Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކައެހެނިހެން

އެކުވެރިޔާ

rainy Level 1
September 13, 2018 5 Mins Read
15 Comments

“ވިލާ ދައުރުކުރާފަދައިން އިންސާނާގެ ހަޔާތަކީވެސް ވަރަށް އަވަހަށް ބަދަލުވާ އެއްޗެކެވެ. ތަޤްދީރަކީ ލިޔެވި ތައްޔާރުކުރެވިފައިވާ އެއްޗެކެވެ. ތިމާގެ އާއިލާ މީހުންނާއި، ހަޔާތުގެ ބައިވެރިންނާއި އެކުވެރިންނަކީވެސް ހަމަ ތަޤްދީރުގައި ލިޔެވި ހަމަޖެހިފައިވާ ކަންކަމެވެ. މި ދުނިޔޭގައި ވާހާއެއްޗަކީ ދޫކޮށް ދާނެ އެއްޗެއްސެވެ. ފުރާނައާއި ތިމާގެ ހިޔަނިވެސް ތިމާ ދޫކޮށްފައިދާނެއެވެ.”

ދުވަސް ފެށިގެން ދިޔައީ ވަރަށްވެސް އުޖާލާކޮށެވެ. މަންމަގެ ލޮބުވެތި އަޑުން ފެށުނު އުފާވެރި ދުވަސް ނިންމާލީ އެކުވެރިޔާއެވެ. 13 އަހަރުގެ އެކުވެރިޔާއެވެ.

“އަލްޔާ، އަލްޔާ، ނުހޭލާނަންތަ؟ ރިޔާސާ އަންނަންއުޅޭނެ މިހާރު. ގަޑިން 9.30 ވަނީ” އަހަރެންގެ ކޮޓަރިއަށް ވަދެ އެނދުކައިރީ ވެރިފައިހުރި ހެދުންތައް ނަގަމުން މަންމަ ގޮވާލިއެވެ.

މަންމަގެ އަޑު އިވުމުން އެނދުމަތީއޮވެ އަހަރެން މޯޅިއަކަށް ދެމިލީމެވެ. އެނދާ ދިމާގައި ހުރި ކުޑަދޮރުން އެޅިފައިވާ އަލިން މި ކޮޓަރިތެރެވަނީ އަލިކޮށްލާފައެވެ. ފާރުގައި ލާފައިވާ މަޑު ދަނބު ކުލައަށް އަލި އެޅުމުން ހީވަނީ ‘އޮފް’ އަރުވާފައިހުރި ފާރެއް ހެންނެވެ. ހެނދުނުގެ ކޮވެލި ގޮވާއަޑު ފަނޑުގޮތަކަށް އިވެމުން ދެއެވެ.

ދިގުހެދުމުގައި ހުރި އަހަރެންގެ މަންމަ ދާހެދުންތައް ހިފައިގެން ކޮޓަރިން ނިކުމެއްޖެއެވެ. މަންމަގެ ލޯބި އަޑުން ގޮވާލާއިރު އިތުރު މިނެޓަކަށް ވެސް ނިދާކަށް ނޯވެވޭނެއެވެ. އުފަލުން ހުރެ އަހަރެން އެނދުން ތެދުވެ ގައިދަމާލުމަށްފަހު ތުވާލި ހިފައިގެން އަވަހަށް ފާހާނާއަށް ވަނީމެވެ. ހަމައެކަނި މަންމަ ގޮވާލީމައެއް ނޫނެވެ. މިއަދަކީ ވަރަށްވެސް ޙާއްސަ ދުވަހެކެވެ. އެއާރޕޯޓަށް ދިއުމަށް ހަމަޖެހިފައި އޮތްދުވަހެވެ.

ފާހާނާޔަށްވަދެ އަހަރެން ފުރަތަމަވެސް އިސްތަށިގަނޑު ވަކިން ދޮވެލީމެވެ. ހެނދުނުގެ ފިނީގައި ފެންވެރުމަކީ އަހަރެން ވަރަށް ފޫހިވާކަމެކެ. ގަޑިން ހެނދުނު 9.30 ވެއްޖެއެވެ. ބޮލުގައި ޝޭމްޕޫ ލައިނިމިގެން ގަޔަށް ފެންކޮޅެއް އަޅުމަށްފަހު އަހަރެން ފެންވަރައިލުން ނިންމާލީމެވެ. ފާހާނާއިން ނިކުމެފައި ފުރަތަމަވެސް ހޯދީ އޭ.ސީ ރިމޯރޓެވެ. ފިނި ގަދަކަމުން ކޮޓަރިތެރެ ހީވަނީ ގަނޑުކުރާ އައިސަލިމާރީއެންހެންނެވެ.

