Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

“ހިތް” ލޭ ކޮށެވިފައި……22

Noor💙 Level 710 Stories100 Comments100 Login500 Comments
August 16, 2018 6 Mins Read
33 Comments

ރިޝްފާގެ ފަހަތުން ދެ ޖީބަށް އަތްޖަހާލައިގެން އެތެރެއަށް ވަނުމަށްފަހު ޒޭން ދޮރާށި ލައްޕާލިއެވެ.އެވަގުތު ކަޅު ހިޔަންޏެއް އޭނާގެ ކުރިމަތިން ކުރި ކަނޑާލިހެން ހީވުމުން ޒޭންގެ ފިޔަވަޅު ތަކަށް ހުއްޓުން އެރިއިރު ރިޝްފާއަށްވެސް އެދިމާ ބަލައިލެވުނެވެ.

** ** ** ** **

ނަމަވެސް ރިޝްފާއަށް އިތުރު ހަރަކާތެއް ގެނެވުމުގެ ކުރިން އޭނާގެ ހަށިގަނޑު ބިމުން އުފުލުނެވެ.ޒޭންގެ ސިފައިގައި ހުރި އެ މަޚްލޫޤު އޭނާގެ އުނަގަނޑުގައި ދެފަރާތުން އަތް އަޅައި އުފުއްލާލާފައި ވާއިރު އޭތީގެ ދެލޯ ހީވަނީ އަނގުރު އަލިފާން ކޮޅެއް ހެންނެވެ.ރިޝްފާއަށް ބިރުންގޮސް ދެލޯ ބޮޑުކޮށްލާފައި އަޑުގެ ނެތްތަނަށް ހަޅޭއް ލަވައިގަނެވުނުއިރު އޭނާގެ ޚަބަރު ހުސްވިއެވެ.

ކުރިމަތީގައި އުޑަކު ބިމަކު ނުޖެހި ހޭނެތިފައި ދަންޖެހިފައިވާ މީހަކު ފަދައިންް ކަރުއެލިފައިި ހުރި ރިޝްފާ ފެނުމުން ޒޭންއަށް ބިރުންގޮސް އޭނާގެ ނިތްކުރިން ފައިބަމުންދިޔަ ދާތިކިތައް ފޮހެމުން ދެފިޔަވަޅު ފަހަތަށް އަޅައިލެވުނެވެ.އޭނާހުރީ ލޮލަށް ފެންނަމުން ދިޔަ މަންޒަރު ގަބޫލުކުރަން ދަތިވެފައެވެ.ވާނީވެސް އެހެންތާއެވެ.އޭނާގެ މުޅި ޙަޔާތުގައިވެސް އެފަދަ ކަމެއް ދެކިފައި ނުވާއިރު ހިތަށްވެސް އަރާފައި ނުވެއެވެ.ނަމަވެސް ފެންނަމުންދިޔަ މަންޒަރުން ގަންނާކުރެއްވި ބިރަކުން ޒޭން ހުރީ ހިންދިރުވާލަންވެސް ނުކެރިފައި ހުރި ފިޔަވަޅު މައްޗަށް ގަނޑު ވެފައެވެ.

ކަންދިމާކުރި ގޮތުން އެވަގުތުވީ ހަނާއަށްވެސް އޭނާގެ ދޮންބެެ ގޮވައިގެން އައިސް އެގެއަށް ވަދެވުނު ވަގުތަށެވެ.އެއީ ޒޭންގެ ނަސީބު ކަންނޭނގެއެވެ.އެކުވެރިޔާ ހުރި ޙާލު ފެނިފައި ހަނާއަށްވެސް ބިރުންގޮސް ޖެހިލުންވި ވަރުން ދެލޯބޮޑުވެ އަނގަ ނެތްތަނަށް ހާވިއިރު އޭނާގެ ދޮންބެ ފިޒާންގެ އަތުގައި ހިފައި ބާރުކޮށްލެވުނެވެ.ފިޒާން ރިޝްފާއަށް ބަލަހައްޓައިގެން ހުރެ ތުންތަޅުވަމުން ދިޔަ ގޮތުން އެތަނުގައި އެހިނގާ ކަންތައް އޭނާއަށް އެނގި އެއްޗެއް ކިޔަވަމުންދާކަން އެނގެއެވެ.މާ ގިނައިރުތަކެއް ނުވެ ރުކެއް ކަނޑާލުމުން ވެއްޓޭ ބީދައިން ރިޝްފާ ބިންމައްޗަށް ވެއްޓުނެވެ.އޭރުވެސް ރިޝްފާގެ ނިކަމެތި ހަށިގަނޑުގައި ހެއެއް ނެތެވެ.ފިޒާން ހަނާއަށް ބަލާލާފައި ލޮލުން ކޮށްލި އިޝާރާތަކުން ހަނާ ދުވެފައި ގޮސް ރިޝްފާގެ ގާތަށް ތިރިވެ ރިޝްފާގެ މޫނުމައްޗަށް ވެރިފައިވާ އިސްތަށިތައް ނަގައި ރިޝްފާ ހޭއަރާތޯ ގޮވަން ފެށިއެވެ.

