“ހިތް” ލޭ ކޮށެވިފައި……23
ރިޝްފާ އެ ނުލަފާ އެތީގެ ގައިގައި އޭނާގެ ދެއަތުން ތަޅަން ފެށިއެވެ. އޭނާގެ ކުރިމަތީގައި ޒޭން ފަހުނޭވާ ދޫކުރާތަން ދެކެން އޭނާއަކަށް ކެތެއް ނުވާނެއެވެ.ފެންކަޅި ވެފައިވާ ޒޭންގެ ދެލޯ ފެނިފައި ރިޝްފާގެ ހިތުން ލޭ ކޮށެވިގެން ދިޔައެވެ.
*** * *** * ***
ކުއްލިއަކަށް އިޝާނަމާދު ބަންގީގެ އަޑާއިއެކު މުޅި ކޮޓަރި ތެރެއިން ކަރަންޓު ދިޔައެވެ.އެވަގުތު ކޮޓަރި ދޮރުވެސް ހުޅުވިގެން ދިޔުމާއިއެކު ހަނާއާއި ފިޒާން ދުވެފައި އައިސް އެތެރެއަށްވަދެ ކޮޓަރީގެ ބޮކި ދިއްލާލިއިރު ރިޝްފާވެސް ހަރަކާތްތައް މަޑު ޖެހިފައި އޮތް ޒޭން ގާތަށް ގޮސް ޒޭންގެ ބޯ ހިއްލާލުމަށްފަހު އޭނާގެ އުނގަށް ލާފައި ބައްޕައަށް އެހީ ވުމަށް ހަނާމެންގެ ކިބައިން އެދުނެވެ.
ފިޒާންއާއި ހަނާއާއި ދެމީހުން ވެގެން އަލީ ވަހީދު އަތުލަފި ކޮށްގެން ގެންގޮސް އެނދުގައި ބޭންދިއެވެ.އަނެއް ކޮޅުން ޒޭންގެ ކަރުގައި ހިފާލާފައިވާ ގަދަ ވޭނަށް ވަމުން ދިޔަ ދުއްތުރާލުން އޭނާ ހުއްޓުމެއްނެތި ކެއްސަމުން ދިޔައެވެ.ރިޝްފާ އޭނާގެ ދެލޮލުން ކަރުނަ ފޮހެލާފައި ޒޭންގެ މެޔާއި ބުރަކަށީގައި ފިރުމަމުން ދިޔައިރު އޭނާއަށް ބެލެމުން ދިޔައީ ތެޅިގެން ކުދިކުދި ވެގެން ފާބާފައި ހުރި ބެލްކަނީގެ ދޮރަށެވެ.
ރިޝްފާއަށް ރޮއިރޮއި ވަރުބަލި ވެފައިވާ އޭނާގެ ދެލޮލުން ޒޭންއަަށް ބަލައިލެވުނެވެ.އޭނާއަށް ޓަކައި ޒޭން އަމިއްލަ ފުރާނަ ނުރައްކަލަށް ހުށަހެޅީ ކީއްވެ ހެއްޔެވެ؟އޭނާގެ ހިތުގައި ޒޭންއަށް މަޤާމެއް ހުސްކުރެވިފައިވާ ފަދައިން ޒޭންގެ ހިތުގައިވެސް އެފަދަ އިޙްސާސްސެއް އޭނައަށްޓަކައި ވަނީބާވައެވެ.ލޯތްބަށްޓަކައި ހިތާއި ފުރާނައިން ޤުރުބާންވާން ވަޢުދު ވުމަކީ ބުނެލަން ވަރަށް ފަސޭހަ އެހެނަސް ސާބިތު ކޮށްދޭން ވަރަށްވެސް އުނދަގޫ ކަމެކެވެ.ދެމީހުންގެ ކަޅިއާއި ކަޅި ބައްދަލްވެގެން ދިޔައިރު ރިޝްފާގެ ހިތަށް ކޮށްފައިވާ އަސަރު ކަރުނަ ތިކިތަކެއްގެ ސިފައިގައި ފާބައިގަތެވެ.ޒޭން މަޑުމަޑުން ތެދުވެ އޭނާގެ ދެއަތުން ރިޝްފާގެ ކޯތާފަތުގައި ބީހެމުން ދިޔަ ކަރުނަތައް ފޮހެލައިދިނެވެ.
ދެމީހުން ކުރެ އެކަކުވެސް އެއްވެސް ބަހެއް ދުލުން ބޭރު ނުކުރި ކަމުގައި ވިޔަސް ލޮލުން ލޮލަށް ހިތުން ހިތަށް މީގެކުރިން ނުދެކެވި ހުރި އެތައް ވާހަކައެއް ބަދަލު ކުރެވިގެން ދިޔައެވެ.
ރިޝްފާއަށް ކުރިމަތި ވެފައިވާ މުސީބާތުން ސަލާމަތް ވުމަށް އެހީވެދިނުމަށް އަލީ ވަހީދު ފިޒާންގެ ކިބައިން އެދުނެވެ.އަދި މިރޭ ޒޭން ނެތްނަމަ ފެންނާނީ އޭނާގެ ދަރިފުޅުގެ ފުރާނަނެތް މަސްގަނޑޭ އޭނާ ހިތަށް އެރިއެވެ.