އެނދުމަތީ ރޫޖެހިފައިއޮތް ބޯ މުށިކުލައިގެ ފޮތިގަނޑު ނަގައި ޖެހިގެންހުރި ގޮނޑި މައްޗަށް އެއްލާލީމެވެ. އަދި އެނދުމަތީ ހުރި ބާލީސްތައް ނަގަމުން އޭ.ސީ ރިމޯރޓު ހޯދައިފީމެވެ. އެނދާއި ގޮދަޑީގެ ދެމެދަށް ވެއްޓިފައި އޮތް އޭސީ ރިމޯރޓު ނަގާފައި އޭސީ ނިއްވާލީމެވެ. ގައި ހިއްކާލުމަށްފަހު އިސްތިރި ކޮށްފައިވާ ހުދުކުލައިގެ އަތްކުރު ޓީ.ޝާރޓެއް އަލިމާރީގައި އަޅުވާފައިވާ ކޮނޑަކުން ނެގީމެވެ. އޭގައި ބޮޑު އަކުރުން އެކިކުލައިން އިނގިރޭސިން ‘ނިއުޔޯކް’ ލިއެފައި އޮތެވެ. އެ ޓީޝާރޓް އެނދުމަތީގައި ރީތިކޮށް ބާއްވާލުމަށްފަހު ނެގީ މަޑު ނޫކުލައިގެ ޖީންސް އެކެވެ.

އެނދުމަތީ ބޭއްވިފައިވާ ހުދުކުލައިގެ ޓީޝާރޓާއެކު ޖީންސް ބާއްވާލުމަށްފަހު އަހަރެން ގަޔަށް މަހާލީ ރަތްކުލައިގެ ދިގު ހަރުވާޅަކާއި އަތްދިގު ފިޔާތޮށިކުލައިގެ ގަޔަށްދޫ ޓީޝާރޓެކެވެ. ރޭ ދަންވަރު ރިޔާސާއާ ފޯނުން ވާހަކަ ދައްކަން އޮވެފައި އަހަންނަށް ނިދުނީ ވަރަށް ދަންވިފަހުންނެވެ. އެހެންކަމުން ފަތިސް ނަމާދަކަށް ނުހޭލެވުނެވެ. އަވަހަށް ވުޟޫކޮށްލައިގެން ނިކުމެ ފަތިސް ނަމާދަށް އަރާލީމެވެ. ނަމާދުކޮށް ނިންމާލުމަށްފަހު އިސްތަށިގަނޑުގައި ތުވާލި އޮޅާލަމުން ސިޓިންގްރޫމަށް ނިކުމެލީމެވެ.

“ދަރިފުޅާ އާދޭ ސައިތައްޓެއް ބޯލަން.” ފެން ހިއްކުމަށް ބޮލުގައި އޮޅާލާފައިވާ ތުވާލި މޮހާލަމުން ސިޓިންގްރޫމަށް ވަތްތަނާ މަންމަ ގޮވާލިއެވެ. ދުވި މީރު ވަސްތަކަުން ބަދިގެއަށް ވަދެވުނީ ބޭއިޙްތިޔާރުގައެވެ.

މޭޒުމަތީ އެކިވައްތަރުގެ ކެއުން ތައްޔާރުކޮށްފައި ހުއްޓެވެ. ކުޑަ ވަށިގަނޑެއްތެރޭ ދޮންވެފައިވާ ކެޔޮގަނޑަކާއި، ތިން  އޮރެންޖާއި، ދެ ރަތްއާފަލު އޮތެވެ. އަދި ކައިރީ ހުރި ތަށްޓެއްގައި ކުޑަ ޗޮކުލެޓު ދެ ކޭކުފޮއްޗާއި ދެ ޕުޑިން ފޮތި ހުއްޓެވެ. ހީވަނީ މީހަކު ދަހިކުރަން ސުފުރާމަތި ތައްޔާރުކޮށްފައި ހުރިހެންނެވެ.

