Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީދީނީ

އާސިޔަތުގެފާނު 03

Ali Ihsaan Level 210 Stories100 Login
September 1, 2018 3 Mins Read
4 Comments

(ކުރީގެ ޢަދަދާއިގުޅޭ)

މުސާގެފާނުގެ މައިކަނބަލުންވަނީ އެކަމަނާގެ ދޮށީދަރިކަނބަލުން މޫސާގެފާނަށް ވާގޮތް ބެއްލެވުމަށްޓަކައި ފޮނުވާފައެވެ. އެކަމަނާ ނީލަކޯރަށް ދޫކޮށްލެއްވި ފޮށިކޮޅަށް ވާގޮތް ބައްލަވަމުން ކޯރުގެ އައްސޭރި ފަށުން ވަޑައިގެންނެވިއެވެ. ފިރުޢައުނުގެ ސިފައިންނާއި އޭނާގެ އައުވާނުންނަށް ފިއްލަވައިގެންނެވެ. މިކަމަށް އިޝާރާތް ކުރައްވާ ޤަޞަޞު ސޫރަތުގެ 11 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

وَقَالَتْ لِأُخْتِهِ قُصِّيهِ ۖ فَبَصُرَتْ بِهِ عَن جُنُبٍ وَهُمْ لَا يَشْعُرُونَ﴿١١﴾

އަދި އެކަމަނާ موسى ގެފާނުގެ أخت އަށް ވިދާޅުވިއެވެ. އޭނާ (އޮޔާދާތަން ބަލަމުން) ފަހަތުންގޮސް ބަލާށެވެ! ފަހެ، އޭނާ ދުރުގައި ހުރެގެން އެހެންމީހުންނަށް ނޭނގޭގޮތުން އެކަލޭގެފާނަށް ބަލަމުންދިޔައެވެ.

މޫސާގެފާނުގެ އުޚްތުވަނީ އެކަލޭގެފާނު ކޯރުންނެންގެވުމާއި އެކަލޭގެފާނު އާސިތުގެފާނުގެ ދަރިކަލަކަށް ހެއްދެވުމާއި މިކަންތައްތަށް ދެކެވަޑައިގެންފައެވެ. އެކަލޭގެފާނަށް ކިރުފޮދު އަރުވަން އާސިޔަތުގެފާނު ކުރެއްވި މަސައްކަތްޕުޅުވެސް ބޭކަރުވެގެން ދިޔަކަން އެކަމަނާއަށް ވަނީ އެނގިވަޑައިގެންފައެވެ. އެމަންޒަރު ދެކެވަޑައިގެން އެކަމަނާ އެބައިމީހުންނަށް ވިދާޅުވި ބަސްފުޅު ޤުރުއާނުގެ ޤަޞަޞު ސޫރަތުގެ 12 ވަނަ އާޔަތުގައި ޙިކާޔަތުގެ ގޮތުން މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

وَحَرَّمْنَا عَلَيْهِ الْمَرَاضِعَ مِن قَبْلُ فَقَالَتْ هَلْ أَدُلُّكُمْ عَلَىٰ أَهْلِ بَيْتٍ يَكْفُلُونَهُ لَكُمْ وَهُمْ لَهُ نَاصِحُونَ ﴿١٢﴾

އަދި އޭގެކުރިން ތިމަންރަސްކަލާނގެ އެކަލޭގެފާނަށް (އެކަލޭގެފާނުގެ މައިކަމަނާ މެނުވީ) އެހެން ކިރުމައިން حرام ކުރެއްވީމެވެ. ދެން އެކަލޭގެފާނުގެ أخت ބުންޏެވެ. ތިޔަބައިމީހުންނަށްޓަކައި، އޭނާ ބަލަހައްޓައިދޭނެ ގެއެއްގެ أهل ވެރިން ތިޔަބައިމީހުންނަށް ތިމަން ދައްކަންހެއްޔެވެ؟ އަދި އެއުރެން އޭނާ ރަނގަޅަށް ބަލަހައްޓާނެތެވެ.

