އަންނައިރު ރަގަޅު މެހުމާންދާރީއެއް އަދާކުރަން ޖެހޭނެއެއްނު، ދަރިފުޅުގެ ހޮވުން މަންމައަށް ވަރަށް ބޮޑަށް ގަމުގޮސްފި…” މުނީރާ ބުންޏެވެ. ދަރިފުޅުގެ އުފާވެރިކަން ފެނި މުނީރާ ދުޢާކުރީ އެއުފާވެރިކަން ދާއިމަށް ލެއްވުމަށް އެދިއެވެ. ނީރާގެ ޢާއިލާއަކީ ޤަދަރުވެރި ބަޔެކެވެ. ވިޔަފާރީގެ މާހައުލުގައި ވާދަވެރިކަން އޮންނާނެއެވެ. ނަމަވެސް އޭގެ ސަބަބުން ދަރިފުޅުގެ އުފަލަށް ހުރަސް އެޅުމުގެ ފުރުސަތެއް އޭނަ ނުދޭނެއެވެ.

ޒަވާންއަށް ފޯނުކޯލެއް އައިސްގެން އޭނަ ދިޔައީ ފެންޑާއަށެވެ.

ނިރާގެ އިތުރުން ނީރާގެ ޢާއިލާގެ ބައެއް މެންބަރުންވެސް އައެވެ. މުނީރާ ފެނުމުން ނީރާގެ މެޔަށް ފިނިވެގެން ދިޔައެވެ. ޒަވާންއަށް މިކަން ފާހަގަ ކުރެވުމުން އޭނަ ނީރާގެ އަތަށް ފިތާލަމުން ބޮލުގެ އިޝާރާތުން ބުނީ ހާސްނުވުމަށެވެ.

ނީރާގެ މަންމަ ޝިޔާރާގެ ބޮޑާކަމާއި ކިބުރުވެރިކަން ފުރަތަމަ ނަޒަރުންވެސް ފާހަގަ ނުކުރެވޭނެ މީހެއް ނުހުންނާނެއެވެ. އޭނަ ލައިގެން ހުރި ޑިޒައިނާރ ހެދުމުން އެކަނިވެސް ތިމާގެ މުއްސަނދިކަން ހާމަކުރަން އުޅޭހެން ހީވެއެވެ. މެދުއުމުރަށް ގޮސްފައިވާއިރު ބުރުގާ އަޅާކަށްވެސް ނޫޅެއެވެ. ދިވެއްސަކަށް ވިޔަސް ވާހަކަ ދައްކާނީ އިނގިރޭސި ބަހުންނެވެ. ޝިޔާރާއާ ހިލާފަށް އޭނަގެ ފިރިމީހާއަކީ ހިތްހެޔޮ މަޑުމައިތި މިޒާޖެއްގެ މީހެކެވެ. ނީރާއަށް ލިބިފައިވަނީ ވިލްދާންގެ ސިފަތަކެވެ. ހަނގު ދަރިފުޅު ރާކިންއަކީ ޝިޔާރާގެ ކޮޕީއެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ޝިޔާރާ ގޭގެ ހުރިހާ ދިމާއަކަށް ބަލަމުން ދިޔައެވެ. އޭނަގެ ލޮލުގައި އެންމެ ބޮޑަށް އަޅައިގަތީ ދަނބުކުލައިގެ އަތްދިގު ކުރުތާއަކާއި އައިސްބްލޫ ކުލައިގެ ޖިންސެއް ލައިގެން ހުރި އީނާއެވެ. ހުދުކުލައިގެ ޝޯލްއަކުން އިސްތަށިގަނޑު ނިވާކޮށްލާފައި ވާއިރު އީނާގެ ރީތިކަން ޝިޔާރާގެ ލޮލުގައި އަޅައިގަތެވެ. މީ ދުވަހަކުވެސް އޭނައަށް ފެނިފައިވާ އަންހެންކުއްޖެއް ނޫނެވެ. ވިޔަފާރީގެ ބައެއް ހަފްލާތަކުގައި ރަޖްވާންގެ ޢާއިލާއާއި ބައްދަލުވެފައި ވިޔަސް މިއަންހެންކުއްޖާއާއި ބައްދަލުވެފައެއް ނެތެވެ. ނޯކަރަކަށްވެސް ވެދާނެއެވެ. މުނީރާގެ ދީލަތިކަމުން ރީތި ހެދުންތައް ދީފައި ހުރީކަމަށްވެސް ވެދާނެއެވެ. އެރީތި އަންހެންކުއްޖާގެ މައުލޫމާތު ހޯދަން ޝިޔާރާ ނިންމިއެވެ. މި އަންހެންކުދިންގެ މިޒާޖު އޭނައަށް ރަގަޅަށް އެނގެއެވެ. ތިމާވަރުގެ ހެޔޮއެދޭ މީހެއް ނެތްކަމުގައި ހެދިގެން އުޅެފައި އެންމެފަހުން ގެއަށް ޒަލްޒަލާއެއް ގެންނާނެއެވެ. މިކުއްޖާގެ ވައިއެޅޭ ހިސާބުންވެސް ޒަވާން ސަލާމަތްކުރަން ޖެހޭނެއެވެ. އެހެންނޫންނަމަ އޭނަގެ ލޯބިވާ ދަރިފުޅުގެ ނާޒުކު ހިތަށް އަނިޔާތަކެއް ލިބިދާނެއެވެ.

ކެއުން ފެށިގެން ކުރިއަށް ދިޔައިރު ޝިޔާރާ މުނީރާއާއި ވާހަކަ ދެއްކިއެވެ. މުނީރާ ޝިޔާރާގެ ބޭކާރު ވާހަކަތަކަށް ދިނީ ބީރުކަންފަތެކެވެ. މީހުން ނެތް ތަންތަނުގައި އެމީހުންގެ އުނިސިފަތަކުގެ ވާހަކަ ދެއްކުމުގައި ޝިޔާރާއަކީ ނަމޫނާއެކެވެ.

