Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

ދީވާނާ ލޯބިން ވެއްޖޭ. . [4]

GuDuMeena Level 310 Stories500 Comments100 Comments
April 22, 2014 7 Mins Read
55 Comments

“ޝާޔާ. . ” ހަމައެކަނި އެންމެ ލަފްޒެކެވެ. އެއީ އަހަރެންގެ ހިތުގެ ޝެހެޒާދާގެ ނަމެވެ.

“ޝާޔާ. . ” އަހަރެންނަށް އެނަން ތަކުރާރުކޮށް ކިޔުނެވެ. އެރީތިކަމާއި އެއްވަރަށް ނަންވެސް ރީތިމެއެވެ. އެވަގުތު އެމަގުން އިތުރު ބަޔަކު އަންނަތަން ފެނުމުން އަހަރެން ގެޔަށްދިއުމަށް ހިނގައިގަތީމެވެ. އޭރު އެކުއްޖާ ކޮޓަރީގެ ކުޑަދޮރުން ފިލާހުރެ ބަލަމުން ދިޔައެވެ.

ރަން ރީނދޫ ކުލައިން ދުނިޔެމަތި އަލިކުރަމުންދިޔަ އިރުގެ ހޫނުގަދަވެ މުޅިދުނިޔެ އެކީ އަލިކޮށްލައިފިއެވެ. ފެންވަރައި ތާޒާ ވެލައިގެން އަހަރެން ނިކުމެ އިނީ ސިޓިންރޫމް ގައެވެ. އޭރު ގަޑިން 7 ޖެހީއެވެ. އައިޝާ ދައްތަ އާއި ރަނާ އަދި ރިޔާ ހެނދުނުގެ ނާސްތާ ތައްޔާރުކުރަން އުޅުނެވެ. އަޔާން އާއި ޒާނިޝް އަދިވެސް ނިދަނީއެވެ. އެވަގުތު އަހަރެންގެ ފޯން ރިންގުވާންފެށިއެވެ. ގުޅީ އަހަރެންގެ މަންމައެވެ.

“މޯރނިން މޮމް. . ”

“މޯރނިންގް. . ދަރިފުޅު ހޭލާދޯ ތިއުޅެނީ. . މަންމަ ހީކުރީ އަދިވެސް ނިދާފަކަމަށް އޮންނާނީ. . ދަރިފުޅު މާލޭގަ ހުރިއިރުވެސް ހެނދުނު ސައި ބޮއިލެވޭ ވަރު ވާނީ ނުވަގަޑިޔަށް ވިއްޔަ. ” މަންމަހުރީ ހިތްހަމަޖެހިފައިކަން އަހަރެންނަށް އެނގުނެވެ.

“ހޭލާނެއެއްނު. . މިރަށް ވަރަށް ނައިސް. . ދާހިތެއްވެސް ނުވޭ. . ރޭގަވެސް މަސް ބާނާލައިގެން އައިސް މަސް ފިހެ ވަރަށް ކަންތައް އޮތް. . އެނގޭތަ މޮމް އަޅުގަނޑަށް އަލަށް މަހެއް ބޭނުނީ ރޭގަ. . ” އަހަރެން ވަރަށް އުފަލުން މަންމަ އާއި ޝެއަރ ކުރަމުން ދިޔައީމެވެ.

“އަސްލުވެސްތަ.. މަންމަވެސް ވަރަށް ދާހިތުން މިހުންނަނީ. . ބަލާނަން ދަރިފުޅުގެ ބައްޕައަށް ވަގުތެއް ވެއްޖިއްޔާ ދަރިފުޅުމެން އައުމުގެ ކުރިން ތިރަށަށް ދެވޭތޯ. . ”

“ބައްޕަ އަދިވެސް ވީ ސިންގަޕޯރގަތޯ. . “ބައްޕަގެ ޚަބަރެއް އަހަރެންނަށްވެސް ނުވާތީ އަހައިލީމެވެ.

