Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީދީނީ

އާސިޔަތުގެފާނު 01

Ali Ihsaan Level 210 Stories100 Login
August 16, 2018 3 Mins Read
8 Comments

ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި މާތް ސާހިބާ صلّى اللّـه عليه وسلّم އެއްދުވަހަކު އެކަލޭގެފާނުގެ މިތުރު ޞަޙާބީބޭކަލުންނާއެކު މަޖްލީސެއްގައި އިންނެވިއެވެ. އެހެން އިންނަވައި އެކަލޭގެފާނުގެ ބަރަކާތްތެރި އަތްޕުޅުގެ އިނގިލިފުޅުތަކުން ހަތަރު ރޮނގެއް ބިމުގައި ކުރެއްސެވިއެވެ. އެއަށްފަހު ޞަޙާބީބޭލުންނާއި ކުރިމަތިލައްވާ ޙަދީޘްކުރެއްވިއެވެ. މިހަތަރު ރޮނގުން ދޭހަކޮށްދެނީ ކޮންއެއްޗެއްކަން ތިޔަ ބޭކަލުންނަށް އެނގިވަޑައިގަންނަވާތޯއެވެ؟

އަޞްޙާބުބޭކަލުން ވިދާޅުވިއެވެ. އެންމެ މޮޅަށް ދެނެވޮޑިގެންވާނީ މާތް ﷲ އާއި  އެކަލާނގެ ރަސޫލާއެވެ. ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. އެ ހަތަރު ރޮނގު ދޭހަކޮށްދެނީ ސުވަރުގޭގެ އެންމެ މަތިވެރި ހަތަރު އަންހެން ބޭކަނބަލުންނެވެ. އެއީ ޚަދީޖަތު ބިންތި ޚުވައިލިދާއި ފާޠިމަތު ބިންތި މުޙައްމަދާއި، އާސިޔަތު ބިންތި މުޒާހިމާއި މަރްޔަމް ބިންތި ޢިމްރާނެވެ. { މި ޙަދީޘް ރިވާކުރައްވާފައިވަނީ އިބްނު ޢައްބާސްގެ އަރިހުން އިމާމު އަޙްމަދެވެ. އައްޝައިޚުލް އަލްބާނީ ވިދާޅުވަނީ މިއީ ޞައްޙަ ޙަދީޘެއްކަމުގައެވެ.}

އާދެ މިދަންނަވާލެވުނީ ވަޙީ ބަސްފުޅުތަކުން  ވާހަކަފުޅު ދައްކަވާ މާތް ނަބިއްޔާ صلّى اللّـه عليه وسلّم އެކަލޭގެފާނުގެ ދޫފުޅުން ޢާލަމްތަކަށް މާތް ކުރެއްވި ހަތަރު ބޭކަނބަލުންގެ ނަންފުޅު ބަޔާން ކުރައްވާފައިވާ ގޮތެވެ. އޭގެ ތެރެއިން ބާއްޖެވެރި އެއްބޭކަނބަލަކީ السّيّدة آسية بنت مزاحم އެވެ.

ނަންފުޅާއި ނަސަބުފުޅު

آسِيَةُ ގެފާނަކީ މިޞްރުގެ މާތް މަތިފުށަކުން ވަޑައިގެންއިންނެވި ބޭކަނބަލެވެ. އެކަމަނާގެ ބައްޕާފުޅުގެ ނަންފުޅަކީ مُزَاحِمٍ އެވެ. ބައެއް ރިވާޔަތްތަކުގައި ވާގޮތުން އެކަމަނާއަކީ ފިރުޢައުނުގެ ދެބެއިންގެ ދެދަރިބޭކަނބަލެކެވެ. އިމާމު ޝުޙައިލީ ވިދާޅުވާގޮތުގައި އެކަމަނާއަކީ ބަނީ އިސްރާއީލުންގެ މީސްތަކުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަނބަލެކެވެ. މޫސާގެފާނުގެ ބަފައިފުށުން ބޮޑުދައިތާފުޅެކެވެ.

آسِيَةُ ގެފާނުގެ ބައްޕާފުޅު مُزَاحِمٍ އަކީ މިޞްރުގެ މީހުންގެގާތުގައި ނުހަނު ޤަދަރު އުފުލިގެންވާ މީހެކެވެ. ވަރަށް ބޮޑު މުދާވެރި މުއްސަންޖެކެވެ. السّيّدة آسية ދުނިޔެއަށް ވަޑައިގަތީވެސް، ބޮޑުފުޅުވީވެސް ސުމާރެއްނެތްހައި މުއްސަނދިފުޅުކަމުގެ ތެރޭގައެވެ. އިންތިހާދަރަޖައިގެ އަރާމާއި، އުފަލާއި ނިޢުމަތުގައެވެ. އެކަމަނާއަށްޓަކައި ވަނީ ޚާދިމުންނާއި ނޯކަރުންވަނީ ޚާއްޞަކުރެވިފައެވެ.