”މުނީރާ، ގޭގެ ނޯކަރުންނަށް ސާހިބުންނާއެކު އެއްމޭޒަކުން ކެއުމުގެ ހުއްދަ ދިނީތަ؟…” ޝިޔާރާގެ ޖުމްލަ އަމާޒުވީ އިނާއަށެވެ. މުނީރާގެ ބުމަގޮށްޖެހުނެވެ. މުނީރާ އީނާއަށް ބަލައިލަމުން ޝިޔާރާގެ ކުށްހީތައް އެއްފަރާތްކޮށްލަދިނެވެ. މުނީރާ ހުރީ ރަގަޅު ރައްދެއް ދޭށެވެ. އެހެނަސް އޭނަ އެންމެ ޖުމްލައަކުން ނިންމާލީއެވެ. ޔަޤީނުންވެސް މުނީރާގެ ޖަވާބުން ޝިޔާރާ ލަދުގަތެވެ. އަނގަޔަށް ހުތުރު ވައްތަރެއް ޖައްސާލީ އެހެންވީމައެވެ.

”މިސްއަންޑަސްޓޭންޑިންގްސް…. ސޮރީ ފޯރ ދެޓް…. ދުވަހަކު ނުފެންނަ ކުއްޖަކު ފެނުނީމަ ދެން ހީވާނީ އެފަދަ ގޮތަކަށް ނޫންތަ؟…. ކޮން އަތޮޅެއްގެ ކުއްޖެއްތީ؟…” ވާހަކަދައްކަމުން ގޮސް ޝިޔާރާ އީނާއާ ސުވާލުކޮށްލިއެވެ. އޭނަ އިނީ އީނާގެ މައުލޫމާތު ސާފުކޮށްލަން ބޭނުންވެފައެވެ. ލޮލުން ފެންނަ ކޮންމެ ކުއްޖަކަށް އޭނަ އިތުބާރެއް ނުކުރާނެއެވެ.

”އައްޑޫ…” އީނާގެ ޖަވާބާއެކު ވަގުތުން ޝިޔާރާގެ މޫނު ބަނަވެއްޖެއެވެ. އެއީ އިންޒާރުގެ މެސެޖެކެވެ. މިކުއްޖާގެ އުނދަގުލުން ރާކިންއާއި ޒަވާން ސަލާމަތްކުރަން ޖެހޭނެއެވެ. ކިތަންމެ މައުސޫމްކޮށް ހުއްޓަސް އެތެރޭގައި އިނބިލީހެއް ފިލާ ހުރެދާނެއެވެ. އޭރު އޭނަގެ ”ކަޓު” ޚިޔާލުތައް ހުރިގޮތަކާމެދު ޝިޔާރާއަކަށް ވިސްނާނުލެވުނެވެ.

”އެހެންތަ؟… އަހަރެން ހީކުރީ މާލެ ކުއްޖެއް ކަމަށް!…” ޝިޔާރާ ފޫހިރާގަކަށް ބުނެލަމުން ޖޫސްތަށިން ކޯވަރެއް ބޯލައިފިއެވެ.

އީނާ ބޭނުންވީ ވީހާވެސް އަވަހަކަށް ކެއުން ނިންމާލާފައި ކޮޓަރިއަށް ދާށެވެ. ޝިޔާރާ އޭނައަށް ބަލާގޮތަކުން ހިތަށް ބިރުވެރިން ސަވާރުވެގެން ދެއެވެ. ނުވީތާކަށް އެރާކިން އަކުވެސް ބަލާވަރުން ބޮލަށް އުނދަގޫވާވަރުވިއެވެ. ރާކިންގް ދެލޯ އޭނައާ ދިމާއަށް ތަތްކޮށްލައިގެން އިންއިރު އޭނަ ސްކޭންކުރާހެން ހީވެއެވެ. ބަހަނާއެއް ދައްކާލާފައި ނާދެވުނުނަމައޭ އީނާގެ ހިތަށް އެރިއެވެ. ގަސްދުގައި އޭނަ ލަދުގަންނަވާލަން ޝިޔާރާ މަސައްކަތްކުރާހެންވެސް ހީވެއެވެ. ޝިޔާރާގެ މޫނުން އީނާއަށް ސިފަވެގެން ދިޔައީ މައިމޫނާއެވެ.

ކެއުން ނިންމާލާފައި އީނާ ދާން ތެދުވުނު ވަގުތު ވޮޝްރޫމްއަށް ގެންގޮސްދޭން ޝިޔާރާ އެދުނެވެ. ”އީނޫ ދޭ ކޮޓަރިއަށް، ޓީނާ ދޭބަލަ ޝިޔާރާއަށް ވޮޝްރޫމް ދައްކާލަދޭން…..” މުނީރާ ގޭގެ މެއިޑަކަށް ގޮވާލައިފިއެވެ. މުނީރާ އިނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ. ޝިޔާރަގެ ޢަމަލުތަކުން އީނާ ދެރަވާނެކަން އޭނައަށް ރަގަޅަށް އެނގެއެވެ.

ޝިޔާރާ ބޭނުންވިގޮތަށް ކަންތައް ކުރިއަށް ނުގެންދެވުމުން އޭނަ މޫނުކުނިކޮށްލިއެވެ. އޭނަ ހުރީ ފަހުން ވިޔަސް އީނާއަށް އިންޒާރުދޭން ނިންމާލައިގެންނެވެ. އޭނަގެ ދެދަރިންގެ ދިރިއުޅުމަށް މި ކުއްޖާގަނޑުގެ ހިޔަނިވެސް އެޅުމުގެ ފުރުސަތެއް ނުދޭނެއެވެ.

