Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

ދުވަހަކުވެސް މާފެއް ނެތް – 2

yarn Level 1
September 26, 2018 3 Mins Read
4 Comments

ކުއްލިއަކަށް ދެމީހުން ސިއްސައިގެން ދިޔައީ މީހަކު ދޮރުން އެތެރަށް ވަން އަޑުއިވިގެންނެވެ. ދެމީހުން އެއްފަހަރާ ދޮރާ ދިމާލަށް ބަލާލިއިރު ދޮރުމަތީގައި ހުރި މީހާ ފެނުނުން ދެމީހުންވެސް ހާސްވެ ކުލިއަކަށް ދުރަށް ޖެހެވުނެވެ.

ކުރިމަތީގައި ހުރީ ފައިހާގެ މަންމަ ރަޝީދާއެވެ.

“ފައިހާ. ހުރި ގޮތްކުޑަކަން ބަލާބަލަ” ފައިހާގެ މަންމަ ރަޝީދާ އަޑުގެ ކޮޅަށް ހަޅޭއްލަވާގަތެވެ. އަދި ވައިސޫރިއެއްހެން އައިބާރުމިނުގައި ފައިހާގެ އަތުގައި ހިފާ ދަމާގަތެވެ.

“މަންމާ ވީގޮތަކީ…” ފައިހާ ކަންވީގޮތް ސާފުކޮށްދޭން އުޅުނެވެ.

“އިތުރު އެކައްޗެއް ވެސް ދެން ބުނާނެ ކަމެއް ނެތް. ހަމަ މިހާރު ހިނގާ މަށާއެކު ގެއަށް ދާން.” ފައިހާއާ ދިމާލަށް ރުޅިވެރިކަމާއި މޮޅިވެރިކަން އެކުލެވޭ ބަލާލުމަކުން ބަލަހައްޓައިގެން ހުރެ ހަރުކަށިކޮށް ރަޝީދާ ބުންޏެވެ.

“ބުނަން ތީ މަންސޫރުގެ ދަރިއެކޭވެސް މީހަކު ނުބުނާނެ. މަންސޫރަކީ ދުވަހަކުވެސް ތިޔަފަދަ ގޮތްކުޑަކޮށް އުޅުނު މީހެއް ނޫން. މުއްސަދި އާއިލާއަކުން އައުމަކީ އެހެން މީހުންގެ ދިރިއުޅުން ހަލާކުގެ ތެރެއަށް ވައްޓާލަންޖެހޭ ކަމެއް ނޫން” ޔާނިއުއާ ދިމާލަށް ބަލަންހުރެ އޭނައަށް އަމާޒުކޮށް ރަޝީދު ބުންޏެވެ.

“ފައިހާ މަންމާ ކަމުގެ ހަޤީޤަތް ބެއްލެވުމުން ތިޔަގޮތަކަށް ނުބުނުއްވާނެކަން އަޅުގަނޑަށް ޔަޤީން” ޔާނިއު މާޔޫސީކަމާއެކު ބުންޏެވެ. އަދި ފައިހާއާ ދިމާލަށް އަދި އެއްފަހަރު ބަލާލިއެވެ. އެވަގުތު ފައިހާވެސް ހުރީ ސީދާ އޭނައަށް ބަލަންކަން ޔާނިއުއަށް އެނގުނެވެ. ޔާނިއު ފައިހާއަށް ބަލާކަން އެނގުމުން ފައިހާ އިސްދަށަށްޖެހިއެވެ. ޔާނިއުގެ ވާހަކައަކަށް އިތުރު އެއްޗެއް ބުނުމެއް ނެތި، ފައިހާގެ މަންމަ ފައިހާގެ އަތުގައި ހިފާ ދަމަމުން ކަހަލަގޮތަކަށް ގެއިން ނުކުންނަން ދާންފެށިއެވެ. ޔާނިއު ހުރީ ބުނާނެ އިތުރު އެއްޗެއް ނެތި ބަސް ހުއްޓިފައެވެ.