އަލީ ވަހީދު އާއި ހަނާއާއި ފިޒާން ކޮޓަރިން ނިކުމެގެން ގޮސް ސިޓިން ރޫމްގައިި މަޑުކުރީ ޒޭން އަށާއި ރިޝްފާއަށް ވަގުތުކޮޅެއް ދިނުމައްޓަކައެވެ.ރިޝްފާގެ ހަށިގަނޑު ނިވައި ކުރަން ހަދައިގެން ޒޭންް ހުސްގަޔާއި ހުރުމުން އެހާލަތަށް ×ެެެެީެެެެީެެެެީެެެެީެެެެީެެެެީެެެެީެެެެީެެެެީެެެެީެެެެީެެެެީެެެެީެެެެީެެެެީެެެެ
ާއެދެމީހުން ލަދުގަނެފައި ތިބިކަން އެނގޭތީ އާއިވެސް އެކުގައެވެ.
“ޒޭން…ކީއްވެ އަހަންނަށްޓަކައި އެވަރުގެ ބޮޑު ނުރައްކަލަކާ ތި ކުތިމަތިލީ….މިރޭ ބަންގީގެ އަޑަށް އޭތި ދިޔަޔަސް ދެން ފަހަރަކުން އެފަދަ ރަހުމަތެއް ނުލައްވަވާފާނެ….އޭތި އަދިވެސް އަންނާނެ….އަހަރެން ބޭނުމެއް ނޫން އެއްވެސް ޙައްޤަކާއި ނުލާ ޒޭން މި މުސީބާތުގަ ހިއްސާވާކަށް”
ރިޝްފާ ޒޭންގެ ދެލޮލަށް ބަލަހައްޓައިގެން ހުރެ ވަރަަށް އަސަރާއި އެކު ވާހަކަ ދެއްކިއެވެ.އޭނާ ޒޭން ކިތަންމެ ބޭނުންވިޔަސް އޭނާގެ ސަބަބުން ޒޭންއަށް އެއްވެސް ދެރައެއް ލިބޭކަށް ބޭނުމެއް ނުވެއެވެ.
“ރީޝް…އަހަރެންވެސް ބޭނުންވަނީ ފުރިހަމަ ޙައްޤާއި އެކުގައޭ ރީޝްގެ ހުރިހާ އުފަލެއް އަދި ހިތާމައެއްގެ ހިއްސާދާރަކަށް ވާން”
ޒޭންގެ ވާހަކަ އަޑުއަހާފައި ރިޝްފާއަށް އެއީ ކިހިނެތްތޯ ސުވާލު ކޮށްލެވުނީ ހަމަ ގައިމުވެސް އޭނާގެ އިޚްތިޔާރުން ބޭރުގައެވެ.
“މިބުނީ އަހަރެން މިހެން ގަމީހަކާއި ނުލާ ހުއްޓާ ރީޝް ތިގޮތަކަށް އަހަންނަށް ބަލަންޏާ އަހަރެންގެ ހިތް ތިފަރާތަށް ވީއްލިގެން ދިޔަހެން ހަރަކާތްތައްވެސް އަމިއްލަ ބާރުން ނެއްޓި އަތުން ފައިން ގޯހެއް ނުހެދެނީސް އަހަރެންގެ ހަޔާތުގެ ބައިވެރިއަކަށް ރީޝް ވެދޭން އެއްބަސް ވާންވީ ނޫންހޭ….”
ޒޭންގެ ގަމީސް ލައިގެން ހުރެވުނުކަން ރިޝްފާއަށް އެނގުނީވެސް ޒޭން ވާހަކަ ދެއްކުމުންނެވެ.ރިޝްފާ ގަތް ލަދުން ޒޭންއަށް ފުރަގަސް ދީފައި އޭނާގެ ހެދުމެއް ނަގަންދާން ފުރަގަސް ދިނެވެ.ނަމަވެސް ޒޭން ފަހަތުން އައިސް ރިޝްފާގެ އަތުގައި ހިފާލިއެވެ.އަދި ރިޝްފާގެ ޖަވާބަކީ ކޮބާތޯ ސުވާލު ކޮށްލިއެވެ.
ދަރިފުޅާ އަވަސް ކޮށްލައިގެން ނިކުމެ ބަލާށޭ ކިޔައި ރިޝްފާގެ ބައްޕަ ގޮވާލީވެސް ހަމަ އެވަގުތުއެވެ.ރިޝްފާ ޒޭންގެ އަތް ފޮޅުވާލުމަށްފަހު އަލަމާރިން ހެދުމެއް ނަގައިގެންގޮސް ދުވެފައި ފާޚާނައަށް ވަދެ ގަމީސް ބަދަލު ކޮށްލައިގެން ނިކުމެ ޒޭންގެ ގަމީސް ދިއްކޮށްލާފައި ތޭންކްސް އޭ ބުނެލިއެވެ.
