Skip to content
އެސްފިޔަ

އަހަރެންގެ ކުށަކީ ކޮބާ؟

ރާޅުތައް އައިސް އަހަރެންގެ ފައިގާ ބޮސްދެމުން ދިޔައީ އަހަރެން ބުނެގެނެއް ނޫނެވެ. ފިނި ވައި ރޯޅިތައް އައިސް ގައިގާ ފިރުމަމުން ދިޔައީ އަހަރެންގެ އަމުރަކަށް ނޫނެވެ. މަޑުމަޑުން ފައިތިލަ ދަށުގައި ވެލިފުއްތަށް ކޭއްތެމުން ދިޔައީ އަހިރެންގެ އެދުމަކަށް ނޫނެވެ. މިއީ އަހަރެންވެސް ދިރިއުޅުމުގައި ކަންތައްތަށް އަހަންނަށް ވާން އެދޭ ގޮތެވެ.

އަހަރެންގެ ވަށައިގެންވާ މާހައުލުން އަހަރެން ހުރީ އެކަނި ކޮށްލައިފައެވެ. ވަކިކޮށްލާފައެވެ. ބާކީކޮށްލާފައެވެ. މިއީ މިހާރުވީކަމެއް ނޫނެވެ. އުންމެ ކުޑައިރުއްސުރެ ކަންތައް ވަމުން ދަނީ ހަމަ މި ބީދައިންނެވެ. އުފާވެރިކަމާ ހިތްހަމަޖެހުމަކީ އަހަރެންގެ ރަދީފު ގައިވާ ބަސް ބަހެއް ނޫނެވެ. ހިތާމައިގެ އިންތިހާއެވެ.

އަހަރެން ގަނާކުރުމުގެ ސިކާރައަކަށްވީ އަހަރެންގެ މަދުރަސީ ހަޔާތް ފެށުމުގެ ފަހުންނެވެ. އަހަންނަށް ކިޔާނޭ އެކި ނަންތަށް ތަތްގަނޑު ޖަހަމިން ދިޔައިރު އަހަރެންގެ ހިތުގައިވާ ޝިކާޔަތް ތަކާމެދު އެކެއްވެސްް ވިސްނައެއް ނުލައެވެ. މި ހިތް ރޯވަރެއް އެކަކަށްވެސް ނޭންގޭނެއެވެ. ދައްކާކަށް ނުވެސް އުޅެމެވެ. އަހަރަކަށްވުރެ އަހަރެއް ދިޔައީ ވަށްބަހުންޖެހުމާއި ނަން ނަމުން ގޮވުމުގެ ކުޅިވަރު އިތުރުވަމުންނެވެ، އަހަރެންވީ މުޅި ރަށަށް ‘ވައިރަސް’ އެއްކަމުގައެވެ. ކައިރިވެ ވާހަކަ ދަށްކާނެ މީހަކު ނުހުރެއެވެ. ހުރިހާ ހިތާމައަކާ ޝަކުވާތަށް ހިތުގައި ފުނި ޖައްސައިގެން އިނީއެވެ.

އަހަރެން ދެކޭ ގޮތުގައި އަހަރެންގެ ސިފައަކީ އަހަރެންގެ ހުރި އެންމެ ބޮޑު މައްސަލައެވެ. މޭކަޕް ބަސްތާއަކުންވެސް މި ސިފައެއް ނުފޮރުވުނެވެ. އަހަރެން ވަށާ ހަތަރު ފާރު އަހަރެން ރޭނީމެވެ. އެއީ އަހަރެންގެ ޖަލުކަމުގައި ހެދީ ހުދު އަހަންނެވެ. އަމިއްލަ ހަށިގަނޑަށް އަނިޔާ ދޭން ފެށީ ދެނެވެ. ގައިގެ ތަންތަނަށް ޒަޙަމް ކުރުންވީ އާދައެއް ކަމުގައެވެ. އެއީ އަހަރެން އަމިއްލަ ނަފްސަށް ދިން ސަޒާއެެވެ.