ނަތީޖާއެއްގެ ގޮތުން آسِيَةُ ގެފާނު ވެވަޑައިގެންނެވީ ގޮތްހުރި، އުޅުއްވަން ރަނގަޅު އަދަބު އަޚްލާޤު ރީތި ބޭކަނބަލެކެވެ. ނުހަނު ހަރުދަނާ ޝަޚްޞިއްޔަތަކަށެވެ. ހަމައެހެންމެ ޤުދުރަތުން އެކަމަނާއަށް ދެއްވާފައިވަނީ ނުހަނު ރީތި ބުރުސޫރަ ފުޅެކެވެ. އިސާހިތު އެކަމަނާގެ ޚުލުޤުފުޅުގެ ހެޔޮކަމާއި ރީތިފުޅުކަން މުޅި މިޞްރުގައި މަޝްހޫރުވެއްޖެއެވެ. އެހެންކަމުން އޭރު މިޞްރުގެ ވެރިއަކަށް ހުރި فِرْعَوْن އެކަމަނާގެ ކާވެނިފުޅަށް އެދިވަޑައިގެންނެވިއެވެ.

ކާވެނިފުޅު

މިޞްރުގެ ވެރިއަކަށް އޭރު ހުރި فِرْعَوْن އަކީ ނުހަނު ޖައްބާރުވެރިއެކެވެ. ވަރަށް ނުފޫޒުގަދަ މީހެކެވެ. އޭނާވަނީ މިޞްރުމީހުންގެ ކަލާނގެއަކީ އޭނާކަމުގައި ހަމަޖައްސާފައެވެ. އޭނާ ދަޢުވާ ކުރާގޮތުގައި އޭނާއަކީ ޢާލަމްތަކުގެ ވެރިރަސްކަލާނގެވެ. سورة النازعات ގެ 24 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

فَقَالَ أَنَا رَبُّكُمُ الْأَعْلَىٰ ﴿٢٤﴾

ފަހެ، އޭނާ ބުންޏެވެ. ތިމަންނާއީ، ތިޔަބައިމީހުންގެ އެންމެ މަތިވެރިވެގެންވާ ކަލާނގެއެވެ.

އެހެންކަމުން މިޞްރުގެ މީސްތަކުން އެބައިމީހުންގެ ކަލާންގެ ކަމުގައި ބަލައިގެން އަޅުކަން ކުރަމުންގެ ގެންދިޔައީ މިދެންނެވި فِرْعَوْن އަށެވެ. فِرْعَوْن އަކީ މިޞްރުގައި ރެދަލިކުރާ ރަސްކަލުންނަށް ދެވޭ ލަޤަބެކެވެ. السّيّدة آسية އާކާވެނި ބައްލަވައިގަތުމަށް ހުށައެޅުއްވީ وليد بن مصعب އޭ ކިޔުނު فِرْعَوْن އެވެ. السّيّدة آسية ގެ އާއިލީބޭފުޅުން އެކާވެނިފުޅާ ނުހަނު ޤަބޫލުފުޅުވިއެވެ. ވަރަށް ކުލަގަދަ ރަސްމިއްޔާތެއްގައި އެ ކާވެނިފުޅު ކުރެވިއްޖެއެވެ. السّيّدة آسية މިޞްރުގެ މަހާރެހެންދިއަކަށް ވެވަޑައިގެންފިއެވެ.

އިސްލާމީ ތާރީޚުގެ ފަތްފުށްތަށް ނިއުޅުވައި ބަލާފަރާތްތަކަށް فِرْعَوْن ގެ އަނިޔާވެރިކަމާއި ޖައްބާރުކަންވާނީ އެނގިވަޑައިގެންފައެވެ. އޭނާގެންދިޔައީ އޭނާއަށް ތަބާނުވާ މީސްތަކުންނަށް ތަފާތު ވައްތަރުވައްތަރުގެ އަޛާބު ދައްކަމުންނެވެ. އޭނާގެ ބަދަވި ސިފައިންލައްވައެވެ. ނަމަވެސް السّيّدة آسية ގެ ފިތުރަތު އޭނާގެ ފިތުރަތާ މުޅިންތަފާތެވެ. السّيّدة آسية އަކީ ޠަބީޢީ ގޮތުންވެސް ޚުލުޤުފުޅު މާތް، ހެޔޮލަފާ، އޯގާވެރި، ހިތްޕުޅު ތަނަވަސް، ކޯފާމަޑު ބޭކަނބަލެކެވެ.

