ވައުދު – އެޕިސޯޑް 04
ގަޑިން ރޭގަނޑު 10 ޖަހަނީއެވެ. ނިޝާ ބާއްވާފައި އޮތް ކޮޓަރީގައި ހުރިސިންގަލް ބެޑެއްގައި އޮތް ނަވާޒަށް ވެސް އޮތީ ނިދިފައެވެ. ހެނދުނާއި އަޅާބަލާއިރު ނިޝާގެ ހުން މިހާރު ކުޑަތަންކޮޅެއް މަޑުވެފައި ހުރި ނަމަވެސް އަދިވެސް އެ ހުމުގެ ސަބަބުން ނިޝާއަށް ތެދުވެ އުޅެވޭވަރެއް ނުވެއެވެ.
އިރުއޮއްސެމުންދިޔަ ވަގުތުކަމުން ކޮޓަރީގެ ތެރެއަށް ވަނީ މަޑުއޮރެންޖް ކުލައެއް ފެތުރިފައެވެ. ލައިޓް ނުޖައްސަން ހުރުމުން ކޮޓަރިތެރެވަނީ އަނދިރިވާން ފަށާފައެވެ. ޖިންނި ޝައިތާނުން ބިމަށް ފައިބާ މި ގަޑީގައި ކޮޓަރީގެ ކުޑަދޮރުގެ ފޮތިގަނޑުވެސް ހުރީ ކަހާލާފައެވެ.
ނިދިފައިއޮތް ނިޝާއަށް ހޭލެވުނީ އާދަޔާ ހިލާފަށް ފިނިވާން ފެށުމުންނެވެ. އޭރު ކޮޓަރީގެ ތެރެއަށްވަނީ އަނދިރިކަން ފެތުރިފައެވެ. އެ އަނދިރިކަމާއިއެކު ނިޝާގެ ހިތަށްވެސް ބިރުވެރިކަން ވަންނަން ފެށިއެވެ. އެ އަނދިރިކަމަށް ދެލޯ ހޭނި ނިޝާގެ ލޮލުގައި ނަވާޒް އަޅައިގަތީ އިރުކޮޅެއް ފަަހުންނެވެ. ކުޑަދޮރު ކައިރީގައި ނަވާޒް ހުރީ ބޭރަށް ބަލާށެވެ. “ނަވާ! ކަރަންޓް ވެސް ނެތީތަ؟” ވަރުބަލިއަޑަކުން ނިޝާ ގޮވާލިނަމަވެސް ނަވާޒް ނިޝާ އާއި ދިމާލަށް ބަލައެއްނުލިއެވެ. ދެވަނަ ފަހަރަށްވެސް ނިޝާ ނަވާޒަށް ގޮވާލިއެވެ.
އެވަގުތު ކުޑަދޮރު ކައިރީގައި ހުރި ނަވާޒް ނިޝާއަށް ބަލައިލިއެވެ. އެ އަނދިރީގެ ތެރެއިންވެސް ނިޝާއަށް ނަވާޒްގެ ހުދުކުލައިން ދިއްލިފައި ހުރި ދެލޯ ފެނުނެވެ. ނިޝާ ވަގުތުން ތުރުތުރު އަޅައިގަތެވެ. އެހެންނަމަވެސް ނިޝާގެ ދޫ ތަޅުލެވިފައިވަ ކަހަލައެވެ. ހަތަރެސްފައިގައި ކަސްތޮޅު އެޅިފައިވާ ކަހަލަ އެވެ. ނިޝާގެ ކުރިމަތިން ފެނިގެން އެ ދަނީ 10 އަހަރުވީ މާޒީ އެވެ. ނިޝާ ދެކެ ލޮލުން ބޮލުން ލޯބިވީ ޖިންނި 10 “އަބްރާސް” އަހަރުކުރިން އެވީ ވައުދު ފުއްދަން އެހުރީ އެނބުރި އައިސް އެވެ.
“އަބްރާސް!!! ނިޝާއަށް ހިތާހިތުން ބުނެވުނެވެ. ނަމަވެސް އެއަޑުވެސް އަބްރާސްގެ ކަންފަތާއި ހަމައަށް ފޯރައިފި އެވެ. “އާނ އަހަރެން.” އަބްރާސްގެ ބިރުވެރި އަޑު މުޅި ކޮޓަރިތެރެގައި ގުގުމާލިއެވެ. ” އަހަރެން މިއައީ 10 އަހަރުކުރިން އަހަރެން ވީ ވައުދު ފުއްދަން! އަހަރެންގެ ދަރި ބަލާ މިއައީ” މޭގައި އަތް ޖަހާލުމުން އަބްރާސް ނިޝާ އޮތް އެނދާއި ދިމާލަށް އަންނަން ފެށިއެވެ. އަބްރާސްގެ ދެފައި ބިންމަތީގައި ނުޖެހޭކަން ނިޝާއަށް ކަށަވަރުވާއިރު، އެނދުކައިރިއަށް އަބްރާސް އައީވެސް އެހާ އަވަހަށެވެ.
ދެ ލޮލުން ކަރުނަ ފައިބާ ހާލު ނިޝާއަށް އޮވެވުނީ ބޯ ހޫރާލަ ހޫރާލަ އެވެ. “ކަލޭމެން އިންސާނުންނަކީ ނިކަމެތި ބައެއްކަން އެނގިހުރެވެސް ހާދަ ބޮޑާއެއް ވެޔޭދޯ؟ އެހާ ލޯބިވީއިރު ވެސް ކަލޭ އިހްތިޔާކުރީ އެއޮށް އިންސާނާ.” ކޮޓަރީގެ އަނެއް ފަރާތަށް އިޝާރާތް ކުރަމުން އަބްރާސް އެހެން ބުނުމުން ކޮޓަރީގައި ނަވާޒް އޮތްކަން ނިޝާއަށް ޔަގީންވި އެވެ. ވަގުތުން ނިޝާ ނަވާޒުއަށް ގޮވަން މަސައްކަތްކުރަން ފެށިއެވެ.
