Skip to content
އެސްފިޔަ

އެވަރު ކަމެއް ހިނގާފާނެ

މިއަދަކީ ވަރަށް ޚާއްޞަ ދުވަހެކެެވެ. އެހެންކަމުން މިރޭ ވަރަށް ޚާއްޞަ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޖަލްސާގައި ބައިވެރިވުމަށް އަޅުގަނޑަށް ވެސް ދަޢުވަތުދިނެވެ.  ޖަލްސާއަށް ދިއުމަށް ތައްޔާރުވުމުގެ ގޮތުން އަޅުގަނޑު ބާޒާރަށް ދިޔައީމެވެ. ބާޒާރަށް ގޮސް ގަމީހަކާ ފަޓުލޫނެއް ގަތުމަށް ފަހު އެއާ ގުޅޭ ޓައީއެއް ވެސް ގަތީމެވެ. ބާޒާރުކޮށް ނިންމުމަށް ފަހު އަޅުގަނޑު ދިޔައީ ގެއަށެވެ.

އަޅުގަނޑު ގެއަށް އައިއިރު މެންދުރުގެ ކެއުން ވަނީ ތައްޔާރު ކޮށްފައެވެ. އޭރު އަޅުގަނޑުގެ ބަނޑުން އަޑުކިޔާލަކިޔާލާ ހުއްޓެވެ. އެހެންވެ، ކެއުމަށްޓަކައި އަޅުގަނޑު އަވަސްވެގަތީމެވެ. ކާން އިންދާ ކޮއްކޮ އައިސް އަޅުގަނޑަށް މަލެއް ދިއްކޮށްލިއެވެ.
ކޮއްކޮ ދެރަވެދާނެތީވެ، އަޅުގަނޑު ކެއުމަށް ބޭނުން ކުރި އުލާއި ސަމުސާ ތަށީގެ އެއްކައިރީގައި ބޭއްވުމަށް ފަހު، ކޮއްކޮ ދިން މަލުގައި ހިފީމެވެ. އެ މަލުގެ ވަސް ބެލުމަށް ކޮއްކޮ އެދުމުން، އެ މާ އަޅުގަނޑުގެ ނޭފަތާއި ގާތްކޮށްލީމެވެ.
ނަމަވެސް ރޯގާ ޖެހި ނޭފަތް ބެދިފައިވުމުން، އަޅުގަނޑަކަށް އެ މަލުގެ ވަހެއް ނޭނގުނެވެ. ކޮއްކޮ ދެރަވެދާނެތީވެ، އެ މަލުގައި ވަރަށް މީރުވަހެއް ދުވާ ވާހަކަ ކޮއްކޮ ގާތުގައި ބުނެ ކޮއްކޮ ހައްދާލާފައި ކެއުމައިގެން ކުރިޔަށްދިއައީމެވެ.

ކެއުމުން އަވަދިވުމުން، އަޅުގަނޑު ގަސްތުކޮށްލީ ނިދާލުމަށެވެ. ކޮޓަރިއަށް ވަދެ، ގަމީސް ބޭލުމަށް ފަހު ހަމަޖެހިލައިގެން އޮށޯވެ ހަށިގަނޑު ދަމާލީމެވެ. ހަމަ އޮށޯތުމާއެކު އެއޮއް އައި ގަދަ ނިންޖާއި ހެދި ހިތް އެދުނީ ހަމަ ގަދައަށް ނިދާލާށެވެ.

