Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

ދީވާނާ ލޯބިން ވެއްޖޭ. . [12]

GuDuMeena Level 310 Stories500 Comments100 Comments
May 4, 2014 7 Mins Read
49 Comments

“ސަމްބޮޑީ. . ހެ. . ލް. . ޕް. . ” އަހަރެންނަށް ރޮއެގަނެވުނެވެ. އޭރު އަޔާންމެން އަހަރެން ފެނިފައި ދުވެފައި އަންނަތަން ފެނިއްޖެއެވެ. ޒާނިޝްމެން ފެނިފައި އަހަރެންނަށް އިތުރަށް ރޮވޭ ގޮތްވިއެވެ. ނަމަވެސް ހިތްވަރުކޮށްފައި ޝާޔާއަށް ސީ.ޕީ.އާރު ދެމުން ދިޔައީމެވެ.

“އޯ މައި ގޯޑް. . ” ޒާނިޝް އާއި އަޔާން އައިސް ހަމަވުމާއިއެކު ލިބިފައި ވާ ޝޮކާއިއެކު ބުނެލިއެވެ. ކަންތައްތައް ގޯސް ވެފައިވާ ހިސާބު އިޙްސާސް ކުރެވުނީ އެވެ. ރަނާއާއި ރިޔާއަށް އަނގަމަތީގައި އަތް އަޅާލެވުނުގޮތަށް ގުޑިލަންވެސް ނޭނގިފައި ތިއްބެވެ. އަހަރެންނަކަށް އެހެން ކަމަކަށް ވިސްނާނެހާ ހިތްވަރެއް ނުލިބުނެވެ. ދެލޯ ފެންކަޅިވެ މަންޒަރު ފުސް ވުމުން އެސްފިޔަ ޖަހާލާ ކަރުނަތައް ބޭރުކުރަމުން ޝާޔާގެ މެޔަށް ފިތަމުން ދިޔައީމެވެ. ވަކިވަރަކަށް ސީ.ޕީ.އާރު ދީފައި އަނެއްކާވެސް އަނގައަށް ނޭވާ ލައިދޭން އަވަސް ވެގަތީމެވެ. ދެފަހަރު ނޭވާ ލެއްވުމަށްފަހު އަނެއްކާވެސް ތަކުރާރު ކޮށް ސީ.ޕީ.އާރ ދޭން ފެށީމެވެ.

“އަލް ޙަމްދުލިﷲ. . ” އަހަރެންނަށް ބުނެވުނީ ޝާޔާގެ މޫނުމަތީގައިވާ ނޫކުލަ ފަނޑުވަމުން ދާން ފެށުމުންނެވެ. ހިތްވަރު އާވެގެން ދިޔައެވެ. އެއާއިއެކު ސީ.ޕީ. އަރ ގެ ރައުންޑް ނިންމާފައި އަނެއްކާވެސް ބްރެތެއް ދޭން ޝާޔާގެ އަނގައިގާ އަނގަ ޖަހާލާ އެތެރެއަށް ފުމެލީމެވެ. އެއާއިއެކު ޝާޔާ ކެއްސައިގަތެވެ. އަހަރެންނަށް ރޮއެގަނެވުނީ އުފަލުން ގޮހެވެ. ޝާޔާގެ ފުރާނަ އަހަރެންގެ އަތުން ސަލާމަތް ވީމައެވެ. މިއަދުން ފެށިގެން ޝާޔާއަކީ ހަމައެކަނި އަހަރެންގެ މިލްކެކެވެ. ޒާނިޝް އާއި އަޔާން ވެސް އަހަރެންނަށް ހިތްވަރުދީ ކޮނޑުގައި ޖަހާލިއެވެ. އަހަރެން ޝާޔާ ބަންޑުން ވާނެހެން އަނބުރާލީމެވެ. ފުއްޕާމެއިން ފެންތައް ނިކުންނަން ފަސޭހަ ވާނެ ހެނެވެ. އެތައް އިރަކު ކެއްސުމަށް ފަހު ޝާޔާ ހަމައަކަށް އެޅިއްޖެއެވެ.

“ޝައިހާ!!!!! އަމް ގޮނަ ކިލްޔޫ. . !!”އަހަރެންނަށް ހަޅޭލަވައި ގަނެވުނެވެ. އޭރު އަހަރެންގެ ގައިގާ ތުރުތުރު އަޅަމުން ދިޔައެވެ. މިޔަދު ޝައިހާ އަހަރެންގެ އަތުން މަރުވާނެއެވެ. ދަތްކުނޑި ވިކާލުމަށްފަހު އަހަރެން ތެދުވާން އުޅެލިތަނާ އަހަރެންގެ އަތުގައި ހިފަހައްޓާ ލައިފިއެވެ. އެނބުރި ބަލައިލިއިރު ޝާޔާއެވެ. ވަގުތުން އަހަރެންގެ އެނތެރެހަށީގައި އަނދައަނދާ ހުރި އަލިފާންތައް ނިވިއްޖެއެވެ. ޝާޔާގެ މައުސޫމު މޫނަށް އަހަރެންނަށް ބަލައިލެވުނެވެ.

“ޝާޔާ. . އޭނަގެ ކަންތައް މާ މައްޗަށް އެދަނީ. . ޝާޔާއަށް މިހާ އަނިޔާދީފަ އޭނައެއް ނުބަހައްޓާނަން ސަލާމަތަކުން. . ” އަހަރެންގެ ހިތުގައި ހުރި ހުރިހާ ނަފްރަތެއް އެޖުމްލަތަކަށް ލާފައި އަހަރެން ޝާޔާ ކައިރީގައި އެހެން ބުނީމެވެ. ނަމަވެސް ޝާޔާ ދެފަރާތަށް ބޯ ހޫރާލިއެވެ. އަހަރެން ހައިރާންވިއެވެ. ޝާޔާ އެއްޗެއް ބުނަން އުޅޭހެން ހީވެގެން އަހަރެން ޝާޔާގެ ހަރަކާތްތަކަށް ހުރިހާ ސަމާލުކަމެއް ހުއްޓާލީމެވެ. ޝާޔާ ބުނަން އުޅޭ އެއްޗެއް ދެނެގަތުމަށެވެ.

