Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ހިތް އެދުނަސް… (3)

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
September 6, 2018 7 Mins Read
43 Comments

އެހެންނަމަވެސް އަޔާން މަސައްކަތް ކުރަމުން ދިޔައީ އެ އަސަރު އެއްކޮށް ފިލުވާލެވޭތޯއެވެ.


މޫދަށް ދިޔަ ގޮތަށް އެތަނުގައި އުޅުނު ގުރޫޕަކާ ބައިވެރިވެގެން ޒައިން އާއި އޭނާގެ އެކުވެރިޔާ އާސިފް ވެސް ސަކަރާތުގައި މަސްއޫލުވިއެވެ. އެހެން ނަމަވެސް ގަޑިން ފަސްގަޑި ބައި ވުމާއެކު ޒައިން އާސިފް އަށް ގޮވާލަމުން މޫދަށް އަރަން އެއްގަމާ ދިމާލަށް ހިނގައިގަތެވެ.

ބޯޅައިން ކުޅެމުން ދިޔަ ކުޅިވަރު އެންމެ ފޯރި ގަދަވި ވަގުތު ޒައިން ދާން ފެށުމުން އެތަނުން އެއްކުއްޖަކު ޒައިން އަށް ގޮވާލަމުން ވާހަކަ ދެއްކިއެވެ.

“އޭތް ޒައިން ދަނީތަ؟” ޒައިން ކަކޫތާ ފެނުގައި ހުރެ ފަހަތަށް ބަލާލިއެވެ. އޭރު އާސިފް ވެސް މޫދުން އަރައިގެން އަންނަނީއެވެ.

“ހޫން… އޭނަ ޖެހޭނެއެއްނު ބަންގީގެ ކުރިން މިސްކިތައް އަރަން” އެތަނުން އެހެން ކުއްޖަކު ބުނެލިއެވެ. އެހެންނަމަވެސް ލުއި ކޮށް ހީލުން ފިޔަވާ އިތުރު ރައްދެއް ޒައިން ދޭކަށް ގަސްދެއް ނުކުރިއެވެ.

ގެއަށް ގޮސް ފެންވަރާލައިގެން މިސްކިތަށް ދާން ހިނގައިގަތް ޒައިން އާއި ރާނިޔާ ވާހަކަ ދެއްކިއެވެ. “ދަރިފުޅު އަންނަމުން މަންމަ އަށް ހަސަންބެ ފިހާރައިން ފިޔާ ކިލޯއެއް ގެނެސްދެއްޗޭ؟”

“އޯކޭ… ދަނީ މަންމާ” ޒައިން ގަޑިއަށް ބަލާލާ ހިނގައިގަތް ތަނާ ބަންގި ގޮވައިފިއެވެ. އެހެންކަމުން އޭނާ ލަސްނުކޮށް ގެއިން ނުކުމެގެން މިސްކިތާ ދިމާލަށް މިސްރާބުޖެހިއެވެ.

އެކުވެރި ހައިފާ އާއި އެކުއަތިރީ މަތީގައި އުޅެފައި ގެއަށް އައި މަގުމަތީގައި އީނާލް ގެ ލޮލުގައި ޒައިން އަޅައިގަތީ މިސްކިތަށް އަރަނިކޮށެވެ. އޭނާގެ ތުންފަތް މަތީގައި ހިނިތުން ވުމެއް ދުވެލިއެވެ.

“އޭތް… ކާކު ފެނުނީ” އީނާލް އާއި ވާހަކަ ދައްކަމުން ހައިފާ ވެސް އެ ދިމާލަށް ބަލާލިއެވެ. އެހެންނަމަވެސް އޭރު ޒައިން މިސްކިތަށް އަރާފައި ވީތީ އޭނާ އަށް ޒައިން ފެންނަ ގޮތެއް ނުވިއެވެ. ހައިފާގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލް ގައި އީނާލް ދެފަރާތަށް ބޯ ހޫރާލިއެވެ.

އޭނާ ވެސް ހައިފާ ގާތު ބުނެ ފިޔަވަޅުތައް އަވަސްކޮށްލީ އަވަހަށް ގެއަށް ދިޔުމުގެ ބޭނުމުގައެވެ.


މަލަކް މިރޭވެސް އިންޓަރވިއުއެއްނިންމާލުމަށް ފަހު ގެއަށް ދާން މިސްރާބުޖެހިއެވެ. އޭނާ ވަޒީފާއަށް ލީ އަމިއްލަ މީހެއްގެ ގެސްޓް ހައުސްއެއްގެ ރިޝެޕްޝަނިސްޓް އަކަށް ވުމުން އެ ވަޒީފާ ހަމަޖެހޭނޭ ކަމުގެ އުންމީދު މަލަކް ގެ އޮތެވެ. އާދައިގެ މަޑު ފިޔަވަޅުތަކެއްގައި ހިނގާފައި އައި މަލަކް ދެން ލަނބާލި މަގުގައި ހުރީ ލައިޓް އަނދާފައެވެ. އެހެންކަމުން ބިރުވެރިކަން ހިތަށް ވެރިވުމާއެކު އަނބުރާލުމަށް ފަހު އެހެން މަގަކުން ދާން ހިތަށް އަރާފައިވެސް ގެއާ އެ މަގު ކައިރި ކަމުން ކުރުސި ކިޔަވަމުން މަލަކް ހިނގައިގަތެވެ. ކުއްލިއަކަށް މަލަކް ސިހުނީ އޭނާގެ އަތުގައި ހިފާ މީހަކު ވަރަށް ބާރަށް އެތާހުރި ގަސްތަކެއްގެ ތެރެއަށް ވެއްދުމުންނެވެ.

