Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

އިންސާނުންގެ ހިތުގައި ހަމަ ރަޙުމެއް ނެތީ ބާވައެވެ.

Anusha Mohamed Level 110 Stories100 Login
August 28, 2018 One Min Read
6 Comments

ދުނިޔޭގައި7.6 ބިލިޔަނަށްވުރެ މަދުނޫން އަދަދަކަށް މީހުން އުޅޭއިރު، އާބާދީގެ ގޮތުން އެންމެ ގިނަވާނީ ކުޑަކުދިންގެ އާބާދީއެވެ. ނުވަތަ މިހާރަކަށް އައިސް، ރަނގަޅު ތަޢުލީމެއް އުގެނެން މަސައްކަތްކުރާ އެކި އުމުރުފުރާގެ މީހުން އުޅޭ ބޮޑު އާބާދީއެކެވެ. އެމީހުން ތަޢުލީމް ޙާސިލްކުރުމަށްތަކައި ގެންގުޅޭ ތަކެއްޗަށް ދެވޭ ގެއްލުމަކީ އަހަރެމެން  ކޮންމެ ދުވަހަކު ރޯންޖެހޭ ކަމެކެވެ. އަހަރެމެންނަށް ދެވޭ އަނިޔާއެކެވެ. އަހަރެމެން ގައިން ބޭކާރު ވެގެންދާ ބައެކެވެ.

އަހަރެމެންނަކީ ތަނަކަށް ނުދެވޭ ހުންނަތަނަށް ހަރުލާފާ ތިބޭ ޤަމާރުތަކަކީމެވެ. އެއީ އިންސާނުން އަހަރެމެންނަށް ކުރާ އަނިޔާތަކާއި ދެކޮޅަށް އަހަރެމެންނަށް  އެއްވެސްކަމެއް ނުކުރެވޭތީއެވެ. އަދި މީގެ ބަދަލުގައި މުޅި ދުވާލާއި ރޭގަނޑު އަހަރެމެން ތިބެން ޖެހެނީ އިންސާނުންގެ ޚިދުމަތުގައެވެ.

ވިސްނާލާށެވެ. މިދުނިޔެ މިހާރުމިވަނީ ޓެކްނޮލޮޖީގެ ރޮނގުން ވަރަށް ބޮޑަށް ކުރިއަރާފައެވެ. މިކަމުގެ ދަލީލަކީ ކޮންމެ ކަމެއް ކުރުމަށްޓަކައިވެސް ޓެކްނޮލޮޖީގެ ބޭނުން ކުރާތީއެވެ. އެއްޗެހި ދޮންނަން މެޝެނެއް، ޖޫސް އަތުން ގިރުމުގެ ބަދަލުގައި މިކްސްޓަރެއް، މިހެންގޮސް ހުރިހައި ކަމެއް މިހާރު ކުރަނީ ހަމަ ޓެކްނޮލޮޖީގެ އެހީގައެވެ. ނަމަވެސް ޓެކްނޮލޮޖީގެ ސަބަބުން އަހަރެމެންނަށްވާ ގެއްލުން މާ ބޮޑެވެ.

ތަންކޮޅެއް ކުރިޔަށް ޖެހެލާނަމެވެ. އިންސާނާ އަހަރެމެންގެ  ބޭނުން ކުރުމަށްޓަކައި އަހަރެމެންގެ ގައިގައި ފުރޯއިން ތަޅައި ބުރިކޮށްލައެވެ. ނަމަވެސް މި ބުރިކޮށްލާ ބުރިކޮށްލުމުން މަދުފަހަރަކަށް ނޫނީ އަހަރެމެންނެއް މަރެއް ނުވެއެވެ. ސަބަބަކީ ބިމުގެ އަޑީގައިވާ އަހަރެމެންގެ  ހިތް ބައިންދާފައި އަހަރެމެންގެ  ހަށިގަނޑު ބުރިކޮށްލާ ކަމެވެ. އަދި ހިތުގެ ސަބަބުން އަހަރެމެން  އަނެއްކާ އަލުން އުފެދޭތޯ ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރާތީއެވެ. ނަމަވެސް ޓެކްނޮލޮޖީގެ ކުރިއެރުމުގެ ސަބަބުން މިއަދު އަހަރެމެން  ހަމަމަރައިލަނީއެވެ. ހައިމާކުތަކާއި ވީލޯޑަރުތައް އައިސް އަހަރެމެންގެ  ހިތާއި އެއްކޮށް ނަގައި ބޭނުން ކުރަނީއެވެ.