ދެމީހުން އެކުގައި ނިކުތުމުން ސިޓިން ރޫމް ސޯފާގައި އިށީނދެލައިގެން އިން ހަނާ އައިސް ރިޝްފާގެ އަތުގައި ހިފާލުމަށްފަހު ރީޝްގެ ހިތުގެ މިލްކު ވެރިއަކީ މިއީހޭ އަހާލިއެވެ.ޒޭންއަށް ލިބުނު ހައިރާން ކަމުގައި ރިޝްފާއަށް ބަލައިލުމަށްފަހު އެއްބުމަ އަރުވާލިއެވެ.
ވައްކަމެއް ކޮށްގެންް އުޅެނިކޮށް ފަޅާ އެރުމުން ވާފަދަ ގޮތަކަށް ރިޝްފާގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ.ރިޝްފާ ދެން ހަނާގަނޑޭ ކިޔާ ހަނާގެ އަތުގައި މަޑުމަޑުން ޖަހާލިއެވެ. އޭރު ފިޒާން ހުރީ ފެންތައްޓެއްވެސް ކިޔަވާފައެވެ.އަލީވަހީދު ފެންތަށި ހިފައިގެން އައިސް ދަރިފުޅު އަވަހަށް މިފެންތަށި ބޯލާށޭ ބުނެލިއެވެ.ރިޝްފާ ފެންތަށި ބޯލުމުން ދެން މާތް ﷲ އިރާދަ ކުރެއްވިއްޔާ މިރޭ އޭތީގެ އުނދަގުލެއް ނުވާނޭ ބުންޏެވެ.އަދި މިރޭން ފެށިގެން ތިން ރޭ ވަންދެން ގެއިން ބޭރަށް ނުނިކުތުމަށްވެސް ބުނެފައި މާދަމާ އަންނާނަމޭ ކިޔާފައި ފިޒާން ދިޔައީ ހަނާވެސް ގޮވައިގެންނެވެ.،
“ދެން އަހަރެންވެސް ގޮސްލީ އިނގޭ..”
ހަނާމެން ދިޔުމުން ގޭތެރެއަށް ވެރިވެފައިވާ ހަމަހިމޭން ކަމުގެ ތެރެއިން ޒޭން ވާހަކަ ދެއްކިއެވެ.ނަމަވެސް އަލީ ވަހީދު ޒޭން ހުއްޓުވާފައި ވަރަށްބޮޑު ވާހަކައެއް ދައްކާލަން އެބައޮތޭ ބުނެލިއެވެ.
ބައްޕަގެ ފަހަތުން ގޮސް ޒޭންއާއި ރިޝްފާ ގޮނޑީގައި އިށީނދެ ހަމަ ޖެހިލާފައި ބައްޕަ ދައްކަން އުޅޭ ވާހަކަ އަކަށް ސަމާލު ވިއެވެ.
“ޒޭންވެސް ތިވަނީ ރިޝްފާއަށް ޖެހިފައިވާ ރޫޙާނީ ކަންތައް ގަނޑު ލޮލުން ދެކި އަމިއްލައަށް އިޙްސާސްވެސް ކޮށްފަ…އަހަންނަށް އަހަރެންގެ ދަރިފުޅު އެކަނި ޙާލަށް ކުޑަ ވަގުތު ކޮޅަކަށްވެސް ދޫކޮށްލާކަށް ކެތެއް ނުވާނެ.އޭތި ކޮންމެފަދަ ވަގުތެއްގައިވެސް ރިޝްފާއާއި ދިމާ ކޮށްފާނެ….ރިޝްފާއަކީ ބޮޑުވެފައި ހުރި އަންހެން ކުއްޖެއްވީމަ ބައްޕަ އަކަށްވެ ހުރެ އޭނާއަށް ހިމާޔަތް ދޭން އަހަރެން މިވަނީ ނުކުދިފަ ……މިރޭވެސް ޒޭން ނެތްނަމަ މަގޭ ދަރިފުޅުގެ ޙާލަކީ ކޮބާ؟ދެން ހުރީ ރިޝްފާ މަންމަ…އޭނައަށް މިކަންތައް ގަނޑުގެ ހިލަމެއްވެސް ވެއްޖިއްޔާ އެފަކީރުގެ ހިތްވެސް ހުއްޓިދާނެ…..އެހެންވެ އަހަރެން ޒޭންގެ ކިބައިން އެދެން މިއުޅެނީ ވަރަށް ބޮޑު ކަމަކަށް…އެއީ…..”
އަލީ ވަޙީދު އޭނާގެ ވާހަކަ ފުރިހަމަ ކުރަން ޖެހިލުންވިއެވެ.ނަމަވެސް ޒޭން އޭނާގެ އަތުގައި ހިފާލުމަށްފަހު ރިޝްފާއާއި ދިމާއަށް ބަލައިލަމުން އަހަރެން މިހިރީ ރިޝްފާއާއި ކައިވެނި ކުރަން ތައްޔާރަށޭ ބުނެލިއެވެ.