އެމީހާ ހުރީ މަލަކް ގެ އަނގަމަތީގައި އަތް އަޅައިގެން ކަމުން މަލަކް އަށް ހަޅޭއް ލެވޭ ގޮތެއް ނުވިއެވެ. “މަލަކް” ކުއްލިއަކަށް މަލަކް ގެ ކަންފަތާ ގާތް ވެލާފައި އެ މީހަކު މަލަކް ގެ ނަން ކިޔާލުމާއެކު މަލަކް ގެ ހަރަކާތް ވަގުތުން ހުއްޓުނެވެ.

މަލަކް ގެ ގައިން ހީބިހި ނަގައިގެން ދިޔުމާއެކު އިހްތިޔާރުން ބޭރުގައި ވޭނީ އާހް އެއް އެ އަނގައިން ބޭރުވެގެން ދިޔައެވެ. މަޑުމަޑުން ސަލާމަތް ވާން ބޭނުން ކުރަމުން ދިޔަ އަތް ތިރި ކޮށްލުމާއެކު ދެލޯ މަރާލިއެވެ. ލޮލުގެ ތެރެއަށް ޖަމާވަމުން ދިޔަ ކަރުނަތަށް އެއްވެސް ހުއްޓުމެއް ނެތި ކޯތާފަތުން ފައިބަން ފެށީ ލޯ ހުޅުވާލުމުންނެވެ. އެހެންކަމުން އަނެއްކާވެސް މަލަކް އަށް ކުރެވުނު ކަމަކީ ލޯ މަރާލުމެވެ.

ލޯ މަރައިގެން ހުރި ކަމުގައި ވިނަމަވެސް މަލަކް އަށް އޭނާގެ މޫނާ ދިމާލަށް މީހަކު އެއްޗަކުން އަލި ކޮށްލި ކަން އެނގުނެވެ. އެހެންކަމުން އިތުރަށް އެ ދެލޯ މަރާ ފިއްތާލުމަށް ފަހު މަލަކް ފުން ނޭވާއެއްލިޔެވެ.

އޭނާ ސިހުނީ އެމީހަކު މަލަކް ގެ މޫނުގައި ދެއަތުން ހިފައްޓާލުމަށްފަހު އެ ކަރުނަތައް ފޮހެލަ ދިނުމުންނެވެ. އެލުވާލެވިފައިވާ ދެއަތް މުށްކެވިގެން ދިޔުމާއެކު މަލަކް ގެ މުޅި ހަށިގަނޑަށް ވެސް ކަރަންޓް ގެ އޮއިވަރެއް ދައުރުކޮށްލިއެވެ. އެހެންނަމަވެސް މަލަކް އިތުރަށް އެއްވެސް ހަރަކާތެއް ނުގެނެއެވެ. ހުރި ގޮތަށް ހުރީއެވެ. އެމީހަކު ވަރަށް އޯގާތެރިކަމާއެކު އެ ކަރުނަތައް ފޮހެދިނުމާއެކު މަލަކް ގެ މޫނުން ދޫ ކޮށްލިއެވެ. އަދި މަލަކް އާއި ދުރަށް ޖެހިލިއެވެ.

ލޯ މަރައިގެން ހުއްޓެއްކަމަކު އެމީހަކު ދިޔަކަން މަލަކް އަށް އެނގުނީ ދުރުވަމުން ދިޔަ ފިޔަވަޅުގެ އަޑުންނެވެ. އޭނާ މަޑުމަޑުން ލޯ ހުޅުވާލިއިރު އެމީހަކު ގޮސް ޖެހިގެން އޮތް މަގުން ލަނބާލަނީއެވެ. މޭގައި އަތް އަޅާލުމަށްފަހު މަލަކް ވެސް އެތަނުން ނުކުމެ ގެއާ ދިމާލަށް ހިގައިގަތެވެ.

މަލަކް ގެއަށް ވަތް އިރު ޝާމިން އާއި އާނިސާވެސް ގޭތެރޭގައި ތިއްބެވެ. އެހެންނަމަވެސް އެއްވެސް އެއްޗެއް ބުނުމެއް ނެތި ގޮސް ކޮޓަރިއަށް ވަދެ ދޮރު ލެއްޕި ގޮތުން ކޮންމެވެސް ކަމެއް ގޯސް ވެއްޖެކަން އާނިސާ އަށް ނަގައިގަނެވުނެވެ.

އެހެންނަމަވެސް އޭނާ މި ވަގުތު މަލަކް އަށް ގޮވަން ނަހަދާ ޝާމިން ގާތުވެސް ދޮންތަ އާއި ވާހަކަ ދައްކާނީ ފަހުންނޭ ބުނެލިއެވެ.

ޝާމިން ވެސް ބޯ ޖަހާލިއެވެ. އަދި ހިނިތުންވެލިއެވެ.

