ކުރީގެ އަދަދާއި ގުޅޭ: “ޒާރާއަށް ކިހިނެއްވީތަ؟” ސިތާރާއަށް އެވާހަކައާ ބެހޭ އިތުރު ސުވާލުތައް ކުރުން ހުއްޓައެއްް ނުލެވުނެވެ.
“ދަރިފުޅާ އެއީ ވަރަށް ނަސީބު ދެރަ ރެއެއް. ޒާރާއާއި ޒާރާގެ ފިރިމީހާ މަރުވީ އެކްސިޑެންޓެއްގައި. ކޮންމެވެސް ތަނަކަށް ދާން އެމީހުން ދަނިކޮށް އެކަން ދިމާވީ. ޒާރާއާއި ފިރިމީހާ ހިނގާފައި ދަނިކޮށް ކުއްލިއަކަށް މާބާރު ސުޕީޑެއްގައި އައި ކާރަކުން ޖެއްސީ.. އޭރު ޒާރާގެ އުރުގައި އެމީހުންގެ ތުއްތު ދަރިފުޅުވެސް އިން. ޒާރާ ސަލާމަތްކުރަން ޒާރާގެ ފިރިމީހާ އުޅުނަސް އެކަމެއް ވާގޮތެއް ނުވި. އެއެކްސިޑެންޓްގައި ސަލާމަތްވީ އެތުއްތު ކުއްޖާ އެކަނި. ދަރިފުޅަށް އެނގޭތަ އެކުއްޖާ ސަލާމަތްކުރީ ކާކުކަން. ދަރިފުޅުގެ ބައްޕަ. ބައްޕައަށްވެސް އެންމެން ސަލާމަތް ކުރެވޭގޮތް ނުވީ.. ބައްޕަ އުޅުނީ ޒާރާ ސަލާމަތްކުރަން. އެކަމަކު ޒާރާ އަވަސްއަވަހަށް އިޝާރާތުން ދެއްކީ އަތުގައި އޮތް އެކުޑަކުޑަ ތުއްތު ދަރިފުޅު. ބައްޕަ އަތަށް ޒާރާ އެތުއްތު ކުއްޖާ ދެވުންތަނާ މަދު ސިކުންތުކޮޅެއްވެސް ނުވަނީސް އެކަންވެ ނިމިއްޖެ. އެކްސިޑެންޓް ހިނގައިފި. ބައްޕައަށް އެތަނަށް ދެވުންއިރު ވަަގުތު ކުޑަވެފައި އޮތުމުގެ ސަަަަަަަަަަަަަަަަަަބަބުން ސަލާމަތްކުރެވެން އޮތީވެސް ކޮންމެވެސް އެކަކު. ޒާރާއަށްވެސް ބައްޕަ ލޮލަށް ފެނުން. ބައްޕަކަން އެނގުންވެސްމެ. އެންމެފަހުން ޒާރާ މަރުވެެެެެެެެެެެެގެން ދިޔައީވެސް ބައްޕަގެ ލޯކުރިމަތީގައި. އެކަންވީ ބައްޕައަށް ވަރަށް ވޭންހުރިކަމަކަށް.” އެހިތާމަވެެެެރި ހާާދިސާ ކިިިިިިިޔައިދެމުން ގެންދިޔައިިިިރުު ޔާާާސްމީންވެސްްް އިނީ ހިތްދަތިވެފަަަަައެވެ.
“ޒާރާއަށް އެއީ ބައްޕަކަންް އެނގުނޭ؟ ބައްޕަ އެސިފައިގައިތަ ދިޔައީ؟” ސިތާރާ ހުރީ އަދިވެސް އިތުރަށް އޮޅުންފިލުވަން ބޭނުންވެފައެވެ.
“ނޫނޭ.. އެސިފައިގަަ އެއްނޫން. އެކަމަކުު ޒާރާ ސަލާމަތްކުރަން އުޅުނީތީ އެއީ ބައްޕަކަން ޒާރާއަށް ވަރަށް އަވަހަށް ދެނެގެނެވިއްޖެ. ޒާރާއަށް މާކުރީންވެސް ބައްޕައަކީ އިންސާނެއްނޫންކަން އެނގޭ.. އެވާހަކަ މިކިޔާދެނީ.. ބައްޕައާ ޒާރާ ދިމާވިގޮތް.” އެހެން ބުނެފައި ޔާސްމީން، އެހުރިހާ ވާހަކައެއް އޭނާގެ ދަރިފުޅަށް ކިޔާދޭން ފެއްޓިއެވެ.
