Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބަރުބާދު (ތިންވަނަބައި)

shan Level 410 Stories100 Comments500 Comments100 Login
April 27, 2014 6 Mins Read
27 Comments

މީހަމަ ހަޤީޤަތެއް ހެއްޔެވެ؟ ނޫނީ އަހަރެންނަށް ފެންނަ ހުވަފެނަކީ ހެއްޔެވެ؟ އަހަރެން ފިރިމީހާގެ ވަގު ބިޓަކީ ޔޫނާ އެއް ނޫނެވެ. ޔުމްނުއެވެ. އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. ޤަބޫލްކުރަންވެސް އުނދަގުލެވެ. އަހަރެންގެ ބޮޑުވެފައިވާ ދެލޮލުން ފޯނަށް ބަލަމުން ދިޔައިރު ތުންފަތުގައި މަޑުމަޑު ތުރުތުރުލުމެއް އުފެދެމުން ދިޔައެވެ. ޔުމްނު އަހަރެންނަށް އެފަދަ ބޮޑު ކެއްސެއްދީފާނެ ކަމަކަށް ފަހަރެއްގައިވެސް ހިޔެއް ނުކުރަމެވެ. ކުޑައިރުންސުރެ އެންމެ ގާތުގައި އުޅުނު އެކުވެރިޔާ އަހަރެންގެ ހަޔާތް ބަރުބާދުކޮށްލުމަށް ފައިވިއްދާލައިފާނެކަމަށް ހީކުރާނީވެސް ވަކި ކާކުހެއްޔެވެ؟ އެއީ ހުވަފެނަކުންވެސް ފެނިފައިވާ ކަހަލަ ކަމެއްނޫނެވެ.

ޤަބޫލްކުރަން އުނދަގޫވިޔަސް އެހަޤީޤަތްވެސް ޖެހޭނީ ޤަބޫލްކުރާށެވެ. ދެން ހަދާނީ ކިހިނެއްހެއްޔެވެ؟ އަހަރެންގެ ބޯހާސްވާގޮތްވިއެވެ. ކޮޓަރިތެރޭ ދެކޮޅަށް ދެކޮޅަށް ހިނގަންފެށުނުއިރު ނޭވާ ދިޔައީ އަވަސްވަމުންނެވެ. ދެބުމަގޮށް ޖެހެމުންނެވެ. ދެދަތްޕިލަދިޔައީ ފިތި ބާރުވަމުންނެވެ. އެޔާއެކު އަހަރެންގެ ހިތުގައި ޔުމްނުގެ މައްޗަށް ނަފްރަތުގެ ހުޅުގަނޑެއް ރޯވެގެންދިޔައެވެ.

ޔުމްނު އަހަރެންނަށް ގުޅީ އެވަގުތުއެވެ. އަހަރެން އެ ފޯނަށް ޖަވާބު ދޭން ބޭނުންވިއެވެ. ހުރިހާ ހަޤީޤަތެއް އެގުނުކަން އަންގާލަންބޭނުންވިއެވެ. އަހަރެން ދެއަތުން މޫނުމަތި ފޮހެލަމުން ފޯނަށް ޖަވާބު ދިނީމެވެ.

“..ހޭ ލޫޝް.. ކިހިނެއްވީ؟..” ޔުމްނު ވަރަށް ހަމަޖެހިފައި ބުނި އަޑުއިވުނެވެ. އެއަޑުޖެހުމާއެކު އަހަރެންގެ ލޭތައް ކެކިގަތެވެ.

“..ކަލޭ ހީކުރީ ކީކޭ ކަމަށްތަ؟..” އަހަރެންނަށް ދެދަތްޕިލައަށް ބާރުކޮށްލަމުން ބުނެވުނެވެ. “..މަށަށް އެއްވެސް އެއްޗެއް ނޭގޭނެކަމަށްތަ ހީކުރީ..”

“..ހެ ހޭ ލޫޝް ވަޓްސް ރޯންގް..ހަމަޖެހިބަލަ..”

“.. މަމިހުރީ ހަމަޖެހިގެންނޭ..” އަހަރެންނަށް ހަޅޭލަވާ ގަނެވުނެވެ. “..ކަލޭ ތިއުޅެނީ މަ ހަމަޖެހިގެން އުޅުނަ ނުދޭނަމޭ ހިތާތަ؟ ގޮތްކުޑަ އަންހެނާ…”

“ލޫޝާ.. ވީގޮތެއް ނިކަން ސާފުކޮށްބުނެބަލަ ދުލަށްއައިހާ އެއްޗެއް..” ޔުމްނުއަށް ބުނެވުނީ އެހިސާބަށެވެ.