މަންމަގެ އަމަލުތައް ހުރިގޮތުން ނީރާ ލަދުގަތެވެ. ފުރަތަމަކަކަށްވެސް ޒަނާއާއެކު ނީރާ ދިޔައީ އީނާގެ ކޮޓަރިއަށެވެ. މަންމަގެ ބަސްމަގު ހުރީ އީނާ ނިކަމެތިކޮށްލާފަދަ ގޮތަކަށެވެ.

”އީނޫ، އައިމް ސޮރީ، މަންމަ ބުނި އެއްވެސް އެއްޗަކާމެދު ދެރަނުވައްޗޭ، ޝީ އިޒް ލައިކް ދެޓް….” ނީރާގެ އަޑަށް ސޯފާގައި އޮށޯވެލައިގެން ވާހަކަ ފޮތެއް ކިޔަން އޮތް އީނާ ދިޔައީ ސިއްސައިގެންނެވެ. އޭނަ އަވަސްއަވަހަށް ތެދުވެލަމުން ހިނިތުންވެލިއެވެ.

”ނީރޫ މާފަށް އެދޭވަރުގެ ކަމެއް ނުވެއެއްނު، އެހެންނޫނަސް މީހުން ކިޔާ އެއްވެސް އެއްޗަކާމެދު އަހަރެން ފަރުވާލެއް ނުބަހައްޓަން، އަހަރެންގެ ބޮޑުދައިތަ ނީރޫގެ މަންމައަށްވުރެ ކުރީ ސަފުގަ އުޅޭނީ….” އީނާ މައިމޫނާގެ ވާހަކަތަކާއި މައިމޫނާގެ މޮޔާ ކަންތަކުގެ ވާހަކަތައް އޭނަގެ އެކުވެރިންނަށް ކިޔާދިނެވެ.

”މަންމަ ވަރަށް އަންފްރެންޑްލީވާނެ ނުދަންނަ މީހުންނާ، އީނޫއާ ބައްދަލުވާން ފެށީމަ ދެން ރަގަޅުވެދާނެ….” ނީރާ ބުންޏެވެ.

****

ރާއްޖެއަށް ކުރަމުން ދިޔަ ވިއްސާރައިގެ ތޫފާން މައިތިރިވާކަށް ނޫޅެއެވެ. ހުއްޓާލުމެއްނެތި ވެހެމުންދިޔަ ވާރޭގެ ސަބަބުން މާލޭގެ މަގުތަކުގައި ބޮޑެތި ފެންއާރުތައް ހެދި ދުއްވާތަކެތި ދުއްވަންވެސް ދަތިވާ ހިސާބަށް ދިޔައެވެ. ބައެއް މަގުތަކުގެ ޓްރެފިކް ބޮޑުވެ ހިނގާބިނގާވެ އުޅެންވެސް ދަތިވިއެވެ. ދޭތެރެއަކުން ވިއްސާރައަލިކޮށްލާފައި އޮތަސް ބާރު ވަޔާއެކު ވާރާގެ ތޫނު ކަނިތަކުގެ ހަމަލާތައް އަމާޒުވާން ފަށާއިރު ފަޒާ ގުގުމާލަނީ ބިރުވެރި އަޑުފައްގަނޑަކުންނެވެ.

މައިމޫނާއާއި ރޮޒެއިނާ ޒަލަފްމެންގެ ކައިވެންޏާ ބެހޭގޮތުން މަޝްވަރާކުރަން ތިބިއިރު މައިމޫނާ ބެނުންވަނީ ކުލަގަދަ ޕާޓީއެއް ބާއްވާށެވެ. ޕާޓީގެ ދައުވަތު ކާޑުން ފެށިގެންގޮސް ޕާޓީގެ ހެދުންތައްވެސް ޑިޒައިންކުރަން ހަމަޖެހުނީ މައިމޫނާގެ ޚިޔާލާ އެއްގޮތަށެވެ. ޕާޓީ ބާއްވަން ހަމަޖެހުނީ ރިސޯޓެއްގައެވެ. ދައުވަތުކާޑު ލިބުމުން އުމެއިރާގެ ކުރިމަތީގައި ސަޅިބައިސާކަނޑާލަން އުމެއިރާއަށްދޭން ”ޚާއްސަ” ކާޑެއް ތައްޔާރުކަން އޭނަ ނިންމިއެވެ. އޭނަ ހުރީ ވީހާވެސް އަވަހަކަށް އެކައިވެނީގެ ކަންތައްތައް ނިންމާލާށެވެ. އުމެއިރާއާއި ދެމީހުން  ދުޝްމަނުންނަށް ވެފައިވާއިރު އުމެއިރާ އޭނަގެ ހަޤީޤަތް ބޭޒާރުކޮށްފާނެކަމުގެ ބިރު އެހިތުގައި އެބައޮތެވެ. އެކަމުން އުމއެިރާއަށްވެސް ގެއްލުންތަކާ ކުރިމަތިލާން ޖެހުނަސް އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނީ އޭނައަށެވެ. ނޫރާލްއަށް ދިމާވި ދެރަގޮތުގެ ފަހަތުގައި އޭނަގެ އަތެއްވާކަން އެނގޭއިރަށް އެކައިވެންޏާ ދެކޮޅުހަދަން ރޮޒެއިނާ ފަހެއް ނުޖެހޭނެކަން އޭނައަށް އެނގެއެވެ. ކުށްވެރިޔެއްގެ ކުއްޖަކާއާއި ހުރިހަމައެކަނި ފިރިހެންދަރިފުޅު ކައިވެނި ކުރުމުގެ ހުއްދަދޭނީ ކާކުހެއްޔެވެ؟ އެކަމާމެދު ވިސްނާލިޔަސް މައިމޫނާ ބިރުގަނެއެވެ. ހަޤީޤަތް ފޮރުވަން އޭނައަށް ކުރެވުނުހާ މަސައްކަތެއް އޭނަ ކުރާނެއެވެ. ނަމަވެސް މައިމޫނާއަށް ނޭގުނީ ތާއަބަދު އެއްވެސް ކަމެއް ސިއްރު ނުކުރެވޭނަކަމަށާއި ވަގުތު އައިސް ޖެހުމުން ބިންގަނޑުގެ އެންމެ އަޑިއަށް ލާފައި ފޮރުވާފައި ހުންނަ ސިއްރުތައްވެސް ހާމަވެގެން ދާނެކަމެވެ.