“ހުސޭނާ… ހުސޭނާ….. ހުސޭނާ…………” އަޅުގަނޑަށް ހޭލެވުނީ މާމަ އަޅުގަނޑަށް ގޮވާ އަޑުއިވުމުންނެވެ. އަވަހަށް މާމައަށް ޖަވާބު ދިނީމެވެ. “އޯތް މާމާ”. އާޅުގަނޑު ދެން ނަޒަރު ހިންގާލީ ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށެވެ. އަސްތާ ކަމަކުދާކަށް ނެތެވެ. އެ ގަޑިން ރޭގަނޑު އަށެއް ޖަހައި ބޮޑުވީއެވެ. 8:30 ގައި ޖަލްސާ ފެށޭނެއެވެ. ކަރަންޓުޖެހުނީމައި ވާގޮތަށް މުޅި މީހާއަށް ތެޅިގަނެވުނެވެ. އަޅުގަނޑު އަވަސްވެގަތީ ފެންވަރާށެވެ. ކުއްލިޔަކަށް ހަނދާންވީ އަޅުގަނޑުގެ ސެންޓުފުޅި ހުސްވެފައިވާކަމެވެ. އެހެނަސް ދެން ސެންޓުފުޅިއެއް ގަންނަން ދާކަށް ވަގުތެއް ނެތެވެ. އެެހެންވެ، މާމަ ގާތުގައި ސެންޓުފުޅިއެއް ގަތުމަށް އެދުނީމެވެ. ފައިސާ ދިނުމުން ފިހާރައަށް ދާން މާމަ ހިނގައިގަތެވެ.

ފެންވެރުމަށް ފަހު އަވަސްއަރުވާލައިގެން ތައްޔާރުވެ ނިމެން ގާތްވިތަނާހެން، މާމަ އައިސް ގެއަށްވަދެ އަޅުގަނޑާއި ވާހަކަ ދެއްކިއެވެ. “ދަރިފުޅުގެ ސެނޓުފުޅި މާމަގެ ކޮޓަރީގައި ހުރި މޭޒުމަތީގައި ބާއްވާފައި އޮންނާނެ…” އަޅުގަނޑު ތައްޔާރުވުމަށް ފަހު މާމަގެ ކޮޓަރިއަށް ވަނީމެވެ. އެތާގައި ހުރި ސުވިޗަކުން ބޮކި ދިއްލީމެވެ. ދިއްލުނީ ނިދާބޮތްކެވެ. އެކަމަކު އަވަސް ކުރަންވެގެން ހުދުބޮކި ނުދިއްލާ ސެންޓުފުޅި ނެގުމަށް އަވަސްވެގަތީމެވެ. ކޮޓަރީގެ އަލި ފަނޑުކަމުން މާ ބޮޑަކަށް އެތާގައި ހުރި ތަކެއްޗެއް ނުފެނުނެވެ. ނަމަވެސް ވަރަށް ފަސޭހައިން މޭޒުމަތިން ފުޅިއެއްގައި އަތްޖެހުނެވެ. “އަނނ.. މި ވާނީ ސެންޓުފުޅިއަށް.. މިތަން އަނދިރިކަމުން ވެސް މީތި ހޯދަން އެހާ އިރު ނަގާ ވިއްޔަ….” ގަޑިޖެހެން ގާތްވެފައި ވާތީވެ، ގަޔަށް ސެންޓުޖެހުމަށް ފަހު ނުކުމެ ސައިކަލަށް އަރާ ޖަލްސާއަށް ދިއުމަށް ނައްޓައިލީމެވެ.

އަޅުގަނޑު ޖަލްސާއަށް ހާޒިރުވުމުން އަޅުގަނޑުގެ ކައިރީގައި ތިބި މީހުން އަޅުގަނޑާއި ދިމާއަށް ބަލަންފެށިއެވެ. އެ މީހުން އެ ގޮތަށް ބަލާތީވެ، ހިތާހިތުން އަޅުގަނޑަށް ބުނެވުނެވެ. “ކީއްވެބާ އެންމެން އެ ބަލަނީ… ގައިމު ގަޑިއެއް ވެސް ނުޖެހޭ އަދި…” އެ މީހުން އަޅުގަނޑާ ދިމާއަށް ބަލާތީވެ، އަޅުގަނޑު ވަރަށް ލަދުގަތެވެ. އަދި އިތުރަށް ލަދުގަތީ، އަންހެން ކުދިންތައް ވެސް ބަލަބަލާފައި ހޭތީއެވެ. އެ ތަނުން ފިލާނީއޭ ވެސް ހިތަށްއެރިއެވެ. އެކަމަކު އެ ކަން މާ ބޮޑު ކަމަކަށް ނުހަދާ އެތާގައި ރީއްޗަށް އިނީމެވެ.