“ހިނގާ އަވަހަށް އޭނަ އެތެރެއަށް ވައްދަން ……ދެނަމާދު ދޭތެރެ މިގަޑިއަކީވެސް ބޭރުގައި އުޅެން އަމާން ވަގުތަކަށް ނުވާއިރު އަދި އަމުދުން މިފަދަ ރޫޙާނީ ކަމަކާ ހަނގުރާމަ ކުރަމުންދާ މީހަކަށް އެއްގޮތަކަށްވެސް މިވަގުތު ބޭރުގައި އޮތުމަކީ ރައްކާތެރި ގޮތެއްނޫން”

.
ފިޒާން އައިސް ޒޭންގެ ކޮނޑުގައި އަތް އަޅާލުމަށްފަހު ވާހަކަ ދެއްކިއެވެ.ނަމަވެސް ޒޭންގެ މޫނުމަތިން ބިރުވެރިކަމާއި ނުތަނަވަސް ކަން ފައުޅުވަމުން ދިޔައިރު އޭނާ ހުރީ ދުލުން ބަސްވެސް ހުއްޓިފައެވެ.

ފެންކަޅިވެފައިވާ ޙާލު ރިޝްފާއަށް ގޮވަމުން ދިޔަ ހަނާއަށް އޭނާގެ ދޮންބެގެ އަޑަށް ފުރަތަމަ ފަހަރަށް އެތަނުގައި ހޫނު އަރައިގަނެގެން ތެމިފައިހުރި އިސްކޮޅުންދިގު ރީތި ޒުވާނާއަށް ބަލައިލެވުނެވެ.ފެންނަންހުރި ސޫރައަށް ބަލައިލުމުން އެއީ ރިޝްފާ އެމީހެއްގެ ވާހަކަ ދައްކާފައިވާ ޒުވާނާއޭ ހަނާގެ ހިތް ބުނަންފެށިއެވެ.ނަމަވެސް ވަގުތުގެ ނާޒުކު ކަމުން ހަނާވެސް ބެލީ ތިން މީހުން ވެގެން ރިޝްފާ އަވަހަށް އެތެރެއަށް ގެންދެވޭތޯއެވެ.ޒޭން ޖެހިލުންވެފައި ހުރެފައިވެސް ފިޒާންއާއި ދެމީހުން ވެގެން ރިޝްފާ އޭނާގެ ކޮޓަރިއަށް ގެންގޮސް އެނދުގައި ބޭއްވިއެވެ.

ހަނާ ރިޝްފާގެ ގާތުގައި އެނދުގައި އިށީނދެ ރިޝްފާގެ ހޭވިފައިވާ ރާޅުބާނި އިސްތަށިކޮޅު ރީތި ކޮށްލާ ދިނުމަށްފަހު ބޮލުގައި ފިރުމާލިއެވެ.އެކުވެރިޔާއަށް ކުރިމަތި ވެފައިވާ މުސީބާތުގެ ބޮޑުކަން ހިތަށް އަރައި ހަނާގެ ކެތްތެރިކަން ކޮޅުންލިއެވެ.އޭނާއަށް ހީވި ހީވުން ތެދު ނުވޭތޯ ހިތާއި ހިތުން ހާދަ ދުޢާއެއްވެސް ކުރިއެވެ.ނަމަވެސް ދޮންބެގެ ވާހަކައިން ރިޝްފާއަށް ޖިންނިއެއްގެ އުނދަގޫ ކުރިމަތި ވެފައިވާކަން ޔަޤީނާއި ގާތަށް ކަށަވަރު ވުމުން ބިރުންގޮސް ކޮޅަށް ނުޖެހޭ ހަމަ އެންމެ އިސްތައްޓެއްވެސް އޭނާގެ ހަށިގަނޑަކު ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ޒޭންގެ ހާލަކީތޯއެވެ.ކޮޓަރީގެ ބިތަކަށް ގަބުވެފައި ހުރި ޒޭންގެ އެތެރެ ހަށީގައި ގަދަ ފިންޏެއް ހިފާލާފައިވާއިރު އޭނާގެ މުޅި ޙަޔާތް ބަނަ ވެފައި ވާ ކަހަލައެވެ.އޭނާއަށް ރިޝްފާ ވަރަށް ކަމުދެއެވެ.ފުރަތަމަ ފެނިލުމުންވެސް އޭނާގެ ހިތްވަނީ ދޫވެފައެވެ.ނަމަވެސް ހިތުގެ އެދުމާއިގެން ކުރިއަށް ދެވޭނީ ވަރަށް ހިތްވަރު ހުރެގެން ކަން އޭނާގެ ސިކުނޑި އޭނާއަށް ވިސްނައިދޭން މަސައްކަތް ކުރިއެއް ކަމަކު ދެންމެ ހިނގާ ދިޔަ ކަންތައްތަކުން ބިރުންގޮސް ޒޭންގެ ހިތުގެ ވިންދު ވަނީ އަވަސްވެފައެވެ.ކައިރީގައި ހުރި މީހަކަށް އެހިތުގެ އަވަސްވެފައިވާ ވިންދުގެ އަޑުވެސް އިވޭނެކަން ގައިމެވެ.

