ދޭނަން ހިތާ ޖާނާ….(ޓްރެއިލާ)
ވަށައިގެންވަނީ މާ ބަގީޗާތަކެވެ. އިރުގެ އަލިން މުޅި ފަޒާ ވަނީ ދިއްލިފައެވެ. މާ ބަގީޗާތަކުގެ މެދުން ހިމަ މަގެއް ފާޅުވިއެވެ. އަޖައިބު ވެފައިވާ އިން ޔާނާ ހުރީ އާށޯހުވެފައެވެ. ކުރިމަތިން ފެންނަމުން ދިޔަ ފުރިހަމަ މަންޒަރަށް ބަލަން އިން ޔާނާ ބަގީޗާގެ މެދުގައިވާ މަގުން ހިނގައިގަތެވެ. މަގުގެ ދެފަރާތުން ފެންނަމުންދާ މަންޒަރުތަކުގެ ފުރިހަމަ ކަމުން ޔާނާ އިނީ ހައިރާނވެފައެވެ. މަގުގެ ނިމޭކޮޅުގައި ފިރިހެން ކުއްޖެއް ހުއްޓިގެން ހުރިއެވެ. އެއީ ކާކުކަން ޔާނަާއަށް އެނގެއެވެ. އެއީ ޔާނާ ހިއްއެދޭ ހަމައެކަނި ޒުވާނާއެވެ. އެތާ ހުއްޓިގެން ހުރީ ރިލްވާންކަން އެނގުމުން ޔާާނާގެ ހިތުގެ ތެޅުން އަވަސްވާންފެއްޓިއެވެ. ޔާނާ ގެ ކޯ ލޭކޮޅެއްހާ ރަތްވިއެވެ. އަތް ވަނީ ދާހިއްލާ ފޯވެފައެވެ.
ކުއްލިއަކަށް ޔާނާއަށް ހޭލެވުނެވެ. އޭރު ޔާނާ އޮތީ ދަލުން ތަތްތެޅިފައެވެ. ޔާނާ ގަޑި ބަލައިލިއެވެ. 3 ޖެހީއެވެ. ޔާނާއަކީ ލ.މައިބައިދޫ ކުއްޖެކެވެ. ރިލްވާނަކީ ވެސް އެރަށު ކުއްޖެކެވެ. ޔާނާ އަށް ވަރަށް ކުރިންފެށިގެން ރިލްވާން ކަމުދެއެވެ. ޔާނާ ކިޔެވުމަށްޓަކައި އާއިލާއާއި އެކު ލ.މާވަށަށް ބަދަލުވީއެވެ. ރިލްވާންއާ ދުރަށް ދެވުމުން ޔާނާ ކޮންމެ ރެއަކުވެސް އެކަމާ ހިތާމަކުރެއެވެ. ރިލްވާންގެ ހުވަފެން ފެނުމަކީވެސް އާންމު ކަމެކެވެ.
އެހާ ފަތިހާ ހޭލެވުމުން ޔާނާ ދިޔައީ ކޮފީތައްޓެއް ބޯށެވެ. ދެން ނުނިދޭނެކަން އެނގޭތީއެވެ. ކޮފީ ތަށި ހިފައިގެން ޔާނާ ދިޔައީ ބެލްކަނީ ކައިރިއަށެވެ. ރިލްވާންގެ ހަނދާންތައް އާވާން ފެށުމުން ޔާނާގެ ދެލޯ އިސާހިތަކު ކަރުނައިން ފުރުނެވެ. އެއީ މޫސުން ރީތި ދުވަހެކެވެ…………
9 Comments!
Comments are closed.

Seems nice.. best of luck ???
What’s yor name best of luck
Seems interesting…….. When next part?
yeyy hash v happy vejje yana hash ge rahveema??
anyways heyvey v reethivaaanehen..waitin waitin 4 next part..??
Eeeeeeeeee!! aaaaaaaaaah!! it’s v
Seems interesting
Oooh iss v…he is my bias.Korea ehchiss balaa kuhjjeh dhw yna thiee?yayy.This stry seems vry intresting konn iraku thr upload kuraniee stry??
Dont mind mathieega inn bai ingeyy
TAEHYUNG , AND SO MANY FEMALE ACTRESSES I KNOW ARE I THE PICTURE THE STORY IS GOOD
OMG TAEHYUNG!!!! I LOVE HIM AND BTS!!!!!!!!!! HE IS MY BIAS!!!! Just for that I just fell in love with the story ???????