Skip to content
އެސްފިޔަ

ޓޫރިޒަމް ޒޯން ކޮބާ؟

ނުރޯދަރިއަކަށް ކިރެއް ނުލިބޭނެއެވެ. އެއީހަމަ ތެދުވާހަކައެކެވެ. މިއޮތީ ދޮންއަނބެއްހެން ޑިމޮކްރަސީ ދޮންވެފައެވެ. ޑިމޮކްރަސީގަ ހުރިހާ ރިހުމަކަށް އޮތް ފަންޑިތައަކީ މުޒާހަރާއެވެ. ނުވަތަ އިހުތިޖާޖުކުރުމެވެ.

ފަށަމާ ހިނގާށެވެ. މީހުން އެއްވެއްޖެއެވެ. ހާދަ ބައިމަދެވެ. މިވީ ކިހިނެއް ހެއްޔެވެ؟ ގޮވިމީހާ ގޮވީ ކީކޭ ބާއެވެ؟ މުޅިން ކަޑައެވެ. ހައެއްކަ ޒުވާނުންނެވެ. ދެންތިބީ މުސްކުޅިިންނެވެ. އަސްތާ ރަނގަޅެވެ. އެއީ ރަށުގައި ތިބި އެއްމެ ރުއްގިނަ މީހުނެވެ. އަޑު ހުންނާނެތާއެވެ.

ބޯޑުތައް އަވަހަށް ބަހާލާށެވެ. ހުދުފޮތިގަނޑުގަ ހަދާފައިން ބެނާ ކުރިއަށް ގެންނާށެވެ. މިއީ ސިޔާސީ ކަމެއްނޫވެ. ބަލަ ތީދެން ކޮންކަމެއްހެއްޔެވެ؟ މިއީ އަހަރަމެންގެވެސް ރަށެވެ.

“ޓޫރިޒަމް ޒޯން ކޮބާ؟ޭ”
ތިގޮވާލެއް މާ މަޑެވެ. ތަންކޮޅެއް ބާރަށް ގޮވާބަލާށެވެ. އޮފީސް ތެރޭ ތިބި ކައުންސިލަރުންނަށް އަޑު އިއްވަން އެބަޖެހެއެވެ. ކަރުން ހަންކެނޑޭ ވަރަށް ގޮވައިގެންނޫނީ ބޮޑު ގޮނޑީގައި އިންނެވި ކައުންސިލަރަކަށް އަޑެއްނީވޭނެއެވެ.

”ޓޫރިޒަމް ޒޯން ކޮބާ؟”
އާނ މިހާރު ތިގޮވަނީ ގޮވަންވާ ވަރަށެވެ. ފިސާރި އަޑު އެބަހުއްޓެވެ.

މިހާރު ކައުންސިލަރުންތައް އެތިބީ ފެންޑާމަތީ ނިކުމެއެވެ. ކަންފަތުގަ ފޯނުތައް ޖަހާގެންނެވެ. ކޮޅުކޮޅުމައްޗަށް ޙަބަރު ދެނީދޯއެވެ؟ ދަތްކޮޅުދިލުވައިގެން އޮފީހު މުވައްޒަފުން އެތިބީ ފެންޑާ ފާރުބުރީގަ އުޅަބޮށި އަޅުވައިގެންނެވެ. ޖޯލީގައި ފޯނާކުޅެން އެއޮތީ ވޮޗަރުކަލޭގެއެވެ. އަހަރެމެން ފޭސްބުކަށް ލަނީކަން ޔަޤީނެވެ. ކޯޓުގަ އުޅޭ މުވައްޒަފުންވެސް ކުޅިބަލަން ބޭރަށް ނިކުމެއްޖެއެވެ. މުޒާހަރާ އިތުރަށް ފޯރިގަދަވެއްޖެއެވެ. ސާބަހޭ، މިހާރު ހީވަނީ ޢީދު ޝޯހެނެވެ. ޕެޕާސުޕުރޭ ކުދިން މިރަށުގައި ނެތްކަން ނަސީބެވެ. އެހެންނޫނީ އޮންނާނީ ބޮނޑި ބޮވިފައެވެ.