************************
މައްޗަށް އުދުހެމުންދިޔަ ޒިލާލްގެ ފިކުރު ބަދަލުވުމާއެކު އަނބުރާ ބިމަށް މިސްރާބު ޖެހިއެވެ. ޒިލާލްގެ މަންޒިލަކަށްވީ ފުނަދޫގައި ޒާރާ އުޅުނު ގެއެވެ.
އެރަށާއި ދިމާއިން މަތިން އުދުހެފައި އައިސް އެގޭ ބޭރު ދޮރުކުރިމައްޗަށް ކުރިމައްޗަށް ޒިލާލް ތިރިކޮށްލިއެވެ. އެއަށްފަހު ޒާރާ ގާތަށް އައި ޒިލާލް ކުރިން އައި ކުޑަކުއްޖާގެ ސޫރައަށް ބަދަލުވިއެވެ.
އެގޭގެ ވަށައިގެންވީ ހަމަހިމޭންކަމެކެވެ. ޒިލާލްވެސް އެހުރި ފިޔަވަޅު މަތީގައި ގުޑާނުލާ ހުރިއިރު ހަނދާނަށް އަންނަމުންދިޔައީ އެންމެ ފުރަތަމަ ޒާރާ ފެނުނު ދުވަހެވެ. އެދުވަހު ޒާރާ ބިރުގަނެފައި ހުރިވަރެވެ.
***********************
“ހަލޯ؟ ރަނގަޅު މައުލޫމާތެއް ދޯ ތިއީ؟” ސައިކަލެއްގެ ފަހަތުގައި އިނދެ ފޯނުން ޒޭން ވާހަކަދައްކަމުން ގެންދިޔައެވެ.
“އާނ. ޔަގީނެެއްނު. ޒޭން ބްރޯއަށް އެނގެއެއްނު އަހަރެންގެ މަކަރުވެރިކަން. އަހަރެން މަކަރުން ހުރިހާ މައުލޫމާތެއް މިހޯދާލަނީ.. ލޮކޭޝަން ހަމަ ކޮންފާރމްޑް. ” އެކޮޅުން ވާހަކަދެއްކި މީހަކު ބުންޏެވެ.
” އާނ. މައްސަލައެއް ނޯންނާނެ އިނގޭ.. ތޭންކްސް ފޯރ ދަ އިންފޮމޭޝަން. ” ފޯނު ކަނޑާލަމުން ޒޭން ބުނެލިއެވެ.
” ކޮބާ؟ ކަލޭމެންނަށް އިވިއްޖެއެއްނު. އޭނަގެ ދުވަސް ދުއްވާލަން ދާން ތައްޔާރުވޭ. ” ޒޭން އޭނާގެ އެކުވެރިންނާއި ވާހަކަދެއްކިއެވެ.
އޭރު ޒޭންއާއި އޭނާގެ އެކުވެރިން ތިބީ މީހުންނޫޅޭ ފަޅުގެއެއްގައެވެ. ކަންތައް ކުރިއަށް ގެންދާނެ ގޮތަކާއި ބެހޭގޮތުން އެމީހުން އޮތީ ޕްލޭން ކޮށްފައެވެ.
އެހެންތިބެތިބެފައި ޒޭންއާއި އޭނާގެ އެކުވެރިން ސައިކަލްތަކުގައި މަގުމައްޗަށް ނުކުތީ ރޭގަނޑު 9 ޖެހިތަނާއެވެ.
*************************
” މީދެން ކިހާ ބޮޑުވެއްޖެކަމެއް..” ކޮންމެވެސް ކަމަކާ ރުޅިއައިސްފައި ޝަަަަަައިހާ ވިލްދާންގެ ގައިގައި ޖެހިއެވެ. އޭރު އެމަންޒަރު ބަލަން އިންސާނުންނަށް ނުފެންނަ ބާރަކާއެކީގައި ފޮރުވިގެން ސިތާރާއާއެކު އިތުރު އެހެން ޖިންނިއެއްވެސް ހުުުުުުުުއްޓެވެ.