ރިޝްފާ އަދިވެސް ހޭ ނާރައެވެ.މިހާރު ހަނާ ރިޝްފާގެ ބައްޕަައަށްވެސް ގުޅައިފިއެވެ.އޭނާ ދޮންބެގެ އިރުޝާދުގެ ދަށުންނެވެ.އެއީ އެމީހުންނަށް ނޭނގި ފަރުވާ ކުރެވޭ ވަރަށްވުރެ ކަންތައްތައް ގޯސްވެފައި ވާހެން ހީވާތީއެވެ.

** ** **

ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލާފައި ކައިލާން ޖަޒްލީއަށް ގޮވާލިއެވެ.ޖަޒްލީ ގޭގައި އެކަނި ހުރީމައި އޭނާ އެއީ އާދެވުނުހާ އަވަހަކަށެވެ.ޖަޒްލީ ދޮރު ހުޅުވާލާފައި ކައިލާންގެ ގައިގައި ދެއަތުން ވަށާލާ ބައްދާލުމަށްފަހު ފިރިހެންވަންތަ އެ ތަނަވަސް މޭ މަތީގައި ބޯ އަޅާލިއެވެ.ކައިލާން ޖަޒްލީގެ ބޮލުގައި ފިރުމާލުމަށްފަހު އެތެރެއަށް ވަދެ ދޮރު ލެއްޕިއެވެ.

** ** **

އަލީ ވަހީދު އެތެރެއަށް ވަދެގެން އައިގޮތަށް އައިސް ދަރިފުޅުގެ ކޮޓަރިއަށް ވަދެ އެނދުގައި ފުން ނިންޖަކަށް ގެނބިފައިވާ އޭނާގެ ދަރިފުޅަށް ބަލާލާފައި ވެގެން އުޅެނީ ކީއްތޯ ސުވާލު ކޮށްލިއެވެ.ޒޭންއާއި ހަނާއާއި،ފިޒާންގެ މޫނުމަތިން އަރާ ފައިބަމުން ދިޔަ ކުލަތަކުން އަލީ ވަހީދުއަށް ކޮންމެވެސް ބޮޑު ކަމެއް ލައިގަނެގެން އުޅޭ ކަހަލަ އިޙްސާސެއް ކުރެވުނެވެ.

ރިޝްފާ ބައްޕަގެ ސުވާލުން ހަނާއަށް ހާސްވެފައި ދޮންބެއަށް ބަލައިލެވުނެވެ.ފިޒާން އޭނާއަށް ޖިންނި ޝައިޠާނުންނާއި ބެހޭގޮތުން އެނގިހުރި އެއްޗަކަށް ބުރަވެ ހަނާގެ ފަރާތުން އިނގިފައިވާ ވާހަކަތަކާއި މިރޭ ފެނުނު މަންޒަރުން ހެކިދޭ ކަންތައް ރިޝްފާގެ ބައްޕައާއި ހިއްސާ ކުރިއެވެ.އަލީ ވަހީދަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ދެމިގަތް ހެންނެވެ.ލޯބިވާ ދަރިފުޅު އެއް ހިތާމައިން އަރައި ނުގަނެގެން އުޅެނިކޮށް އަނެއް މުސީބާތް އައިސް ދޮރުގައި ޓަކި ދިނީއެވެ.ކިތަންމެ ޤަބޫލު ކުރަން ބޭނުން ނުވިޔަސް ފިޒާންއަކީ އެކަހަލަ ކަންތައްތައް މޮޅަށް ދަންނަ މީހެއްކަން ޚުދު އަލީ ވަހީދަށްވެސް އިނގޭތީ އެ ދައްކަނީ ސަމާސާ ވާހަކަ އަކަށް ނުވާނެކަން ބިމުގައި ހުރީ ވެލިކަން ޔަޤީންވާ ފަދައިން ޔަޤީންކުރަން މަޖުބޫރެވެ.އެހެންވެ އޭނާ ބޭނުންވަނީ އެކަން ޖަމީލާއަށް ރެއަކާ ލުމުގެ ކުރިން ދަރިފުޅު ސަލާމަތުގެ އައްސޭރިއަކަށް ގެނެވޭތޯ ކުރެވެން ހުރިި ހުރިހާ ހިތްވަރެއް ކުރާށެވެ.