އެނދު މައްޗަށް ވެއްޓުނު މަލަކް ގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ބާލީސް ތެއްމަމުން ދިޔައެވެ. އެހެންނަމަވެސް މަލަކް އެކަމަކަށް ފަރުވާލެއް ނުބަހައްޓައެވެ. ބޭނުންވަނީ ހިތް ފުރޭވަރަށް ރޯލުމަށެވެ. މި ވަގުތު އެއްވެސް މީހަކާ ވާހަކަ ދައްކާނޭ ފަދަ ހިތްވަރެއް މަލަކް ގެ ނެތެވެ. ހަދާނޭ ގޮތެއް ކުރާނޭ ކަމެއް މަލަކް އަކަށް ނޭނގެއެވެ. ކިތަންމެ ދެރަވިޔަސް މަލަކް އަށް ކުރެވޭނޭ އެއްވެސް ކަމެއް ނެތޭ ހިތަށް އެރުމާއެކު އަދި އިތުރަށް ދެރަވެ ހިތްދަތި ވުން ނޫން ކަމެއް ނުވިއެވެ. ރޯލާ މީހާ ހަމަޖެހިލުމަށް ފަހު މަލަކް ފާހާނާއާއި ދިމާލަށް ހިނގައިގަތެވެ. ފެންވަރާ ތާޒާ ވެލުމަށެވެ. އަޅައިގެން ހުރި ބުރުގާ ބޭލުމަށް ފަހު އެތާ ހުރި ގޮނޑީ ގައި އަޅުވާލުމަށް ފަހު މަލަކް ފާހާނާ އަށް ވަނެވެ.

ފެންވަރާ ތާޒާ ވެލައިގެން ނުކުންތަނާ ފޯނަށް މެސެޖެއް އައުމުން އޭނާ ބޮލުގައި އޮޅާލާފައިވާ ތުވާލި ނައްޓާލަމުން އައިސް ފޯން ނަގާ ބަލާލިއެވެ.

“އައި މިސް ޔޫ… އެކަމަކު ތި ދެއްކުން ތެރި ކަމުގެ ކަރުތައް ފެނި މި ހިތަށް މިރޭ ލިބުނު އަނިޔާ މާ ބޮޑު” ކުރު މެސެޖެކެވެ. އެހެންނަމަވެސް އެ މެސެޖުން އަނެއްކާވެސް މަލަކް ހަނދާން ކުރަން ބޭނުންނުވާ އެތަކެތް ކަމެއް ހަނދާން ވެގެން ދިޔައެވެ. ހިތް ދިރުވާލެވުނީ އެތައް ދުވަހަކަށް ފަހު އެ ނަމްބަރުން އޭނާ އަށް މެސެޖް ކުރުމުންނެވެ. އެމީހަކު މަލަކް ގޮވައިގެން ގަސްތަކުގެ ތެރެއަށް ވަންނަން ޖެހުނު ސަބަބެއް މަލަކް އަށް އެއްވެސް ގޮތަކަށް ނޭނގުނެވެ. އެހެންނަމަވެސް އެނގޭ ހާވެސް އެއްޗަކީ އެމީހެއްގެ އެ އަމަލެއްގެ ސަބަބުން މަލަކް ގެ ހިތުގައި ޖެހުނުކަމެވެ. މަލަކް ގެ ލޮލުން އަނެއްކާވެސް ހޯސް ލާފައި ކަރުނަ ތައް ފައިބަން ފެށިއެވެ.

އަތުގައި އޮތް ތުވާލިން ކަރުނަތައް ފޮހެލާ މަލަކް ނޭފަތް ވެސް ފޮހެލިއެވެ. އަދި ކުޑަކޮށް ރީތިވެލިއެވެ.


ހައިފާ އާއެކު އައި އީނާލް ގޭގެ ދޮރުމަތީގައި މަޑު ކޮށްލީ ހައިފާ ގޮސް އަނެއް މަގުން ލަނބާލަންދެނެވެ. ޖެހެމުން ދިޔަ ތާޒާ ފިނިރޯޅިތަކުން އީނާލް ގެ ހަށިގަނޑަށް އަރާމު ވަމުން ދިޔައެވެ. ގޭގެ ދޮރުމަތީގައި އީނާލް މަޑު ކޮށްލީ މެލޭޝިއާގައި ކިޔަވަން އުޅުނު އިރު ދިމާވި އެކުވެރިއަކު ގުޅުމުންނެވެ. އޭނާ ފޯން ކޯލް ނިންމާލިއެވެ. އަދި މަގުގެ ދެކޮޅު ބަލާލިއެވެ. އޭނާގެ ނަޒަރު ދެން ހުއްޓުނީ އެ ދިމަލަށް އަންނަމުން ދިޔަ ޒައިން އަށެވެ. ޒައިން ގޮސް ވަނީ އާސިފް މެން ގެއަށެވެ.

ޒައިން ދިޔަ ތަން ބަލަން ހުރި އީނާލް ގެ ތުންފަތް މަތީގައި އާދަޔާ ހިލާފް ހިނިތުންވުމެއް ދުވެލިއެވެ. އެ ހިނިތުންވުމުގެ ފަހަތުގައި ތަފާތު ގިނަ ޝުއޫރުތައް އީނާލް ފޮރުވަމުން ދިޔައެވެ.

އެތާ އީނާލް ހުއްޓާ އައިމަން އާއި އޭނާ ގެ އަންހެނުން ނާއިލާ އައިސް ދޮރާއްޓާ ހަމަވިއެވެ. “އީނޫ ބޭރުގަ ކީއްކުރަނީތަ؟ މީހަކު އަންނަނީތަ؟” އައިމަން މަގުގެ ދެކޮޅު ބަލާލަމުން އަހާލިއެވެ. “ނޫން… ހަމަ ހުރެލީ” އީނާލް ވެސް ހިނިތުންވެލަމުން ބުނެލިއެވެ. “ދޮންބެ ދައްތަ ގޮވައިގެން ކޮންތާކައްތަ ދިޔައީ ހިނގާލަންތަ؟” އީނާލް އަހާލިއެވެ.

