Skip to content
އެސްފިޔަ

ޢައިބެއް ނުވާ ތަސްވީރު

ރަސްކަލަކީ އިންސާފަށްލޯބިކުރައްވާ ޢާންމުރައްޔިތުންގެ އިޙުސާތަކަށް ޤަދަރުކުރައްވާ ރަސްކަލެކެވެ. ނަމަވެސް އެމަނިކުފާނަކީ ކޮރު އަދި އެއްލޯ ކަނު ބޭފުޅެކެވެ.

އެއްދުވަހަކު އެސަހަރުގެ މޮޅު ކުރެހުންތެރިން އެއްކުރެއްވީ އެމަނިކުފާނުގެ ފޮޓޯއެއްކުރެއްސެވުމަށެވެ.

އަދި އެމަނިކުފާނުގެ އެއްވެސް ޢައިބެއް ނުފެންނާނެހެން ކުރެހުމަށް ކުރެހުންތެރިނަށް އެމަނިކުފާނު ޝަރުޠުކުރެއްވިއެވެ.

ނަމަވެސް ހުރިހާ ކުރެހުންތެރިންވެސް އެފަދަފޮޓޯއެއްކުރެހުމަށް އިންކާރު ކުރިއެވެ.

އެފަދަ ފޮޓޯއެއް ކުރަހާނީވެސް ކިހިނަކުންހެއްޔެވެ. އެމަނިކުފާނަކީ އެއްލޯ ކަނު ބޭފުޅެއްވިއްޔާއެވެ.

އަދި ދެފައިމައްޗަށްކުޅޮށްހުންނަގޮތަށްވެސް ދައްކުވައިދޭނީ ކިހިނަކުންހެއްޔެވެ. އެމަނިކުފާނަކީ ކޮށު ބޭފުޅެކެވެ.

ނަމަވެސް އެޖަމާޢަތުގެ ތެރެއިން އެއްކުރެހުންތެރިޔަކު ދެންނެވިއެވެ. މަނިކުފާނުގެ ފޮޓޯ އަޅުގަނޑު ކުރަހާނަމެވެ.

އަދި އެތަސްވީރު ކުރަހައިނިމުނުއިރު އެމަނިކުފާނުގެ ރީތިކަން މިސާލެއްނެއްފަދައިން ފުރިހަމަކަން ދައްކުވައިދިނެވެ.

ފޮޓޯ ކުރެހިއިރު ރަސްގެފާނު ހުންނެވީ ބަޑި ހިއްޕަވައިގެން ޝިކާރަކުރެއްވުމަށް ނިޝާން ބަރާބަރުކޮށްލައިގެންނެވެ. އެކަމަށްޓަކައި ހުންނެވީ އެއްލޯ މަރުއްވައިގެންނެވެ.

އަދި ކޮރުފައި ބިންމަތީ ކަކޫ ޖައްސަވައިގެން އިށީދެ އިންނެވިގޮތަށް ކުރެއްސެވުމަށްފަހު އެފައިގެ ޢައިބުވެސް ކުރެހުންތެރިޔާ ފޮރުއްވިއެވެ.

އަދި ވަރަށްފަސޭހަކަމާއެކު ކުރެހުންތެރިޔާ އެރަސްގެފާނުގެ އެޢައިބުތައް މިފަދައިން ފޮރުވާލިއެވެ.

އެހެންމީހުންގެ ޢައިބުތައް މިފަދައިން އަހަރެމެންވެސް ފޮރުވާލަމާހިނގާށެވެ.

Comments (4)

  1. afffuu

    dherrrrn…. habreh vs nuvey… i missed you… btw story is awesome

  2. Hudher

    Stry v v reethi maasha allah??

  3. Dark princess??

    Zidh after a long time
    Missed your stories???????

  4. RYMA

    varah iburahtheri vaahaka eh

Comments are closed.