**************

“ފައިހާގެ ފަރާތުން މަންމަ ދުވަހަކުވެސް ފެންނާނެކަމަށް އުންމީދުކުރި ކަމެއް ނޫން މިއަދު މިފެނުނީ. ފައިހާއަށް މަންމަ ދިން ތަރުބިއްތަކީ ތިއީތަ؟” ފައިހާ ގޮވައިގެން ފައިހާގެ މަންމަ ރަޝީދާ ގެއަށް ގެންގޮސް ފައިހާގެ ކޮޓަރިއަށް ވެއްދުމަށްފަހު ސުވާލުކުރިއެވެ. “މަންމާ! މަންމަ އަޅުގަނޑަށް އިތުބާރު ނުކުރައްވަނީތޯ؟ އަޅުގަނޑު ގޯސްކަމެއް ކޮށްފާނެކަމަށް މަންމައަށް ހީވީތޯ؟” ރޮމުން ފައިހާ އޭނާގެ މަންމައަށް ސުވާލުކުރިއެވެ.

“އެކަން ގަބޫލުނުކުރެވިގެންތާ މަންމަ ދަރިފުޅުކައިރީގައި މިއަހަނީ” ފައިހާގެ މަންމަ ރަޝީދާ ޖަވާބު ދިނެވެ.

“މަންމަ ތިހީކުރި ކަހަލަ ކަމެއް ނޫން އެއީ. ކުއްލިއަކަށް މީހަކު އަންނަހެން ހީވެގެން ބަލާލިއިރު ޔާނިއު އައީ ފެންޖަހަން އަޅުގަނޑު ފަހަތުން ދުވެފައި. އޭނަގެ އަތުނުޖެހި ދާންވެގެން ވަދެވުނީ އެގޭތެރެއަށް. ފިލަން އެކިތަންތަކަށް ވަންނަމުން ގޮސް ވަދެވުނީ ގޭ ގިފިއްޔަށް. ފަހަތުން ޔާނިއުވެސް އައި. އޭނަ އައިގޮތަށް އައިސް ކުލަ ފެންފުޅި ބޮލަށް އަޅާލީ. އެހެންވެ އައި ރުޅީގައި އޭނަ ޓީޝާޓުގައި ހިފައި ދަމާގެން ގޮތަށް ދޫކުކޮށް ހުރީ” ކަން ހިގައިދިޔަގޮތް ފައިހާ އޭނަގެ މަންމަ އަށް ކިޔާދެމުން ދިޔައެވެ.

“މީހަކު ފެން އެޅިއޭކިޔާފަ ދަރިފުޅު ނުވާނެނު އޭނަގެ ޓީޝާޓުގައި ހިފައި އެގޮތަށް ދަމާގަނެ ހަދާކަށް. އެހެން ނޫނަސް އެކަހަލަ އެކަހެރި ތަނެއްގައި ދެމީހުން ތިބޭކަށް ނުވެސްވާނެނު” ކަންބޮޑުވެފައިވާ ފައިހާގެ މަންމަ ރަޝީދާ ބުންޏެވެ.

“މަންމަ ބުންޏަސް އަތުގައި އޮތް އެންމެ ރީތި ހެދުން ލައިގެން ހުއްޓާ ކުލަފެން އެއްޗެއް އޮއްސާލީމާ ދެން ރުޅިއަންނާނެ ދޯ؟” ފައިހާ ކޮންމެވެސް ކަމަކާ ވިސްނަމުން ކަހަލަ ގޮތަކަށް ބުންޏެވެ.

“ދަރިފުޅާ! ދެންވެސް އެކަހަލަ ކަންކަމާ ވިސްނައިގެން އުޅޭތި. ދެންދޭ ތިލައިގެންހުރި ހެދުން ބާލާ ފެންވަރައިން އަންނަން” ރަޝީދާ އޭނަގެ ހުރި ހަމައެކަނި އަންހެން ދަރިފުޅަށް ނަސޭޙަތް ދެމުން ބުންޏެވެ.