ވިއްސާރަ ތުނިކޮށްލާފައި އޮތުމުން ރޫޔާއާއި ޒަލަފް ދިޔައީ ރެސްޓޯރެންޓަކަށެވެ. ފިނިކަން އެކުލެވިގެންވާ ރޯޅިތައް ހަށިގަނޑުގައި ބޮސްދޭން ފެށުމުން ރޫޔާ ޒަލަފްގެ މެދުހަށީގައި ބައްދާލިއެވެ. ޒަލަފްގެ ހަށިގަނޑުގެ ހޫނުކަމާއި އެހަށިގަނޑު މީރުވަހުން ރޫޔާގެ ހިތްބަންޑުންވެގެން ދިޔައެވެ. ޒަލަފްއާއެކު ސައިކަލު ދުއްވާލަން ނުދެވޭތާ އެތައްދުވަހެއް ވެފައިވާއިރު ޑޭޓަކަށް ނުދާތާވެސް ދެހަފްތާވަރު ވެދާނެއެވެ. ޒަލަފްގެ ހަށިގަނޑާ ކުރިއަށްވުރެ ބޮޑަށް ކައިރިވެލަމުން ސައިކަލުގެ އަރިމަތީ ލޯގަނޑުން ފެންނަން ހުރި ޒަލަފްގެ މޫނަށް ރޫޔާ ބަލާލިއެވެ. އެސޫރައިންވެސް ހަށިގަނޑުން ހީބިހި ނަގައިގެންދެއެވެ.

”ވޯޓާރ ސްޕްލެޝް” ރެސްޓޯރެންޓަށް ދެޒުވާނުން ވަދެގެން ދިޔައިރު ވަޔޮލިންއާއި ޕިޔާނޯގެ ހިތްގައިމު މިޔުޒިކްގެ އަޑު އިވެމުން ދިޔައެވެ. ވާރޭވެހޭ އަޑުގެ ތެރެއިން އެމިޔުޒިކުގެ އަޑު އިވިލަނީ ނިކަން ފުރިހަމައަށެވެ. ފަނޑު އަލިވަރެއް ވެރިވެފައިވާ ރެސްޓޯރެންޓަށް ދެޒުވާނުން ވަންނައިރަށް ވެއިޓަރަކު އައިސް ހުއްޓިލިއެވެ. ޒަލަފް އެމީހާއާ ވާހަކަ ދައްކާލީ ބޮލުގެ އިޝާރާތުންނެވެ.

”ކަމް ވިތް މީ…” އޭނާ ބުންޏެވެ. ރޫޔާ ރެސްޓޯރެންޓަށް ފުން ނަޒަރެއް ހިންގާލިއެވެ. އަލަށް ހުޅުވައިގެން އުޅޭ ރެސްޓޯރެންޓަކަށް ވުމުން މީހުންތަކުން އެތަން އޮތީ ފުރާލާފައެވެ. ހިތްގައިމު މާހައުލަކަށްވުމުން ދެވަނަ ފަހަރަށްވެސް އެތަނަށް އަންނަން ބޭނުންވާނެކަން ގައިމެވެ. ސިޑިން މައްޗަށް އަރަމުން ދިޔައިރު ރޫޔާގެ ތުންފަތަށް ވެރިވެލާފައިވަނީ އުފާވެރި ހިނިތުންވުމަކެވެ. ލޯބިވެރިޔަކާއެކު އަންނަން އެންމެ އެކަށީގެންވާ މާހައުލެކެވެ. ތިންވަނަ ފަންގިފިލާއިން މާސިންގާ ނޫކަނޑު ތެރޭން ފެންނަން އޮތް ހުޅުލެއަށް ޖައްސަންދާ ފްލެއިޓްތައް ފެނިލަނީ ޗާލުކޮށެވެ. ވަށާޖަހާފައިވާ ބިއްލޫރިތަކުގައި ފެންތިކިތައް ވިދާބަބުޅައެވެ.

ހުދާއި ރަތުން ފަރުމާކުރެވިފައި ހުރި ވަށް މޭޒެއްގެ ކައިރިއަށް ހުއްޓިލުމުން ރޫޔާގެ ހިތުގެ ތެޅުން އަވަސް ވެލިއެވެ. އޭނައަށް ވަގުތުން ބަލާލެވުނީ ޒަލަފްއަށެވެ. އޭރު ޒަލަފްވެސް ހުރީ ރޫޔާއަށް ބަލަހައްޓައިގެންނެވެ. މޭޒުމަތީ ބަހައްޓާފައި ހުރި އުއްބައްތީގެ ހުޅުކޮޅުތައް ދެފަރާތަށް ނަށާލަމުން ދިޔައިރު އެއާރފްރެޝްނާރގެ އިތުރުން އުއްބައްތީގެ މީރުވަސް ވަނީ ވަސްގަދަ ސެންޓެއްގެ ސިފައިގައި ފެތުރިލާފައެވެ. ތާޒާމާތައް ބިއްލޫރި މާވަށިގަނޑެއްގައި ޖަހާލާފައިވުމުން އިތުރު ދިރުމެއް ގެނެސްދެއެވެ.