“ނޫން ޝޯން. . ޝައިހާއަށް.. އެއްވެސް ގޮތެއް.. ނަހަދާތި.. އަހަރެން.. ޝައިހާ.. ދެކެ ވަރަށް.. ލޯބިވޭ.. އެއީ.. އަހަރެންގެ..ކޮއްކޮ.. އަހަރެން.. ކޮއްކޮއަށް.. މާފް ކޮށްފިން..” ޝާޔާގެ އިޝާރާތުން އެހެން ބުނިއިރު ޝާޔާވަނީ ފެނަކަޅިވެ ރޮވޭގޮތް ވެފައެވެ. ޝާޔާގެ ހިތްސާފުކަމާއި އޯގާތެރިކަން ފެނި އަހަރެންގެ ލޮލުން ކަރުނަ އައެވެ. ޒާނިޝް ވެސް އެމަންޒަރު ފެނި ލޮލުން އައި ކަރުނަތައް ފުހެނީއެވެ. ރަނާއާއި ރިޔާވެސް ކުރިއަސަރުން އަޔާން އާއި ޒާނިޝްގެ ގައިގާ ހިފަހައްޓައިގެން ތިބެ ރޮނީއެވެ. އަހަރެންނަކަށް އިތުރަކަށް ބުނެވޭނެ އެއްޗެއް ނެތެވެ. ޝާޔާގެ މާފް ލިބުމުން އަހަރެންނަށް ޖެހޭނީ ޝައިހާ ދޫކޮށްލާށެވެ. ނަމަވެސް އަހަރެންގެ މިހިތުގެ އެތިކޮޅަށް އެޙާލު ޖެއްސި މީހަކަށް އަހަރެންނަކަށް ދުވަހަކުވެސް މާފެއް ނުކުރެވޭނެއެވެ. ޝާޔާގެ އެދުމަށް މިފަހަރު ދޫކޮށްލީއެވެ. ނަމަވެސް ދެވަނަ ފަހަރަކު މިކަހަލަ ގޮތެއް ހަދާ ފަހަރަކީ އަހަރެންގެ އަތުން ޝައިހާގެ ދުވަސް ދާނެ ފަހަރެވެ. އަންހެނަކަށް ވިޔަސްވެހެވެ.

“ހިނގާ އެކޮޅަށް ދަމާ. . މިހާރު މީހުން އުޅޭނެ ވީގޮތެއް ނޭނގިގެން. . ” ޒާނިޝް އެހެން ބުނުމުން އަހަރެން ޝާޔާ އުފުލައިލީމެވެ. އޭރު ޝާޔާގެ މެޔަށް ތަދުވާތީ އުޅެއެވެ. ސީޕީއާރު ދިނުމުގެ ސަބަބުންނެވެ. ޝާޔާ ގޮވައިގެން މީހުން ތިބި ހިސާބަށް ދެވުމާއިއެކު ވީގޮތެއް ބަލަން މީހުން އެއްވާން ފެށިއެވެ. ނަމަވެސް ޝާޔާގެ އެދުމުގެ މަތިން އެކަމުގައި ޝައިހާގެ ޙިއްސާގެ ވާހަކަ ސިއްރު ކުރުމަށް ނިންމުނެވެ. ބުނަން އޮތީވެސް ކީކޭ ހެއްޔެވެ؟ ޝައިހާ ބުނުމުން ޝާޔާ މޫދަށް އެރި ގެނބުނީއޭ ހެއްޔެވެ؟ ޝައިހާގެ ރޭވުންތެރިކަން ވެސް އެހާ މޮޅެވެ.

“މާތް ކަލާކޯ. . ކިހިނެއް ވީ އަނެއްކާ. . ” އައިޝާދައްތަ އައިސް އެހިއިރު ވީ ގޮތެއް ނޭނގިފައި އެންމެން އައިސް ވަށާލައިފިއެވެ.

“ދައްތާ. . އަހަރެންގެ ދައްތައަށް ކިހިނެއްވީ. . ؟ އަހަރެންގެ ފަހަތުން އައިސް އައިސް ހުރި ދައްތަ އަށް ވީގޮތެއް ނޭނގިގެން އަހަރެންވެސް ވަރަށް ހޯދައިފިން. . ކަލޭމެން ކީއްކުރީ މަގޭ ދައްތައަށް. . ” ޝައިހާ ރޮއިގަނެފައި އައިސް ޝާޔާގެ ގައިގާ އޮޅުލައިގަތެވެ. އަދި އަހަރެންގެ މޫނަށް ވިހަ ނަޒަރަކުން ލޯއަޅައިލާފައި އެއްމިޔަކަނިން ހިނިތުންވެލީ އެހެން މީހަކަށް ނުފެންނާނެހެނެވެ. އަހަރެންގެ ދަތްކުނޑި ވިކާލެވުނު ވަރުން އަނގައިން ލޭރަހަ ލިއެވެ. ލޭ ހޫނުވެ، ނޭވާ އަވަސް ވަމުން ދިޔައެވެ. އަޔާން އަށް އެތަން ފެނި އަހަރެން ގޮވައިގެން ދުރަށް ދިޔައެވެ. ޒާނިޝް ޝާޔާ ގެނބުނުވާހަކަ އެންމެންނަށް ކިޔައިދިނެވެ. އަދި ދޯނީގެ ފަސްޓް އެއިޑް ބޮކްސް ގެނެސް ޝާޔާއަށް ޕެއިން ކިލަރ އެއް ދެވުނެވެ.

“ޑިޑް ޔޫ ސީ ހަވް ދެޓް ބިޗް ވޯޒް ސްމައިލިން އެޓް މީ. . ދެޓް ކަންޓް. . !!” އަހަރެންނަށް އައިސްފައިވާ ރުޅިން ކިޔޭ ނުކިޔޭ ވެސް ނޭނގޭ ހިސާބަށް ހިނގައްޖެއެވެ. ދެކޮޅަށް ދެކޮޅަށް ހިނގަމުން ދިޔައިރު އަޔާން އަހަރެންނަށް ހަމަޖެހުމަށް ނަސޭޙަތް ދެމުން ދިޔައެވެ.