“އެކަމަކު ބައްޕާ…އަޅުގަނޑު ބޭނުމެއް ނޫން މިކަންތައްގަނޑުގެ ތެރެއަށް ޒޭން ވައްދާކަށް…..”
ރިޝްފާ ކޮޅަށް ތެދުވެފައި އަނެއްފަރާތަށް މޫނު އަނބުރާލަމުން ވާހަކަ ދެއްކިއިރު ރިޝްފާގެ ދެލޮލަށް ވަނީ ކޮންމެވެސް ވަރަކަށް ކަރުނަ ޖަމާވެފައެވެ.
“ރީޝްގެ ބައްޕަ ހާސްނުވޭ….އަހަރެން ރީޝް ހަމައަކަށް އަޅުވާނަން…ރީޝްގެ ބައްޕަ ހުއްދަ ދީފިއްޔާ އަހަރެން މިރޭ މިގޭގަ މަޑުކޮށްފާނަން…. ދޭ އަރާމު ކޮށްލަން…އުނަގަނޑުގެ ތަދުވެސްް އަދި ރަނގަޅެއް ނުވެއެއްނު.”
ރިޝްފާގެ ވާހަކައަށް ސަމާލު ކަމެއް ނުދީ ޒޭން ވާހަކަ ދެއްކީ ރިޝްފާގެ ބައްޕައާއިއެވެ.ހަސަން މަނިކަށް ޒޭންގެ ވާހަކައިން ލިބުނު ހިތްހަމަ ޖެހުން ބުނެދޭންވެސް ދައްޗެވެ.އޭނާގެ ދަރިފުޅު އެހާ ނާޒުކު ފައްތަރެއްގައި ވަނިކޮށްވެސް ޒޭން ރިޝްފާއާއި ގުޅެން ނިންމީތީ އޭނާއަށް މާތް ﷲ އަށް ހިތާއި ހިތުން ޝުކުރުވެރި ވެވުނެވެ.ރިޝްފާގެ ކޮޓަރި ބެލްކަނީ ދޮރުގެ ބިއްލޫރި ގަނޑު ތެޅިފަ ހުރީމަ އެމީހުން ދިޔައީ ރިޝްފާ މަންމަމެންގެ ކޮޓަރިއާއި ޖެހިގެން ހުރި ކޮޓަރިއަށެވެ.
ޒޭން ކައިވެންޏަށް ޤަބޫލު ވީމަ ރިޝްފާހުރީ ހިސާބަކަށް ރުންކުރު ވެ ހާސްވާގޮތް ވެފައެވެ.ނަމަވެސް އިތުރަށް އެއްޗެކޭ ނުބުނީ ބައްޕަގެ ކުރިމަތީގައި ޖަދަލު ކުރުމަކީ އޭނާގެ ސިފައަކަށް ނުވާތީއެވެ.އަނެއް ކޮޅުން އޭނާވެސް ޒޭންގެ ޙައްޤަކަށް ވުމަށް ނުލާހިކު ބޭނުމެވެ.ނަމަވެސް އެކަމުން ޒޭންއަށް ކުރިމަތި ވެދާނެ ނުރައްކަލަކަށް ޖެހިލުންވެ ބިރު ގަންނަނީއެވެ.
** ** **
ކައިލާން ޖަޒްލީ ގިފިލިން ނިކުތުމުން ވާގަނޑުން ދޮރު އައްސާލާ ހައްޔަރު ކޮށްލުމަށްފަހު ޖަޒްލީގެ އަތުގައި ހިފައިގެން ގޮސް ގޭތެރެއަށް ވަދެ ގޭގެ މައިދޮރު ލައްޕާ ތަންޑު އެޅުވިއެވެ.ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށް ވުމުން މިހާރުވެސް ވަނީ ކޮންމެވެސް ވަރަކަށް ވައިގަދަ ކޮށްލާފައެވެ.ބަނަކޮށްފައިވާ އުޑުމަތިން ތަރިއެއް ހިސާބުވެސް ފެންނާކަށް ނެތެވެ.
ދެމަފިރިން އެކުގައި ނިދަން ގަނެފައި އޮތް ކުނާ ތަރުފާލު ގަނޑު މަތީގައި ފަތުރާލުމަށްފަހު ބޯޓުމައްޗަށް ހިފި ދެ ރަޖާ ތެރެއިން އެކަތި އޭގެ މަތިން އަޅައި،ދެބާލީސް ބާއްވާލިއެވެ.މަތިން ފުރާޅު ޓިނުތަކުގައި ގެއާއި ދިމާއަށް ލަނބާލާފައިވާ ބަދިގެ ފަރާތުގައި ހުރި ރުއްތަކުގެ ފަން ވަޔާއި ޓިނުތަކުގައި ކޭއްތޭއަޑު އުއްބައްތީގެ ފަނޑު އަލިކަން ފެތުރިފައިވާ ކޮޓަރި ތެރެއަށް އިވެމުން ދެއެވެ.ހީވަނީ އެގޭގައި އެމީހުން ރޭކުރާ ފުރަތަމަ ރެއަށް ޚާއްސަ ކުރެވިފައިވާ މަރުޙަބާގެ ސަނާއެއް ކިޔަމުން ދާ ހެންނެވެ.