“.. ކަލޭ މާ މާތް މީހަކަށް ވާން އުޅޭނެކަމެއް ނެތް.. މިއޮށް ބޮޑު ދުނިޔެއިންވެސް ކަލެޔަށް މަގޭ ފިރިމީހާ ނޫން މީހަކު ނުފެނުނީތަ..؟؟ އޭނ.. ޔޫނާއެއް ނޫން މަގޭ ފިރިމީހާއާ ސިއްރު ގުޅުން ހިންގަނީ.. ކަލޭ.. ކަލޭ ..” އަހަރެންގެ އަޑުދިޔައީ ހިނދެއް ހިނދަކަށް ބާރުވަމުންނެވެ. “..އަޑުއިވިއްޖެތަ.. ވީގޮތް ސާފުވެއްޖެތަ؟ ލަދެއްވެސް ނުގަނޭނުން.. ކަލެޔަށް މަގޭ ސަބަބުންނޭ ތިޔަ ވަޒީފާ ގަނޑުވެސް ލިބުނީ.. އެވަރުންވެސް ކަލޭ ތި ދިމާކުރީ މަގޭ ދިރިއުޅުމުގަ ހުޅުޖަހަންތަ؟ ކަލޭ ތީ ލަދުކުޑަ ގޮތްކުޑަ ސުންޕާ އަންހެނެއް.. ކަލޭ..”

އަހަރެންގެ ވާހަކަ އެހިސާބަށް ދިޔަތަނާ ޔުމްނު ފޯން ކަނޑާލި އަޑުއިވުނެވެ. އޭރު އަހަރެންނަށް މާނޭވާ ލެވެއެވެ. ހޫނުވަމުން ދިޔައެވެ. ނިތްކުރިމަތިންނާއި ކަނދުރާދަށުން ދާތިކިތައް އޮހެމުން ދިޔައެވެ. ފޯން އަތަށްލައިގެން ހުރެ ކޮޓަރި ތެރޭ ދެކޮޅަށް ދެކޮޅަށް ހިނގާ ވަރުބަލިވީ އިރުވެސް އަހަރެންގެ ރުޅިގަނޑު ފިނިވާގޮތެއްނުވިއެވެ. ފެންނަ ހިސާބުގައި ޔުމްނު ހުރިނަމަ އަހަރެންގެ އަތުންފައިން ގޯހެއްވެސް ހެދުނީސްކަންނޭގެއެވެ. ޔުމްނުގެ މަޤާމުގައި ޔޫނާ ހުރިނަމަވެސް މިހާ ރުޅިއެއް ނާދެވުނީހެވެ. ފޯން ގޮދަޑި މައްޗަށް އެއްލާލަމުން އަހަރެން ފާހާނާއަށް ވަނީ ގަޔަށް ފެންއަޅާލުމުގެ ނިޔަތުގައެވެ. އޭރުން ކޮންމެސްވަރެއްގެ ހަމަޖެހުމެއް ލިބިދާނެ ކަންނޭގެއެވެ.

******

އަހަރެން ފެންވަރާލައިގެން ނިކުތްއިރު ހުރީ ރުޅިގަނޑު ފިނިވެ ހަމަޖެހިފައެވެ. ސިޓިންގ ރޫމަށް ނުކުންނަނިކޮށް ވަރަށް އަވަސް އަރުވާލާފައި ކައިލް އެޕާޓްމަންޓް އިން ނުކުންނަނިކޮށް ފެނުނެވެ. މަންމައާއި ކިނާން ސޯފާގައި އިނެވެ. ކައިލް އެހާ އަވަސް އަރުވާލާފައި އެދިޔައީ ކޮންތާކަށްބާއޭ އަހަރެންގެ ހިތަށް އެރިއެވެ. ކައިލް އާންމުކޮށް ގެއިން ނުކުންނާނީ ކިނާން ނިދުމުންނެވެ. ވަރަށް އެމަޖެންސީ ކަމެއް ދިމާވުމުން މެނުވީ ކިނާން ނިދުމުގެ ކުރިން ގެއިން ބޭރަކަށް ނުދާނެއެވެ. ކޮންކަމެއް ދިމާވީބާއެވެ؟

“..މަންމާ ކައިލް އެދިޔައީ ކޮންތާކަށް..” މަންމަ ކައިރީ އިށީންނަމުން އަހަރެން އަހައިލީމެވެ.

“..ފޯނު މާވަރަކަށް ރިންގ ވާން ހެދީމަ.. އެބައަންނަމޭ ކިޔާފަ އެ ނުކުތީ..” މަންމަ ބުންޏެވެ. “..ފިހާރަޔެއްގަ މައްސަލައެއް ދިމާވީ ކަންނޭގެ.. މަންމައަކަށް ނޭގެ ވީ ކިހިނެއް ކަމެއް.. “

އަހަރެންނަށް ވީ ގޮތް ވަރަށް ސާފުކޮށް އެނގުނެވެ. އެވާނީ ޔުމްނުގެ ކޯލަކަށެވެ. މަންމަގެ ކުރިމަތީ އެކޯލުތަކަށް ޖަވާބު ނުދީ ނުކުމެގެން އެދިޔައީ ޔުމްނުގެ ކޯލަކަށްވީމަކަން ޔަޤީނެވެ. އަހަރެން ސޯފާއިން ތެދުވެގެންގޮސް ބެލްކަންޏަށް ނުކުމެ މަގުމަތި ބަލާލީ ކައިލްގެ ސައިކަލު ފެންނަން ހުރިތޯއެވެ. ފަސްވަނަބުރީގައި ހުރިއިރުވެސް އަހަރެންނަށް ވަރަށް ރީއްޗަށް ކައިލްގެ ރަތްކުލައިގެ އެއަރ ބްލޭޑް ސައިކަލްފެނުނެވެ. އިރުކޮޅަކު ބެލްކަނީގައި މަޑުކޮށްލީމެވެ. ކައިލް މަގުމައްޗަށް ނުކުމެގެންދޭތޯ ޔަޤީންކޮށްލުމަށްޓަކައެވެ. ނަމަވެސް ކައިލްގެ ހިލަމެއް ނުވުމުން އަހަރެންނަށް ޔަޤީންކުރެވުނީ އޭނާ ވާނީ ޓެރަސްގައި ކަމެވެ.