“ވީ ވިލް ޑޫ ސަމްތިން އެބައުޓް ހަރ. . ބަޓް ނައު ޔޫ ނީޑް ޓު ރިލެކްސް. . އެއްވެސް ޕްރޫފް އެއް ނެތް ދެއްކޭކަށް. . ރުޅި އިސްކޮށްގެން ކަންތައްތައް ނިންމަން ހަދައިގެން އަމިއްލަ އަށް މަޅިއެއް ބޮލަށް މަހާލެވިދާނެ. .” އަހަރުމެން ތަންކޮޅެއް ދުރުގައި ބީޗްގައި ތިބެގެން ވާހަކަ ދައްކަމުން ދިޔައިރު އެއްވެފައިވާ މީހުންތަކުގެ ތެރެއިން އަހަރެންނަށް ބެލެނީ ޝާޔާއަށެވެ.

“އާން. . އަހަރެން ހާސްވަނީ ޝައިހާ ޝާޔާގެ ދުވަސް ދުއްވާލަން ވިއްދާފަ ހުއްޓަ އެގޭތެރޭގައި ޝާޔާ ނިދާހަދާއިރު ކޮންމެފަދަ ކަމެއްވެސް ޝައިހާ ކޮށްފާނެއެއްނު. . ކާއެއްޗަކަށް ޒަހަރު ވެސް ލާފާނެ. . ޝީޒް ނޮޓް ސޭފް ދެއަރ. . ” އަހަރެންގެ ހަތް ނުތަނަވަސް ވެފައިވާ ވަރުން އަހަރެންނަކަށް ޝާޔާ ޝައިހާ ހުރި ރަށަކުވެސް ބަހައްޓާކަށް އެއްބަހެއް ނުވެވޭނެއެވެ.

“އެކަމަކު ހިއެއްނުވޭ އެހާ ފާޅު ކަން ބޮޑު ގޮތެއްގަ އެކަހަލަ ކަމެއް ކުރާނެހެނެއް ހަމަހޭގަ ހުރެފަކާ. . ” އަޔާން ބުނީވެސް ތެދެކެވެ. އެންމެފަހުން އަހަރެންވެސް ކުރެވޭނެ މާބޮޑު ކަމެއް ނެތުމާއިއެކު މާތްރަސްކަލާނގެ އަށް ވަކީލް ކޮށްލައިގެން ހުރީއެވެ. އިރާދަފުޅު ކުރެއްވިއްޔާ ޝާޔާއަކަށް ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެއެވެ. އެހެން ނޫންނަމަ މިހާ ދުވަހަކު މިހާ ގިނަ ކަންތައް ތަކަކަށްފަހު ސަލާމަތް ނުކުރެއްވީހެވެ. އަހަރެންގެ ހިތަށް ވިސްނުވައިދޭން މަސައްކަތް ކުރީމެވެ.

އެދުވަހުގެ ދަތުރުގެ ބާކީބައި އަހަރެން ހޭދަކޮށްލީ ޝާޔާއާއި އެކީގައެވެ. ޝާޔާކުރެން ވީ ގޮތް އޮޅުންފިލުވީމެވެ. އަދި ޝައިހާގެ ދެއްކުންތެރި ހެޔޮކަމުގެ ފަހަތުގައި ފޮރުވިފައިވާ ނުބައި މަޤްސަދު ވިސްނުވައިދިނީމެވެ. އަދި ޝައިހާގެ އެއްވެސް ވާހަކައަކަށް އިތުބާރު ނުކުރުމަށް އަހަރެން ނަސޭޙަތް ދިނީމެވެ. ޝާޔައާއި އެކީގައި އެތައް ވާހަކައެއް ދެއްކުމުގައި ވަގުތު ހޭދަ ކުރީމެވެ. އަހަރެންގެ މަންމަ އާއި ދޮންބެ އަދި ބައްޕަގެ ފޮޓޯ ދައްކާ އަހަރެންގެ ގޭގެ ފޮޓޯތައް ދައްކާ ޝާޔާއަށް އަހަރެންނާއި ބެހޭގޮތުން ވަރަށް ބައިވަރު ވާހަކަތައް އޮޅުންފިލުވައިދިނީމެވެ. ޝާޔާގެ އެންމެ ބޮޑު ކަންބޮޑު ވުމަކީ އަހަރެންގެ ޢާއިލާ ޝާޔާއާއި ޤަބޫލު ނުވެދާނެތީ އެކަމެވެ. އަހަރެންގެ މަންމަ ޝައިހާއާއި ޤަބޫލު ވާހަކަ ބުނުމުން ޝާޔާ ހުރީ ހައިރާން ވެފައެވެ. ޤަބޫލު ވެސް ނުކުރިއެވެ. މަންމަ ވަރަށް އަވަހަށް އަންނާނެ ވާހަކަ ބުނުމުން ޝާޔާ ހުރީ ލަދުންނެވެ. މަންމައާއި ބައްދަލުވާ ދުވަހަކުން އަދި ކިހާވަރެއް ވާނެބާއޭ އަހަރެންގެ ހިތައްއެރިއެވެ.

ޝާޔާއާއި އެކީގައި ލޯބީގެ ފޮނިވަގުތުތައް ފިރުމުންތަކާއި ކުދިކުދި ގޯނާތަކުގައި ދިޔަ ނުދިޔަ ގޮތެއް ނޭނގުނެވެ. އެއިން ކޮންމެ ހިނދުކޮޅަކީ އަހަރެންގެ ހިތުގެ އެންމެ އަޑީގައި ރައްކާކުރެވޭނެ ވަގުތެކެވެ. އެއީ އަހަރެންގެ ޙަޔާތުގެ އެންމެ އަގުބޮޑު ވަގުތުތަކެވެ. ޝާޔާގެ ކޮންމެ ހިނިތުންވުމަކާއި ކޮންމެ ޙަރަކާތެއް އަހަރެންގެ ޙިއްސުތަކާއި ކުޅެލައެވެ. އެފަރި މައުސޫމު މޫނު އަހަރެންގެ ހިތުގައި ކަނޑާނެގީމެވެ. އެހެން ތިއްބާ ފުރާ ގަޑި ޖެހިއްޖެއެވެ. ހަވީރު ކުޅުނު ކުޅިވަރު ތަކުގައިވެސް އަހަރެންނެއް ބައިވެރިއެއް ނުވަމެވެ. އަހަރެންބެލީ ލިބުނު އަގުބޮޑު ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާށެވެ. ޝާޔާއާއި އެކީގައި ވަގުތު ހޭދަކޮށްލާށެވެ. އެއީ ފަސޭހައިން ލިބޭނެ ފުރުޞަތެއް ނޫނެކެވެ. ނަމަވެސް އަޔާން އާއި ޒާނިޝް ރިޔާ އަދި ރަނާ އާއި އެކު އެކި ކުޅިވަރު މަޖާތަކުގައި އެކުގައި ވަގުތު ހޭދަކޮށް އުފާ ކުރަމުން ދިޔައެވެ. ލޯބީގެ ބަހާރު މޫސުން ހުރިހާ ހިތްތަކަކަށް އައިސްފައިވާ ކަހަލައެވެ. ދެގޮތެއް ނުވެ އެމޫސުން އަބަދުގެ އަބަދަށް ދެމިގެން ދާނަމަ ކިހާ ރަނގަޅު ހެއްޔެވެ؟