ޖަޒްލީއަށް ކައިލާންގެ އަތުތެރޭގައި އޮވެ މާގިނަ އިރުތަކެއް ނުވެ ނިދުނުއިރު ކައިލާންވެސް ވަނީ ފުން ނިންޖަކަށް ގެނބިފައެވެ.ދެމަފިރިން މިއަދު އެހާ ބުރަކޮށް އުޅުނީމައި ތިބީ މާބޮޑަށްވެސް ވަރުބަލި ވެފައެވެ.
** ** **
“ނިދީތަ؟…އަހަރެން މިހުރީ ޒިވާ ދެކިލާހިތުން އައިސް ތިގޭ ކައިރީގަ….ފަސް މިނެޓަށް ނަމަވެސް ނިކުމެލެވިދާނެތަ؟”
ރުހާންއާއި ދޭތެރޭ ވިސްނަން އޮތް ޒިވާގެ ފޯނަށް މެސެޖެއް އައުމުން ކިޔާލާފައި ފުންމައިގެން ތެދުވެ ލައިގެން އޮތް ނިދާ ހެދުން ބަދަލު ކޮށްލިއެވެ.އަދި އެނދުކޮޅުގައި އަޅުވާލާފައި އިން ކަޅުބުރުގާ ބޮލަށް މަހާލާފައި ޑްރެސިން ޓޭބަލް ލޯގަނޑުން މޫނު ބަލާލާފައި ހިނިތުންވެލިއެވެ.
ޒިވާގެ ހަރަކާތްތަކުން ހީވަނީ މިއޮއްހުރިހާއިރު އޭނާ އިންތިޒާރު ކުރަމުން އެ ދިޔަ ވަގުތުކޮޅު އައިސް ޖެހިގެން އުޅޭ ހެންނެވެ.ދުވެފައި ކަހަލަ ގޮތަކަށް ގޮސް ދޮރާށި ހުޅުވާލި އަޑަށް ފުރަގަސްދީގެން ހުރި ރުހާން އެނބުރި ބަލައިލިއެވެ.ރުހާންގެ ހިތަށް ލިބުނު ފިނި ކަމާއިއެކު މޭގައި އަތް އަޅާލެވުނެވެ.ރުހާންގެ އެ ހަރަކާތުން ޒިވާ ރަކިވާގޮތްވިއެވެ.
އެވަގުތު ރުހާން އޭނާގެ ސައިކަލް ވަށިގަނޑުން ޖޫގޯ ދެތަށި ނަގައިގެން ގެނެސް ޒިވާއަށް ދިއްކޮށްލާފައި ބްލޫބެރީ އޯ ކިވީ ހޭ އަހާލިއެވެ.ޒިވާ ހިފީ ކިވީ ފްލޭވާގައެވެ.އޭރު ގަޑިން ބާރަޖަހަން ކައިރި ވެފައިވާތީ ޒިވާގެ އެދުމަށް ރުހާން އެތެރެއަށް ވަނެވެ.ސިޓިން ރޫމްގައި ދެމީހުން ވާހަކަ ދައްކަން ތިއްބެވެ.
ޒިވާގެ މަންމަ އަނީސާއަށް ނިދިން ހޭލެވުނުއިރު ބޭރުން އޭނާގެ ދަރިފުޅުގެ ހުނުމުގެ އަޑު އިވޭހެން ހީވުމުން ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވާލާފައި ބޭރު ބަލައިލިއެވެ.ޒިވާގެ މޫނުމަތީގައި ވާ އުފާވެރިކަން ފެނިފައި އަނީސާ ގެ ހިތަށްގެނުވި ހިތްހަމަ ޖެހުން އޭނާގެ މޫނުމައްޗަށް ވެރިވެގެން ދިޔަ މަޑު ހިނިތުންވުމުން ހެކިދެއެވެ.އޭނާއަށް ކައިރީގައި އިށީނދެލައިގެން އިން އިސްކޮޅުން ދިގު ރީތި ޒުވާނާއަށް ބަލައިލެވުނެވެ.އޭނާގެ ދަރިފުޅުގެ ފުރަތަމަ ކައިވެނި ރޫޅުނު ފަހުން އެދަރިފުޅު ކުރާ ހިތާމަ ކިތަންމެ ސިއްރު ކުރަން އުޅުނަސް އޭނައަށް ސިއްރު ވެފައެއް ނުވެއެވެ.އެދަރިފުޅުގެ މޫނުމަތިން އުފާވެރިކަމެއް ދެކުނު ދުވަހެއްވެސް އޭނާގެ ހަނދާނުގައި ނެތެވެ.ޔަޤީނުންވެސް ކައިރީގައި އެއިން ޒުވާނާއަކީ ޒިވާގެ ޙަޔާތަށް ދެވަނަ ފަހަރަށް އުފާވެރިކަން ގެނައުމުގެ ކުޅަދާނަ ކަން ހުރި މީހެކޭ އަނީސާގެ ހިތަށް އެރިއެވެ.