” މިހިރަ އަންހެނެއް. މަ ކިހާ ދުވަހެއް ވެއްޖެ މީނައަށް ފާރަލާތާ. ހިތަށް އަރާ ގޮއްސަ ހަމަަ….” ސިތާރާގެ ރުޅިގަނޑު ކޮންޓްރޯލުން ނެއްޓިއެވެ.
“އޭ.. ސިތާ ކޮއްކޯ ހަމަޖެހޭ.. އިކްލީލްބެ މިހިރީއެއްނު.. އެހެންވީމާ ހާސްވާނެކަމެއް ނެތް.. ކޮއްކޮ ދެން ހަދާ ގޮތް ބަލަންހުރޭ.. އެހާ އަވަހަށް ރުޅިއައިސްގެން ކަމަކު ނުދާނެ..” ސިތާރާ ގާތުގައި އިކްލީލް އެހެން ބުނަމުން ޝަައިހާއަށް ބަލާލީ މަކަރުވެރި ހިނިތުންވުމަކާއެކުގައެވެ.
“އިކްލީލްބެއަށް ކީއްކުރެވޭނީ؟” އިކްލީލް އެހެން ބުނުމާއެކު ސިތާރާ އިކްލީލްއަށް ބަލާލިއެވެ. އިކްލީލް ސިތާރާއަށް ހިލީއިރު މުޅި ލޯ ހުރީ ކަޅުކުލައިގައެވެ.
“ހުންނާނެ ކުރެވޭނެ ކަންތައް. ކޮންމެކަމެއް ކޮށްފަވެސް މި އަންހެނާއަށް ރަގަޅު ފިލާވަޅެއް ދޭނަން.” އިކްލީލް އެވަގުތު އެތައް ރޭވުމެއް ރާވާލިއެވެ.
” އާނ.. ތިގޮތަށް ކަންތައް ކުރިއްޔާ މަށަަށް ރަނގަޅީ.. މިހާރުވެސް ރުޅިއައިސްގެން ކިރިޔާ މިހުރެވެނީ.. ” ސިތާރާ ހުރީ ރުޅިއައިސްގެން ތުރުތުރު އަޅާހާލުގައެވެ.
” ކޮއްކޮއަށް އިނގޭނެ ބޭބެ މީ ކޮންކަހަލަ މީހެއްކަން. އަދި އަމުދުން މިކަހަލަ މީހަކާމެދު ރަނގަޅަށް ކަންތައް ކުރާކަށް ބޭބެއެއް ނޫޅެން.. މި އަންހެނާގެ ބަލިފައި އެހެރީ. އެ ފިރިހެންކުއްޖާ.” އެވަގުތު އެތަނަށް އައި ޒޭން، އިނގިލިން އިޝާރާތް ކޮށްފައި ސިތާރާއަށް ދައްކާލިއެވެ.
“ދެން ސިތާ ބަލަން ހުރޭ.. މިވަގުތުން ފެށިގެން..” އެހެން ބުނެފައި ކުއްލިއަކަށް ސިތާރާގެ ލޯމަތިން އިކްލީލް ގެއްލުނެވެ.
************************
” ޒޭން؟ ބޭބީ ލޭ ތިހިރީ ކަރުދޮށުގަ. އަނެއްކާވެސް؟ ޒޭން ފެނުމުން ޝަައިހާާގެ ސަމާލުކަން ޒޭންއަށް ހުއްޓުނެވެ. “ހުމްމް. ބޭބީ ދެން އެހާ ގިނަ ސުވާލު ނުކުރޭ.. ހިނގާދާން ކޮޓަރިއަށް.. ” ޒޭން ޝަައިހާގެ އުނަގަނޑުގައި އަތް އަޅުވާލުމަށްފަހު ހިނގައިގަތެވެ.
” ކިހިނެއްވީ؟ ” ޝަަަަައިހާ އެކުގައި ހިނގާފައި ދަމުން ގޮސް ވަކިހިސާބަކުން ކުއްލިއަކަށް ޒޭންއަށް ހުއްޓުމެއް އެރިއެވެ.
” ކަމެއް ނުވޭ.. ހިނގާ އަވަހަށް. ” ޒޭން ހީލާފައި އަވަސްއަވަހަށް ދެފަރާތަށް ބޯހޫރުވާލިއެވެ. ޝަައިހާގެ ސިކުނޑީގައި އެކަމާއި މެދު ކުޑަކޮށް ސުވާލު އުފެދުނު ނަމަވެސް ޝަަަަަައިހާވެސް ޒޭންއަށް ހީލިއެވެ.
