އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 4
އިރު އަރާ ގަޑިކަމަށް ވުމުން އުދަރެސް ވަރަށް ރީތިކޮށް ފެންނަމުންދެއެވެ. އެއްކޮޅުން އަނެއްކޮޅަށް ފަތަމުން ދިޔަ އަރުޝް އަޑިއަށް ފީނާލުމަށްފަހު ބޯ ފެންގަނޑުން މައްޗަށް ނެގިވަގުތު ގޮނޑު ދޮށުގައި ތެލި ދޮންނަމުންދިޔަ ކުއްޖާއަށް ހާއްސަ ސަމާލުކަމެއް ދެވުނެވެ. ކައިރިން ބަލާލުމަށްޓަކައި ފަތަމުން ދިހަވަރަކަށް ފޫޓް ދުރުގައި ހުރެ ބަލައިލިއެވެ. އަރުޝްގެ ހިތް ތެޅެންފެށީ އެޔެއްމިޔެއް ބަލާފައެއް ނޫނެވެ. އެ ރީތި ދޮންމޫނަށް ބަލަހައްޓައިގެން އިނދެވުނެވެ. އެކުއްޖާގެ ސަމާލުކަން އޭނާ ކުރަން އިތް މަސައްކަތަށް ހުއްޓިފައި ވާއިރު މީހަކު ބަލަން ހުރި ކަމެއް ނޭނގެއެވެ. އިރުކޮޅަކާ ހިނިތުންވެލާއިރު ކޮލަށް އެޅިލާ އަޑިކޮޅުން އަރުޝްގެ ހިތް ދޫވެގެންދިޔަ ކަހަލައެވެ. ފުރަތަމަ ނަޒަރުން އެ ސޫރަ އަރުޝްގެ ހިތުގައި ބިންވަޅު ނެގުނެވެ.
ޝާމިންމެން ކޮބައިތޯ ބަލާލި އިރު އެމީހުން ފޯނަށް ގެއްލިފަ ތިބިތަން ފެނުމުން އިތުރަށް ގޮވާކަށް ނޫޅެ އެކުއްޖާ ކުރަމުންދިޔަ ކަންތަކަށް ސަމާލުކަން ދީގެން މޫދުގައި އިނެވެ. އެހިސާބަކީ ފައި ޖެހޭ ހިސާބަކަށްވުމުން ރީތިކޮށް އިށީންދެ ލިޔަސް ކިރިޔާ ލޮނު ގަނޑު ހުންނަނީ މޭ ކަށިމައްޗާ ހަމައަށެވެ. އެހެންކަމުން ރީތިކޮށް އެކުއްޖާ ފެންނަމުންދެއެެވެ. ދެތިން ތެއްޔެއް ދޮވުމަށްފަހު ފެން ލުމަށްޓަކައި މޫދު ދޮށަށް އެކުއްޖާ ކައިރިވެލިއެވެ.އަދި ތެލި ތައް ބެހެއްޓުމަށްފަހު ދެއަތް ފެންފޮދަކުން ދޮވެލައި, އަދި ލާފަ ހުރި އަރި ފެޅި ހެދުމުގެ ދެފަރާތް ގެނެސް އަރިމައްޗަށް ގޮށެއް ޖަހާލިއެވެ. އަދި ތެލިތައް ހިފައިގެން މޫދުގެ ވަކި ހިސާބަކަށް އެެރި ތެލި ތަކުގައި ފެންލިއެވެ. ދެތިން ފަހަރު ދޮވެލުމަށްފަހު އެއްގަމަށް އަރަންދިޔައެވެ.
މިހުރިހާ މަންޒަރެއް ބަލަން އާޝޯހުވެފައި އަރުޝްއަށް އިނދެވުނެވެ. އަދި ތަފާތު ހިޔާލުތަށް ސިކުނޑީގައި ދައުރުވަމުންދެއެވެ. ގެވެހި މުރާލި ކުއްޖެއް މިވީހާ ދުވަހު އަރުޝް އެއް ނުދެކެވެ. އެ ގޮތް ނޭނގޭ ކުއްޖާ ދެކެ ލޯބި ވެވުނީބާއޭ ވެސް ހިތަށް އެރިއެވެ. އެކަމަކު ހަމަ އެވަގުތު އަރުޝް ހިތަށް އެރިއެވެ. ސާރާގެ ނަން އިވުމުން އޭނާއަށް އެވަމުންދާ ގޮތާއި އަދި އެކުއްޖާ ފެނުމުން އޭނައަށް ވަމުންދާ ގޮތުން މިވަނީ ކީއްބާއެވެ. އަނެއްކާ ދެމީހުން ދެކެ ވެސް ލޯބި ވެވުނީބާއޭ ހިތަށް އެރުމުން ޗޮކެއް ކަނޑާލާ ބޮލުގެ ފުއްކިބައިގައި އަތުން ޖަހާލީ ބޯ ގޯސްވީހޭ ބުނަމުންނެވެ.