ވެއިޓަރު ދިޔުމުން ރޫޔާއާއި ޒަލަފް އެކަނި ވިއެވެ. ”މިސިސް ޒަލަފް….” މާވަށިގަނޑުން ކާރނޭޝަން މަލެއް ނަގާ ރޫޔާގެ ކޯތާފަތުގައި ޒަލަފް ޖައްސާލިއެވެ. މަލުގެ ފިޔަތައް ރޫޔާގެ އޮމާން ކޯތާފަތުގައި ބޮސްދިނުމުގެ ޝަރަތު ހޯދާލަމުން އައިސް ބީހިލީ އަޖައިބެއްފަދަ ރީތި ތުންފަތުގައެވެ. ޒަލަފްއަށް އިރުކޮޅެއް ވަންދެން އެތުންފަތަށް ބަލަހައްޓައިގެން ހުރެވުނެވެ.

”މައި ގޯޑް، ދެޓް ލިޕްސް…” ޒަލަފް ރޫޔާގެ ކަންފަތްދޮށުގައި މަޑުން ބުނެލިއެވެ. އެއާއެކު ދެންއޭ ކިޔާފައި ޒަލަފްގެ މޭގައި މަޑުމަޑުން ރޫޔާ ޖަހާލައިފިއެވެ. ލަދުން ގޮސް މީހާ މޯޅިވާވަރުވިއެވެ. ދެލޯބިވެރިން އެކުގައި ވަގުތު ހޭދަކުރިއިރު މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. މަޔޫސްކަން ވެރިވެފައިވާ ހިތަކަށްވެސް އެހިނިތުންވުންތަކުން ދިރުން ގެނެސްދޭނެއެވެ.

ތާރާއާއެކު ރެސްޓޯރެންޓަށް ވަދެގެން އައި ޒެލީންމެންނަށް ހުސް މޭޒެއް ލިބޭވަރުވީ މުޅި ރެސްޓޯރެންޓް ހޯދާލި ފަހުންނެވެ. އަވަސް އަވަހަށް ގޮސް ގޮނޑިތަކުގައި ޖައްސާލަމުން ޒެލީން ފުންނޭވާއެއްލިޔެވެ. މިދުވަސްކޮޅު ޒެލީން މައިތިރިވެފައި ހުންނާތީ ތާރާ އާއި ފިޒާޔާ ހިތާހިތުން އުފާކުރިއެވެ. އެހެންނޫންނަމަ ދެމީހުންގެ ސިކުނޑި ގޮވާވަރަށް ޒެލީން އަނގަތަޅާލާނެއެވެ. ކުރީ ފަހަރަކުވެސް ފިރިހެނަކު ފެނިގެން ވީވަރު އެމީހުންނަށްވަނީ ފެނިފައެވެ.

”ބީފް ސަބްމެރީންއަކަށް ދޯ އޯޑަރު ކުރަނީ؟….” މިއުޓްވެފައި އިން ޒެލީންއާއި ފިޒާޔާ ސުވާލުކުރިއެވެ. ޒެލީންއަށް ލިބިފައިވާ ހިތާމައިގެ ސަބަބުން އޭނަ އެހުންނަނީ މާޔޫސްވެފައެވެ. ކުރީދުވަހު އަލްޔަސް ކަންތައް ކުރިގޮތުން އޭނަގެ ހިތް ޒަހަމްވެއްޖެއެވެ. އަލްޔަސްގެ ލޯބިވެރިޔަކު ހުންނަނީބާވައެވެ؟ ކުއްލިޔަކަށް އަލްޔަސްގެ މިޒާޖަށް ބަދަލުތައް އައުމުގެ ފަަހަތުގައި ސަބަބުތަކެއް ވާނެއެވެ. އަލްޔަސްއާއި ދެން ބައްދަލުވާ ފަހަރަކުން އޭނަގެ ސުވާލުތަކުގެ ޖަވާބު ހޯދާނެއެވެ. އެހާ ފަސޭހައިން އޭނަ އަލްޔަސް ދޫކޮށްނުލާއެވެ. އޭނަ ބޭނުންވާއެއްޗެއް ހާސިލުކޮށްފައި ނޫނީ މިއަދާ ހަމައަށް ޖެހެންދެން ހަމަޖެހުމުގެ ނޭވާއެއްލާފައި ނެތެވެ.

”އޯކޭ ވާނެ…” ޒެލީން ދަތްދޮޅީގައި ދެއަތްވިއްދާލިއެވެ. ”ޒީ، ދެން އަބަދު ތިހެން މޫޑީވެފައި އިންނާކަށް ނުވާނެ….” ތާރާ މަތިއޮމާންކޮށްލަން ބުނެލިއެވެ. ”ބޮލުގަ ރިއްސާތީ މިއުޅެނީ….” ޒެލީން އެއްނޭވާއިން ފެންތައްޓެއް ހުސްކޮށްލިއެވެ.