“އާނ. . ރޭގަ މަންމައަށް ގުޅި. . ބައްޕަބުނުއްވި މިހާރުކުރިޔަށް ގެންދާ ޕްރޮޖެކްޓަށް ބޭނުންވާ ބައެއްކަހަލަ ނިންމުންތައް ނިންމަން އަދި ދެތިން މީޓިން އެއް ބާއްވަންޖެހޭވާހަކަ ދެތިން ކުއްފުންޏަކާއެއްކޮށް. . މާލެއަށް ދުރުވާނެ އަންނަހަފްތާގަ. . މަންމަކުރެން ދަރިފުޅުގެ ޚަބަރުވެސް ހޯދި. . ” އަހަރެންގެ ބައްޕައަކީ އަމިއްލަ ވިޔަފާރި ކުންފުންޏެއް ހިންގާ މީހެކެވެ. ޕާލް ކުންފުނީގެދަށުން ހިންގާ ދެ ރިސޯޓެއްވެސް މިހާރު އޮވެއެވެ. މާލޭގެ އެންމެ ފޯރާ ޢާއިލާތަކުގެ ތެރޭގައި އަހަރުމެންގެ އާއިލާ ހިމެނޭނެއެވެ. ބައްޕަ ހުންނަނީ އަހަރެން ކިޔަވައި ނިމިގެން ވިޔަފާރީގެ ކަންތަކުގައި ދޮންބެޔެކޭ އެއްގޮތަށް ބައިވެރިވާނޭ ދުވަހެއްގެ އިންތިޒާރުގައެވެ. ނަމަވެސް އަހަރެން އަދި މިހާއަވަހަށް ކޮންޕެނީގެ ކަންތަކުގައި ބޯގޮއްވާކަށް ބޭނުމެއް ނޫނެވެ.

“އޯކޭ. . ދެން ދޮންބެއަށް ސަލާމް ބުނެދޭތި. . މޮމް އަޅުގަނޑުގެ ފޯން ބިލް ޕޭނުކޮށް އޮތީ. . އެކަންތައް ހަމަޖައްސާލަދެއްޗޭ. . ދެން ބާއްވަނީ އިނގޭ. . ޓޭކް ކެއަރ. . ”

“އަދިވެސް ދެންތިބި މީހުން ނުހޭލަނީތަ. . މިހާރު އެއޮއް ހަތްގަޑި ބައިވަނީ އެއްނު. . މިގޭގަ ހަތެއްގެ ފަހުން ނިދާކަން ނުތިބެވޭނެ އެއްވެސް މީހަކަށް. . އޭގެފަހުން ނިދާފަތިބޭ މީހުންނަށް ކޮންމެ ކަހަލަ ލަނޑެއް ދިނަސް ހެޔޮ. . ” އައިޝާދައްތަ އައިސް އަޔާންމެން ނުހޭލާތީ ޝަކުވާކޮށްލިއެވެ. އޭރު ބަދިގެފަރާތުން ނިމިގެން ރަނާ އާއި ރިޔާވެސް އަންނަނީއެވެ.

“ސިއާންބެ ހިނގާ އެމީހުންނަށް ލަނޑެއްދެމާ. .” ރިޔާ އައިސް އަހަރެން މުސްކުޅި ކޮށްލައިފިއެވެ.

“ކަމްއޯން. . ބެ ނުކިޔަފާނަން. . އައިމް ނޮޓް ދެޓް އޯލްޑް. .” އަހަރެން ބުނިގޮތުން އެދެމީހުންގެ ގާތަށް ހިނިވެސް އައެވެ. “ކޯލްމީ ޝޯން. . ”

“ހޭ އައިޑިޔާއެއް އެބައޮތް. . ” އެހެން ބުނެފައި ރަނާ ދުވެފައި ކޮޓަރިއަށް ވަދެ އައި ލައިނަރ ފުޅިއާއި މޭކެޕް ސެޓް އެއްކޮށް ހިފައިގެން އައެވެ. “ހިނގާ. . ” ހެވިދިލިފައި ހުރެގެން އެއެއްޗިހި ރިޔާގެއަތަށް ދިނެވެ.

“ލިޓްލް ޑެވިލްސް. . ހަހަ. . ލެޓްސް ޑޫ ސަމް މޭކް އަޕް. . ” އަހަރެންވެސް އެއްބައިވެލީމެވެ. އެއަށްފަހު ސިއްރުސިއްރުން ކޮޓަރިއަށްވަދެ ތިންމީހުން ވެލާފައި އެދެމީހުންގެ މޫނުގައި ކުރަހަންފެށީމެވެ. ރަނާ އަޔާންގެ މޫނު ބުޅަލަކަށް ހަދާ ރަނގަޅަށް ލިޕްސްޓިކް ޖެއްސިއިރު ރިޔާ ޒާނިޝްގެ މޫނު މަތިމަސްލީ ބޮޑު ހަންޑިއަކަށް ހަދާލައިފިއެވެ. ހިނިގަނޑު ހިފަހައްޓައިގެން ތިބެވެނީ ކިރިޔާއެވެ. އޭރުވެސް އެދެމީހުން އޮތީ ނިދާ މަރުވެފައެވެ.

“ހޭ. . ޑޫޔޫ ހެވް އަ ލައުޑް ސްޕީކަރ. . ” އަހަރެންވެސް މޮޅުކަމެއް ޚިޔާލު ކޮށްލީމެވެ.