ހޫނުކޮށް ޔޭޔޭ ކޮފީތަށްޓެއް ގިރާލައިގެން ކާމޭޒު ދޮށުގައި ޖައްސާލިވަގުތެވެ. މަންމަ ބަދިގެއަށްވަދެ ކުޑަ ތަށްޓަކަށް ކުޅި ބޯކިބަލަކާއި މަސްރޮއްޓެއްލިއެވެެ. އަދި އަހަންނާއި ތަށި ކައިރިކޮށްލަމުން ބުންޏެވެ. “ހާދަ ލަހަކުން ތިޔަ ތައްޔާރުވަނީ؟ ރިޔާސާ ކޮބައިތޯ ބެލިންތަ؟ އެއޮތް ގަޑިން 10.30ވެ ބޮޑުވީވިއްޔާ”

“އެ އޯކޭވާނެ. ރިޔާސާ ބަލާ ދެވުނީމަ ރަނގަޅުވާނެ.” ކުރިމަތީހުރި ތަށީގައި އޮތް މަސްރޮށި ނަގަމުން އަހަރެން ޖަވާބުދިނީމެވެ. ވަރަށް ހަމަޖެހިލައިގެން އިނދެ ލަސްލަހުން ކޮފީތަށި ހުސްކޮށްލައިގެން ކާމޭޒު ދޮށުން ތެދުވީމެވެ. ކޮޓަރިއަށް ދާން އުޅެފައި އެނބުރި ބަދިގެއަށް ވަދެ ކޭކުފޮއްޗެއް ނަގައިގެން ހިނގައިގަތީމެވެ. ކުއްލިއަކަށް ހުއްޓުންއެރީ ދޮރުގެ ރަނގަބީލުގެ އަޑު އިވިފައެވެ.

“މަންމާ! ކާކު މިގަޑީ ހެނދުނު އަންނާނީ؟” ދޮރު ހުޅުވަން ދަމުން މަންމައަށް ގޮވާފައި ވަރަށް ބާރަށް އަހަރެން އަހާލިމެވެ. ދޮރު ހުޅުވުމާއެކު “ސަޕްރައީސް” އޭ ކިޔާފައި ދޮރުކުރިމަތީހުރި ކުއްޖާ އަހަރެންގެ ގައިގައި ބައްދާލިއެވެ. އަހަރެންހުރީ ވާނުވާ ނޭނގިފައެވެ. ކޭކުފޮތި ހިފައިގެން އަހަރެންހުރީ އެކުއްޖާ ގައިގައި ބައްދާވެސް ނުލެވިފައެވެ.

އަހަރެން ގަޔާއި ދުރުކޮށްލާފައި އަތުގައި އޮތް ކޭކުފޮތި ނަގައި ކާލަމުން ރިޔާސާ ބުންޏެވެ. “ސަޕްރާސް. އައި އޭމް ބެކް”ވީއުފަލަކުން އަހަރެންހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އަހަރެންގެ ކޮނޑުމަތިން މަންމަ ބޯ ދިއްކޮށްލިއެވެ.

“ކޮބާ، ރިޔާސާ އާދެވިއްޖެދޯ. އަލްޔާ އަދިވެސް ރީތިނުވެ އެހުރީ.” އެހެން ބުނެފައި ރިޔާސާ ގެނެސްފައި ހުރި އަތްދަބަސްތައް ހިފައިގެން މަންމަ ގޭތެރެއަށް ވަދެއްޖެއެވެ. ކަރުތެރޭ ތާށިވެފައިހުރި އަޑު ނިކުތީ ދެނެވެ. “ކޮންއިރަކު އައީ؟ ހާދަ އަވަހަށް؟ ނުވެސް ބުނަމެންނު؟” ކުރަން ބޭނުުންވި ހުރިހާ ސުވާލުތަކެއް ފައްޗަކަށް އަމުނާލީމެވެ.