ފުރަން ދޯންޏަށް ހުރިހާ އެއްޗެއް އަރުވައި ނިމިގެން ނައްޓާލެވުނުއިރު ހަވީރު ފަސްގަޑި ބައިވެ ބޮޑުވެއްޖެއެވެ. އިރުއޮއްސުމުގެ ކުރިންނެއް ރަށަކަށް ނުދެވޭނެއެވެ. ދަތުރު ނިމުނު އިރު ދަތުރުގެ ހުރިހާ އެންމެންނަކަށް ހެން އަހަރެންނާއި ޝާޔާގެ ޖޯޑުވަނީ ތަޢާރަފް ވެފައެވެ. އަހަރެން ޝާޔާއާއި އެހާ އެކުގައި ވަގުތު ހޭދަކުރާއިރު މުޅިން ބާކީވެފައި އިންނަން ޖެހުމުން ޝައިހާގެ ހިތުގައި އަނދަމުން ދިޔައީ ކޮންކަހަލަ އަނގުރު އަލިފާނެއް ކަމެއް އަހަރެންނަކަށް ނޭގެއެވެ. އަހަރެމެންނާއި ދިމާލަށް ލޯއަޅާލާއިރު އެލޮލުން އަލިފާން ކަނި ބުރާކަހަލައެވެ. ޝައިހާއަށް ނުލިބުނު އުފަލެއެއް ޝާޔާއަށް ލިބުމުން ޙަސަދަވެރިކަމުގެ އަލިފާނުގައި ޝައިހާ އަނދުމުން ދާކަހަލައެވެ. އަހަރެން މަޑުމަޑުން ޝައިހާގެ ކައިރިޔަށް ޖެހިލީމެވެ.

” ޗޮއް ޗޮއް ޗޮއް. . އަޅެ ހާދަ ދެރައޭ. . އެހާ ބުރަމަސައްކަތުން ފޭކް ސްމައިލްތަކެއް ކޮށްގެން މާ ދައްތަ ވެގެން ރޭވި ހުރިހާ ރޭވުމެއް ފެނަށް. . ވީ އެއްވެސް ކަމެއް ނެތް. . ހާދަހާ ދެރައޭ. . ” އަހަރެން ހިނިތުންވެލާފައި ދުރުބަލަން އިނދެ ޝައިހާއަށް ބަހުގެ ޙަމަލާތައް ދެމުން ދިޔައިރު ޝައިހާ އެނތެރެއިން އަނދާ އަޅިއަށް ވަނީއެވެ. “ދެން މާ ގިނަދުވަހެއް ނެތް. . ކަލޭގެ ކުރިމަތީ ޝާޔާއާއި އިނދެލައިގެން އަހަރުމެންގެ އަމިއްލަ ރިސޯޓްތަކާއި ހޮޓާތަކުގަ. . ރާއްޖެއިން ބޭރުގަޔާ އެތަން މިތާނގަ އުފާވެރިކަމާއެކު އުދުހި އުޅޭތަން ފެންނަން ފަށާނެ. . ޝާޔާއަށް އޭނަގެ އަލަތު ލޯބިވެރިޔާ ނުލިބޭނެ އެއްވެސް ގޮތެއް ނެތް އިރާދަކުރެއްވިއްޔާ. . ޝައިހާ ޖެހޭނީ ތެޅިލަ ތެޅިލާ ހުންނަން. . ” ހެވިފައި އިނދެ އަހަރެންގެ ހިތްހަމަޖެހޭވަރަށް ޝައިހާގެ ހިތް ފޮތިފޮތިކޮށް އެނތެރެހައްޓަށް ނުފިލާނެ ފަދަ ޒަހަމްތަކެއް ދީފައި އަހަރެން އެނބުރިއައިސް ޝާޔާގެ ކައިރީގައި އިށީނީމެވެ. އަދި ޝައިހާއަށް ފެންނާނެހެން ޝާޔާގެ ބޮލަށް ދޮނެއް ދިނީމެވެ. އޭރު ޝައިހާ އައިސްފައިވާ ރުޅިން ދުނިޔެއިން މޮޔަނުވެ ހުންނާނެއެކޭ އަހަރެންގެ ހިތެއް ނުބުނެއެވެ.