ޝާމިންމެންނަށް އެނގިދާނޭތީ އެކުއްޖާ ފަހަތުން ދިއުމަށް މޫދުން އަރާ ބަލާލިއިރު އެކުއްޖާ ގޮނޑުދޮށަށް ނިކުމެވެން ހުންނަ ކުޑަ މަގާ ދިމާލުން އެއްގަމަށް އަރައިފިއެވެ. ދުވެފަ ކަހަލަ ގޮތަކަށް އެއްގަމަށް އަރަނިކޮށް ސިހުނީ އޭ ކިޔާ މީހަކު ގޮވާލީމައެވެ. އަޑުއައި ދިމާލަށް ބަލާލިއިރު ހަމީދުއާއި ޝާމިން އަރުޝް ކައިރިއަށް އަންނަނީއެވެ. އަރުޝްއަށް ބޭ އިޙްތިޔާރުގައި އޯ ޝިޓް އޭ ބުނެލެވުނެވެ.
“ކޮންތާކަށް މާ އަވަސް އަރުވާލައިގެން އަހަރެމެން އެތާއޭ ތިބީ” ޝާމިން ކުރި ސުވާލަށް އަރުޝްއަށް ދޭނެ ޖަވާބެއް ނޭނގުނެވެ. އެހެންކަމުން އެއްވެސް ތާކަށް ނޫނޭ ދެން ހިނގާށޭ މިހެން ބުނެ ވާހަކަ ހުއްޓުވިއެވެ. އެމީހުންވެސް ކަމަކަށް ނަހަދާ ދިޔަގޮތަށް ދިޔައީއެވެ.
ހެނދުނު ސައި ބޮއެގެން އަރުޝްމެން ސްކޫލަށް ދާން ނިކުތްއިރު ނުވައެއް ޖަހަން ވިއްސަކަށް މިނިޓް ހުއްޓެވެ. އެހެންކަމުން ދެމީހުން ހަމަޖެހިލައިގެން ސްކޫލަށް ދިޔައީ އަދި ވަގުތު އެބަ އޮތޭ ބުނަމުންނެވެ. ފުރަަތަމަ އޮތް ޕްރޮގްރާމް ހާއްސަކޮއްފާ ވަނީ އުމުރުން 18 އަހަރާއި 21 އަހަރުގެ ޒުވާނުންނަށެވެ. ދެމީހުން ހަމަޖެހިލައިގެން ތިބީ މީހުން އަންނަންދެންނެވެ. މަޑުމަޑުން މީހުން ގިނަވަމުންދެއެވެ. އޭރު ހޮސްޕިޓަލްގެ މުވައްޒިފުންވެސް ތިއްބެވެ. އިތުރު ކުދިންތަކެއް ނާންނާނެ ކަމަށް ބެލުމަށްފަހު އަމިއްލަ ތަޢާރަފް ދިނުމަށްފަހު އަރުޝް ތައްޔާރުކޮއްފައިވާ ޕްރެޒެންޓޭޝަން ފެށިއެވެ. އެވަގުތު ވަދެގެން އައި މީހަކު ފެނިފައި އަރުޝްގެ ހިތް ތެޅިގަތެވެ. ލޯ ބޮޑު ކޮއްގެން ހުރެވުނީ ގަބޫލް ކުރަންދަތިވެފައެވެ. ބުނަން އުޅުނު ބަސްވެސް އަރުގައި ތާށިވިއެވެ. އެއީ މިއަދު ފަތިހު ގޮނޑު ދޮށުން ފެނުނު އަރުޝްގެ ފަތިހުގެ ރާނީއެވެ. އެ ނުދަންނަ ކުއްޖާއަށް ޓަކައި ހިތް ބޭ ގަރާރް ވަމުންދިއެވެ. ހަމީދު ކޮއްޓާލުމުން އަރުޝް ސިހިފައި ހަމީދުއަށް ބަލާލިއެވެ. ހަމީދު އިޝާރާތުން ފެއްޓުމަށް ބުުނުމުން އަރުޝްއަށް ބަލާލެވުނީ އެ އަންހެން ކުއްޖާއާ ދިމާލަށެެވެ. އޭރު އެކުއްޖާ އިށީންނަނީއެވެ. އެކުއްޖާ އިށީނުމާއެކު ކައިރީގައިން މީހާ ތެދުވެގެން އެހެންތާކަށް ގޮސް އިށީނެވެ. އަރުޝް ހުރީ މިވަނީ ކީއްކަން ނޭނގިފައެވެ. އެކުއްޖާގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވިއެވެ. އެހެންނަމަވެސް އިސްޖަހާގެން އިނެވެ.
