ޓެކްސީ ޑުރައިވަރު
? ޖާނާ މާލުން ޤުރުބާންވީމެ ކަލާއެދުމަށް…
ނެތުނީހެ ބޭނުން މިއަދު ތިޔަ ދޫކޮށްލީ…
? ކުރިހާ ވައުދާ ވީހާ ލޯބި އޮޔާލީހޭ..؟
ނެެތުނީހެ ރަހުމެއް މިއަދު ތިޔަ ރޮއްވާލީ…
އިވެމުންދިޔަ ލަވައަށް ގެއްލިފައި އިން އަހަރެން ސިހުނީ ޑުރައިވަރުގެ އަޑަށެވެ. “ބުރޯ.. ހުޅުމާލެ ކިހާ ހިސާބެކޭ ބުނީ؟” ސިނަމާލެ ބުރިޖު ހުރަސްކޮަށް ހުޅުމާލެއާއި އަރާ ހަމަވުމުން ޑުރައިވަރު އެއްސެވެ. “170، އޯކޭވާނެ ހުޅުމާލެ ހޮސްޕިޓަލް އެމާރޖެންސީއާ ދިމާލަށް ކައިރި ކުރީމަ” ހިނިތުންވަމުން އަހަރެން ބުނެލީމެވެ. އެއީ 170 ވަނަ ފުލެޓާ މާކަ ދުރެއް ނޫންތާއެވެ.
އަހަރެމެންގެ މަންޒިލަަށް ވާސިލްވެވިއްޖެއެވެ. “ބޭބޭ.. ކިހާވަރެއް ދޭންވީ؟” ހިނިތުންވެލަމުން އަހަރެން ޑުރައިވަރު ގާތު އެހީމެވެ. “35ރ ގެނޭ” ކިނބުލެއްހެން ހެވިފަ އިނދެ އެ ބޭބެ ޖަވާބުދިނެވެ. “ލާ… ތިރީސްފަހެކޭ؟ ނޫނޭ ބޭބޭ، ސަރުކާރު ރޭޓު ސާޅީހެއްނު ހުޅުމާލެއާ ހިސާބަށް، ގެއަށް ވެއްޖެއާ އިތުރު 25 ނަގާނެ އެއްނު، އެހެންވީމަ އަން އެހެންވީމަ 65 ނަގާ ބޭބޭ” ސަތޭކަ ރުފިޔާ ދެމުން ބުނެލީމެވެ.
އަގު ކަނޑާފައި ބާކީ ދެމުން ޑުރައިވަރު ހީލާފައި ބުނެލިއެވެ. “ރަނގަޅު ކުއްޖެކޭ ދޯ.. ވަރަށް މަދުވާނެ ތިކަހަލަ ކުދިން…” “ނޫނޭ ބޭބޭ… އަގު ވާނީ އަގަކަށްނު، ބޭބެވެސް ކާން ބޯން ކުރާ މަަސައްކަތެއްނު…. ހެހެ… ދަނީ އިނގޭ” ހީލަމުން ކާރުގެ ދޮރުޖަހާލާފައި އަހަރެން ހިނގައި ގަތީ އިބާއާ ބައްދަލު ކުރުމަށް 170ވަނަ ފުލެޓާ އާ ދިމާލަށެވެ.
170 ވަނަ ފުލެޓު ކުރިމަތީ ހުރެ އިބާއަށް ގުޅާ ތިރިއަށް އައުމަށް އެދުނީމެވެ. އިބާއަކީ މަގޭ އެއްމެ ގާތް އަދި ލޯބިވާ އެކުވެރިޔާއެވެ. ދިމާވާ ކޮއްމެ ކަމެއް ހިއްސާ ކުރެވޭ ވަރުގެ ކުއްޖެކެވެ. އަބަދުވެސް އަހަންނަށް ހެޔޮ އެދިގެން ނަސޭހަތް ދޭ އެކުވެރިޔާއެވެ. ހަމަ ލޯބިގަނޑެކެވެ. ހުޅުމާލެ ނާރާ ހަފްތާއެއް ވެއްޖެއާ މިސްވެގެން އުޅޭނެއެވެ.
އިބާ ތިރިއަށް ފޭބުމުން ބުނެލީމެވެ. “އެއްޗާ ހާދަ ފަލައޭ؟” “އައްމާ… ނޯ” ހީލަމުން އިބާ ބުންޏެވެ. އޯކޭ ހިނގާބަލަ ސެންޓްރަލްއަށް..” ވިއްދާފައި އަހަރެން ބުނީމެވެ. “އެޔޯ؟” ހަމަ އެއާއެކު އީބާވެސް ބުންޏެވެ. “ޓޯކެއް އިނީމަ… އަދި މަ އެބެޖަހޭ އާރޓިކަލަކަށް ފީޗާރ އިމޭޖެއް ނަގަން އެތާންގައި” އަހަރެން ޖަވާބުދިނީމެވެ. “ހޯން.. މިސްޓާ ޖާރނަލިސްޓު.. މޭންއެކޭ ތީ…” އެހެން ބުނަމުން އިބާ އަހަންނާއެކު ހިނގައިގަތެވެ.
