Skip to content
އެސްފިޔަ

ނަމޫނާ ލޯބި

ފުރޮޅީގޮނޑިއެއްގައި އިންނަން ޖެހިފައިވާ، ނުކުޅެންދުންތެރިކަން ހުންނަ މީހަކަށް އޭނާއަށް ހަގީގީ ލޯބި ލިބިދާނެ ކަމަކަށް އުންމީދު ކުރުމަކީ އާންމު ކަމެއް ނޫނެވެ. އަދި އޭނާ ހުވަފެނުން ވެސް ނުދެކޭހާ ރީތި އަންހެނަކާ ކައިވެނި ކުރެވިދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭނެ އެވެ. ނަމަވެސް ޝިފާޒު އަށް ވަނީ މި ހުވަފެން ސީދާ ވެފަ އެވެ.

ޝިފާޒު އުފަންވި އިރު އާދައިގެ އެހެން ކުދިންނެކޭ ތަފާތެއް ނެތެވެ. ނަމަވެސް ހިނގޭ އުމުރަށް ދިޔައިރު ވެސް ހިނގާބިނގާވެ ނޫޅެވޭތީ ކޮންމެވެސް މައްސަލައެއް ދިމާވެފައިވާކަމަށް ޝިފާޒުގެ މައިންބަފައިންނަށް ޝައްކުވި އެވެ. އޭނާއަށް މަސްކިއުލާ އެޓްރޮފީ ކިޔާ ބައްޔެއް ޖެހިފައިވާކަން ފަހުން އެނގުނެވެ. މި ބަލީގެ ސަބަބުން އޭނާގެ މައިބަދައިގެ މަސްތައް ހަލާކުވެ އަދި ފައިގެ މަސްތައް ވެސް ވަނީ ނެތިގެން ގޮސްފަ އެވެ.

ދުނިޔޭގައި ގިނަ ދުވަހު ހުންނާނެ ކަމުގެ އުންމީދު ޑޮކްޓަރުންނަށް ނެތަސް ޝިފާޒު ބޮޑުވެ ޒުވާނަކަށްވި އެވެ. ނަމަވެސް އޭނާއަކީ އަތުންފައިން އެއްވެސް ކަމެއް ނުކުރެވޭ މީހަކަށް ވާތީ ބޮޑުވިއިރު އޭނާ ވަނީ ދުނިޔެ ދެކެ ވަރަށް ބޮޑަށް ފޫހިވެފަ އެވެ. އެކަމަކު އެ މާޔޫސްކަމުން ދުރުވެ، ގޭގައި އިނދެގެން އެކުވެރިން ހޯދުމުގެ ބޭނުމުގައި އޭނާ އޮންލައިންކޮށް މީހުންނާ ވާހަކަ ދައްކަމުން ދިޔަ އެވެ.

އެގޮތުން އޭނާ އޮންލައިންގައި ލިޔުނު އަސަރުގަދަ މެސެޖެއްގައި އޮތީ މިހެންނެވެ.

“އަހަންނަށް ދުނިޔޭގެ ރީތިކަން ތަޖުރިބާކޮށްލެވޭކަށް ނެތެވެ. އަހަންނަށް ނުކުރެވޭނެ ކަންތައްތައް ހިތަށް އަރާފައި ވަރަށް ދެރަވެ އެވެ. ދުނިޔޭގެ ރީތިކަން އަހަންނަށް ތަޖުރިބާއެއް ނުކުރެވޭނެ އެވެ. މޫދުގައި ނުވަތަ ކޯރުގައި ފަތައެއް ނުލެވޭނެ އެވެ. ތަދަކާ ނުލައި ވިނަގަނޑު މަތީ ހިނގާ، ދުވެ ނޫޅެވޭނެ އެވެ. އަހަންނަށް އެކުވެރިންނަށް އެހީތެރިވުމުގެ ގޮތުން އެއްޗެހި އުފުލައި ގެންގޮސްދީއެއް ނުހެދޭނެ އެވެ. އަހަރެން އެންމެ ލޯބިވާ މީހުންނަށް އަޅާލާކަށް އަހަންނަކަށް އެއްވެސް ކަމެއް ނުކޮށްދެވޭނެ އެވެ. އަހަންނަށް އެމީހުން އުފާކޮށެއް ނުދެވޭނެ އެވެ.

“… އަދި ލޯބިވުމުން ކުރެވެނީ ކޮންކަހަލަ އިހްސާސްތަކެއް ކަމެއް ދުވަހަކު ވެސް ނޭނގޭނެ އެވެ. އެހެން މީހަކު ތިމާ ދެކެ ލޯބިވުމުން އެ ކުރެވޭ އިހްސާސްތަކެއް ވެސް ނުކުރެވޭނެ އެވެ. އެހެން މީހަކު ތިމާއާ ހެދި ހަސަދަވެރިވުން ނުވަތަ ފަޚުރުވެރިކަމާ އެކު ތިމާ ތައާރަފް ކޮށްދޭ ތަނެއް ވެސް ނުފެންނާނެ އެވެ. ލޯބިވާ މީހަކާ ބައްދާލުމުން އެ ކުރެވޭ އިހްސާސްތައް ތަޖުރިބާކުރުމަކީ ވެސް ވާނެ ކަމެއް ނޫނެވެ. ލޯބިވެރިޔާ އަށް ރައްކާތެރިކަން ދީ އޭނާއާ އެކު ނަށާލާ ނުވަތަ ހަދިޔާއަކަށް މާބޮނޑިއެއް ދީ ހަދިޔާއެއް ތައްޔާރުކޮށްލުން ފަދަ ކަމެއް ވެސް ނުކޮށްދެވޭނެ އެވެ.”