އަރުޝް އަނެއްކާވެސް ނަން ބުނުމަށްފަހު ޕްރެޒެންޓޭޝަން ފެށިއެވެ. ކޮންމެ އުމުރަކަށް ސިއްހަތާއި ދުޅަހެޔޮކަން ބޭނުންވާ މިންވަރާއި ކަސްރަތާއި ރަނގަޅު ސިއްހަތެއްގަ ހުރުމަށް ކުރެވޭނެ ކަންތަކާއި މިކަންތަކެވެ.ރާއްޖޭގައި ސިއްހަތުގެ މައްސަލަ އެ އުމުރުގައި ހުރި މިންވަރެވެ. އަރުޝްގެ އަޑު އިވުމުކާއެކު ސާރާގެ ގައިން ހީބިހި ނަގައިގެންދިޔައެވެ. އިސްއުފުލާ އަރުޝް އަށް ބަލާލިއެވެ. އެހާ ހިތްގައިމު އިންސާނެއް ސާރާގެ އުމުރުގައިވެސް ނުދެކެވެ. ސާރާއަށް ބޭ އިޙްތިޔާރުގައި ހިނިތުންވެވުނެވެ. ދެންމެ ހިތުގައިވި ނުތަނަވަސްކަން ފިލައިދިޔަކަހަލައެވެ. އެހައި ހިތްގައިމު ޒުވާނެއް އަދި ސާރާ ނުދެކެއެވެ. މީހެއްގެ އަޑު އިވި މީހަކުފެނި ސާރާގެ ހިތަށް ގޮތްވީ މީ ފުރަތަމަ ފަހަރެވެ. ކަޅިޖަހާވެސް ނުލާ އަރުޝްއަށް ބަލަން އިނދެވުނެވެ. އިރުކޮޅަކާ އަރުޝްވެސް ސާރާއަށް ބަލާލައެވެ. އަރުޝްއަށްވެސް ސާރާ ބަލާކަން ފާހަގަކުރެވުމުން ހިތް ކުރިއަށް ވުރެ ބާރަށް ތެޅެންފެށިއެވެ. ދެމީހުންވެސް ސިއްރުސިއްރު އެކަކު އަނެކަކަށް ހިތުން މެސެޖް ކުރަމުންދެއެވެ. ވަށައިގެންވާ އެއްވެސް ކަމެއް ދެމީހުންނަށްވެސް ރޭކާނުލައެވެ.
އަރުޝް ވާހަކަ ހުއްޓާލުމަށް ފަހު ހަމީދަށް ފުރުސަތު ދެމުން އެއްފަރާތް ވެލިއެވެ. އަރުޝް ދެން އެތާ ހުރި ފޮޓޯ ނަގަން ހުރި މީހާ އަތުން ކެމެރާ ހޯދުމަށްފަހު ހޯލުގެ ދިމަދިމާ ފޮޓޯ ނަގަމުންދިޔައެވެ. އަރުޝްގެ އަމާޒަކަށްވީ ސާރާގެ ފޮޓޯ ނެގުމެވެ. އަދި ސާރާ އިން ހިސާބަށް އައުމަށް ފަހުވެސް ފޮޓޯ ނަގަމުންދިޔައެވެ. އަރުޝްގެ ފޯނުންވެސް އެތާ ތިބި މީހުންގެ ފޮޓޯ ނަގަމުން ގޮސް ސާރާއާ ދިމާލަށް ފޯނު ދިއްކޮއްލުމާއެކު ސާރާ ލަދުން އިސްޖަހާލިއެވެ. ސާރާއިނީ ތަންކޮޅެއް ފަހަތުގަ ކަމުން އެތާ މީހުންމަދެވެ. ސާރާ އަރުޝް ދިޔަހެން ހީވިމާއެކު ބަލާލިއެވެ. ބަލާލިތަނުން އަރުޝް ސާރާގެ ފޮޓޯއެއް ނެގިއެވެ. ހީވީ އެކަމަށް ތައްޔާރު ވެގެން ހުރި ހެންނެވެ.
