Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މިހިތް ކޮށްލީ ދީވާނާ 2

black Level 1
September 18, 2018 4 Mins Read
13 Comments

މޭޒު ކައިރީ ތިބި ހަތަރު ފިރިހެނުން ދެލޯ ބޮޑު ވެފައި ބުދުތަކެއްހެން ތިބީއެވެ. “ގޯޝް އިޒް ޝީ ސިކް..” ނާއިންގެ ތުންފަތް ކުޑަކޮށް ހަރަކާތްކޮށްލިއެވެ. “އާން ދެތިން ދުވަސް ވެއްޖެ ބޯއަބުރާފަ ހޮޑުލާތާ..” ފެންފުޅިން ތައްޓަށް ފެންއަޅަމުން ޝާމިން ބުނެލިއެވެ. “އިޒް ޝީ ޕްރެގް..” ނީޝަމްއަށް ޝައްކުވިއެވެ. އޭނާ ބުނެލި އެތީގެ ސަބަބުން މޭޒު ކައިރީ ތިބި އެންމެންގެ ހައިރާންކަން ދެގުނަ ވިއެވެ. ކޯ ދޮވެލަމުން ޝިޔާވެސް އެދިމާލަށް ބަލާލިއެވެ. އޭނާވެސް ހުރީ ހައިރާންވެފައެެވެ.

*************************************

މުޅި މަގުމަތީގައި އުކެމުން ދިޔައީ ކުލައެވެ. ކުދި ބޮޑު އެންމެން ކުލަ ތަކުން ސަލާމަތްވަމުން އެހެންމީހުންނަށް ކުލަ ޖަހަމުން ދުވަމުން ގެންދިޔައެވެ. އުފަލުން ހެމުންނެވެ. ދަންނަ މީހުންނާ ނުދަންނަ މީހުން ވަކި ނުކޮށްށެވެ. ހަމަ ފެންނަ ކޮންމެ މީހެއް ގަޔަށް ކުލަ ޖަހަނީއެވެ.

ކުލަ މާއްޔެއްހެންހުރި މަލްހާ އޭނާގެ ގޭ ދޮރުމަތީގައި ހުއްޓިލިއެވެ. ސޯފާއަށް ދެފައި އަރުވައިގެން އިން ނަދުވާއަށް ބަލާލިއެވެ. “އޭ މަލް ދެން ހިނގާބަ ވަރަށް މަޖަލޭ..މަލް ނުދަންޏާ މަގޭ ބިޓެއް ނުދައްކާނަން..” ކުލަ ޖަހާ ފާނެތީ ބިރުން ނުދާން ގަދަ ހަދާފައި އިން ނަދުވާއަށް ބިރު ދައްކައިގެން ނަމަވެސް ނެރެވޭތޯ މަލްހާ މަސަތްކަތް ކުރިއެވެ. ނަދުވާ ފުންމައިގެން ތެދުވިއެވެ. މަލްހާއާއ ދެމީހުން އަތުގައި ހިފައިގެން މަގުމައްޗަށް ދުއްވައިގަތެވެ. ވަކި ހިސާބަކުން އެދެމީހުން ވަކިވިއެވެ. ދުން ކުލަތަކުގެ ތެރޭގައި ދެމީހުން އޮޅޭ ގޮތްވިއެވެ. ބޮލަށް ކުލަ އެއްޗެއް ވެރުމާއެކު ނަދުވާ ހުރިތާ ހުއްޓި ދެލޯ މަރައި ތަގުޅިކޮށްލިއެވެ އޭނާ ފަހަތް ބަލާލިއެވެ.

ހެވިފައި ހުރީ މިއަދު ބަނބުކެޔޮ ދަޅާއެކު ފެނުނު ކުއްޖާއެވެ. ހީގަންފާ އެ ކުއްޖާ ދުއްވައިގަތެވެ. ނުބައި ހިޔާލުތަކުން ނަދުވާގެ ސިކުނޑި ފުރެން ފެށިއެވެ. “އޯ މައި ގޯޑް..އޭނާވެސް މަ ލައިކްވާތީ ދޯ ކުލަ ޖެހީއެ..” ނަދުވާގެ މޮޔަ ސިކުނޑި އޭނާއަށް ވިސްނައިދިނެވެ. އޭނާއަށް ހިނިތުންވެލެވުނެވެ. އަދި އަތުގައި އޮތް ކުލަ ޕެކެތަށް ބަލާލަމުން ދުއްވައިގަތީ އެ ފިރިހެން ސޮރު ހޯދާށެވެ.