“ހެހެ އެހެނެތް ނޫނޭ ވަކި. އަދި ވިހަން ކައިރިއެއް ނުވޭ ދޯ… ހެހެ. އެންމެ ހަތް މަސް…” އެއްލޯ މަރާލަމުން އައިމަލް ސަމާސާ ގޮތަކަށް ބުނެލިއެވެ.

އީނާލް ހީގަތް އިރު ނާއިލާ ވެސް ރަކި ގޮތަކަށް ހިނިތުންވެލިއެވެ.

“ހަތް މަހޯ… ވިހާކަށް ކައިރިއެއް ނުވެޔޯ… ބުނާ ވާހަކަ” ނާއިލާ ބުނެލިއެވެ. އޭނާ އައިމަން ގެ ގައިގައި މަޑު މަޑުން ޖަހާލިއެވެ.

ތިން މީހުން ގެއަށް ވަދެގެން އައި އިރު ސާމިރާ ވެސް ސިޓިން ރޫމް ގައި ހުއްޓެވެ.

އައިމަން އާއި ނާއިލާ އާއި ދެމީހުން ސާމިރާ އަށް ގޮވާލުމަށް ފަހު ކޮޓަރިއާ ދިމާލަށް ހިނގަތް ގަތް އިރު އީނާލް ގެ މިސްރާބު ހުރީ ބަދިގެ ބަޔާ ދިމާލަށެވެ.

ޒައިން އާސިފް މެން ނާ އެކު ބާބިކިޔު ހަދަން ހުރި އިރުވެސް އޭނާގެ ހިތުގައި ވަނީ އީނާލް ގެ ނަމެވެ. އީނާލް ލަދުން އިސްޖެހިގެން ދިޔަ ގޮތް އޭނާ އަށް ކަމުދަނީއެވެ. އެ ލަދުވެތި ހިނިތުންވުން ދެކެން އޭނާ ކެތް މަދުވަނީއެވެ. އެ ސޫރަ ދެކިލުމަށް ހިތް އެދެނީއެވެ.

“އޭތް ޒައިން ކޮން ހިޔާލަކަށް ގެއްލިފަ؟” އާސިފް ތަންކޮޅެއް ދުރުގައި ހުރެފައި ޒައިން އަށް ގޮވާލިއެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްގެން ހުރި ޒައިން ދިޔައީ ސިއްސައިގެންނެވެ. އޭނާ އަވަސް އަވަހަށް ހިޔާލީ ދުނިޔެއިން ނުކުމެ އާސިފް އާއި ދިމާލަށް ހިނގައިގަތެވެ. އަދި ދެފަރާތަށް ބޯ ހޫރާލިއެވެ. ހީވަނީ ހިތަށް އަންނަމުން ދިޔަ ހިޔާލް ތައް އެއްފަރާތް ކޮށްލީ ހެންނެވެ.

“ކޮބާ ނަމާދު ކޮށްގެން މަންމަ ގެ ފިޔާ ކޮތަޅު ގެންގޮސްފަތަ އައީ؟” އާސިފ ހިސާބެގެއް ސަމާސާ ގޮތަކަށް އަހާލިއެވެ. އެއާއެކު ޒައިން ވެސް ހީގަތެވެ.

ބާބިކިޔު ހެދުމުގައި އެންމެން ފޯރިއާއެކު އުޅުނެވެ. އެހެންނަމަވެސް އިރު އިރު ކޮޅަކާ ޒައިން ގެ ވިސްނުން އީނާލް އަށް ދަތުރު ކޮށްލިއެވެ. އެއިން ކޮންމެ ފަހަރަކު ޒައިން ގެ ސަމާލް ކަން ދެން ތިބި ކުދިން ނަށް ލިބެނީ ގޮވާލުމުންނެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ ޒައިން ގެ ވިސްނުމުގައި އީނާލް ގެ ހިޔާލް ތައް ވަނީ ރަނގަޅަށް ވެސް ވަކި ހިއްޕާލާފައެވެ.

ބާބިކިއު ނިންމާލާފައި ޒައިން އާސިފް މެން ގެއިން ހިނގައިގަތް އިރުވެސް އީނާލް ގެ ނަން ފިޔަވާ އިތުރު އެއްޗެއް އެ ހިތުގައި ނުވެއެވެ. އާސިފް މެން ގެއާ ޖެހިގެން އީނާލް މެން ގެ ހުރުމުން އޭނާ އެގެއާ އަރާ ހަމަވެފައި ފިޔަވަޅުތައް މަޑު ކޮށްލީ އަދިވެސް އެއްފަހަރު އީނާލް ދުށުމުގެ ބޭނުމުގައެވެ. އެހެންނަމަވެސް އޭރު ގަޑިން ބާރަ ޖަހާފައި ވުމާއެކު އީނާލް ދެން ބޭރަށް ނުނިކުންނާނޭ ހިތަށް އެރިއެވެ. އަތުގައި އޮތް އާދައިގެ ގަޑިއަށް ބަލާލަމުން ފިޔަވަޅުތައް ބާރުކޮށްލީ އަވަހަށް ގެއަށް ދިޔުމުގެ ބޭނުމުގައެވެ.