***********

“..މަށަކަށް ލޫޝާ ވަރިއެއް ނުކޮށްލެވޭނެ..” ކައިލް ޓެރަސްގައި ހުރެ ބުނެލި ޖުމްލަ އަޑުއިވުމާއެކު އަހަރެން ކުރިޔަށް އަޅައަޅާހުރި ފިޔަވަޅު ތަކަށް ހުއްޓުމެއް އަޔެވެ. ޔުމްނު އަހަރެން ވަރިކުރުމަށްވެސް އެދެނީ ހެއްޔެވެ؟ ޔުމްނު އަހަރެންގެ ދިރިއުޅުމުގެ ތެރެއަށް ވަދެގެން އެއުޅެނީ ކީއްވެގެން ހެއްޔެވެ؟ އަހަރުމެންގެ ދިރިއުޅުން ހަލާކުކޮށްލެވޭއިރުވެސް އޭނަ ހިތަށް ހަމަ އެކައްޗެއްވެސް ނާރަނީ ހެއްޔެވެ؟ ހާދަހާ ގޮތެއްވެސް ނެތް އަންހެނެކެވެ.

“..ކީއްވެހޭ.. ހަމަ ނޭގިގެންތަ ތިއަހަނީ..” އަހަރެން މަޑު ހިނގުމެއްގައި ގޮސް ޓެރަސް އަށް ވަންނަ ދޮރުކައިރީ މަޑުކޮށްލީ ކައިލްއަށް ނުފެންނާނެ ހެންނެވެ.

“..ޔުމްނުއަށް ކީއްވެގެންތަ ނުވިސްނެނީ.. މަ ބޭނުމެއްނޫނޭ މަގޭ ދަރިފުޅާ ވަކިވާކަށް..” އަހަރެން ސިއްރު ސިއްރުން ބަލާލިއިރު ކައިލް ފޯނު ކަންފަތުގައި ޖައްސައިގެންހުރެ ޓެރަސްމަތީ ދެކޮޅަށް ހިނގަމުންދިއެވެ. އޭނާގެ ހިނގުން އަވަސްކަމުންނާއި ހަރަކާތްހުރިގޮތުން އޭނާ ހުރީ ހިތްހަމަނުޖެހިފައިކަން އެނގެއެވެ.

“..މަ ބޭނުންވަނީ އޭނަގެ ޤަބޫލްގަ މިކަންކުރަން.. މަންމަމެންވެސް ޤަބޫލްގަ މިކަންކުރަން.. ލޫޝާ ޤަބޫލްވެއްޖެޔާ މަންމަމެންވެސް ޤަބޫލްވާނެ..” ކައިލް އަނެއްކާވެސް ބުނެލި އަޑުއިވުނެވެ. އަހަރެންނަށް ޔުމްނު ދައްކާ ވާހަކަތައް ނީވުންކަމުގައި ވިޔަސް ކައިލްގެ އަޑު ވަރަށް ސާފުކޮށް އިވެއެވެ.

“..މަށަށް ލޫޝާއެއް މުހިންމެއް ނޫނޭ.. މުހިންމީ ދަރިފުޅު..” ކައިލް ތަންކޮޅެއް ބާރަށް ބުނެލިއެވެ. “..ކިނާން ނެތްނަމަ އޭނާ ވަރިކޮށްލީސްތާ ކޮންދުވަހެއް..” އަހަރެންނަށް ދެލޯ މަރާ ބާރުކޮށްލެވުނީ މޭމަތީ އަތްއަޅާލަމުންނެވެ. ކައިލްގެ ކުރިމަތީގައި އަހަރެންމީ އެއްވެސް އަގެއްހުރި މީހެއް ނޫނެވެ. ކުޑަކޮށްވެސް ކައިލް އަހަރެންދެކެ ލޯތްބެއް ނުވެއެވެ. ލޯބިވާނަމަ ހިލޭ އަންހެނެއް ކައިރީ އެފަދަ އެއްޗެއް ނުބުނީހެވެ.