ޖަލްސާ ނިމުމުން ގެއަށް އައިސް މާމަގެ ކޮޓަރީގެ މޭޒުމަތީގައި އޮތް ސެންޓުފުޅި ނެގުމަށް، އެ ކޮޓަރިއަށް ވަދެވުނު އިރު މާމަ އޮތީ ނިދާފައެވެ. އެހެންވެ ހުދު ބޮކި ދިއްލާކަށް ނުކެރުނެވެ. މޭޒު މަތިން އެއްކަލަ ސެެންޓުފުޅި އަތުޖެހުނީ ވަރަށް ހާލުންނެވެ. ސެނޓުފުޅި ނެގުމަށް ފަހު އަޅުގަނޑުގެ ކޮޓަރިއަށް ވަދެ ބޮކި ދިއްލާލީމެވެ. “އަސްތާ…. މީ ކޯއްޗެއް…” އަޅުގަނޑުގެ އަތުގައި އޮތީ “ސެލްޓެކްސް” ފުޅިއެކެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނު މާމަގެ ކޮޓަރިއަށް ވަދެ ރަނގަޅަށް ބަލާލި އިރު، އެތާ ތަންކޮޅެއް ބިތްދޮށުގައި ކޮތަޅަކަށް ލާފައި ސެންޓުފުޅިއެއް އޮތެވެ. ހިތަށް އެރިއެވެ. އެވަރު ކަމެއް ހިނގާފާނެއެވެ.

(ނިމުނީ)

Comments (28)

  1. hash

    yeyy me first..haha zidhaaaan… v funny.. love the story.. u made me laugh.. keep it up buddy!! 😀

  2. eekko

    Yeyy me frst oo

    1. Zidhan Mohamed
      eekko

      Again… Congrats! ❤

  3. Mee

    ?????nice story

    1. Zidhan Mohamed
      Mee

      Thanks ❤ ??

  4. minion

    hama e waru kameh higaafaane dhw Zidhaan??

    1. Zidhan Mohamed
      minion

      Aan ekey ??

  5. Sima

    Hehehehe. Dhn alhe vas nudhuvaatha.. varah salhi..

    1. Zidhan Mohamed
      Sima

      Yeah… roagaa jehifa huri vaahaka liyefai ebahuti! ? thanks btw ❤

  6. Hassan

    Roagaa jehifatha noony hissu kendifatha?

    1. Zidhan Mohamed
      Hassan

      Aan vedhaane… Thanks! ❤

  7. Kitty

    ???????? assuves evaru kameh higaafaane

    1. Zidhan Mohamed
      Kitty

      Dhw ?❤

  8. Naash

    Every kameh vedhaane dhw ….. They mizamaani kudhin ulhn jehey Gotham especially boys hahahah

  9. Naash

    Every kameh vedhaane dhw ….. Thiey mizamaani kudhin ulhn jehey Gothaky.. especially boys hahahah

    1. Zidhan Mohamed
      Naash

      Aan… Thanks! ❤?

  10. Maama

    Hus joke tha liysn ingeny
    Joke site ah gos joke liye bala
    Mee joke liyaa site eh noon
    Very sorryyyyyyy

    1. Zidhan Mohamed
      Maama

      Mind your business! Thanks for the comment! ❤?

  11. Vaph

    Varah salhi mi vaahaka. Esfiya enme best vaahaka site ah vanee zidhaan men kahala kudhin ge samaasaa adhabu get liyun that ves Hime eythee. Your stories are awesome. ❤️

    1. Zidhan Mohamed
      Vaph

      Thanks! ❤?

  12. Zaan

    He he……majaa vaahaka eh…….dheravefa hure mi kee ekam kiyaanimun iru hevey hama…?❤

  13. Twinkle?

    Evaru kameh hingaafaane… alhaalaa ehcheh nun…hehehe… stry habeys masha allah❤❤❤

  14. Twinkle?

    Evaru kameh hingaafaane… alhaalaa ehcheh nun…hehehe… stry habeys masha allah

  15. blukish suhakko

    nooney zidhaan hahaha

  16. bla bla

    nice story

  17. it's me

    varah salhi

  18. oops

    dude i love it
    it is hillarious
    hahahahahah

  19. Nia

    Wow.varah salhi

Comments are closed.