”ތިކަމާ އަލްޔަސްއާ އެއްވެސް ގުޅުމެއް ވޭތަ؟ އާންމުގޮތެއްގައި އެފަދަ މީހުން ވަރަށް މަކަރުވެރިވާނެ، އަންހެންކުއްޖަކު ފެންނައިރަށް ދަޅަތައް ދައްކާލާފަ ބޭނުން ކެނޑުނީމަ ފާފުއްސެއްގެ ދަރަޖަވެސް ނުދޭނެ….. އަވާމެންދުރެއްގެ ފަހަތުން ނުދުވައްޗޭ….” ފިޒާޔާ ހެޔޮއެދޭ މީހަކަން ވާން މަސައްކަތްކުރިއެވެ. އެއްލިކަޅިޔަކުން އެކަނިމާއެކަނި އިން އަލްޔަސް ފެނުމުން ޒެލީންއަށް ފުރަތަމަ ލިބުނީ ހައިރާންކަމެވެ. ދެވަނަ ސިކުންތުގައި އޭނަގެ މޫނުމަތިން އާރޫޙެއް އުފެދިގެން ދިޔައެވެ.

ޒެލީން ގޮނޑިން ތެދުވެލަމުން އަލްޔަސް ގާތަށް ދިއުމަށް ހިނގައިގަތެވެ. ”ވަޓް އެ ކޯއިންސިޑެންޓް؟….. އަހަރުމެން ދެމީހުން ގުޅެން ތަޤްދީރުގަ އޮތީމަ މިހާގިނައިން ބައްދަލު މިވަނީ…. ފުރަތަމަ ނަޒަރުން ލޯބިވެވިދާނެކަމަށް ފުރަތަމަ ޤަބޫލެއް ނުކުރަން، އެކަމަކު މިއަދު އެނގިއްޖެ އެއީ ވުންއެކަށީގެންވާ ކަމެއްކަން، ހާދަ ފޮނި އިހުސާސްތަކަކޭ، އަހަރެންގެ ހިތުގެ ގޮވުންތައް އަލްޔަސްއަށް އަޑުއިވޭނެނަމަ، މިހިތުގައި ފިރުމާލަދެނެނަމަ…. ސޯ ލޮސްޓް އިން ލަވް…”

ޒެލީން އޭނަގެ ޒަމީރާއި ވާހަކަ ދައްކާލަމުން ހިނިތުންވެލި ހިނދު ކޯތާފަތަށް އެޑިގެންދިޔަ އަޑިކޮޅުން ޒެލީންގެ ރީތިކަން އިތުރުކޮށްދިނެވެ. ފަރިހިނގުމެއްގައި އައިސް އޭނަ އަލްޔަސް ކައިރިއަށް ހުއްޓުނުއިރު ދެފައި ރަބަރުގަނޑެއްހެން އޮޅިގެން ވެއްޓިދާނެހެން ހީވިއެވެ. ހިތުގެ ތެޅުން އަވަސްވެފައިވަނީ އިންތިހާއަށެވެ. މީލޯބި ނުން ދެން ކޯޗެއް ހެއްޔެވެ؟ އެތޫފާނީ ރޭގައި އަލްޔަސް އޭނަގެ ހިތް ފަތަހަކޮށްލައިފިއެވެ. ދެން ދުރުން އުޅެވޭނީ ފަހެ ކިހިނެއް ހެއްޔެވެ؟

”ހާއި…” ހުއްދަ ހޯދުމެއްނެތި އަލްޔަސްއާ ކުރިމައްޗަށް ވާގޮތަށް ހުރި ގޮނޑީގައި ޒެލީން އިށީނެވެ. އޭނަ ވިސްނާލި ދައްކާނެ ވާހަކައާ ދޭތެރޭގައެވެ. މިފުރުސަތު އޭނަ ގެއްލުވާނުލާނެއެވެ. އޭނަ ބޭނުންވާ ސުވާލުތަކުގެ ޖަވާބު ހޯދާނެއެވެ. އަލްޔަސްގެ ފަހަތުން ދާން ޖެހުނަސް ހެވެވެ. އަލްޔަސް ގަދަކަމުން ހިނިތުންވާން މަސައްކަތްކުރިއެވެ. އޭނަ ބިލަށް ފައިސާ ދައްކަން އުޅުނު ވަގުތު ވޮލެޓްގައި އިން އަންހެންކުއްޖާގެ ފޮޓޯ ފެނި ޒެލީންގެ އުއްމީދުތަކުގައި ހުޅުރޯވެގެން ދިޔައެވެ. އެއީ ކޮންކުއްޖެއް ހެއްޔެވެ؟ އަލްޔަސްގެ ކޮއްކޮއެއް ހެއްޔެވެ؟ ނޫނީ……. ޒެލީންއަށް އަވަސް ނޭވާތަކެއް ދޫކޮށްލެވުނެވެ. އެންމެ މިނެޓެއްވެސް ނަގާނުލައި ޒެލީން އެކުއްޖާއާއި ބެހޭގޮތުން ސުވާލުކުރިއެވެ.

އަލްޔަސްއަށް އައި ބަދަލުތަކުން ޒެލީންގެ ސުވާލުތަކަށް ޖަވާބު ލިބުނެވެ. ހަމައެއާއެކު ދެވަނަ ފަހަރަށް އޭނަގެ އުއްމީދުތައް އާލާވެއްޖެއެވެ. އަލްޔަސްގެ މޫނުމަތިން ފެނުނު ޝުއޫރުތަކުން ހެކިދެނީ ދެލޯބިވެރިން ވަކިވެފައިވާކަމަށެވެ. އޭނަގެ ނަސީބު ހާދަ ރަގަޅެވެ. އެއަންހެންކުއްޖާގެ މަގާމަށް އޭނަ އަންނާނެއެވެ. ދުވަސްތަކެއް ނެގިޔަސް އަލްޔަސްގެ އެކަނިވެރިން އޭނަ ފިލުވާލަދޭނެއެވެ. އަލްޔަސް ޖަވާބެއް ނުދިންކަމުގައި ވިޔަސް އޭނަގެ ތޫނުފިލިކަމުން ހުރިހާ ސުވާލެއްގެ ޖަވާބު ލިބިއްޖެއެވެ. ބައެއްފަހަރު މީހާގެ މޫނަށް ވެރިވާ ޝުއޫރުތަކުން އެމީހެއްގެ ސިއްރުތައް ދެނެގަނެވިދާނެއެވެ.

