Skip to content
އެސްފިޔަ

ހިނިތުން ވެލާށޭ ކަލާ 1

މެންދަމު ބާރަޖެހީއެވެ. މެދު އުޑުގައި ރަނިކަން ކުރަމުން ދިޔަ ރާނީ މުޅި ފަޒާ އަލިކޮށްދެމުން ދިޔައެވެ. މުޅި މާލެ އެކީހެން ނިދާފައި އޮތަސް ލުވެއިޒުގެ ލޮލަކަށް ނިންޖެއް ނައެވެ. އަރާމު ކަނޑެއްގައި ހުވަފެންތަކު ތެރޭގައި އެހެން އެންމެން ފަތަމުން ދިޔައެވެ. ނަމަވެސް ފުން ކަނޑުގެ ބާނި ތަކުގެ ތޭރޭގައި ޒުވައިޒުގެ ހިތް ފަތަން ނޭނގޭ ހާލު ތުރުތުރު އަޅަނީއެވެ. ހުއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔަ ލުވެއިޒްގެ ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ.

ހިތަށް ހަމަޖެހުމެއް ލިބޭތޯ ބެލްކަންޏަށް ނިކުމެލިއެވެ. އޭނާގެ ހަށިގަނޑުގައި ހުރަހެއް ނެތި ފިނި ރޯޅިތަށް ބީހުނެއް ކަމަކު ހަމަޖެހުމެއް ހަމަ ހިލާ ހިތަކަށް ނުލިބުނެވެ. ޒަޙަމް ވެފައިވާ ހިތުގެ ލަކުނުތަށް ފޮހެލަދޭނެ ފަރުވާއެއް ނެތެވެ.

އަތުގައި އޮތް ގިޓަލާއެކު ބެލްކަނީގައި ހުރި އެއް ސީޓުގެ ސޯފާގައި އޭނާ އިށީނދެލިއެވެ. ގިޓަލުގެ ނަރުތަކާ ކުޅެވެން ފެށުމާއެކު އޭނާގެ ތުންފަތްވެސް ހަރަކާތްކުރިއެވެ. ހިތުގެ އުދާސްތަށް ބޭރުކޮށްލީ އަޑު އަހާނެ މީހެއް ނެތަސް ހެޔޮ ކަމަށް ބަލާފައެވެ.

ދުރުގައިވިޔަސްް މި ދުޢާ އަކީ

އަބަދަށް އެދޭ ހެޔޮ އެދުމަކީ

ހިނިތުންވެލާށޭ ކަލާ..

އޭނާގެ ލޮލުން ވެއްޓުނު ކަރުނަތިކި ބީހިލީ ގިޓަލުގައި ޖަހާފައި އިން ނަމުގައެވެ. “އާނާ..” ބޮޑުވައި އިނގިލިން އެ ނަން މަތީގައި ލުވެއިޒް ފިރުމާލިއެވެ. ނޭފަތް ދަމާލަމުން އޭނާ އިސްއުފުލާލިއެވެ. ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ އޭނާ ހުރި ޢިމާރާތުގެ ކުރިމަތީގައި ހުރި ބިސްކުލައިގެ ޢިމާރާތުގެ ދިހަ ވަނަ ބުރީގައި ހުރި އަންހެން ކުއްޖާއެވެ. ފުރަގަސް ދީގެން ހުރިއިރު ފަން އަދި އެހާމެ ދިގު އިސްތަށިގަނޑު ލުވެއިޒް ހިތް މޮޔަކޮށްލިއެވެ. އެ އަންހެން ކުއްޖާ ލައިގެން ހުރި ގަޔަށް ބާރު ޓީޝާރޓާއި ސޯޓުގެ ސަބަބުން އެ ރީތި ބައްޓަން ހާމާވެއެވެ.