“ތި ދޭބަލަ ރީތި ހެދުމެއްލައިގެން ރީތިވާން. ގަޑިން 11.30 ވަނީ ވިއްޔާ” ގޭތެރެއަށް ވަންނަމުން ރިޔާސާ ބުންޏެވެ. އަހަރުން ދެމީހުން ގޮސްވަނީ އަހަރެންގެ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަދެވުމާއެކު އެންމެ ފުރަތަމަވެސް ރިޔާސާގެ އަމާޒު ދިޔައީ އޭ.ސީ ރިމޯރޓަށެވެ. އޭ.ސީ 18އަށް ލުމަށް ފަހު އަހަރެންގެ އެނދު މައްޗަށް ފުންމައިގެން ވެއްޓުނެވެ. އަދި ފުން ނޭވާއެއް ބޭރުކޮށްލަމުން ބުންޏެވެ. “ހާދަ މަޑު މަޑު އެނދެކޭ.. ސޯ ކޮމްފީ.”

ރިޔާސާ ލައިގެން ހުރީ ކަޅު ކުލައިގެ އަތް ކުރު ޓީ.ޝާރޓެކެވެ. އޭގައި ބޮޑު އަކުރުން އެކި ކުލައިން ‘ނިއުޔޯރކް’ ލިޔެފައި އިނެވެ. އެ ޓީ.ޝާރޓަކީ ރިޔާސާ ކުޑައިރު ނިއުޔޯކަށް ދިޔަ ދަތުރެއްގައި ގެނައި ދެ ޓި.ޝާރޓެވެ. އަހަންނަށް ހުދު އަދި ރިޔާސާއަށް ކަޅުކުލައިގެ ޓީ.ޝާރޓެކެވެ. ގެނެއީ ‘މީޑިއަމް’ ސައިޒެވެ. 3 އަހަރަށްފަހު 13 އަހަރުގެ ދެ އެކުވެރިން ދިމާވި ދުވަހު ލުމަށް ހަމަޖައްސާފައޮތީ މި ޓީ.ޝާރޓެވެ. އެއީ ރިޔާސާގެ ‘އައިޑިއާރ’ އެކެވެ.

“މަގޭ ހެދުުންތައް މަތީގަ ތިއޮތީ. ތެދުވޭ.” އަހަރެން އިސްތިރި ކޮށްފައިހުރި ހެދުންތައް ރިޔާސާ ބުރަކަށި ދަށުން ނެގުމަށް އޭނާގާތު ތެދުވުމަށް ބުނީމެވެ. އަދި ފަހާނާއަށްވަދެ ހެދުން ބަދަލުކޮށްލައިގެން ނިކުތީމެވެ. އެއިރު އަހަރެންގެ ކޮޓަރި އޮތީ ވަރަށް ރީތި ކޮށްލާފައެވެ. ރިޔާސާއަކީ މުރާލި ކުއްޖެކެވެ. އަހަންނާއި ޚިލާފަށް ރިޔާސާގެ ގޭގެ ހުރިހާ މަސައްކަތެއްވެސް ކުރާނީ އޭނަ އެކަންޏެވެ. އިސްތަށިގަނޑު ނިއުޅުވާލަމުން އެނދުމަތީ އަހަރެން ޖައްސާލީމެވެ.

“ކޮންތާކަށް ދާންއޮތީ މިއަދު؟ އެނީ ޕްލޭންސް؟” އެނދުމަތީ ބާއަވާފައިއޮތް ރިޔާސާގެ ފޯނު ނަގަމުން އަހަރެން އަހާލީމެވެ. އަވަގުތު ރިޔާސާ ފޫހިގޮތަކަށް އެނދުމައްޗައް ވެއްޓި ފުރޮޅެން ފެށިއެވެ. އަހަރެންގެ ގާތަށްއައީ ނުލަފާ ހިންޏެކެވެ. ރިޔާސާ އަކީ ސަކަމިޖާޒެއްގެ ކުއްޖެކެވެ. ކިތަންމެ ގިނައިން ދަތުރު ކުރިޔަސް ފޮނިކުއްޖެއްނޫނެވެ. އެންމެނާވެސް ގުޅޭ އެކުވެރިއެކެވެ. “ހިނގާ ބޭރަށްދާން. މިއަދަށް އެއްކޮށް. އަހަރެން ދެ ދުވަސް ފަހުން އަނެއްކާވެސް ފުރަން.” ކުއްލިއަކަށް ތެދުވެ އެނދުމަތީ އިށީންނަމުން ރިޔާސާ ވާހަކަދެއްކިއެވެ.

