Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މާފެއް ނުކުރާނަން ހެއްޔެވެ؟ 1

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
October 29, 2018 4 Mins Read
14 Comments

އެންމެ ނިދި ގަދަވީ ވަގުތު މަންމައައިސް ގޮވަން ފެށިއެވެ. ދަންވަރު ހޭލާއެޅުފައި ނިދަން ޖައްސާލި ވަގުތު އެގޮވީ ސްކޫލަށް ދާށެވެ. އެނދުން ނުތެދުވަނީސް ނުހުއްޓާނެކަން އެނގޭތީވެ ކަންނެއް ކަމާއެކު އެނދުން ތެދުވެގެން ފާާޚާނައަށް ވަނީމެވެ. ހަމައެކަނި ދަތް އުނގުޅައިގެން ފާޚާނައިން  ނިކުމެ ޔުނީފޯމްލާ ތައްޔާރުވީމެވެ. ލޯގަނޑު ކުރިމައްޗަށް ހުއްޓުނު ވަގުތު ދިގުވެފަައި ހުރި އިސްތަށިގަނޑު ފެނުނެވެ. ޖެލްލައި ތަތްކޮށްގެން ދާހާ ވަގުތު ނެތުމުން އެހުރި ގޮތަށް ބަހައްޓާފައި ފޮތް ދަބަސް ހިފައިގެން ގެއިން ނުކުތީމެވެ. ކަންނެއް ހިނގުމެއްގައި ސުކޫލަށް ދިޔައީމެވެ. ހަތެެއް ޖަހާ ބޮޑުވެފައި ވުމާއެކު ވަންނަން ޖެހުނީ އޮފީސް ދޮރުންނެވެ. ލޭޓް ސްލިޕް ހިފައިގެން އޮފީސް ގޭޓުން ނުކުތްތަނުން ދެލޯ ތަން މިނަށް ހުޅުވިގެން ދިޔައެވެ. ލޮލުގައި ވީ ނިދީގެ އަސަރުވެސް ފިލައި ދިޔައެވެ.

އޮފީސް ދޮރުމަތީ ކަހަލަ ގޮތަކަށް ޕްރިންސިޕަލްއާއި ވާހަކަ ދައްކަން އިން އަންހެން ކުއްޖާފެނިފައި ދުނިޔޭގެ ހުރިހާ ކަމެއް މަތިން އަހަރެން ހަނދާން ނެތުނެވެ. މެދު އިސްކޮޅަކާއި ހިމަ ތޮޅި ހަށިގަނޑެއްގެ ވެރި އެކުއްޖާއަކީ މީގެ ކުރިން އަހަންނަށް ފެނިފައިނުވާ ފަދަ ރީތިކަމެއް ލިބިފައިވާ ކުއްޖެކެވެ. ހީވަނީ ޕަރީންގެ ދުނިޔެއިން އަހަރެމެންގެ ދުނިޔެއަށް ހިޖުރަކޮށްފައިވާ ޕަރީއެެއްހެނެވެ. އާދައިގެ ދިވެހި ކުއްޖަކަށްވުރެ ހަމުގެ ކުލަ އައްޔެވެ. ރީތިބޮޑު ދެލޮލުގެ ކަޅިވެސް ހުރީ މަޑުފެހިކުލައެއްގައެ. ފެހި ކުލައިގެ ސްކޫލް ޔުނީފޯމާއި އެކުއްޖާގެ ލޮލާ ވަރަށް ވެސް ގުޅެއެވެ.

އެކުއްޖާއަށް ގެއްލިފައި ހުއްޓާ އަހަރެން ސިހުނީ ބޯމަތީގައި ހުރި ސްޕީކަރުން ރަނގަބީލު ޖެހި އަޑުއިވުމުންނެވެ. ފުރަތަމަ ގަޑި ފެށުނީކަން އެނގުމާއެކު ގައިގައި ހުރި ބާރެއް ލައިފައި ސިޑިއާ ދިމާއަށް ދުއްވައިގަތީމެވެ.

