Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކައިއާ….05

riya Level 3100 Comments10 Stories
May 1, 2014 2 Mins Read
15 Comments

“ޖަސްޓް އެންޖޯއި ދިސް ނައިޓް….. ގުޑް ލަކް….” ނަވީން ބުނެލިއަޑު އިވުނެވެ.

“ދިސް އިސް ނޮޓް ފަނީ…. އޯޕަން ދި ޑޯ” ޔާނިސްއަށް އެމީހުންގެ ސަމާސާ ކަމަކު ނުދިޔައެވެ. ޔާނިސްގެ ވާހަކަތަކަށް ސަމާލުކަން ނުދިނުމުގެ ގޮތުން ޖަހަމުންދިޔަ ލަވައިގެ އަޑު އިތުރަށް ގަދަ ކޮށްލިއެވެ. ޔާނިސް ހިމޭންވީ ކިތަންމެ ވަރަކަށް ހަޅޭއްލެވިޔަސް އެއަޑު އެމީހުންނަށް ނީވޭނެކަން ޔަގީންވީމައެވެ.

“ލެޓްސް ގޯ…. މިހާރުވެސް މާ ލަސްވެއްޖެ…” ފާހާނާގެ ދޮރު ލައްޕާލަމުން ކައިއާ ބުނެލިއެވެ.

“ވަޓްސް ރޯންގް” ޔާނިސް އެއްވެސް ޖަވާބެއް ނުދިނުމުން އަނެއްކާވެސް ކައިއާ ބުނެލިއެވެ.

“އެމީހުން ބޭރުން ދޮރު ތަޅުލައިފި…..” ޔާނިސް މަޑުމަޑުން ބުނެލިއެވެ.

“ވަޓް…. ” ކައިއާ އަށް ބުނެލެވުނީ ފުދޭ ވަރަކަށް ބާރަށެވެ.

ކައިއާވެސް އެމީހުންނަށް ގޮވަން މަސައްކަތްކުރިއެވެ. ނަމަވެސް ލަވައިގެ އަޑަށްވުރެ ކުރިއެއް ނުހޯދުނެވެ. ހިލޭ ފިރިހެނަކާއެކު ބަންދު ކޮޓަރިއެއްގައި އެކަނިވުމުން ކައިއާގެ ހިތްނުތަނަސްވަމުންދިއައެވެ. ފާހާނާގެ ބޮކިން ކޮޓަރިތެރެއަށް އެޅިފައިވާ ފަނޑު އަލިކަމުން ތަންތަން ވަކިވާހާވެއެވެ. އޭސީގެ ފިނިން ކައިއާ ހީކަރުވާގޮތް ވުމުން ދެއަތް ހަށިގަނޑާ ކައިރިކޮށްލެވުނެވެ.

“ފިނިވަނީތަ؟…..” ކައިއާބޯޖަހާލުމާއެކު އޭސީގެ ރިމޯޓް ހޯދަން ޔާނިސް އަވަސްވެގަތެވެ. އާންމުކޮށް ރިމޯޓް ބާއްވާ ތަނުގައި ނެތުމުން އެއީވެސް ނަވީންމެންގެ ކަމެއްކަމުގައި ނިންމިއެވެ. ރިމޯޓް ހޯދުމުގައި އުޅެނިކޮށް ސްޓަޑީ މޭޒުމަތީގައި ހުރި ކޯކްފުޅިއާއި ނަޓް ޕެކެޓްތަކުގައި އަތްޖެހުނެވެ.

“ކާނަންތަ؟….” ޔާނިސް އެތިކޮޅެއް ކާލަމުން ކައިއާ ކައިރިއަށް އައެވެ.

“އެއްވެސް އެއްޗެއް ބޭނުމެއްނޫން…. ޖަސްޓް ވޯންޓް ގޯ” ކައިއާ އިނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. ޔާނިސް ޖަވާބެއްނުދީ އައިސް ކައިއާއާއި ޖެހިގެން އިށީނެވެ. ކޯކް ފުޅިން އެތި ފޮދު ފޮދު ބޮމުން ނަޓްސް ކަމުންދިއައެވެ. ކޯކް ފުޅި ހުސްވަމުން ދިޔަ ވަރަކަށް ޔާނިސްގެ ބޮލުގައި ގަދަޔަށް ރިހެން ފެށިއެވެ.