އަލީ ވަހީދުގެ އެދުމުގެ މަތިން ފިޒާން އޭނާގެ މަަސައްކަތަށް ފަށައިގަތީ ލަސްވަމުންދާ ކޮންމެ ސިކުންތަކީ ރިޝްފާގެ ނިކަމެތި ހަށިގަނޑަށް ދެވޭ ވޭނަކަށް ވާނެތީއެވެ.ރިޝްފާގެ ނިތްކުރީގައި އަތް އަޅާލުމަށްފަހު ފިޒާން ކިޔަވަން ފެށިއެވެ.ކޮޓަރި ތެރޭގައި އޭނާގެ އަޑު ފިޔަވައި އިތުރު އަޑެއް ނުވެއެވެ.

ކުއްލިއަކަށް ބޭރުން އައިސް އެއްޗެއް ވަރަށް ބާރަށް ބެލްކަނީގެ ދޮރުގައި ޖެހިގަތެވެ.ހަތަރު މީހުންނަށް އެކީ ކަހަލަ ގޮތަކަށް އެދިމާ ބަލައި ލެވުނެވެ.ހަނާއަށް ބިރުންގޮސް އަނގަމަތީގައި އަތް އަޅައިލެވުނުއިރު ޒޭންއަށްވެސް ގަތްބިރުން ދެލޯ ބޮޑު ކޮށްލެވުނެވެ.ނަމަވެސް ފިޒާން އަތުގެ އިޝާރާތުން އެންމެންނަށް ހަމަޖެހުމަށް ބުންޏެވެ.

އަލީ ވަހީދު އޭނާގެ ދެލޮލަށް ޖަމާވެފައި ހުރި ކަރުނަތައް ފޮހެލާފައި ސާބިތުކަމާއިއެކު ގޮސް ނެތް ހިތްވަރު ދައްކަމުން ރިޝްފާގެ ބޯލާ ކޮޅުގައި މަޑުކޮށްލިއެވެ.ފިޒާން އަނެއްކާވެސް ކިޔަވަން ފެށިއެވެ.ނަމަވެސް ތަންކޮޅެއް ކިޔެވުނުތަނާ އަނެއްކާވެސް ބެލްކަނީ ދޮރުގައި އެއްޗެއް އައިސް ޖެހިގަތެވެ.ކުރީ ފަހަރަށްވުރެވެސް ބާރަށެވެ.އެއަޑަށް ފިޒާންވެސް އޭނާގެ ކިޔެވުން ބާރުކޮށްލިއިރު ރިޝްފާ ކުއްލިއަކަށް ދެލޯ ބޮޑު ކޮށްލާފައި ފުއްމައިގެން ތެދުވިއެވެ.އެނދުގެ ދެފަރާތުގައި އޭނާގެ ބައްޕައާއި ހަނާއާއި ނުދަންނަ ފިރިހެނަކު ކިޔަވަން އިންއިރު ތަންކޮޅެއް ދުރުގައިހުރި ޒޭން އޭނާގެ ލޮލުގައި އަޅައިގަތެވެ.އެވަގުތު ހޭނެތުމުގެ ކުރިން ހިނގާދިޔަ ކަންތައްތައް އެނާގެ ހިތަށް ސިފަވެގެން ދިޔައެވެ.ރިޝްފާއަށް އަނގަމަތީގައި އަތް އަޅާފައި ރޯން ފެށުނެވެ.އެންމެންގެ ހަރަކާތްތަކުން އޭނާ އިތުރު ތަފްސީލަކަށް ނުދިޔަޔަސް އޭނާއާއި ކުރިމަތިވެފައިވާ ބަލާވެރިކަން އެމީހުންނަށް ފަހުމް ވެފައި ވާކަން ރިޝްފާގެ ހިތަށް ނަގައި ގަނެވުމުން އެހިތަށް ކުރި އަސަރު މާބޮޑެވެ.

