Skip to content
އެސްފިޔަ

ވިންދު ލޯބިން (ޓްރެއިލަރ)

ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގެ ވެއިޓިން އޭރިއާރގައި ވަގުތުތަށް ގުނަމުން ދިޔަ ދެމަފިިރިން ކުރަމުން ދިޔަ އިންތިޒާރު ނިމުމަކަށް ގެނުވައިދިނީ ދެފަރާތަށް ކެހޭ ދޮރު ހުޅުވަމަށްފަހު ފޮށި ދަމަމުން ނިކުތް ޔަމާންއެވެ. ލީޒާމެން ދެމަފިރިންގެ ނަޒަރު ސީދާވެފައިވަނީ ޔަމާންއާއެވެ.

އެމީހުންގެ ކުރިމަތީގައި ފިޔަވަޅުތަށް މަޑުޖައްސާލި ޔަމާންގެ ފައިން ފެށިގެން ބޮލާ ހަމައަށް އަވަސް ނަޒަރެއް ދިނެވެ. ލިޒާމެން ދެމަފިރިން އެކަންޏެއް ނޫނެވެ. އެތާނގައި ތިބި ގިނަ ބަޔެއްގެ ނަޒަރު ހުއްޓިފައިވަނީ ޔަމާންގެ އިސްތަށިގަނޑަށެވެ. ހުދު ކުލައަކަށްދާ މަޑު ދަންބު ކުލައެކެވެ. ނިއްކުރިމައްޗަށް އެ އިސްތަށިގަނޑުގެ ބޮޑު ބައި ވެރިފައިވާއިރު ރަތްވެފައިވާ އޭނާގެ ލޮލާއި ހިކި އަނަރޫފަ ވެފައިވާ ޔަމާންގެ ހަށިގަނޑު ފެނުމުން މައިމީހާ ލީޒާގެ ހިތުގައި ރިއްސާލިއެވެ. ތުންފަތްމަތީގައި އަބަދުވެސް ހިނިތުންވުމެއް ގެންގުޅޭ ހަގު ދަރިފުޅުގެ މޫނުމަތިން އެހިނިތުންވުމުން ނުފެނުމުން އާޒިމަށްވެސް ތަފާތު އިހްސާސެއް ކުރެވުނެވެ.

ކަރުނަ ބޮނޑިވެފައިވާ ލޮލަކާއެކު ޔަމާންގެ މޫނުގައި ފިރުމާލުން ނޫންކަމެއް ލީޒާއަކަށް ނުކުރެވުނެވެ. އާޒިމްވެސް އޭނާގެ ކޮނޑުގައި ޖަހާލީ ހިތްވަރު ދިނުމުގެ ބަހެއް ބުނުމަށް އެ ދޫ ތަޅުލެވިފައިވާ ފަދަައަކުންނެވެ. “ދަރިފުޅާ މަންމަމެންނަށް މާފް..” ޔަމާން ގައިގައި ބައްދާލި ލީޒާގެ ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. ދުލަށް އައިހައި ހުތުރު އެއްޗެއް ކިޔަން ބޭނުންވިޔަސް މަންމަ ލީޒާ ގަޔާ ދުރުކޮށްލަމުން ފުންނޭވާއެއް ދޫކޮށްލުމަށްފަހު ފަސްދީފައި ޔަމާން ހިނގައިގައިގަތީ މައިމީހާއަށް ކުރާ އިޙްތިރާމެއްގެ ބޮޑުކަމުންނެވެ. އާޒިމްގެ ދެމަފިރިން އިސްޖަހާލިއެވެ. އެ ދަރިފުޅު ހުއްޓުވުމުގެ ހައްގެއް އެ ދެމީހުންނަށް މިއަދަކު ނެތޭ ހިތާހިތުން ބުނަމުންނެވެ.

******************************************

“މާން..އައި ލަވް ޔޫ..އަހަރުމެންނަށް މި ދުނިޔޭގަ އެއްކޮށް އުޅެވެން ނެތަސް އިރާދަކުރެއްވިއްޔާ ސުވަރުގޭން ބައްދަލުވާނެ..އަހަންނަށް މާފު ކޮށްދެއްޗޭ..މަށަށް ވުރެ މާ ރަނގަޅު ކުދިން މާންއަށް ވާނެ..އެއިން ކުއްޖަކާއެކީ އުފާވެރި މުސްތަގުބަލަކަށް އެދެން” އިޝާގެ އޭނާގެ ދެލޯ މަރައި ތަގުޅި ކޮށްލަމުން ބުނެލިއެވެ. އެންމެ ފަހު ބަހެއްގެ ގޮތުންނެވެ. “ބައްޕާ ހެޔޮނުވާނެ..” ކަރުނަ އަޅާ ހާލު ޔަމާން ބުންޏެވެ. އިޝާގެ ބޮލުގައި ބަޑި ޖައްސައިގެން ހުރި އޭނާގެ ބައްޕަ އާޒިމް ގާތު އާދޭސް ކުރާ ފަދައިންނެވެ. އިޝާގެ ބޮލަށް ޖަހަން ތައްޔާރުކޮށްފައިވާ އުންޑައިގެ ކުރިމައްޗަށް އެރުމަށްޓަކައި ކިތަންމެ މަސަތްކަތެއް ކުރިޔަސް ފަހަތުން އޭނާގެ ހިފާއްޓަފައިވާ މީހާގެ ބާރު މާ ގަދައެވެ.

