Skip to content
އެސްފިޔަ

ދީވާނާ ލޯބިން ވެއްޖޭ. . [13]

އަހަރެން ފެނުމާއިއެކު ޝާޔާގެ މޫނުމަތިން ފެނިގެންދިޔަ އަޖައިބެއްފަދަ ހިނިތުންވުން އަހަރެންގެ ހިތުގެ ހިނގުން ބާރުކޮށްލިއެވެ. ޝާޔާ ކުޑަކޮށް ތެދުވެލާ އެނދުގެ ހެޑްބޯޑަށް ލެނގިލިއެވެ. ލައިގެންހުރި ފިޔާތޮށި ކުލައިގެ ޓޮޕްކޮޅާއި ދޫކޮށްލާފައި ވާ ސިލްކް ކޮޅެއްފަދަ ކަޅު އިސްތަށިކޮޅާއިއެކު ޝާޔާގެ ރީތިކަން ޝާޢިރުންގެ ގަލަންތަކަށް ނުކުޅެދޭވަރުވެއެވެ. އަހަރެން މަޑުފިޔަވަޅު ތަކުގައި ޝާޔާގެ ކައިރިޔަށް ޖެހިލަމުން އަހަރެންގެ މޫނުމައްޗަށް ވެއްޓިފައިވާ ތެތް އިސްތަށިކޮޅު އެއްފަރާތްކޮށްލީމެވެ. އަދި އަތުގައި،ފޮރުވާފައި އޮތް މާބޮނޑި މަޑުމަޑުން ނަގާ ޝާޔާގެ އަތަށް ދިއްކޮށްލީމެވެ.

“ގެޓް ވެލް ސޫން. . ” އަހަރެންގެ ދެމިޔަކަނި ކަންފަތް ކައިރިޔަށް ދެމިގަތީ ބޭ އިޚްތިޔާރުގައެވެ. އަހަރެންނަށް ހުރެވުނީ ހިތުގެ އަޑިން ހިނިތުންވެލެވިފައެވެ.

ޝާޔާގެ އަނގަ ހުޅުވިގެން ދިޔައީ ހައިރާންވި ވަރުންނެވެ. އެހާރީތި، އެހާ ބޮޑު، ރަތް ފިނިފެންމާ ބޮނޑިއެއް ޝާޔާ މީގެކުރިން ހަމަލޮލަށް ދެކެފައި ނުވާކަހަލައެވެ. ޝާޔާގެ ކޯތާފަތް މަތި ޖަންބުވެގެންދިޔައީ ހައްވާދައްތަ ހުއްޓައި އަހަރެން ގެނައި ހަދިޔާ ފެނިފައެވެ. ޝާޔާ ދެލޯ އެއްފަހަރާ މަރާލީ “ތެންކްޔޫ” އޭ ބުނާކަހަލަ ގޮތަކަށެވެ. އޭރު ޝާޔާގެ ހުދުހުދު އަންނާރު އޮށްތަކެއްފަދަ މުތީތައް ފެންނަން ހުއްޓެވެ. އެނދުގެ އަނެއްފަރާތުގައި އަހަރުމެން ދެމީހުންގެ ޙަރަކާތްތަކަށް ކަޅިޖަހާނުލާ ބަލަން އިން ހައްވާދައްތަވެސް އިނީ ހެވި ދިލިފައެވެ. ހައްވާ ދައްތަ ބަލަން އިންގޮތުން އަހަރެން ކުޑަކޮށް ލަދުވެސް ގަތެވެ.

އަހަރެން މަޑުމަޑުން ހައްވާ ދައްތަކައިރިޔަށް ޖެހިލާ އެކަނި ވާހަކައެއް ދައްކާލަން ބޭނުންވާ ވާހަކަ ބުނީމެވެ. އެއާއިއެކު ހައްވާދައްތަ އަހަރެންނާއިއެކު އޮބްޒަވޭޝާން ރޫމުން ބޭރަށް ނިކުތެވެ. އަހަރުމެން ދިޔަތަން ބަލަން ޝާޔާއިނީ ވާނުވާ ނޭނގިފައެވެ. ޝާޔާގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަތަކުން އަހަރެންނަށް ކުޑަކޮށް ހިނިވެސްއާދެވުނެވެ. އަހަރެންނާއި ހައްވާދައްތަ މަޑުކޮށްލީ ހެލްތްސެންޓަރ ގެ ގޯތިތެރޭގައި ހައްދާފައިވާ ރީތި ބަގީޗާތެރޭގައި ހުރި ބެންޗެއްގައެވެ. އެބަގީޗާތެރޭގައި ހަރުކޮށްފައިވާ ކުލަ ކުލައިގެ ބޮކިތަކުން އެ ފެހިކަން ގަދަ ބަގީޗާއަށާއި ފޮޅިފައިވާ އެކިކުލަކުލައިގެ މަތަރެސް މަލާއި ސަންފްލާވަރ ތަކަށް އިތުރު ދިރުމެއް ގެނުވާފައިވެއެވެ. އެމަންޒަރު ހިތްދަމައިގަންނަހާ ފުރިހަމައެވެ.

އަހަރެން ހައްވާދައްތަ ކައިރީގައި ދައްކަން އުޅޭ ވާހަކަތަކުގެ ސަބަބުން ހިތް ބުރަ ނުކުރުމަށް އެދުނީމެވެ. އެއަށްފަހު އަހަރެންނަށް ފެނުނު ހުރިހާ މަންޒަރެއް ކިޔައިދިނީމެވެ. އަދި ޝާޔާ ގެނބުމުގައި ޝައިހާގެ ހިއްސާ ރަނގަޅަށް ކިޔައިދިނީމެވެ. އަދި އެކަހަލަ ކަމެއް ޖެހިލުމެއް ނެތި ޝައިހާ ކޮށްލާ، ކަމަކަށް ނުވާކަހަލަ ކަންކަމާ އެހާ ރުޅިގަދަވާ އިރު އެއީ ނަފްސާނީކަމަކަށް ވެދާނެ ވާހަކަ އަހަރެން ހައްވާދައްތަ ކައިރީގައި ބުނީމެވެ. ނަމަވެސް ޙައްވާދައްތަގެ މޫނުމަތިން އެއްވެސް ހައިރާންކަމެއް ނުފެނުނެވެ. ނުވަތަ ހާސްކަމެއްވެސް ވެހެވެ. އަހަރެން ދެއްކި ހުރިހާ ވާހަކައެއް އަޑުއަހަން އިނީ އިސްޖެހިފައެވެ. އެހެން އިރުކޮޅަކު އިނުމަށް ފަހު ހައްވާދައްތަ ވާހަކަދައްކަން ފެށިއެވެ.