އާދުވަހަކަށް އިރުއެރިއެވެ. ދޫނި ސޫފާސޫފީގެ ގޮވެލިތަށް ރާގެއްގެ ސިފައެއްގާ ކެނޑުމެއްނެތި އިވެމުން ދިޔައެވެ. ފާހާނައަށްވަދެ ކުރަންހުރި ހުރިހާ ކަމެއް ކުރުމަށްފަހު އަހަރެން މިސްރާބުޖެހީ ސުކޫލާ ދިމާއަށެވެ. މަޑުމަޑުން ފިޔަވަޅު އަޅަމުން ދިޔައިރު އަހަންނަށް މި ދެވެނީ ދުނިޔެމަތީގައިވާ އަހަރެންގެ ނަރަކައަށްކަން އަހަރެން ދެނަހުރީމެވެ.

ސުކޫލަށް ވަނުމަށް ޖެހި ރަނގަބީލާއެކު އަހަރެން އަވަސްއަރުވައިލައިފައި ދިޔައީ ކިލާހާ ދިމާއަށެވެ. ކިލާހާ ދިމާއަށް ދިޔަ މަގުމަތިން އަހަރެންގެ ފަހަތުން ހިގާފައިދިޔަ ކުއްޖެއްގެ އަހަންނާދިމާއަށް ބުނި ދެ ލަފުޒުން އަހަރެންގެ ހިތަށް އެތަކެއް ތީރެއް އެއްފަހަރާ ހެރުނު ކަމުގެ އިހުސާސް ކުރެވުނެވެ. ނަމަވެސް އެންމެ އާޝޯހުވީ އޭނާގެ ކައިރީގައި ހުރި ކުއްޖެއް އެކަން މަނާކުރުމުންނެވެ. އަހަރެންގެ ހިތަށްކުރި ވޭނަށްވުރެ އެއީ ކީއްވެ އަހަންނާ ދިމާއަށް ކިޔުނު އެއްޗެއް ކަމާމެދު މާ ބޮޑަށް ޝައުގުވެރިކަން އިތުރުވިއެވެ. އެހެން ކިޔުން ހުއްޓުމަށް ބުނީ ކީއްވެކަންވެސް އެނގެން ބޭނުންވިއެވެ.

އެދުވަހު ގެއަށް ދިޔައަރު އެތަކެއް ސުވާލުތަކަކުން ހިތް އުތުރިއަރަމުންދިޔައީ ވަކިވަރެއްބަލާފައެއްނޫނެވެ. އައިގޮތަށް އައިސް އެެނދުގައި އޮށޯވެލީ ހިތުގައި ބިންވަޅުނެގެމުން ދިޔަ ސުވާލުތަކުގެ ޖަވާބުތައް ލިބޭނޭ ކަމުގެ އުންމީދުގައެވެ. މިހެން ވިސްނަންއޮއްވާ އަހަންނަށް ނިދި ޖެހުނެވެ.