ކަނޑައެޅި ފުރަތަމަ އުމުރުފުރާ އަށް ހަމަޖެއްސި ގަޑި ނިމުމާއެކު, މީހުންތައް ހޯލުން ނިކުންނަމުންދިޔައެވެ. ކޮންމެ ބަޔަކަށް ވެސް ތިން ގަޑިއިރުވަނީ ހަމަ ޖައްސާފައެވެ. ސާރާ ނިކުމެގެން ދާން ފެށުމުން އަރުޝް ސާރާއަށް ބަލާލިއެވެ. ސާރާވެސް އަރުޝްއަށް ބަލާލުމަށްފަހު ހިނިތުންވެލިއެވެ. އަރުޝްއަށް އޭނަގެ ހިތާ ދިމާލުގައި އަތް އަޅާލެވުނެވެ. ހަމީދު ލެޕްޓޮޕުން އެއްޗެއް ބަލަން އިން ކަމުން އަރުޝް އުޅުނު ގޮތެއް ނުފެނެވެ. ފެނުނު ނަމަ ކޮންމެސް އެއްޗެއް ބުނާނެކަން ޔަގީނެވެ.
ް
ސްކޫލުން ނިކުމެގެން ހަމީދު އާއި އަރުޝް މަޑު ހިނގުމުގައި ގެޔާ ދިމާލަށް ދިޔައެވެ. “އޭ އަރުޝް ކިހިނެއް ވެގެން މިއަދު އުޅުނީ, ދުވަހަކުވެސް ނުކުރާ ކަމެއް މިއަދު ތިކުރީ, ފޮޓޯ ނެގުން”ހަމީދު އަތުން އިޝާރާތް ކޮއްލަމުން އެހިއެވެ.
“އަބަދަކު އެއް ގޮތަކަށް ކަންތަކެއް ނުވާނެ, ބައެއް ފަހަރު ޖެހޭނެ ކުރާ ކަންތައް ތަފާތުކޮއްލަން” މިހެން ބުނެ ހަމީދުގެ ކޮނޑަށް އަތް ވައްޓާލިއެވެ. އަރުޝްގެ މޫނުމަތީގައި ވަނީ ކާމިޔާބުގެ ހިނިތުންވުމެެވެ. އަދި ސާރާ ދިން ނަޒަރަތަކުން ސާރާވެސް ގަޔާވަނީ ބާއޭ ހިތަށް އެރުމުން ބުނަން ނޭނގޭ އުފާވެރިކަމެއް ހިތުގައި ވިއެވެ.
ދެމީހުންވެސް ވަރުބަލިކަމާއެކު އަންނަނިކޮށް ބަންގި ގޮވާ އަޑު އިވުމުން ދެމީހުން މިސްކިތަށް ގޮސް ޖަމާޢަތުގައި ނަމާދު ކުރުމަށްފަހު އަވަހަށް ގެއަށް ދިއުމަށް ހިނގައިގަތެވެ. ސަބަބަކީ ނަގާފައިވާ ބޯ ވިއްސާރަ ގަޑެވެ. ދެމީހުންނަށް ގެއަށް ވަދެވުނީ ނަސީބަކަށެވެެ. ހީވީ ދެމީހުން ގެއަށް ވަދޭތޯ ބަލަބަލަ ތިބިހެންނެވެ. ވާރޭ އޮއްސާލިއެވެ. ގެއަށް ވަތް އިރު ޝާމިން ސިޓިންގްރޫމްގައި ފިލްމެއް ބަލަންއިނެވެ. ފިލްމް ބަލަން އައުމަށް ބުނުމުން ޖައްސާލާށޭ މިދަނީ ކަމަށް ބުނެ ދެމީހުން ގޮސް ކޮޓަރިއަށް ވަނެވެ. ޝާމިން އަޅާނުލާ ބަލަން އިން ފިލްމް ބަލަންފެށީ އެމީހުން ވަރުބަލިވާނެކަން އެނގޭތީއެވެ.