“..ޔުމްނު ވިސްނާލަބަ.. ލޫޝާ ވަރިކޮށްލާފިޔާ މަށަށް މަގޭ ދަރިފުޅު ގެއްލޭނެ..” ކައިލް ވިސްނާދޭކަހަލަ ރާގެއްގައި މަޑުމަޑުން ބުނެލިއެވެ. “..އެހެންވެ މަމިބުނީ ލޫޝާ ވަރިކޮށްލެވޭކަށް ނެތޭ.. ޔުމްނު ނިކަން ހަމަޖެހިލައިގެން މިކަމާމެދު ވިސްނާލަބަ.. އަހަރުމެންނަށް އޮތީ ދެގޮތެއް.. އެއްގޮތަކީ ލޫޝާ ރުހުމުގަ ކާވެނިކުރުން.. ލޫޝާ މިކާވެންޏާ ޤަބޫލްނުވެއްޖާ ދެން އޮތް ގޮތަކީ ކުރިންވެސް އަހަރުމެން ރޭވި ގޮތަށް މިކަންކުރިޔަށް ގެންދިޔުން..” އަހަރެންނަށް ދެލޯ ހުޅުވާލެވުނެވެ. ސިކުނޑީގައި ސުވާލްމާކުތަކެއް ޖެހިގެންދިޔައެވެ. ކައިލްމެން ރާވާފައިވަނީ ކިހިނެއް ހަދަންބާވައެވެ؟

“..އެދެގޮތުން ކުރެ ކޮންމެ ގޮތަކަށް ކަންތައްވެގެންދިޔަސް ކިނާން ހުންނާނީ އަހަރެންގެ ކައިރީގަ.. ޔުމްނުއަށް މަންމަމެންގެ ރުހުންވެސް ލިބޭނެ..” ކައިލް ކިތަންމެ މޮޅު ރޭވުންތަކެއް ރޭވި ނަމަވެސް އަހަރެން ހަމަހޭގައި ހުރެގެން ތި ކާވެންޏަކާވެސް ޤަބޫލެއް ނުވާނަމެވެ. މަންމަގެ ރުހުންވެސް ޔުމްނުއަށް ލިބުނަކަ ނުދޭނަމެވެ. މިއަދު އަހަރެން ހުރިހާ ވާހަކަތަކެއް މަންމައަށް ކިޔާދޭނަމެވެ.

“..ޕްލޭން ކިތަންމެ ރިސްކް ބޮޑަސް.. އުނދަގޫ ކަމަކަށްވިޔަސް އެއީ އަހަރެންނަށް ފެންނަ އެންމެ ރަނގަޅު ގޮތަކީ.. ދެން ބާއްވަނީ.. މިރޭ 09 ގަ ދާނަން.. މިރޭގޮސް ދެން މިވާހަކަ ދައްކާނީ..” އަހަރެން މޫނުމަތީގައިވާ އުދާސްތައް ފޮހެލަމުން އަވަސް އަވަހަށް ސިޑިން ފައިބެގެން އައިސް އެޕާޓްމަންޓްއަށް ވަނީމެވެ.

އަހަރެން ކޮޓަރިއަށް ވަންއިރުވެސް ދެކަންފަތް ދަށުގައި ގުގުމަމުން ދިޔައީ ކައިލް އެންމެފަހުން ދެއްކިވާހަކަތަކެވެ. ވިސްނެމުން ދިޔައީ އެމީހުން އެބުނާ ޕްލޭންއަކާ މެދުއެވެ. އެމީހުން އެނިންމަނީ ރިސްކް ބޮޑު ކޮންކަމެއް ކުރަންބާއެވެ.

މިއަދު ކައިލްއާ ޔޫނާގެ ގުޅުމެއްވާކަމަށް ބުނެ ޔުމްނު އޮޅުވާލި އޮޅުވާލުން އެއީ އެބުނާ ޕްލޭންގެ ބަޔަކީ ހެއްޔެވެ؟ އަދިވެސް އަހަންނަކަށް ޔުމްނު އެގޮތަށް ވާހަކަދެއްކީ ކޮން މަޤުޞަދެއްގައި ކަމެއް ނުވިސްނެއެވެ. އެވާހަކަތައް އެގޮތައް ދެއްކުމުން އަހަރެން ކައިލް ދޫކޮށްލާފައި ހިނގާދާނޭ ހީވީ ކަންނޭގެއެވެ. ނަމަވެސް އަހަރެން ދިޔަޔަސްދާނީ ކިނާންވެސް ގޮވައިގެންނެވެ. ކައިލް ބުނެފައިވަނީ ދެގޮތުން ކުރެ ގޮތަކަށް ނިމުނަސް ކިނާން ހުންނާނީ އޭނާގެ ކައިރީގައި ކަމެވެ. ވީއިރު އެއީ އެޕްލޭންއާ ގުޅުންހުރި ކަމެއް ނޫނެވެ. ދެން އެމީހުން އެރާވަނީ ކޮންގޮތެއް ހަދަންހެއްޔެވެ؟ ކިނާން ކައިލްގެ ކާރީގައި ހުންނާނީ އަހަރެން ރުހުމުގައި އެކާވެނި ކުރެވުނިއްޔާއެވެ. ނުވަތަ އަހަރެން ދުނިޔޭގައި ނެތިއްޔާއެވެ؟ ކުއްލިއަކަށް އަހަރެންގެ ހިތަށްއެރި އެއްޗެއްގެ ސަބަބުން ދެލޯ ބޮޑުކޮށްލެވުނެވެ. ކައިލްމެން އެރާވަނީ އަހަރެންގެ ދުވަސް ދުއްވާލަންބާއެވެ؟ ނޫނެވެ. އެހެނެއް ނުވާނެއެވެ. ކައިލް ކިނާންދެކެ އިންތިހާއަށް ލޯބިވާއިރު ކިނާން މަންމަގެ ލޯބިން މަހުރޫމްކޮށްލާކަށް ބޭނުމެއް ނުވާނެއެވެ. ކިނާންއަށް ނިކަމެތި ކަމެއް ދޭކަށްބޭނުމެއް ނުވާނެއެވެ. ދެން އެހެންވީއިރު އެބުނާ މޮޅު ޕްލޭނަކީ ކޮބައިހެއްޔެވެ؟އަހަރެންނަށް ވިސްނާ ވިސްނާވެސް އެޕްލޭންއެއް ނޭގުނެވެ.