ކުރީގެ ޤަދީމީތާރީޚުގެ ޞަފްޙާތަށް ދިރާސާކުރައްވާ ފަރާތްތަކަށް އެނގިވަޑައިގެންނަވާނޭ ފަދައިން އިހު ރަސްކަންކުރި ބައެއް ރަސްރަސްކަލުންގެ އަނބިންގެ ގޮތުގައި ސުމާރެއްނެތް އަދަދަކަށް އަންހެނުން ގެންގުޅެއެވެ. ނަސަބުން އަރައިތިއްބެވި މާތް އަންހެނުންނެވެ. ހަމަ މިބީދައިން فِرْعَوْن ގެވެސް ވަރަށް ގިނަ އަނބިންތިއްބެވެ. ނަމަވެސް އޭނާގެ ގާތުގައި السّيّدة آسية އަށް ލިބިވަޑައިގެންފައިވަނީ ޚާއްޞަ އިމްތިޔާޒީ މަޤާމެކެވެ. އޭނާ އަބަދުވެސް އެކަމަނާއަށް ރިޢާޔަތް ކުރައްވައެވެ. މެހިފިލްތަކާއި ޖަލްސާތަކުގައި އޭނާގެ ބައިވެރިއެއްގެ ގޮތުގައި އަބަދުވެސް އެކަމަނާ ބައިވެރި ކުރައްވައެވެ.

السّيّدة آسية މިޞްރުގެ فِرْعَوْن އެންމެ އަރިސް އަނބިކަނބަލުންގެ ގޮތުގައި އިންނަވާތާ ވަރަށް ގިނަ ދުވަސްތަކެއް ވޭތުވެގެން ހިނގައްޖެއެވެ. ނަމަވެސް އެކަމަނާއަކަށް ބޭފުޅަކި ލިބިވަޑައެއްނުގެންނެވިއެވެ. އެކަމުގައިވެސް ފޮރުވިފައިވާ އިލާޙީ ޙިކުމަތެއްވާނެކަން ކަށަވަރެވެ. ނަމަވެސް ތުއްޕުޅު ބޭފުޅަކަށް ޝަޢުޤުވެރިވުމުގެ ޝުޢޫރު އެކަމަނާގެ ހިތްޕުޅުގައި ހިނގައެވެ.

ފިރުޢައުނުގެ ހުވަފެން

ތަފްސީރުއް ޠަބަރީގައި ރިވާވެގެންވެއެވެ. އެއްރެއަކު ފިރުޢައުނަށް ހުވަފެނެއްފެނުނެވެ. ބައިތުލް މަޤްދިސްއާ ދިމާއިން އަލިފާންގަނޑެއް ފާޅުވެ ބަނީ އިސްރާއީލުންގެ މީސްތަކުންދޫކޮށް ޤިބްތީންގެ މީހުން އަންދާލާތަނެވެ. މިޞްރުގެ މީސްތަކުންގެ ގެތަށްވެސް އަންދާ އަޅިއަށް ހަދާލާތަނެވެ. މި ހުވަފެންފެނުމުން ފިރުޢައުނުގެ ސިހުރުވެރިންނާ ފާލުބަލާމީހުން އެއްކޮށް އެ ހުވަފެނުގެ ތަޢުބީރަކީ ކޮބައިތޯ ސުވާލުކުރިއެވެ. އެބައިމީހުން ބުންޏެވެ. ބައިތުން މަޤްދިސުން މިރަށަށް އައިމީހުންގެ ތެރެއިން މީހަކު އުފަންވާހުއްޓެވެ. މިޞްރު ހަލާކުވާނީ އޭނާގެ އަތްމަތީގައެވެ. ދެން ފިރުޢައުނު ބަނޫ އިސްރާއީލުންގެ މީސްތަކުންގެ ވިހާ ހުރިހާ ފިރިހެންދަރީން މެރުމަށް ފަތްތޫރަ ހިންގިއެވެ. (ތަފްސީރުއް ޠަބަރީ)

މި ވާހަކައަށް އިޝާރާތް ކުރައްވާ سورة القصص ގެ 4 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

إِنَّ فِرْعَوْنَ عَلَا فِي الْأَرْضِ وَجَعَلَ أَهْلَهَا شِيَعًا يَسْتَضْعِفُ طَائِفَةً مِّنْهُمْ يُذَبِّحُ أَبْنَاءَهُمْ وَيَسْتَحْيِي نِسَاءَهُمْ ۚ إِنَّهُ كَانَ مِنَ الْمُفْسِدِينَ ﴿٤﴾

ހަމަކަށަވަރުން، فرعون، ބިމުގައި ބޮޑާވެގެންފިއެވެ. އަދި އެ ބިމުގެ أهل ވެރިން ބައިތަކަކަށް ބަހައިލިއެވެ. އޭގެތެރެއިން އެއްބަޔަކު ނިކަމެތިކުރަމުން ގެންދިޔައެވެ. އެއުރެންގެ ފިރިހެން ދަރިން قتل ކޮށް، އެއުރެންގެ އަންހެންދަރިން ދޫކޮށްލިއެވެ. ހަމަކަށަވަރުން، އޭނާއަކީ، فساد ކުރާ މީހުންގެ ތެރެއިންވީ މީހެކެވެ.

