Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކައެހެނިހެންދީނީ

ޒީޝާން!

Nafu Level 810 Stories100 Comments100 Login500 Comments100 Stories500 Login
September 12, 2018 One Min Read
18 Comments

”ދަރިފުޅާ ޒީޝާން! މަންމަ އަށް ފެންފޮދެއް ގެނެސްދީބަލަ!” ޒަމްރާ ، އޭނާގެ ދަރިފުޅު ޒީޝާން އަށް ގޮވާލައިފައި ފެން  ފޮދެއް ގެނެސްދިނުމަށް ބުނެލިއެވެ.”ދެން ކަންތަކާ މި ޖެހުނި… ތަނެއްގަ އެއްޗެއް ބަލާލަން ވެސް ނޯވެވޭނެ!” ޒީޝާން  ކުދިކިޔަމުން މަންމައަށް ފެން ތަށްޓެއް ހިފާގެން ދިޔައެވެ. ޒީޝާންގެ މަންމަ ޒަމްރާއަކީ ފައިގެ މައްސަލައެއް ހުރުމުގެ  ސަބަބުން ނުހިނގޭ މީހެކެވެ. މިކަމުގެ ސަބަބުން ޒީޝާން ހުންނަނީ އޭނާގެ މަންމަދެކެ ރުޅި އާއްސައެވެ. ސުކޫލު  ދުވަސްވަރުގައި ކުލާހުގައި ތިބޭ ކުދިން އަބަދު ތިބެނީ ޒީޝާންއާ ދިމާކޮށްލަ ކޮށްލާއެވެ. ކުލާސްކުދިން ކުރާ މަލާމާތެއްގެ  ސަބަބުން ޒީޝާން އަށް އޭނާގެ މަންމައަށް ނަފްރަތު ކުރެވެން ފެށިއެވެ. އެއީ މަންމަކަން  ހަނދާން ނައްތާލެވުނެވެ. ޒީޝާންގެ ބައްޕަވަނީ ޒީޝާންގެ އުމުރުން އެންމެ ނުވައަހަރުގައި މުުޅި އުމުރަށް އެދެ މައިންނާއި ވަކިވެފައެވެ. ޒީޝާންގެ އާއިލާގައި އިތުރުމީހަކު ނެތުމުން އެދެމައިން އުޅުނީ ވަރަށް ނިކަމެތި ހާލުގައެވެ.

ނުހިނގުނު ކަމުގައި ވީ ނަމަވެސް ޒަމްރާއަށް ކުރެވޭ މަސައްކަތެއް ކޮށްގެން އާމަދަނީ ހޯދައެވެ. ޒީޝާން ، ޒަމްރާ ދެކެ  ކިތަންމެ ރުޅިއައި ކަމުގައި ވިއަސް ޒަމްރާ ، އޭނާގެ ދަރިފުޅު ދެކެ ލޯބިވެއެވެ. އެދަރިފުޅަށްޓަކައި އެތައް ޤުރުބާނީއެއްވިއެވެ. އެދަރިފުޅުގެ މުސްތަގުބަލަށްޓަކައި ކިޔަވައިދޭންމަސައްކަތް ކުރިއެވެ. ނަމަވެސް އޭގެ ބަދަލުގައި ޒީޝާން ޖެހީ ކޮޅުފައިންނެވެ.  ޒަމްރާ އެ ދަރިފުޅަށްޓަކައި ކަރުނަ އަޅާނުރޮއި އެންމެ ދުވަހެއްވެސް ނުދާނެއެވެ. އެދަރިފުޅަށް ހެޔޮ ވިސްނުން ދެއްވާތޯ  ދުޢާނުކުރާ އެންމެ ވަގުތެއްވެސް ނުދާނެއެވެ. މިހާރު ޒީޝާން ވަނީ ރަށުގަ އުޅޭ އެންމެ ނުލަފާކުދިންގެ ތެރޭގައި ހިމެނިފައެވެ. ގޭގޭން ވަގަށް އެއްޗެހި ނަގާ ، މީހުން އަތުން ފަހުންދޭ ގޮތަށް ރުފިޔާނަގައި ، ފިހާރަތަކުން ވައްކަންކޮށް، ސިނގިރޭޓު ބުއިމާއި މަސްތުވާތަކެތި ބޭނުން ކުރުމުގައި އެންމެ ކުރީ ސަފުގައި ހުންނަނީ ޒީޝާންއެވެ. ގަޔަށް ބާރު ޓޮޕާއި ޖިންސުލައިގެން ފިރިހެންކުދިންނާއިއެކު ރަށްކުޑަކުރުން ނޫން ކަމެއް ނުކުރެއެވެ.  ގިނަރޭރޭ ގެއަށް ނިދަންވެސް ނާދެއެވެ.

