Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ހިތް އެދުނަސް… (4)

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
September 11, 2018 12 Mins Read
18 Comments

“ޔޫ ލުކް ބިއުޓިފުލް” ޒައިން ކައިރިވަމުން ދިޔުމުން ކުޑަކޮށް ޖެހިލުން ވެފައި ހުރި އީނާލް ލަދުން ރަތް ވީ އޭނާގެ ކަންފަތް ދޮށުގައި ޒައިން ބުނި ވާހަކައިންނެވެ. އިސްޖެހިގެން ދިޔައިރު ފައިގައި ހުރި ރިހުން މަތިންވެސް ހަނދާން ނެތް ފަދައެވެ.

“މީހަކަށް ފެނިދާނެ” އީނާލް އަށް ބުނެވުނެވެ. ޒައިން ދުރުވެލުމާއެކު އީނާލް އަށް މަގުގެ ދެފަރާތަށް ބަލާ ހޯދާލެވުނެވެ.

ނަސީބަކުން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ޒައިން ވެސް ބަލާލިއެވެ. ލަދުން ރަތްވެ ކޯތާފަތަށް ޖަންބު ކުލަ އަރާފައި ހުރި އީނާލް ޒައިން ނުބަލާ ހުރި ވަގުތު ދުއްވައިގަތެވެ. ސިހުން ލިބުނު ޒައިން ބަލާލިއިރު އީނާލް ދުވަމުން ދަނީއެވެ. ލުއި ހިނިތުންވުމެއް އެ ތުންފަތަށް ވެރިވި ޒައިން ބޯ ކަހާލަމުން ފަސްދީ ހިނގައިގަތެވެ. އެހެންނަމަވެސް އީނާލް ގޮސް ލޯ މަތިން ގެއްލެން ދެން އޭނާ އަށް އެދިމާލަށް އިރު އިރު ކޮޅަކާ ބެލުނެވެ.


ގެސްޓް ހައުސް އުން ގުޅާފައި މިއަދު ވަޒީފާއަށް ނުކުންނަން އަންގާފައި އޮތުމުން މަލަކް ވެސް އަވަސް ކުރަމުން ދިޔައީ ދިޔުމަށެވެ. މިއަދަކީ ކްންޓްރެކްޓް ހަދާ ދުވަހަށް ވުމާއެކު ދާން ޖެހެނީ ހެނދުނު ދިހައެއް ޖަހާއިރުއެވެ.

ގޭތެރެ ފޮޅާ ސާފުކޮށްލުމަށްފަހު މަލަކް ސައިވެސް ހެދިއެވެ. އަދި އެއަށް ފަހު ސައި ބޯން އާނިސާއަށް ގޮވިއެވެ. ޝާމިން ގޭގައި ނެތުމުން ތިބީވެސް ދެމީހުންނެވެ. މަލަކް ވަޒީފާއަށް ދާން ފެށުމުން މަންމަ ބަލާނޭ މީހަކު ނެތުމަކީވެސް އަނެއްކާ މަލަކް ކަންބޮޑުވާ އަނެއް ކަންތަކެވެ. އެހެން ހިތަށް އެރުމުން ވަޒީފާ ދޫކޮށްލަން ވިއްޔޭވެސް މަލަކް ގެ ހިތަށް އަރަނީ މަދެއް ކޮށެއް ނޫނެވެ. ކުރިން މަންމަ ކުރި ފަދަ މަސައްކަތް ތައް ވެސް އޭނާ އަށް ކުރެވިދާނެއެވެ. އެހެންނަމަވެސް ވަޒީފާއިން ލިބޭނޭ ކަމަށް ކަނޑަ އަޅާފައިވާ މުސާރަ ރަނގަޅު ވުމުން މަލަކް ވެސް ދެވަނަ ވިސްނުމަކަށް ދިޔައީއެވެ.

“ދަރިފުޅާ ކޮންކަމަކާ ތި ވިސްނަނީ؟” އާނިސާ އަހާލިއެވެ. “އަޅުގަނޑު ވަޒީފާއަށް ދާން ފެށީމަ މަންމަ އެކަނި ވާނެއެއްނު… އޭރުން ކިހިނެތް ހަދާނީ؟” މަލަކް އޭނާގެ ސިކުނޑީގައި އުފެދެމުން ދިޔަ ހައިޖާން ގަނޑު އާނިސާ އާއި ހިއްސާ ކުރިއެވެ.

“ދެން ދަރިފުޅު ތި ވިސްނަނީ ވަޒީފާ ދޫކޮށްލަންތަ؟” އާނިސާ އަހާލިއެވެ. މަލަކް ގެ އެ ހަމަހިމޭން ކަމުގެ މާނަ އާނިސާ އަށް ދެނެގަނެވުނެވެ. އޭނާ ތުންފަތުގައި ދަތް އަޅާލުމަށްފަހު ފުންނޭވާއެއް ދޫކޮށްލިއެވެ. “އެކަމަކު ތި ގޮތަށް ކަންތައް ކުރުން ބުއްދު ވެރިއެއްނޫން ދަރިފުޅާ… މަންމަ ބަލަން މީހަކު ވެސް ހޯދި ދާނެއެއްނު… ނުލާހިކު ކުޑަ މުސާރައަށް ވެސް އެ ވަގުތު ކޮޅު މަންމަ ބަލާދޭން މީހަކު އަތުވެދާނެއެއްނު” އާނިސާ ވާހަކަ ދެއްކިއެވެ. އެ ހިތުގައި ކުޑަ ނަމަވެސް އުންމީދެއް ވިއެވެ.

ރަނގަޅު ގޮތް ވާން އޮއްވާ އެ ފުރުސަތުގެ ބޭނުން މަލަކް ދުއްވާލާކަށް އާނިސާ ނޭދެއެވެ. އަދި އޭނާގެ ބަލި ހާލަތުގެ ސަބަބުން ހުރިހާ އުފަލަކުން އެ ދަރިން މަހްރޫމް ވާކަށް ވެސް އާނިސާ ނޭދެއެވެ.

“އެކަމަކު މަންމާ ދެން ކިހިނެތް ހަދާނީ؟ ހަމަގައިމުވެސް އަޅުގަނޑަކަށް ނުކެރޭނެ މަންމަ އެކަނި ބަހައްޓާފަ ދާކަށް” މަލަކް ދެންވެސް ބޮޑާ ހާކާލިއެވެ.

“މަންމަ ގާތު މަލަކް ދާ ވަގުތު ހުންނަން މީހަކު ހޯދާނީ” މި ފަހަރުވެސް އާނިސާ ކުރީގެ ހިޔާލު ފާޅު ކުރިއެވެ.

“އެކަމަކު ކާކު؟” މަލަކް އަށް ސުވާލު ކޮށްލެވުނެވެ.

“މިރަށު ސަލީމު މެން ގޭގަ އުޅެއެއްނު ބަސާލާ… އެއްކަލަ ބަންގްލަދޭޝް ބޭރު މީހާ… އޭނާ އެ އުޅެނީވެސް ނުލާހިކު ކުޑަ މުސާރައަކަށް…. އެމީހުން މާލެ ދާން ވެގެން އޭނަ ފޮނުވާލަން އުޅޭތީ ނުލާހިކު ދެރަވެގެން އުޅުނު.. އެކޮޅުގަވެސް އޭނާގެ އާއިލާގެ އެއްވެސް މީހެއް ކީކުރަން މަންމަ އާއި ބައްޕަ އެއްވެސް ނެތޯ… އޭނަ ގެންނަން ވީނު… އެ މީހުން މާލެ ބަދަލު ވާން ވެގެން ފޮނުވާލަން އުޅޭތީ ވަރަށް ދެރަވެގެން އަވައްޓެރި ހަދީޖާ ގާތު ދެއްކި ވާހަކަ އޭނަ ކުރިން ދުވަހު އައިސް ބުނި” އާނިސާ ރަނގަޅު ހިޔާލެއް ފާޅު ކޮށްލިއެވެ.

އާނިސާގެ ހިޔާލާ ދޭތެރޭ ކުޑަ ވަގުތު ކޮޅަކު ވިސްނާލުމަށްފަހު މަލަކް ވެސް އެގޮތަށް ރުހި ގަބޫލް ވިއެވެ.