ހަތަރު ވަނަ ފަންގިފިލާއަށް އެރުނުއިރު އަހަރެންގެ ނޭވާ ހީވަނީ ދެންމެ ދެންމެ އުފުރިދާނެހެންނެވެ. ހޯސްލާފައި އިސްތަށިގަނޑުން ދާތިކި ތަޅައެވެ. ދެންވެސް ގައިގައި ހުރި ބާރެއް ލައިފައި ދުވެފައި ކުލާހަށް ދިޔައީމެވެ.

ކުލާހަށް ވަންއިރު އަހަންނަށް މައިނޭވާ ލެވެއެވެ. ނަސީބަކުން އޭރު ދިވެހި މިސް ކުލާހަކަށް ނާދެއެވެ. ކުލާހުގައި ތިބި ހުރިހާ ކުދިންގެ ނަޒަރު އަހަންނަށް ހުއްޓިފައި ހުރިއެއްް ކަމަކު އަހަރެން އަޅައެއްް ނުލަމެވެ. ވަރުބަލި ފިލަން ދެކަށް ދެފައި ދެރާއްޖެއަށް ލައިގެން ގޮނޑިއަށް ތަރަވެގެން އޮވެ ފަހަރަކު ކުއްޖެއްގެ މޫނަށް ބަލާލީމެވެ.

އަހަރެމެންގެ ކުލާހަކީ މުޅި ސުކޫލުގައިވެސް  ކުދިން އެންމެ މަދު ކުލާހެވެ. ހަތް ފިރިހެން ކުދިންނާ އަށް އަންހެން ކުދިން ލައިގެން މުޅިއަކު ތިބެނީ ފަނަރަ ކުދިންނެވެ. އެގާރާއިގެ ދެން ހުރި ކުލާސްތަކަށް ވުރެ އަހަރުމެން ކުލާސް މައިތިރިވެސް ވާނެއެވެ. އެހެނަސް އެއީ ކުލާހުގައި ކިޔަވައިދޭ ގަޑީގައެވެ. ހުސް ވަގުތެއް ލިބިއްޖެޔާމުން ހުރިހާ ފިރިހެން ކުދިންގެ ކަމަކީ ފުޓުބޯޅަ ކުޅުމެވެ. އަހަރެން ފިޔަވައެވެ. އެކުދިން ކުޅޭ ގަޑީ އަހަރެން ހުންނާނީ ކުލާހުގައި ހުންނަ ކޮންމެސް އަންހެން ކުއްޖެއް ގާތަށް ގޮސް ފޮނިކަނޑާށެވެ. އަހަންނަށް ލިބިފައި ހުރި ރީތިކަމުން ހުރިހާ އަންހެން ކުދިންވެސް ތިބެނީ އަހަންނަށްޓަކައި ފިދާވާން ތައްޔާރަށެވެ. އެއް ދުވަހަށް ނަމަވެސް އަހަރެން ރަށްޓެހިވީ ކުދިންގެ ލިސްޓަށް އެއިން ކުއްޖަކަށް އެރިއްޖެނަމަ ވަރަށް ފޮނިވާނެއެވެ. ކުލާހުގައި ތިބި އަށްކުދިންނާވެސް އަހަރެން ރައްޓެހިވީމެވެ. ހަފްތާއެއް ކޮށްލާފައި ރުޅިވަނީއެވެ. އެވަރުންވެސް އެމީހުން ނިކަން ފޮނިވާނެއެވެ. ބައެއް ފަހަރު އަހަރެންގާތަަށް ހިނިވެސް އާދެއެވެ. މުޅި ސުކޫލުގައި ވެސް އަހަރެން ލޯބީގެ ގޮތުން ނުގުޅޭ ކުއްޖަކު މަދުވާނެއެވެ. ރީތި ކުއްޖެނަމަ އެއީ އަހަރެންގެ “އެކްސެއް”ކަން ޔަގީނެވެ.