އޭނާގެ ދަރިފުޅު ނުބައި މަގަކުން ނުދާނެކަން ކަށަވަރުވާ ޙާލު އަނީސާ މަޑުމަޑުން ކޮޓަރި ދޮރު ލައްޕާފައި ގޮސް އެނދަށް އަރައި އޮށޯތެވެ.
** ** **
ޒޭންގެ ބޮލުގައި ފިރުމާލަ ފިރުމާލަ އިން ރިޝްފާގެ ލޮލުން ވެއްޓުނު ކަރުނަތިކި ފާއްދާލީ ޒޭންގެ ކޯތާފަތަށެވެ.ނަމަވެސް ނުނިދާ އިންނަން ކުރި އެތައް މަސައްކަތެއް ނާކާމިޔާބުވެ ޒޭންއަށް ނިދުނީ ހަމަ ދެންމެއެވެ.ރިޝްފާއަށް ބެލެމުން ދިޔައީ ޒޭންގެ ކަރުގައި ރަތްވެ ނޫފާގަނެފައި ހުރި ތަނަށެވެ.އޭނާގެ ސަބަބުން ޒޭންއަށް އަދި ކިހާ ވޭނެއް ތަޙައްމަލް ކުރަން ޖެހޭނެ ބާވައެވެ.ޒޭންގެ ލޯބި އޭނާ ކިތަންމެ ބޭނުންވިޔަސް ހަމަހިލާ ޒޭން އެގޮތަށް އޭނާގެ އަމިއްލަ ނަފްސު ރިޝްފާއަށްޓަކައި ހަލާކުގެ ތެރެއަށް ފަހަރެއްގައިވެސް އެއްލާލިޔަކަ ދޭކަށް ރިޝްފާ ބޭނުމެއް ނުވެއެވެ.
އެވަގުތު ކުއްލިއަކަށް ކުޑަކުއްޖަކު ރޯލިއަޑު އިވުނެވެ.އަޑު އަންނަނީ ބޭރުން ސިޓިންގ ރޫމާއި ދިމާލުންނެވެ.ރިޝްފާ ޒޭންއަށް ހޭލެވިދާނެތީ މަޑުމަޑުން އެނދުން ތެދުވެގެން ގޮސް ކޮޓަރި ދޮރުގައި ކަންފަތް ޖައްސާލީ އެއަޑު ކެނޑިފައިވާތީއެވެ.ނަމަވެސް ކަންފަތް ޖައްސާލުމާއިއެކު އަނެއްކާވެސް އިވުނީ ރުއިމުގެ އަޑެކެވެ.ނަމަވެސް މިފަހަރު އިވުނީ ކުޑަކުއްޖެއްގެ އަޑެއްނޫނެވެ.އެއީ ރިޝްފާ މަންމަގެ އަޑެވެ.އެއަޑު އޭނާއަށް އޮޅޭނީ ކިހިނެތް ހެއްޔެވެ؟
ފަސްޖެހުމެއްނެތި ދޮރުހުޅުވާލާފައި ރިޝްފާ މަންމާއޭ ކިޔާފައި ކޮޓަރިން ނިކުތެވެ.އެވަގުތު ބޭރު މައިދޮރުގައި ދެތިންފަހަރު ޖަހާލާފައި ދަރިފުޅާ މީ މަންމައޭ ދޮރު ހުޅުވަބަލާށޭ ބުނެލި އަޑު އިވުނެވެ.ރިޝްފާ ބިރުން މޭގައި އަޅާފައި އޮތް އަތް ނެގުމަށްފަހު ގޮސް ދޮރުހުޅުވަން އަތް ދަމާލިތަނާ ޒޭން ދުވެފައި އައިސް ރިޝްފާ ހުއްޓުވާފައި އޭނާގެ އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއެވެ.އޭރު ގަޑިން އެއްގަޑި ބައިވާން ދަނީއެވެ.
** ** **
މޯޅިއަކަށް ދެމިލާފައި ހަނިގޮތަކަށް ދެލޯ ހުޅުވާލި ޖަޒްލީއަށް ފަރާތް ފަރާތް ހޯދާލެވުނީ ކައިލާން ނެތުމުންނެވެ.އެ ދަންވަރު ކައިލާން އެ ދިޔައީ ކޮންތާކަށް ބާވައޭ ހިތަށް އަރައި ޖަޒްލީ ތެދުވެ ކޮޓަރި ދޮރަށް ބަލައިލިއިރު ތަންޑުވެސް ހުރީ ނާޅުވައެވެ.ޖަޒްލީއަށް ބިރުންގޮސް ފުން ނޭވާތައް ލެވެންފެށިއެވެ.އޭނާ އެކަނި ބާއްވާފައި އަނެއްކާ ކައިލާން ދިޔައީ ބާވައޭ ހިތައް އެރުމުން ޖަޒްލީގެ ހިތަށް ބިރުވެރިކަމާއި އެއްވަރަށް ހުސްކަން ވެރިވެގެން ދިޔައެވެ.
***ނުނިމޭ***
84 Comments!
Comments are closed.





Masha allah v salhi.