ޒަމްރާއާ ހަމައަށް މީހުންގެ ފަރާތުން މައްސަލައެއް ނާންނަ ދުވަހެއް ނުދާނެއެވެ. ކޮންމެ ދުވަހަކު ޒީޝާން ގެއަށް އަންނަ  އިރަށް ،  ދަނޑިގަޑުގެ އެހީގައި ހިގާފައި ގޮސް ޒީޝާންއަށް ވިސްނޭތޯ ކާރީގައި އިނެގެން ނަސޭހަތް ނުދޭ ދުވަހެއް  ނުދާނެއެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކު ޒީޝާން ދެނީ ޒަމްރާ ދޭ ނަސޭހަތްތަކަށް ބީރު ކަންފަތެކެވެ. ބައެއްފަހަރު  ފޫނެތް ފަޔަށް ފެން ފުރުން ކަހަލަ ކަމެކޭވެސް ޒަމްރާގެ ހިތައް އަރައެވެ. ނަމަވެސް ޒަމްރާ ހިތްވަރު އެލުވައެއް ނުލައެވެ. އެދަރިފުޅަށް ވިސްނެންދެން އޭނާ ނަސޭހަތްދޭނެއެވެ.

”ދަރިފުޅާ! ހަނދާންވޭބަތަ އެންމެ ފަހުން ނަމާދެއް ކުރި ދުވަހެއް؟ މުޅި އުމުރު ތި ހޭދަކުރަނީ ދުނިޔޭގެ ހިތްހަމަ ޖެހުން  ހޯދުމުގައި! އުފަލާއި މަޖަލުގައި! މާތްﷲ ހަރާމް ކުރައްވާފައިވާ ކަންތައްތައް ކުރުމުގައި! މަންމަ ދަރިފުޅަށް ކީއްކޮށްގެންތަ  ދަރިފުޅު މަންމަދެކެ ތިހާ ރުޅިތިއަންނަނީ؟” ރޭގަނޑުގެ ވަގުތެއްގައި ޒަމްރާ ބޭރު ޖޯލިފަތީގައި އިންދާ ، ޒީޝާން ގެއަށް އައިސް ވަނުމުން ހުއްޓުވައިފައި ވިސްނައިދެވޭތޯ ބެލިއެވެ. ”ކަލޭ ދެކެ މަ ރުޅި އަންނަ ސަބަބު ހަމަ ނޭނގިގެންތަ ތިއަހަނީ؟ ނޭނގެންޏާ ބުނެދީފާނަން…. ކަލޭގެ  ތިހުންނަ ނުކުޅެދުންތެރި ކަމުގެ ސަބަބުން…. ކަލޭ އާއި ހެދި އަހަރެންގެ ރައްޓެހިންވެސް އަހަންނަށް މަލާމާތް ކުރޭ….  ކޮންމެހެން މަށަށް ވިސްނަދޭން އުޅޭނި ކަމެއް ނެތް…” ވަރަށް ހަރުކަށި ޖަވާބެއްދީފައި ޒީޝާން ގެއަށް ވަންނަން ހިނގާގަތެވެ. ޒަމްރާގެ ބަޑި ފަޅައިގެން ދިޔައީ ޒީޝާން ގޮސް ގެއަށް ވަނުމުންނެވެ. ޒީޝާންބުނި ކޮންމެ ބަހެއް ދުނި ތީރުތަކެއްހެން ގޮސް ޒަމްރާގެ ހިތަށްވަނެއެވެ. ޒަމްރާ ރޯތަން ބަލަން ހުރި މީހެއްގެ ހިތަށްވެސް އަސަރު ކުރާނެކަން ކަށަވަރެވެ. ޒީޝާން އެދިޔައީ ޒަމްރާ ދެކެ ރުޅިއަންނަ ހަގީގީ ސަބަބު ބުނެދީފައެވެ. އެދުވަހަށް ފަހުވެސް ޒަމްރާ،  ޒީޝާން އަށް އެކި ގޮތްގޮތުން ވިސްނައިދެވޭތޯ ބެލިއެވެ. ނަމަވެސް ކުރާ ހުރިހާ މަސައްކަތެއްވަނީ ބޭކާރެވެ.