ވަރުބަލި ފިލުމާއެކު ގޮނޑީގައި ރީއްޗަށް ހަމަޖެހިލީމެވެ. ފަނަރަމިނެޓު ފާއިތުވެގެން ދިޔައިރުވެސް މިސްއެއް ނާދައެވެ. ކުއްލިއަކަށް ތިރިން ފެނުނު “ޕަރީ” މަތިން އަހަރެން ހަނދާންވިއެވެ.

ހީވީ އެކުއްޖާއަށް އަހަރެންގެ ހިތުގައި އޮތް އެއްޗެއް އެނގުނު ހެންނެވެ. ދިވެހި މިސްއާއި އެއްކޮށް އައިސް ކުލާހަށް ވަނެވެ. ހިނގާއިރު އެކުއްޖާ ލައްވާ ބަނޑިތައް އެހެން ކުއްޖަކަށް ނުލެއްވޭނެއެވެ. އެހާވެސް ހިތްގަމެވެ. މިސްއައުމުން ހުރިހާ ކުދިން ކޮޅަށް ތެދުވިއިރުވެސް އަހަންނަށް ހުރެވުނީ އަނގަ ހުޅުވައިގެން އެކުއްޖާއާ ދިމާއަށް ބަލަހައްޓައިގެންނެވެ. ޝައުން އަހަރެންގެ ކޮނޑުގައި ޖަހާލާފައި ތެދުވަން ބުނުމުން ލަސް ލަހުން ތެދުވީމެވެ. އަހަރެންގެ ނަޒަރު ހުރީ އެކުއްޖާއަށް ހުއްޓިފައެވެ. އެކުއްޖާ އިސް ޖަހައިގެން އިން ގޮތުން ހީވަނީ އަހަރެން އޭނާއަށް ދިމާއަށް ބަލާތީ ލަދުން އިންހެންނެވެ. އޭރު މުޅި ކުއްޖާގެ ކޯތާފަތަށް ގަދަރަތް ކުލައެެއް އަރާފައި ހުއްޓެވެ.

“އައްސަލާމު އަލައިކުމް” މިސް ސަލާން ގޮވުމާއެކު ހުރިހާ ކުދިން ސަލާން ބަލައިގަތުމުން އެންމެން އިށީންނުމަށް މިސް އެދުނެވެ.

“ހުރިހާ ކުދިންވެސް މިހާރު ހިތަށް އަރާނީ މީ ކޮންކުއްޖެއް ބާއޭދޯ؟”  “ޕަރީއަށް” އިޝާރަތް ކުރަމުން މިސް އަހާލިއެވެ. ހުރިހާ ކުދިންވެސް އެއްފަހަރާ ބޯ ޖަހާލިއެވެ. “ޔޫ ކޭން އިންޓްރޮޑިއުސް ޔުއާ ސެލްފް ނައު” ދިވެހި މިސް އިނގެރޭސިން ވާހަކަ ދެއްކުމުން އެއީ ދިވެހި ކުއްޖެއް ނޫންކަން އަހަންނަަށް އެނގުނެވެ. ޔޫރަޕު ހިސާބު ފާޑު ޖަހާ ކުއްޖާ ބުރުގާ އަޅައިގެން ހުރުމުން އަހަރެން ކުޑަކޮށް ހައިރާންވިއެވެ. ޔޫރަޕު ކުއްޖަކަށް ވިއަސް މުސްލިމަކަށް ވެދާނެއްނޫންހޭ އަހަރެންގެ ހިތަށް އެރިއެވެ. ކެއްތެރި ކަމެއް ނެތި އިންތިޒާރު ކުރެވުނީ އެކުއްޖާގެ އަޑު ނިކުންނާނެ އިރަކަށެވެ.

މިސްއާ ދިމާއަށް ބަލާލުމަށްފަހު ރީތި ހިނިތުންވުމެއް އެކުއްްޖާ ހަދިޔާކުރިއެވެ. އާހް! ހިނިތުންވުންވެސް އެހާ އަސަރުގަދައެވެ. ދެކޮލަށް އެޅުނު އަޑިކޮޅުގެ ސަބަބުން އެކުއްޖާގެ ރީތިކަން އެތައް ގުނައެެއް އިތުރުވިއެވެ. އެއީ އިންސާނެއްކަމާމެދުވެސް އަހަންނަށް ޝައްކުވިއެވެ.

