މިއީ އަހަރެން މިދުނިޔޭގައި ހޭދަކުރާ ފަންސަވީސްވަނަ އަހަރެވެ. ކިޔެވުމުގެ ބުރަ އުފުލުމަށްފަހު މިހާރު އަހަރެން މިއުޅެނީ ހިތްހަމަޖެހިލައިގެން ވަޒީފާގައެވެ. ބައްޕަގެ އަމިއްލަ ބިޒްނަސް ކުންފުނީގައި އަހަރެން މަސަތްކަތް ކޮށްގެން ލިބޭ ލާރިން އަހަރެންގެ ޙަރަދު އަމިއްލަ ފުއްދާލަމެވެ. ލާރި އިތުރުވާ ފަހަރުވެސް މަދެއް ނޫނެެވެ. އެ ލާރިން އަހަރެން ކުރާނީ ކީއްހެއްޔެވެ؟ ޙަރަދުކުރާނެ އަންބެއް ނުވަތަ ދަރިއެއްވެސް ނެތެވެ. ޑޭޓުތަކަށް ގެންގޮސް އަގުބޮޑު ޗޮކުލެޓާ ފިނިފެންމާ ގަންދޭނެ ބިޓެއްވެސް ނެތެވެ. މުއްސަނދި އާއިލާއަކަށް އުފަންވުމުން އަހަރެން ވަކި […]