*************************************************

ދުވަސްތައް ހަލުވިމިނުގައި ފާއިތުވަމުން ދެއެވެ. ޒީޝާންގެ އުޅުމަކަށް ކުޑަވެސް ބަދަލެއްނާދެއެވެ. ޒަމްރާ ވެސް މިހާރު ޒީޝާންއަށް ނަޞޭހަތް ދީ ދީ ވަރުބަލިވެއްޖެއެވެ. ނަމަވެސް ޒީޝާންގެ އެ އޮންނަ ހަރު ހިލަ ހިތައް އެކައްޗެކޭވެސް ނާރައެވެ. ޒަމްރާއަށް އަނިޔާކުރަން ވެސް ފަށައިފިއެވެ. އެތައް ފަހަރަކު ޕޮލިސް ސްޓޭޝަން އަށް ވެސް ގެންދިޔައެވެ. ޒަމްރާ އެދަރިފުޅަށްޓަކައިރޯ ރުއިން ހަމައެކަނި ދެނެވޮޑިގެންވާނީ މާތްﷲ އެވެ. ޒީޝާންގެ ހިތުގައި ޒަމްރާއަށްޓަކައި ކުޑަވެސް ލޯތްބެއްނެތެވެ.  މަންމައަކު ދޭ ނަޞޭހަތްތަކަށް ބީރު ކަންފަތެއްދޭނީ ހާދަ ހިތްވަރެއް ހުރެގެންނެވެ. ޒަމްރާ އަބަދުވެސް ޤަބޫލުކުރާ ވާހަކައެއް  އޮވެއެވެ. ކޮންމެވެސް ދުވަހަކުން ޒީޝާންއަށް އަދި ވިސްނޭނެއެވެ.