ފުން ނޭވާއެއް ލުމަށްފަހު އެކުއްޖާ ވާހަކަ ދައްކަން ފެށިއެވެ. “މްމް މައި… ނޭމް އިޒް ޖަންނަތް.. ހާފް މޯލްޑިވިސް.. ހާފް ބްރިޓިޝް….” އަޅައަޅައި ގަންނަމުން ޖަންނަތް އޭނާގެ ކުޑަ ތަޢާރަފެއް ދިނެވެ. އެއް ފަޅި ބްރިޓިޝްއޭ ބުނި ވަގުތު ހުރިހާ ކުދިން އެއް ފަހަރާ “ވާއު” އޭ ބުނެލިއެވެ. “ދިވެހި އެނގޭތަ؟” މިސް އަހާލިއެވެ. “އައި އަންޑަސްޓޭންޑް ދިވެހި ބަޓް ކާންޓް ސްޕީކް ވެރީ ވެލް” އިސްޖަހައިގެން އިނދެ ޖަންނަތް ބުނެލިއެވެ. “އެހެންތަ؟ އެހެންވީމަ ދެން މިސް ޖަންނަތުއާއި ވާހަކަ ދައްކާނީ ދިވެހިން އެނގޭ؟ ދެން ޖަންނަތުވެސް ވާނެ ދިވެހިން ޖަވާބު ދެވޭތޯ ބަލަން” ހިނިއައިސްފައި އިނދެ މިސް އެހެން ބުނުމާއެކު ނުފަރިތަކަމާއެކު ޖަންނަތް ލައްބައޭ ބުނެލިއެވެ. މިއުޒިކެއްފަދަ އެރީތި އަޑުއަހައި މީހަކު ފޫހި ނުވާނެއެވެ. މިސްގެ އެދުމުގެ މަތިން ފަހަރަކު ކުއްޖަކު ތެދުވެ ޖަންނަތަށް ތަޢާރަފުވާން ފެށިއެވެ. އަހަންނާ ޖެހެންވާއިރަށް އިސްތަށިގަނޑު އަތުން ރީތި ކޮށްލީމެވެ. ޓައީވެސް ހުރީ ހަޑިކޮށްހެން ހީވާތީވެ ޓައީވެސް ރީތިކޮށްލީމެވެ. އަހަންނާ ޖެހުމުން ކޮޅަށް ތެދުވެ ކަރު ކެހިލީމެވެ. ނަން ބުނަން އަނގަ ހުޅުވާލިއެއް ކަމަކު އަނގައިން އަޑެއް ނުނިކުތެވެ. ހީވީ އަރުތެރެ ބެދިފައި ހުރިހެއްނެވެ. ދެވަނަ ފަހަރަަށް އަނގަ ހުޅުވާފައިވެސް އަހަންނަށް ނަން ބުނެވޭވަރެއް ނުވިއެވެ. އަހަރެން އުޅެމުން ދިޔަ ގޮތުން ޝައުން ސިއްރުން އިނދެ ހެމުން ދިޔައެވެ. ޝައުންއަށް ލޯއަޅާލުމަށްފަހު ފުން ނޭވައެއް ދޫކުރުމަށްފަހު ނަން ބުނީމެވެ. “އަޝްޖައު” ނަން ބުނުމާ އަހަރެން އިށީންނުމާ ދިޔައީ އެކީއެވެ. އަހަރެން އިށީނުމާއެކު ހީވީ ކުލާސްތެރޭ ހަމެއް ފަޅާލިހެންނެވެ. އެންމެން އެއްފަހާރާ ބާރަށް ހޭންފެށިއެވެ. މިސްއާއި ޖަންނަތްވެސް ހެމުން ދިޔައެވެ.