މަޑުމަޑުން ރަތުރަނުން ޖަރީ ކޮށްލި އުޑުމަތި ރަންފިޔާތޮށި ކުލަޔަކަށް ބަދަލުވެ ރަތް ދަނބު ކުލައިގެ އެކިއެކި ކުލަތަކުން ދުނިޔެ އަނދިރި ކުރަމުން ދިޔައެވެ. އެޖާދުވީ މަންޒަރު ބަލަން އަހަރެން ޝާޔާ އާއި ދާދި ގާތުގައި ޝާޔާގެ އަތް އަހަރެންގެ އަތުގެ ތެރޭގައި ފޮރުވައިލައިގެން އިނީމެވެ. އަހަރެންގެ ފޯނުން ޝާޔާއާއި އެކީގައި އެތައް ބައިވަރު ފޮޓޯ ތަކެއް ނަގަމުން ދިޔައީމެވެ. ޝާޔާގެ ކޮންމެ ހަރަކާތެއްހެން އަހަރެން ރައްކާކުރެވޭތޯ ބެލީމެވެ. ޖެހެމުން އައި ވައިރޯޅިތަކުގައި ފިނިކަން އެކުލެވެމުން ދިޔައިރު އެފިނިކަމުގައި ޝާޔާ އަހަރެންނާއި ކައިރިވެލާ އަހަރެންގެ އުނަގަނޑުގައި އަތް އަޅުވާލިއެވެ. ޝާޔާއިނީ ޖެހިލުންވެފައެވެ. އަހަރެންނަށް ޝާޔާގެ މޫނު އެފަނޑު އަލިކަމުގެ ތެރެއިން ފެނުނުއިރުވެސް އެމޫނު މަތީގައި ހުރި ލަދުވެތިކަން ހާމަވިއެވެ. އެއާއިއެކު އެގަޑީގައިވެސް ފޮޓޮއެއް ނަގާލީމެވެ. އެއަށްފަހު އަހަރެންވެސް ޝާޔާގެ ކޮނޑުމައްޗަށް އަތް ވައްޓާލާ ގާތްކޮށްލީމެވެ. ޝާޔާއާއި އެހާ ގާތުގައި ވެވުމުން އަހަރެންނަށް އަމިއްލަނަފްސަށް ހިނިތުންވެލެވުނެވެ. އަދި ފުން ނޭވައެއް ފަޒާގެ ތެރެއަށް ދޫކޮށްލެވުނީ ލޯވަރާލަމުންނެވެ. ޝާޔާގާތުގައި އަބަދުމެ ވުމަށް އެދެމުންނެވެ. ދެހިތުން އެތައްހާސް ވަޢުދަކާއި އަހުދުތަކެއް ވަމުންނެވެ. ދެހަށީގައި ވީ ފުރާނަ އެކައްޗަކަށް ހަދަމުންނެވެ. އެލޯބީގައި ނެތިފަނާވެދާންދެން އެކުގައި ވުމަށެވެ.

ރަށަށް ލެފުނުއިރު ހަތެއްޖަހަން ކައިރި ވެއްޖެއެވެ. އަހަރެންގެ އެދުމުގެ މަތިން ޝާޔާ ފުރަތަމަވެސް ގެންދެވުނީ ރަށު ސިއްޙީމަރުކަޒަށެވެ. ޝާޔާއާއި ދޭތެރޭގައި ކަންތައްތައް ވީގޮތް ކިޔައިދިނުމުން ޑޮކަޓަރު ބުނުއްވީ ޝާޔާގެ ނަސީބުގަދަ ވާހަކައެވެ. ކުޑަކޮށްވެސް ލަސްވިނަމަ ޝާޔާ މިދުނިޔެއަކަށް ދެވަނަ ފަހަރަކަށް ނޭވާ ނުލީސްކަމަށެވެ. އަހަރެން މާތްﷲ ޙަޟްރަތަށް ޝުކުރު ދެންނެވީމެވެ. އަހަރެން މެދުވެރިކޮށް ނަމަވެސް ޝާޔާ ސަލާމަތް ކޮށްދެއްވުމުންނެވެ. ޑޮކްޓަރުގެ އިރުޝާދުގެ ދަށުން ޝާޔާ އޮބަޒަރވޭޝަން ގައި ބޭއްވުނެވެ. އަދި މާގިނައިރެއްނުވެ ބަކުރުބެ މެންނަށް އެންގިގެން ގެނެވުނެވެ. އަދި ޝާޔާގެ ޙާލަތު ކިޔައިދެވުނެވެ. ކަންތައް ވީގޮތުން ބަކުރުބެމެން ކުޑަކޮށް ހާސްވެފައި ތިބިހެން ހީވިއެވެ. ދަމަށް ޝާޔާގެ ކައިރީގައި ހައްވާ ދައްތަ މަޑު ކުރިއެވެ. އެއަށްފަހު އަހަރެން ވެސް ދިޔައީ ޒާނިޝް މެންނާއި އެއްކޮށް ގެއަށް ފްރެޝް ވެލާށެވެ. ގެޔަށް ދިއުމަށްފަހު ރަނގަޅަށް ފެންވަރައިލައިގެން ނިކުތީމެވެ. އޭރު ދަތުރު ދިއުމަށްފަހު އައިސް އެއްޗެހިތައް ގޭގެއަށް ލުމަށްފަހު މުޙައްމަދުބެ ވެސް ގެޔަށް ވަދެގެން އާދެއެވެ. އޭރު ރަނާ އާއި ރިޔާ ކޮޓަރީގައި ފެންވަރަން އުޅެނީ ކަންނޭނގެއެވެ. ޒާނިޝް އާއި އަޔާންވެސް ފެންވަރާލައިގެން ނިކުތުމުން ނަމާދަށް ދިޔައީމެވެ. އަންނަންވާއިރަށް އައިޝާދައްތަ ހުރީ ދަތުރުގައި ކެއްކި އެއްޗިހި ކާންހަދާފައެވެ. ކާލައި ނިމިގެން އަހަރެން ނިކުތީ ހޮސްޕިޓަލަށް ދާށެވެ. އަހަރެން ފުރަތަމަ ދިޔައީ ރަށުގައި ހުރި މާވިއްކާ ފިހާރަޔަށެވެ. އެތަނުން ރަތްކުލައިގެ ބޮޑު ފިނިފެންމާ ބޮނޑިއެއް ގަނެލައިގެން އަހަރެން މިސްރާބުޖެހީ ސިއްޙީ މަރުކަޒަށެވެ. ދިޔަ މަގުމަތީގައި މަންމަ ގުޅިއެވެ.

“ދަރިފުޅުމެންގެ ދަތުރު ކިހިނެއް. . ވަރަށް މަޖާކުރިން ދޯ. . މަންމަ ދިއުމުގެ ކުރިން ދަތުރު ގޮސް ނިންމާލައިގެން ދޯ ތިތިބީ. . ” މަންމަ ޝަކުވާގެ ރާގަށް ބުނެލިއެވެ. އެއާއިއެކު އަހަރެންނަކަށް މަންމަ ގާތުގައި ދިމާވި ކަންތައްތައް ކިޔައިނުދީއެއް ނުހުރެވުނެވެ. މަންމަ ގާތުގުގައި ދަތުރުގައި ދިމާވި ހުރިހާ ކަމެއް ކިޔައިދީ ނިމުނުއިރު މަންމަ ހުރީ ހަމަ ހައިރާންވެފައެވެ. ޤަބޫލުކުރަންވެސް ދަތިވެފައެވެ.