ދުވެފައި ދިޔަ ބާރުމިނުގައި ގޯޅިގަނޑަކަށް އޭނާ ލަނބާލިއެވެ. ފެނުނު މަންޒަރުން އޭނާގެ ހިތުގައި ހަސަދަވެރިކަން އުފެދުނެވެ. ހުރި ފިޔަވަޅުމަތީގައި ހުއްޓުނެވެ. އެ ފިރިހެން ކުއްޖާ އެހެން އަންހެން ކުއްޖަކުގައި ކުލަ އުނގުޅާ ބައްދާހަދާތަން ފެނުމުންނެވެ. ހީހީފައި ސަކަރާތް ޖަހާތަން ފެނުމުން ނަދުވާގެ ދެއަތް މުއްކެވުނެވެ. ފަހަތަށް އެނބުރިގެން ހުރި އެ އަންހެން ކުއްޖަކީ ކާކުތޯ ބަލާލަން ނަދުވާ ކެތްމަދުވިއެވެ. ފަހަތުން ބަލާލާފައިވެސް އެއީ ދަންނަ ކުއްޖެއްހެން ހީވިއެވެ. ހެމުން ހެމުން އެކުއްޖާ ނަދުވާޔާ ވީ ފަޅިއަށް އެނބުރުނެވެ. ނަދުވާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ.

*****************************************

އަތިރި މައްޗާ ދިމާލެވެ. ނީޝަމްއާއި ޝާމިން ދިޔައީ ބައްދަބައްދާފައި ކުލަ އުނގުޅަމުންނެވެ. އޭރު ޝަނީފް އޭނާގެ ކޮއްކޮ އުފުލާއްލައިގެން މޫދާ ދިމާލަށް ދުއްވައިގަތެވެ. “ކޮބާތަ ނާއިން..” ކޮއްކޮ އާޔާއަށް ފެންޖަހަމުން ޝަނީފު އެއްސެވެ. “އޭނާ ނައްޓާލައިފި މަލް އާއެއްކޮށް މާ ފޮޅުވަން..” ހިފާއްޓަ ބަހައްޓާފައި ނީޝަމްގެ މުޅި މޫނުގައި ކަޅު ކުލައުނގުޅަމުން ދިޔަ ޝާމިން ޖަވާބުދާރީވިއެވެ.

ގަސް ބުޑުގައި ކުލަ އަޅާފައި ހުރި ބާލިދީ ޝާމިންގެ ލޮލުގައި އަޅައިގަތީ އެވަގުތެވެ. އޭނާ ދުއްވައިގަތީ އެ ބާލިދީއާ ދިމާލަށެވެ. ވަގުތު ބޭނުން ހިފާ ނީޝަމްވެސް ފިލަން ދުއްވައިގަަތެވެ. ބާލިދީ ނަގަމުން ނީޝަމް ކޮބައިތޯ ޝާމިން ހޯދާލިއެވެ. ފަހަތް ބަލަމުން މަގުގެ ކޮޅަ އޭނާ އޮބާލަނިއެވެ. ނީޝަމްގެ ފަހަތުން ޝާމިން ދުއްވައިގަތެވެ. ބާލިދީ ކިހިއްޔަށް ޖަހައިގެންނެވެ. ނީޝަމް އޭނާގެ ދުވުން ބާރުކޮށްލިއެވެ.