“ކަލޭއަށް ސާބަސް! ކިހިނެއް ދެންމެ ތިއުޅުނީ…ހަހަހަ” ޝައުން އަނެއްކާވެސް ބާރަށް ހޭންފެށިއެވެ.  އަހަންނަށް ދެންމެ އުޅެވުނު ގޮތް ހިތަށް އެރުމާއެކު ވަރަށް ލަދުގަތެވެ. އަހަރެން އެންމެ ކަންތައް ބޮޑުވީ ޖަންނަތް ހިތަށް އަރާނެ އެއްޗެއް ނޭންގުމުންނެވެ. ޖަންނަތު ހީކުރާނީ އަހަންނަކީ މޮޔައެއް ކަމަށެވެ.

“ދެން އެންމެން ހުނުން ހުއްޓާ އެނގޭ. ބައެއް ފަހަރު އެހެންވެސް ވާނެ ދޯ އަޝްޖައު! އަޝްޖައު އެހެރެ މޭޒު ގެނަސް ހިމްޔާގެ މޭޒުކާރިއަށް ޖައްސަބަ. ޖަންނަތް، އަޝްޖައު މޭޒު ގެނާމަ އެގޮނޑި ހިފައިގެން އެތާގަ އިށީންދޭ އެނގޭ!” ހުނުން ކޮންޓްރޯލްކުރަމުން ކުލާހުގެ އެއްފަރާތެއްގައި ހުރި މޭޒު ގެނައުމަށް މިސް އަހަރެން ގާތުން އެދުނެވެ.

މިސް ބުނުމާއެކު ވަރަށް އަވަހަށް ގޮސް މޭޒު ނެގީމެވެ. އަހަރެންގެ ބޭނުމަކަށްވީ އަހަރެންގެ ވަރުގަދަކަން ޖަންނަތަށް ދެެއްކުމެވެ. ސްކައުޓްގައި އުޅޭތީވެ ބަރު އެއްޗިހި އުފުލުމަކީ މިހާރު އަހަންނަށް އާ ކަމެއް ނޫނެވެ. އެއޮށް ބޮޑު މޭޒު ލުއި ފަތެއްހެން ހިއްލާލައިގެން އަހަރެން ގެންދިޔައީމެވެ.

އަހަރެން ގޮސް މޭޒު ބެހެެއްޓުމާއެކު ޖަންނަތް އަވަހަށް އިށީނެވެ. އަހަރެންވެސް ސޭކެއްހެން ހުރެ ގޮސް އަހަރެން އިންނަތަނުގައި އިށީނީމެވެ. އޭރުވެސް ހުއްޓުމެއްނެތި ޝައުން ހެމުން ގެންދިޔައެވެ.

އަހަރެން ފިޔަވާ ދެންތިބި ކުދިންނާ ޖަންނަތް ވަރަަށް އެކުވެރިވިއެވެ. އަހަންނަށް އުޅެވުނު މޮޔަގޮތުން ޖަންނަތް ގާތަަށް ގޮސް ވާހަކަ ދައްކާކަށް ނުކެރުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

އަބަދަށްވެސް އަހަރެން ހިތްހެވެ.

Next

އެވްލީން… 23

Next
October 29, 2018

އެވްލީން… 23

Previews
October 29, 2018

އަބަދަށްވެސް އަހަރެން ހިތްހެވެ.

14 Comments!

  1. Kiyara says:
    October 29, 2018 at 1:54 pm

    Slm alikum. Hurihaa kudhinge haalu kihineh? Thukudhin mathin miss vaaleh bodukameh nov 4 ahnnan dhen madu nukurevigen mi upkury. Ummedhu kuran mi bai hurihaa kudhinnah kamudhaane kamah. Mi story ge episodes thah up kureveyny konmme monday eh adhi Thursday eh ga In Sha Allah.
    Kiyara

  2. ?Shify? says:
    October 29, 2018 at 2:01 pm

    Yey me 1st.. story is very very nice. Thanks kiyaa. Thihaa avahah up kohdhineema.??

  3. Lotus says:
    October 29, 2018 at 2:40 pm

    Wow.. v interesting.. v much looking forward this story n best of luck dear ???