“ޔާނު ޕްލީޒް….. އަހަންނަށް ދެވޭނެ ގޮތެއް ހަދައިދީ…” ކައިއާ ހުއްޓާނުލައި އެކައްޗެއް ކިޔަން ފެށުމުން ޔާނިސް ރުޅިގަދަވާގޮތްވިއެވެ. ޔާނިސް އޭނާގެ އަމިއްލަ ނަފްސްގެ މައްޗަށް ބާރުފޯރުވޭތޯ މަސައްކަތްކުރަމުންދިޔައެވެ. އަނދިރީގެ ތެރޭގައި ޔާނިސްއަށް އަންނަމުންދިޔަ ބަދަލު ކައިއާއަށް ނޭނގި އިނދެ ދުލުން ބޭރުކުރެވޭ ބަސްތަކުން ރުޅިދިޔައީ އިތުރަށް ގަދަވަމުންނެވެ. އެނދުގެމަގަތުގައި އިށީދެއިން ޔާނިސް ކަކުލުގައި އުޅަނބޮށި ވިއްދާލުމާއެކު ދެއަތުން ބޮލުގައި ހިފެހެއްޓިއެވެ. ނަވާލްމެން މީހެއްނަމަ މިހާރު ބޮނޑިއެއް އެޅިއްޖައީހެވެ.

“ޔާނު ޕްލީޒް ޑޫ ސަމްތިންގ” ކާއިއާ ޔާނިސްގެ އަތުގައި ހިފައިތަޅުވައިގަތެވެ. ޔާނިސްއަށް ކައިއާއަށް ބަލާލެވުނެވެ. ފަނޑުއަލީގެ ތެރެއިން ކައިއާ ފެންނަނީ ނުހަނު ހިތްގައިމުކޮށެވެ.

“ބިރުގަންނަނީ ކޮންކަމަކާތަ؟ އަހަރެން މިހިރީނު….” ކައިއާގެ ކޯތާފަތުގައި އަތުގެ ނުފުށުން ފިރުމާލިއެވެ. ޔާނިސްގެ އެންމެ ފިރުމާލުމަކުންވެސް ކައިއާގެ ހަށިގަނޑަށް އެގުންވެއްޖެއެވެ. ކައިއާގެ މޫނުގައި ބީހޭވަރަށް ޔާނިސްގެ މޫނުކައިރިކޮށްލިއެވެ. ޔާނިސްއަށް އޭނާގެ އެއްވެސް ހަރަކާތެއްގެ މައްޗަށް ބާރެއްނުފޯރުވުނެވެ. ކުޑަހިނދުކޮޅެއްގެތެރޭގައި ކައިއާވީ ޔާނިސްގެ އަތުގެތެރޭގައި ހައްޔަރުވެފައެވެ. ޔާނިސްގެ އެންމެ ބައްދާލުމަކުންވެސް ކައިއާގެ ހަށިގަނޑުގައި އަލިފާން ރޯކުރުވިއެވެ. ޒުވާންކަމުގެ އޮޔާއި ބެހެމުންދިޔަ ނަމަވެސް ކައިއާއަށް ހަމަހޭވެރިކަންވުމާއެކު ޔާނިސްގެ އަތުގެ ތެރެއިން ނިކުމަތް ގަދަހަދަންފެށިއެވެ. ނަމަވެސް ޔާނިސްގެ ބާރުގަދަ އަތުގެ ތެރެއިން ކައިއާއަށްސަލާމަތެއް ނުވެވުނެވެ. ވަރުގަދަ ޖަނަވާރެއްގެ ވަކިތަކުގެ ޝިކާރައަކަށް ކައިއާވެގެން ދިޔަފަދައެވެ. ކައިއާ ރޮމުން އާދޭސްކުރިއެވެ. ސަލާމަތަށްއެދި ހަޅޭއްލެވިއެވެ. ކޮންމެ ފަހަރަކުވެސް އެއަޑު ކޮޓަރީގެ ހަތަރުފާރުގެ ތެރޭގައި އޮބިގެންދަނީއެވެ. ޔާނިސް ހިތްފުރޭވަރުވުމުން އެނދުމައްޗަށް ވެއްޓިގަތެވެ. އޭރުވެސް ކައިއާގެ މަޑުގިސްލުމުގެ އަޑުކޮޓަރީގައި ހަރުލާފައިހުއްޓެވެ. ހަށިގަނޑު ނިވާކޮށްލާނެ ހަކަތައެއްވެސް ކައިއާގެ ހަށިގަނޑުގައިނެތެވެ. ކައިއާއަށްވުރު މާބާރުގަދަ ފިރިހެނަކާ ހަނގުރާމަކޮށްކޮށް ކައިއާވަނީ ބަލިވެފައެވެ.

ޔާނިސްއަށް ހޭލެވުމާއެކު ފުންމައިގެން ތެދުވެވުނެވެ. ޓައިލްސް މަތީގައި ކުރުގެޅިގެން އޮތް ކައިއާ ފެނުމާއެކު ރޭގެ ހާދިސާ ހަނދާނަށް އަތުވެއްޖެއެވެ. އެއީ ހުވަފެނަކަށްވާނެ ނަމައޭ ޔާނިސްގެ ހިތަށްއެރިއެވެ. ބޮލުގައި ދެއަތުން ޔާނިސްއަށްހިފަހައްޓާލެވުނެވެ. އަދިވެސް އޭނާގެބޮލުގެ ރިހުންމުޅިން ކަނޑައިގެންނެންނުދެއެވެ. އެހާ ދަށުދަރަޖައިގެ އަމަލެއް ހިންގުމުން ޔާނިސްއަށް އޭނާގެ އަމިއްލަ ނަފްސް ކުށްވެރިކުރެވުނެވެ.