“އެންމެ ރަނގަޅު. ހިނގާ ދަމާ” މިހެން ބުނެފައި އެނދުން ތެދުވެ މޫނުމަތީ ކުޑަކޮށް ފުށްކޮޅެއް ޖަހާލައިގެން ކޮޓަރިން ދެ އެކުވެރިން ނުކުތީމެވެ. ފުރަތަމަ ދިޔައީ ގޭދޮށު ފިހާރައަކަށެވެ. އެ ފިހާރައިން ކުޑަ ދެ ފެނފުޅިއާއި ބިސްކޯދު ޕެކެޓެއް ގަނެގެން ނުކުމެފައި މަޑުކޮށްލީމެވެ. އަތުގައި އޮތް ފޯނު ނަގައި މެޕު ޖައްސާލީމެވެ. އެއަށްފަހު، އަހަރުން ގަންނަން ބޭނުންވާ އެއްޗެހީގެ ނޯޓެއް ރިޔާސާގެ ފޯނުގައި ތައްޔާރުކޮށްލީމެވެ. ދެން މިސްރާބުޖެހީ ‘ޝޮޕިންގް’އަށެވެ.

ޖިންސާއި، ފައިވާނާއި، ހެދުމާއި މޭކަޕް ސާމާނުފަދަ އެއްޗެހި ގަނެވި ނިންމާލެވުނުއިރު އަހަރުން ދެމީހުންގެ އަތްތައް ކޮތަޅުތަކުން ފުރިއްޖެއެވެ. އަންހެނުން ފިހާރަތަކަށް ދަންޏާވާނީ ގިނަފަހަރު މިހެންތާއެވެ. ދެ ޒުވާނުންނެވެ. އަނބުރާ ގެއަށްދޮޔަ މަގުމަތީގައި އަހަރުން ކޮތަރު ޕާކަށް ވަދެލީމެވެ. އެތަނާއި ކައިރީގައި ހުންނަ ކުޑަ ފިހާރައަކުން ދެ އައިސްކްރީމް ތަށި ގަނެގެންނެވެ. އަހަންނަށް ޗޮކުލެޓު އައިސްކްރީމް އަދި ރިޔާސާއަށް ވެނީލާ އައިސްކްރީމެވެ.

ވަރުބަލި ފިލުވާލުމަށް ކޮތަރު ޕާކުތެރޭގައިހުރި ބޮޑު ގަހެއްގެ ދޮށުގައި އަހަރުން ޖައްސާލީމެވެ. އެ ވަގުތުކޮޅުގައި އަހަރުންގެ މާޒީ ހަނދާންކޮށް ވަގުތު ހޭދަކުރީމެވެ. ކުޑައިރު އެކީގައި ކުޅެން އުޅުނު ހަނދާންތަކެވެ. އެކުގައި ކިޔަވަން އުޅުނު ދުވަސްވަރެވެ. އެކުގައި ހިއްސާކުރި ހިތާމައިގެ ދުވަސްތަކެވެ. އަދި އުފާވެރި ދުވަސްތަކެވެ. އައިސްކްރީމް ހުސްކޮށްލުމަށްފަހު އަހަރުން ދެ މީހުން ‘ސެލްފީ’ ނަގަން ފެށީމެވެ. އެކިވައްތަރުގެ މަޖާ މޫނު ހަދަމުނެވެ. އެއް ފޮޓޯ ވަރަށް ހާއްސަވެގެން ދިޔައެވެ. ޕާރކު ތެރެއިން ހިނގާފައިދިޔަ ޓުއަރިސްޓެއްގެ އެހީގައި އަހަރެންގެ މިނީ ކެމެރާއިން ނެގި ފޮޓޯއެކެވެ. އެ ކެމެރާއިން ވަގުތުން ފޮޓޯ ޕްރިންޓް ކޮށްލެވެއެވެ. އެއީ އަހަރެންނަށް އެންމެ ރީތިވި ފޮޓޯއެވެ.