އަރުޝް ކޮޓަރިއަށް ވަތް ގޮތަށް އެނދުމައްޗަށް ވެއްޓިގަތެވެ. އަދި ފޯނު ނަގާ މިއަދު ނެގި ފޮޓޯތަކަށް ބަލަމުން ދިޔައެވެ. ހިނިތުންވެލަމުން ސާރާގެ ފޮޓޯއަށް ބަލާލިއެވެ. އަދި ސާރާގެ ރީތިކަމަށް ތަޢުރީފް ކުރެވުނެވެ. ސާރާގެ ކޮލަށް އެޅިފައިވާ އަޑިކޮޅުން ސާރާގެ ރީތިކަން އެތަށް ގުނައަކަށް ދައްކައެވެ. އަރުޝް މާ ހެވިފަ އޮތްތަން ފެނުމުން ހަމީދު އަށް ހައިރާންކަން ލިބުނެވެ. އަދި ވެގެން އުޅެނީ ކީއްތޯ އަހައިލިއެވެ. “ސާބަސް, މިއަދު ނެގި ފޮޓޯތަކަށް މި ބަލަނީ, ރާއްޖެ ތެރޭގެ ފުރަތަމަ ރަށުގެ ހަނދާންތައް މިއީ, ހާއްސަ ވާނެއެއްނު” އަރުޝްގެ ވާހަކައަށް ހަމީދު އެއްބަސް ވުމުގެ ގޮތުން ބޯ ޖަހާލި އަރުޝް އެ ބުނި އަސްލު ބަހުގެ މާނަ ނޭނގި ހުރެއެވެ.
“އޭ ހިނގާ ކާން, ވަރަށް ހައިވެއްޖެ” ހަމީދު އެހެން ބުނުމުން މިއޮއް ވިއްސާރަ ދުވަހު ބޭނުމީ ނިދާލާށޭ ކިޔައި ބާލީހުގައި ބައްދާލިއެވެ. ހަމީދު ކޮޓަރިން ނިކުތީ ހައިވެފަ ހުރިލެއް ބޮޑުކަމުންނެވެ. އަރުޝްއަށް އެއްގޮތަކަށް ވެސް ނިދޭ ގޮތެއް ނުވިއެވެ. ލޯ މަރާލާއިރަށް ސާރާގެ ލޯބި ލޯބި މޫނުފެންނާތީއެވެ.
“އަދި އެކުއްޖާގެ ނަމެއް ވެސް ނޭނގެ, އެހެންވީމަ މިހެން އޮވެގެން ކަމަކު ނުދާނެ, އެކި ބަހަނާގައި ގިނައިން ބޭރަށް ދާންވީ, އޭރަށް ގެ ވެސް އިނގޭނެ, ގިނަގިނައިން ބައްދަލް ވެއްޖެއްޔާ ކިހާ ރަނގަޅު, އެކަމް ވަރަށް ސިއްރުން އުޅެން ޖެހޭނީ، އަހަރެންނަށް އެކުއްޖާ ލިބިއްޖިއްޔާ ދުވަހަކުވެސް ދޫ ނުކުރާނަން މިހެން ކިޔާ އަމިއްލަ ނަފްސާ ވާހަކަ ދައްކަމުންދިޔައެވެ.