“ސިއާން. . ތިބުނާ ކުއްޖާ އެގޮތަށް މީހުންގެ ތެރެއަށް ދޫކޮށްލާފަ ބެހެއްޓުން ރަނގަޅެއް ނޫން. . ޝީ ނީޑްސް ހެލްޕް. . މަންމައަށް ބޮޑަށް ހީވަނީ އެއީ ނަފްސާނީ ބައްޔެއްހެން. . އެކުއްޖާ ޑޮކްޓަރަކަށްވެސް ނުދައްކާތަ އެގޭ މީހުންނެއް. . ” މަންމަ ބުނިއެއްޗަކުން އަހަރެންނަށް އެކަމާއި ދޭތެރޭގައި ވިސްނައިލެވުނެވެ. ރުޅިއައުމުން ކަމަކާނުލާ، ދެފިކުރެއްނެތި މީހެއްގެ ފުރާނަ ދުއްވާލާ ހިސާބަށް ހަމަބުއްދީގައި ހުރި މީހަކު ދާނެހެއްޔެވެ؟ ހަމަރަނގަޅަށް ވެސް އެވާނީ ނަފްސާނީ ބައްޔަކަށެވެ.

“ނޯ މޮމް. . އައިޑޯންޓް ނޯ. . މިދަނީ ހޮސްޕިޓަލަށް.. ގޮސްފަ އަހާލާނަން ހައްވާ ދައްތަކައިރީގަ ވެގެން އުޅޭ ގޮތެއް.. ”

“އާނ އެންމެ ރަނގަޅު.. ދަރިފުޅާ މާދަން ތިރަށަށް ދާ ބޯޓުން މަންމަ އެބަ ފޮނުވަން އައިޝާދައްތަ މެންނަށް ހަދިޔާ ކޮޅެއް.. އައިޝާ ދައްތައާވެސް ގުޅައިފިން.. އެ ބަލާ ގޮސްލަދެއްޗޭ ޖެޓީއަށް މެންދުރު.. މަންމަ އަށް ތިރަށަށް ދެވުނީމަ ދޭނަން އުފާވެރި ޚަބަރެއްވެސް.. ދެން މަންމަ ބާއްވަނީ އިނގޭ.. މަންމަގެ ސަލާމް ބުނެދޭތި ހައްވާ ދައްތައަށާ ޝާޔާއަށް އަދި އަޔާން އާއި ޒާނިޝް އަށްވެސް.. ގުޑް ނައިޓް.. ” މަންމަ އަންނަ ވާހަކައެއް ނުބުނެއެވެ. މަންމަ އަންނާނެ އިރެއްގެ އިންތިޒާރުގައިވެސް އަހަރެންނަށް ހުރެވޭތާ ކިތަންމެ ދުވަހެކެވެ. ނަމަވެސް މަންމަގެ އުފާވެރި ޚާބަރު އަހާހިތުން މިހާރު ކެތްމަދުވާން ފަށައިފިއެވެ. އެޚިޔާލު ތަކުގައި ހުއްޓާ އަހަރެންނަށް ހެލްތް ސެންޓަރަށް އާދެވިއްޖެއެވެ. އަހަރެން އަވަސް އަވަހަށް ދިޔައީ އޮބްޒަވޭޝަން ރޫމަށެވެ. އަހަރެންގެ އަތުގައި އޮތް ރަތް ފިނިފެންމާ ބޮނޑި ފުރަގަހަށްލާ ފޮރުވުމަށް ފަހު އެނތެރެއަށް ވަނީމެވެ. އޭރު ހައްވާދައްތަ ޝާޔާކައިރީގައި އިނެވެ. ނަރުސް ކުއްޖެއް އޭރު ޝާޔާ ގަޔަށް އިންޖިކްޝަން ތަކެއް ޖަޖާފައި ނިކުންނަނީއެވެ. އަހަރެން ފެނުމާއިއެކު ޝާޔާގެ މޫނުމަތިން ފެނިގެންދިޔަ އަޖައިބެއްފަދަ ހިނިތުންވުން އަހަރެންގެ ހިތުގެ ހިނގުން ބާރުކޮށްލިއެވެ. ޝާޔާ ކުޑަކޮށް ތެދުވެލާ އެނދުގެ ހެޑްބޯޑަށް ލެނގިލިއެވެ. ލައިގެންހުރި ފިޔާތޮށި ކުލައިގެ ޓޮޕްކޮޅާއި ދޫކޮށްލާފައި ވާ ސިލްކް ކޮޅެއްފަދަ ކަޅު އިސްތަށިކޮޅާއިއެކު ޝާޔާގެ ރީތިކަން ޝާޢިރުންގެ ގަލަންތަކަށް ނުކުޅެދޭވަރުވެއެވެ. އަހަރެން މަޑުފިޔަވަޅު ތަކުގައި ޝާޔާގެ ކައިރިޔަށް ޖެހިލަމުން އަހަރެންގެ މޫނުމައްޗަށް ވެއްޓިފައިވާ ތެތް އިސްތަށިކޮޅު އެއްފަރާތްކޮށްލީމެވެ. އަދި އަތުގައި،ފޮރުވާފައި އޮތް މާބޮނޑި މަޑުމަޑުން ނަގާ ޝާޔާގެ އަތަށް ދިއްކޮށްލީމެވެ.

“ގެޓް ވެލް ސޫން. . ” އަހަރެންގެ ދެމިޔަކަނި ކަންފަތް ކައިރިޔަށް ދެމިގަތީ ބޭ އިޚްތިޔާރުގައެވެ. އަހަރެންނަށް ހުރެވުނީ ހިތުގެ އަޑިން ހިނިތުންވެލެވިފައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

GuDuMeena

Level 310 Stories500 Comments100 Comments

Other Articles

Previous

ހިތް ނުރޮއްވާ… (23)

Next

ދީވާނާ ލޯބިން ވެއްޖޭ. . [13]

Next
May 5, 2014

ދީވާނާ ލޯބިން ވެއްޖޭ. . [13]

Previews
May 4, 2014

ހިތް ނުރޮއްވާ… (23)

49 Comments!

  1. GuDuMeena says:
    May 4, 2014 at 7:59 pm

    Good evening Readers. .
    Hope u all nlike tonight’s Part as well. .
    and believe me.. when the Time is right i’ll do something abt Shaiha. . 😉
    Enjoy the story and Hav a Good Nyt

    1. zoodaan says:
      May 5, 2014 at 12:45 am

      good news gudu…..u tooo…n gud night honey….