عبد اللّـه بن عبّاس رضى اللّـه عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެކަމަނާ އެހެން ވިދާޅުވުމުން އެބައިމީހުން އެކަމަނާއަށް ޝައްކު ކުރަންފެށިއެވެ. އެބައިމީހުން އެކަމަނާއަށް ބުންޏެވެ. އެބައިމީހުން އެކުއްޖާފުޅު ރަނގަޅަށް ބަލަހައްޓައިދޭނެކަން ކަނބުލޭގެއަށް އެނގެނީ ކިހިނެތް ހެއްޔެވެ؟ އެކަމަނާ ޖަވާބު ދެއްވިއެވެ. އެއީ އެބައިމީހުންނަކީ ރަސްގެފާނު އުފާފުޅުވާގޮތަށް ކަންތަށް ކުރާބަޔަކަށް ވާތީއެވެ. އަދި އެކަމުގެ ސަބަބުން އުޖޫރައެއް ލިބޭނެކަމުގެ އުއްމީދުގައެވެ.

ދެން އެބައިމީހުން އެކަމަނާ ދޫކޮށްލިއެވެ. އެކަމަނާގެ މައިކަނބަލުން ރަސްގެފާނުގެގަނޑުވަރަށް ގެނެސް އެ ދަރިކަލުންނަށް ކިރުފޮދު އަރުވާގޮތުގެ މަތީންނެވެ. ދެން އެކަމަނާ ވަޑައިގެން އެވާހަކަ އެކަމަނާގެ މައިކަނބަލުންނަށް ދަންނަވައި އެ ދަރިކަލުންނަށް ކިރުފޮދު އެރުވުމަށް ރަސްގެފާނުގެ ގަނޑުވަރަށް ވަޑައިގެންނެވުމަށް ދެންނެވިއެވެ. އެކަމަނާ ވަޑައިގެން މޫސާގެފާނަށް ކިރުފޮދު އެރުވުމުން ކިރުފޮދު ހިތްޕަވަން ފެއްޓެވިއެވެ. ދެން އެކަމުގެ އުފާވެރިކަމުގެ ޚަބަރު السّيّدة آسية ގެ ބާނދީން  އެކަމަނާއަށް ފޮނުއްވިއެވެ.

ދެން السّيّدة آسية މޫސާގެފާނުގެ މައިކަނބަލުންގެންނަވައި އެކަމަނާއަށް ވަރަށް ގިނަ ވެދުން ބަރުތީލާ ކުރެއްވިއެވެ. އޭރު އެކަމަނާއަށްވެސް އެދަރިކަލުންގެ މަންމާފުޅަކީ އެއީ ކަމެއް އެނގިވަޑައިގެންފައެއްނުވެއެވެ. ދެން السّيّدة آسية ގެ އަރިހުގައިން އެދަރިކަލުންގެ ބެއްލެވުމަށްޓަކައި ގަނޑުވަރުގައި އިންނެވުމަށް އެކަމަނާގެ އަރިހުން އެދިވަޑައިގެންނެވިއެވެ. ނަމަވެސް އެކަމަނާ އުޛުރުވެރިވެވަޑައިގެން ވިދާޅުވިއެވެ. “އަޅުގަނޑުގެ ފިރިއަކު އެބަހުއްޓެވެ. ބަލާނެ ދަރިންތަކެއް އެބަތިއްބެވެ. މިހެންވެ ކަމަނާގެ އަރިހުގައި ހުންނެވުން އަޅުގަނޑަށް ވާނީ ވަރަށް ދަތިކަމަކަށެވެ. އަޅުގަނޑުގެ ގޭގައި އެދަރިކަލުންނަށް ކިރުފޮދު އެރުވުން ކަމަނާ ރުހިވަޑައިގަންނަވާ ކަމުގައިވާނަ އަޅުގަނޑު އެކަން ކުރާން ތައްޔާރެވެ.