ކުލަ ބާލިދީއެއް ހިފައިގެން އައި ޝާމިންގެ އަތު ނުވުމަށްޓަކައި ދުވަމުން ދިޔަ ނީޝަމްގެ ކުރި ބެދުނެވެ. ކުރިމަތީގައި ހުދު ޓީޝާރޓަކާއި ދިގު އިސްތަށިގަނޑެއްގެ ވެރި އަންހެން ކުއްޖަކީ އޭނާގެ ކޮއްކޮ ކަމަށް ހީކުރެވުނެވެ. އޭނާގެ ކޮއްކޮ އަތުގައިވެސް ހަމަ އެފަދަ ހުދު ޓީޝާރޓެއް އޮވޭ ވިއްޔާއެވެ. ބަލާކަށް ނުހުރެ ނީޝަމް އޭނާގެ އަތުގައި ހުރި ކަޅުކުލަ ފަހަތުން ގޮސް އެއަންހެން ކުއްޖާގެ ކޮލުގައި އުނގުޅާލިއެވެ. “އާތް..” ކުޑަކޮށް ހަޅޭއްލަވައިގަންނަމުން އެ އަންހެން ކުއްޖާ ނީޝަމްއާ ވީ ދިމާލަށް އެނބުރިލިއެވެ. އޭރު ދެ ޒުވާނުންނަށް ތިބެވުނީ އެކަކު އަނެކަކުގެ ނޭވާ އިހްސާސް ވާހާ ކައިރީގައެވެ.

ނީޝަމްގެ އެ ޢަމަލުގެ ސަބަބުން ސިހިފައި ހުރި ޔަލްވީއަށް ބައްދައިގަނެވުނީ ނީޝަމްގެ މެދުހަށީގައެވެ. އެވަގުތު ނީޝަމް ފަހައި ދުވަމުން އައި ފޯރިޔާއެކު އެކަކު އަނެކަކަށް ގެއްލިފައި ތިބި ނީޝަމްއާއި ޝާމިންގެ ބޮލަށް ރަތް ކުލައިގެ ކުލަ ބާލިދީ އޮއްސާލިއެވެ. “ޢީދު މުބާރިކް ލަވް ބާރޑްސް..” ސަކަ މިޒާޖުން ސިކުނޑި ފުރިފައިވާ ޝާމިން ބާލިދީ ހިފައިގެން ދުއްވައިގަތެވެ. ކުރެވުނު ކަންތަކާ އުފާ ފާޅުކުަރަމުންނެވެ.

ނީޝަމްގެ ކަޅުކަން ގަދަ ލޮލުގެ ތެރެއަށް ގެނބިފައި ޔަލްވީއަށް ހުރެވުނީއެވެ. އެ ލޮލުގެ ޖާދޫގައި ހަމަ ރަނގަޅަށްވެސް އޭނާ ޖެހިއްޖެއެވެ. ގެއްލިފައި ހުރި ޔަލްވީގެ ނަޒަރުގެ ސަބަބުން ނީޝަމްއަށް އުނދަގޫވިއެވެ. އަންހެން ކުދިންނަށް މާ ބޮޑު ސަމާލުކަމެއް ނުދޭ ނީޝަމްގެ މިޒާޖު ޔަލްވީއަށް ބަލާކަށް ތަނެއް ނުދިނެވެ. ހިތުގައި ތަފާތު އިހްސާސެއް އުފެދޭހެން ހީވުމުން އެ އިހްސާސް ކޮންޓްރޯލްކުރުމަށް އޭނާ ދުރު ބަލާލިއެވެ. އެލުވާލެވިފައިވާ އޭނާގެ ދެއަތް ސޯޓުގެ ޖީބަށް ކޮށްޕާލަމުންނެވެ. “ސޮރީ މަ ހީކުރީ ޒިވާ ކަމަށް..” ކޮއްކޮގެ ވާހަކަ ބުނެލަމުން ނީޝަމް ދާންއުޅެގަތެވެ. ނަމަވެސް ޔަލްވީ އޭނާގެ އަތް ނީޝަމްގެ މެދު ހަށިން ދޫކުރާކަށް ނޫޅުނެވެ. އަދިވެސް ގުޑާނުލާ ޔަލްވީ ހުރީއެވެ. ފޭކްކުކޮށް ނީޝަމް ކެއްސާލިއެވެ. އެ އުކުޅަށް ޔަލްވީ ގުޑައިފިއެވެ. ލަދުން ރަތްވެފައިވާ ހާލު ދުރަށް އޭނާ ދުއްވައިގަތެވެ.

އަސަރެއް ނެތް ގޮތަށް އިސްޖަހާލަމުން އޭނާ ހިނގައިގަތީ ގެއާ ދިމާލަށެވެ. މާޒީގެ ހަނދާންތަށް ސިކުނޑި ވަށާލަން ފެށުމުން ކުޅޭ ހިތްވެސް ކެނޑުނެވެ.