“މަރިޔަން ކުޑަކުޑައިރުވެސް ވަރަށް ރުޅި ގަދަވާނެ.. ވަރަށްއަވަހަށް ކަންކަމާ ރުޅިއައިސް ގޭތެރޭ އެއްޗިހި ހަލާކުކޮށް އުޅޭނެ.. އާމިނަތުއަށް ވެސް ވަރަށް އެއްޗިހިކިޔާ ވަރަށް އަނިޔާ ކުރާނެ އޭރުވެސް.. މަރިޔަންގެ ހުންނަ އާދަޔާޚިލާފު މިކަންކަމާހެދި ދައްތަމެން މަރިޔަން ޑޮކްޓަރަށް ދައްކަންވެސް ބޭނުންވި.. ނަމަވެސް އޭރު ދައްތަމެންގެ ދަތިޙާލަތު ހުރިގޮތުން ރަށުން ފުރައިގެން މާލެ ގޮސް ޑޮކްޓަރަކަށް ދެއްކޭނެ ހާ ތަނަވަސްކަމެއް ނެތް.. ރަށު ސިއްޙީމަރުކަޒަށް ދެއްކީމަ ބުނީ އެމަންޖެ ހިތްހަމަ ނުޖެހޭ ކަހަލަ ކަންތައްތައް ނުކުރާށޭ.. ރުޅިއަންނަ އެއްވެސް ކަމެއް ގޭތެރެއިން ވިޔަ ނުދޭށޭ.. ބުނާކަމެއް ކޮށްދެވޭތޯ ބަލާށޭ.. އެހެންވެ އޭރުއްސުރެ މަރިޔަން ބަލާބޮޑުކުރީ އެއްވެސް ކަމެއް އުނިވިޔަނުދީ.. ބުނި ކޮންމެ އެއްޗެއް ހޯދައިދީގެން ބުނި ގޮތަކަށް ކަންތައް ކޮށްދީގެން.. އެހެންވެ މަރިޔަންގެ އުޅުމަށް އެހާ ބޮޑު ބަދަލެއް އަންނަމުން ދިޔައީ.. ދެން އާސަންދައިގެ ދަށުން ބޭސްފަރުވާ ކުރެވެން ފެށީމަ ދައްތަމެންވެސް މާލެ ދިޔައިން.. އަދި ޑޮކްޓަރަށް ވެސް ދެއްކިން.. ނަފްސާނީ ޑޮކްޓަރަކަށް.. އެކޮއެ ތިބުނިހެން މަރިޔަންގެ ހުންނަނީ ނަފްސާނީ ކަމެކޭ ޑޮކްޓަރު ބުނީ.. އެމީހުން ބުނިގޮތުގަ އަހަރުމެންނަށް ޖެހޭނީ މަރިޔަން އެހެން މީހުންނާއި ވަކިން އެކަހެރިކޮށް ގެންގުޅެން ބޭސް ކޮށް ނިމެންދެން.. ދައްތަމެންވެސް ބޭނުންވި މަރިޔަން ރަނގަޅުވާން.. އެކަމަކު ދެން ކުރިމަތިވީ އެއަށްވުރެ އުނދަގޫ ކަމެއް.. ފަރުވާކުރަން ބޭނުންވާ ބޭސް ރާއްޖެއަކުންނެއް ނުލިބޭ.. ދައްތަމެންނަށް ޖެހުނީ ބޭރުން އެބޭސް ގެންނަން.. ގެންނަން ބެލިއިރު އާސަންދައަކުންނެއް އެބޭހެއް ނުލިބޭ.. އެބޭހަކީ ނުލާހިކު އަގުބޮޑު ބޭހެއް.. ދައްތަމެންގެ މާލީ ޙާލަތު ހުރިގޮތަކުން ދައްތަމެންނަކަށް ނެތް މަރިޔަންނަކަށް ފަރުވާ ކުރެވޭކަށް..” އެހިސާބަށް ދިޔައިރު ހައްވާދައްތަގެ އަޑުގައި ތުރުތުރެއް އެކުލެވެސް ފަށައިފިއެވެ. ކޮށްފައިވާ އަސަރު އަހަރެންނަށް އިޙްސާސް ކުރެވުނެވެ. “އެހެންވެ މަރިޔަން ކުރިންވެސް ގެންގުޅުނުހެން މިގެންގުޅެނީ މަރިޔަން ބުނިއެއްޗެއް ސަލާން ޖަހައިގެންވެސް ހޯދައިދީގެން.. ދެން އާމިނަތުގެ ނުކުޅެދުންތެރިކަމާހެދި އަބަދުވެސް މަރިޔަން އާމިނަތުއަށް ވަރަށް އިހާނެތިކޮށް ކަންތައްކުރާނެ.. އެކަމާހެދި އަހަރުމަން މަދަރުސާ ނިމޭއިރަށް ކޯސް ކިޔަވަން ވެސް މަރިޔަން އެހެން ރަށަކަށް ބަދަލުކުރީ.. އާމިނަތުއާއި ދޭތެރޭ މަރިޔަން ކަންތައް ކުރާގޮތުން..” ހައްވާ ދައްތަގެ ވާހަކަތައް ނިމުނުއިރު ހައްވާ ދައްތައަށް ހުރީ ވަރަށް އަސަރު ކޮށްފައެވެ. އަހަރެންނަށް ޝައިހާގެ ބަލިޙާލަތާ މެދު ޙަމްދަރުދީ ވެވުނެވެ. އަދި ބަކުރުބެ މެންނަކީ އަހަރެން ހީކުރިހާ ގޯސްބައެއް ނޫންކަން އަހަރެންނަށް އެނގުނެވެ. އެހެން ކަމުން ޝާޔާ ޝައިހާދެކެ އެހާ ލޯބިވާތީއާއި އެއްކޮށް އަހަރެން ޝައިހާއަށް ވެސް އެހީވާން ނިންމީމެވެ.

“ހައްވާ ދައްތާ. . އެހެންވީރު ޝައިހާގެ ފަރުވާ ލަސްކުރުމުގެ ބޭނުމެއްނެތެއްނު. . ” އަހަރެން ހައްވާ ދައްތަގެ އަތުގައި ހިފާލާ ހިތްވަރުދިނީމެވެ. ހައްވާ ދައްތަ އަހަރެންނަށް ބަލައިލީ ބުނިއެއްޗެއްގެ މާނަ ނޭނގިގެންނެވެ. “ޝައިހާގެ ފަރުވާ ލަސްވެފަ އޮތީ ފައިސާގެ ދަތިކަމުން ކަމަށް ވަންޏާ.. އިރާދަކުރެއްވިއްޔާ ތިކަންތައް އަހަރެން ހަމަޖައްސާލަދޭނަން..” އަހަރެން ހައްވާދައްތައަށް ޔަގީންކަން ދިނީމެވެ. ހައްވާދައްތަ ހުރީ ވަރަށް އުފާވެފައެވެ. ހައްވާދައްތަމެން ޝައިހާ ދެކެ ވަރަށް ލޯބިވެއެވެ. އެއީ އެދެމަފިރިންގެ ކައިވެންޏަށް ވިއްސަކަށް އަހަރުވީފަހުން ހައްވާދައްތަގެ އުމުރުން ސާޅިސް އަހަރުގައި ލިބުނު އެދެމަފިރިންގެ ހުރި ހަމައެކަނި ކުއްޖާއެވެ. ހައްވާދައްތަގެ ލޮލުން ފާއްދާލީ އުފާވެރިކަމުގެ ކަރުނައެވެ. އަހަރެން ޝާޔާއާއި އަހަރެންގެ ގުޅުމުގެ ވާހަކަވެސް ހައްވާދައްތަ ކައިރީގައި ބުނަން ބޭނުންވިއެވެ. ނަމަވެސް އަހަރެންނަކަށް ނުކެރުނެވެ. ކިތަންމެ ފަހަރަކު އަނގަހުޅުވާލައިފައިވެސް ލައްޕާލެވެނީ ނުކެރިގެންނެވެ.