“ކޮން އިރަކުއޯ އެމީހުން ފުރަނީ” މަލަކް ސުވާލުކޮށްލިއެވެ. “ނޭނގެ ޖެހިގެން އަންނަ ހަފްތާގެ ހުކުރު ދުވަހުއޯ” އާނިސާ ވިސްނާލަމުން ބުނެލިއެވެ. “އެހެން ވީމަ އަޅުގަނޑު މާދަން ތިކަމާ އުޅޭނަން… ސަލީމް ބޭބެ އާއި ވެސް ވާހަކަ ދައްކާލާނަން…” މަލަކް ބޭނުންވީ މީހާވެސް އަވަހަކަށް ސަލީމް އާއި ވާހަކަ ދައްކައިގެން އެކަންތައް ހަމަޖައްސާށެވެ.

“ނުލާހިކު މުރާލި ހީވާގި އަދި ބަސްއަހާ ސާފުތާހިރު ކަމަށް ވަނީ އެ މަންޖެ”  އާނިސާ ކިޔައިދިން ސިފަތަކުގެ ސަބަބުން މަލަކް އިތުރަށް ހިންހަމަ ޖެހުނެވެ.

“އެކަމަކު މިއަދުވެސް މަންމަ އެކަނި ވާނެއެއްނޫންތަ؟” މަލަކް ބުނެލިއެވެ.

“ދެން އެކަމަކު މިއަދު ގޮސްލާ… އަވަހަށް އާދެ ވޭނެއެއްނު…” އާނިސާ ބުނެލިއެވެ. “އާނ… ހަމައެކަނި ކޮންޓްރެކްޓް ކަންނޭގެ ހަދާނީ މިއަދު އަދި…” މަލަކް ވިސްނާލަމުން ބުނެލިއެވެ.

ސައި ބޮއޮހަދައިގެން ލަސްނުކޮށް މަލަކް ވެސް ރީތިވެގެން މިސްރާބުޖެހީ ގެސްޓް ހައުސް އާ ދިމާލަށެވެ.


ދުވަމުން އައިސް ގެއާ ހަމަވި އީނާލް އަށް މައި ނޭވާލެވެމުން ދިޔައެވެ. ގޭގެ މައި ދޮރޯށި ދޮށަށް އައި އިރުވެސް އީނާލް އަށް ފަހަތަށް ބެލެމުން ދިޔައެވެ. ހީވާކަހަލައެވެ. ޒައިން އޭނާގެ ފަހަތުން އަންނާނެއެވެ.

އީނާލް އެ އައީ ހޮސްޕިޓަލުންނެވެ. ރޭގައި ކުއްލިއަކަށް ގުޅާފައި އެމަރޖެންސީއެއް ދިމާވެގެން ގުޅުމުން ފަތިހު ދާން ޖެހުނީއެވެ.

“ވަޓްސް ހެޕެނިންގް ޓް މީ… އައި ޑޯންޓް ނޯ… މައި ހާޓް… މައި ބްރެއިން…. އާހް… ޒައިން ޒައިން… ޒައިން…” އީނާލް އަށް ދެލޯ މަރާލެވުނެވެ.

އެ ހިނދު ޒައިން ގެ ފުރިހަމަ ސޫރަ އޭނާގެ ލޮލުގެ ތެރެއިން ސިފަވުމާއެކު އީނާލް އަށް ދެލޯ ވަގުތުން ހުޅުވާލެވުނެވެ. އޭރުވެސް އޭނާ އަށް އޮވެވުނީ ގުދަށެވެ. ދެއަތުން ކަކުލުގައި އަތް އަޅުވާލައިގެން އޮތް އިރު އީނާލް ގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލިއެވެ.

ހަމަގައިމުވެސް އީނާލް އަށް ޒައިން ކަމުދެއެވެ. ގަޔާވެވެއެވެ. ޒައިން ގެ ފަރާތުން ފެންނަ ކޮންމެ ސިފައަކީ އޭނާއަށް ނުހަނު ގަޔާވެވޭ ސިފައަކަށް ވެއްޖެއެވެ. ދެފަރާތަށް ބޯ ހޫރާލުމަށް ފަހު ގޭތެރެއަށް ވަނުމަށް އީނާލް ހިނގައިގަތެވެ.


އަނެއްކޮޅުން ޒައިން ވެސް ބޯ ކަހަމުން ކަހަމުން ހިނގަމުން ދިޔައެވެ. “އޭތް ބަލަ ޒައިން… ކޮންތާކުން ތަ ތިދަނީ މާ ވަރަކަށް ބޯ ކަހަމުން ކަހަމުން…” އާސިފް ސައިކަލެއްގައި އައިސް ޒައިން އާއި ދާދި ގާތުގައި މަޑު ކޮށްލަމުން އަހާލިއެވެ. އޭރު އޭނާ ހުރީ އިންޖީނު ގޭގައި ލާ ޔުނީފޯމް ލައިގެންނެވެ.

“ކަމެއް ނުވޭ…. ޑިއުޓީއަށްތަ ދަނީ؟” ޒައިން އަހާލިއެވެ.

“ނޫނޭ މިހާރު މިދަނީ ގެއަށް ދާން” އާސިފް ވެސް ގަޑިއަށް ބަލާލަމުން ބުނެލިއެވެ.

“މިހާރު މަސައްކަތް ކުރާ ސައިޓަށް ދާންތަ ތި ދަނީ؟” އާސިފް އަހާލިއެވެ.

“ހޫމް…” ޒައިން އަޑެއް ލައްވާލިއެވެ.

“ބްރޯ އަރާ ސައިކު ފަހަތަށް… ގެންގޮސްލަދީފާނަން” އާސިފް ފަހަތަށް އިޝާރާތް ކޮށްލަމުން ބުނެލިއެވެ.

“ތޭންކްސް މޭން” ޒައިން ވެސް އެހެން ބުނެލަމުން އެރިއެވެ. ޒައިން އެރުމާއެކު ލަސްނުކޮށް އާސިފް ސައިކަލު ދުއްވާލިއެވެ. ޒައިން މަސައްކަތް ކުރާ ސައިޓަށް ލުމަށް ފަހު އާސިފް ވެސް އޭނާގެ ގެއާ ދިމާލަށް މިސްރާބުޖެހިއެވެ. އެރޭ ދިމާވާނަން ކަމުގައި ޒައިން ބުނުމުން އޭނާ ދިޔައީ ވެސް ރޭގަނޑު ނުވައެއް ގެ ފަހުން ޒައިން އަށް ގުޅާނަމޭ ބުނަމުންނެވެ.

މަލަކް ކޮންޓްރެކްޓް ގައި ސޮއިކޮށް ދެން ކުރަން ހުރި ކަންތައް ތައް ކުރުމަށްފަހު ގެއަށް ދިޔުމަށް މިސްރާބުޖެހިއެވެ. އަވަސް ފިޔަވަޅު ތަކެއްގައި ގޮސް ގެއަތް ވަތް އިރު އާނިސާ ގޮނޑީގައި އިނެވެ. އޭރު އާނިސާގެ އަތުގައި ފޮތި ކޮޅެއް އޮތެވެ. “މަންމާ ކީ ކޮށްލަނީ؟”

“ފޫހިވެގެން މާ ޖަހާލަނީ؟” އާނިސާ ހިނިތުންވަމުން ވާހަކަ ދެއްކިއެވެ.

އެހެންތަ؟” މަލަކް ވެސް ހީލަމުން އައިސް އާނިސާ ގެ އަތުގައި އޮތް ރުމާ ކޮޅު ނަގާ ބަލާލިއެވެ. “ވަރަށް ރީތި މަންމާ” މަލަކް އަށް ބުނެވުނެވެ.

“ކޮބާ މިހާރު ކިހިނެތްވަނީ ވަޒީފާ ގެ ކަންތައް؟” އާނިސާ އަހާލިއެވެ.

“އެކަން ހަމަ ޖެހިއްޖެ… ހިތަށް މިއަރަނީ ސަލީމް ބޭބެ ގާތަށް ދާންވިއްޔޭ މިއަދު. މާދަން ދާން ލަސް  ވާނެ އެއްނު؟” މަލަކް ވިސްނާލުމަށް ފަހު ބުނެލިއެވެ. އެއާއެކު އާނިސާ ވެސް އެ ގޮތާ އެއްބަސް ވިއެވެ. މަލަކް ވެސް ހިނިތުންވެލާފައި ކޮޓަރިއަށް ވަދެ ދަބަސް ބަހައްޓާލުމަށްފަހު ފެންވަރާ ތާޒާވެލިއެވެ. އަދި ނުކުމެ އާނިސާ ގާތު އޭނާ އެ ދަނީ ސަލީމު އާ ވާހަކަ ދައްކަން ކަމުގައި ބުނެލިއެވެ.