  2. GuDuMeena says:
    May 4, 2014 at 8:03 pm

    Find me on Facebook
    http://www.facebook.com/llGuDuMeenall

  3. aisha says:
    May 4, 2014 at 8:18 pm

    siaan ge mom kyhve shaaya ah salaam nufonuva shaiha ah salaam fonuvy..yagyn gabool nuvy kan..s

    1. GuDuMeena says:
      May 4, 2014 at 8:29 pm

      Sorry Aish and all its a honest Mistake. . aslu innany Shaya. . n i’ve changed it mihaaru. . 🙂

  4. liuu says:
    May 4, 2014 at 8:28 pm

    vvvvvvvvvvvvvvvv nice……tht wicked shaihaa ah lesson ei dhybala…haadha foosei vey……shaihaa ehery sycho vefa kan neynge……gudu……..liuu ah vaahaka liyan dhaskohdhybala……haadha salhiey
    🙂 🙂 🙂 🙂 🙂 : ) : )

    1. GuDuMeena says:
      May 4, 2014 at 9:00 pm

      ehehe Liuu. . Story Liyumaky maabodun kameh vx nooney.. it just takes a little affort. . and Intrest. . u just hav to be persistant. . spend some time everyday on it. . dont get bored and left out. . and have Radheef in ur mobile.. read more stories to improve ur vocabulary. . create a scene in ur mind. . arrange it as if u r the director. . and play the movie with ur pen or hand as words and type it. . thats all. .. 🙂

    2. zoodaan says:
      May 5, 2014 at 12:47 am

      obi thi kiyaadhin goith

  5. Naza says:
    May 4, 2014 at 8:38 pm

    wow!!! shone nd shaya gulheny dhww 😀 this is totally amazing bt faahanga waa thankolheh bunantha gudu? baeh faharu shaya nd shaiha ge name olhuwaalafa eba hurey liyefa……ekan rangalhu kohla dhehchey 🙂 waiting for the nxt par 😀

    1. GuDuMeena says:
      May 4, 2014 at 9:01 pm

      Thanks Naza. . thi faahaga kolli than than balaanan rangalhu kohleveytho. . aslu vx v.bodah GuDu liyaa iru vx olhey e 2 name. . 🙂

    2. Naza says:
      May 5, 2014 at 10:23 am

      GuDu is a gudu boy 😛

  6. me says:
    May 4, 2014 at 8:40 pm

    thank yu… masha allah vv rythi… jxt simply lurv it… bro yu knw what…? those 2 names r my nick names.. ehnve ehnn buny.. good night… waiting for nxt part..

    1. GuDuMeena says:
      May 4, 2014 at 9:02 pm

      Oh. . ehehe. . Than i’ll Call u Daa. . 😛

  7. Shiu says:
    May 4, 2014 at 8:56 pm

    wow…..vvv salhi….waiting 4 next part :))

    1. GuDuMeena says:
      May 4, 2014 at 9:04 pm

      ehehe. . Thankew Shiuuw. . 🙂

  8. Rooya says:
    May 4, 2014 at 8:56 pm

    haadhakurey…. hama enme kiyaahithun huttaa e nimunee… btw story hama habeys…. 😀

    1. GuDuMeena says:
      May 4, 2014 at 9:06 pm

      Ohw. . Thankolheh kuru v dhw. . Lava eh nugenevunyma heevaa goi kanneynge. . BTW its 1600 words + viyya. . eheh owk adhi vx try kuraanan dhigu koh liyeveytho. . 🙂

  9. bookworm says:
    May 4, 2014 at 9:18 pm

    obiness <3 😀 mivareh neh hama 😛 varaaaaaaaaaaah reethi,enjoyed to the max 😀 waiting for the next part <3 keep it up with the good work 😀

    1. GuDuMeena says:
      May 5, 2014 at 7:16 pm

      Ohw thankew Bookworm Buddy. . dhen huri baithah vx hama ehaa reethi kohleveytho mi balany. . 🙂

  10. lonely grl says:
    May 4, 2014 at 9:58 pm

    mi par vx hama v nyc. mi stry ga sng dhigu v hadi. 4 lines k vaane sng ge. eyrun salhi vaane 🙂

    1. GuDuMeena says:
      May 5, 2014 at 7:17 pm

      Thanks for the Idea. . 😉

  11. Aishaa says:
    May 4, 2014 at 11:24 pm

    My favorite story.v nice

    1. GuDuMeena says:
      May 5, 2014 at 7:19 pm

      Thanks Aisha. . 😀

  12. aisha says:
    May 5, 2014 at 12:04 am

    hi
    v v v nice love it 🙂
    haadha heeveye kuriah huri baitha v sad vaanehen 😛

    1. GuDuMeena says:
      May 5, 2014 at 7:20 pm

      ehehe. . aisha. . just wait and see. . hama majaa vx vedhaane ehnu. . 😉

  13. Haxu says:
    May 5, 2014 at 12:09 am

    hahahha.. haxu ah ingune eyru vx gudu akah nukereyne kan shaayaa maraalaakah.. ehenvey gudu hama rangalhee.. shaihaa fakeeru kadafasheh vaane dhw.. :p dhn avahah shwn shaayaa gendhey eyrun shaayaa safe vaani..btw gudu thikuraa hiyyvarah hama saabas.. nukiyevey varah thi story up kohlani.. thivareh neiyy.. gud luk n kyp it up <3 🙂

    1. GuDuMeena says:
      May 5, 2014 at 7:24 pm

      Thanks Haxu.. Haxu ai thi hurihaa readers thidhey hivvarun aslu GuDu ah mihaa varah mi liyeveny., . Thanks all for that. . 😉