އަހަންނަށް ހޭލެވުނީ މަޑުމަޑުން އަހަރެންގެ ބޮލުގައި މީހެއް ފިރުމަމުން ދިޔަ ކަމުގެ އިހުސާސް ކުރެވެންފެށުމުންނެވެ. ބަރުވެފައިވާ ލޯ ހުޅުވިއިލިއިރު ފެނުނީ އަަހަރެންގެ ލޯބިވާ މަންމައެވެ. އަހަރެންގެ މަންމަގެ ލޮލުން ފަނާރުތަކެއް ފަދައިން ފައިބަމުން ދިޔަ ކަރުނަތައް ފެނިފައި އަހަރެންގެ ހިތަކަށް ކެތް ކުރެވޭ ގޮތެއް ނުވިއެވެ. އެ މައުސޫމު މޫނުމަތިން ފެނިގެން ދިޔައީ ހިތްދަތިކަމުގެ ކުލަވަރުތަކެވެ. އަހަރެން ހައިރާންވެފައިވެފައިވާ ހާލު މަންނަގެ ގައިގައި ބައްދާލީމެވެ. އަހަރެންގެ ލޮލަށް ޖަމާވެފައިވާ ކަރުނަތައް އޭގެ މަގާމް ދޫކޮށް ހުއްޓުމެއްނެތި ފައިބަމުން ދިޔައީ އަހަރެންގެ އެއްވެސް ބާރަކާ ނުލައެވެ. މަންމަގެ ކޮނޑުގައި ބޯއަޅައިލައިގެން އޮވެ ރޯން އެ ލިބުނު ވަގުތުކޮޅަކީ ހިތަށް ލުއިކަމެއް ލިބުނު ހިނދުކޮޅެވެ. އެއްފަހަރާ ކޮނޑުމަތީހުރި ހުރިހާ ބަރެއް ނެގުނުހެން ހީވިއެވެ.

ވަރަށް ހިތްވަރުޖަމާވުރުމަށްފަހު މަންމަ ގާތު އަހަރެންގެ ހިތް ބަންޑުންކޮށްލީމެވެ. އަހެރެންގެ ހިތުގައިވާ ހުރިހާ ޝިކާޔަތްތަށް ކިޔައިދިނީމެވެ. ހުރިހާ ވާހަކަތައް ކިޔައިދީ ނިމުމާއެކު މަންމަގެ މަޑުމަޑު އަތުން އަހަރެންގެ އަތުގައި ހިފިއެވެ. މަންމަގެ އަނގައިން ދެން ނިކުތް ބަސްތަކަކީ އަހަރެން ދުވަހަވުވެސް އަޑުއަހަން ޖެހޭނެކަމަށް ހީކުރި ބަސްތަކެއްނޫނެވެ. އަހަރެންނާދިމާއަށް ‘ނުހަލާލު’ ދަރިއޭކިޔުނު ސަބަބު އަހަރެން އަޑުއެހީ އަމިއްލަ މަންމަގެ އަނގައިންނެވެ. އަހަރެންނަކީ މަންމައާއި ބައްޕަ ކައިވެނީގެ ކުރިން ހޯދި ދަރިއެއްކަން އެނގުމުން އަހަރެންގެ އަނގައިން ބަސް ހުސްވިއެވެ.

އަހަރެންނަށް ގަނާކުރެވެމުން ދިޔައީ އަހަރެންގެ ސިފައަށް ނޫންކަން އެދުވަހު އެނގުނެވެ. ނަމަވެސް އަހަރެން މައިންބަފައިން ކުރި ކުށެއްގެ ސަޒާ އަހަންނަށް ލިބެންވީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟

Comments (14)

  1. Eenash.

    Its just amazing..❤️ Ibarath kurun varah furihama adhi bashkishaaruvess eha musathi… Hama varah reethu..????

    1. Ivan
      Eenash.

      thankyou

  2. shaan

    mashaa allahu

    1. Ivan
      shaan

      thanks

  3. Booobu

    My little brother this was awesome, waiting for more??

    1. Ivan
      Booobu

      Awe. Thanks

  4. No one

    Wowww.. vr touching..❤️❤️.. BTW bully kurumah kiyany hangaa kurumeh nuntha?

    1. Ivan
      No one

      thanks.

  5. Eeko

    Story varah reethi

    1. Ivan
      Eeko

      Thanks <3

  6. Jammu

    Tears came :(?
    Warah reethi. Your doing very well ❤ waiting for another story brother ❤
    Im just loving your stories whenn next story soon okey???❤

    1. Ivan
      Jammu

      tysm.

  7. Mannu

    Story v Reethi waiting for some other stories ???

    1. Ivan
      Mannu

      yes. thanks

Comments are closed.