ކޮޓަރިއަށް ވަނުމުގެ ކުރިން އެޕާޓްމެންޓްގެ ކުޑަދޮރު ކައިރީގައި ބަލަންހުރި ސިތާރާއަށް ޒޭން ހިނިތުންވެލިއެވެެ. އެވަގުތު ޒޭންގެ ދެލޯ ކަޅުކުލައަށް ބަދަލުވިއެވެ. އެމަންޒަރު ފެނުމުން ސިތާރާއަށްވެސް އެއީީ ކާކުކަން އެނގިއްޖެއެވެ.
************************
ޝަަަަަަަައިހާގެ ކޮޓަރި ތެރެއަށް ވަދެވުމާއެކު ޒޭން އަވަސްއަވަހަށް ދޮރު ތަންޑުއެޅުވިއެވެ.
” ބޭބީ ދާންވީނު ފްރެޝް ވެލަން.. ” ޝަަަަަަަަަައިހާާ ޒޭންގެ ގާތަށް އައިސް ހުއްޓުނެވެ. އެވަގުތު ޒޭން އައިސް ޝަަަަަަަައިހާގެ އުނަގަނޑުގައި ދެއަތް އަޅުވާލިއެވެެ.
“މިރެއަކު ނުދާނަން.. މިރޭ އަހަރެން ހުންނާނީ ހަމަ މިހެން..” ޒޭން ޝައިހާއަށް ނުރައްކާތެރި ގޮތަަަކަަށްް ބަލާލަމުން ހީލާފައި ބުނެލިއެވެ.
އޭރު ޝަައިހާއަށް ބެލެމުން ދިޔައީ ޒޭންގެ ކަރުދޮށުގައި ހޭކިފައި ހުރި ލެއަށެވެ. އެތަން ފެނި ޝަައިހާއަށް ހިންދިރުވާލެވުނެވެ.
” މީތަ؟ ތިހާ ބިރުގަންނަންޏާ މި ފޮހެލަފާނަމޭ. އެކަމަކު މިރެއަކު އެހެން ސަކަރާތް ޖަހާކަށް އަހަންނަކަށް ނޫޅެވޭނެ. ” އެހެން ކިޔާފައި ލައިގެން ހުރި ޓީޝާޓް އަމިއްލައަށް ވީދާލުމަށް ފަހު ފާހާނަ އިސްކުރުން ކުޑަކޮށް ތެންމާލައިގެން އައިސް ޒޭން އެތަން ފޮހެލިއެވެ.
އެމަންޒަރު ބަލަން ޝަައިހާއަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އެހެން ރޭރޭ ޒޭން އައިސް އެންމެ ފުރަތަމަވެސް ފެންވަރާނީއެވެ.
” ކޮބާ މިކަންތައް ވެސް މިނިމުނީނު.. އެވަރުގެ ކަމެކޭ.. ” ޒޭން އައިސް ޝަައިހާ ކުރިމަތީގައި ހުއްޓުނެވެ. އޭރުވެސް ޝަަަަަައިހާ ހުރީ ހަމަ ހުރިތަނުގައެވެ.
ކުއްލިއަކަށް ޒޭން ޖެހި ކުއްލި ލުތްކަކާއެކު ބަސް ހުއްޓިފައި ހުރި ޝަައިހާ އެނދުމައްޗަށް ވަަަަަަަަަަައްޓާލިއެވެ. ޝަައިހާއަށް ބަހެއް ބުނާނެ އިތުރު އެންމެ ފުރުސަތެއްވެސް ނުދީ ޒޭން، ޝަައިހާ ލައިގެން ހުރި ފޭރާންތައް އަތުން އިރާލިއެވެ.
އެވަގުތު ޝަައިހާއަށް ހަމަބިމަށް އާދެވިގެން ދެލޯބޮޑުކޮށްލާފައި ޒޭންއާއި ދިމަ ބަލާލިއެވެ. ޒޭންގެ މޫނުމަތީގައިވާ ހިނިތުންވުން ޝަައިހާއަށް ފެނުނެވެ.