ގެއަށް ދިޔަ މަގުމަތީގައި އޭނާގެ ކުރިމައްޗަށް އެރީ ޝަނީފެވެ. އެކުވެރިޔާގެ މޫނުމަތީ އަސަރުތަކުން އޭނާގެ ހާލު ޝަނީފް ރަނގަޅަށްވެސް ދެނެގަތެވެ. ޝަނީފް މަސަތްކަތް ކުރީ ނީޝަމް ހެއްވާށެވެ. “އޯ ޕްލީޒް އެހަށް ލީވް މީ ފޯރ އަވައިލް..” ނަމަވެސް ނީޝަމްގެ ޖަވާބުން އެކަން ވީ ނާކާމިޔާބެވެ.

ޝަނީފްވެސް އިތުރަށް އެއްޗެކޭ ނުބުންޏެވެ. ނީޝަމްގެ ކޮނޑުގައި ޖަހާލަމުން މަގުގެ ކޮޅުން ފެނުނު ޝާމިން އަތުކުރުމަށްޓަކައި ދުއްވައިގަތެވެ.

ގޭތެރެއަށް ވަތް އިރު މުޅި ގޭތެރެއިން ފެނުނީ ފަޅު ކަމެވެ. ގޭ އެންމެން ވީ ފެންކުޅި ކުޅެން ގޮސްކަން ނީޝަމްގެ ސިކުނޑި އަވަސް ކަމާއެކު ދެނެގަތެވެ. ގައިގައި އުނގުޅިފައި ހުރި ކުލަތަކާއެކު އޭނާ ކޮޓަރިއަށް ވަނެވެ. އޭނާ ހިނގާފައި ދިޔަ މަގު ރަތް ކުލައިގެ ފެންތިކިތަކުން ފާހަގަވެއެވެ. އެނދުގައި އޮށޯވެލީ އެއްވެސް ފަރުވާލިއެ ނެތިއެވެ. ސިކުންތު ކޮޅެއްގެ ތޭރަގައި އެނދުގައި އަޅާފައިވާ ބެޑްޝީޓަށް ހުރިހާ ކުލައެއް އަރައިގެން ދިޔައެވެ.

ނިއްކުރި މަތީގައި އަތް ބާއްވާލަމުން ވެފައި ހުރި ވަރުބައްޔާއެކު ނީޝަމްގެ ލޯ މެރޭކަށް މާގިނަ އިރެއް ނުނެގިއެވެ.

*************************************

ނާއިންއާއެކު ސަކަރާތްޖަހަމުން ދިޔަ މަލްހާގެ ލޮލުގައި އަޅައިގަތީ ދުރުގައި ބަލަހައްޓައިގެން ހުރި ނަދުވާއެވެ. “ނާނު އާދެބަ..” ނާއިންގެ އަތުގައި ހިފައި ދަމަމުން ނަދުވާއާ ދިމާލަށް އޭނާ ގެންދިޔައެވެ. ސުވާލު މާކު ޖެހިފައި ނާއިން ވެސް މަލްހާ ގެންދިޔަ ތާކަށް ވަރިހަމަ ވެގެން ހުރީއެވެ.

“ބޭބީ..މީ ނަދޫ..ނަދުވާ މަގޭ ވަރަށް ކްލޯސް ފްރެންޑެއް މާލޭގަ އުޅެނީ ކިޔަވަން ބަޓް ވީ އާރ ޗައިލްޑް ހުޑް ރައްޓެހިން..” ނަދުވާއަށް އިޝާރާތްކޮށްލަމުން މަލްހާ ބުނެލިއެވެ. ކަރަންޓު ޝޮކެއް ޖެހިފައި ނަދުވާއަށް ހުރެވުނެވެ. “ނާއިން..” ނާއިން ސަލާމަތް އަތްދިއްކޮށްލިއެވެ. މަޑުމަޑުން ނަދުވާގެ އަތް ހަރަކާތް ކޮށްލިއެވެ. ނާއިންގެ އަތުގައި އޭނާ ހިފާލިއެވެ. ގަދަކަމުން ހިނިތުންވެލިއެވެ. “މަލްއާ ފްރެންޑިއްޔާ މަގޭވެސް ފްރެންޑެއް ދޯ މިހާރު..” ނާއިން ބުނެލިއެވެ. އޭނާ މަލްހާއަށް ދިން ލޯބިވެތި ނަޒަރުގެ ސަބަބުންނާއި މަލްހާ ނާއިންގެ އަތުގައި އޮޅުލައިގަނެގެން ހުރި ގޮތުން ނަދުވާއަށް އުނދަގޫވިއެވެ. “މަ އެބަޖެހޭ އިނގޭ ފާހާނައަކަށް ދާން އެހެންމަ މިދަނީ ގެއަށް އިނގޭ..” އުޒުރެއް ދައްކާލަމުން ނަދުވާ ދާން އުޅެގަތެވެ. މަލްހާގެ ހުއްދަޔާއެކު އޭނާ އަވަސް އަރުވާލާފައި ދިޔައެވެ.