ދެން السّيّدة آسية އެކަމަށް ހުއްދަދެވިއެވެ. އެކަމަނާއަށް މަހު މުސާރައެއްވެސް ކަނޑައެޅުއްވިއެވެ. ހަދިޔާގެ ގޮތުގައި ހެދުމާއި މިނޫންވެސް ތަކެތި ދެއްވިއެވެ.”  (ތަފްސީރު އިބްނު ކަޘީރު)

މޫސާގެފާނު މައިކަނބަލުން އެދަރިކަލުންނަށް ކިރުފޮދު އެރުވުމަށް ގެކޮޅަށް ވަޑައިގެންނެވި ނަމަވެސް ވަރަށް ގިނައިން އެދަރިކަލުންނާއެކުގައި މިޞްރުގެރަސްގެފާނުގެ ގަނޑުވަރަށް ވަޑައިގެން އުޅުއްވައެވެ. އެދަރިކަލުންގެ ކޮންމެ ހަރަކާތަކުން السّيّدة آسية އަށް ޚާއްޞަ އުފާފުޅެއް އިޙްސާސްކުރެވެއެވެ. ޤަތާދާ އާއި އެނޫންވެސް ބައެއް ބޭކަލުން ވިދާޅެވެފައިވާކަމަށް علاّمة إبن كثير رحمه اللّـه ލިޔުއްވާފައިވެއެވެ. ” السّيّدة آسية މޫސާގެފާނު ތުރުކޮށްދެއްވަނީ އެންމެ ރީތި ފޭރާމެވެ. ފަރީއްކޮޅަށް އަރުވަނީ އެންމެ މީރު ކާނާއެވެ. އެކަލޭގެފާނަށް މުނިފޫހި ފިލުވުމާއި ކުޅިވަރު ކުޅުމަށްވެސް އެކަމުގެ އެންމެ މަތީ ދަރަޖައަށް މަގުފަހިކޮށް ދެއްވައެވެ.”

ތަފްސީރު އިބްނު ކަޘީރުގައާއި ތަފްސީރުލް އާލޫސީގައި ރިވާވެގެންވެއެވެ.  މޫސާގެފާނު ތުއްޕުޅުއިރު އެއްދުވަހަކު އެކަލޭގެފާނު ފިރުޢައުނުގެ މޫނުމަތީގައި އަތްޕުޅުން ޖެއްސެވިއެވެ. އެހެން ރިވާޔަތެއްގައިވަނީ ފިރުޢައުނުގެ ތުނބުޅީގައި ހިފައި ތުނބުޅީގެ އިސްތަށިތަކުން ބައެއް އިސްތަށި ލުއްސަވައިލެއްވީކަމުގައެވެ. މޫސާގެފާނު އެގޮތަށް ކަންތަށް ކުރެއްވުމުން ފިރުޢައުނު އެކަލޭގެފާނު ޤަތުލުކުރެއްވުމަށް އަމުރުކުރިއެވެ. އެ މަންޒަރު ފެނިވަޑައިގެން السّيّدة آسية ވިދާޅުވިއެވެ. ” އެއީ އަލިފާނާއި ޔާޤޫތުވެސް ވަކިކުރަން ނޭނގޭވަރުގެ ކުޑަކުއްޖެކެވެ. އެހިނދު ފިރުޢައުނުގެ އަލިފާން އަނގުރުގަނޑަކާއި ޔާޤޫތު ގެނެސް މޫސާގެފާނުގެ ކުރިފުޅުމަތީގައި ބަހެއްޓިއެވެ. މުސާގެފާނު ވަޑައިގަނަނަވާން ފެއްޓެވީ ޔާޤޫތާއި ދިމާއަށެވެ. ނަމަވެސް ޖިބުރީލުގެފާނު އެކަލޭގެފާނު އަލިފާނާ ދިމާއަށް އަނބުރާލެއްވިއެވެ. އެހިނދު މޫސާގެފާނު އަލިފާންކޮޅު ނަންގަވައި އަނގަފުޅަށް ލެއްވުމުން އެކަލޭގެފާނުގެ ދޫފުޅު ފިހިގެންދިޔައެވެ.