ނުރޮއި ހިތްވަރު ކުރުމަށް އަލީ ވަހީދު ރިޝްފާއަށް ހިތްވަރު ދެމުން ދިޔައިރު ހަނާވެސް ރިޝްފާއާއި އިތުރަށް ގާތަށް ޖެހިލީ ދިމާވެފައި އެވާ ހިތާމަވެރި ބިރުވެރި ދަނޑިވަޅުގައި ރިޝްފާާއާއި އެކުގައި ވާކަން ހާމަ ކުރުމަށެވެ.ނަމަވެސް ޒޭންއަށް އިސްވެ އެއްވެސް ހަަރަކާތެއް ގެންނަން ނޭނގިފައި ރިޝްފާގެ މައުސޫމް މޫނަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

ކުއްލިއަކަށް ރިޝްފާގެ ރުއިމުގެ އަޑާއިއެކު މުޅި ކޮޓަރި ތެރޭގައި ގުގުމައިގެން ދިޔައީ ހަނާގެ ހަޅޭކުގެ އަޑެވެ.ބެލްކަނީގެ ބިއްލޫރި ދޮރު ކުދިކުދިވެގެން ފާބައިގެންއިރު މުޅި ކޮޓަރި ތެެރެއަށް ހީވީ ވައިގެ ތޫފާނެއް އައި ހެންނެވެ.އެވަގުތު ރިޝްފާއަށް އޭނާއާއި ދާދި ގާތުގައި މޫނުގެ އެއްފަޅި ޒޭންގެ ސިފައިގައި އަނެއް ފަޅި މިނިކާ ޖަނަވާރެއްގެ ސިފައިގައި ހުރި އެތި ފެނުނެވެ.ރޮމުންދިޔަ އޭނާގެ އަޑުވެސް ގަތްބިރުން ވަގުތުން ކެނޑުނުއިރު ރޯމަހެއް ތެޅޭހެން ތެޅެން ފެށިއެވެ.

ރިޝްފާގެ ހަަރަކާތްތަކުން ފިޒާންއަށް މުޅި ކޮޓަރި ތެރެއަށް ނަޒަރު ހިންގާލެވުނެވެ.ނަމަވެސް އޭނާއަށް ކަމެއް ކުރާނެ ވަގުތު ނުދީ އޭތި ފިޒާންގެ އަތުގައި ހިފާފައި ދަމާފައި ގެންގޮސް ކޮޓަރިން ބޭރަށް ސިޓިންރޫމް ތެރެއަށް ހޫރާލިއެވެ.ގޮސް ޖެހުނުލެއް ބާރުކަމުން ފިޒާންއޮތީ އަތެއް ފައެއް ހަލުވާލަންވެސް ނުކެރިފައެވެ.

ދޮންބޭ އޭ ކިޔައި ރޮއިގަނެފައި ހަނާ ގޮސް ފިޒާންގެ ގާތަށް ތިރިވިއެވެ.އޭތި ލޮލުން ފޮނުވާލި އައްޔަކުން އެވަގުތު ކޮޓަރި ދޮރު ލެއްޕި ތަޅުލެވުނެވެ.އަލީ ވަހީދު ދަރިފުޅުގެ ހިމާޔަތުގައި އައްޑަނައަކަށް މޭ ދިއްކޮށްގެން ހުރިއިރު ޒޭންވެސް އެހީއަށްއެދި ކޮންމެސް މީހަކަށް ގުޅޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.ނަމަވެސް ކުއްލިއަކަށް މުޅި ކޮޓަރި ތެެރެއިންވަނީ ރޭންޖުވެސް ކެނޑިފައެވެ.އެދެމީހުންނަށް އެތަނުގައި ހުރި ބިރުވެރި ސޫރަ ނުފެނުނަސް ނުފެންނަ ރޫހާނީ ކަންތައްގަނޑެއް އެބަ ވާކަން އިޙްސާސް ކުރެވެމުން ދިޔައެވެ.ނަމަވެސް އެ ބިރުވެރި އެތި ރިޝްފާގެ ލޮލަށް ފެންނަމުން ދާއިރު އޭނާގެ ހަށިގަނޑު ތުރުތުރު އަޅަމުން ދަނީ ކަރަންޓުގައި ޖެހިފައިވާ މީހަކު ފަދައިންނެވެ.

ލޮލުން ފައިބަން ތައްޔާރުވެފައިވާ ކަރުނަތަކާއި ހަނގުރާމަ ކުރަމުން އަލީ ވަހީދު އޭނާގެ ތެޅިފޮޅެމުންދާ ދަރިފުޅު ހިފެހެއްޓޭތޯ ހިތް ކުދިކުދި ވެފައިވާ ޙާލު މަސައްކަތް ކުރަމުން ދިޔައެވެ.އޭތި ނުލަފާ ފާޑަކަށް ހިނިއައިސްފައި ހުރެގެން އައިސް ރިޝްފާ ބައްޕަގެ އެއް އަތުގައި ހިފައި ހޫރާލިއެވެ.