“ހައްވާދައްތަ ދެން ދާންވީނު ގެއަށް ނިދާލަން. . ” އަހަރެންނަށް ހައްވާދައްތަ ކައިރީ އެހެން ބުނުމަށް އަހަރެންގެ ގައިގާހުރި ހުރިހާ ހިއްވަރެއް ނެރެން ޖެހުނެވެ. “އަހަރެން މަޑުކޮށްލަފާނަން ޝާޔާކައިރީ މިރޭ. . ” އޭރު އަހަރުމެން ތިބީ އޮބްޒަރވޭޝަން ރޫމްގައެވެ. ޝާޔާ ހުރީ އަހަރެން އެހެން ބުނުމުން ލަދުން ހަލާކުވެފައެވެ. އިސްޖަހާލައިގެން ހުރެފައި މަޑުމަޑުން އިސް އުފުލާލާ ހައްވާ ދައްތައަށް ބަލައިލިއެވެ.

“އެންމެ ރަނގަޅު.. އާމިނަތުއަށް ރަނގަޅަށް ބަލާތި.. ” ހައްވާ ދައްތަ އަހަރެންގެ ކޮނޑުގައި ފިރުމާލަމުން ހިނިތުންވެލިއެވެ. “ދައްތަ އަންނާނަން ފަތިސް ކޮށްލައިގެން.. ” އެހެން ބުނެފައި ޝާޔާއަށް ބަލާލާފައި މަޑުމަޑުން ނިކުތެވެ. ޝާޔާހުރީ ހައްވާދައްތަ ކަންތައް ކުރިގޮތުން ހައިރާންވެފައެވެ. އަދި ލަދުވެސް ގަނެފައެވެ. އަހަރެން ހައްވާދައްތަ ކައިރީ ނުބުނި ކަމުގައިވިޔަސް އަހަރެން ޝާޔާއާއި ދޭތެރޭ ބަހަށްޓާ ޚާއްސަކަން ހައްވާދައްތައަށް ނޭނގިއެއް ނުހުންނާނެއެވެ. އަހަރެން ބަހައްޓާފައި ދާނީވެސް ކޮންމެވެސް ވަރަކަށް އިތުބާރުވެސް ކުރާތީއެއް ނޫންހެއްޔެވެ. އެހެންކަމުން އަހަރެން ހުރީ ވަރަށް އުފާވެފައެވެ.

އެރޭ ހަތަރުދަމު އަހަރެން ހޭދަކޮށްލީ ޝާޔާއާއި އެކީގައެވެ. އެކިވާހަކަ ދެއްކުމުގައެވެ. ލޯބީގެ އެކި ހަދިޔާ ބަދަލު ކުރުމުގައެވެ. ޝާޔާގެ އިޝާރާތްތައް އަހަރެންނަށް ދެނެގަންނަން މިހާރު މާބޮޑު މަސައްކަތެއް ކުރާކަށް ނުޖެހެއެވެ. ޝާޔާގެ ހިތުގައިވާ އެއްޗެއް ދެނެގަނެވެއެވެ. ފަތިސްވާން ކައިރިވެފައި ވަނިކޮށް ޝާޔާއަށް ނިދިއްޖެއެވެ. އާދުވަހަކަށް އިރުއަރައިގެން އައިއިރުވެސް އަހަރެންނަށް އިނދެވުނީ ފޫހިކަމެއްނެތި ޝާޔާގެ މައުސޫމު މޫނަށް ބަލާށެވެ. ފޫހިކަމެއްނެތި މުޅިއުމުރަށްވެސް ބަލަން އިނދެވިދާނެއެވެ. އެއްފަރާތުގައިހުރި ކުޑަދޮރުން އިރުގެ ރަންދޯދިތައް މޫނަށް އެޅެންފެށުމުން ޝާޔާއަށް އުނދަގޫވިހެން ހީވިއެވެ. އެއާއިއެކު އަހަރެންގެ އަތުން ޝާޔާގެ މޫނަށް ހިޔާކޮށްދިނީމެވެ. ޝާޔާ މަޑުމަޑުން އެސްފިޔަތައް ތަޅުވާލާފައި ލޯހުޅުވާލިއެވެ. އަހަރެން ޝާޔާއަށް ބަލަން އިންތަން ފެނުމާއިއެކު ޝާޔާގެ ދެއަތުން އެލޯބި މޫނު ފޮރުވައިލީ އަހަރެންގެ އެއްވެސް ހުރަހެއްނެތް ތޫނު ނަޒަރުން ސަލާމަތް ވާން ކަހަލައެވެ. ޝާޔާގެ އެ ހަރަކާތުން އަހަރެންގެ ހިތުގައި ފޮނި ރާގެއް ކުޅެލިއެވެ.

“ވަރަށް ލަސްވެއްޖެދޯ. . ” އަހަރެންނާއި ޝާޔާއަށް ސިހިފައި ބަލާލެވުނުއިރު ހައްވާދައްތަ ވަދެގެން އަންނަނީއެވެ. އޭރު އަޔާން އާއި ޒާނިޝްވެސް ފަހަތުން އާދެއެވެ. އެދެމީހުންނާއި އެއްކޮށް އައި ރިޔާއާއި ރަނާ ފެނިފައި އަހަރެންނަށް ހިނިއާދެވުނެވެ.

“މަޑި ދާތާކަށް ކަށިވެސް ދާނެތާ ދޯ. . ” އަހަރެން ހިނިގަނޑަކާއެކު ދިމާކޮށްލީމެވެ. ޖަވާބުގައި އެންމެންގެ ހުނުމުގެ އަޑުއިވިގެން ދިޔައެވެ.

“ހާއި. . މިހާރު ކިހިނެއް. . ؟” ރިޔާ ކައިރިވެލާފައި ޝާޔާގެ އަތުގައި ހިފާލަމުން އަހާލިއެވެ. ޝާޔާގެ ބޮލުގެ އިޝާރާތުން ރަނގަޅު ކަމަށް ބުންޏެވެ.