Keep it up noor .aslu jinni ge baeh genass dhin nama vakin salhi vaane. Mi buny eythi vaahaka dhahkaa bai N eythi eyna aa avalaa gen ulheny kihineh v thw.
Waiting 4 nw part.
-salaam-????
First dhw
ThanQ dear.kuriah huri bai thakuga ebai genesdheynan.thanQ 4 the idea
Ya.
Vrh reethi??
Keep it up
ThanQ dear
Vvvvvv salhi mi part ves… ???Then oi bai kon dhuvahakun….NOOR???? ??Thankolheh avas koh lahchey..??
Sorry dear..in sha Allah soon
noor alhe nei tha kiyun therinnah eid hadhiya eh ves ??. Story vvvvv reethi igey. Keep it ☝
Sorry dear
kbr tha aneh baii darling?
Will update soon.sorry for been so late
Varah salhi akam thankolheh avahah up kohdheythi igey noor darling…????? keep it up
ThanQ and sorry update nukohdhevi mihaa lasvyma
Kobaa thrrr next part
Sorry dear..nw im trying to update..
Kobaa tha next part darling
Lasvyma varah bodah sorry..soon will update.in sha Allah
Kobr thr next part?????????????????
Sorry dear..soon will update.
next part please
Sorry dear..in sha Allah will update tonight or tomorrow
Noor dear Next part upkolha deeba plx.
Lasvyma varah bodah sorry dear
Noor loabi koba tha part up nuvanee tha… konirakun tha up vaanee…..avaskohdheeba pls….??????
Sorry dear mihaa lasvyma..in sha Allah soon will update
when next part mihaaru v duvas vehjje mi story up nuvaathaa
Sorry dear..i have a reason .
Noor dear ….Bali v tha up nukureveny…or otherwise ehn kameh v tha Noor dear…plx up next part asap…plxxx dear…kiyaalaa hithun kei madhuvefa mihunnany….Bali vehjaa ekan vex comment ahkun readers ah angaalaba….
Varah bodah sorry dear..phone halaakuvegen story update nukurevi commentah reply ves nukurevuny
Where is nxt part.. plz up kohdhybaa
Sorry dear mihaa lasvyma..in sha Allah soon will update
? story dhn kuriyah nugendhaa gothah tha??
Nooney dear..alhuganduge evves story eh complete nukoh dhookollaafaeh nuvaane..i have a reason.so couldnt update and reply for the comments.
Noor haadha lahey mihaaru vaahaka kiyaa hithun meenee kehmadhuvefa
Sorry dear..in sha Allah soon will update
Alhey. ..dhn thihen hadhaakah nuvaane eh nun readers akah. ……mihaar vhk nukiyaaa hurevey vareh nun. ..dhn vhk nuliyanyaa vx benela. ..eyrun konme dhuvahaku stry up vithw balaa kah nujeheyne. …
Varah bodah sorry dear..in sha Allah soon will update..phone halaakuvegen update nukurevi commentah reply ves nukurevuny
vhk liyun huttaaly tha??
No dear..in sha Allah soon will update
Mioh salhi reethi vaahaka kiyaaln nulibeythee mi innanee dheravefa
Kurinves bunindhoo misite
Ga enme inthizaaru kurevenee mivaahakayah
Akamukiyaaln nulibey iru
Coment thakah riply ves nudheythee eedhu ga qaomun beyruga ?
Balee? akoe balee
Akoe haalu balaan
Khabaru nuvegen
Vvvkiyaalaahithu
Adhi konme dhuvahaku site balan akoe bali noonee dhaitha maayoos nukurey ingey
Varah varah bodah sorry dear..in sha Allah soon will update ..thanQ for the love and support dear
dhen mivahaka up eh nukuraane!. mivahaaka maruvee…hehehe . nuvaavarun kanthah nukohbala noor..
Sorry dear..i have a reason.
First of all im extremely very sorry for not updating and giving any replies for the comments. Alhugandaky phonun story update kuraa meehakah vefai, phone halaakuvegen esfiya sitah nuvadhevi mihaa dhuvas veethee readers ge faraathun maafah edhen..In sha Allah next part tonight or tomorrow update kohdheveytho try kuraan.ThanQ all for ur support and LOVE.
mihaaru mee 31st august iyye buni miadhu up kuraanamey kobaa story
Sorry dear..but for me its still 30th.
dear..koba next part…noor buneemehnu today ey…then why…heyo nuvaane…noor dear avas kohla dheeba…plz thihen hadhaakah nuvaane ehnu readers ah ves…im not angry…hama kehnuvegen bunelee…noor aadheyss kuran
Where is the story..
Plx plx story up koh dheebala
Pis pis…kobaa stry…??????
Noor mihaaru try kuraanamey bunithan vs 2 dhuvas v adhivs up eh nuvey ??☹☹
Phone halaaku v kanneyge. …..
Phone halaakuvy ey dhw buny ehenvyma jeheyny kehkollan noor dhera kuraakah nuvaane….noor avas kollahchey??