ކޮޓަރީގެ ބިތަކަށް ޖެހިފައި އޮތް އަލީވަހީދުގެ އަނގައިން މަޑު އާހެއް ނިކުމެގެން ދިޔައީ އުނަގަނޑަށް އެރި ތޫނު ތަދަށް ކެތް ނުކުރެވިގެންނެވެ.ރިޝްފާއަށް ބައްޕާއޭ ކިޔައި ރޮއިގަނެފައި އެ ދިމާއަށް ދާން އުޅެގަނެވުނެވެ.ނަމަވެސް އޭތި ރިޝްފާގެ މަގު ބަންދުކޮށް ރިޝްފާއާއި ކައިރިވާންފެށިއެވެ.

ރިޝްފާ ފިޔަވަޅަކަށްފަހު ފިޔަވަޅެއް ފަހަތަށް އަޅަން ފެށުމުން ޒޭންއަށް އެ ޖިންނި ނުފެނުނަސް އޭތި ރިޝްފާއާއި ކައިރި ވަމުންދާކަން އޭނާގެ ސިކުނޑިއަށް ނަގައިގަނެވުނެވެ.އެހެންވެ އަވަސް ހަރަކާތަކާއިއެކު ރިޝްފާގެ އަތުގައި ހިފައި ޖެހި ކުއްލިއަކާއިއެކު އޭނާގެ ގާތަށް ގެނައެވެ.

އޮތްތަނުން ނުތެދުވެވިފައި އޮތް އަލީ ވަހީދު ޒޭންގެ ކިބައިން އެދެމުން ދިޔައީ އޭނާގެ ދަރިފުޅު އެ ކޮޓަރިން ނެެރެދިނުމަށެވެ.އޭރު ހަނާއާއި ފިޒާން ވެސް ބޭރުން ކޮޓަރި ދޮރު ހުޅުވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.ޒޭންއާއި ރިޝްފާއަށް ދޮރާއި ހަމައަށް ނުދެވެނީސް އޭތި އެމީހުންގެ ކުރިމައްޗަށް އެރިއެވެ.

ޒޭންގެ އަތުގައި ހިފައިގެން ހުރި ރިޝްފާއަށް ސަލާމަތްވުމަށް ކުރި އުއްމީދު އެލުވާލާފައި ރޮއިރޮއި ރަތްވެފައިވާ ދެލޮލުން ޒޭންއަށް ބަލައިލެވުނީ މިއީ ވަދާޢީ ވަގުތު ކޮޅޭ އޭނާގެ ހިތް ބުނަމުން ދިޔައީތީއެވެ.ރިޝްފާގެ އެ ބަލާލުމުގައި ދުނިޔޭގެ ހުރިހާ ހިތާމައެއް ވާ ކަހަލައެވެ.

ޒޭންގެ ހިތަށް އަސަރު ކުރިވަރުން ރިޝްފާގެ އަތަށް ފިއްތާލެވުނެވެ.އެ ނުތަންވަޅު ސިކުންތު ކޮޅުގައި ލޮލުން ލޮލަށް ލޯބީގެ ދައުވަތު ބަަދަލު ކުރެވިގެން ދިޔައެވެ.ނަމަވެސް ލޯބިން ފުރިގެންވި އެ ވަގުތުކޮޅު ދެމިގެން ދިޔައީ ކުޑަ ހިނދު ކޮޅަކަށެވެ.

ރިޝްފާއަށް އަޑުން އަޑުނަގައި ރޮއިގަނެ މޭގައި އަތްއަޅާލެވުނީ އޭތީގެ އަތުން ރިޝްފާގެ ހެދުމުގެ ކަރުގައި ހިފައި ވީދާލުމުންނެވެ.އެފަދަ ކަމަކަށް ކުޑަކޮށްވެސްް ތައްޔާރުނުވެ ހުރި ޒޭންއަށް ހީވީ އޭނާގެ ހިތުގެ އެތައް ތަނަކުން ރެނދުލައިގެން ދިޔަ ހެންނެވެ.އޭނާގެ ކުރިމަތީގައި ރިޝްފާގެ ހަށިގަނޑުން ބޮޑުބައެއް ހާމަވެގެންދިޔައިރު ޒޭންއަށް ވީ ދެރައިން އެނާގެ ގަމީސް ބާލާ ރިޝްފާގެ ހަށިގަނޑު ނިވައި ކޮށްލައިދީފައި ރިޝްފާއާއި އެހެން މީހަކަށް ކައިރި ނުވެވޭނެހެން ވަަރަށް ބާރަށް ބައްދާލެވުނެވެ.ކޮންމެ ފަދަ ސިފައެއްގައި ހުރި އެއްޗަކަށް ވިޔަސް އޭނާއަށް އޭތި ފެންނާނެ ނަމައޭ ޒޭންގެ ހިތަށް އަރަމުން ދިޔައެވެ.