  4. Queen Dandelion says:
    October 29, 2018 at 2:59 pm

    Wa’alaikukumuh salaam Kiyaa sis??Al’hamdhulillah..Dandelion ge haalu hama rangalhu insha allah..??masha allah..wiah?????hama speechless..???sifakurumah ehvana..heheh??Ashjau hn dandelion vx moyavy thoahche..hehehe??..Ashjau ulheygothun heehee halaaku vaavaru vejje..????waiting for Thursday..???mI kujjaa ge faraathun dear ah much loves??❤❤????????? ?adhi ingeytha..November 4 ga dear mi stry up kuraanamey bunyma kiriyaa ? break nuvy..??BTW ME THIRD DHWWW.. ??

  5. akooo says:
    October 29, 2018 at 3:23 pm

    yeyyyy me third dhwww

  6. Kira's says:
    October 29, 2018 at 4:29 pm

    Oh yesssssssss… Al’hamdhulillaah, my fav author is back!!!! ??❤️❤️❤️ Btw story Vrh Vrh Vrh Vrh Vrh reethi.. Maa sha Allah… Vrh furihama.. Neiyy Hama Bunaane ehcheh ves.. Neynge keevve kameh dear ge vaahaka thah Abadhuves Vrh salhi.. Buneveynee kiyaaraa Hama molhiyyey story liyan, Maa sha Allah.. ?☺️☺️☺️ When next? Kiyaahithun nuhurevey…

  7. Kiya's fan??? says:
    October 29, 2018 at 4:29 pm

    Oh yesssssssss… Al’hamdhulillaah, my fav author is back!!!! ??❤️❤️❤️ Btw story Vrh Vrh Vrh Vrh Vrh reethi.. Maa sha Allah… Vrh furihama.. Neiyy Hama Bunaane ehcheh ves.. Neynge keevve kameh dear ge vaahaka thah Abadhuves Vrh salhi.. Buneveynee kiyaaraa Hama molhiyyey story liyan, Maa sha Allah.. ?☺️☺️☺️ When next? Kiyaahithun nuhurevey…

    1. Kiya's fan??? says:
      October 29, 2018 at 5:05 pm

      Sorry dear.. Kiyaaraa ge comment kiyaa nulevi I ah meeny comment kurevifa.. Thursday ga dhw dhn oiyy part ehn v ma.. Jazakillah khairan for uploading this today.. ??☺️???

  8. Eenash says:
    October 29, 2018 at 7:48 pm

    Nice and hilarious too.??

  9. Unknowngirlll.. says:
    October 29, 2018 at 8:13 pm

    V.nice sis…???.hope mi story kurige vaahakaekey ehgothah rethi vaanekamah…wish u all the best.???…keep up the good work ???,with lots of❤❤❤

  10. Kiyaa ge fans❤ says:
    October 29, 2018 at 8:16 pm

    Kiyaa❤❤❤….,,finally up vejje dhww?…??curiously waited …..alhamdhlillah. ……up vejje?…heheh.????..kiyaa…☺this part was amazing.??…kiyaa u r my favourite author same as be for…it will never change ever inshaallah?????❤???

  11. ? says:
    October 29, 2018 at 9:50 pm

    Story hama ??

  12. Alyra says:
    October 29, 2018 at 10:39 pm

    hahhaa… mi part vrh majaa.. looking forward to thenext part inge…mi vaahaka vrh reethi vaanehen heevey… n thi hira kudhinnah dheefa huri nan nan dho.. pis pis 😉

  13. $#@¥@ says:
    October 30, 2018 at 3:31 pm

    shit..kiyaa why are u doing this..v avaha up vaane kamah heekoh hutta, kiyaa thi bunee nov 4th ga ey….hehe
    kiyaa story v v salhi…ahhaha…ashjau..ashjau..hmm..v habeys nameh..eheh

Comments are closed.

Next Episodeމާފެއް ނުކުރާނަން ހެއްޔެވެ؟ 2←


All Right Reserved!