Skip to content
އެސްފިޔަ

މިހިތުގެ ވިންދަކީ ތީއޭ ލޯބިވާ

މިއީ އަހަރެން މިދުނިޔޭގައި ހޭދަކުރާ ފަންސަވީސްވަނަ އަހަރެވެ. ކިޔެވުމުގެ ބުރަ އުފުލުމަށްފަހު މިހާރު އަހަރެން މިއުޅެނީ ހިތްހަމަޖެހިލައިގެން ވަޒީފާގައެވެ. ބައްޕަގެ އަމިއްލަ ބިޒްނަސް ކުންފުނީގައި އަހަރެން މަސަތްކަތް ކޮށްގެން ލިބޭ ލާރިން އަހަރެންގެ ޙަރަދު އަމިއްލަ ފުއްދާލަމެވެ. ލާރި އިތުރުވާ ފަހަރުވެސް މަދެއް ނޫނެެވެ. އެ ލާރިން އަހަރެން ކުރާނީ ކީއްހެއްޔެވެ؟ ޙަރަދުކުރާނެ އަންބެއް ނުވަތަ ދަރިއެއްވެސް ނެތެވެ. ޑޭޓުތަކަށް ގެންގޮސް އަގުބޮޑު ޗޮކުލެޓާ ފިނިފެންމާ ގަންދޭނެ ބިޓެއްވެސް ނެތެވެ. މުއްސަނދި އާއިލާއަކަށް އުފަންވުމުން އަހަރެން ވަކި ފަޙުރުވެރިއެއް ނުވަމެވެ. ނަމަވެސް އަހަރެންގެ އާއިލާއަކީ އެކާމާ ފަޙުރުވެރިވާ ބައެކެވެ. އެމީހުންނާ މެދު އަހަރެން ހިތްހަމަ ނުޖެހޭ ސަބަބަކީ އެއީއެވެ. އާއިލާގެ އެންމެ ކުޑަކުއްޖާއަށް ވުމާއެކު މައިންބަފައިން އަހަރެން ގެންގުޅެނީ ކުޑަކުއްޖެއް ފަދައިންނެވެ.

ނިމުމެއް ލޯތްބާ އަޅާލުމާއެކުގައެވެ. ނަމަވެސް އަހަރެންގެ ހަޔާތުގައި ފަޅުކަން އިހްސާސްކުރެވެން ފެށުނީ ރައްޓެހިން ބިޓުން ގެންގުޅެ މީހުންނާ އިންނަން ފެށީމައެވެ. ހުސް ހަށިބައިކޮށް ހުންނަން ފޫހިވިއެވެ. ކިތަންމެ އަންހެން ކުދިންނެއް އަހަރެން ފަހަތުން ދުވުނަސް އަހަންނަށް ކަމުދާ ކުއްޖަކު ނުފެނެއެވެ. ހަޔާތުގައި އަދި އަލަށްވެސް އަހަރެން އަންހެން ކުއްޖެއް ދެކެ ލޯތްބެއް ނުވަމެވެ އެކުވެރިން ބުނާ ގޮތުން ނަމަ ލޯބިނުވިޔަސް އެކުގައި އުޅުމުން އެ އިހްސާސް އުފެދޭނެއެވެ.

“ދެން އެ އިހްސާސް ނުއުފެދިއްޖެއްޔާޔޯ؟ އަހަރެންގެ ހިތުގައި އޮންނަ ސުވާލަކީ މިއީއެވެ. އަހަރެން ބޭނުއްވަނީ ލޯބިވާ މީހަކާއެކީ ހަޔާތެއް ފަށާށެވެ. ހުސްހަށިބައިކޮށް ހުންނަންޖެހޭ އެވާހަކަ އަހަރެން އެންމެ ފުރަތަމަވެސް ބުނީ މަންމަ ކައިރީގައެވެ. އެއީ އަހަރެންގެ ބެސްޓު ފްރެންޑެވެ. މަންމަގެ ފަރާތުން ލިބުނު ޖަވާބަކީ މިއީއެވެ. “ރައްޓެހިވިޔަސް ކައިވެނިކުރަންވިޔަސް ގެންގުޅެން ވާނީ މުއްސަނދި ކުދިން ފެންވަރަށް ވުރެ ދައްކުދިން ގެންގުޅެންނާ ލިބޭނީ ލަނޑު. އެމީހުން މަސަތްކަތް ކުރާނީ ލާރިކޮޅު އަތުލަން.” އަހަރެންގެ މަންމަ ބުނި ބަހާމެދު ފުންކޮށް ވިސްނާލަން ޖެހުނެވެ. މުއްސަނދިވިޔަސް ފަގީރުވިޔަސް ލޯބިވަންޏާ މައްސަލައަކީ ކޮބާ ހެއްޔެވެ؟ ފަސް އިނގިލި އެއްވަރެއް ނުވާނެއޭ މީހުން ބުނާ އަޑުއަހަމެވެ. ހަމަ އެގޮތަށް ދުނިޔޭގަ އުޅޭ އެންމެންނަކީ އެއް ފެންވަރެއްގެ ބަޔަކަށް ނުވާނެ ނޫންހެއްޔެވެ؟؟ މިއީ އަހަރެންގެ ނަޒަރުގައި ކަންތަށް އޮންނަ ގޮތަކީ މިއީއެވެ.

___________________________________________

ނޯޓް: އަޅުގަނޑު މި ސައިޓަށް ލިޔާ ފުރަތަމަ ވާހަކައިގަައި އިންޓްރޮޑަކްޝަން ހުރިހާ ބޭފުޅުންނަށްވެސް ކަމުދާނެކަމަށް އުންމީދުކުރަމެވެ. 30ޖުލައި އިން ފެށިގެން އިންޝާ ﷲ މިވާހަކަ ގެނެސްދޭނަމެވެ.

Comments (11)

  1. shaaa

    Yeah varah kamudhey. Intizaaru kurevey eba mi vaahakayah. Vaahaka nimendhen genesdheyne kamah heekuran.

    1. jelly cutie
      shaaa

      Thank you ❤❤insha allah nimendhen genes dheynan nge ? ?

  2. eekko

    V rythi vaanehn hyvey…waiting

  3. Like

    Heyokoh viyya thi sorah loabive veyny fageeru manje eh dheke

  4. Twinkle?

    Vvv habeys hama… hykuran regular kh up khdheyne kamah… ???

  5. naash

    vvv salhi… umeedhukuran nimndhn genes dheyne kamah……. stry vvv habeys vaana hn heevey feshumah balai leema vx….

  6. Rish

    Feshun v reethi.

  7. Jacqueline

    v rythi vrhaka eh

  8. Jacqueline

    nxt prt konduvahakun tha?

  9. samir

    nxt prt konduvahakun tha?

  10. Twinkle?

    July 30 in feshign mi stry genesdheyne kamah ebain bunefa… nw july nimi august feshign kuriah dhany mioh… alhe dhn kn irakn thr stry fashaany???

Comments are closed.