ސޯފާގައި ގިޓާ ބައްވާލަމުން ލުވެއިޒް ތެދުވިއެވެ. ބެލްކަނީގެ ރެއިލިންގައި އަތް އަޅުވާލިއެވެ. އެ އަންހެން ކުއްޖާ އޭނާއާ ވީ ފަޅިއަށް އެނބުރިލިއެވެ. ނަމަވެސް އެކުއްޖާފުޅު އޮތީ ގުދަށެވެ. މޫނުމައްޗަށް އިސްތަށިގަނޑު ވައްޓާލައިގެން ތުވާލިން ބޯ ހިއްކަނީއެވެ. އިސްތަށިގަނޑުން ފެންފޮޅާލަމުން އޭނާ ހަށިގަނޑު ސީދާ ކޮށްލި މަންޒަރު ބަލަން ލުވެއިޒް ހުރީ އާޝޯޙްވެފައެވެ. އެވަގުތު ވެގެން ދިޔައީ އޭނާގެ މޫނުވެސް ލުވެއިޒްއަށް ކަޝްފް ވީ ވަގުތަށެވެ.

ހިތުގެ އުދާސްތަކާ ޝަކުވާތަށް އެކީހެން ފިލައިގެން ދިޔަ ކަހަލައެވެ. އުންމީދުގެ ހުޅުކޮޅު އޭނާގެ ހިތުގައި ރޯވިއެވެ. ފުރަތަމަ ނަޒަރުންވެސް އޭނާގެ ހިތުގައި އެ އަންހެން ކުއްޖާގެ ސޫރަ ކުރެހުނެވެ. ހިނިތުންވެފައި ހުރެވުނެވެ. އެކުއްޖާއަށް ބަލަހައްޓައިގެންނެވެ. މަސްތުގައި ޖެހިފައި ހުރި ލުވެއިޒްގެ ހިތް އިތުރަށް އެ އަންހެން ކުއްޖާއަށް އެދެންފެށީ އޭނާވެސް ލުވެއިޒަށް ބަލާލާފައި ހިނިތުންވެލުމުންނެވެ.

“ދަރިފުޅާ ޔަލްވީ އަދިވެސް ނުނިދަނީތަ..” ލުވެއިޒަށް ގެއްލިފައި ހުރި ޔަލްވީ ސިއްސައިގެން ދިޔައީ އޭނާގެ ފަހަތުން މަންމަ ގޮވާލުމުންނެވެ. “އޭނ..ނޫން މިއައީ ފެންވަރައިގެން..މިހާރު މިދަނީ ނިދަން..” އަޅައިގަންނަމުން ޔަލްވީ ބުނެލިއެވެ. މަންމައާއެކު ކޮޓަރިތެރެއަށް ވަންނަން އޭނާ ހިނގައިގަތެވެ. އަދި ބެލްކަންޏަށް ނިކުމެވޭ ގޮތަށް އިން ދޮރު ތަޅު ލަމުން ފަހު ފަހަރަށް ލުވެއިޒަށް އޭނާ ބަލާލިއެވެ.

ޔަލްވީ އޭނާގެ މަންމައާ ދެއްކި ވާހަކަތަށް ވަރަށް ސާފުކޮށް ލުވެއިޒަށް އިވުނެވެ. މާހައުލުގެ ހިމޭންކަމުގެ ސަބަބުންނެވެ. “ޔަލްވީ..” އޭނާ މަޑުމަޑުން ކިޔާލިއެވެ. “ދެން އާނާ ޔޯ..” ދެވަނަ ސިކުންތުގައި އާނާގެ ހިޔާލުތަށް އޭނާގެ ސިކުނޑިއަށް އުނދަގޫކޮށްލިއެވެ. ބޭޭޢިޙްތިޔާރުގައި ނަމަވެސް އާނާގެ ހިޔާލުތަށް އެހެން ފަހަރުތަކާ ހިލާފަށް ލުވެއިޒްގެ ސިކުނޑިން އެއްފަރާތް ކޮށްލިއެވެ. އޭގެ ބަދަލުގައި ޔަލްވީގެ ރީތި ހިނިތުންވުން ސިފަކޮށްލެވުނެވެ.