ލާމުގައި ދިރިއުޅޭ އަނާ ކިޔާ ޒުވާން އަންހެނަކަށް ޝިފާޒުގެ މި މެސެޖު ފެނުނެވެ. އޭނާ ވަގުތުން ޝިފާޒު އަށް ގުޅާފައި އޭނާގެ މެސެޖު ކިޔާފައި ވަރަށް ދެރަވި ކަމަށް ބުންޏެވެ. އަނާގެ ފޮޓޯ ފެނިފައި ޝިފާޒު އަށް ވަގުތުން އެ ރީތި ޒުވާނާ ދެކެ ލޯބި ވެވުނެވެ. އެހެންވެ ކުޑަކޮށް ޖެހިލުންވެފައި ހުރެ ވެސް އޭގެ ފަހުން އެއް ދުވަހު ޝިފާޒު އޭނާގެ ސިފަ އާއި އިން ހާލަތު ބަޔާންކޮށްދޭ ފޮޓޯއެއް ފޮނުވި އެވެ.

މި ފޮޓޯ ފެނިފައި އަނާގެ ހިތަށް ވަރަށް އަސަރުކުރި އެވެ. އަދި ތިންހާސް މޭލުގެ ދުރު ދަތުރެއް ކޮށްފައި ޝިފާޒު ކައިރިއަށް ދިޔަ އެވެ. އަނާ ގަބޫލުކުރާ ގޮތުގައި މީހާގެ ބޭރުފުށުން ފެންނަ ސިފަޔަށް ވުރެ އެތެރެފުށް ރީތިވުން އޭނާއަށް މާ މުހިއްމެވެ. އެހެންކަމުން ފުރަތަމަ ނަޒަރުން ވެސް ޝިފާޒު ދެކެ އަނާ އަށް ލޯބި ވެވުނީ އެވެ. އަދި މާ ގިނަ ދުވަހެއް ނުވެ ކައިވެނިވެސް ކުރީ އެވެ.

މާޝާ ﷲ … މިއީ ނަމޫނާ ލޯތްބެކެވެ.

Comments (17)

  1. Twinkle?

    Mii hagygatheh thr??? Stry vvv rythi masha allah… yayyy I’m first

    1. Zidhan Mohamed
      Twinkle?

      Yess. Congratulations. Maybe haqeeqatheh. Idk! Just wrote! ♥♥

  2. @AL@A

    omg u are the best vrh reethi

    1. Zidhan Mohamed
      @AL@A

      Thanks dear ♥

  3. Cutie pie

    Dhaan . This is superb . U r the best . Alhe vr dhera vehjje mi story khiyaafa . But it’s really touching . Luv u dhaan

    1. Zidhan Mohamed
      Cutie pie

      Thanks.♥♥ Umm who u r? ?

  4. Hadi

    kon besteh hagygatheh hey ehyma ebuny may be o bdowaru dhen 😀

    1. Zidhan Mohamed
      Hadi

      Idiot. Mi vedhaane hama hingaafaivaa kamakah. Idek ey hingaafa oiy haadhisaa eh kameh. Haqeeqathakah vedhaane ihthifaaqakun hama! ?

  5. Cutie pie

    Mm . When is the next part of ur story . “Enburi aifahun” . M so curious dhaan . Plx up kohdhyba avahah

    1. Zidhan Mohamed
      Cutie pie

      Soon ♥

  6. ?

    I miss my crush…??

  7. R.L.STINE

    Haadha hui echekey dhw
    Alhe zidhoo rrr dhimaalakah
    Mooney igey
    Aharen kaareegaa in kujjakaa dhimaalashey ingey
    V bodah sorry
    Mi vaahaka ekam thankolheh kuni I mean hui
    Thank u ingey dhen mi dhany roadha villain ready vain have a good day ingey

  8. Don't be j

    Ey v sweet ingey mi vaahaka
    Lv you

    1. Zidhan Mohamed
      Don't be j

      Thank you lvum! ♥

  9. hash

    nice story zidhaan…dont care about negetive people… peolpe may throw stones at u first. but fly higher so u cant be reached…hope u will mail to my email.. it is [email protected]..ok ..

  10. Dark princess??

    Xid plx give me some tips for aperfect story i varah hate kuraabkameh story liyumaky ekm kiyun eiyy hama hobby eh
    I wonder hiw peoplesbwrite tis kindvof lawbi storys
    Some how i feel that vaahaka liyaameehun bore eh nuveybaaeyy ??? btw that may b cause i hate it
    Anyways i love u r stories ngey
    Hope u ll give me some tips
    Mi faharu vex mid break there eboiy vaahaka liyan dhyfa
    N i wonder how am i gonna manage it ??
    Gud night ziddd❤❤❤❤
    U could think that i am u rbiggest fan ???
    Luv yaaa???????

    1. Zidhan Mohamed
      Dark princess??

      This made my day ?❤

Comments are closed.