އެންމެފަހުން އަހަރެން ހިތާހިތުން ގޮތެއް ނިންމީމެވެ. އަހަރެން އެމީހުންގެ ކާވެންޏަކާވެސް ޤަބޫލެއް ނުވާނަމެވެ. ކައިލް ދޫކޮށްލާފައި ނުވެސްދާނަމެވެ. ކައިލް ދޫކޮށްލާނީ ގޮތް ހުސްވުމުންނެވެ. އަހަރެން ދަރިފުޅު ބައްޕަގެ ލޯބިން މަޙުރޫމްވިޔަކަ ނުދޭނަމެވެ. ފިރިމީހާ އިޞްލާޙްކުރުމަށް އަހަރެންނަށް ކުރެވުނުހާ މަސައްކަތެއް ކުރާނަމެވެ. އެލޯބި އަނބުރާ އަހަރެން ހޯދާނަމެވެ. ކައިލްގެ ބަލިފަޔަކީ ކޮބާކަން އަހަރެންނަށް ވަރަށް ރަނގަޅަށް އެނގިއްޖެއެވެ. ވީއިރު އެކަންނުކުރެވެންވީ އެއްވެސް ސަބަބެއްނެތެވެ. އަހަރެން ޖެހޭނީ ކުޑަކޮށް ހިތްވަރުކޮށްލާށެވެ. އަހަރެން ކަންތައްކުރަންވީގޮތް ހިތުގައި ރާވާލީމެވެ.

*****

އިރުއޮއްސި އަނދިރިވެގަތްތަނާ އަހަރެން ކިނާންއަށް ކާންދީ ފެންވަރުވާ ރީތީކޮށް ނިންމާލީ ކިނާން އަވަހަށް ނިންދެވުމުގެ ބޭނުމުގައެވެ. ކިނާން ނިދުމުން ނޫނީ އަހަރެން ބޭނުންވާ ގޮތަށް އެއްކަމެއްވެސް ނުކުރެވޭނެއެވެ. ގަޑިން ހަތްގަޑި ބައިވިއިރު އަހަރެން އިނީ ކިނާން ނިންދެވުމަށް އެނދުމަތީގައެވެ. ކޮޓަރިތެރޭ ކައިލް އިން ނަމަވެސް އޭނާ އަހަރެންނާ ދިމާއަށް ބަލާވެސް ނުލައި އިސްޖަހައިގެން އިނީ ފޯނާ ކުޅޭށެވެ. ޔުމްނުއަށް މެސެޖްކުރަނީ ކަންނޭގެއެވެ. ކިނާން ނިދުމުން ކުޑައެނދުގައި ބާއްވާލަމުން އެނބުރުނުއިރު ކައިލް އިނީ އަހަރެންނަށް ބަލާށެވެ. ކައިލް ކޮންމެވެސް ވާހަކައެއް ބުނަން އަނގަހުޅުވާލިހެން ހީވިއެވެ. އަހަރެންނަށް އޭނާ ދައްކާނެވާހަކަ އެނގުން ނަމަވެސް މަޑުކޮށްލައިގެން ހުރީ އެވާހަކައެއް އަޑުއެހުމުގެ ބޭނުމުގައެވެ. އެހެނަސް ކައިލް އެއްޗެއް ނުބުނުމުން ކޮޓަރިން ނުކުތުމަށް ހިނގައިގަތީމެވެ.

“..ލޫޝާ..” ކައިލް ގޮވާލި އަޑުއިވުމާއެކު ހުއްޓުނީމެވެ.

“..ވާހަކައެއް ބުނަން.. މަޑުކޮށްލަދެވިދާނެތަ..؟..” އަހަރެން މަޑުހިނގުމެއްގައި ގޮސް އެނދުގައި އިށީނީމެވެ. އަހަރެންނަށް އޭނާ ދައްކަންއުޅޭ ވާހަކަ ވަރަށް ރަނގަޅަށް އެނގެއެވެ. ކައިލްގެ ވާހަކައަށް ރައްދުދޭނެ ގޮތްވެސް އަހަރެން މިއިނީ ރާވާލައިގެންނެވެ.

“..އަހަރެން ބޭނުން ޔުމްނުއާ ކާވެނިކުރަން.. ދެއަތްބަށް..” ކައިލް އަހަރެންގެ ކުރިމަތީ ހުއްޓިލަމުން ބުންޏެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނެ ކައިލްއާ ދިމާއަށް ބަލަހައްޓައިގެން އިނީ ހަމަޖެހޭ ގޮތް ދައްކަމުންނެވެ.