ބާރަ ޖެހިއިރުވެސް ލޮލުގައި ނިދީގެ އެއްވެސް ކަންފުޅެއް ނުވާ އަޔާން ގެ ސިކުނޑިއާ ކުޅެނީ ކޮން ހިޔާލް ތަކެތް ކަމެއް ނޭނގެއެވެ. ކުރިން ދުވަހު ގެންގުޅުނު ފަށް އަތަށް ލާ މުށްކަވާލުމަށް ފަހު މޭގައި ޖައްސާލައިގެން އޮށޯވެގެން އޮތް އިރު އެ ނަޒަރު ހުއްޓިފައިވަނީ ސީލިންގަށެވެ. ހީވާގޮތުން އަޔާން ގެ ވިސްނުން ވެސް ގުޅިފައިވަނީ އެ ފަށާއެވެ.

“މަލަކް” ދެ ތުންފަތް ފޫ އަޅުވާލާފައި ނުކުން ލަފުޒާއެކު އަޔާން އަށް ދެލޯ މަރާލެވުނެވެ.


ރޭގަނޑުގެ ހަމަހިމޭން ކަން ފޫ އަޅުވާލުމަށްފަހު ހާލުގެ ކައްކަކާކޯގެ އަޑުން ފަޒާ ގުގުމަން ފަށައިފިއެވެ. ދޫނި ސޫފާސޫފީގެ އަޑު ގަގަވެފައި ވާއިރު އިރުގެ އަލި މަޑު މަޑުން ދުނިޔެ މައްޗަށް ފެތުރެން ފަށައިފިއެވެ. އެނދުގެ ދެފަރާތަށް ފުރޮޅިލާ މޯޅި އަކަށް ދެމިލި ޒައިން ލޯ ހުޅުވާލިއެވެ. އެނދުމައްޗަށް ތެދުވެވުނު ގޮތަށް ބޮލުގައި ހިފައްޓާލީ ބޮލުގައި ރިއްސަމުން ދިޔައީތީއެވެ. ހުން ވައްތަރު ވެފައި ހުރިހެން ހީވެގެން ޒައިން އަމިއްލައަށް ކަރު ދޮށުގައި އަތް ޖައްސާލާ ނިތް ކުރިމަތީގައި ވެސް އަތް ލިޔެވެ. ހޫނު ކަން އިހްސާސް ވުމާއެކު އޭނާ އަތް ދުރައްޖައްސާލާފައި އަނެއްކާވެސް އޮށޯތެވެ. ބޮލުގައި ރިއްސަމުން ދިޔައީތީއެވެ. އެހެންނަމަވެސް މިއަދަކީވެސް މަސައްކަތަށް ނުކުންނަން ޖެހޭ ދުވަހަކަށް ވުމާއެކު ޒައިން ހިތްވަރު ކޮށްފައި ތެދުވެ ފާހާނާއަށް ވަނީ ފެންވަރާލުމުން ވެސް ހުން މަޑު ވެދާނެތީއެވެ.

ފެން ވަރައިގެން ނުކުމެ ލޯ ގަނޑު ކައިރީގައި ހުއްޓެމުން ޒައިން ބޮލުގައި ހުރި ފެންތައް ދެފަރާތަށް ފޮޅާލިއެވެ. އަދި އަލަމާރި ކައިރިއަށް ޖެހިލާ ކަމުދާ ސޯޓެއްނަގާ ލިއެވެ. އެއަށްފަހު ނިތުގައި އަތް ޖައްސާލިއެވެ. ކުރިއަށް ވުރެ ހުން މަޑު ވެފައި ހުރުމުން އޭނާ ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. އެއަށް ފަހު މޭޒު ކައިރިއަށް ޖެހިލާ އޭގެ ތެރޭ ވަތްގަނޑު އަފަމޯލް ކާޑެއް ނެގިއެވެ.

އަދި މޭޒުމަތީގައި ބަހައްޓާފައި ހުރި ފެން ފުޅިން ތަށްޓަކަށް ފެން އަޅާ ދެ ބޭސް ގުޅައާއެކު ކައިލިއެވެ. ނުކައި ހުރެ ބޭސް ކާން ނުވާނެކަން އެނގި ހުރެވެސް ބޮލުގައި އޭރުވެސް ކޮންމެވެސް ވަރަކަށް ރިއްސަމުން ދިޔައީތީ އޭނާ ބޭސް ކެއީއެވެ. އެއަށް ފަހު އަލަމާރި ކައިރިއަށް ޖެހިލާ އޭގެ ތެރެއިން ޓީޝާޓެއް ނެގިއެވެ. އަދި އެ ލިޔެވެ. ލޯ ގަނޑަށް ބަލާލަމުން ބޮލުގައި ފުނާއަޅާލިއެވެ. ލާފައި ހުރީ އާއްމުކޮށް އޭނާ މަސައްކަތު ދާން ލާ ކަހަލަ އެއްޗަކަށް ވިޔަކަސް އެ ސްމާޓް ކަމަށް ބަދަލެއް ނާދެއެވެ.

