Skip to content
އެސްފިޔަ

އެ ރޭގަނޑު 4

ރައުލާ ނުފެނިގެން އެންމެ ފަހުން އިޝާން ކާރަށްވަނެވެ.ތަންކޮޅެއް ދުރުން އެއްޗެއް ފެނުނު ހެން ހީވިއިރު ރައުލާ ދުވަމުން އައިސް ކައިރި ކުރަނީއެވެ. އަވަހަށް ރައުލާ ކާރަށް އެރުމުން ޒައުލް ބާރު ސްޕީޑަކަށް ކާރު ދުއްވާލިއެވެ. ކައިލީން ކާރުގެ ކުރީ ސީޓުގައި އިން އިރު އިޝާން އާއި ރައުލާ ފަހަތުގައި އިނެވެ. ރައުލާ ވަރުބަލިވެގެން ގޮސް އިޝާންެގ ކޮނޑުގައި ނިދާލާފަ އޮތެވެ.

15 ވަރަކަށް މިނެޓު ފަހުން އަންހެނެއްގެ ހުނުމުގެ އަޑު އިވެންފެށިއެވެ. ކައިލީން ބިރުން ޒައުލް ގައިގައި ހިފަހައްޓައިގެން ހުިއިރު ރައުލާ އިޝާން ގެ ގައިގައި ބައްދާގަނެގެން އިނެވެ.

މީ މި އެންމެން ހީކުރި ފަދަ ދަތުރެއް ނޫނެވެ. އުފަލާ މަޖަލުގައި ހޭދަކުރާނެ ކަމަށް ހީކުރި ދަތުރު ވަނީ ނާމާންކަމާއި ބިރުވެރިކަމުން ފުރިފައެވެ. ދުއްވަމުން ދަނިކޮށް އެންމެންނަށް ހަޅޭލަވައިގަނެވުނީ އެ އަންހެންމީހާ ކާރު ކުރި މައްޗައް އަރާފައި ގެއްލުމުންނެވެ. އެންމެން ހާސްވާން ފެށީ އެހިސާބުންނެވެ. އެހީއަކަށް އެދި ގުޅަން ފޯނު ނެގުމުން އެކަކުގެ ފޯނަށްވެސް ރޭންޖެއް ނުލިބުނެވެ. އެ އަންހެންމީހާ ގެއްލުމުން އިޝާން ބޭރަށް ނިކުމެ ބަލާލިއެވެ.

އިޝާން އަށް ހުރެވުނީ ބޮޑު ޤަބުރުސްތާނެއް ތެރޭގައެވެ.ކާރު ފެންނަން އޮތުމުން އެ ދިމާލައް ދާން މިސްރާބު ޖެހިއެވެ. ކުއްލިއަކަށް މުޅިގައިގައި ލޭ ހުރި ކުޑަ އަންހެން ކުއްޖަކު ފާޅުވިއެވެ. ބަލާއިރު ވައްތަރީ 1 އަހަރު ނުވަތަ 2 އަހަރުގެ ކުއްޖަކާއެވެ. މައުސޫމް ގޮތަކައް ހުރެފައި އެ ކުއްޖާ ރޯން ފެއްޓިއެވެ. އިރު ކޮޅެއް ވުމުން ގެއްލުނެވެ. މި ކަންތައް މިހެން ވުމުން އިޝާން ކާރަށް އަރަން ދުއްވައިގަތީ ހުސެއިން ބޯލްޓޮ ދުވާ ވަރަށް ވުރެ ބާރައްކަން ލަފާ ކުރެވޭނެއެވެ.

އިޝާން ކާރަށް އެރި އިރު މާ ނޭވާ ލަމުން ދިޔައެވެ. އަދީ ގައިަގއި ވަރު ހުސްވެ ރައުލާ ގާ މައްޗައް ދެމުނެވެ. އޭރު ތަންކޮޅެއް ދުރުގައި އެ އަންހެން މީހާ ފާޑަކަށް ހެވިފައި ކައިލީން އާ ދިިިމާލަށް ބަލަން ހުއްޓެވެ. މުޅި މޫނު މަތި ކުރަކީ ވެފައިވާއިރު ހެދުންގެ ބައިތައް ވެސް ހުރީ ވީދިފައެވެ. މީ ކޮން މަޙްލޫޤެއް ކަން އިނގޭނީ މާތް ﷲ ފިޔަވައި ވަކީ ކާކު އަށް ހެއްޔެވެ.

ކައިލީން އަށް ނިދިފައި އޮއްވާ ފެނުން ހުވެފެނަކުން ގައިން ހީބިހި ނަގައިދިޔައެވެ. އަންހެން މީހާ އޭނާ ގޮވާއިގެން އުދުހިފައި ދަނިކޯށެވެ. މި ޙިޔާލުގަި ހުއްޓާ ކުރިމައްޗައް އެރީ ކަރެއްގެ ސަބަބުން އެންމެން ލޯ މަރާލެވުނެވެ

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (14)

  1. Twinkle?

    Yay me first

  2. Twinkle?

    Salhi masha allah… baeh mistakes ebahuri dhn faharakun mistakes madhu khlaafa thnkolheh dhigukh liyeveythw balahche + thnkolheh detail kh genesdhinyma v furihama vaane insha allah… keep it up dear??????

  3. @AL@A

    Thanks everyone twinkle haasakoh and congra u first ????????❤❤❤❤

  4. nyyy

    keep it up Aalaa dear..you can do this..no one’s gonna do it the perfect right way in the start.but the more you practice u can achieve it..you have this talent ..waiting patiently for the next part
    lots of love from me 😉

  5. nyyy

    🙂 **

  6. hash

    kudakoh mistakes huttas kuriah vure improve kohlaafa inkan faahagavey..adhives thankolheh bodah konnme seen ehves kiyaala dheynvee.. and and vaahaka dhigu kohli varakah reethivaane.. dhen explain kohdheyiru jeheyne readers ge gain heebihi nagaavaru kohlan biruveri story eh vejjiyya…?? so good luck ingey..heyvey story reethi vaanehen..waitin waitin 4 next part..??

  7. @AL@A

    Thanks a lot hash and nay you guys ge support as emu mi vaahaka mi up kohheveny and u guys understand and thanku inc again
    ☺☺☺☺☺☺❤❤❤❤❤????

  8. JINNI

    Brother dhen haadha kureyyy ???????

    1. someone
      JINNI

      jinni ah kamu dheytha?? thihenya khtheri kamaaeku kiyaa

    2. someone
      JINNI

      kmmx kamaku dhw series ah gothah up kurany

  9. ?

    so short

  10. JINNI

    HI.. SOMEONE.. THIKAN VES INGEYEY EKAMAKU VES MA KURU ✌?❤?

  11. nashh

    vrh intresting mi vaahaka i love this!!

  12. Anonymous

    Very interesting……

Comments are closed.