ސެންޓްރަލް ޕާކަށް އާދެވިއްޖެއެވެ. ފުރަތަމަ އުޅުނީ އާރޓިކަލްއަށް ފޮޓޯއެއް ނެގޭތޯއެވެ. އެއީ ކުޑަކުދިންނާ ގުޅޭ އާރޓިކަލެއް ކަމުން އެތާ ކުޅެން އުޅުނު ކުޑަ ގުރޫޕެއްގެ ފޮޓޯއެއް ނެގުމަށްފަހު، އަހަރެން އިބާގެ ފޮޓޯއެއްވެސް ނަގާލަން ބޭނުންވިއެވެ.
އެހެން ބުނުމުން އޭނވެސް ބޭނުންވިއެވެ. އަދި ވަރަށް ވެލާފަ ފޮޓޯއަށް ހުއްޓުނެވެ. ހައެއްކަ ފޮޓޯ އެހުރިގޮތަށް ނެގިތަނުން އިބާ ބުނެފިއެވެ. “އޭ.. ކަލޯ ނުނެގޭ؟ ހާދަ އިރެކޭ؟” “ނޫނޭ… ފޯކަސްނުވެގެން.. ލޮލްސް..” އަހަރެން ބުނީމެވެ. “އަނގައޭ ކިޔާބަލަ.. އޭއް ދައްކާލަބަލަ.. މަ ބަލާލަން ވެއްޖެ” އިބާ އެހެން ބުނުމުން، އިބާއަށް ކެމެރާދީފީމެވެ.
އޭރު ތީބީ ބެންޗެއްގައި އިށީނދެގެނެވެ. “ސަޅި.. ވައިބާ ކުރާތި… އޭއް ކޮން ވާހަކައެއް ދައްކަން އުޅުނީ ދެން ކިޔާބަލަ؟” ކެމެރާ ދެމުން އިބާ ބުނެލިއެވެ.
އަހަރެން ފެށީ ބުރިޖުގެ ސަޅި ވާހަކައިންނެވެ. ދެން ޓެކްސީގެ ވާހަކައެވެ. “އޭ ބުރޯ… ވަރަށް ރަނގަޅު. އެމީހާ ރަނގަޅު ކަމުން އަސްލު 35ރ އޭ ބުނީ.. އެހެން މީހެއް ނަމަ، އެމީހާއަށް ނުވިސްނާާލާ އަމިއްލަ ފައިދާ އިސްކުރާނީ.. ތިއީ ވިސްނޭ މީހެއް. ވަރަަށް އުފާވެއްޖެ.” އިބާ ހީލަމުން ބުންޏެވެ.
ތެދެކެވެ. އަހަރެމެންގެ ތެރޭން ގިނަމީހުން ވިސްނަނީ އަމިއްލަ ފައިދާއަށެވެ. އެހެން މީހަކާ ދޭތެރޭ ވިސްނާލާނެ މީހަކު ވަަރަށް މަދެވެ. މިއީ މިއަދު މި މުޖުތަމަޢުގެ ހާލަތެވެ. އެއީ ޓެކްސީ ދުއްވާމީހެކެވެ. ނުވަތަ ޓެކްސީ ޑުރައިވަރެކެވެ. އެއީވެސް ބަޔަކު ކާންބޯން ކުރާ މަސައްކަތެވެ. ވިސްނާލާށެވެ. އިބުރަތެއް ހާސިލްވާނެއެވެ.
-ނިމުނީ-
30 Comments!
Comments are closed.






Not bad..
Thanks! ❤
Masha Allah.abadhuves zidhan ge vaahakathaah kiyan ekam adhikiriyaa mi comment eh kohlee.zidhan ge hurihaa vaakaehves varah reethi.
Aslu hama thedhu vaahaka eh. I like it.
Dhw. Thanks! ?❤
Masha allah….. Nice
Thanks ?❤
Ali Nihaal
song ge dhevana sentence e iny dhogun aslu ethaa innaany “nethuneehey rahumeh thi hithugaa kuda koh ves”
Olryt bro! ?✌
Hajja Abdul Latheef ???
???
Mee iba ge loabyge asaru gadha vahaka ehnu…taxi kiyan vy kyve. Bridge ky namavs gulheyne?♀️
Oh noa ?❤
Woooow……nyc stry dear….maasha allah..????
Thanks! ❤
nyc stry!!! this is a true dhw…
Thanks ❤
vv nice… gud job zidhaan.. u r the bst???
Thanks ❤
Hey naash sis…..haadha dhuvas kollaafa thi comment eh thi dhiny..????pls rpl
nop dhonthii ge stry balaaba sisiii
Aan Hama ehaa ehaa eh noon thi kalo
Thankyou comment kollaafa buneleema. Will try my best to improve! ?
Zidhaan liyefa huri vaahaka thakuge therein enme kamudhiya vaahaka mee… Ehenyaa Zidhaan liyaa vaahakathah hama huthuru mi vaahaka reethi…
Thanks man! ☺
wowowo….this is boootiful..
wow!lam kitame lahun kiyas v.reethi .mashaa allah..
Nice story??
Trueeee ????