Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ވައުދު – އެޕިސޯޑް 01

Adheela Level 1
August 15, 2018 2 Mins Read
8 Comments

“އަހަރެން އަދިވެސް އެނބުރި އަންނާނަށް! އަހަރެންގެ ދަރިފުޅު އަނބުރާ ގެންދަން ވެސް ގެންދާނަން، އެ ދުވަހަކުން އެކަކަށް ވެސް އަހަންނެއް ނުހުއްޓުވޭނޭ، އެކަކަށް ވެސް…….” ނަވާޒު އަށް ހޭލެވުނީ ކުއްލިއަކަށް އެނދުގައި ނިދާފައި އޮތް ނިޝާ ވަރަށް ބާރަށް ހަޅޭލަވައިގަތް އަޑަށެވެ. “ނޫން.. ނޫން” ނިދީގައި އޮވެގެން ނިޝާގެ ރުއިމުގެ އަޑު ދިޔައީ އިރަކަށް ވުރެ އިރެއް ގަދަވަމުންނެވެ. ހާސްވެފައި ހުރި ނަވާޒު އަވަސް ވެގަތީ ނިޝާ ހޭލެއްވުމަށެވެ. ކޮޅަށް ނެގުމަށްފަހު ދެތިން ފަހަރު ކޮނޑުގައި ހިފައި ތަޅުވައިގަތުމުން ނިޝާއަށް ހަމަހޭވެރިކަން އައެވެ.

“ދެން ތިކަން ހަނދާން ނައްތާލަން ވެއްޖެއެއްނު ނިޝާ! ހުސެންބެ ވެސް ބުންޏެއްނު އެޔަކަށް ނިޝާއަކައި ގާތެއް ނުވެވޭނެއޭ، އަނެއްކާ ބަލާބަލަ އަލްކާއަށް.. ކާކު ބުނާނީ އެއީ ޖިންނިއެއްގެ ދަރިއެކޭ، އަހަރެން އަދިވެސް މި ބުނަނީ އެއީ އަހަރެންގެ ދަރިއެކޭ. އެއީ ހަމަ އަހަރެންގެ ދަރިއެއް” ނަވާޒު އެއް ނޭވާއިން ހިތުގައި ހުރި ހުރިހާ އެއްޗެއް ބޭރުކޮށްލިއެވެ. ނިޝާ އިނީ އެނދުގެ ފަނޑީގައި ލެނގިގެން އިސްޖަހައިގެންނެވެ.

****

އެ ހާދިސާއަށް މިހާރު 10 އަހަރު ވީއެވެ. ކަމެއް މަތިން ހަނދާން ނައްތާލަން 10 އަހަރަކީ ކުޑަ މުއްދަތެއްވެސް ނޫނެވެ. ނަމަވެސް ނިޝާއަށް އެކަމުން އަދިވެސް އަރައެއްްނުގަނެވެއެވެ. ސަބަބުތައް ބައިވަރެވެ. ނިޝާއާއި ނަވާޒުގެ ހުރި ހަމައެކަނި ދަރިއަކީ އަލްކާ ކަމަށްވާއިރު، ދެން އެދެމީހުންނަށް ކުއްޖަކު ނުލިބޭނެ ކަމަށް ޑޮކްޓަރު ވަނީ ބުނެފައެވެ. އަލްކާ އަކީ ނަވާޒުގެ ދަރިއެއް ކަމަށް ކިތަންމެ ވަރަކަށް ދައުވާ ކުރިނަމަވެސް އެ ހަގީގަތް ވަނީ ފޮރުވިފައެވެ. އެއީ ނިޝާގެ ހަޔާތަށް އައި ޖިންނިއެއްގެ ދަރިއެކެވެ. ނިޝާ ދެކެ ޖާނާއި މާލުން ލޯބިވި ޖިންނީގެ ދަރިއެވެ. އެ ދަރިފުޅު ނިޝާގެ އަތުން ބީވެދާނެކަމުގެ ބިރު އަބަދުވެސް އޮވެއެވެ. ގައިމުވެސް އަލްކާގެ ބައްޕަ އަލްކާ ބަލާ އަންނާނެއެވެ. އެ ދުވަހަކުން ނިޝާ ޖެހޭނީ ގޮތްދޫކުރާށެވެ. ލައްކަ ހަނގުރާމައަށް ފަހުވެސް ނިޝާމެންނަށް ކާމިޔާބުނުވި ކަމަކީ އެ ޖިންނި މި ދުނިޔެއިން ނައްތާލުމެވެ.