މަލަކް ދިޔުމާއެކު އާނިސާ އަށް ﷲ އަށް ޙަމްދު ކުރެވުނެވެ. އެ ދަރިފުޅަށް އުފާވެރިކަން ދެއްވުން އެދި ދުޢާ ކުރިއެވެ. އަދި އޭނާ އަށާއި އޭނާގެ އާއިލާ އަށް ކެތް ތެރިކަމާ ސާބިތުކަން ދެއްވާ އުފާވެރިކަން ދެއްވުން އެދިވެސް ދުޢާ ކުރިއެވެ.

މަލަކް ދިޔަތާ ގަޑިއެއް އިރު ވެގެން ދިޔަ އިރުވެސް މަލަކް ގެ ހަބަރެއް ނުވިއެވެ. އެހެންވެ ހިސާބެއްގެ ނުތަނަވަސް ކަމެއް އާނިސާ ގެ ހިތަށް ވެރިވިއެވެ. އެހެންނަމަވެސް ހިތަށް ވިސްނައިދީ ހަމަޖެހެން އާނިސާ މަސައްކަތް ކުރިއެވެ.

އާނިސާ ހަމަ ޖެހުނީ ގޭގެ ދޮރުން ވަދެގެން އައި މަލަކް ފެނުމުންނެވެ. “ކީކޯ އެމީހުން ބުނީ؟” ހިތް އަވަސްވެފައި އިން އާނިސާ އަހާލިއެވެ.

“އެމީހުން ބުނީ… މިހާރުވެސް ހަމަ ބަސާލާ ގެންނަން ވިއްޔޯ” މަލަކް ހީލިއެވެ. “އާނ… އަދި ބުންޏޭ… މިރޭ އެއްޗެހި ތައް ވެސް ފޮނުވަދޭނަމޯ މާދަމާއިން ފެށިގެން ބަސާލާ މި ގެއަށް ބަދަލު ކުރަން…” ފުރަތަމަ ދެއްކި ވާހަކަ އަށް އާނިސާ ވަކި އެއްޗެއް ނުބުނުމުން ދެންވެސް މަލަކް ވާހަކަ ދެއްކިއެވެ.

“އަލްޙަމްދުލިﷲ…” އާނިސާ ﷲ އަށް ޙަމްދު ކުރިއެވެ.

މަލަކް ވެސް ހިނިތުންވެލިއެވެ. އެ ދުވަހުގެ ބޮޑުބައި މަލަކް ހޭދަކުރީ ބަސާލާ އަންނަން ވާއިރަށް ވާން ޖެހޭ ތައްޔާރީތަށް ވުމަށެވެ.


ރޭގަނޑުގެ ވަގުތެވެ. ޒައިން އާސިފް އަށް ގުޅުމަށް ފަހު ގޭގެ ދޮރު މައްޗަށް ނުކުތީ އާސިފް ކޮފީއަކަށް ދާން ޒައިން ބަލާ އަންނަނީއޭ ބުނުމުންނެވެ. އޭނާ ދޮރު މަތީ ހުރެ ގަޑި ބަލާލިއެވެ. އެއް ލި ކަޅި އަކުން ތަންކޮޅެއް ދުރުން އީނާލް އަންނަތަން ފެނުނެވެ. އެއާއެކު ޒައިން ގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

“ޒައިން” ޒައިން އަށް ހަމަހޭވެރިކަން ވީ ނުހަނު ގާތުން މީހަކު ގޮވާލުމުންނެވެ. އޭނާ ސިހިފައި ބަލާލިއިރު އާސިފް އިނީ ސައިކަލު މަތީގައި ނުލަފާ ވައްތަރަކަށް ހީ ގަނެގެންނެވެ. “ހިތް ދޫ ވީތަ؟” މަޖާ ގޮތަކަށް ހަރަކާތް ކޮށްލަމުން އާސިފް އަހާލި ގޮތުން ޒައިން ގާތަށް ހިނިއައެވެ.

“ތިޔެތް ނޫނޭ ހިނގާ ދާން” އާސިފް ގެ ދިމާކުރުމާހުރެ ޒައިން އެތަނުގައި މަޑު ކުރަން ބޭނުން ވެ ހުރެވެސް މަޑު ކުރަން ނުކެރުމުން ސައިކަލަށް އަރަމުން ބުނެލިއެވެ.

“އޭތް ބުނެބަލަ. ކަމެއް ދޯ… ހަމަ ހިތް ދޫވީދޯ؟” އާސިފް ދެން ވެސް އަހާލިއެވެ. އެއާއެކު ޒައިން ދެފަރާތަށް ބޯ ހޫރާލީ މީނާގެ ކިބައިން ސަލާމަތް ވާން އުނދަގޫ ވާނެ ބުނަމުންނެވެ. “އާނ… ކީކޭ… ސަލާމަތް ވާން އުނދަގޫ ވަނިއްޔޭ… ހިނގާބަލަ… ބަލަމާ މަ ދާނީވެސް ސައިކުގަ އެ ދިމާލަށޭ” ނުލަފާ ވައްތަރަކަށް ހީގަނެގެން އިނދެ އާސިފް ސައިކަލު ދުއްލާލީ އެމީހުން ދާންވާ ދިމާ ނޫން އަނެއް ދިމާލަށެވެ. “އޭތް ކިހިނެތް ތި ހަދަނީ؟” ޒައިން އަށް އަހާލެވުނެވެ. “މި ދަނީ ތި ހިތުގެ ރާނީ ގާތަކަށް ނޫންތަ؟” އާސިފް ވެސް ދިމާކޮށްލިއެވެ. “ސާބަހޭ… މި ދާން އުޅޭ ތަނަކަށް ދާން ވީނޫންތަ؟” ޒައިން ވެސް ދޫ ދޭން ބޭނުމެއް ނުވެއެވެ.

އާސިފް ސައިކަލުގައި އީނާލް އާ އަރާ ހަމެވެފައި ސައިކަލު މަޑުޖައްސާލިއެވެ. އަދި ވާހަކަ ދެއްކިއެވެ. “ތި ބަލާ ވަރަކަށް ބަލާބަލަ… އަހަރެން ޑްރާމާއެއް ކުޅެލާނަން…” އާސިފް އެއް ލޯ މަރާލިއެވެ.

“އޭތް ޒައިން… މި އޮތް ހުއްޓުނީ ސައިކު. ދެން ކިހިނެތް ހަދާނީ” އީނާލް ގެ ސަމާލުކަން އެހެން ދިމާލަކަށް ހުރުމުން އާސިފް ބޭނުންވީ އެމީހުންނާ ދިމާލަށް އީނާލްގެ ސަމާލުކަން ދަމައިގަންނާށެވެ. ވީ ވެސް އެހެންނެވެ.

ނުހަނު ގާތުން މީހަކު ޒައިން އަށް ގޮވާލި އަޑު އިވިފައި އީނާލް ގެ ފިޔަވަޅުތަށް ވެސް މަޑުވިއެވެ. އޭނާ ޒައިން އާ ދިމާލަށް ބަލާލިއިރު އެ ލޮލުގައި ވަނ ބުނެދޭން ނޭނގޭ ފަދަ އަސަރުތަކެކެވެ. ރޭގަނޑަށް ވިޔަސް އެތަނުގައި ދިއްލާފައި ހުރި ހޮޅި ދަނޑީގެ ސަބަބުން ފުދޭވަރަކަށް އެތަން އައްޔެވެ. އޭރު ޒައިން ގެ ނަޒަރު ވެސް ހުރީ އީނާލް އަށް ހުއްޓިފައެވެ. ދެމީހުންގެ ހަތަރު ކަޅި ހަމަވި ވަގުތު އީނާލް ގެ މޫނު ލަދުން ރަތް ވެގެން ދިޔައެވެ. މަގުމަތިން ވީ ކަންތައް ހަނދާންވުމާއެކު އީނާލް އަށް އިސްޖަހާލެވުނެވެ. އަދި ދުއްވައިގަނެވުނެވެ.