“..މިކަމާ ޤަބޫލް ތޯ ނޫން ތޯ އަހާލަން ބޭނުންވަނީ..” އަހަރެން އެއްޗެއް ނުބުނެ އިނުމުން އަނެއްކާވެސް ކައިލް ބުނެލިއެވެ.

“..އަހަރެން ތިކަމާ ޤަބޫލެއްނޫނޭ ބުނެފިއްޔާއޯ..” އަހަރެން ކައިލްގެ މޫނަށް ބަލަހައްޓައިގެން އިނދެ ސުވާލްކުރީމެވެ. ކައިލް އެއްވެސް އެއްޗެއް ނުބުނެ އިރުކޮޅަކު ވިސްނަން ހުއްޓެވެ.

“..އޭރުން ލޫޝާ ވަރިކޮށްފަ ނަމަވެސް އަހަރެން ޔުމްނުއާ އިންނާނަން..” ކައިލް ބުންޏެވެ. ކައިލް އަހަރެން ވަރިކޮށްލަން ނުކެރޭނެކަން އަހަރެންނަށް ވަރަށް ރަނގަޅަށް އެނގެއެވެ.

“..ވަރިކޮށްލާ.. މަ ޤަބޫލެއްނުވާނަން ތިކަމަކާ..” އަހަރެން ވަގުތުން ބުނީމެވެ. “..އަހަރެން ކިނާން ގޮވައިގެން ރަށަށް ހިނގައިދާނަން..”

ކައިލްއަށް ލިބުނީ ހައިރާންކަމެވެ. ޝޮކެކެވެ. އެދަނޑިވަޅުގައި އަހަރެން އެކަހަލަ އެއްޗެއް ބުނެފާނެހެން ކައިލްއަށް ހީވެފައި ނެތުމުން ކަންނޭގެއެވެ. ކައިލްގެ މޫނަށް ވެރިވި ހާސްކަންވެސް އަހަރެންނަށް ވަރަށް ރީއްޗަށް ފެނުނެވެ. އޭނާ އެކަންތައް ސިއްރުކޮށް ހަމަޖެހޭގޮތް ދައްކަން އުޅުންނަމަވެސް އަހަރެންނަށް އެކަންތައް ފާހަގަވިއެވެ. ކައިލް ހީކުރީ ކީކޭ ކަމަށް ހެއްޔެވެ؟ އަންހެނުންނަކީ ބަލިކަށި ވިސްނުންކޮށި ބަޔެއްކަމަށް ހީވަންޏާ އެއީ ކުށްހީއެކެވެ.

“..އިތުރު ވާހަކައެއް ބުނަންވެފަ އެބައޮތްތަ؟..” އެނދުން ތެދުވެލަމުން އަހަރެން އެހީމެވެ. “.. ނެތިއްޔާ ގޮސްލަނީ..”

އަހަރެން ކޮޓަރިން ނިކުންނަށް ހިނގައިގަތްއިރު ހިތަށް ހަމަޖެހުމެއް ލިބިފައިވާ ކަހަލައެވެ. އެހިތްހަމަޖެހުން އަހަރެން ތުންފަތްމަތީގައިވާ ލުއި ހިނިތުންވުން ފެންނަ ކޮންމެ މީހަކަށް ދެނެގަނެވޭނެކަން ގައިމެވެ. ކައިލް އަނބުރާ އަހަންނަށް ލިބޭނެކަމުގެ ކުޑަ ނަމަވެސް އުންމީދެއް ލިބިއްޖެއެވެ.

“..ލޫޝާއަކަށް ކިނާންއެއް ނުގެންދެވޭނެ..” ކައިލްގެ ބާރު އަޑާއެގު އަހަންނަށް ހުއްޓެވުނެވެ. ފަހަތަށް އެނބުރި ބަލާލެވުނެވެ.

“..ކިނާން ހުންނާނީ އަހަރެންގެ ގާތުގަ!..” ކައިލްގެ ވަށްވެފައިވާ ދެލޮލުން އަހަންނަށް ބަލާލީ ރުޅިވެރި ނަޒަރަކުންނެވެ. “..ލޫޝާ މިގެއިން ނުކުމެގެން ދާންޖެހޭނީ ހުސްއަތާ.. ލޫޝާގެ ނެތް ކިނާން ބެލޭނެހާ ފެންވަރެއް.. އެހެންވީމާ ލޫޝާ ކިނާން ކައިރީ ހުންނަން ބޭނުންވަންޏާ.. މިކާވެންޏާ އާބަސް ބުނޭ.. ސާފުވެއްޖެތަ! ލޫޝާއަކަށް ނެތް އެނޫން ގޮތެއް..”