މިދެންނެވުނު ތާރީޚީ ރިވާޔަތުންވެސް السّيّدة آسية މޫސާގެފާނަށް ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ކޮންމެ ނުރައްކާތެރި ޙާލަތެއްގައިވެސް އެކަލޭގެފާނު ޙިމާޔަތްކުރައްވާ ރައްކާތެރި ކުރައްވާކަން ދޭހަވައެވެ. އެކަލޭގެފާނު ފިރުޢައުނުގެ ރަސްކަމުގެ ދަރުބާރުގައި އުފަލާ އަރާމުގައި ބޮޑުފުޅުކުރެއްވުމަށް މެދުވެރި ކުރެއްވީ السّيّدة آسية އެވެ.

މޫސާގެފާނު ފުރާފުރިހަމަވެ ޒުވާން ބޭފުޅަކަށްވެ ވަޑައިގެންނެވި ދުވަސްވަރު އެކަލޭގެފާނުގެ އަތްޕުޅުން މިޞްރުގެ ޤިބްތީއަކު ޤަތުލުވެގެން ދިޔައެވެ. ޤަޞްދަކާނުލައެވެ. ދެންއެކަމުގެ ސަބަބުން ޖެހުނު ކަންތައްތަކެއްގެ ސަބަބުން އެކަލޭގެފާނު މިޞްރުދުކޮށް މަދުޔަނަށް ވަޑައިގަންނަވަންޖެހުނެވެ. މަދުޔަނުގައި ދުވަސްތަކެއް ހޭދަކުރެއްވުމަށްފަހު އެކަލޭގެފާނު އެނބުރި މިޞްރަށް ވަޑައިގެންނެވީ ރަސޫލުކަމުގެ މަތިވެރި މަސްޢޫލިޔަތާއެކުގައެވެ. މިޞްރުގެ ފިރުޢައުނާ އޭނާގެ މީސްތަކުންނަށް މާތް ﷲ ގެ ދީނަށް ގޮވައިލެއްވުމަށެވެ.

މޫސާގެފާނު މިޞްރަށް ވަޑައިގެން

މޫސާގެފާނު މަދުޔަނުން މިޞްރަށް ވަޑައިގެން މާތް ﷲ ގެ ރިސާލަތަށް އެންމެ ފުރަތަމަ އިޖާބަދެއްވި އެއް ބޭކަނބަލަކީ السّيّدة آسية އެވެ. ނަމަވެސް ފިރުޢައުނު އޭނާގެ ހިރިޔާފާތުރާގެ ދަށައްއައި އިސްލާމީ ރިސާލަތުގައި ކޮޅުފައިންޖެހިއެވެ. މޫޞާގެފާނަށް ދުއްތުރާކޮށް އެކަލޭގެފާނު ނިކަމެތިކުރަމުން ގެންދިޔައެވެ. السّيّدة آسية އިސްލާމްވެވަޑައިގެންނެވުމަށްފަހު އެކަމަނާ މާތް ﷲ އަށް އަޅުކަން ކުރައްވަމުންގެންދެވިއެވެ. މޫސާގެފާނުގެ ރިސާލަތު މިޞްރުގެ ގިނަ ބަޔަކު ދޮގުކުރަމުން ގެންދިޔަ ނަމަވެސް ބައެއް ފަރާތްތަކުން އެކަލޭގެފާނުގެ ރިސާލަތު ހެޔޮހިތުން ތެދުކުރައްވަމުން ގެންދެވިއެވެ.

(ނުނިމޭ)

Share Article

Follow Me Written By

Ali Ihsaan

Level 210 Stories100 Login

Other Articles

Previous

އިންތިޒާރުގައި ހުންނަމޭ ލޯބިން 37

Next

ބުނާށެ ލޯބި ނުވަނީހޭ (2)

Next
September 2, 2018

ބުނާށެ ލޯބި ނުވަނީހޭ (2)

Previews
September 1, 2018

އިންތިޒާރުގައި ހުންނަމޭ ލޯބިން 37

4 Comments!

  1. Lotus says:
    September 2, 2018 at 11:42 am

    I liked it.. keep up the good work brother ?

  2. Aaby says:
    September 2, 2018 at 7:31 pm

    maashaa allah. ??

  3. Aaa says:
    September 2, 2018 at 10:08 pm

    Maasha Allah

  4. Aif says:
    September 3, 2018 at 9:59 pm

    ?????

Comments are closed.



All Right Reserved!