އެ ހަނދާންތަކާއި ދުރަށް ދިއުމަށް ނިޝާއަށް އެތައް ބުރަ މަސައްކަތެއް ކުރެވިއްޖެއެވެ. ރަށްފުށުގެ އުފާވެރި ދިރިއުޅުން ދޫކޮށް ހުޅުމާލެއަށް ބަދަލު ވީވެސް އެ އުއްމީދުގައެވެ. ނަމަވެސް ރޭގަނޑުގެ ނިންޏަކީ ނިޝާއަށް އެ ހަނދާންތައް އަނބުރާ ގެނެސްދޭ އެއް ކަމެވެ.

****

” ދަރިފުޅާ އަލްކާ! ތެދުވޭ ސްކޫލަށް ދާން” ފިޔާތޮށި ކުލައިން ޒީނަތްތެރި ކުރެވިފައިވާ ކުޑަ ކޮޓަރީގައި ނިދާފައި އަލްކާގެ ގައިގައި ކޮއްޓާލަމުން ނިޝާ ގޮވާލިއެވެ. ” ފައިވް މިނިޓްސް މޯރ މަންމާ” ކުޑަކޮށް އަކުރު ތަކަށް ދަމާލަމުން ނިދިއަޑުން އަލްކާ ބުންޏެވެ.

“އަބަދުވެސް ފައިވް މިނިޓްސް މޯރ، އެހެންވެއޭ މަންމަ ބުނަނީ ފަތިސް ނަމާދުކޮށްގެން އަވަހަށް ނިދަން! މިހާރު ބައްޕަ ވެސް އެ ވަނީ ފާހަނާ އަށް” ނިޝާ ޕިސްތަޅާލަމުން އަނެއްކާވެސް އަލްކާއަށް ގޮވަން ފެށިއެވެ. އެއީ ކޮންމެ ދުވަހަކުވެސް ނިޝާގެ ދިރިއުޅުން ފެށިގެން އަންނަ ގޮތެވެ.

ހެދުނުގެ ނާސްތާ ނިންމާލުމަށްފަހު ނަވާޒު އަލްކާ ގޮވައިގެން ބޭރަށް ނުކުތް މަންޒަރު ބަލަން ބެލްކަނީގައި ނިޝާ ހުރީ ހެވިފައެވެ. ޕްރައިވެޓް ކާރުގައި ނަވާޒު ދަތުރުފެށީ ސިނަ މާލެ ބްރިޖް ހުރަސްކޮށް ވެރިރަށް މާލެއަށް ދިއުމަށެވެ.

****

ވާރޭގެ ސަބަބުން ބިންގަނޑު ތެމިފައިވާއިރު، ކުދި ކުދި ފެންކޮޅުތަކުން ރެކެމުން ނިޝާގެ މިސްރާބް ހުރީ ރެޑްވޭވް ޝޮޕިންގް މޯލް އާއި ދިމާލަށެވެ. ނިޝާ އަކީ އޯޑަރތަކަށް ކޭކް އަޅައިދޭ މީހެއް ކަމުން ހަފްތާއަކު އެއްފަހަރު މިފަދަ ބޮޑު ޝޮޕިންގް އެއް ކޮށްނުލައި ފަރުޖެއްސޭކަށް ނޯވެއެވެ.

Share Article

Follow Me Written By

Adheela

Level 1

Other Articles

Previous

އެ ރޭގަނޑު 3

Next

ހިތުގެ ތެޅުން 11

Next
August 15, 2018

ހިތުގެ ތެޅުން 11

Previews
August 15, 2018

އެ ރޭގަނޑު 3

8 Comments!

  1. Asha says:
    August 15, 2018 at 9:47 pm

    Yeyy!!! Me first.vvv reethi feshun.when next part

  2. Khaleesi says:
    August 15, 2018 at 10:49 pm

    Is this second time mi vaahaka up kuraathaaa ?

  3. Meenaa says:
    August 15, 2018 at 11:04 pm

    Mi site gai biruverivaahakathah liyaa gina kudhinnah Qavaaidhun nuliyeveythee hithaama kuran. Adhi vaahaka mulhin liye nimuneema noonee evves episode eh up nukurumah edhi alhugandu varah aadheys kuran.

  4. adheela says:
    August 16, 2018 at 1:59 am

    thank you ❤

    next Sunday Insha Allah

  5. hash says:
    August 16, 2018 at 8:11 pm

    nice feshun and the pic got me like goosebumps all over me??..any ways hope mi story kuriah dhaaanekamah..good luck andbest wishes..??

  6. Zaara says:
    August 17, 2018 at 7:28 am

    V salhi

  7. aaish says:
    September 13, 2018 at 8:43 am

    v.reethi

  8. Nia says:
    October 25, 2018 at 8:29 pm

    Vvv reethi..great job..?

Comments are closed.



All Right Reserved!