“ރޭގަ ވަރަށް ދަންވިފަހުން ނިދުނީ. . އެހެންވެ ފަތިހަކު ނުވެސް ހޭލެވުނު. . “ހައްވާ ދައްތަ ސައިބޯން ގެނެއި އެއްޗެހި ސައިޑް ކަބަޑް މަތީގައި ބަހައްޓަމުން ބުނެލިއެވެ. އެއާއިއެކު އަހަރެންގެ ހިތުގައިވެސް ސުވާލުތަކެއް އުފެދިއްޖެއެވެ. އަހަރެންނަށް ސުވާލު ނުކުރެވިގެން އުޅެނިކޮށް ހައްވާދައްތަ އަނެއްކައިވެސް ކިޔާދިނެވެ.

“ރޭގަ މަރިޔަން ރުޅިގަދަވެގެން ހިފަހައްޓާނުލެވިގެން.. މަށާ ބަކުރާ ދެމީހުން ތެޅިތެޅި ވަރުބަލި ވެއްޖެ.. ނަސީބެއް ރޭގަ މިމަންޖެ ގޭގަ ނެތްކަން..” ހައްވާދައްތަ އެހެން ބުނުމުން އަހަރެންގެ ގާތަށް ކުޑަކޮށް ހިނިވެސް އައެވެ. އަހަރެންނަށް އެހާވަރަށް ޝައިހާ ޗާޖުވެސް ކޮށްލެވުނެވެ. އެހެން ވާނެއޭ ކުރިންވެސް އަހަރެންގެ ހިތް ބުނަމުން ދިޔައެވެ.

އަށެއް ޖަހާލާކަންހާއިރު ޑޮކްޓަރު ދުރުވިއެވެ. އަދި ނެގުނު އީސީޖީ ރިޕޯޓާއި އެހެން ޓެސްޓު ތަކުގެ ނަތީޖާ ބެލުމަށްފަހު ކަންބޮޑުވާން ޖެހޭވަރުގެ ކަމެއް ނެތްކަމަށް ބުންޏެވެ. ސީޕީއާރު ދިނުމުގެ ސަބަބުން މޭގެ މަސްތަކަށް ކުޑަކޮށް ގެއްލުން ލިބިފައި ހުއްޓަސް އެކަން ދުވަސްކޮޅެއްގެ ތެރޭގައި ހަމަޔަކަށް އެޅޭނެ ކަމަށް ބުންޏެވެ. ހަފްތާއެއްގެ ބެޑްރެސްޓް ކުރުމަށް ބުނެފައި ބޭސް ލިޔެދެއްވިއެވެ. އެއަށް ފަހު ގެއަށް ފޮނުވައިލެވުނެވެ.

ގެއަށް ދެވުމާއިއެކު އަހަރެން ބެލީ ކޮފީއެއް ބޯލެވޭތޯއެވެ. ތާޒާކޮފީއަކުން ކަރުތެންމާލާ ހެނދުނުގެ ނާސްތާ ކޮށްލުމަށްފަހު ފްރެޝްވެލައިގެން އަހަރެން އޮށޯތީ ކުޑަކޮށް ނިދާލާށެވެ. ދުވާލު ނިދުމަކީ ގޭގެ ޤަވާއިދާ ޚިލާފުކަމަކަށް ވިޔަސް ކަންތައް ދިމާވިގޮތުން އަހަރެންނަށް ޚާއްސަ ހުއްދައެއް ލިބުނީއެވެ. މެންދުރުފަހުން ބޯޓް ކައިރިޔަށް ދާންވާއިރަށް ހޭލެވޭނެހެން އެލާމް ކޮށްލުމަށްފަހު އެނދުގައި ޖައްސާލީމެވެ. ނިދޭކަށް މާ ގިނައިރެއް ނުނެގިއެވެ.

އަހަރެންނަށް ނިދުނީ ކިހާއިރެއް ވަންދެންކަމެއް ގޭނގެއެވެ. ހޭލެވުމުން ވެސް ކަންނެތް ވެފައި ލޯނުހުޅުވަން އޮތީއެވެ. އެލާމް ނުވާތީއެވެ. އޭރު މަޑުމަޑު މިއުޒިކެއްގެ އަޑު އިވެމުން ދިޔައެވެ. އަރާމު މިއުޒިކެކެވެ. އެކަހަލަ ހިމޭން މިއުޒިކެއް އަޑުއިވެނިކޮށް ނުނިދޭނީ ކާކަށް ހެއްޔެވެ. އަނެއްކައިވެސް ނިދިއައިސް އަހަރެންގެ ލޯމައްޗަށް ބަރުކޮށްލައިފިއެވެ. ނިދެމުން ދަނިކޮށް އަހަރެންގެ ހިތަށް އެރިއެވެ. ނިދަން އޮށޯތީ ލަވައެއް މިއުޒިކެއް ޖަހައިގެނެއް ނޫނެވެ. އެހެންވީރު މިވާނީ އަޔާންމެންގެ ކަމަކަށެވެ. އެހެންވީރު ކޮންމެވެސް ކަމެއް ގޯސްވެއްޖެއެވެ. އެހެން ހިތަށް އެރުމާއިއެކު އަހަރެން ފުންމައިގެން ތެދުވެއްޖައީމެވެ. ދެލޯ ހުޅުވާލިއިރު މުޅިކޮޓަރި އޮތީ އަނދިރިވެފައެވެ. އަނެއްކާ އަހަރެންނަށް ނިދުނީ ކިހާއިރެއް ވަންދެންބާއެވެ؟ ކަންފަތަށް އުނދަގުލެއް ވާތީ ބަލައިލިއިރު ކަންފަތަށް ހުރީ ހެޑްސެޓް ޖަހާފައެވެ. އަހަރެންނަށް ދެލޯ ބޮޑު ކޮށްލެވުނެވެ. ވަގުތުން ހެޑްސެޓް ނަގައި އުފުރާލީމެވެ. އަހަރެންގެ ފޯނެއްވެސް ނެތެވެ. މިއުޒިކް ޖަހާފައި އޮތީ އަޔާންގެ ފޯނުންނެވެ. ސިޓިންރޫމް ތެރެއިން ބައެއްގެ ހުނުމުގެ އަޑާއި ވާހަކަދައްކާ އަޑު އިވިއިވި ހުއްޓެވެ. އަނދިރިކަމުގެ ތެރެއަން އަހަރެން ގޮސް ލައިޓް ޖައްސާލީމެވެ. އެއާއިއެކު ކޮޓަރިތެރެ އަލިވެއްޖެއެވެ. ފާހަގަ ކުރެވޭކަހަލަ ކަމެއް ކޮޓާރިތެރެއަކު ނެތެވެ. ނަމަވެސް ސިޓިންރޫމްތެރެ ކުއްލިޔަކަށް އަޑުމަޑު ވެއްޖެއެވެ. އަތުގައި އޮތް ގަޑި ބަލައިލީމެވެ. އެއާއިއެކު ދެލޯ ބޮޑުވެއްޖެއެވެ. ގަޑިން އަށެއް ޖަހައިފިއެވެ. ކިހާދެރަހެއްޔެވެ. އަހަރެންނަށް މެންދުރު ކެއުމާއި ރޭގަނޑުގެ ކެއުންވެސް މިސްވީއެވެ. އެހެން ހިތަށް އެރުމާއިއެކު ބަނޑު ރޫރޫ އަޅައިލިއެވެ. އެފަކީރު ހުހަށް އޮންނަތާ ބާރަ ގަޑިއިރު ވީއެވެ. ކޮންކަހަލަ އިހާނެތި ބައެއްހެއްޔެވެ. އަހަރެންނަށް ކާންވެސް ނުގޮވައެވެ. އަހަރެން ވަރަށް ހިތަހަމަ ނުޖެހުނެވެ. އަވަސް އަވަހަށް ޓީޝާޓެއް ބޮލަށް މަހައިލައިގެން ސިޓިންރޫމަށް ނިކުންނަން ދޮރު ހުޅުވައިލީމެވެ.