“ޔަގީނޭ އެ ކަން މަތިން ހަނދާން ވީމަ ލަދުން” އާސިފް ވެސް ހުރިކަން ނޭނގޭ ފަދައަކުން ޒައިން އަމިއްލަ ނަފްސަށް އަޑު އިވޭވަރަށް ބުނެލީ އީލާން ދުވަމުން ދިޔަ ދިމާލަށް ބަލަން ހުރި ފަދައަކުންނެވެ. “އޭތް… ކޮން ކަމެކޭ… ކަމެއް ހިނގައިފިދޯ އެހެން ވީމަ؟” ޒައިން އަށް ބުނެވުނީ ބުނެގެން ނުވާ ބާރު މިނުގައި ކަން އެނގުނީ އާސިފް ޒައިން ގެ ގައިގައި ޖަހަމުން ވާހަކަ ދެއްކުމުންނެވެ.

“މިއޮތީ ރެޑް ހޭންޑް ކޮން ހިފާފަ… ދެން ބުނޭ… ” އާސިފް އެއްލޯ މަރާލަމުން ބުނެލިއެވެ. އަދި ނުލަފާ ވައްތަރަކަށް ހީގަތެވެ. ޒައިން ވެސް ބޯ ކަހާލަމުން ދެން ދާން ހިނގާށޭ ބުނެލިއެވެ.

“ދެވޭނީ އެ ކަން ކިޔައި ދިނީމައެއްނު… ހިނގާ ސައިކުގަ އެ ކުއްޖާ ގާތަށް ދާން” އާސިފް ދެން ވެސް އީނާލް އާ ދިމާލަށް ބަލަމުން ބުނެލިއެވެ.

“ހޫން… ސާބަހޭ… މީނަ އަށް އަދި މާ ވަރު ވޭ ދޯ” ޒައިން ބުނެލިއެވެ.

“ވަރު ވެޔޭ… ކޮބާ ހީވޭ ކަމެއް ހެން… އޭގެ މާނަ އަކީ ޒައިން އަށް ވެސް ގޮތްތަކެތް ވެޔޭ ދޯ” އާސިފް ގެ ދިމާކުރުން ތައް ހުއްޓޭ ގޮތެއް ނުވިއެވެ. ޒައިން ބުނާ ކޮންމެ އެއްޗަކަށް އެ އަށް ވުރެ ފުރިހަމަ އަށް ރައްދު ދޭގޮތުން ޒައިން ގެ އަނގަ ބަންދު ވާގޮތް ވިއެވެ.

“އޯކޭ މޭން… ހިނގާ ދާން” އާސިފް ވެސް އެންމެ ފަހުން އޭނާގެ ހިތް ފުރޭވަރުވުމުން ބުނެލިއެވެ.

ދެމީހުން ސައިކަލުގައި ގޮސް މަޑު ކޮށްލީ އެރަށުގެ އަތިރި މަތީގައި ހުންނަ ކެފޭ އެއް ކަމަށް ވާ މާލި މާލި ކެފޭއަށެވެ. ކެފޭ ތެރޭގައި މީހުން ގިނައެވެ. ކަނެއްގައި ހުރި ހުސް މޭޒެއްގެ ދޮށުގައި ޒައިން އާއި އާސިފް ގޮސް އިށީނެވެ. އަދި ވެއިޓަރ އައުމާއެކު ދެމީހުން ވެސް ކޮފީއަކަށް އޯޑަރު ދިނެވެ.

ސަލީމު އާއެކުގައި ބަސާލާ އައުމާއެކު މަލަކް އަތް މަތި އަވަސްކޮށްލީ އެ ދެމީހުންނަން ދޭން ވާ ޚިދުމަތްތައް ދިނުމުގައެވެ. ބަދިގެ ފަރާތުގައި ހުރި ޖޯލީގައި ސަލީމް އާއި ބަސާލާ ތިބިއިރު މަލަކް ބަދިގެއަށް ވަދެ ސައިތައްޓަކާ ކުޅި ރޮށި ހިފައިގެން ގެނެސް އެތަނުގައި ހުރި މޭޒުމަތީގައި ބެހެއްޓިއެވެ. ބަދިގެ އާއި ގޭތެރެއާއި ވަކިން އިން ކަމުގައި ވިނަމަވެސް އެތަން ވަނީ ހިޔާކޮށްފައި ކަމުން ވާރޭ ވެހުނު ކަމުގައިވިޔަސް ނުލާހިކު ފަސޭހައެވެ.

ބަސާލާ މަލަކް މެންނާ ހަވާލުކޮށްފައި ސަލީމު ދިޔައީ އާނިސާ އާއިވެސް ވާހަކަ ދައްކާލާފައެވެ.

ސަލީމު ދިޔުމާއެކު މަލަކް ބަސާލާ އަށް އޭނާ ގެ ވަޒީފާ އާ ބެހޭ ގޮތުން ކިޔައިދީ ބަސާލާ ހުންނާނޭ ތަން ދައްކާ އެއްޗެހި ތަރުތީބު ކުރުމުގައި އެހީތެރިވިއެވެ. އެކަންތައް ކޮށްނިންމާލުމަށްފަހު މަލަކް ވެސް ކޮޓަރިއަށް ވަދެ ފެންވަރާ ތާޒާވެލިއެވެ.


ރޭގަނޑުގެ ވަގުތަށް ވިނަމަވެސް އެއްވެސް ބިރު ވެރިކަމެއް ނެތި ރަށުގެ ތުނޑިމަތީގައި ހުރި ރުށްބުރިއެއްގެ މަތީގައި އިށީނދެގެން އިން އަޔާން ގެ ހިތާ ސިކުނޑީގައި އަދިވެސް ދައުރުވަމުން ދަނީ މަލަކް ގެ ހަނދާން ތަކެވެ. އެ ލޯބިވެތި ސޫރަ ދުށުމަށް އެ ހިތް އެދެމުން ދިޔައެވެ. އެ ހިނިތުންވުން ދުށުމަށް އެ ހިތް ބޭގަރާރު ވަނީއެވެ. ހިތަށް ވަންނަމުން ދިޔަ ހިޔާލް ތަކުން ހިތާ ސިކުނޑީގައި އުފެދެމުން ދިޔަ ހައިޖާނު ގަނޑު ބޮޑުވުން ނޫން އިތުރު އެއްވެސް ކަމެއް ނުވިއެވެ.

ބޮލުގެ އިސްތަށިގަނޑު ގެ ތެރެއަށް އަތް މަހާލަމުން ފަޒާގެ ތެރެއަށް ފުން ނޭވާއެތް އަޔާން ދޫކޮށްލިއެވެ. އަތު ކުރީގައި އޮތް ގަޑިއަށް ބަލާލުމާއެކު އަނެއްކާވެސް މޫދަށް ނަޒަރު ހުއްޓާލިއެވެ. އޭރު ގަޑިން ރޭގަނޑު ނުވައެއްޖަހާ ބޮޑުވެއްޖެއެވެ. އެހެންނަމަވެސް ގެއަށް ދިޔުމުގެ ހިޔާލުވެސް އަޔާން ގެ ސިކުނޑިއަކު ނެތެވެ. ބޭނުންވަނީ އެ ހަމަހިމޭން މާހައުލުގައި އެކަނި އިންނާށެވެ. ރުށްބުޑުގައި އޮތް ގާ ކޮޅެއް ނަގާ އަތުގައި ހުރި ބާރުލާފައި އަޔާން އެ އެއްލާލިއެވެ.

“އިޓްސް ކޮންފިއުޒިން މީ…” އަޔާން އަށް ބުނެވުނެވެ. އަނެއްކާވެސް ފުންނޭވާއެއް ދޫކޮށްލުމާއެކު ގާކޮޅެއް ނަގާ މޫދާ ދިމާލަށް އެއްލާލިއެވެ. އަޔާން ގެ ނަޒަރު ދެން ދަތުރު ކުރީ ސާދަ ފަނަރަ ވިލޭރޭ ގެ ބުރު ހަމަވެފައިވާ ހަނދަށެވެ. އެތައް ހާސް ތަރިތަކެއްގެ މެދުގައި އިނދެގެން އޭގެ އަލިން ދުނިޔެ އަށް އަލި ފަތުރަމުން ދިޔައީ ގުދުރަތުގެ ފުރިހަމަ ކަމާމެދު ވިސްނަން ކޮންމެ މީހަކަށް ވެސް ފުރުސަތު ދެމުންނެވެ. އަޔާން މަޑުމަޑުން އަރި ވެފައިވާ އެ ރުކުގައި އޮށޯތެވެ. އަދި ހަމަޖެހިލައިގެން އޮވެ ހަނދަށް ނަޒަރު ހުއްޓާލިއެވެ. އެ މަންޒަރަކީ އޭނާގެ ހިތަށް ހަމަޖެހުން ގެނުވާ މަންޒަރަކަށް ވިއެވެ. މޭމަތީގައި ބާއްވާފައި އޮތް ފޯން ނަގާ އެ ހަނދުގެ ފޮޓޯއެއް އަޔާން ނެގިއެވެ. އަދި ފޯނަށް ބަލަހައްޓައިގެން އިރު ކޮޅަކު އޮތެވެ.