ކައިއާގެ ކައިރީގައި ކުޑަކަކޫ ޖަހާލަމުން ކައިއާއަށް ގޮވަންފެށިއެވެ. ލަސްލަހުން ހުޅުވާލިދެލޯ ފެނުމުން ޔާނިސްއަށް ކޮންމެވެސްވަރެއްގެ ހަމަޖެހުމެއްލިބުނެވެ. ނަމަވެސް ކައިއާގެ މޫނަށްވެރި ނުރުހުމާއި ނަފްރަތުގެ އަސަރުތަކުން ޔާނިސްގެ ހިތަށް ބުނެދޭން ނޭނގޭ އަސަރުތަކެއްކުރުވިއެވެ. ކައިއާގެ ކަރުނަވީ ދެލޮލުން ޔާނިސްގެމޭ ފޫއަޅުވާލިކަހަލައެވެ.

ކޮޓަރީގެ އެކިދިމަދިމާއިން  އަންނައުނުތައް ނަގައިގެން ފާހާނާއަށް ކައިއާ ވަންއިރުވެސް ޔާނިސްއަށް ހަދާނެގޮތެއް ނޭނގިފައި ހުރެވުނީއެވެ. ކައިއާގެ ތުރުތުރު އަޅަމުންދިޔަ ހަށިގަނޑާއި ހިނގުމަށް އުނދަގޫވެގެން އުޅުނު މަންޒަރު ފެނުމާއެކީ އަމިއްލަ ނަފްސް ކުށްވެރިކުރެވުނީވެސް ވަކިވަރަކަށްނޫނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

riya

Level 3100 Comments10 Stories

Other Articles

Previous

ބަރުބާދު (ހަތަރުވަނަބައި)

Next

އާލިފް 8

Next
May 2, 2014

އާލިފް 8

Previews
May 1, 2014

ބަރުބާދު (ހަތަރުވަނަބައި)

15 Comments!

  1. riya says:
    May 1, 2014 at 6:17 pm

    ހާއި…. ހުރިހާ ކުދިން ކިހެނެއްތަ؟؟؟ މިބައިވެސް ކަމުދާނެ ކަމަށް އުއްމީދުކުރަން….. ރަނގަޅުކޮށްލަންޖެހޭ ކަމެއް ފާހަގަ ކުރެވޭނަމަ ބުނެލަދެއްޗޭ…..

  2. irish says:
    May 1, 2014 at 7:07 pm

    V nice mi part.. dhen vaanee kihineh baa?..kyp up the gud work riya..

    1. riya says:
      May 1, 2014 at 10:00 pm

      Thanks irish….. adhi neyge dhw….r

  3. irish says:
    May 1, 2014 at 7:08 pm

    V nice mi part.. dhen vaanee kihineh baa?..kyp up the gud work riya..

  4. shihko says:
    May 1, 2014 at 7:16 pm

    Haadha kurey

  5. piya says:
    May 1, 2014 at 7:25 pm

    Kuru veema foohi Inge…..

  6. me says:
    May 1, 2014 at 7:58 pm

    It’s really nice Riya dear.. Bt thankolheh kuree.. Hope next time ragalhu vaane kamahh…

  7. Aishaan says:
    May 1, 2014 at 8:00 pm

    Maa kuru dhw aslu ves thankolheh dhigu koh gened dhyba but the story nice

  8. shai says:
    May 1, 2014 at 8:40 pm

    v v kuru ekam story salhi

  9. shif says:
    May 1, 2014 at 8:59 pm

    v reethi ,ekam kury

  10. Libaa says:
    May 1, 2014 at 11:04 pm

    Asluvx vaahaka v v habeys but maa kuru koh genesdheythy v fooohi. alhe plz dhigukohla dhyba.

  11. aish says:
    May 2, 2014 at 1:54 pm

    Vaahaka v rythi…….dhn kondhuhukuntha anne bai?? Thankolhe avaha upload kodhecheyy……

  12. GuDuMeena says:
    May 2, 2014 at 3:49 pm

    🙂 Rain men eoh din lamdeh dhw. . Pis Pis Pis.. . Nuwaane dhw ekahala ehchihi alhaafa boandheyn vx meehunnah.. adhi fahun engeyne dhw e coke kan gohy. . btw v.v.v.nice

  13. aishath says:
    May 2, 2014 at 3:52 pm

    V nyc

  14. aisha says:
    May 2, 2014 at 9:42 pm

    mikahala ehchehi liyunyma kudhinnah ideah annaane kankan kuraane goiy..this is bad..mihaaru ulhey kudhin ehaa goas iru hiyvaru thi dheveny..

Comments are closed.

Next Episodeކައިއާ….06←


All Right Reserved!