“ސަޕްރައިޒް…………!!! އީއީއީއީއީއީއީއީ……..!! ކާކު….” ސިޓިންރޫމް ތެރެއިން ހަޅޭއްލަވައި ގަނެއްޖެއެވެ. ބަލައިލިއިރު ކަމަކުދާކަށް ނެތެވެ. އަހަރެންގެ މަންމަ އާއި، އަޔާންގެ މަންމަ އާލިއާ ދައްތަ، އަދި އަހަރެންގެ ކަޒިން އިޝީ ވެސް ސިޓިންރޫމްތެރެއަށް އެއްވެފައިވާ މީހުންގެ ތެރޭގައި ތިއްބެވެ. އަހަރެންނަށް ވީއުފަލުން އަނގަ ހުޅުވައިލެވުނެވެ. އެހާދުވަސް ކޮށްފައި އިޝީ ފެނުމުން އަހަރެންނަށް ހުރެވުނު ތަންވެސް ނޭނގުނެވެ. އިޝީ އާއި ދިމާލަށް ދުއްވައި ގަނެވުނެވެ.

“އާ…………ތް…. މަށާ ކައިރި ނުވާތި…. ތީކާކު……؟” އިޝީ ހަޅޭލަވައިގަނެފައި ސިޓިންރޫމްތެރޭގައި އަހަރެންގެ އަތުނުޖެހި ދުވަން ފަށައިފިއެވެ. ހީވަނީ ބިރެއްފެނިގެން އުޅޭހެނެވެ. އޭރު އެއްބަޔަކު ބިނދި ބިނދިފައި ހެނީއެވެ. އެއީ އަޔާން އާއި ޒާނިޝް، އަދި ރިޔާ އާއި ރަނާއެވެ. ވަގުތުން އަހަރެންނަށް އެވީ ގޮތް އެނގިއްޖެއެވެ. އަހަރެންގެ މޫނުގައި ކޮންމެވެސް އެއްޗެއް ކުރަހައިފިއެވެ. މޫނުގައި އަތް ޖައްސާލެވުނީ ބޭއިޚްތިޔާރުގައެވެ. ބަލައިލިއިރު ކަޅު ކުލައެވެ. އަވަހަށް ކޮޓަރި ތެރެއަށް ދެމިގަނެ އަލަމާރި ލޯގަނޑުން ބަލައިލީމެވެ. އެއަށްވުރެއަވަހަށް ލޯގަނޑު ކުރިމަތިން ދުރަށް ދެވުނީ ފެނުނު ބިރުވެރިއެއްޗަކުންނެވެ. އެއީ އަހަރެންގެ ސޫރަކަން އެނގުމުން އަނެއްކާވެސް ބަލައިލީމެވެ. ކަމަކުދާކަށް ނެތެވެ. ހަމަރީތި ސްކެލްޓަން އަކަށް އަހަރެން ހަދާލާފައިވާއިރު މީހަކު ބިރުން ފިތްކަނޑައިގެން ދާހާވެއެވެ. ވަގުތުން އެއީ ޒާނިޝްގެ ކަމެއްކަން އެނގިއްޖެއެވެ. އެހާ ރީތިކޮށް އެއްޗިހި ކުރެހޭނީ ޒާނިޝް އަށެވެ. އަހަރެން ފާހާނައަށް ވަދެ މޫނުގައި ޝަވަރ ކްރީމް ލައިގެން ރަނގަޅަށް ދޮވެލީމެވެ. އެއަށްފަހު ސިޓިންގ ރޫމްއަށް ނިކުތްއިރު ހުރީ ރުޅިގަދަވެފައެވެ. މަންމަ އަހަރެން ފެނުމާއިއެކު ހީނލީ އަހަރެންނާއި ދޭތެރޭ ސިމްޕަތީވެފައި ހުރެއެވެ. އިޝީ ދުވެފައި އައިސް ހަގް ކޮށްލިއެވެ.

“ޝޯން.. އިޓްސް ޔޫ.. ޔޫ ލުކްޑް ކްރީޕީ.. އޯހް… އައި މިސްޑް ޔޫ..” އިޝީ ފެނުމާއިއެކު އަހަރެންގެ ރުޅިގަނޑު އަރައިގެން ދިޔަ ތަނެއްވެސް ނޭނގުނެވެ. އެއަށްވުރެ މާ އުފާވިއެވެ. އިޝީއަކީ އަހަރެންގެ ބެސްޓް ކަޒިންއެވެ. އިޝީ ސިންގަޕޯރ ގައި ކިޔަވަން ހުރެފައި އައިކަމެއްވެސް އަހަރެންނަކަށް ނޭނގެއެވެ.

“މޮމް ކޮންއިރަކު ދުރުވީ.. އަޅުގަނޑަކަށް ހޭވެސް ނުލެވުނު މޮމް ބުނިގަޑިއަށް ދާކަށް.. ދިސް އިޒް އޯލް ދެއަރ ފޯލްޓް..” އަހަރެން ހެވިފައި ތިބި ޒާނިޝްމެން ގުރޫޕް ގަނޑު ދައްކާލީމެވެ.

“މަންމަ ރޭގަ ގުޅާފަ އައިޝާ ދައްތަ ކއިރީ ބުނިން އަންނަވާހަކަ.. ދަރިފުޅު ކައިރީ ނުބުނެ ސަޕްރައިޒް އެއް ދޭން އުޅުނީ.. ކިހިނެއް އެނގޭނީ ދަރިފުޅަށް މިހާ ވަރުގަދަ ސަޕްރައިޒް އެއް ލިބޭނެކަމެއް..” މަންމަ އައިސް އަހަރެންގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.