ސިކުނޑިން ނެރެލަން ބޭނުންވާ އެތަކެތް ހިޔާލެއް ހުރިނަމަވެސް އެއިން އެއްވެސް ހިޔާލަކާ ދުރަކަށް އަޔާން އަކަށް ނުދެވުނެވެ. ވިސްނުން ތަކާ ދުރުވާން މަސައްކަތް ކުރިއަސް ދިމަ ދިމާލުން އައިސް އެކި ވިސްނުން ގުޅެމުން ދިޔައެވެ.

ހަޔާތުގައި ހިނގި ހުރިހާ ކަމަކާމެދު ވިސްނަ ވިސްނާ އަޔާން ގެ ބޯ ގޮވަނީއެވެ. ހަދާނޭ ގޮތެއް ކުރާނޭ ކަމެއް އަޔާން އަކަށް ނޭނގެއެވެ. ފޯން މޭމަތީގައި ބާއްވާލަމުން އަޔާން އަނެއްކާވެސް ހަނދަށް އޭނާގެ ނަޒަރު ހުއްޓާލިއެވެ. ބޯ ދަށަށް އެއްއަތް ލައްވާލާ މީހާ ހަމަޖެހިލިއެވެ. ވަށައިގެން ވަނީ ގަސްތަށް ކަމަށް ވުމާއެކު ތަނަށް ވެރިވެފައިވާ އަނދިރިކަމުން ވެސް އަޔާން ގެ ހިތަށް އެއްވެސް ބިރުވެރިކަމެއް ނުވަދެއެވެ. އެހެނެތް ކަމަކު މީހަކު ނުވާ މި ފަދަ ހަމަހިމޭން މާހައުލު ތަކަކީ އޭނާ ނުހަނު ގަޔާވާ މަންޒިލް ތަކެކެވެ.

އެހެން އޮއްވާ ފޯނަށް މީހަކު ގުޅަން ފެށުމާއެކު އަޔާން ފޯން ނަގާ ބަލާލިއެވެ. މަންމަ އަށް ވުމާއެކު އަޔާން ފޯން ނެގިއެވެ. ފޯން ކަންފަތުގައި ރަނގަޅަށް ނުޖެހެނީސް އިވެން ފެށީ މަންމަ ގެ ޝަކުވާގެ ބަސްތަކެވެ. “އަޔާން ދަރިފުޅާ ކޮންތާކު… ގަޑިން އެގާރަ ޖެހީއޭ” ސާމިރާ ގެ އަޑު އިވުމާއެކު އަޔާން އަށް މިދަނީ އޭ ބުނެވުނެވެ. ދާހިތަކުން ނޫނެވެ. މަޖުބޫރުވެގެންނެވެ.

ފޯން ބާއްވަމުން އަޔާން އަތު ކުރީ އޮތް ގަޑިއަށް ބަލާލިއެވެ. ގަޑިން އެގާރަ ޖަހާ ބޮޑު ވެއްޖެއެވެ. ރުށްގަނޑު މަތިން ތެދުވެ ގެއާ ދިމާލަށް މިސްރާބުޖެހުމަށް އަޔާން އަވަސްވެގަތެވެ. އެ ވަގުތު ކުއްލިއަކަށް އެތަނުގައި ހުރި ރުކަކުން އެއްޗެއް ވެއްޓި ވަރަށް ބާރަށް ބިންގަނޑު މަތީގައި ޖެހުނު އަޑު އިވުނެވެ. އެހެންނަމަވެސް އެކަމަށް ވެސް އަޔާން ގެ އެއްވެސް ފަރުވާލެއް ނެތެވެ.

މީހުން އުޅޭ ގެތަކާ ހިސާބަށް އާދެވުމާއެކު އަޔާން ފިޔަވަޅުތަކަށް ބާރުލިއެވެ. އޭނާ ބޭނުންވީ އަވަހަށް ގެއަށް ދާށެވެ. އޭރު ކޮންމެވެސް ވަރަކަށް ބޮލުގައި ވެސް ރިއްސަމުން ދިޔުމާއެކީގައެވެ.

ގެއަށް ވަތް އިރު މަންމަ ސޯފާގައި އިން ތަން ފެނުނެވެ. “ބުނެވެސް ނުލާ ދިޔައިމަ މަންމަ ހާސްވެގެން ގުޅީ… މިހާރު މި އިނީ ބައްޕަ އަންނަން ދެން…” ސާމިރާ ހިނިތުންވެލަމުން ބުނެލިއެވެ. ސާމިރާގެ ބަހަށް އާނ ހޫމް ލައްވާ ލުމަށް ފަހު އަޔާން އޭނާ ގެ ކޮޓަރިއާ ދިމާލަށް މިސްރާބުޖެހިއެވެ.

ކޮޓަރިއަށް ވަތް އިރު އޭސީ ނިވާފައި ހުރުމުން އާދަޔާ ހިލާފް ހޫނެއް ކޮޓަރިތެރޭގައި ހުއްޓެވެ. އެހެން ކަމުން ޑްރެސިން ޓޭބަލް މަތީގައި އޮތް އޭސީ ރިމޯޓް ނަގާ އޭސީ ޖައްސާލަމުން ފެންވަރަށް ފާހާނާ އަށް އަޔާން ވަނެވެ. އޭނާ ފެންވަރައިގެން ނުކުމެ ރީތިވެލައިގެން އޮށޯތްތަނާ ނިދިއްޖެއެވެ.


“އޭތް… މިކަންތައް ކޮށްދީބަލަ…. މަ ބޭނުން އިނގޭ މިރޭ” ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި ޒައިން ފޯނުން ވާހަކަ ދައްކަމުން ދިޔައެވެ. “އޯތް… މި ފޮނުވަނީއޭ… ތަންކޮޅެއް ހަމަޖެހިބަލަ… ކިހާ ދެރަކަމެއް” އެ ކޮޅުން ހިނި ގަނޑަކާއެކު ވާހަކަ ދެއްކީ އާސިފް އެވެ.

“އޯކޭ ބްރޯ… ޝުކުރިއްޔާ ޝުކުރިއްޔާ. އިނގޭ… ވަރަށް އަވަސް ކުރާތި. ބޭއްވީ އިނގޭ” ޒައިން ވެސް ހީގަންނަމުން ބުނެލިއެވެ. އާސިފް ވެސް ޕިސް ޕިސް ލައްވާލަމުން ފޯން ކަޑާލުމަށްފަހު އޭނާ އެ ބުނާ އެއްޗެއް ޒައިން އަށް ފޮނުވާ ދިނެވެ. ފޯން ހިފަހައްޓައިގެން ހުރިތާ މާގިނަ އިރެއްނުވެ ފޯނަށް މެސެޖެއް އައުމުން ޒައިން އަވަސް އަވަހަށް އެ ހުޅުވާ ބަލާލިއެވެ. އޭގައި އޮތް އެއްޗެއް ފެނިގެން އޭނާ އަށް އުފަލުން ހިނިތުންވެވުނު އިރު އެ ހިތުގައި ތަފާތު ޝުއޫރުތަކެއް ވެސް ދައުރުވަމުން ދިޔައެވެ.

“ރިލެކްސް” ފުން ނޭވާއެއް ލަމުން އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ޒައިން ބުނެލިއެވެ. އަދި އެއަށް ފަހު އަމިއްލައަށް ލޯ ގަނޑުގެ ކުރިމައްޗަށް ހުއްޓި އޭނާގެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރުތައް ދިރާސާ ކުރަން ފެށިއެވެ.

ކުރެވޭ މޮޔަ ކަންތަކާ ހުރެ ބޯ ކަހާލުމަށް ފަހު ޒައިން އަނެއްފަރާތަށް އެނބުރިލިއެވެ.


ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން އެއާ ދިމާލަށް ބަލަހައްޓައިގެން އޮތް މަލަކް ގެ ލޮލުގައި ނިދީގެ އެއްވެސް އަސަރެއް ނުވެއެވެ. ސްކްރީނުން ފެންނަމުން ދިޔަ އެއްޗަކަށް ބަލަހައްޓައިގެން އޮތް އިރު ލޮލުގެ ހިމަކޮޅުން ފައިބަމުން ދިޔަ ކަރުނަތަށް ބާލީހާ ސަމާސާ ކުރަމުން ދިޔައެވެ. މަލަކް ގެ ހިތުގައިވާ އުދާސް ތައް ފާޅުވަމުން ދިޔައީ ކަރުނައިގެ ސިފައިގައެވެ.

“ވައި؟” ވައި އަޑުން މަލަކް އަށް ބުނެވުނެވެ. އަމިއްލަ ނަފްސަށެވެ. އެހެންނަމަވެސް އެ ސުވާލަށް ދޭނޭ ޖަވާބެއް ހުދު މަލަކް ގެ އަތުގައިވެސް ނެތެވެ. ހިތާ ސިކުނޑީގައި ކުރަމުން ދާ ހައިޖާނުގަނޑަށް ނިމުމެއް ގެންނާނޭ ގޮތެއް މަލަކް އަކަށް ނޭނގުނެވެ.

އެހެންކަމުން ހިތާ ސިކުނޑީގެ ހައިޖާންގަނޑަށް ތަންދީގެން މަލަކް ޖެހި ބުދެއްހެން އިނީ ކުރާނޭ ކަމެއް ނޭނގޭތީއެވެ. ސިކުނޑިން ފޮހެލަން މަސައްކަތް ކުރި ވަރަކަށް އެ ފިކުރުތައް އިތުރުވާހެން މަލަކް އަށް ހީވަނީއެވެ. މަލަކް ގެ ތުންފަތް ފޫ އަޅުވާލާފައ މަޑު މަޑު އާހެއްގެ އަޑު ނުކުތެވެ.


ދަންވަރު އީނާލް އަށް ހޭލެވުނީ ފެން ބޮވައިގަނެގެންނެވެ. އެނދުގެ ސައިޑް ކަބަޑް މަތީގައި ޗާރޖަށް ޖަހާފައި އޮތް ފޯން ނަގާ ބަލާލީ ގަޑި ބަލާލުމުގެ ގަސްތުގައެވެ. އެހެންނަމަވެސް ނުދަންނަ ކޮންމެވެސް ނަންބަރަކުން އީނާލް އަށް މެސެޖް ކޮށްފައި އިންތަން ފެނި އޭނާ އަށް ނިދީގައި ހުރެވެސް އެ މެސެޖް ހުޅުވާލެވުނެވެ. “އައި މިސް ޔޫ” ކުރު މެސެޖެކެވެ. ދެ ލޯ އުނގުޅާލުމަށްފަހު އީނާލް ރަނގަޅަށް އަނެއްކާވެސް މެސެޖަށް ބަލާލިއެވެ. “އައި މިސް ޔޫ” ފެނުނު ގޮތް ބަދަލެއް ނުވިއެވެ. އެހެން މެސެޖް ކުރާނީ ކާކުތޯ ވިސްނާ ވިސްނާވެސް މަލަކް ގެ ސިކުނޑިއަށް އެއްވެސް މީހެއްގެ ނަން އަންނަ ގޮތެއް ނުވިއެވެ. އޭނާ ފޯން އަލުން އޮތް ތާ ބޭއްވުމަށްފަހު ދެން އެތަނުގައި ހުރި ފެން ޖަގު ނެގިއެވެ. ނަސީބު ދެރަކަމުން ފެން ޖަގު ހުރީ ހުސްވެފައެވެ. އާއްމުކޮށް ކޮންމެ ރައަކުވެސް ނިދުމުގެ ކުރިން ޖަގަށް ފެން އަޅާ ތަށިވެސް އީނާލް ދޮވެއެވެ. އެހެންނަމަވެސް މިރޭ އޭނާ އަށް އެކަން ހަނދާނުން ކައްސާލީއެވެ.

އެހެންކަމުން މޫނަށް ވައްތަރެއް ޖައްސާލުމަށް ފަހު ވެސް އީނާލް ތެދުވެ ކޮޓަރިން ބޭރަށް މިސްރާބުޖެހިއެވެ. އައިސްއަލަމާރި ކައިރިއަށް ގޮސް ތައްޓަކަށް ފެން އަޅައިގެން ފިނި ފެންތައްޓެއް ބޯލިއެވެ. އެއާ އެކު މުޅި ހަށިގަނޑަށް ވެސް އާދަޔާހިލާފު ފިންޏެއް ވެގެން ދިޔައެވެ. އޭނާ ފެންބޮއިގެން ހުސްވެފައި ހުރި ޖަގަށް ވެސް ފެން އެޅިއެވެ. އަދި އެއަށްފަހު ކާބައިން ނުކުމެގެން ގޮސް ކޮޓަރިއަށް ވަނެވެ.

ސައިޑް ކަބަޑް މަތީގައި ފެން ޖަގު ބަހައްޓާލުމަށްފަހު އޭނާ އޮށޯތެވެ. އަދި ނިދޭތޯ މަސައްކަތް ކުރިއެވެ. ނަސީބަކުން މާގިނަ އިރު ތަކެތް ނުވެ އީނާލް އަށް ނިދިއްޖެއެވެ.


ފަތިސް ނަމާދު ބަންގީގެ އަޑާއެކު މުޅީ ފަޒާ ގުގުމާލިއެވެ. ހަމަ އެވަގުތެވެ. ބާލީސްދަށައް ލާފައިވާ ފޯނުން ބަންގީގެ އަޑު އިވެން ފެށިއެވެ. އެއާއެކު ނިދިފައި އޮތް ޒައިން އަށް ހޭލެވުނެވެ.

އޭނާ ފާހާނާ އަށް ވަދެ ފެންވަރާ ހަދާލައިގެން ފަތިސް ނަމާދަށް ދާން ތައްޔާރުވިއެވެ. އެހެން ރޭރޭ ޒައިން އާއްމުކޮށް ބަންގީގެ ފަނަރަ މިނިޓް ކުރިން ތެދުވިނަމަވެސް މިރޭ އޭނާ އަށް އެލާރމް ކުރަން ހަނދާން ނެތުނީއެވެ. ޖަމާއަތް ނިމެން ވާއިރަށް މިސްކިތަށް ދެވުނު ކަމުގައިވިނަމަވެސް ޒައިން ބޭނުންވީ ގޮސް ނަމާދުކޮށްލާށެވެ. އެހެން ކަމުން އޭނާ ލަސްތަކެއް ނުވެ މިސްކިތަށް ދިޔުމަށް ގެއިން ނުކުމެ މިސްރާބުޖެހިއެވެ. އަތުގައި އޮތް ފޯން ނަގާ އޭނާ މެސެޖެއް ލިޔެލުމަށްފަހު މެސެޖް ފޮނުވާލިއެވެ. އަދި ހިނިތުން ވެލިއެވެ. ފޯން ޖީބަށް ލަމުން ފިޔަވަޅުތަކަށް ބާރުލަމުން ޒައިން މިސްކިތާ ދިމާލަށް ހިނގައިގަތެވެ.

މިސްކިތަށް އެރިއިރު އިމާމް މީހާ ފަހު ސަލާމް ދެނީއެވެ. އެހެންކަމުން ޒައިން ނަމާދު ކޮށްލިއެވެ. އަދި މިސްކިތުގެ ފަހަތުގައި އިށީދެ އިނދެ ހަރުގަނޑަކުން މުސްޙަފް އެއް ނެގިއެވެ. އެއަށް ފަހު ކީރިތި ޤުރްއާން ކިޔަވަން ފެށިއެވެ. ގާތް ގަނޑަކަށް ފަނަރަ މިނިޓް ޤުރުއާން ކިޔެވުމަށްފަހު ޒައިން މުސްޙަފް ލައްޕާލާ ހަރުގަނޑުގައި ބާއްވާލިއެވެ. ފަތިސްނަމާދު ކޮށްލާ ޤުރުއާން ކިޔަވާލުމުން އޭނާގެ ހަށިގަނޑަށާއި ނަފްސަށް ވެސް ވެރިވެފައ ވަނީ އާދަޔާ ހިލާފު ހިންހަމަޖެހުމެކެވެ. ފުން ނޭވާއެއް ލަމުން ޒައިން ހިނިތުންވެލިއެވެ. އަދި އެއަށް ފަހު މިސްކިތުން ނުކުތުމަށް ހިނގައިގަތެވެ.