އަރުޝްއަށް ނުނިދުމުން ކޮޓަރިން ނިކުތެވެ. ނިކުތް އިރު ޝާމިން އާއި ހަމީދު ފިލްމް ބަލަން ތިއްބެއެވެ. ” ޝާމިން, ދެނަހުރިންތަ, ދެންމެ ބަނޑުހައިވެގެން މީހަކު ކޮޓަރިން ނިކުތްކަން, މަށަށް ހީވަނީ ކައްކާފަ ހުރި ހުރިހާ އެއްޗެއް ހުސްކޮއްފަ ހެން ތެދުވާނީ, ” އަރުޝް ވަރަށް ހަމަޖެހިލާފައި ހަމީދުއަށް ބަލަމުން އެހިއެވެ. “ޝާމިން ދެނަހުރިންތަ މި ވިއްސާރަ ދުވަހު އެހާ ގިނައިރު ނިދާފަ އޮތް މީހެއް, ހިޔެއް ނުވޭ މިރޭވެސް ތެދުވާނެ ހެނެއް, ” ހަމީދުވެސް އަނގައިން ދެރަ ނުވުމަށްޓަކައި ބުންޏެވެ. ޝާމިން ވާނުވާގަ ފަހަރަކު މީހެއްގެ މޫނަށް ބަލަމުންދިޔައެވެ. ކުއްލިއަކަށް އަރުޝް އާއި ހަމީދު ހޭންފެށިއެވެ. އަދި ވެގެން އުޅޭ ގޮތް ކިޔައިދިނެވެ. ޝާނިމްވެސް އެކަމުގައި ބައިވެރިވިއެވެ.
“އަސްލު މަ ބުނަން އުޅުނީ ހިނގާށޭ މިއަދު ބޭރަށް ކާންދާން, އަހަރެން ގެ ހަރަދުގަ،” އަރުޝް އެހެން ބުނުމާއެކު ހަމީދުއާއި ޝާމިން އަށް އެއްފަހަރާ އަރުޝްގެ ކަރުގަ އަތްލެވުނެވެ. އަދި ބުންޏެވެ. ހަމަގައިމުވެސް ހުމެއް ނެތް, ދެން ކީއްވެ މޮޔަ ގޮވަނީ, އަރުޝް ތީ ދުވަަހަކުވެސް ބޭރުން ކައި މީހެއް ނޫން މިބުނީ ހޮޓާ ރެސްޓޯރެންޓް ތަންތަނުން, މިއަދު ކިހިނެއްވީ އަނެއްކާ, “ހަމީދުގެ ސުވާލަށް އަރުޝް ޖަވާބުދިނެވެ. “ރާއްޖެތެރޭ ރަށަކަށް އާދެވުނީމަ ހިތަށް އެރީ, ހަަމަހިމޭން މާހައުލެއްނު”, ދެން ހިނގާ މާ ސުވާލު ގިނަ ކުރަންޏާ ކެންސަލް ވެދާނެ, “އެހެން ބުނުމާއެކު ދެމީހުން އަވަހަށް ހިނގާށޭ ބުނެ ކުޑަ ހިފައިގެން ނިކުތެވެ. އޭރުވެސް ވާރޭ ވެހެމުންދެއެވެ.
ތިން މީހުންވެސް ތިބީ ރަށުގެ މީހުން އާންމުކޮށް ގޮސް އުޅޭ ކެފޭއެއްގައެވެ. އޭރުވެސް ހުއްޓާނުލާ ވާރޭ ވެހެމުންދެއެވެ. ކެއުމަށް އިންސާފު ކުރަމުންދިޔައީ އެކިއެކި ވާހަކަދައްކަމުންނެވެ. ކެއުން ނިންމާލުމަށްފަހު އަރުޝް ބިލް ދެއްކިއެވެ. އަދި ގެއަށް ދިއުމަށް ތިން މީހުންވެސް މިސްރާބު ޖެހިއެވެ. އޭރު މަގުމަތީގައި ކުޑަ ކުދިންނާ ބޮޑެތި މީހުން މަޖާ ނަގަމުންދިޔައެވެ. ރަށްފުށުގެ މީހުން އުޅެނީ ހާދަ މިނިވަން ކަމާއެކު އޭ އަރުޝް ހިތަށް އެރިއެވެ. ގެއާ ހަމައަަށް ދެވި ގެއަށް ވަންނަން އުޅެނިކޮށް އަރުޝްގެ ލޮލުގައި އަޅައިގަތީ ވާރެއާ ތެމެން ހުރި ސާރާއެވެ. އަރުޝްގެ ފިޔަވަޅު ހުއްޓުނެވެ. ހިތް ބުނަމުން ދިޔައީ ގެއަށް ނުވަދެ އަނބުރާ ދިއުމަށެވެ.އެހެންކަމުން ހަމީދުމެން ކައިރީ ފިހާރަޔަށް ގޮސް އެބަ އަންނަމޭ ބުނެ އަނބުރާ ދިޔައެވެ.