“ބިލީވް މީ މޮމް.. ދޭ އަރ އެކްސްޕާރޓްސް..” އަހަރެން ހުރީ ސަޕްރައިޒްއެއް ދޭން މަންމަ އެހެން ބުނީތީވެސް ޖެހިލުން ވެފައެވެ. އެމީހުން ކޮންމެފަދަ ގޮތެއްވެސް ހަދާލަފާނެއެވެ. އަހަރެންނަށް ކޮށްލިވަރު ކުޑަހެއްޔެވެ؟

“އެކަމަކު ދަރިފުޅުމެންވެސް ނުވާނެއެއްނު އެހާވަރު ހަދާލާކަށް..؟” އާލިޔާދައްތަ އަޔާން އަށް ޝަކުވާ ކޮށްލިއެވެ.

“އެހެހެހެ.. ޑޯންޓް ވޮރީ މޮމް.. ހީ ޑިޒާވްސް އިޓް.. އަޅުގަނޑުމެންނަށް ވެސް ލަނޑެއް ދީފައޭ ޝޯން އެހެރީ އެއްދުވަހަކު..” އަޔާން ފާހަގަކޮށްލީ އަޔާންމެން ކުރެހި ދުވަހެވެ. އެއީވެސް ރިޔާ މެންގެ ކަމެކެވެ. ވަރުގަދަ ދެ ކުދިންނެވެ.

“އަމް ސްޓަރވިންގް.. ނެތްތަ ކާއެއްޗެއް.. ” އަހަރެން ބޮޑާހާކާލީމެވެ. މަންމަ ހުރުމުން އަހަރެންނަށް އުޅެވޭނީ ކުޑަކުއްޖެއް ހެނެވެ.

“ދަރިފުޅު ހޭލަންދެން ނުކައި އެންމެންވެސް މިތިބީ..” މަންމަ އައިޝާދައްތައާއި ދިމާލަށް ބަލާލާފައި ބުނެލިއެވެ.

“އަވަހަށް އާދޭ ދެން ކާން އުޅެން..” އައިޝާދައްތަގެ ފަހަތުން އެންމެން ކާގެއަށް ދާން ފެށުމުން އަހަރެންވެސް އިޝީގެ ކޮނޑަށް އަތްވައްޓާލައިގެން ކާގެއަށް ދިޔައީމެވެ.

“މަންމަ ކީއްވެތޯ ތިހާ ކުއްލި ގޮތަކަށް ތި ދުރުވީ.. ބުނުއްވީމެއްނުންތޯ ބައްޕަ ދުރުވީމައޭ އަންނާނީ.. ދެން ކޮބާތޯ ދޮންބެ.. ” އަހަރެން މަންމައާއި ފައްޗަކަށް ސުވާލުތައް އަމުނާލީމެވެ. އޭރު އެންމެން ކާން ފަށަނީއެވެ. އަހަރެންވެސް ތަށި ފުރާ ވެޖިޓަބަލް ރައިސް އަޅައިގެން އިނީމެވެ.

“ބައްޕަ އުޅުނީ އަންނަން.. އެކަމަކު އެއަށްވުރެ ރަނގަޅު އޮފަރ އެއް އައީ..” މަންމަ ބުނެލީ އެހާ ވަރަށެވެ. އެއާއިއެކު އެކަކު އަނެކަކުގެ މޫނަށް ބަލައިލީ ބައްޕައަށް އާއިލާ ކައިރިއަށް ރާއްޖެ އައުމަށްވުރެ މުހިންމުކޮށް ލިބުނީ ކޮން އޮފަރ އެއްތޯ ބަލަން ބޭނުންވެފައި ތިބެކަހަލައެވެ.

“ޕާލް ކޮމްފެނީ އާއި އެންމެފަހުން ޕާޓްނާޝިޕް ހެދި ޖްވެލް އިންޓަރނޭޝަނަލް ގުޅިގެން އޮސްޓްރޭލިޔާގައި އަލަށް ހުޅުވި ފައިވް ސްޓަރ ލަގްޒަރީ ހޮޓެލް ‘ސްކައިޕިއާ’ ހުޅުވުން އަންނަ ހަފްތާ ތެރޭ އޮތީމަ އެބައޮތް އާއިލާ ތިމާގެ ހުރިހާ އެންމެންނަށް އެކޮޅަށް ހަފްތާއަކަށް ގޮސްލަން ފުރުޞަތު ދީފަ.. އެހެންވެ ބައްޕަ ބޭނުންވަނީ މަންމަ ދަރިފުޅާ، އައިޝާދައްތަގެ ފެމެލީއާއި، ދަރިފުޅާއެއްކޮށް މިކޮޅަށް އައިސް ތިބި ދެކުދިންނާ ފެމެލީ ގޮވައިގެން އޮސްޓްރޭލިޔާ އަށް ވީކަކަށް ޖައްސާލަން…” ހުރިހާ އެންމެންގެ މޫނަށް ބަލަމުން މަންމަ ދިން އުފާވެރި ޚަބަރާއެކު އެންމެންގެ އަނގަ ހުޅުވިގެން ދިޔައީ އެބުނި އެއްޗެއް ޤަބޫލު ނުކުރެވިގެނެވެ.

“ސީރިއަސްލީ… ޔޫ އަރ ޖަސްޓް ކިޑިން ރައިޓް؟… އަޅުގަނޑުމެންގެ ކޮމްޕެނީގެ ހޮޓެލްއެއް އޮސްޓަރޭލިޔާގަ؟؟” އަހަރެންނަށް އަހައިލެވުނީ ޤަބޫލު ނުކުރެވިގެނެވެ . މަންމަ އަނެއްކާވެސް ބޯޖަހާލީ އެއީ ތެދެކޭ ބުނާކަހަލަ ގޮތަކަށެވެ.

“އެހެންވީމައޭ ބައްޕަ މިހާރުވެސް އެ ހުންނަވަނީ ދަރިފުޅު ފެމެލީ ބިޒްނަސް ތެރެއަށް ވަންނަން ބޭނުންވެފަ.. މިހުރިހާ ކާމިޔާބީއަކީ ދޮންބެއާއި ބައްޕަގެ ބުރަމަސައްކަތް.. މިހާރުވީގޮތުން އެބަޖެހޭ އޮސްޓްރޭލިޔާ ކޮޅުގަވެސް އެކަކު ހުންނަން.. ބައްޕައަކީ އަބަދު ޓްރެވަލް ކުރަން ޖެހޭ މީހެއް.. ދަރިފުޅުވެސް ޑިގްރީ ނިންމައިގެން މިހާރު ތިއައީ.. ދެން އެކޮޅު ވޯރކް ކުރަމުން މާސްޓަރސް ވެސް ހެދިދާނެއެއްނު..” މަންމަ ވެސް އެބުނީ ތެދު ވާހަކައެކެވެ. އަނެއްކޮޅުން އޮސްޓްރޭލިޔާގައި ވެއްޖިއްޔާ އަހަރެން މިހާރުވެސް ރެޑީއެވެ.