ކޮންމެ ދުވަހެކޭ އެއްގޮތަށް ގޭ ތެރެއަށް ނުކުން އިރު  މަންމަ ރާނިޔާ ހުރީ ހެނދުނުގެ ނާސްތާ ތައްޔާރު ކޮށްފައެވެ. “ދަރިފުޅާ ބަލީތަ؟” ޒައިން ފުރަތަމަ ފެނިލުމާއެކު ވެސް ރާނިޔާ ގެ ސުވާލެއް ޒައިން އާ އަމާޒް ވިއެވެ. އެއާއެކު ޒައިން ދެފަރާތަށް ބޯ ހޫރާލީ ނޫނެކޭ ބުނުމަށެވެ.

“އެކަމަކު ބަލި ވައްތަރު ޖަހަނީ؟” ތައްޓަކަށް ކަޅު ސައި އަޅަމުން ރާނިޔާ ވާހަކަ ދެއްކިއެވެ. އަދި ޒައިން އާ ދިމާލަށް އައިސް އެ ތަށި ބެހެއްޓިއެވެ. “ކުޑަކޮށް ބޮލުގައި ރިއްސަނީ… ދެންމެ ބޭސް ކައިފިން ރަނގަޅު ވެދާނެ…” ޒައިން ޖަވާބު ދިނީ ހަމަޖެހިލާފައެވެ. “އެކަމަކު ނުކައި ބޭސް ކާކަށް ނުވާނެ ދޯ” ރާނިޔާ ދެފަރާތަށް ބޯ ހޫރާލަމުން ބުނެލިއެވެ.

“ކޮބާތަ އަޝް ކޮ؟” ހޮނި ހިރު ދުވަހަށް ވެފައި އާޝާ ނުފެނުމުން ޒައިން ރާނިޔާ އަށް ބަލާލާ ސުވާލުކޮށްލަމުން ސައި ތަށިން ކޯ ވަރެއް ދަމާލިއެވެ.

“ނޭނގެ ކޮންމެވެސް އެކްސްޓްރާ ގަޑިއެއް އޮވެގެނޯ ސްކޫލަށް ގޮސްވީ ވަރަށް ހެނދުނާ…ބުނީ މެންދުރޭ ކަންނޭގެ ޔޭ ކަންނޭގެ ނިމޭނީ” ރާނިޔާ ބުނެލިއެވެ.

“އެހެންތަ ހާދަ ގިނައިރެއް…” ޒައިން ކުޅި ރޮށިތަށިން ކުޅި ރޮއްޓެއް ނަގަމުން ބުނެލިއެވެ.

“ވޯކް ޝޮޕެއް ކަހަލަ އެއްޗެއް އޮތީތަ؟.” ރާނިޔާ ގެ ފަރާތުން ޖަވާބެއް ނުލިބުމުން ޒައިން އަނެއްކާވެސް އަހާލިއެވެ.

“އާން… ކޮންމެވެސް އެކަހަލަ އެއްޗެކޭ ކިޔާފަ ދިޔައީ” ރާނިޔާވެސް ކޮންމެވެސް އެއްޗެއް ތައްޓަކަށް އަޅައިގެން އައިސް މޭޒު ކައިރީގައި އިށީންނަމުން އަހާލިއެވެ.

ޒައިން ވެސް ބޯ ޖަހާލިއެވެ. އޭނާ ގެއިން ނުކުތީ އެހެން ދުވަސް ދުވަހަށް ވުރެ ލަހުން ނެވެ. މަގުގެ ދެކޮޅު ހޯދާލުމަށް ފަހު ޒައިން ބާރު ފިޔަވަޅުތަކުގައި ގޮސް އެންމެ އަވަހަށް ޖެހިގެން އޮތް މަގުން ލަނބާލިއެވެ. މާ ބޮޑު ސަމާލް ކަމެއް ދެވިފައި ނެތުމާއެކު އެ މަގުން އައި މީހަކު ގެ ގައިގައި ޒައިން އަޅައިގަތެވެ. ސިހިފައި ކުރިމައްޗަށް ބަލާލިއިރު އީނާލް ދެލޯ މަރާލައިގެން ފައިގައި ހިފައްޓައިގެން ހުރި ތަން ފެނިފައި ޒައިން އަށް މަޑު މަޑުން ސޮރީ އޭ ބުނެވުނެވެ.

“އާހް…” އީނާލް އަށް ބުނެވުނެވެ. އަދި މަޑު މަޑުން ލޯ ހުޅުވާލިއެވެ. ކުރިމަތިން ޒައިން ފެނިގެން އީނާލް ގެ މޫނުމައްޗަށް އަރަމުން ދިޔަ ކުލަވަރު ބަދަލް ވިއެވެ. “ސޮރީ… ޒައިން ދެވަނަ ފަހަރަށް ވެސް ބުނެލިއެވެ.

“އިޓްސް އޯކޭ” އީނާލް ކިތަންމެ މަޑުން ބުނެލި ކަމުގައި ވިނަމަވެސް އެ އަޑުގައި ކޮންމެވެސް ވަރެއްގެ ރިހުމެއް ވިއެވެ. “ތަދުވަނީތަ؟. ފަޔަށް ތަ އެރުނީ؟” ޒައިން އީނާލް ގެ ފަޔަށް ބަލާލަމުން އަހާލިއެވެ.

“ނޫން ކުޑަކޮށް” އީނާލް ބުނެލިއެވެ. “އައި އެމް ސޮރީ… އަސްލު ނޭނގުނީ ނުބަލާ ހުރެގެން އައިމަ…” ޒައިން ބުނެލިއެވެ. “އިޓްސް އޯކޭ… އިރުކޮޅަކުން ރަނގަޅު ވެދާނެ” އީނާލް ވާހަކަ ދެއްކިއެވެ.