”ބްރޭކަޕްސް އާރ ޕެއިންފުލް…..” ޒެލީންގެ ޖުމްލައާއެކު އަލްޔަސް ކުޑަކޮށް ސިހުނެވެ. ”ކިހިނެއްވީ؟، ނުބައިކޮށްތަ މިބުނެވުނީ؟…. އަހަރެން ވަރަށް މޮޅުވާނެ މީހުންގެ ސިއްރުތައް ދެނެގަންނަން، އަލްޔަސްގެ މޫނުމަތިން އެކަމަށް ހެކިއެބަދޭ، އެކަހެރި މާހައުލުތަކުގައި ހުންނަން ބޭނުންވާ ސަބަބުތަކަކީ އެއީއެއްނު…….” ޒެލީން ބުންޏެވެ. އަލްޔަސް ޒެލީންގެ މޫނަށް ބަލަން އިނދެފަގައި ދާން ތެދުވެލިއެވެ.

”އެކަނިވެރިކަމުން ހިތަށް ލިބޭނީ އިތުރު އަނިޔާތަކެއް……” ޒެލީން ބުނެލީ މާނަ ފުން ޖުމްލައެކެވެ. އަލްޔަސް ފިޔަވަޅުތައް ބާރުކޮށްލުމުން ޒެލީން ފަސްފަހަތުން ދިޔައެވެ.

”އަލްޔަސް…” ޒެލީން ފަހަތުން ގޮސް ބޭރަށް ނިކުތެވެ. އެވަގުތު ޒަލަފްއާއެކު ބޭރަށް ނިކުތް ރޫޔާއަށް މިމަންޒަރު ފެނުނެވެ. އޭނަ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އަލްޔަސް ހާދަ ނުލަފައޭ ހިތަށް އެރިއެވެ. ރަގަޅަށް ވިއްޔާ އީނާއާ ރައްޓެހިވެގެން އުޅުނުއިރު އެއަންހެންކުއްޖާއާ ވެސް ގުޅުން ބާއްވަމުން ދިޔަކަން ޔަޤީނެވެ. ޒަލަފް ޕާރކިންގް އޭރިޔާއާ ދިމާއަށް ހިނގައިގަތުމުން ރޫޔާ އޭނަގެ މިސްރާބު ބަދަލުކޮށްލިއެވެ.

”ޔޫ އާރ ސިކް….” އަލްޔަސްއާ އަރާހަމަކޮށްލަމުން ރޫޔާ ރުޅިވެރި ރާގެއްގައި ބުނެލިއެވެ. އަލްޔަސްގެ ލޯބީގައި ދީވާނަވެފައި ހުރި އީނާއަށް މިމަންޒަރުތައް ނުފެނުނުކަން އެއީ ނަސީބެކެވެ. އެހެންނޫންނަމަ އީނާގެ ހިތް އިތުރަށް ހަލާކުވީސްކަން ކަށަވަރެވެ.

”ވަގުތު ފާއިތުވުމުގެ ކުރިން އީނާއަށް އަލްޔަސްގެ ހަޤީޤީ ސޫރަ ފެނުކަން އެއީ ނަސީބެއް…. ތީ ބޮޑު ފިނޑިއެއް… ބުނަން، އަލްޔަސްއަށް ދުވަހަކު އުފަލެއް ނުލިބޭނެ، އީނާގެ ހިތަށް ދިން ވޭނާއި ޒަހަމްތަކުގެ ދެގުނަ އަލްޔަސް ތަހައްމަލްކުރަން ޖެހޭނެ ދުވަހެއް އަދި އަންނާނެ، ލޯތްބަށް އެދި އަލްޔަސް އާދޭސްކުރާނެ، އެދުވަހަކުން އަލްޔަސް ކުރި ކުށުގެ ސަޒާ ލިބޭނެ….” ރޫޔާގެ އަޑުކުރެހިގެން ދިޔައީ އީނާ މަތިން ހަނދާންވުމުންނެވެ. އޭނަ ފުރަގަސްދެމުން ލޮލުން ފޭދުނު ކަރުނަތައް ފޮހެލިއެވެ. ޒެލީން ހުރީ ހުއްޓުން އަރާފައެވެ. އޭނަ އަލްޔަސްއަށް ބަލާލިއެވެ.

ރޫޔާ ލޮލުގެ ކޮޅަށް ގޮސް ގެއްލެންދެން ބަލަން ހުރެފައި ޒެލީންއަށް ފުންނޭވަތަކެއް ދޫކޮށްލެވުނެވެ. އަލްޔަސްގެ ރުޅިވެރިކަމުން ފުރިފައިވާ ބަލައިލުމުން ޒެލީންގެ މެޔަށް ފިނިވެ ނޭވާ ކުރުވިއެވެ.

”އަލްޔަސް….” ޒެލީންއަށް ގޮވާލެވުނެވެ.