މިއަދުވެސް އިރު އެރީ އެތަށް ބައެއްގެ ހިތުގައި އެކި ކުލަ ޖައްސަމުންނެވެ. އެއްބަޔަކު ހިތާމައިގައި އުޅޭއިރު އަނެއްބަޔަކު  ދިޔައީ އުފަލާއި މަޖަލުގައި ވަގުތުތައް ހޭދަކުރަމުންނެވެ. މިގޮތުން ޒީޝާން ވެސް ދިޔައީ އޭނާގެ ރައްޓެހިންނާއެކީ ދުނިޔޭގައި ލެއްވިހާއި ނުބައި ކަމެއް ކުރަމުންނެވެ. ނަމަވެސް މިގޮތުގައި އެމީހުންނަށް ތިބެވުނީ ދެގަޑިއިރެއް ހާއިރުއެވެ. ޒީޝާންމެން ތިބިކޮޓަރިއަށް ޕޮލިސް ވަދެގެން އާއިރުވެސް އެއިން އެކަކަށްވެސް އެކަމެއް ރޭކާނުލައެވެ. އެހާވެސް އެމީހުން ތިބީ އެކުރާ ކަންތައްތަކަށް ގެއްލި ހުސްވެފައެވެ. ޕޮލިހުން އައިސް ކޮޓަރި ތެރޭގައި ތިބި އެންމެންނެރެ ވޭނަށް އަރުވައިގެން ޕޮލިސް ސްޓޭޝަނަށް ގެންދިޔައެވެ. ގެންދި އެއްވެސް ކުއްޖެއްގެ ފަހަތުން އެކުދިންގެ މައިންބަފައިންނެއް ނުދެއެވެ. މިވަގުތު އެކުދިންގެ ފަހަތުން  ދިޔުމުގެ ބޭނުމެއް ނެތީމަ ކަންނޭގެއެވެ. ނަމަވެސް މިކަން އެނގުނު ޒަމްރާއަށް ހީވީ އޭނާގެ ހަތަރު އުދަރެސް ފެނުޖެހުނު  ހެންނެވެ. ބާރަށް އަޑުލައި ރޯން ފެށިއެވެ. ނަމަވެސް އެރުއިން ގިނަ މިނެޓަކަށް ދެމިގެންނެއް ނުދެއެވެ. ޒަމްރާ ދިން ނަޞޭހަތްތައް އަޑު ނޭހުމުގެ ނަތީޖާ ކިހާ ހިތި ހެއްޔެވެ؟ އޭނާގެ ދަރިފުޅު މިހާ ދަށު ދަރަޖައަކަށް ވެއްޓިދާނެކަމަކަށް ދުވަހަކުވެސް  ހިޔެއްނުކުރެއެވެ. ޒަމްރާ ފުރަތަމަ ހީކުރީ އޭނާގެ ދަރިފުޅު ހަމައެކަނި ކުރި ކަންތަކަކީ ސިގިރޭޓު ބުއިމާއި ފިރިހެންކުދިން  ގޮވާގެން ރަށްކުޑަކުރުން ކަމަށެވެ. ނަމަވެސް  އެއަށްވުރެ ބޮޑަށް ޝައިޠާނާ ހުރީ އެމީހުންގެ ބޮލަށް ސަވާރުވެފައެވެ. މިއަދު އަހަރެން އެދަރިފުޅަށްޓަކައި ނުރޯނަމެވެ. ނަމަވެސް އަދިވެސް އެދަރިފުޅަށް  ހެޔޮ ވިސްނުން ދެއްވާތޯ ކެޑި ނޭޅި ދުޢާ ކުރާނަމެވެ. ޒީޝާން މެން ގުރޫޕު 8 އަހަރަށް ޖަލަށްލީއެވެ.

***************************************

8 އަހަރު ފަސް.