އަލީ ވަހީދު އޮތީ ދެލޯ މަރާ ތަގުޅި ކޮށްގެން ހުޅުވަން ނުކެރިފައެވެ.ވާނީވެސް އެހެންތާއެވެ.ބަފަޔަކަށް ބޮޑުވެފައިހުރި އަންހެން ދަރިއަކު އެފަދަ ހާލެއްގައި ހުއްޓައި ދުށުމަށް ކެތްވާނެ ހެއްޔެވެ؟ހިތާމައިގެ ކޮޅެއް ނެތިފައިވާ ޙާލު އަލީ ވަހީދު އޭނާގެ ދުލަށް އައިހާ ހެޔޮ އެއްޗެއް ކިޔަމުން ގެންދިޔައެވެ.

ރިޝްފާއަށް ޒޭންގެ ގައިގައި ދެއަތުން ވަށާލެވުނީ އޭނާއަށްޓަކައި ޒޭން ކުރަމުންދާ ހިތްވަރު ފެނުމުން އުފާވީވަރުންނެވެ.އެ މަންޒަރުން ކުރިމަތީގައިހުރި ޖިންނި ރުޅިގަދަވެ އޭތީގެ މުޅި ގައިން ދުން އަރަން ފެށިއެވެ.އޭތި އައިސްފައި ހުރި ރުޅީގައި ޒޭން އާއި ރިޝްފާ ވަކިކޮށް ޒޭންގެ ކަރުގައި ހިފާފައި ބިމުން މައްޗަށް އުފުލާލިއެވެ.ރިޝްފާ އޭތީގެ އަތްދަށުން ޒޭން ސަލާމަތްކުރެވޭތޯ އަވަހަށް ގޮސް ކޮޓަރި ދޮރުހުޅުވޭތޯ މަސައްކަތް ކުރިއެވެ.ނަމަވެސް ހަނާމެން އުޅެއުޅެ ބޭރުން ދޮރު ނުހުޅުވުނުއިރު ރިޝްފާއަށް އެތެެރެއިންވެސް ހުޅުވޭ ގޮތެއް ނުވިއެވެ.

ޒޭންގެ ކަރަށް ބާރުވެ ނޭވާ ހާސްވަމުން ދިޔަ ވަަކަށް އޭނާ ދެފަޔާއި އަތާއި ތަޅުވަމުން ދިޔައީ މީހަކު މަރަށް ތެޅޭ ފަދައަކުންނެވެ.ރިޝްފާ ދޮރުނުުހުޅުވުމުން ގޮތް ހުސްވެފައިވާ ޙާލު ހިތާމައާއިއެކު ޒޭންއަށް ބަލައިލިއިރު ޒޭންގެ އަނގަވެސްވަނީ ހުޅުވި ފައެވެ.ރިޝްފާ އެ ނުލަފާ އެތީގެ ގައިގައި އޭނާގެ ދެއަތުން ތަޅަން ފެށިއެވެ.އޭނާގެ ކުރިމަތީގައި ޒޭން ފަހުނޭވާ ދޫކުރާތަން ދެކެން އޭނާއަކަށް ކެތެއް ނުވާނެއެވެ.ފެންކަޅި ވެފައިވާ ޒޭންގެ ދެލޯފެނިފައި ރިޝްފާގެ ހިތުން ލޭ ކޮށެވިގެންދިޔައެވެ.

***ނުނިމޭ***

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Noor💙

Level 710 Stories100 Comments100 Login500 Comments

Other Articles

Previous

ކުށަކާނުލައި- 6 ވަނަބައި

Next

ފުން އިހުސާސެކޭ 18

Next
August 17, 2018

ފުން އިހުސާސެކޭ 18

Previews
August 16, 2018

ކުށަކާނުލައި- 6 ވަނަބައި

33 Comments!

  1. jumaa says:
    August 16, 2018 at 4:00 pm

    Me first dhw..haadha inthizaareh kurevihje eyy mi part ah..varah reethi mi part vs

    1. Noor??? says:
      August 16, 2018 at 8:50 pm

      ThanQ dear

  2. GR says:
    August 16, 2018 at 4:00 pm

    Haadha kurey

    1. Noor??? says:
      August 16, 2018 at 8:51 pm

      Sorry dear.hama veevaru

  3. Twinkle? says:
    August 16, 2018 at 4:42 pm

    OMG… dhn kihinehbaa vaany??? Alhey biru ganeyba… zeyn maraa nulahche plz plz plzzz… mivaruge stry eh adhi nukiyan masha allah

    1. Noor??? says:
      August 16, 2018 at 8:53 pm

      ThanQ dear

  4. Maii? says:
    August 16, 2018 at 4:45 pm

    Alheyyy???…. haadha kureyy…. ehaa dhigu inthi zaareh kuruvaafa haadha kuru koh thi genes dhini…. bt stry hama obi…

    1. Noor??? says:
      August 16, 2018 at 8:54 pm

      ThanQ dear.