ޝަައިހާގެ ސިކުނޑި ތެރޭގައި ސުވާލަކަށް ފަހު ސުވާލެއް ފުނިޖެހެމުން ދިޔައެވެ. އެހެނަސް އެސުވާލުތަކަށްް ޖަވާބެއްް ހޯދާނޭ ވަގުތެއްވެސް ޝަައިިހާާއަަަަަަކަށް ނުލިބުނެވެ.
ފޭރާންތައް ހަމަވަކިކޮށްލެވުމާއެކު ޒޭން ޝަައިހާގެ ގައިމައްޗަށް ޖެހިގަތީ ބަނޑުހައިވެފައިވާ ޖަނަވާރެއް ފަދައިންނެވެ. ޝަައިހާގެ ހަށިގަނޑުން އުފާ ހޯދަމުން ދިޔައީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ.
********************
” ބޭބީ ކިހިނެއްތަ މިރޭ ތިއުޅުނީ؟ އެއްޗެކޭ ހީނުކުރައްޗޭ.. އެކަމަކު މިހެން ބުނެވޭނީ. ހީވަނީ ކަރުހިއްކައިގަނެގެން ދުވަހަަކުު ފެންފޮދެއްވެސް ނުލިބި ހުރިހެން. ” ޝަައިހާ ޒޭންއާ ވީފަރާތަށް އެނބުރިއޮވެ ވާހަކަދެއްކިއެވެ.
” ކީއްވެ އެހެން ތިބުނީ؟ ” ޒޭން އެނގޭކަމަކަށް ނުހެދިއެވެ.
” އެހެން މިބުނީ.. އެއޮތީ ވިއްޔަ ހެދުންތައްވެސް އިރާފަ. ބޭބީ ދުވަހަކުވެސް ކަންތައް ކުރިގޮތެއް ނޫނެއްނު އެއީ.. ” ޝަައިހާ އިތުރަަށްް އެކަމާ ވިސްނަންފެށިއެވެ.
” ދެން ތިހެންވީއިރު ކީއްވެ އަހަރެން ނުހުއްޓުވީ؟ ބޭބީ އުފަލެއް ނުވޭދޯ؟ ” އެހެންބުނެފައި ޒޭން އުޅުނީ އަނެއް ފަރާތަށް އެނބުރޭށެވެ.
” ނޫން.. އުފާވޭ.. ކުރީގައި ދުވަހަކުވެސް ނުލިބޭފަދަ އުފާ މިރޭ ލިބިއްޖެ.. އެކަމަކު ބޭބީ ކުރިއާ ތަފާތުކޮށް އުޅޭތީ މިބުނީ އެހެން. އެކަމާ ދެން އަޅާނުލާ.. ” ޝަައިހާ އެވަގުތު ޒޭންގެ މޭގައި ބޯ އަޅާލިއެވެ.
ޒޭންވެސް ޝައިހާގެ ހަށިގަނޑުގައި ދެއަތްވަށާލުމަށްފަހު ހިނިތުންވެލިއެވެ. އެވަގުތު އަނެއްކާވެސް ޒޭންގެ ދެލޯ ކަޅުކުލައަށް ބަދަލުވިއެވެ. އެހެންނަމަވެސް ޝަައިިހާާއަަށްް މިފަހަރުވެސް އެމަންޒަރު ފެންނަ ގޮތެއް ނުވިއެވެ.
“މިއީ އަދި ފެށުން. ސިތާ ކޮއްކޮއަށް ނޭނގުނަސް އަހަރެން ތި އަންހެނާއަށް ފާރަލަން. އެކަމަކު ތިއަންހެނާދެކެ އަހަރެން ކުޑަކޮށްވެސް ލޯތްބެއްނުވޭ.. ނިވާކަން ކުޑަ ހެދުން އަބަދު ލާނީ. އަހަރެން ތި އަންހެނާއާ އަޅައިގަތީ އެހެންވެ. މިހާރު ތިއީ ހަމަ އެކަނިި މަގޭ މީހެއް. އަހަރެން ބޭނުންްގޮތަކަށް އުފާވެސް ހޯދާނަން.” ނިދާފައި އޮތް ޝައިިހާާއަށް ބަލާލަމުން ޒޭން ހިތާހިތާ ކިޔާލިއެެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.



Reethi
V reethi ekamaku pick aa gulhumeh neth kan faahaga kohlan
New photo eh innane. Btw photo up kurevey gotheh nuvey. Due to some prob