**************************************

ވެހެމުން ދިޔަ ބޯ ވިއްސާރައިގެ ތެރޭގައި ދެފައި މައްޗަށް ޔަމާން ތިރިވެލިއެވެ. އިޝާގެ މަހާނަ ކައިރިއަށެވެ. ފިރިހެނެއް ކަމަކު އަޑުން އަޑު ނަގައި ރޯންފެށިއެވެ. އަޑުގެ ނެތްތަނަށް ހަޅޭއް ލަވައިގަނެވުނީ ހިތަށް ކުޑަނަމަވެސް ތަސައްލީއެއް ލިބޭތޯއެވެ. ނަމަވެސް ބިމުން ހަފޫޓު އަޑީގައި އޭނާގެ ހިތުގެ ހަމަޖެހުން ވަޅުލެވިގެން ދިޔުމުން އެހިތަށް ހަމަޖެހުން ލިބޭނީ ކިހިނަކުން ހެއްޔެވެ.

އޭނާ ދިރިހުރުުމުގެ މައިގަނޑު މަގްސަދު ކުޑަ ހިނދުކޮޅެއް ތެރޭގައި ގެއްލުމުން މި ދުނިޔޭގައި ދެން އުޅުމުގެ ބޭނުމަކީ ކޮބައިބާއޭ ޔަމާންގެ ހިތަށް އެރިއެވެ. ޝަކުވާ އޭނާގެ އަމިއްލަ ހިތާ ކުރަމުން ދިޔައެވެ. ލޯބި ލިބުމުގެ ނަސީބެއް ނެތްކަމަށްޓަކައެވެ. މި ދުނިޔެއިން ދެން އިތުރު އުފަލެއް ނުލިބޭނެކަމަށްޓަކައި ކަރުނަ އަޅާ ހާލުގައެވެ. މޭމަތީގައި ގޮށް މުށެއް ޖަހާލި ވަގުތު އޭނާގެ ކޮނޑުގައި ވެސް ފަހަތުން މީހަކު އަތްޖައްސާލިއެވެ.

ފަސް އެނބުރި ބަލާލިއިރު ކުރިމަތީގައި ހުރި އާޒިމް ފެނުމުން ޔަމާންގެ ކަންފަތުން ދުން އަރަން ފެށިއެވެ. ވެފައި ހުރި ދެރައާއި އައިސްފައި ހުރި ރުޅީގެ ސަބަބުން އާޒިމްގެ ކޯތާފަތް މައްޗަށް ޔަމާން އަތުގެ ހޫނު ހަމަލާއެއް އަރުވާލިއެެވެ. “ހާދަ ހަޔާތް ކުޑަވެގެން ތިއުޅެނީ..” އާޒިމްވެސް އައީ ރުޅިއެވެ.

“މަގޭތަ ހަޔާތް ކުޑައީ ނޫނީ ބައްޕަތަ..ޔޫ ޑިސާރވް ދިސް…އަހަންނެއް ދެން ދުވަހަކުވެސް ކަލެއަކަށް ބައްޕައެއް ނުކިޔާނަން..ކީއްވެ…ކީއްވެ އަހަންނާ ދޭތެރޭ މިގޮތަށް ކަންތައް ތިކުރަނީ..ކޮބާ މަގޭ ކުށަކީ..އެ މައުސޫމް އިޝާގެ ކުށަކީ ކޮބާހޭ..ޖަވާބުދާރީވެބަލަ..” ވާރޭގެ އަޑައެކު ޔަމާންގެ އަޑު ދިޔައީ އެކުވެގެންނެވެ.

Comments (16)

  1. ????

    Vvv reeeethi vaane hen heevei mi story hope for DA best n gud luck 4 DA future

    1. nyyy
      ????

      thank you so much dear..

  2. Twinkle?

    Mi trailer vvv rythi masha allah… kn irakun stry genesdheyn fashany… nimn dhn genesdhehche… gud luck dear

    1. nyyy
      Twinkle?

      aww..thank you twinkle..insha allah genesdheynan ingey nimendhen

  3. Stry Kiyaa Man

    V salhi vaane hen heevany.keep it up dear.
    Ummeedh kuran avahah fashaafa gavaidhun geness dheyne kamah.
    Waiting waiting.
    Gud luck dear.
    Salaam-?????

    1. nyyy
      Stry Kiyaa Man

      ayye thank you STM i will insha allah
      -salaam-

  4. Lotus

    Nice trailer.. v interesting.. best of luck dear ???

    1. nyyy
      Lotus

      thank you lotus dear..

  5. nyyy

    good afternoon friends..i hope you all like this trailer of my first stry.. im trying to publish the first part by tommorow..n mistakes faahaga kohdhinumakee alhugandah libeyne vrh bodu kuri erumeh..
    oxoxo loves

  6. Noor???

    Nice Trailer.storyves varah reethi vaanehen heevey.

    1. nyyy
      Noor???

      thank you noor..ur stry is one of the best strys i have read.

  7. Lam

    Vv reethi …waiting..n gudluck

    1. nyyy
      Lam

      thank you vry much lam

  8. Reet

    Nimuny tha

    1. anonymouse
      Reet

      kalogaya mi trailer ekey bunefa inthaneh nufeneytha…noonyy comment ga liyaane ehcheh neygi gentha thiulheny

    2. nyyy
      Reet

      nop mii trailer eh..hehe

Comments are closed.