  5. Mishkaa says:
    August 16, 2018 at 6:31 pm

    Alhey dhen vaanee kihineh??? Haadha dhigu inthizaarakah fahuga story mi update vee story hama obiness alhe den konirakun tha story update kohdeveynee thankolheh avah up koladeebala

    1. Noor??? says:
      August 16, 2018 at 8:55 pm

      ThanQ dear.next part thankolheh avahah update kohdheveytho balaanan
      In sha Allah

  6. dhonkanbulo says:
    August 16, 2018 at 7:15 pm

    V v v salhi…

    1. Noor??? says:
      August 16, 2018 at 8:56 pm

      ThanQ dear

  7. lai says:
    August 16, 2018 at 7:26 pm

    zeyn and rishfaa ah dhera gotheh nahdhahchey
    by the way story varah habeys
    dhn kon irakun next part up kuraanee
    waiting 🙂 🙂 🙂 🙂

    1. Noor??? says:
      August 16, 2018 at 8:58 pm

      ThanQ dear.thankolheh avahah update kohdheveytho varah try kuraanan
      In sha Allah

  8. Airah says:
    August 16, 2018 at 8:03 pm

    Nooor vvv Reethi.Waiting for The Next Part❤❤❤❤❤❤

    1. Noor??? says:
      August 16, 2018 at 8:58 pm

      ThanQ dear

  9. Yaanu says:
    August 16, 2018 at 11:47 pm

    Maasha Allah ???
    When next dear?….❤

    1. Noor??? says:
      August 17, 2018 at 1:16 pm

      ThanQ dear..In sha Allah soon

  10. yaani says:
    August 17, 2018 at 11:07 am

    Noor story as usual varah lwbi….CoveR picture in einy jaxly aa kailan rishfa and zain tha

    1. Noor??? says:
      August 17, 2018 at 1:16 pm

      Ya..thanQ dear

  11. ?? says:
    August 17, 2018 at 2:57 pm

    This is my first comment dear…stry reethi kamun nuhurevigen comment khly hama…Awesome as usual…alhey haadha curious v hisaabakunney thi ninmaaly ..dhn kn dhuvahakun up vaany dear…nic cover ???

    1. Noor??? says:
      August 17, 2018 at 3:35 pm

      Nice to c ur first comment dear..in sha Allah liyevunuhaa avahakah up kohdheynan

  12. Almaash says:
    August 17, 2018 at 6:51 pm

    How many days will you take
    to write this story ?

    1. Noor??? says:
      August 17, 2018 at 7:45 pm

      I dont know how many days will take to complete the whole story..but if i get enough time i can update the next part tomorrow In Sha Allah.& most importantly im writing after updating each part.thanQ

  13. Zubeydhaa says:
    August 17, 2018 at 8:53 pm

    Alhe haadha salhi vaahaka
    ehmee
    Anme inthizaaru kurevenee mivaahakayah akamu haadhalahey nerevey leh
    Bizee kamun konkanthakeh kollanee? Dhariyaku baln huritha?
    NOOR ofeehuga bizeetha?
    Geinbizeetha
    Akoe hama reethi kamun dhithayah keh nuvegen ahaa levunee akoe rulhi naan nahchey ( maaf kureu)

    1. Noor??? says:
      August 17, 2018 at 10:02 pm

      Hehe..pls dnt mind ingey..hama msg kiyaalaafa hevuny..yap.i have two kids.

    2. Noor??? says:
      August 17, 2018 at 10:03 pm

      & ThanQ 4 the lovely comment..

  14. Peony says:
    August 18, 2018 at 12:51 pm

    When next part

    1. Noor??? says:
      August 19, 2018 at 9:47 am

      Updated dear

  15. Shaako says:
    August 18, 2018 at 7:37 pm

    Alhey haadha reechey

    1. Noor??? says:
      August 19, 2018 at 9:48 am

      ThanQ dear

  16. Falak says:
    August 18, 2018 at 11:04 pm

    Hei noor dhn awahah up kohdheeba.. keiymadhuvefa mihury story ahh ???❤❤❤

    1. Noor??? says:
      August 19, 2018 at 9:50 am

      Alhey..updated dear

Comments are closed.

Next Episode“ހިތް” ލޭ ކޮށެވިފައި……23←


All Right Reserved!