****************************************

ކުޑަކުދިން ބާއްވާ އެނދު ކައިރީގައި ހުއްޓިލަމުން އެނދުގައި އޮތް ތުއްތު ކުއްޖާއަށް އާނާ ބަލާލިއެވެ. ހުދު ކުލައިގެ ރަޖާގަނޑު އެ މައުސޫމް އޭނާގެ ލޮލުގެ ނޫރު ކަމުގައިވާ ދަރިފުޅު ގައިގައި ފަތުރާލިއެވެ. ނިދީގައި އޮވެ އޭނާ ކުރަމުން ދިޔަ ކުދި ކުދި ކޮންމެ ހަރަކާތެއްވެސް އާނާގެ ހިތަށް ހަމަޖެހުން ގެނެސް ދެމުން ދިޔައެވެ. އެ މޫނުކޮޅު ފެންނަ ކޮންމެ ފަހަރަކު ހަނދާން ކުރަން ބޭނުންނުވާ އެތަށް ކަމެއް ހިތަށް ގެނެވެއެވެ. ފަހަތުން މީހަކު ކޮނޑުގައި އަތް ބާއްވާލުމުން އާނާ ފަހަތް ބަލާލިއެވެ.

“މާދަން އެ ސޮރަށް ހަތް ދުވަސް ފުރެއެއްނު..ކިޔާނެ ނަމެއް ވިސްނައިފިންތަ..” އޯގާތެރިކަމާއެކު އާނާގެ މަންމަ ސާމިރާ އެއްސެވެ. މަންމައަށް ދެވިފައިވާ ނަޒަރު އަނެއްކާވެސް ތުއްތު ދަރިފުޅަށް އާނާ ބަދަލުކޮށްލިއެވެ. “ލާވިން މުހައްމަދު ލުވެއިޒް..” ލުވެއިޒްގެ ހަނދާންތަށް ހިތުގައި ފުރިފައިވާ ހާލު އާނާގެ ލޮލަށް ކަރުނަ ބޮނޑިވެލިއެވެ. ދަރިފުޅުގެ ހާލު ރަނގަޅަށް އެނގި ހުރެ ސާމިރާވެސް އޭނާއަށް ކުރެވޭނެ ކަމެއް ނެތުމުން ހިތާމަކުރިއެވެ. “ދެން އުޅޭ ނިދަން..” އާނާގެ ކޮނޑުގައި ޖަހާލަމުން ކޮޓަރިން ނިކުންނަން ސާމިރާ މިސްރާބުޖެހިއެވެ.

ނަމަވެސް ތުއްތު ލާވިންއަށް ގެއްލިފައި އާނާއަށް ހުރެވުނީއެވެ. މާޒީގެ ފުންކަނޑަކަށް ގެނބުނީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ…

(ނުނިމޭ)

ނޯޓު؛ މިއީ މިސައިޓަށް އަޅުގަނޑު ލިޔާ ފުރަތަމަ ވާހަކައެވެ. ކޮންމެ ކިޔުންތެރިއެއްވެސް ވާހަކަޔާ މެދު ދެކޭ ގޮތަ ކޮމެންޓް ކޮށްލަދިނުމަކީ އަޅުގަނޑަށް ލިބޭނޭ ވަރަށް ބޮޑު ކުރިއެރުމެކެވެ.

Comments (31)

  1. Future Mr's Mendes

    Ooooohhhh…..vrh vrh reethi vaanehen Heevey?next part when❤❤❤

    1. luw
      Future Mr's Mendes

      mendes ge faneh tha ??????? Btw awwwwwh thank you soo much mr’s mendes ❤❤❤❤ Next prt Monday ga ?????

  2. samm

    woww vrh rythi, mi part when next???