ސާރާ ވާރޭ ތެރޭގައި އުޅެމުންދާ ގޮތް އަރުޝްގެ ފޯނުގައި ދިޔައީ ރައްކާކުރަމުންނެވެ. ކޮންފަދަ ހިތްގައިމު ކަމެއް ބާއޭ ހިތާ ހިތުން ބުނެވުނެވެ. ކުޑަކުއްޖަކާ އެއްވެސް ތަފާތެއް ނެތެވެ. އަމިއްލަ ހިޔާލުގަ ސަކަރާތްޖަހަމުންދާއިރު ވަށައިގެންވާ އެއްވެސް ކަމެއް ނޭނގޭ ކަހަލައެވެ. އަރުޝްގެ ހިތް ނޭނގޭ ވަސްވާސްތަކުން ފުރެމުންދިޔައެވެ. ކުއްލިއަކަށް އަރުޝްގެ ދެލޯ ބޮޑުވީ މީހަކު އައިސް ސާރާގެ އަތުގައި ހިފާ ދަމާފަ ގެންދަން ފެށުމުންނެވެ. އޭރު ސާރާ ދަނީ ނުދާންވެގެން ގަދަ ހަދަމުންނެވެ. އަރުޝްގެ ލޭ ދިޔައީ ކެކިއަރައިގެންނެވެ. ދެއަތް މުއްކަވާލެވުނެވެ. އަރުޝް ގެ މޫނުމަތިން ރުޅިވެރިކަން ނޫން އެހެން އެއްޗެއް ނުފެނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
26 Comments!
Comments are closed.




Me frst dhw
Yes eekko. Ur first
Hiii. Hurihaa kudhin. Miothy 4part. Uhmeedhu kuran kamudhaane kamah. 10 ehaa iruvess up kuran fonuvaigen lass dhw kiyaalan libun leh. Dhen faharaku avas kohlaanan ingey. Story kiyaafa comment kohlahchey hurihaa kudhin vess?❤?❤??
vrh vrh reethi …when next part …
❤❤❤❤❤❤❤❤❤❤❤❤❤❤
Thanx baby girl
wow… ae kaaku baa??? vvv rythi masha allah❤❤❤
Thanx twinkle❤❤❤❤❤ee kaakubaa?????
i think eii naufal kanneynge… hehe anyways stry hama habeys….
varah salhiingey
Vvvvvvv nice mi story..???
When next part Masha Allah mi part ves v reethi
Alhe saara ah dheragotheh nuhadhaathi vaahaka adhi aslu ah vess nikamethi meehakah dhera gotheh vehjiyaa alhugandu ah vess bunedhaan neyge goth thakeh vani v reethi
Wooow varah reethi… alhe ehaa kiyaahithun huhta konmefaharaku eh nimeny 🙁
Varah varah reethi….❤❤❤❤❤
Wohh❤❤kiyaa hithun huhta ea nimuny?next part kon dhuvahakun..
Thanx naash.???
Anonymous and naju thanx alot .?????
Thanx reet.but dhera kohlaafa happy kohleema maa happy vaane ehnu?????
Thanx shaa dear?????
Thanx xuam and sima????? insha allah tomorrow
Hii dear all readers .sry reply nukurevunyma. Actually my phone out of data.
Varah reethi….maasha Allah❤…when next part?
Maa sha Allah.. Vrh Vrh Vrh furihama.. ☺️☺️? neynge Bunaane ehcheh ves.. Rah fushu dhiriulhun genesdhyfavaaleh Vrh furihama.. Lao mahchah Hama sofa vey.. Vrh furihama.. ??? Ekam eh kameh faahaga v 4 part in Ves.. Aee e myheh eynaa bunaa ehcheh beynumuga Kurin “bunyeve” mihen inaathy.. E myhaku vaahaka dhekkumun yeah fahu “hevilaifai eynaa bunyeve..” Noony “majaa velaifai bunyeve” mikahala gothakah genaeema Vrh furihama vaane.. Ekam e scene akaa gulhuvaalaigen liyaany.. Hehe.. ☺️☺️☺️☺️☺️ Overall, Hama Vrh furihama..
Loa mahchah Hama sifa vey*
Thanx yaanu❤❤???
Thanx alot someone. Insha Allah next part ga ragalhu kuraanan. ❤❤❤❤