?? Haaaadha laheyyyyyyy
Dhn mi vaahaka kiyan vx foohi vehjje. …bunaa baheh ge ithubaareh neii…..
When next part???? Waiting………
Alhe haadhalahey….upkuraanamey bunithaa vx mkhaaru ethah dhuvaheh vehje…kiyaa hithun keii vany eh noooon…thihn hadhaakah nuvaane ehnun…mi story kiyan nulibey thee varah sad? emme foaryga kiyamun ai story mihn v ma kihaa dheravaane…alhe avas khlabaa..pls pls…
Mifaharu haadalasvanee tivaahaka kiyaahitun komme duvahskuves mihunnane . Alhe v avahai Anne part nereba plx plx plx
Mihaaru 30 ves gohsi… miadhu mee 6. Where is the story???????
Dhn alhe vaahaka nuliyaneetha?
mihaa hisaabun nimuneetha mivaahaka… nunimenyaamu anehbai avaskohdhinun edhen
mioh reethi vaahaka ah ves nimumeh genan hama neygunyytha … u r just dissapointing us … keetha vaani mivaahaka nimuneyey dhen buniyaa ithurah kiyun therin inthizaaru kuruvan nujahsaaa … this is the thing i hate … so plxxx give a replyy
Alheyy noooooooor
kobaatha nxt part haadha lahey dhww …. uuuuhhhhh….. kithah dhuvas vehje mivaahaka up kohdheythww bala balaa hunathaaa …. mihaaaru mivahaaaka mathin foohi vaanves fashaafii??????
Alheyyyy nooooor plxxxxx aadheys kuran aneh part up kohdhyybala … plxxx nooor kiyaahithun hurvenyykyyy noon ????
noor keehve mihaaru up nukuranee mihaaru mee september 14 dho adhives noor ah august 30 eh naadhey kanneynge ehenve up nukurany mihaaru foohi vejje mi vaahaka kiyaan ves
now its sep month ge 30..omg noor keeh thikurany readers ah..aharun moya vedhaane…pis pis pis pis pis…plxxxxx plx plx plx plx noor
Alhe mi vaahaka dhn continue nukuranytha???
haadha dhuvaheh vehjeye mihen inthizaaru kuraathaa??
Dhen update nukuranitha?..pls let us know..if u can pls update soon. V.ginah duvas vejeh inthizaaruga kuraatha…this is an amazing story..varah kiyaahivey nimenden..so hope u ll update soon ??
alhe mi story dhen continue nukurany thr,,,desperately waiting
Noor ge thauba story in feshign noor ge stories thah kiyan…thauba story made really good changes in me..so i started reading ur stories… adhi vx eba ummeedhumuran noor story continue kuraane kamah ….kithamme lahun up kuriyas keiitherikamaa ekee inthizaaru kurevey thw mi balaneee
*ummeedhukuran
hello Noor. when is nexy part. kyhv baa rply nukuranee msg thakh? Mi varah sad kameh. emmen vaanuvaa ga. mihaaru month akh vure gina vehj. august 31st ga up kuran bunee.. if you really love vaahaka kiyaa meehunah why cant you send a msg through ESFIYA ADMIn. adhi kameh vias angaalun muhimmu kannyge. meehun story kiyanee varah kiyaa hithun. but sometime writers kanthah kuraa gothun foohivanee. hope to hear you from soon.
Please please mi vaahaka up kohdheeba.
Mihaaru kihaa dhuvaheh vehjetha alhe ??
Mihaaru August nimign gos September vx mioh nimuny ..dhuvahaku upvaatheneh naadhe ..kiyuntherin inthixaaru ga baithihbaafa bunaane mireyey ..ekm dhuvahaku e reyey naannaaane …thedhah v gotheh vx bunyma dhw ingeynee …gina writers hama hadhany mihn..story vaki hisaabakah dhiyaama dhn nuliyaane …?
Vaahaka mathin handhain nethifa indha mi fenuny vas.. fukeh bodu varu dhw mi.. mihaaru mi october 5..
Vaahaka mathin handhain nethifa indha mi fenuny vas.. fukeh bodu varu dhw mi.. mihaaru mi october 5.. .
Next part up kohdheeba pls…..
Alhey loabi loabi noor kinehvee vaahaka up nukuranee… vvvv dheravey up nukuraathee… aneh kaa daughter akah noonee noor ge family ah kameh vee tha? Noor reply eh dheeba plx plx. I miss u so much noor loabee.
Noooorrr????????
Noor ah varah eba govan ekam no replay. I don’t think noor ah Alhugandu govaa adu iveyy heneh.
Pls replay veegotheh buneema dho ingey nee ves eh koh phone halaaku veetha??? Mi varah reethi vaahaka eh ekam up eh nuveyy?
hello noor, r u there? hope u r fine. n still eagerly waiting for next episode of the story. adhi mi story kiyaalan libeyne kamah varah eba hope kuran igey.
? Noor plz next parts
Haadha waiting kureve
Plz plz plz pls noor
mihaaru thioh 1 year vannyy vaahakaige aneh part ah inthizaaru kuraathaa adhives genasdhevey varu nuvanyytha noor???