އެންމެން އެއްއަޑުން ގޮވާލާށެވެ. “ޓޫރިޒަމް ޒޯން ކޮބާ؟” “ޓޫރިޒަމް ޒޯން ކޮބާ؟”
ތިގޮވަނީ އެކިމީހުން ވަކިވަކިންނެވެ. އެންމެން އެކީ ގޮވާށެވެ. “ޓޫރިޒަމް ޒޯން ކޮބާ؟” ކަލޭ ތިމެގަފޯނު އޮންކޮށްގެން ގޮވާބަލާށެވެ. އަޑުއިވޭނީ އޭރުންނެވެ.

ކައުންސިލު ބަންދުކުރަންވީތޯއެވެ؟ ކޯޓުގައި ބޮޑު ތަޅުއަޅުވަންވީތޯއެވެ؟ މަދަރުސާވެސް ބަންދުކުރަންވީތޯއެވެ؟ މިވަރަކުން މިކަމެއްނުވާނެއެވެ. ހުރިހާ ގެއެއްގެ ފާހާނާވެސް ބަންދުކުރަންވީއެވެ. ގިފިލިތަކާއި ބަދިގެވެސް ބަންދުކުރަންވީއެވެ. ޓޫރިޒަމް ޒޯން މަަަސައްކަތް ފެށީމަ ނޫނީ މުޒާހަރާ ހުއްޓައެއްނުލާނަމެވެ. ކައުންސިލަރުންނަށް ޖެހޭނީ ރައްޔިތުންގެ އަޑުއަހާށެވެ. ކިތަންމެ ދުވަހެއްވިޔަސް އޮފީސްކުރިމަތިން ނުދާނަމެވެ.

ބެނާ އަތުކޮޅަށް ދަމާލައި މައްޗަށްނަގާށެވެ ކައުންސިލަރުންނަށް ފެންނާނީ އޭރުންނެވެ މިބޯޑުގައި ހިފާބަލާށެވެ. މެގަފޯނު ގެންނާށެ! “ޓޫރިޒަމް ޒޯން ކޮބާ؟” “ޓޫރިޒަމް ޒޯން ކޮބާ؟” “ޓޫރިޒަމް ޒޯން ކޮބާ؟”

މިފަހަރު، ބީރުނޫނިއްޔާ އަޑުއިވޭނެއެވެ. އެންމެން ތަންކޮޅެއް އަޑުމަޑުކޮށް ބަލާށެވެ. އިހަށް މެގަފޯނުގެ ސައިރިން ކަނޑާލާށެވެ. ކައުންސިލަރު މިދިމާލަށް އެބަ އާދެއެވެ. އެއްވެސް މީހަކު ޒުވާބުކޮށް ހުތުރުބަހުން ވާހަކަ ދައްކައިގެން ނުވާނެއެވެ. މިހާރު އެއީ އެންމެންގެވެސް ކައުންސިލަރެވެ. އެންމެންވެސް އިޙްތިރާމްކުރަންވާނެއެވެ. އެސޮރު އެހެން ހުއްޓަސް އަނެއްހެން ވަރަށް ރަނގަޅުވާނެއެވެ.

“ހަމަ މިވެގެން އުޅޭގޮތެއް ނޭނގޭހެއްޔޭ.. ކަލޭ ދެލޯކަނުހެއްޔޭ.؟ މިވެގެން އުޅޭގޮތެއް ނުފެނޭހެއްޔޭ..؟ މިކިޔާ އެއްޗެއް ނީވޭހެއްޔޭ.؟ ގޮނޑިލިބުނީމަ ލައްކައެކޭ ހީވީހެއްޔޭ.؟”

އެންމެން މައިތިރިވާށެވެ. އެއީ އަހަރެމެން އެންމެންގެވެސް ކައުންސިލަރެވެ. ޒުވާބު ނުކުރާށެވެ. އެއްޗެތިނުކިޔާށެވެ.