”މަ……. މަންމާ……. އަހަރެން މިއަދު މަންމަގެ ކުރިމައްޗަށް މިއައީ ފުރިހަމައަށް ތައުބާވެގެން…… މީ ކުރީގަ ނުބައިކޮށް  އުޅުނުޒީ…… ޒީޝާން އެއް ނޫން… މީ މިހާރު އެހެން ޒީޝާން އެއް…….. މަންމާ! އަހަރެންނަށް މަޢާފުކުރޭ؟ އަހަރެންނަށް އިނގޭ އަހަރެންނަށް މަޢާފު ހައްގުނޫންކަން ވެސް……… އަހަރެންނަށް މިހާރު ވިސްނިއްޖެ! މަންމާ……! އަހަ….. އަހަރެން އެތަނަށް ގެންދިޔައީ އަހަރެންނަށް ވިސްނެންކަންނޭގެ…… އޭރު  އަހަރެންނަށް އުޅެވުނީ ވަރަ….. ވަރަށް ގޯ…. ގޯސްކޮށް….. އޭރު ކުރެވުނި ކަންތަކާމެދު ލަދުވަސް ގަނޭ……. މިހާރު  އެނގިއްޖެ އިންސާނަކަށް ވީތީ ކޮށްގެން ނުވާނެ ކަންތައްތައް ކަން އަހަރެންނަށް ކުރެވުނީ…… މަން……….މަންމާ  އަހަރެންނަށް މަޢާފު ކުރޭ! އޭރު އަހަރެންނަށް މަންމައާއި ދިމާއަށް މަލާމާތްކޮށް އެއްޗެހި ކިޔާ ހުތުރު ބަހުން ވާހަކަ ދެއްކުން އެއީ އަހަރެންނަށް ކުރެވުނި ވަރަށް….. ވަރަށް ބޮޑު ގޯހެއް!….. މިއަދު އަހަރެންނަށް އެނގިއްޖެ މަންމައާއި ދިމާއަށް  އުއްފުއޭ ބުނެލަން ވެސް ނުވާނެކަން….. އަހަރެންނަށް އެތަނުގެ ސަބަބުން ވަރަށް ގިނަ އެއްޗެހި އެނގިގެން ދިޔަ… މަންމާ! މަޢާފުކުރޭއަހަރެންނަށް………..” ޒީޝާން މިނިވަންވެގެން ގެއަށް އައިސް ވަންގޮތަށް ޒަމްރާގެ ފަރާތުން މަޢާފަށް ވެސް އެދުނެވެ. އަދި އޭނާއަށް ކުރެވުނި ކަންތަކާ މެދު ދެރަވެ ހިތާމަ ކުރިއެވެ. މިހުރިހާ ވާހަކަތަކެއް ކިޔާދިން އިރު ޒަމްރާ ހުރީ ގިސްލަ  ގިސްލާފައި ރޯށެވެ.ޒީޝާންއަށް ވެސް ވާހަކަ ދެއްކުންވީ އުނދަގޫ ކަމަކަށެވެ. އަދި ހިތާހިތުން އޭނާގެ ދަރިފުޅަށް ހެޔޮ  ވިސްނުން ދެއްވީތީ މާތްﷲ އަށް ޙަމްދު ކުރިއެވެ. ދުވެފައި ގޮސްއޭނަގެ ދަރިފުޅުގައިގާ ބައްދާލިއެވެ. އަދި ދުވަހަކުވެސް  ގޯސްކޮށް ނޫޅުމަށް ނަޞޭހަތްތެރިވެ މަޢާފުވެސްކުރިއެވެ. ދެމައިން އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލާފައި ކާން ދިޔައެވެ.

ޒަމްރާމެންނަކީ މިހާރު އެންމެ އުފަލުގައި ދިރިއުޅޭ އެއް އާއިލާއޭ ބުނުމަކުން ވެސް ދޮގަކަށް ނުވާނެއެވެ. ޒީޝާން އަކީ ފަސް ވަގުތު ނަމާދު ކޮށް ޤުރުޢާން ކިޔަވައި ރަނގަޅު އަޚްލާޤް ހުރި ކުއްޖެކެވެ. މީހުންގެ ލޯތްބާއި އިޙްތިރާމް ލިބޭ ކުއްޖެކެވެ.  ޒިންމާދާރު އަންހެން ކުއްޖެކެވެ. މިހާރު އެދެމައިން ކައިބޮއި ހަދަނީ ޒީޝާން ކުރާ މަސައްކަތުން ލިބޭ ފައިސާއިންނެވެ.  ޒީޝާން ގެ ހިތަށް މިހާރު އަރައެވެ.” އަހަރެންނަށް އޭރު ދޫކޮށްލެވުނީ ކިހާ އަގުހުރި ނިޢުމަތެއް ހެއްޔެވެ؟އަހަރެން ދެން ދުވަހަކުވެސް އެ މަންމަ ހިތުގައި ޖެހޭކަހަލަ ކަމެއް ނުކުރާނަން….”