    1. luw
      samm

      Thank youuuuu sammn sissy ?❤❤❤❤❤ Next prt mon deyyy grr ???

  3. luw

    Assalam alaikum friends ❤❤❤❤ I’m so exited cux this is the first time writing a story to this site ??? and vrh gina readers ge support libeyne kamah ummedhukuran ??????????first story veema I know baivaru mistakes hunnane so it would be very helpful it you all let me know e mistakes thah ???? actually something of my friends say sifa kurumuge bai improve kohlan jehey vaahaka..???????so I’m trying on that ?????n what do you you guys think bout my sifakurun? ?? ??????Stry kiyaalaafa comment kohlachey lovez ??????? every new part dhedhuvahun ehdhuvahu which means the second part Monday ❤❤❤❤❤❤❤❤❤ have a nice day ???

  4. Saeedha Mohamed

    Hama gaimu ves vaahaka vv reethi ❤??❤ kuriah vadanvaa!!

    1. luw
      Saeedha Mohamed

      Aww shukuriyya sis ❤❤❤??? thanks and it means a lot ??????????

  5. Hudher

    Hiii….dear v v v rythi…..maasha allah…????

    1. luw
      Hudher

      Hey hudher love ❤❤❤❤ Thank you so much for the loabi comment ??? ???

  6. Tushaa

    Not nice ?? i really don’t like this story ??

    1. luw
      Tushaa

      Awwwww so sweet of you ????? any way’s thikahea comments thakun assu writer ah thi dheveny kuri erumah ithuru hihvareh ☺☺☺

  7. Lotus

    Nice starting.. best of luck dear ?

    1. luw
      Lotus

      Awh thank you so much lotus dear ????❤❤❤????

  8. Sm

    Why is that prsn in the covr pic so familiar

    1. luw
      Sm

      Yh why dho??? I thinking the answer is Z kanneyge ???

    2. Z
      Sm

      That’s jungkook from bts. (the boy).. Girl I dunno

  9. Maya

    Nice.. Keep it up ?????MashaAllah.. May Allah protect ur talent from the evil eyes ?????????????

    1. naash
      Maya

      hey maayathuuuuuuuu??????????

    2. luw
      Maya

      Thanks a lot maya loabs ❤❤❤❤ ameen ??? may Allah accept ur prayers sis ????????

  10. naash

    nice starting.. maasha allah.. bst of luck dear??????

    1. luw
      naash

      Thank youuuuu so much naash dear ❤❤❤❤❤means a lot ??????

  11. Twinkle?

    V rythi vaanehn hyvey masha allah… keep it up

    1. luw
      Twinkle?

      Thank you very much twinkle star (don’t mind pls)❤❤❤❤????? majaa kohlee ???

  12. Snowflake ❄

    ALHEYYY JUNGKOOK

    1. luw
      Snowflake ❄

      Ayee dhwww ??❤❤

  13. Reader..

    Feshun v rythi….n cover pic ves……bt anaa aky aky alathu loabi veriya ….dhn….yalvy dheke loabi vevuny ma……kuda Koh confused……dhn next prt ah inthixaaru mi kurany…engidhaane tha….vaa gotheh….

    1. luw
      Reader..

      Thank you so very much ❤❤❤❤ vrh loabi comment eh ingey ?????? yh first prt veema kanneyge ekamu dhen huri parts than kiyaaleema getu vaane ?????? ehaa olhun bolhumeh nuvaane hopefully ????????????

  14. Reet

    Vaahaka genesdhy gavaaedhun up kohdiniya rangalhu

  15. Aegi Gom ?

    Wow vaahakaige feshun varah varah reethi..heevany kuriah oih part adhi maa reethivaanehen..waiting for the bext part ?

  16. lam

    vvv lwbi hope next part vex reythivaane kamah n best of luck dear

  17. kookie

    Jungkook….
    vrh nice vane hn hyvany
    waiting for next part
    but sifa kurun improve kohlyma reethi vaane

Comments are closed.