އަހަރެން އެއްޗެއް ނުބުނެ މަޑުޖެހިލީމެވެ. ކައިލް ހީކުރަނީ އަހަރެންމީ ނުކިޔަވާހުރި ތަނެއް ދޮރެއްނޭގޭ ޤަމާރެއްކަމަށް ހެއްޔެވެ؟ ދެމަފިރިން ވަކިވެއްޖެނަމަ ދަރިފުޅު ލިބޭނީ މަންމައަށް ކަން ކައިލްއަށްވެސް ނިކަން ރަނގަޅަށް އެނގޭނެއެވެ. ކައިލް ބިރު ތިގަންނަނީ އެކަމާއެވެ. އަހަރެން ވަރިކޮށްނުލެވިގެން ތި އުޅެނީ އެހެންވެގެންނެވެ.

“..ލޫޝާ ވިސްނާފަ ގޮތެއް ނިންމާ..” ކައިލް ބުންޏެވެ.

“..ކައިލް އަހަރެން މޮޔައަކަށް ހަދަން ނޫޅުނިއްޔާ ރަނގަޅުވާނީ..” އަހަރެން ހަމަޖެހިލަމުން ހިނިތުންވުމަކާއެކު ބުނީމެވެ. “..ދަރިފުޅު ކޯޓުން ހަވާލުކުރާނީ އަހަރެންނާ.. އެއްވެސް ޤާނޫނަކު ނޯންނާނެ މަންމަ ދަރިފުޅު ބަލަންހުރިހާ ހިނދަކު ބައްޕައަށް ލިބޭނެއެކޭ.. އެހެންވީމާ ކައިލް ވިސްނާފަ ގޮތެއް ނިންމާ.. އަހަރެން ގޮތެއް ނިންމައިފިން.. ތި ކާވެންޏެއް އަހަރެންނާ އިނދެގެން ހުރެ ނުކުރެވޭނެ.. އަދި ބުނަން ކައިލް ތިކުޅިގަނޑު ހުއްޓާނުލާފިޔާ އަހަރެން ވަރިވެގެން ކިނާން ގޮވައިގެން ދާނީ ރަށަށް.. އަހަރެން ޤަބޫލެއްނޫން ތިކާވެންޏަކާ.. ސާފުވެއްޖެ!..”

ކައިލް ބަސް ހުއްޓިފައި އަހަރެންނަށް ބަލަހައްޓައިގެން ހުރީއެވެ. އޭނާ އެއްޗެއް ބުނަން އަނގަ ހުޅުވާލި ނަމަވެސް ބުނާނެ އެއްޗެއް ނޭގިގެން އަނގަ ލައްޕާލަމުން ފުން ނޭވާ އެއް ދޫކޮށްލިއެވެ. އަހަރެން ކޮޓަރިން ނިކުތީ ހިނިތުންވެ ހުރެއެވެ. މިއަދު ކައިލް ފޯނުން ދެއްކި ވާހަކަތައް އަޑުއިވިފައި ނުވާނަމަ މިރޭމީ އަހަރެން ކައިލް ފައިބުޑަށް ވެއްޓި ރޮއެ އާދޭސް ކުރާނެ ރެޔެކެވެ.

އަހަރެންނަށް ހިތްވަރު ލިބިއްޖެއެވެ. އަހަރެން ދެރަވާކަށެއް އަދި ރޯކަށެއްވެސް ބޭނުމެއްނޫނެވެ. މާތްﷲ އިރާދަފުޅާއެކު އަހަރެންނަށް ކާމިޔާބު ލިބޭނެ ކަމުގެ ޔަޤީންކަން އަހަންނަށް އެބައޮތެވެ. ދެން އޮތީ މަންމަގެ ލޯ ކުރިމައްޗަށް ކައިލްގެ އަސްލުސިފަ ދައްކާލަދިނުމެވެ. އަހަރެން އެކަންވެސް މިރޭ ކުރާނަމެވެ. މިރޭ 09 ޖަހާއިރު ޔުމްނު ގެޔަށްދާނީ ކައިލް އެކަންޏެއް ނޫނެވެ. އަހަރެންނާއި މަންމަވެސް ދާނަމެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shan

Level 410 Stories100 Comments500 Comments100 Login

އަޅުގަނޑުގެ ވާހަކަތަކުގައި ކުށް ބަސްތަކާއި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ހުރުން އެކަށީގެންވެއެވެ. އެކަންތައް ރަނގަޅު ކުރުމަށް ތިޔަ ކިޔުންތެރިންގެ އެއްބާރުލުން ލިބޭނެކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ.

Other Articles

Previous

ދީވާނާ ލޯބިން ވެއްޖޭ. . [6]

Next

ހިތް ފަނާވެދަންދެން… ( 3ވަނަ ބައި )

Next
April 27, 2014

ހިތް ފަނާވެދަންދެން… ( 3ވަނަ ބައި )

Previews
April 26, 2014

ދީވާނާ ލޯބިން ވެއްޖޭ. . [6]

27 Comments!

  1. GuDuMeena says:
    April 27, 2014 at 12:50 am

    WoW. . !!! Hama HABEYSSSSSSSS!!!!!. . Varah nala genesdheefa in goi. . Heevany hama anna kick ga Kyle ge kanfai mahchah ai dhovelevidhaanehen. . 😛 varah salhi. . aneh bayakah inthizaaaru kuran. . kei madhuvefa mihury. .