ނިމުނީ

 

 

Share Article

Follow Me Written By

Nafu

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ބުނާށެ ލޯބި ނުވަނީހޭ (12)

Next

ދުޢާ 11

Next
September 12, 2018

ދުޢާ 11

Previews
September 12, 2018

ބުނާށެ ލޯބި ނުވަނީހޭ (12)

18 Comments!

  1. mariyanbu says:
    September 12, 2018 at 6:33 pm

    Assalamu alaikum
    so here it is the my second story in this site…hope u all will like this story too…point out the mistakes so i can improve…. mee alhuganduge amilla hiyaalah liyefaivaa story eh……rangalhu kohlan huri than than huriyya bunela dheythi mi vaahaka kiyaa hurihaa kudhinves… 🙂

  2. Anonymous says:
    September 12, 2018 at 7:36 pm

    wait… zamraa aky nuhingey meeheh noontha?? dhn kihineh dhuvefa dheveyny?? anyways stry v nyc

  3. mariyanbu says:
    September 12, 2018 at 7:54 pm

    aslu eothy olhifaa….. ethaa ihnnaany dhadi ganduge ehygaa baarah gos bahdhaali vaahaka….
    jazaakallah khair :)….. anonymous… vr vr ufaa vehjje mistake buneladhinyma…..dhn faharakun ekahala mistake eh nujeheyne… insha allah:)

  4. Queen Dandelion says:
    September 12, 2018 at 9:04 pm

    Alhey haadha rythi stry eh Masha Allah???Mariyanbu lwbs❤❤Dear ah free time
    eh libijjiyya mikahala shrt stry eh liyahchey..And haadha asarugadha ey..Super????luv yuh more ngey..avas reply eh dhehche buddy??????????????☺☺????????❤?????❤????Good night my dear?

    1. ?Nafu? says:
      June 22, 2019 at 7:45 am

      Thanks queen dandelion ???

  5. No one says:
    September 12, 2018 at 9:23 pm

    Zamraa beynun kuramungos vaki hisaabakun aharennah badhalvma kudakon odd.. overall koh vr nice story.. vr touching… Maasha allah ♥️♥️

    1. ?Nafu? says:
      June 22, 2019 at 7:49 am

      Thanks no one??

  6. Lotus says:
    September 12, 2018 at 9:29 pm

    V ibraitheri ehaame nice.. keep it up dear ?

  7. mariyanbu says:
    September 12, 2018 at 10:00 pm

    jazakallah khair lotus……….. (:

  8. Zidhan Mohamed says:
    September 13, 2018 at 4:25 am

    Furihama vaahaka eh. Dhevana vaahaka veema maa bodah mistakes nubunedhee hiyvaru dheveytho mi bely! Hunaru ebahuri. Kuriah dheveyn. IA. ?❤

  9. mariyanbu says:
    September 13, 2018 at 1:09 pm

    jazaakallah khair zidhan….. mistake huriyyaa buneladhinun vr muhinmu…. eyrun dhn faharaku ves rangalhukohleveyny

    1. Anonymous says:
      September 13, 2018 at 6:59 pm

      Zidhaan e ee kurevey kuh gabool kuraa liyun therieh noon n negative comment hajamvesvaa liyuntherieh noon. Ehenveema ehenthaa ekan kureveyny.

  10. mariyam vaheedh says:
    September 14, 2018 at 2:01 pm

    the story is nice

    1. ?Nafu? says:
      June 22, 2019 at 7:51 am

      Thanks mariyam vaheedh??

  11. Neih bunaa hitheh says:
    September 18, 2018 at 6:06 pm

    Vrh salhi mi vaahaka

    1. ?Nafu? says:
      June 22, 2019 at 7:52 am

      Thanks neih bunaa hitheh???

  12. No one says:
    September 27, 2018 at 8:00 pm

    salhi

    1. ?Nafu? says:
      June 22, 2019 at 7:53 am

      Thanks no one?

Comments are closed.



All Right Reserved!