“ޒައިން…” މިސްކިތުން ފެއިބި ތަނާ އޭނާ އާ ދިމާލަށް އަންނަމުން އާދަނު ގޮވާލިއެވެ. “ކީކޭ އާދަންބޭ” ޒައިން އަހާލިއެވެ. “އާދަންބެ މެން ގޭ ތަންކޮޅެއްގެ ސިމެންތި ޖަހާލަދޭން އެބަޖެހޭ… އެ އެއްޗެއް ބައިންދާލަދޭން ހަމަ އެކަނި ތިރި ތިރި ކޮށް ގޯތި ތެރޭގައި އައްޓެއް ރާނާލަ ދޭންވީ… މާ ގިނަ ބަޔަކު ބޭނުން ނުވިޔަސް ޒައިން އަށް ވެސް އެކަން ކޮށްލަ ދެވިދާނެދޯ” ޒައިން ގެ ކޮނޑަށް އަތް ވައްޓާލަމުން އާދަން ބެ އަހާލިއެވެ.

“އާ… އާދަންބޭ… ތީ އެއްވެސް ކަމެއް ނޫނެއްނު… ކޮން އިރަކު ދާން ވީ… މިއަދު ވެސް ވަގުތު ވާނެ ތި ކަން ކޮށްލަދޭން… ހަމަ ދާންވީ…” ޒައިން ލުއި ހީލުމަކާއެކު ބުނެލިއެވެ.  “އެއްޗެއްސާމެދު ޒައިން ހާސްވާނެ ކަމެތް ނެތް… ހުރިހާ އެއްޗެއްވެސް ހުންނާނެ ހޯދާފަ… އެހެން ވީމަ ކޮން އިރަކު އަންނާނީ…” އާދަންބެ ބުނެލިއެވެ.

“އާދަންބެ ނަންބަރު ދޭންވީނު… ދަމުން ގުޅާލީމަ ރަނގަޅުވާނެ ދޯ” ޒައިން ބުނެލިއެވެ. އާދަންބެ ވެސް ބޯ ޖަހާލިއެވެ. އެހެންކަމުން ޒައިން ވެސް ހިނިތުންވެލާ ގެއާ ދިމާލަށް މިސްރާބުޖެހިއެވެ.

ފަތިސްނަމާދު ކޮށް ހަދައިގެން ފޯން ބަލާލި އީނާލް ގެ ފޯނަށް އައިސް ފައި އިން މެސެޖް އޭނާ ބަލާލިއެވެ. ރޭގައިވެސް މެސެޖް ކޮށްފައި އިން ނަންބަރުން ދެވަނަ ފަހަރަށް މެސެޖް ކޮށްފައި އިނުމުން އީނާލް އަށް ހިސާބަކަށް ހައިރާން ކަން ވެރިވެފައި ވެއެވެ.

“ހޭ އީނާލް… އައި މިސް ޔޫ އެގެއިން… އައި މިސް ސީއިން ޔޫ މިގަޑީގަ… އެއްކަލަ ދުވަހު… އަތިރިމަތިން… އިފް ޔޫ ނޯ ހޫ އައި އޭމް… ” އެ ހިސާބަށް ކިޔާލިތަނާ ތަންކޮޅެއް ކުރީ ދުވަހެއްގެ ހަނދާނެއް އީނާލް ގެ ސިކުނޑިއަށް ވެރިވިއެވެ.

***

އެރެއަކީ އީނާލް ރަށައް އައި ތާ ތިންވަނައަށް ވީ ދުވަހެވެ. ފަތިހުގެ އެވަގުތަކީ އީނާލް ގެ އެކުވެރިއަކާ އެކު އަތިރި މައްޗަށް ނުކުތް ވަގުތެވެ. އީނާލް އަކީ އަބަދުވެސް ތަފާތު ކަންތައް ތައް ތަޖުރިބާ ކޮށްލާ ހިތް ވާ ކުއްޖަކަށް ވެފައި ރަށްފުށުގެ މާހައުލު ދެކެ އިންތިހާ އަށް ލޯބިވާ ކުއްޖަކަށް ވުމާއެކު އެހާ ގިނަ ދުވަހު ރާއްޖޭން ބޭރުގައި އުޅެފައި އައުމުން އެ މާހައުލުވެސް ތަޖުރިބާ ކޮށްލާ ހިތް ވީއެވެ.

އެ ރެއަކީ އީނާލް ގެ ހިތުންވެސް ފިލާނޭ ރެއެއް ނޫނެވެ. މިހާރުގެ ޒުވާން ކުދިންގެ ފަރާތުން ނުފެންނަ އެތައް ކަމެއް އެރޭ އީނާލް އަށް ފެނިގެން ދިޔައެވެ. ޒައިން ގެ ފަރާތުންނެވެ. އެއީ އީނާލް އަށް ޒައިން އެންމެ ކަމުދިޔަ އެއް ސަބަބަށް ވިއެވެ.

އީނާލް މެން ތިބި ހިސާބުގައި އިން ގޯޅިން ލަނބާލި ޒުވާނާ ޖެހުނީ އެތަނުގައި މަޑުކޮށްގެން ހުރި އީނާލް ގެ ގައިގައެވެ. އީނާލް އާއި ސަމާ އާއި ދެމީހުން ވެސް މަޑު ކޮށްލައިގެން ތިބީ ވާހަކަ ދައްކާލާށެވެ. ދާނެ ދިމާލަކާ މެދު މަޝްވަރާ ކުރާށެވެ. ތިބެވުނީ ކަންމައްޗެއް ގައެވެ. ނުވިސްނާ ހުރި އީނާލް ގެ ގައިގައި އެއްޗެއް ޖެހުނު ހެން ހީވެގެން އަޑު ގައި ހުރި ބާރު ލާފައި އީނާލް އަށް ހަޅޭއްލަވައިގަނެވުނެވެ. އަދި ފުންމައިގަނެވުނެވެ. އޭނާ ހަޅޭއްލައިގަތް ލެތް ބާރުކަމުން އެ ޒުވާނާ ވެސް ސިހޭނެކަން ގައިމެވެ.

އީނާލް ފަހަތަށް ބަލާލިއިރު އޭނާ ގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ޒުވާނެކެވެ. ހަށިގަނޑު ގެ ބައްޓަން ރީތި ޒުވާނެކެވެ. މޫނުމަތިން ފެންނަނީ ތާޒާކަމެވެ. އިސްތަށިގަނޑުގައިވެސް ހިސާބެއްގެ ތެތް ކަމެއް ހުރިހެން ހީވިއެވެ.

“ސޮރީ” ޒުވާނާ ބުނެލިއެވެ. އީނާލް އަށް ވެސް ބުނެވުނު ހާވެސް އެއްޗަކީ އިޓްސް އޯކޭ އޭއެވެ.

މާފަށް އެދިފައި ޒައިން ހިނގައިގަތް އިރުވެސް އީނާލް ގެ ނަޒަރު ޒައިން އިން ވަކި ވާގޮތެއް ނުވިއެވެ. އޭނާ ގެ ނަޒަރު ހުރީ އެ ދިމާލުގައި ހުރި މިސްކިތާ ދިމާލަށް ދިޔަ ޒައިން އަށެވެ.

“އޭތް ހިތް ކީތަ؟ ހޮޓް ދޯ… ހަމަ އެކަނި ހަށިގަނޑަކުން ނޫން އިނގޭ… ވަރަށް ރަނގަޅުވެސް ވާނެ…” އެއްލޯ މަރާލަމުން ސަމާ ބުނެލިއެވެ.

“ދެން ސަމާ ވެސް…. ” ދެފަރާތަށް ބޯ ހޫރާލަމުން އީނާލް ބުނެލިއެވެ.

“ދެން ކޮން ތާކަށް ދާނީ… ” ސަމާ އީނާލް ގެ ކޮނޑުގައި ޖަހާލަމުން އަހާލިއެވެ.