“އޯކޭ މޮމް.. ޑޭޑް ކައިރީ ނަންގަނެލަދީ އަޅުގަނޑު އެކޮޅަށް ބަދަލުވާން ޚިޔާލުކުރާ ވާހަކަ.. ގާއިސް.. ދިސް އިޒް ގޮނަ ބީ ވަން ހެލް އޮފް އަ ޓްރިޕް..” އަހަރެން އަޔާން އާއި ޒާނިޝް އާއި އަތްޖަހާލަމުން ބުނެލީމެވެ. އެމީހުންވެސް ތިބީ ވަރަށް ދާހިތުންނެވެ.

“އައިޝާ.. މިހާދުވަސްކޮށްފަ އަހަރެންނަށް އަލަށް މިއާދެވުނީވެސް އައިޝާ ކައިރިއަށް.. އައިޝާވެސް ވާނެ ފެމެލީ ގޮވައިގެން މިފަހަރު އަހަރުމެންނާ އެއްކޮށް ޗުއްޓީހަދާލަން ދާން.. މިކުދިންވެސް ކިހާ ދާހިތުން ތިބޭނީ.. އިނގޭ މުޙައްމަދު، މިފަހަރު ވާނެ ގޮސްލަން..” މަންމަ ކައިރީގައި އިން ރަނާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.

“ޝާއިޤާ.. އަހަރުމެންނަކީ ރާއްޖެއިން ބޭރަށް ތަންތަނަށް އެހެން ގޮސްއުޅޭ ބައެއް ނޫން.. އަހަރުމެންނަކަށް ނޭނގޭނެ އެތަންތަނަށް ގޮސް އުޅޭކަށް..” މުޙައްމަދުބެގެ ވާހަކަ އެހިސާބަށް ދިޔަތަނާ ވާހަކަ މެދުކަނޑާލީ ރަނާއެވެ.

“ނޫން ބައްޕާ.. އަޅުގަނޑު ވަރަށް ދާހިތުން މިހުރީ.. ޕްލީޒް ބައްޕާ.. މިކަހަލަ ފުރުޞަތެއް ނުލިބޭނެ އަބަދަކު އޮސްޓްރޭލިއާ ބަލާލަން ދާކަށް..” ރަނާގެ ވާހަކައާއި ރިޔާވެސް އެއްބަސް ވިއެވެ.

“ތެދެއް މުޙައްމަދު.. އެކުދިންނަށްވެސް މިކަހަލަ ފުރުޞަތެއް އަބަދަކު ނުލިބޭނެ.. މިފަހަރު އެކުދިން ގޮވައިގެން ތި ދެމަފިރިންވެސް ދާން އަޅުގަނޑަށް ފެންނަނީ..” މަންމަވެސް ހުރީ އައިޝާ ދައްތަމެން ގެންދަން ބޭނުންވެފައެވެ. އެއާއިއެކު މުޙައްމަދުބެ ބޮޑު ނޭވައެއް ދޫކޮށްލިއެވެ.

“އެންމެ ރަނގަޅު.. ޝާއިޤާ ތިހާ ގެންދަން ބޭނުންވީމަ ދެން މިފަހަރު ގޮސްލާނީ..” މުޙައްމަދުބެ އެހެން ބުނުމާއިއެކު ރަނާއާއި ރިޔާ ހީވީ އުފަލުން އުދުހިދާނެހެނެވެ. އަޔާން އާއި ޒާނިޝް އަދި ވަކިން އުފާވެފައި ތިބި ކަހަލައެވެ. އިޝީވެސް އިނީ އެކުދިން އުޅޭގޮތް ފެނި މަޖާވެފައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (49)

  1. GuDuMeena

    Good Evening all the readers. .
    Mi part ga vx faahaga kollevey mistake eh oi nama plx kindly inform me. .
    Thanew v.much for ur kind support. . 😀
    Love u all. . .<3 😉

    1. zoodaan
      GuDuMeena

      SUPERB….NO MISTAKE…:)

    2. GuDuMeena
      zoodaan

      Thanks Zoo. . 🙂

  2. ishaa

    I wanna be the first person to comment so I commented before reading

    1. GuDuMeena
      ishaa

      COngratulations Ishaa. . 😀 u r the first person to comment 😉

  3. ummi

    Wowww v reethiiii mi bai vess…. 😉

    1. GuDuMeena
      ummi

      Thanks Ummi. . 🙂

  4. aisha

    haadha engish eyyy..mee alhe dhivehi vaahakaehtha..

    1. GuDuMeena
      aisha

      Kiy kuraanee Aisha. . e kudhin kiyavaa boduvi raajje aku nooney ehen ve vaahaka dhekkey goi. . 😉

  5. Haxu

    alhey mi part haadha happy knne thi genesdhiny.. vv majaa mi part vx bt lava eh neiy dhw. ekm vx dhn owk.. shwmn mom haadha rangalhey dhw.. dhn avahah shwn ge mom ah shaayaa dhahkaba eyrun habeys vaani.. gudu thikuraa hiyy varah hama saabas.. gudu hama gadha kamun hiyyvaru nudhy nuhurevenii.. haxu ah ingey aneh part maadhan up kohdheynekan so nuvas ahaanan nxt part genes dheyni kon dhuvahakun thw eh.. hehe 🙂 <3 <3 <3 gud luk kyp it up

    1. GuDuMeena
      Haxu

      ehehehe. . Haxu haadha rangalhey dhw. . haxu thiha hivvaru dhyfa thihen bunyma aneh part upkoh nudhy hunnaakah vx nukereyne ennu dhw. . 😉

  6. Shiu

    Thankx alt…v v v v v v nice mi part vx..Australia wow..i also want go plxxx GuDu..

    1. GuDuMeena
      Shiu

      ehehe. . GuDu dhaa iruga Shiu vx govaigeney dhaany. . 😉

    2. shiu
      GuDuMeena

      Awwn…Thnkuuuuuuu

  7. naj

    ishyy ey
    anehkaa ehn myheh dhw shaon aa shaaya ge dhemedhah vananan…..piss pis pis…..ANW shaaya vx gendhahcheyy shoan aa eku australia ah ….. eyrun v salhi vaane .. 🙂 …..mi part vxx v v v v v salhi….dhn gudu kairyy bune laany idhyy e dhemedhah nuvahdhahcheyy…puleex love this part alot… 🙂 ……

    1. GuDuMeena
      naj

      Ohw Naj. . Ishy aky sean ge bst cousin ey. . She is supper cool. . 😉 ehen v ma sean and Shaya akah evves biruveri kameh noannaane Ishy ge faraathunneh. . I asure u

  8. naj

    n this part is funny tooo
    hee hee gos bandah thadhuvehje
    varubali v ma enme fahun huhtaalyyy
    🙂 😉 😉
    gudu ge udhuhunas storyy ga vaanu vaa eh neyge
    vaanuvaa kiyaa dhyy faanantha plxx
    n gudu cake fb page ah laafa
    v kaahiyy vehje
    gudu naj ah nudhyy hus koh lyy dhw
    v meeru vaane hen hee vey
    hehehehe
    😉

    1. naj
      naj

      gudu … are u a newscaster….
      plx answer my questions
      all of my questions
      hehehe 🙂

    2. GuDuMeena
      naj

      ehehe. . Naj buny mennu FB eh use eh nukuramey. . anekka start kurytha. . 😉 and Naj ah engeytha e Cake aky GuDu mihaatahanah Taste kuri enme meeeeeeeeeeeeeeeeeeerrrrrruuuuu Cake. . 😀 it was Totaly Deliciuos. . BTW GuDu aky newscater eh nooney naj gudu aky Health worker eh. .