    1. nishan says:
      April 27, 2014 at 8:25 am

      ehehe.. loosha vs kyle kanfaiy mahchah aiy dhovelaane adhi mi dhaa varun dhanya.. thanx GuDu ge habeys comment ah..

  2. bubbles says:
    April 27, 2014 at 1:09 am

    Masha allah v v salhi mi vaahaka.. v ginain vaa gotheh dhw miy.. ekam idhegen dhariaku libunu fahun dhw mi egunee adhi mi ulheveny loabi nuvaa meehakaa kan idhevigen..dhn vaane gotheh hithah nugenevifa mi onnanyyyy.. Hehehehe. .:-D

    1. nishan says:
      April 27, 2014 at 8:32 am

      yep mee thee varah gina meehunah medhuverivaa kameh.. thanx bubbles for the lovely coment..

    2. GuDuMeena says:
      April 27, 2014 at 8:38 am

      bubbles vx reygandu nunidhaa mikamaa dhw this visnee. . 😛

    3. nishan says:
      April 27, 2014 at 9:16 am

      mi coment kiyaali ma heevee GuDu mikamaa reyga nunidhaa ove visnihen 😛

    4. GuDuMeena says:
      April 27, 2014 at 10:10 am

      haha :”> u’ve seen it through dhw. . hmmm dhen mihaa varugadha kulhi gandeh kulhey iru visneyne ehnu Loo ai dheythereyga. . 😀

  3. fathun says:
    April 27, 2014 at 8:43 am

    vvvvvvvvvvv.salhi. avahaha mum ah angaala. awsome. kail hykuri goiy dhoo

    1. nishan says:
      April 27, 2014 at 9:20 am

      mum ah engeyne mifaharu.. loosha ekan kuran hithu niyai ganegen eyni 😛 kyle heekuraa haa gothakah kanthakeh nuvaane.. 😀 thank yu fathun…

  4. shif says:
    April 27, 2014 at 12:40 pm

    wow,-v nice,,,avah up konladeyti

    1. nishan says:
      April 27, 2014 at 2:10 pm

      thank yu shif.. las nukoh up kohla dheveytho varah masahkaiy kuraanan..

  5. Thu says:
    April 27, 2014 at 12:51 pm

    Masha Allah v molhu story eh….loosha hiyvaru eluvaanulaa kuriah dhey…we r wit u…lov dis story….next part kn dhuvahakun…

    1. nishan says:
      April 27, 2014 at 2:17 pm

      thu men thihen thibihaa hindhaku loosh ge hiy vareh neyleyne 😀 next part mi week ga up kohla dheynan in shaa allah.. thank yu thu…

  6. naam says:
    April 27, 2014 at 2:51 pm

    Avahah up kohdheythi nishaan..kon dhuvahakun up kohdheyny,, dhuvas bunaathi ingey nishaan 😀

    1. nishan says:
      April 27, 2014 at 3:41 pm

      Dhuvas dho!!! Thursday kamah balamaadho.. Eyge kurin vs ninmaalevihjeyaa up kohlaanan.. 😀

  7. Yashaa says:
    April 27, 2014 at 7:55 pm

    vvvvv nice story nishan

  8. Yashaa says:
    April 27, 2014 at 7:56 pm

    vvvv nice mi story vx Nishant

    1. nishan says:
      April 27, 2014 at 8:18 pm

      Hey yashaa… Haadha dhanna kuhjje hen heeve ey rangalhah baa mi heevanee.. Thank yu Inge..

  9. Yashaa says:
    April 28, 2014 at 12:01 pm

    yhhh.. ragalha thi hykurevuny.. n ur most wc

    1. nishan says:
      April 28, 2014 at 12:10 pm

      happy to see yu again 🙂

  10. heart says:
    April 28, 2014 at 5:50 pm

    Mi story ga mivanee v v ginain dhiri ulhumuga dhimaavaa gotheh hama best friend ginain ekan kuraanee ves

    1. nishan says:
      April 29, 2014 at 8:18 am

      yeah mi kahala gothah kanthah vefa ebahurii hageegii dhirii ulhumugai vs.. thanx vaahaka kiyaali thii…..

  11. anth says:
    April 29, 2014 at 10:49 am

    varah varah nice vaahaka eh.plx thankolheh avahah vaahakaige anehbai genes dhey thi.

  12. nishan says:
    April 29, 2014 at 11:08 am

    tomorrow or thursday ga up kohdheynan in shaa allah.. 🙂 keep reading… thank yu anth..

  13. Haxu says:
    April 29, 2014 at 4:15 pm

    vv reethi mi part vx.. loosh avahah mom kairy buney eyrun dhen habeyx vaani. waiting 4 nxt part.. kiyaa hithun hureveny ky noon.. 🙂

    1. nishan says:
      April 29, 2014 at 8:03 pm

      Yeah haxu loosh will do that 😉 thanks for the comment.. Tc

  14. Ajinamoto says:
    April 2, 2017 at 3:22 am

    Saabahey thiee fisaari kabaleh.. Loosha ah vaane…

Comments are closed.

Next Episodeބަރުބާދު (ހަތަރުވަނަބައި)←


All Right Reserved!