އެއާއިއެކު އިބްރީސްގެ ހުނުމުގެ އަޑުވެސް ގުގުމައިގަތެވެ. ނިޝާ ބަލާލިއިރު އިބްރީސްއެއް ކައިރިއަކު ނެތެވެ. “އޭނަ އަކަށް ނީވޭނެ އަޑެއް.” އިބްރީސްގެ އަޑުއައީ ނިޝާގެ ބޮލާދިމާލުން މަތިންނެވެ. ވަގުތުން ނިޝާ މައްޗަށް ބަލާލި އެވެ ނަވާޒުގެ ސިފަ ޖެހިގެން ހުރި އެ ޖިންނި އޮތީ ނިޝާއާއި ދިމާލަށް އެލިއެވެ. އެ ދެލޯ ހުރީ ދިއްލިފައެވެ. އޭރު ބިރުން ގޮސް ނިޝާގެ ހަތަރެސްފައި ރޫރޫ އަޅައެވެ.
“ހާސްނުވޭ! ނިޝާގެ ހުއްދަނެތި ތި ހަށިގަނޑަކު ނުބީހޭނަން. އަދިވެސް ވަރަށް ލޯބިވޭ. އެކަމަކު އެ ލޯބީގެ މަތީގައި މިހާރުވަނީ އަލިފާން. އަހަރެންނަށް ޖެއްސި ހާލުގެ ބަދަލު އަހަރެން ހިފާނަން.”
“ހަނދާން ކުރާތި! މިކަން ކަލޭގެ ފިރިމީހާ އަދި އެހެން އިންސިއަކަށް އެނގޭ ދުވަހަކީ އަހަރެންގެ ދަރި ގޮވައިގެން އަހަރުމެންގެ ދުނިޔެއަށް އެނބުރި ދާ ދުވަސް” ކަލޭ ޖެހޭނީ އަހަރެންގެ ނުބައި ސިފަ ބަލަން ހުންނަން.”
އިބްރީސްގެ ފަހު ބަސް އިއްވުމާއިއެކު އޮލަދުން ގަނޑަކަށް ވެގެން މައްޗަށް އަރައިގެން ދިޔައެވެ. ހަމަ އެއާއެކު ނިޝާއަށް ހީވީ ގައިމަތިން ބަރު ހިލަގަނޑެއް ނެގިހެންނެވެ.
ނިދިފައި އޮތް ނަވާޒަށް ހޭލެވުނީ ނިޝާ ހަޅޭލަވައިގަތް އަޑަށެވެ. ކޮޓަރީގެ ބޮކި ދިއްލާލުމަށްފަހު ނިޝާ ކައިރިއަށް ވަގުތުން ނަވާޒު ދިޔައެވެ. “ކިހިނެތް ވީ ނިޝް! ތަނަކަށް ތަދުވަނީތަ؟” ރޮމުން ދިޔަ ނިޝަގެ މޫނުގައި ހިފަހައްޓާލަމުން ނަވާޒު ބުންޏެވެ.
” ނަވާ.. އޭނަ އައިސް…..” އިބްރީސްގެ ޖުމްލަ ހަނދާން ވުމާއިއެކު ނިޝާއަށް ހީވީ ދުލުގައި ތަޅެއް ލެވުނުހެންނެވެ. “ކޮބާ އަލްކޮ؟” މީހާ ހަމައަކަށް އަޅުވާލަމުން ނަވާޒު ގާތުން ނިޝާ އެހިއެވެ. “މަންމަ ކައިރީގައި ވީ. ކީކޭ ދެންމެ ބުނަން ތިއުޅެނީ؟” ނަވަޒު އަނެއްކާވެސް ނިޝާއާއި ސުވާލުކުރަން ފެށިއެވެ. “އަލްކޮގެ ވާހަކަ އެއީ” ދުރަށް ބަލާލަމުން ނިޝާ ބުންޏެވެ. އޭނާއަށް ކޮންމެފަދަ ކަމަކަށް ކެތްކުރެވުނަސް އަލްކާއާއި ދުރެއްނުވެވޭނެ އެވެ.
އިބްރީސް އެނބުރި އައުމާއެކު ނިޝާގެ ދިރިއުޅުމަށް ޒަލްޒަލާއެއް އަންނާނެކަން އޭނާއަށް މިހާރު ކަށަވަރުވެއްޖެ އެވެ. މި ޒަލްޒަލާ އާއި ކުރިމަތިލާން ޖެހޭނީވެސް ނިޝާ އެކަނިކަން ހިތަށް އެރުމާއެކު ނިޝާއަށް ދެލޯމަރާލެވުނެވެ. އެވަގުތު ލޮލުން ފޭބި ކަރުތައް ބާލީހަށް ފޭދިގެން ދިޔަ މަންޒަރު ބަލަން ކުޑަދޮރު ކައިރީގައި އިބްރީސް ހުއްޓެވެ. އެންމެންގެ ލޮލަށް ވަންހަނާ ވެގެންނެވެ.
-ނުނިމޭ-
5 Comments!
Comments are closed.

V rythi…Whn nxt
Maasha allah v reethi…whn next part … ekamu next part thankolheh dhigu kolla dhehchey ingey dear……luv yah
mistakeh ebain abraas jaahafain thanah ebain ibrees jahaafa
haadha lahey story update vaaleh… 🙁
Salhi story eh a kamaku gavaidhun nuganes dheythee va v foohi…..
Plz Upload fast….