“ޔޫ ލުކް ބިއުޓިފުލް” ޒައިން ކައިރިވަމުން ދިޔުމުން ކުޑަކޮށް ޖެހިލުން ވެފައި ހުރި އީނާލް ލަދުން ރަތް ވީ އޭނާގެ ކަންފަތް ދޮށުގައި ޒައިން ބުނި ވާހަކައިންނެވެ. އިސްޖެހިގެން ދިޔައިރު ފައިގައި ހުރި ރިހުން މަތިންވެސް ހަނދާން ނެތް ފަދައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

ލޯތްބަކީ 12

Next

ބުނާށެ ލޯބި ނުވަނީހޭ (7)

Next
September 7, 2018

ބުނާށެ ލޯބި ނުވަނީހޭ (7)

Previews
September 6, 2018

ލޯތްބަކީ 12

43 Comments!

  1. g... says:
    September 6, 2018 at 9:55 pm

    Irukolhakaa beley vaahaka up vefatho

    1. Hi Mi says:
      September 10, 2018 at 1:46 pm

      Awwwn. Thanks dear. ???

  2. Hi Mi says:
    September 6, 2018 at 9:55 pm

    salaam. all sear readers. baajjaveri reygandakah edhen. story dhe up vaani saturday nyt ga In Sha Allah. maadhan time eh vaanama up kohla dheveythoa try kuraanan. In Sha Allah. hurihaa kudhinves e kujjeh ge hiyaal faalu kohla dhehchey. mi part kuru v ma v bodah maafah edhen. much love dear readers. thankyou for the suport.
    JAZAKALLAH KHAIRAN.

    1. Naani says:
      September 9, 2018 at 3:25 pm

      Vahaka up kohdhen bunee saturday nit ga bt still up eh nukohdhey
      Mifajaru haadha vai koh himi thi kuriyah dhanee ????

    2. Hi Mi says:
      September 10, 2018 at 1:29 pm

      Vaahaka up vun las vamun dhaa kamah takaa maafah edhen. Gina vaguthu hospital ga ulhumaa bakive ulheythy las vamu dhani.thi dhevvaa support ah v bodah shukuriyya. Much loves. ???

  3. g... says:
    September 6, 2018 at 10:07 pm

    Alhey haadha salhiey mi partves.?? Maadhama ves new part eh kiyaalan libeyne dho… hehe?

    1. Hi Mi says:
      September 10, 2018 at 1:30 pm

      Vaahaka up vun las vamun dhaa kamah takaa maafah edhen. In Sha Allah. Soon up vaane. Thankyou. ???

  4. g... says:
    September 6, 2018 at 10:09 pm

    g ah first???

    1. Hi Mi says:
      September 10, 2018 at 1:31 pm

      Yh dear. Congrats. And thankyou. ???

  5. Hudher says:
    September 6, 2018 at 10:35 pm

    V v v reethi mi part vx maasha allah whn next….waiting??

    1. Hi Mi says:
      September 10, 2018 at 1:32 pm

      In Sha Allah. Himi balive ulheythy up kohla dheveyne esact date and time nubunedvidhaane. But In Sha Allah. Ehaa dhigu i thixaareh nukuruvaanan. Thankyou for thr support. ???

  6. shann says:
    September 7, 2018 at 5:28 am

    Haadha haadha reechey mibaives…. jumlathah athuraalaafa hurigoeh v v ves reethi… Hi Mi story ehvihyaa shann ah egey eyruves reethi vaanekan… thy hama number one n shann ge favorite writers igey thee… adhi mihaa thanah nerun Hi Mi ge khonme story ehves hama ehvanaey buneveyny… thivareh hama neh… miss u

    1. Hi Mi says:
      September 10, 2018 at 1:33 pm

      Awwwn. Shann dear dw. Mi varah ufaavehjje himi ah thidhey support ah. Vvv ufaavehjje. Thankyou so much dear. Himi gr hurihaa vaahaka akah ves thihaa support dheythy. In Sha Allah. V avahah story up kohka dheynan. Much loves. Thanks. ???

  7. Shina says:
    September 7, 2018 at 6:14 am

    Nice story..

    1. Hi Mi says:
      September 10, 2018 at 1:34 pm

      Thankyou shina dear. ???

  8. Pinky shifoo says:
    September 7, 2018 at 6:41 am

    Woww ???… Superb ???❤️❤️❤️… Mi part vx v v v reethi ❤️❤️❤️????????????… Hama heevany vaahakaige thereyga ulheveyhenn ???… Ehaa vx furihama ah Hi Mi vaahaka genesdhey ❤️❤️❤️???… Pinky ah heevany malak gasthakuge there ah e gendhiyaee n msg kureevx iyaan henn ???… Her life is getting more intresting ??????… Keep up the good work Hi Mi ❤️❤️❤️?????????… Curiously waiting for the next ???… Lots and lots of love ❤️❤️❤️?????????????????????…

    1. Hi Mi says:
      September 10, 2018 at 1:35 pm

      Thankyou dear. Vvv ufaavehjje himi ah thidhey support ah. Himi ge konme story akah enme part eh ves misa nukoh pinky comment kurey. Pinky thidhey support ah nihaayathah shukuru verivan. Vvv ufaavehjje. Hingaa dw balamaa malak ge life and past ga v keetho. In Sha Allah. Soon next ep ves uo kohla dheynan. Thanks. Much much more loves. ???