*******************

“މަމިހުރީ އޯކިޑް މަގު އައްޔުބޭގޭގެ ކައިރީ އާދެބަލަ ވަރަށް އަވަހަށް” ފައިހާ ގަޔަށް ފެންޖަހަން ވަދެހުރި ގެއިން ނުކުތުމާއެކު ޔާނިއު އޭނާގެ ގާތް ރަޙްމަތްތެރިޔާ އަރީންއަށް ގުޅާ އޭނާ ހުރި ތަން ބުންޏެވެ.

“އަހަރުމެން ތިދެމީހުން ވަން ތަނެއް ނޭގިގެން ހޯދާހޯދާ ވެސް ނުފެނުނު. ހާދަ ހާސްވެފައި އަނެއްކާ ކޮންކެމެއް ކޮއްލައިގެން ތިއުޅެނީ” އަރީން އޭނާގެ އެންމެ ގާތް އެކުވެރިޔާގެ ހާލު ނޭގިހުރެ ދިމާކޮށްލިއެވެ.

“އޭ މާގިނަ ވާހަކަ ނުދައްކާ އާދެބަލަ މިތަނަށް” ޔާނިއު އާދޭސްކުރާ ފަދަ ގޮތަކަށް ބުންޏެވެ.

“އޯކޭ. އޯކޭ. މިހާރު މިދަނީ” ޔާނިއު ގެ އަޑުން ވަރަށް ބޮޑަށް ހާސްވެފައި ހުރިކަން އެނގުމާއެކު އަރީން ބުންޏެވެ.

ކުޑަ އިރުކޮޅެއްގެ ތެރޭގައި އަރީން އޭނަގެ ޕީސީއެކްސް ސައިކަލުގައި އަރީން ހުރި ހިސާބަށް އައިސްފިއެވެ. ޔާނިއު އަރީންގެ ފަހަތަށް އެރުމަށްފަހު ރަށުގެ އަތިރިމަތީގައި ހުންނަ ސްކައިވިއު ކެފޭއަށް ދިއުމަށް ބުންޏެވެ. ޔާނިއުއާއި އަރީން ސްކައިވިއުގެ ފުރަތަމަ ފަންގި ފިލާގެ މޫދު ފެންނަގޮތަށް ހުރި މޭޒެއް ކައިރީ ގޮނޑިއަށް ހަށިގަނޑު ދޫކޮށްލައިގެން އިށީދެއްޖެއެވެ.

“އޭ ބަޑީ. ހާދަ ހާސްވެފައި ކިހިނެއްވީ. އަނެއްކާ ފެންޖަހަން ގޮސް ކީއްކުރީ؟” ދެލޯ ބޮޑުކޮށްލަމުން އަރީން ސުވާލުކުރިއެވެ.

“އޭ. ކޮން ދުނިޔެއެއްގައި. ކޮންވެސް ބޮޑު ކަންތައްގަނޑެއް ހިނގައިފި” ޔާނިއުގެ އަތުގައި ހިފާ ތަޅުވާގަންނަމުން އަރީން ސުވާލުކޮށްލިއެވެ.

“ވަރަށް ސަކަރާތް ކަމެއް ކުރެވިއްޖެ.” މާނޭވާއެއް ލަމުން ޔާނިއު ވާހަކަ ދައްކަން ފެށިއެވެ.

“އޭރު ފެންޖަހަން ވެގެން އެކުއްޖާގެ ފަހަތުން ގޮސް އެކުއްޖާގަނޑު ވަނީ މީހުން ނޫޅޭ ފަޅު ގެއަކަށް. އެގޭ ގިފިއްޔަށް. މަވެސް ފަހަތުން ގޮސް އޭނަ ބޮލަށް ފެންއެތި އެއްކޮށް އަޅާލީ” އިތުރަށް ތަފްޞީލް ދެމުން ޔާނިއު ބުންޏެވެ.

“ދެންކޮބާ އޭގެ ސަކަރާތް ކަމަކީ؟” އަރީން އެއްބުމަ އަރުވާލަމުން ސުވާލުކޮށްލިއެވެ.