********************************************

ޓެރަހުގެ ދޮރު ހުޅުވާލި ނީޝަމްގެ ލޮލުގައި އަޅައިގަތީ ބެލްގަނި މައްޗަށް އަރައި ހުރި އަންހެން ކުއްޖާއެވެ. އެކަުއްޖާ ނީޝަމްއާ ވީ ފަރާތަށް އެބުރިލިއެވެ. ލޮލުން ކަރުނަ އޮހޮރޭހާލު ފަހަތަށް އެއްފިޔަވަޅު އަޅާލިއެވެ. ހަމައެއާއެކު އޭނާގެ ހަށިގަނޑު ބެލެންސްކަޓައިގެން ވެއްޓެން ދިޔައެވެ. “އަލާނިޔާ..”…

(ނުނިމޭ)

Share Article

Follow Me Written By

black

Level 1

Im a girl..Reading and writing stories have always been my hobby. ❤❤ my dream is to become a respected and successfull writer who is loved by all of her readers. ???? Alhuganduge vaahakathah kiyaalumahfahu vaahakayaa medhu dhekey goii comment kohladhinumakee alhugandah libeyne vrh bodu kurierumeh ??? I'll reply to any kind of comment insha allah ????

Other Articles

Previous

ބުނާށެ ލޯބި ނުވަނީހޭ 05

Next

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 17

Next
September 18, 2018

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 17

Previews
September 18, 2018

ބުނާށެ ލޯބި ނުވަނީހޭ 05

13 Comments!

  1. Hudher says:
    September 18, 2018 at 8:37 pm

    Wooow v v v v rythi..maasha allah…BLACK nyc name ingey….???

    1. black says:
      September 18, 2018 at 11:08 pm

      Thank you so much love kolhu ???❤❤❤ hehe..thanks my username dho ???

  2. Hudher says:
    September 18, 2018 at 8:38 pm

    Me first dhw…..yaayyyyy

    1. black says:
      September 18, 2018 at 11:10 pm

      Aan dhww yayyyy ❤❤ Next part ga ves hoadhachey ??

  3. Reen says:
    September 18, 2018 at 8:54 pm

    Masha allah vvv reethi mi part ves…when next???…curiously waiting for the next part☺☺❤❤

    1. black says:
      September 18, 2018 at 11:15 pm

      Thanks big much luv ❤❤❤❤❤ Next part on Thursday insha allah ??? ???won’t keep you waiting for long ???????????

  4. $#@!~~ says:
    September 18, 2018 at 9:56 pm

    Masha allah ….Varah reethi ..Can’t wait for next part??

    1. black says:
      September 18, 2018 at 11:18 pm

      Thank youuuuu vry much shai dear ???? sweet of you dear ❤❤ Next part on Thursday insha allah ???

  5. Maya says:
    September 19, 2018 at 4:51 pm

    Vvvvvvvvv reethii… Alhe neesham is so much hurted dhw.. V Curious neesham ge luv story kiyan ???????avahah nxt part up kohdhehchey luv???????MashaAllah ????????????????

  6. Kailee says:
    September 20, 2018 at 2:26 pm

    Vvvv reethi???? btw.. neesham ge firt love maruveetha.. lets see dhw dhn???

  7. MIROO says:
    October 4, 2018 at 2:03 pm

    up vanny kn irakah its being high time

  8. maya says:
    October 12, 2018 at 8:06 pm

    koba thr nxt part….kudaminun reply kohlaba dhw

  9. nau says:
    October 16, 2018 at 9:23 pm

    when next part??? it’s gonna to be one month

Comments are closed.



All Right Reserved!