ފިރުޢައުނު ބަނީ އިސްރާއީލުބާގައިގެ މީސްތަކުންގެ ފިރިހެންދަރިން މެރުމަށް އަމުރުކުރި އެހެން ސަބަބަބެއްވެސް ތަފްސީރު ފޮތްތަކުގައި ބަޔާންކޮށްފައިވެއެވެ. އެއީ އެޒަމާނުގައި އުޅުނު ބަނޫ އިސްރާއީލުންގެ ފޮތްތަކުގައި ލިޔެފައިވެއެވެ. ” ބަނޫ އިސްރާއީލުންގެ ތެރެއިން ކުއްޖަކު ފާޅުވާ ހުއްޓެވެ. މީޞްރުގެ ރަސްކަން ފަނާވެގެންދާހުށީ އެކުއްޖާގެ އަތްމަތީންނެވެ.” ބަޤަރާ ސޫރަތުގެ 49 ވަނަ އާޔަތުގައި މި ވާހަކަ ބަޔާން ކުރައްވާފައިވަނީ މިދަންނަވާ ފަދައިންނެވެ.

وَإِذْ نَجَّيْنَاكُم مِّنْ آلِ فِرْعَوْنَ يَسُومُونَكُمْ سُوءَ الْعَذَابِ يُذَبِّحُونَ أَبْنَاءَكُمْ وَيَسْتَحْيُونَ نِسَاءَكُمْ ۚ وَفِي ذَٰلِكُم بَلَاءٌ مِّن رَّبِّكُمْ عَظِيمٌ ﴿٤٩﴾

އަދި فرعون ގެ މީހުންގެ ކިބައިން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ސަލާމަތް ކުރެއްވިހިނދު، ހަނދުމަކުރާށެވެ! އެއުރެން، ތިޔަބައިމީހުންނަށް ގަދަފަދަވެގެންވާ عذاب ގެ ރަހަ ދައްކަމުންގެންދެއެވެ. އެއުރެން ތިޔަބައިމީހުންގެ ފިރިހެންދަރިން ކަތިލައި، އަދި ތިޔަބައިމީހުންގެ އަންހެންދަރިން ނުމަރައި ބައިތިއްބަތެވެ. އެކަންތައްތަކުގައި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން އައިސްފައިވާ ބޮޑު امتحان އެއް ވެއެވެ.

{ނުނިމޭ}

Share Article

Follow Me Written By

Ali Ihsaan

Level 210 Stories100 Login

Other Articles

Previous

ހިތުގެ ތެޅުން 11

Next

ކުށަކާނުލައި- 6 ވަނަބައި

Next
August 16, 2018

ކުށަކާނުލައި- 6 ވަނަބައި

Previews
August 15, 2018

ހިތުގެ ތެޅުން 11

8 Comments!

  1. Lotus says:
    August 16, 2018 at 5:33 am

    Waiting for the next part.pls upload soon. And I have a request.. can you pls write about AmmulMu’mineel Aisha Binth AbuBakuru

    1. Anonymous says:
      August 17, 2018 at 6:17 am

      Yeah me too.. Also wanna read.. ☺️☺️☺️??? btw dear, not ammul mu’mineel ingey.. Dear ge letter change vefa kanneynge dhw? Actually it is ummul mu’mineen.. ?☺️?☺️?

    2. Anonymous says:
      August 17, 2018 at 6:18 am

      I also wanna read*

    3. Lotus says:
      August 17, 2018 at 2:30 pm

      Hehe.. yup letter olhifa type kuri iru

  2. Sss says:
    August 16, 2018 at 3:29 pm

    I love to read these stories <3

  3. S says:
    August 16, 2018 at 3:45 pm

    only this kind of stories should in the religious category .. not fake love stories which involve so many sins even if they say its a religious story

  4. Anonymous says:
    August 17, 2018 at 6:14 am

    Maa sha Allah.. Vrh Vrh Vrh Vrh Vrh Vrh Vrh furihama… ?????? just love it.. ❤️❤️❤️❤️❤️❤️❤️ Waiting for the next part..

  5. Anonymous says:
    August 17, 2018 at 6:19 am

    Btw Vrh ufaa vehje I ge atoll kuhjeh mi vaahaka thah liyaathyve.. ?☺️❤️ Good job dear.. Keep it up the good work.. ??????????

Comments are closed.



All Right Reserved!