”މަޒީގެ ދުވަސްތައް ހަނދާން ނައްތާލުމަށްފަހު ކުރިއަށް ގޮސްގެން ނޫނީ ދިރިއުޅުމުގެ ފޮނިމީރުކަން އޭގެ ރަގަޅުގޮތުގައި ތަޖުރިބާ ނުކުރެވޭނެ، އުސްގަނޑަކަށްފަހު އަޑިގަނޑެއްވެސް އަންނަނީ އެހެންވުމުން، އަލްޔަސްގެ އެކަނިވެރިކަން ފިލުވާލަދޭން ކުއްޖަކަށް ފުރުސަތު ދީބަލަ، އީނާއަށްވުރެ ރަގަޅު ކުދިންވެސް އަލްޔަސްއަށް ލިބިދާނެ، ކޮންމެހެން މީހުންބުނާ އެއްޗަކާމެދު ވިސްނާކަށް ނުޖެހޭނެ…..” ޒެލީންގެ ކުރިމަތީގައި ކުށްވެރިވީ އީނާ އެވެ. އޭނަ އަލްޔަސްގެ ސިކުނޑިއަށް ސަވާރުވާން މަސައްކަތްފެށިއެވެ.

އަލްޔަސް ބާރުބާރަށް ހިނގާލާފައި ގޮސް ސައިކަލަށް އެރިއެވެ. ”އަހަރެން ބުނި ވާހަކަތަކާމެދު ވިސްނާލަބަ، މޭއިބީ ސަމްވަން ބެޓާރ އިޒް ވެއިޓިންގ ފޯރ ޔޫ….” ވާރޭގެ ސަބަބުން ޒެލީންއަށް ފިނިވެ ހީކަރުވާގޮތް ވިއެވެ. އޭނަ ހުރީ ކަމަކަށް ފައިވިއްދާލާފައެވެ. އެއްގޮތުން ނުވިއްޔާ އަނެއްގޮތުންވެސް އަލްޔަސް އަކީ އޭނަގެ މީހަކަށް ހަދާނެއެވެ. އީނާގެ ހަނދާންތައް އޭނަ އަލްޔަސްގެ ހިތުން ނެރެ އެއްފަރާތްކުރާނެއެވެ. ދުވަސްތައް ނަގާފާނެއެވެ. އެހެނަސް އަލްޔަސް ވާނީ ހަމައެކަނި އޭނަގެ މީހަކަށެވެ. އޭނަގެ ހައްޤަކަށެވެ.

(ނުނިމޭ)

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

މުތާ/ ސ.ހިތަދޫ

Level 210 Stories

Other Articles

Previous

ބަރުބާދު (ނުވަވަނަބައި)

Next

ސާޅީސް (ދެވަނަބައި)

Next
May 27, 2014

ސާޅީސް (ދެވަނަބައި)

Previews
May 25, 2014

ބަރުބާދު (ނުވަވަނަބައި)

14 Comments!

  1. kiyuntheriya says:
    May 26, 2014 at 8:02 pm

    Hama bala bala indha upload e v v reethi vaahaka b

  2. new says:
    May 26, 2014 at 9:03 pm

    (-:…kn irakun next part genesdheyny?? mi partvx v reethi

  3. neeshmary says:
    May 26, 2014 at 9:13 pm

    ps thn v. foohi bust waaka wes noolhey anekolhun alyas aa inaa glhey kawes noolhey hathahaa twist tha ginawanee ….

  4. nonni says:
    May 26, 2014 at 9:17 pm

    than kolheh avahah up kobba… kiyaa hithun kennuvey.. pls pls pls

  5. shai says:
    May 26, 2014 at 10:20 pm

    v salhi waiting for the nxt part

  6. sem says:
    May 27, 2014 at 3:38 am

    huh…kn zeline eh tha..v fooohi… ina & alyas a dhemyhun gulhuvaathi pls…

  7. sem says:
    May 27, 2014 at 3:38 am

    huh…kn zeline eh tha..v fooohi… ina & alyas a dhemyhun gulhuvaathi pls…

  8. sem says:
    May 27, 2014 at 3:38 am

    huh…kn zeline eh tha..v fooohi… ina & alyas a dhemyhun gulhuvaathi pls…

  9. roxe says:
    May 27, 2014 at 8:08 am

    alhe dhn kn irakun ta ena & alyas gulheynee….alyas ulhey haalu fenuneema vara dhera vey

  10. ee says:
    May 27, 2014 at 10:08 am

    fooohi…..abadhu alyas ah dheragoii….dhuvahaku kameh bust vx nuvey….abadhu dhnn alyas aa dheytherey nubaikoh hykurevey kahala kanthah ehn myhunnanh dhakkany…vrh foohi

  11. eena says:
    May 27, 2014 at 10:25 am

    ebunaahen…..real kohves eena and alyas ingey

  12. Lol says:
    May 28, 2014 at 2:07 pm

    Why get in so late muthaaaa …………………………….waitin for the next part but. Please xellyn alyas dose not match so please don’t let they both join

  13. fan says:
    May 28, 2014 at 5:51 pm

    story ge haadhisaa kithanmehaaves reethi ekm eena and alyas aki dhoa balthalun e dhekudhin gulhenikoh mashah nimuni 🙂 plss do anything nimeythanun viyas gulhuvai dethi, aslu mutha suspence ithurukuraati kiyuntherin rlhi anaani ekamaa medhu vislaalahchey story reethi but still eena and alyas r made for each other plss edhekudhin gulhuvaathi…. slahi ingey mi story mi fan kiyaa mutha ge dhevana story kurin liyunu evelyn story hen sifakurun ginakohlaba mihaaru mihunves sifakohnudhey, aslu ebaithah hurima readers in attract vaani so sifakurun miahvure kudhakohviyas ginakohfa thiulhey maimoona gandhu heyaruvaala eirun kiyuntherin ufaavaane 🙂 plus dhiguko genesba ingey busy vaane kn but still u can try dhoa, fan buni kanthakaa medhu visnaalahchey and story hadhikohnulaathi

  14. Aala says:
    February 10, 2017 at 9:31 pm

    Not nice ?

Comments are closed.

Next Episodeއޯގާވީ ހިތަކުން…31←


All Right Reserved!