  9. Royal girl says:
    September 7, 2018 at 9:56 am

    Awesome waiting for next part.I love your stories a lot.

    1. Hi Mi says:
      September 10, 2018 at 1:36 pm

      Thankyou royal girl. Himi ge mi vaahaka ah ves kei theri kama eku inthixaar kuraathy shukuriyya. ???

  10. annoying reader says:
    September 7, 2018 at 1:27 pm

    vvarah reethi mi part ves. i think there is a big misunderstanding between malak and ayan. i hope they could resolve it soon. as for enal and zain they look perfect but i think mikyan likes enal too. dhw himi. hehe anyway u wonder where zains younger sister went. something feels fishy hehe. waiting for the next part

    1. Hi Mi says:
      September 10, 2018 at 1:38 pm

      Awwwn. Annoying reader. Vvv ufaavehjje. Hingaa balamaa dw malak gr life ves. And malak aa ayaan ah vaa gotheh ves. Malak ge past ves adhi ingeyne ingey. In Sha Allah. Dhen hingaa balamaa zain ge kokko ves. Dw. Hehe. Guss thah kiyaalaafa v ufaavehjje. Shauguveri vaa gothah geneveythy. V bodah ufaakuran. V avahah next ep ves genesdheveytho try kuraanan. In Sha Allah. Thankyou. ???

  11. Commenter says:
    September 7, 2018 at 1:54 pm

    Amazing

    1. Hi Mi says:
      September 10, 2018 at 1:39 pm

      Thankyou. ???

  12. Junnu says:
    September 7, 2018 at 5:49 pm

    Wow

    1. Hi Mi says:
      September 10, 2018 at 1:40 pm

      Awwn. Thanks dear.

  13. Naju says:
    September 7, 2018 at 8:15 pm

    Hi! Himi dear ???? vaahakaige mi partvx varah varah varah reethi ingey dear… ????????? I just love it n waiting 4 next… ??????????????????????

    1. Hi Mi says:
      September 10, 2018 at 1:41 pm

      Awwn. Thanks dear. Thankyou naju. Thidhey eupport ah v bodah shukuriyya. Vaaahaka las vamun dhaa kamahtakaa maafah edhen. Much loves. ???

  14. Aysh says:
    September 8, 2018 at 12:46 am

    Nice mi part ves waiting for the next part???

    1. Hi Mi says:
      September 10, 2018 at 1:41 pm

      Thanks aysh. Vvv ufaavehjje. Thankyouu so much ingey dear. ???

  15. Rose says:
    September 8, 2018 at 12:49 am

    Love ur stories Hi Mi

    1. Hi Mi says:
      September 10, 2018 at 1:42 pm

      Awwwn. Rose. Vvv ufaavehjje ingey. Thanks dear. Thankyou for the support and love. ???

  16. Maya says:
    September 8, 2018 at 6:29 am

    Vv reethi MashaAllah.. Thivareh nsih hama obines to the Max ?????????????????????love yah. ????

    1. Hi Mi says:
      September 10, 2018 at 1:43 pm

      Awwwn. Thanks maya dear. Much more poves from himi ingey. ???

  17. Blue beauty says:
    September 8, 2018 at 9:27 pm

    Varah reethi mipart ves…konirakun next part….???❤❤❤❤??

  18. Hi Mi says:
    September 9, 2018 at 4:02 pm

    Vaahaka up vun las vamun dhaa kamah takaa v bidah maafah edhen. Himi mi dhuvas kolhu balive ulheythy vaahaka gavaidhun up koh nudhevigen miulheny. Aaturday nyt ga ey bunelaafa innaani. Story ge e part ves innaani aleeady liyefa. Himi ge bolah enburun araathy laptop dhoshuga proof read kohlan innan undhagoo. V ma lasvani. Sorry about this. Much loves. ???

    1. Naju says:
      September 9, 2018 at 10:48 pm

      It’s ok himi ??? n Gws dear ❤❤❤❤❤❤❤❤❤

    2. Hi Mi says:
      September 10, 2018 at 1:43 pm

      Thankyou for understanding naju. Dear. ???

  19. Nau says:
    September 9, 2018 at 7:17 pm

    Its ok himi…..we can understand what ur going through?….GWS dear☺……we will wait????

    1. Hi Mi says:
      September 10, 2018 at 1:45 pm

      Thankyou for understanding nau. Dear. V ufaavehjje. ???

  20. Naju says:
    September 10, 2018 at 9:53 pm

    When is next dear??

    1. Hi Mi says:
      September 11, 2018 at 9:39 pm

      In Sha Allah tonyt.

  21. Ifu ❤ says:
    September 11, 2018 at 11:08 am

    After a long time gotta read a story of u himidarl
    Missed u n ur stories on thise days
    I m so happy ????????
    Himi but i may not able to read n comment every part but i ll try my best dear
    Ifu mennge final exam is coming closer thats y
    Anyways i loved the story
    Waiting for the next part
    Urs fan ifffuuu ???❤❤❤???????????????????????????

    1. Hi Mi says:
      September 11, 2018 at 9:41 pm

      Hey ifu dear. Haadh ufaavehjjey. Its okay. Onw should always give importance to studies ehnu. Its okay srudy well and may Allah make the exams easy for u. In Sha Allah. Vvv ufaavehjje.

Comments are closed.

Next Episodeހިތް އެދުނަސް… (4)←


All Right Reserved!