“ގެއަށް ދަމާ! މިހާރު އެއޮތް އިރުއޮއްސެނީ. މީ މެންދުރު ނިކުތް ބައެއް. އަހަރެން ބަނޑުހައިވެސް ވެއްޖެ.” ‘ޝޮޕިންގް ކޮތަޅުތަށް ހިފައިގެން ތެދުވަމުން އަހަރެން ބުނީމެވެ. އެ ވަގުތު ރިޔާސާ ކޮޅަށްތެދުވެ ހެދުމުގައި ހޭކިފައިހުރި ކުނޑިތައް ފޮޅާލަމުން ބުންޏެވެ. “ރޭހެއްޖަހަމާ. އެންމެ ފުރަތަމަ ޕާރކުން ނިކުމެވެނީ ކާކުއަތްތޯ ބަލާނީ!” މިހެން ބުނެފައި ރިޔާސާ ދުއްވައިގަތެވެ. ރޭސްޖެހުމަށެވެ.

ވަކިހިސާބަކަށް ދުވެފައިގޮސް ރިޔާސާ އަހަންނާއި ދިމާއަށް އެނބުރުނެވެ. އަދި މަޑުމަޑުން ފަހަތަށް ދުވަމުން ދިޔައެވެ. އިރުއޮއްސޭ ވަގުތަކީ މަގުތަކުގައި ކާރޫބާރޫ ބޮޑުވާވަގުތެކެވެ. މަޑުމަޑު ދުވުމެއްގައި ރިޔާސާއަށް މަގުމައްޗަށް ނިކުމެވުނުއިރުވެސް ނޭނގުނެވެ. ކަނާތު ގޯޅިން ބޮޑު ޕިކަޕެއް ބާރު ދުވެއްޔެއްގައި ދުއްވާފައި އަންނަތަން އަހަންނަށް ފެނުނެވެ. އަހަރެން ރިޔާސާއަށް ގޮވަމުންދިޔަ އަޑު ހެޑްސެޓު ޖަހައިގެންހުރި ރިޔާސާގެ ކަންފަތަކަށް ނުފޯރިއެވެ. އަތުގެ އިޝާރާތުންވެސް ގޮވީމެވެ. ނަމަވެސް، އަހަރެން އަންގަން މަސައްކަތްކުރި އިންޒާރެއް ރިޔާސާއަކަށް ނޭނގުނެވެ. އިރުކޮޅަކުން ފެނުނީ ރިޔާސާ ބިންމައްޗަށް ވެއްޓުނު މަންޒަރެވެ.

އަހަރެންގެ އަތާއިފައި ފިނިވެގެން ދިޔައެވެ. ކަޅިހުރީ އެ ބޮޑު ޕިކަޕާއި ދިމާއަށެވެ. ދެން ބިންމަތީ ހުރި ރިޔާސާ ވަށައިގެންވީ ގިނަ ލެއަށެވެ. މީހުން ތިބީ މަގުމައްޗަށް ފުނިޖެހިފައެވެ. ނަމަވެސް، އަހަރެންހުރީ ގުނޑިލަންވެސް ނޭނގިފައެވެ. ގަބު އަރާފައެވެ. ފެނުނު މަންޒަރުން ހަތަރު އުދަރެސް ފެނުޖެހިފައެވެ. ކަރުނަތައްވަނީ ގަނޑުއަރާފައެވެ. ކުޑައިރުކޮޅެއްގެތެރޭގައި ‘އެންބިއުލޭންސް’ގެ އަޑު ވަރަށް ދުރުން ފަނޑުކޮށް އިވެން ފެށިއެވެ. ބޮލަށް އެނބުރުން އަރައިގަތެވެ.