މައްސަލައެއް ނެތެވެ. އަހަރެމެންގެެ ބޭނުން ކުރަންޏާ އަަހަރެމެން މަރައިލާ ކޮންމެ ފަހަރަކު އަހަރެމެންގެ ދެގުނަ އުފައްދާށެވެ. އޭރަށް އަހަރެމެން ޝަކުވާއެއް ނުކުރާނަމެވެ. ދެން އިންސާނުން އަހަރެމެންގެ ބޭނުން ކުރާ ގޮތް ކިޔާލަދޭނަމެވެ.

އަހަރެމެންގެ ހަންގަނޑު ކަފައި، ކަނޑައި، ނަގައި، ބޮލުގައި ހުރި ފަތްކޮޅު ދަމައިގެން ހަދާ ފޮތް، ފަންސުރު، ގޮނޑި، މޭޒު، އަދި މިނޫންވެސް ތަކެއްޗަކީ ޙުދު އަހަރެމެން އިންސާނާ ތަޢުލީމް ޙާސިލުކުރަން ވެދޭ ވަރަށް ބޮޑު އެހީއެކެވެ. ނަމަވެސް ހަމަ ފޮތުގެ ގަނޑެއްގެ ކަން ބަނޑިވެލާއިރަށް ގަނޑުކަނޑައިލާ ކުދިންވެސް މަދެއްނޫނެވެ. އަދިމިނޫނަސް، ފަންސުރު ބިންދައި މޭޒު ހަލާކުކޮށް، ގޮނޑީގައި ލިޔެ ހެދުމަކީ ޚުދު އަހަރެމެންނަށް ދެވޭ ވަރަށް ބޮޑު ގެއްލުމެކެވެ. އަދި އިނގޭހެއްޔެވެ. އަހަރެމެން އެންމެ ދެރަވަނީއަހަރެމެން ދެވަނަ ފަހަރަށް ބޭނުންނުކޮށް ގޮނޑަށް އެއްލައިލާ، އަހަރެމެންގެ ގައިގައި ހުޅު ޖަހާތީއެވެ.

ދެނެގަންނާށެވެ! އަހަރެމެންނަކީ އިންސާނުންނަށް ކާބޯތަކެއްޗާއި، އެންމެ ބޭނުންވާ އޮކްސިޖަން އުފައްދައިދޭ ބަޔަކީމެވެ. އަދި ދުނިޔޭގެ ޖައްވުތެރެ ހޫނު ވުމުގެ ސަބަބުންފިނިކޮށްދިނުމަށްޓަކައި އެތައް ގުނަ މަސައްކަތެއްކޮށްދިން އަދި ކޮށްދޭނެ ބަޔަކީމެވެ. ނިކަން ވިސްނައި އަޑުއަހާބަލާށެވެ. އަހަރެމެންނަށް ތިހާރަޙުމު ކުޑަ ގޮތަށް ކަންތައް ނުކޮށް ބަލާށެވެ. އަހަރެމެންގެ އާދޭސް ޤަބޫލުކޮށް ބަލާށެވެ. ނޫނީ އިންސާނުންނަށް މިދުނިޔޭގައި ނޫޅެވޭވަރު ވެދާނެއެވެ.

 

 

Share Article

Follow Me Written By

Anusha Mohamed

Level 110 Stories100 Login

<21 writer

Other Articles

Previous

ދުޢާ 3

Next

ރާސްތާ 30

Next
August 29, 2018

ރާސްތާ 30

Previews
August 28, 2018

ދުޢާ 3

6 Comments!

  1. Eama says:
    August 30, 2018 at 12:58 pm

    What I think I know u
    Im also from naifaeu
    In gr6
    U are a band trumpet right

    1. Anusha Mohamed says:
      August 30, 2018 at 1:19 pm

      Yes

  2. Meesh says:
    August 30, 2018 at 1:43 pm

    Is that tree

    1. Anusha Mohamed says:
      August 30, 2018 at 6:06 pm

      Yes that’s right

  3. Roohee says:
    August 31, 2018 at 10:46 am

    Wow are u a grade nine student im also 15 and lives in male

    1. Anusha Mohamed says:
      September 4, 2018 at 9:15 pm

      Your right

Comments are closed.



All Right Reserved!