“ކައުންސިލަރު އިސްތިއުފާ”

ތިހެން ނުގޮވާށެވެ. މިހެން ކިޔާއިރުވެސް ތިގޮވަނީއެވެ. މުޒާހަރާ ފަނިކުރާމީހުން ގެޔަށްދާށެވެ. އޯކޭ ހެއްޔެވެ؟ އެންމެން މައިތިރިވާށެވެ. ހަޅޭއްލެވުން ހުއްޓާލާށެވެ. ކަލޭމެން ކިތަންމެ ވަރަކަށް ހަޅޭއް ލެވިޔަސް އެސޮރު އެއްވެސް އެއްޗެއް ނުބުނާނެއެވެ.

އެންމެން ގެޔަށް ދާންވީއެވެ. ދިހަދުވަސްތެެރޭ މަސައްކަތް ފަށަނީއެވެ.

އޭރުވެސް މަ ބުނީމެއްނޫންހެއްޔެވެ؟ މީ މާބޮޑުކަމެއްނޫނެވެ. މިހާރު މުޒާހަރާކުރީމަ ނުވާނެކަމެއް ނޯންނާނެއެވެ. ރައީސްމީހާވެސް ވެރިކަންދޫކޮށް ފިލާނެއެވެ. މިއީ ލައްކަ ވާހަކައެވެ.

 

_____________

 

މިއީ ސިޔާސީ ދުވަސްވަރެކެވެ. ކޮއްމެ ދުވަސްވަރަކާއިވެސް ގުޅޭގޮތުން ވާހަކައެއް ލިޔުމަކީ އަޅުގަނޑުގެ ޓާރގެޓެކެވެ. މިފަހަރު މި އޮތީ ސިޔާސީ ސަމާސާ އަދަބެކެވެ. ސިޔާސީ ގޮތަކަށް ވިސްނުމުގެ ބަދަލުގައި ސަމާސާ އަދަބެއްގެ ގޮތުގައި ވިސްނައިގެން ކިޔާލާށެވެ. ކަމުދާނެކަމަށް އުއްމީދުކުރަމެވެ.

ޒިދާން މުޙައްމަދު / ހަވާސާ، ރ.ވާދޫ

Comments (13)

  1. Aana

    Amazing ingey. Haadha mohley zidhan dhw mihkahala ehcehi liyan… Great….?❤❤❤❤❤❤

    1. Zidhan Mohamed
      Aana

      Alhey thankew aana!

  2. Lotus

    Salhi.. I like samaasaa adhabu a lot

  3. Reader

    Zidhaan kbaa dhigu vaahaka Liyan hiyaalu nukurantha

  4. Hudher

    Maasha allah dear…..v v v v v furihama nd v v v rythi……yeahh dhw aslu vx v v v v v molhu maasha allah….waiting for your new rythi rythi nala nada stry…lug this stry ????????????????????

  5. Hudher

    *nala ??

    1. Hudher
      Hudher

      *luv?

  6. Lol

    hehahahahaahaahehehehaaehaha………….Lol

  7. kala123

    Zidhan! This is an excellent piece,topical and timely. I also loved your previous short feature
    about”mudhdhat jehuh” etc.Congrats! Keep up the good work.Wish you great success as a writer

  8. lol

    zidhaan wish u a great sucess

  9. Nuxu

    Meega samaasaa adhabegge evves asareh ebahuritha???

  10. Kiaraa

    Story feshunyynsure nimendhen full entertaining … Still laughing.. Very beautifully written… Thanks 4 making me laugh … Keep it up

  11. cutie afuar

    salhi

Comments are closed.