އަހަރެން ހޭލެވުނުއިރު އޮތީ ހޮސްޕިޓަލުގައެވެ. ކައިރީގައި މަންމަ ހުއްޓެވެ. މަންމައަށްހުރީ ރޮވިފައެވެ. “ރިޔާސާ ކޮބާ؟” އަހަންނަށް އެންމެ ފުރަތަމަވެސް ހޯދުނީ ރިޔާސާއެވެ. އެވަގުތު މަންމަ އަހަރެންގެ އަތަށް ދިއްކޮށްލީ ކުޑަ ފޮޓޯ ގަނޑެކެވެ. އެއްވެސް ވާހަކައެއް ނުބުނެއެވެ. އަހަރެން އެ ގަނޑުކޮޅު ނަގައި ބަލައިލީމެވެ. އެއީ އަހަންނާއި ރިޔާސާ އެންމެ ފަހުން ނެގި ފޮޓޯއެވެ. އަހަންނަށް އެންމެ ރީތިވި ފޮޓޯއެވެ. އެއީ ބެންޗެއްގެ މައްޗައް ދެމީހުން ފައި އަރުވައިގެން އެކޮޅުކޮޅުން އޮތްވައި ނަގާފައިވާ ފޮޓޯއެކެވެ. ރިޔާސާ އޮތީ އަތް ކުރު ކަޅުކުލައިގެ ޓީ.ޝާރޓަކާއި ގަދަ ނޫކުލައިގެ ޖީންސެއްގައެވެ. އަހަރެން އޮތީ އަތް ކުރު ހުދުކުލައިގެ ޓީ.ޝާރޓަކާއި މަޑު ނޫކުލައިގެ ޖީންސެއްގައެވެ. ދެމީހުންވެސް އޮތީ ކަކުލާއި ހަމައަށްއަރާ ބްރައުން ކުލައިގެ ރަބަރު ބޫޓެއް ލައިގެންނެވެ. ދެމީހުންގެ ފަން އިސްތަށިގަނޑު އޮތީ ތިރިއަށް ނިއުޅުވާލެވިފައެވެ. ވަރަށް ވެސް ފުރިހަމަ ތަސްވީރެކެވެ.

ނަމަވެސް، ހަނދާނުގައި އިތުރު ސަފުހާއެއް ލިޔެފައި ވަކިވެ ދިޔައީތާއެވެ. ހަނދާނުން ނުފިލާނޭ ދުވަހަކަށް މިދުވަސް ތަޤްދީރުގައިވީ ލިޔެވިފައެވެ. 13 އަހަރުގެ އެކުވެރިޔާ އަހަރެންގެ ހަޔާތުން ދުރުކުރީ އެ ތަޤްދީރެވެ. އެތައް މާޒީތަކެއް ދޫކޮށްފައެވެ. އެ ތަސްވީރުގައި ބައްދާލައިގެން އިނދެ ރޮވުނެވެ.

 

~ނިމުނީ~

Share Article

Follow Me Written By

rainy

Level 1

Other Articles

Previous

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 16

Next

ލޯތްބަކީ 14

Next
September 13, 2018

ލޯތްބަކީ 14

Previews
September 13, 2018

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 16

15 Comments!

  1. Ibsha says:
    September 13, 2018 at 11:49 pm

    ?

    1. rainy says:
      September 19, 2018 at 5:51 pm

      thank you. ill keep trying more to improve. hope my next stories would be great too.

  2. Naf says:
    September 14, 2018 at 9:56 am

    Masha allah…. vr nice

    1. rainy says:
      September 28, 2018 at 11:16 pm

      thank you for reading ‘ekuveriya’ im happy u liked this.. hope all my stories would be nice for u. 🙂

  3. Hudher says:
    September 14, 2018 at 11:24 am

    V v v rythi maasha allah…???????

    1. rainy says:
      September 28, 2018 at 11:17 pm

      thank you for reading ‘ekuveriya’ hope my next stories would be great as well. 🙂

  4. Boava says:
    September 14, 2018 at 12:06 pm

    ?❤

    1. rainy says:
      September 28, 2018 at 11:22 pm

      thank you. do keep on reading my stories. hope u like them too.

  5. No one says:
    September 14, 2018 at 3:50 pm

    Awesome story.. maasha allah ♥️♥️ keep it up

    1. rainy says:
      September 28, 2018 at 11:18 pm

      thank you. hope my other stories will as well be awesome for u. 🙂

  6. liyaa says:
    September 15, 2018 at 10:15 am

    mashaa allah v v reethi ☺????????

    1. rainy says:
      September 28, 2018 at 11:24 pm

      thanks. do read my stories more nd let me knw what u think 🙂 ill be waiting for more comments…

  7. aKIL says:
    September 15, 2018 at 7:35 pm

    A

  8. Queen Dandelion says:
    September 23, 2018 at 9:05 am

    Maalahun dhww comment mi kohlevuny..Masha Allah..touching stry eh..♥♥♥♥Keep it up!!!??..u can improve..much loves?❤??????????????Avas reply eh dhehche buddy…

    1. rainy says:
      September 28, 2018 at 11:20 pm

      i guess my reply is also late. ahaha. dhemme balaalevunyves.
      thank you for reading and yes i have a bit to improve and i surely will. do keep on reading my stories and let me knw when i finally become a true writer. 🙂

Comments are closed.



All Right Reserved!