  14. Shaya says:
    May 5, 2014 at 12:20 am

    I love your stories, 🙂 siaan mamma gennan vee nun dhen awahah 🙂 hehe

    1. GuDuMeena says:
      May 5, 2014 at 7:26 pm

      ehehe. . Thanks Shaya. . Shaya ah Sean ge mamma ai meet kohdheynamey. . 😉

  15. zoodaan says:
    May 5, 2014 at 12:55 am

    zoo ves work kuranee health ga a gudu…mee v fakkaa dhaairaa eh…gudu khiyaaleh dhentha…story liyaa iru himanaaladheeba aanmu mauloomaathu thah..eyrah kiyaa meehunnah vaahakain libey hith hamajehumaa ehvarah libey mauloomaathu ves mussadhi vegen dhaane nun…misaalakah bunanna thi dhiya falhu rashakee hama aslah onna rasheh kamah vanna aee a atholhuga kithah vana rah kamaa adhi erashaa emme kairi ga onna rah thakaa..mikaha kudhi kudhi mauloomaathu himanaaleema salhivaane bodah….dhen misaalakah shaya observation ga beyvvi iru shaya ah baavvan jehunee misaalakah maaginan lonu bovifa hureema aa nuvatha weak v ma a..migothah huri nama adhi varah furihama vees…me juss a comment ingey..n zoo ge khiyaal..vaahaka kiyaa kudhin gudu ah khiyaal dhee ulhenna v bodah kuriaraigen dhaane..adhi dhen ragalhu kollan v kanthah ves ingeyne..eyge sababun kiyuntheringe hithah kuraa asaraa libey hith hama jehun bodu vegen dhaane kamah feney…:)..hehe..good night gudoooooooo..tc…ummmwahhh

    1. GuDuMeena says:
      May 5, 2014 at 7:28 pm

      Thy hama v.nice Khiyaale Zoo. . V.hapy vejje Zooge thi Khiyaal dhineema. . balaanan thi khiyaal ai eggothah info kolhu kolhu himanaaleveytho. . 😀 Thankew So Much ZOO. . haha

  16. nayaal says:
    May 5, 2014 at 5:43 am

    miburu vaane shaiha nolhaalan 🙂 heheh

    1. GuDuMeena says:
      May 5, 2014 at 7:35 pm

      hahaha. . Aaan dhw. . vaane mifaharu Shaihaa yah gotheh hadhan. . GuDu vx eba visnan gotheh. . 😉

  17. Reesh says:
    May 5, 2014 at 7:21 am

    Ey gudu okay vejje mihaaru 🙂 Ekam buneemennu desktop ge right side thiri ah araafa indhe ey
    Windows 7′
    Build 7600
    This copy of window is not genuine
    mi eh nufilaa.

    1. GuDuMeena says:
      May 5, 2014 at 7:37 pm

      Good to hear Reesh.. u can still Try the comand. . if it works that prob will go. . and it will make ur copy of windows a genuine one. . Bst of luCk. . 😉

  18. maee says:
    May 5, 2014 at 1:39 pm

    masha allah v.salhi mi part vx…Gudu koba lava miharu?? alhe shaiha gandah gotheh hadha bala!!! shaya ah vahaka dehekkey gotheh hadhany kn irakn? dhn avahah shon nd shaya kaiveni kuruvan ulhey ma bodu varu nuvanees…miharu vx ulhey gotheh dw

    1. GuDuMeena says:
      May 5, 2014 at 7:38 pm

      ehehe. . Maee. . ulhen v dhw anekka vx lava kolheh genesdheyn. . 😉 BTW mipart ga vx gennan ulhefa lava thahj search koh liye hadhan time nudhevuny. .

  19. naj says:
    May 5, 2014 at 3:24 pm

    gudu haadha molhey vaahaka liyan
    gudu naj v try kohfin storyy eh liyan
    ekam liye ninmaafa kiyaa liiru v hamanujehey
    hehehe
    naj ah v undhagooo vaahaka liyan
    athuraane goiyy neygenyy
    gudu mikaamah hama molhyy ey bune vey nyy
    hehehe
    this part is totally amaxing…. thx for saving shaaya 🙂
    i’m dying to read the next part 😉
    v v v salhi 🙂

    1. GuDuMeena says:
      May 5, 2014 at 7:43 pm

      ehehe. . Practice makes perfact. . kiyaaleema engeyne ennu where u went wrong. . dhen anekka vx rangalhu kollaany. it takes time at first. . 😉

  20. leen says:
    May 5, 2014 at 4:28 pm

    އަހަރެންގެ މަންމަ ޝައިހާއާއި ޤަބޫލު ވާހަކަ ބުނުމުން ޝާޔާ ހުރީ ހައިރާން ވެފައެވެ. gudu..aslu innany aharenge mamma shaaya aa gaboolu vaahaka bunumun ..dhw…anyways vaahaka very nice…waitin for the next part

    1. GuDuMeena says:
      May 5, 2014 at 7:46 pm

      Ohw. . thanks Leen faahaga kollyma. . GuDu ge liyumuga adhi vx v.kuh bas thah eba huritha dhw. . i need to improve a lot. . 🙂

  21. shai says:
    May 5, 2014 at 5:43 pm

    v salhi oops v lahun ney mi kiyuny ehaa kiyahithun mi ihnany ekm abadhu schoolga.. sorry for the late comment anyway this is perfect v salhi e shaihaa ah filaavakheh dhaskohdheyn shai dhaan vy kahneynge:-p v v salhi

    1. GuDuMeena says:
      May 5, 2014 at 7:47 pm

      GuDu ah vx heevany Shai hen thikan kuran dhaan v. 😉 ehehe Thanks Shai

  22. neesh says:
    May 5, 2014 at 6:12 pm

    v shalhi mi baives koan dhuvahakun dhen oai bai genes dheyny

    1. GuDuMeena says:
      May 5, 2014 at 7:49 pm

      konme week eh ge vx saturday night in feshigen wednesday night ah weekly 5 parts. .

  23. laaraa says:
    May 5, 2014 at 6:43 pm

    Koba gudu anekka kihineh veeba haadha reply ehves naadhey

    1. GuDuMeena says:
      May 5, 2014 at 7:51 pm

      hahaah. . . Thanks Laaraa. . aslu hama GuDu ah time nuvegen gos rep nukureveny. . time veehaa avahakah mi kolly nu. . 😉

  24. Appy says:
    May 8, 2014 at 12:12 pm

    ME AH DHW ENME FAHUN MI KIYU NYY….BUT VARAH REETHI MI PART VX

  25. Shifff says:
    May 12, 2014 at 12:19 pm

    hey gudu.. hws u.. Inna futtah dhw dhathuru mi dhiyai…. v salhi story eh… keep up tha gud work… tc

Comments are closed.

Next Episodeދީވާނާ ލޯބިން ވެއްޖޭ. . [13]←


All Right Reserved!