“އޭ ވަރަށް ތަފާތު ކުއްޖެއް. ފެންއަޅާލި އިރަށް މަގޭ ޓީޝާޓު އޭނަގެ އަތަށް މަހާލި ގޮތަށް ދޫނުކުރި. ވަރަށް ރުޅި ގަދަވެފައި ހުރީވެސް” ޔާނިއު ޖަވާބު ދިނެވެ.

“އޯ. އޯ. ސަޅި ދެން ކިހިނެކޯ ހެދީ؟” އަރީން ލާނެއް ފާޑަކަށް އިތުރު ސުވާލެއް ކޮށްލިއެވެ.

“ޖޯކެއް ނޫނޭ އަރީން. އެއީ އާދަޔާ ޚިލާފަށް ހިތް ދަމައިގަންނަ ކަހަލަ ރީތި ކުއްޖެއް. އޭނަ ޓީޝާޓުގައި ހިފާ ދަމާގަތްއިރު އޭނަގެ މޫނަށް ބަލާލުމުން ގައިގެ ބާރު ދިޔަފަދަ. އެކުއްޖާ ދަމާގަތީމާ ގޮސް ޖެހުނީ އޭނަގެ މޭގައި. ހެހެހެ. އެކަމާވެސް އެކުއްޖާ އަކީ ރުޅި” ކުޑަކޮށް ހަނދާންކޮށް އެހާދިސާއަށް ގެއްލޭކަހަލަގޮތަކަށް ކުޑަ ހިނިތުންވުމަކާއެކު ޔާނިއު ބުންޏެވެ.

“ޔާނިއު ތީ މިހާތަނަށް ތިގޮތަށް އަންހެން ކުދިންގެ ޖަޒުބާތުގައި ޖެހޭ މީހެއް ނޫން. މިފަހަރު މިވީކިހިނެއް. އަނެއްކާ ހިތްވެސް ދީފައިދޯ ތިއައީ. ހަހަހަހަ” އަރީން ދިމާކޮށްލަމުން ބުންޏެވެ.

“މައެބައުޅެންތަ މޮޔަވެގެން. ކަލޯ އެހެނެއް ނޫންވީކީ. އެގޮތަށް ތިއްބާ އެކުއްޖާގެ މަންމަ އެތަނަށް އައީ. މަދެކެ ވަރަށް ރުޅިއައިސްފަހުރީ. އެއްޗެއް ބުނާނެ ފުރުޞަތެއްވެސް ނުދީ އެމަންޖެ ގޮވައިގެން ގޮސްފި” އަރީން ކުޑަކޮށް ކަރުއެރުވާލަމުން ބުންޏެވެ.

ކުއްލިއަކަށް ދުރަށް ބަލާލަމުން ޔާނިއު ވަރަށް ހާސްކަމާކު ގޮނޑިން ފުންމައިގެން ކަހަލަ ގޮތަކަށް ތެދުވެއްޖެއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

yarn

Level 1

Other Articles

Previous

ރާސްތާ 47

Next

ދުވަހަކުވެސް މާފެއް ނެތް – 3

Next
September 26, 2018

ދުވަހަކުވެސް މާފެއް ނެތް – 3

Previews
September 26, 2018

ރާސްތާ 47

4 Comments!

  1. yarn says:
    September 26, 2018 at 11:47 pm

    2 vana episode ge gothuga publish kurevifai vanee olhumakun 5 vana episode. Ekamakahttakai kurihaa kiyuntheringe kibain nihaayathah maafah edhen. Mihaaru vaanee 5 vana episode ge kureege hurihaa episode eh upload koffa. Kiyuntherin thiya bahattavaa shauguveri kamahttakaa varah bodah shukuru dhannavan.

  2. samm says:
    September 27, 2018 at 12:56 pm

    nice vrh mi part vx

  3. 1589 says:
    September 28, 2018 at 11:58 am

    vvv reethi

  4. Whatsoever says:
    October 16, 2018 at 9:04 pm

    1994 vana aharuge vaahakaeh dhww mee..ekam pcx saikaluga ulheny??? Something is not right or i didn’t get it!

Comments are closed.

Next Episodeދުވަހަކުވެސް މާފެއް ނެތް – 3←


All Right Reserved!