  9. yaana

    hi gudu hws u? after a long time mi story ah mi comment kohli bt knme part ehves baraabarah kiyan. n gudu ge b’ day ga vx innaane wish kohfa bt story akah coment eh nu kohlevun..aslu unit test dhuvas kolhu vema comment kuran needheveni bt dhn balaanan coment kohlevey thw cox unit testthah nimiyje..bt anikka term test ves fashaane dhen term test feshyma anika comment kuraakah nydheveyne.. bt story baraabarah kiyaanan cox mi kahala story yaanaa ah salihi ee.. btw mi part vx vv habeys.. dhn neyge bunaane ehcheh ves.. waiting 4 nxt pat gud luk gudu.. <3

    1. GuDuMeena
      yaana

      Ohw thankew Dear. . Thiaa bxy koh ulhemun vx comment eh kollyma. . So gud to see u after so long. . 🙂

  10. liuu

    shon australia ah shift v ma wot about shaayaa??????????????????kihinei vaan mi ulheny….ekam gudu mi bai vvvvvvv salhi…….claahun ai gotha mi jassaly vaahaka kiyaa hithun….vvv salhi…..waiting fr d nxt prt impatiently 😀
    D:

    1. GuDuMeena
      liuu

      Thankew Liuu. . Thihaa kiyaa hithun kiyaaleema. . next part vx hama upvaane gavaidhun. . 😀

  11. Uma

    Awwwn everyone is goin to Aussie !!! Alhey uma Wes beynun dhaan….. This story is super habeys GuDu, thankooo 😀

    1. GuDuMeena
      Uma

      ehehe. . Uma ah ehaa nice v ma dhen GuDu keekey bunan onnaany vx. . Thankew Uma. . Lets Go Aussie. . 😀

  12. jiji

    Habeys story eh vvvv salhi mi part ves but sng eh nugenes deythy v dera next part ah v wait eba kurevey

    1. GuDuMeena
      jiji

      Ohw JiJi. . hama song thah browse koh hadhan time nethyma nuliyeveny. . and mi partga ekahala scene eh vx nerthennu. . Bt balaanan kuriyah huri part thakuga geneveytho ingey. . In Sha Allah. . 🙂

  13. Libaa

    This story is supper intresting. I like it v v v much. Gudu u r superb kypp it up

    1. GuDuMeena
      Libaa

      Thanks Libaa. . Libaa ge comenteh vx libuny ma GuDu v.happy ingey. . 😀

  14. Naza

    woww!!!!!! fantastic part eh mi ee wes 😀 jxt love it 😀 nd they r goin to Australia???? take me with u guyxx 😀 😛

    1. GuDuMeena
      Naza

      Ohw Naza. .ask frm sean’s Mom. . she cn take u if u ask. . 😉

    2. Naza
      GuDuMeena

      i’l surely ask them 😀

  15. bookworm

    waaau gudu tell shon to take me with him 😀 i just love that country <3 oh my god i am dreaming now 😛 varah reethi, shon dhaany shaya govaigen dhw 😀 habeys waiting for the next part 😀

    1. GuDuMeena
      bookworm

      ehehe. . Buddy. . hingaa dhw jassaalan Australia ah. . 😀

  16. luvly grl

    wow so nice of this story…. bt grl ah hyvany shon ge mom ah shaihaa kanneyge fennaany shaayaa badhalga… kiyaafa enme furathama ves mind ah aee ehn… bt gudu plxxx dnt do tht nge…

    1. GuDuMeena
      luvly grl

      Dnt Worry. . ehehe. . ehen viyaka nudheynan ingey. .

  17. sul

    Adhi kiriyaa mivaahaka feshigengos mihaa hisaabah kiuny v v v v vv salhi v asarugadha. Hama habeys. V avas avahah up kohbala v kiyaa hivyveje .

    1. GuDuMeena
      sul

      Oh really. . Good to hear that. . Sul haasnuvey hama adhi othy kuriyah dhiun ingey. . 😀

  18. shue

    wow v reethi mi part ves….. alhe GuDu … shue ves shoan mennaa ekeega Australia ah gendhebala…. waiting for the bnext part… 😀

    1. GuDuMeena
      shue

      Shue ah vx Ticket Book kuran v dhw. . 😉 ehehe. .

  19. razy

    Mi story v nice . Konhme dhuvahaku upload kurathy vvvv happy
    Keep it up . Dudu wife ah salaam bunajje ige. Ur wife aky vv majaa kanthah kuraa kujjen like rana n riyaa.hahehe

    1. GuDuMeena
      razy

      ehehe. . Thanks Razy. . wife ah salam bunedheynan ingey. . She’s nt around nw. . ehenve. . BTW thanks again fr the coment

  20. maee

    dhemiyakani ey knthaneh? new word 4 me…aslu janbu kula erun maana kureveny kihineh?? i have seen dis in many stories..maee vx vahaka liyan rasmeekoh fashaifin..mikahla basthakuge maana engigentha vahakaiga use kureveynee dw!…..BTW story ma english vma eha nice eh noon…ekamaku vx v.reethi story eh mee..Gudu miharu lava himenun huttalytha

    1. GuDuMeena
      maee

      Maee. . if u hav an Android u MUST download Dhivehi Radheef . . u’ll get all the meanings u will need. . 🙂

  21. shai

    hi gudu this nice igey salhi

    1. GuDuMeena
      shai

      Thanks Shai. . 🙂

  22. nayaal

    GuDu.. hama busy kamun miulheny coment eh ves nukohlevigen.. 🙁 mi part very nice.. siaan ah bodu supriseh dhow e libuny 🙂 hehe

    1. GuDuMeena
      nayaal

      ehehe. . Aslu vx varugadha surprise eh eothy libifa. . 😛 birun fikkandaigen dhaavaruge. . hahaha

  23. Appy

    WOWWW!!!!!!!!!!!! MI PAR VX VVVVVVVV NICE INGAY……

Comments are closed.