“ހިނގާ ކުޑަކޮށް މިދިމާލަށް ޖެހިލަން” އީނާލް ބޭނުންވީ ރީތިކޮށް ޒައިން ފެންނަ ހިސާބަށް ދާށެވެ. ސަމާވެސް ބޯ ޖަހާލާ ކުރިއަށް ދިޔުމަށް ހިނގައިގަތެވެ.

ކުޑަ ދޮރުން ޒައިން ނަމާދުކުރަން ހުރި އިރު އެތަން ރީއްޗަށް އީނާލް އަށް ފެނެއެވެ. އޭނާ ގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެފައި ވެއެވެ. ސަމާ އަށް ޝައްކު ވެދާނެތީ ސަމާ އާއި ވާހަކަ ދެއްކި ކަމުގައި ވި ނަމަވެސް އޭނާ ގެ ސަމާލް ކަން ގިނަ ވަގުތު ހުރީ ޒައިން އަށް ހުއްޓިފައެވެ.

ނަމާދު ކޮށް ނިމިގެން ޒައިން ފަހަތުގައި އިށީނދެ މުސްޙަފް ނަގާ ޤުރުއާން ކިޔަވަން ފެށިތަން ވެސް އީނާލް އަށް ފެނުނެވެ. ޒައިން ގެ އެ އަމަލުން ވަކިން ބޮޑަށް އީނާލް އަށް އެ ޒުވާނާ އާއި ގަޔާވެވުނެވެ.

“އޭތް ކާކަށް ތި ބަލަނީ” ސަމާ އީނާލް ގެ ނަޒަރު ހުރި ދިމާ ބަލާލަމުން އަހާލިއެވެ. އަދި އެ ދިމާލަށް ނަޒަރު ހުއްޓާލިއެވެ.

“ހޫން… އޭނަ އަށް ދޯ… އިނގޭތަ ނަން… ޒައިން އިނގޭ. އޭނަ އާއި އެތް ވަރަށް ނަން ވެސް ސްމާރޓް ދޯ… ރީތި” ސަމާ ބުނެލިއެވެ. ހަމައެކަނި ހިނިތުންވެލުން ފިޔަވާ އިތުރު ކަމެތް އީނާލް ނުކުރިއެވެ.

*****

“ޒައިން” ހިޔާލް ތަކުން ނުކުތް އީނާލް ގެ ދުލުން ބޭރުވި ލަފްޒާއެކު އޭނާ އަށް ދެލޯ ބޮޑު ކޮށްލެވުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

ރާސްތާ 35

Next

ބުނާށެ ލޯބި ނުވަނީހޭ (12)

Next
September 12, 2018

ބުނާށެ ލޯބި ނުވަނީހޭ (12)

Previews
September 11, 2018

ރާސްތާ 35

18 Comments!

  1. Hi Mi says:
    September 11, 2018 at 10:37 pm

    Assalaam Alaikum. enme furathaamaves vaahak aup nukoh gina dhuvas v kamahtakaa himi nihaayathah maafah edhen. belive ulhu nithy las v. ehen kamun mireyge part himi vaane v dhigukoh genes dheefa. himi avas kuran hadhaigen mistakes hurun ekasheegen vey. unmeedh kuran faahga kohla dheyne kamah. hope u will all like this. himi ge story thakah comment kuraa hurihaa kudhin mathin ves v missed. mi part ah huri haa kudhin ves commet kohlahchey. hiyaal ves faalhu kohlahchey. what do u think will hpn next. comment on DHEN VAANI KIHINEHBAA?
    MUCH LOVES
    JAZAKALLAH KHAIRAN

  2. Reader says:
    September 11, 2018 at 10:42 pm

    Me first tha? Varah reethi

  3. baby girl says:
    September 11, 2018 at 11:07 pm

    Me second thr…….vrh ves reethi…when next part …..
    And this is my first comment on your story….

  4. aana says:
    September 11, 2018 at 11:13 pm

    Himi theeh laamu atoll ah nishbaii vaah meeheii tha. Wow mih part varah reethi. When ????❤

  5. Aysh says:
    September 12, 2018 at 1:28 am

    Hi mi ah avas shifaa eh dehvumah eden mi part ves vv reethi vaahaka Annan v interesting vamun waiting for the next part ???

  6. Maain says:
    September 12, 2018 at 6:12 am

    Varah reethi.. varah loabi story..

  7. Pinky shifoo says:
    September 12, 2018 at 6:31 am

    Woww ???… Hi Mi mi part vx v v v reethi ingey ???❤️❤️❤️???????????????… Superb ???… Thankyou Hi Mi mi part dhigukoh genesdhinyma ???… I found two mistakes… Ehthankolhuga eenaal ge badhaluga malak liyevifa ebain n dhn iny typing mistakeh ???… Story hama dhuvaheh dhuvahakah reethi vamun dhany ???… Day by day it’s becoming more intresting ?????????… Dhn vaanee kihineh baa ???… Mihaaru vx next part kiyaalaahithun kehmadhuvehje ???… Keep working like that Hi Mi ????????????… Maa Sha Allah Hi Mi akee v talented writer ???❤️❤️❤️???… Ur great Hi Mi ❤️❤️❤️????????????… Curiously waiting for the next part ???… Lots of love and take care Hi Mi ❤️❤️❤️??????????????????…

  8. Lotus says:
    September 12, 2018 at 9:45 am

    Wow.. v nice slowly things will start to happen dhw..
    Waiting for the next part ???

  9. shann says:
    September 12, 2018 at 10:17 am

    Hi shann ge loabivaa Hi Mi dhoonii mihaaru haal kihineh?.. story hama habeys igey… thivareh hama nethey buneveyny. . Sifakurunves hama ehvana.. story kuriah gendhaa goehves hama ehaame furihama… luv u

  10. annoying reader says:
    September 12, 2018 at 12:18 pm

    varah reethi mi part ves. getwellsoon himi ah <3 anehkka zain dhaan ulheni enal men geyah dhw. varah reethi. adhives curious vefa ayan and malak ge life ah. enal and zain varah gulhey. waitin for the next part

  11. Zaaraa says:
    September 12, 2018 at 12:34 pm

    Reethi??

  12. Hudher says:
    September 12, 2018 at 1:48 pm

    V v v v v v rythi…maasha allah…whn next..??

  13. Naju says:
    September 12, 2018 at 2:02 pm

    Masha Allah vvvvvvvv nice n interesting mi story mihaaru… ❤❤❤❤❤❤❤❤❤❤❤???? I just love it… ???????????? n waiting for the next… ???????????

  14. Anonymous says:
    September 12, 2018 at 6:36 pm

    Varah Salhi Mipart Ves…..Waiting For Next Part….❤❤❤❤❤

  15. ?kingsanjel? says:
    September 12, 2018 at 7:15 pm

    So lucky… The one whom they love loves them back….. Every one don’t have to suffer the same situation…. Himi story varahh Reethi… Miss vi himi mathin… Happy ending ehh gennahche…at least some people should have happii endings…. Even if they are just some characters from a story… Much loves himi… Dhen faharakun anjel ge comment ehh nufebijjiyya ummeedh kuran at least himi anjel mathin miss vaane kama… ???????????????????????????????????????????????????????????????????

  16. Hi Mi says:
    September 12, 2018 at 9:17 pm

    Assalaam Alaikum. enme furathaamaves vaahak aup nukoh gina dhuvas v kamahtakaa himi nihaayathah maafah edhen. belive ulhu nithy las v. ehen kamun mireyge part himi vaane v dhigukoh genes dheefa. himi avas kuran hadhaigen mistakes hurun ekasheegen vey. unmeedh kuran faahga kohla dheyne kamah. hope u will all like this. himi ge story thakah comment kuraa hurihaa kudhin mathin ves v missed. mi part ah huri haa kudhin ves commet kohlahchey. hiyaal ves faalhu kohlahchey. what do u think will hpn next. comment on DHEN VAANI KIHINEHBAA?
    MUCH LOVES>
    JAZAKALLAH KHAIRAN

  17. Thola says:
    September 14, 2018 at 2:21 am

    Varah reethi …hi mi kondhuvasthakehga baa vaahaka up kurany…

  18. Ifu ❤ says:
    September 14, 2018 at 7:01 pm

    Where is the next part himii
    ?????
    Mi pert x v lawbi
    Waitind curiously ?????

Comments are closed.

Next Episodeހިތް އެދުނަސް… (5)←


All Right Reserved!