“އާނ ބައްޕަ ގެންގުޅޭ ސެޓް ހުންނާނެ. . ” ރިޔާ އާއިއެއްކޮށް އަހަރެން އައިޝާދައްތަމެން ކޮޓަރިއަށް ގޮސް ބޮޑު ސްޕީކަރ ޖޯޑަކާއި ކުޑަވަރެއްގެ ވުލްފަރ އެއް، ފަހަރަކު އެއްޗެއް ކޮޓަރިއަށް ވައްދާ ކަރަންޓާގުޅާ ސެޓްކޮށްލީމެވެ. އެއަށްފަހު އަހަރެންގެ ފޯނާ ގުޅާފައި އަޑު ފުލް ކޮށްލީމެވެ. ރަނގަޅު ހެވީ މެޓަލް ލަވައެއް ތައްޔާރުކޮށްލާ އަންގާލީމެވެ.

” ކަންފަތުގަ އަތް އަޅަން ތައްޔާރުވޭ. . ވަން. . ޓޫ. . ތްރީ. . ” އެއާއެކު ވަރުގަދަ ހެވީމެޓަލް ލަވަ މުޅިގެ ގުޑައިގެންދާވަރަށް ޕްލޭވެގެން ދިޔައެވެ. ބުޅާތަކެއްހެން އަޔާން އާއި ޒާނިޝް ހަތަރެސްފައި ކޮޅަށް ޖެހިގެންދިޔައެވެ. ފުންމައިގެން އެނދުމައްޗަށް ތެދުވެ އެކަކު އަނެކަކު މޫނަށް ބަލައި ހަޅޭއްލަވައިގަތެވެ. އެއަށްފަހު ލޯގަނޑުން މޫނު ބަލާފައި މޫނު ކުނިކޮށްލިއެވެ. އެމަންޒަރު ބަލަން ތިބި ރިޔާ އާއި ރަނާ ބިނދި ބިނދިފައި ހެނީއެވެ. އަހަރެންވެސް ނުދެމުނީ ކިރިޔާއެވެ.

އެއީ އެދެ އަންހެނުންގެ ކަންތައްކަން އަޔާން އާއި ޒާނިޝް އަށް އެނގުނީކަމެއް، ނޫނީ އެދެމީހުންނާ ހިތާވެފައި ހުރިވަރުން ކަމެއް ނޭނގެއެވެ. ދެމީހުން އެކަކު އަނެކަކު މޫނަށް ބަލާފައި ދުވެފައި އައިސް އެދެ އަންހެންކުދިން އުފުލާލައިގެން ގޮސް ފާހާނަތެރެޔަށް ވައްދާ މާގަނޑު ދޫކޮށްލިއެވެ. އެކަކު އަނެކަކު ގައިގާ ޖެހޭ ހިސާބުގައި އެކަހަލަ ގޮތަކަށް މާގަނޑު ދަށުގައި ތެމި ފޯވެގެން ތިބެވުމުން އިސާހިތަކު ހުނުން ކެނޑިގެން ހިނގައްޖެއެވެ. ޖަޒްބާތުތައް ހިތުތެރޭގައި ދުވެލިއެވެ. އެއާއިއެކު އަހަރެން ފޯނުން ރީތި ލޯބީގެ ލަވައެއް ޕްލޭކޮށްލީމެވެ.

“އޯހް. . ހަރ އައިސް، ހަރ އައިސް

މޭކް ދަ ސްޓަރސް ލުކް ލައިކް ދެއަރ ނޮޓް ޝައިނިންގް. .

ހަރ ހޭއަރ، ހާ ހޭއަރ،

ފޯލްސް ޕަރފެކްޓްލީ ވިތައުޓް އަ ޓްރައިންގް. .

ޝީޒް ސޯ ބިއުޓީފުލް. . އެން އަ ޓެލްހަރ އެވްރީ ޑޭ. .

އައިނޯ، އައިނޯ

ވަޓް އަ ކޮމްޕްލިމެންޓް ހަރ ޝީވޮންޓް ބިލީވްމީ

އިޓްސް ސޯ، އިޓްސް ސޯ

ސޭޑް ޓު ތިންކް ދެޓް ޝީ ޑޯންޓް ސީ ވަޓް އައި ސީ. . ”

ލަވައިގެ ތެރޭގައި ދެޖޯޑު ފެންވެރެމުން ދިޔައިރު އެކަކު އަނެކަކުގެ ނޭވާގެ ހޫނުކަން އިޙްސާސްވާ ހިސާބުގައި ތިބެވުމުން ހިތުގައި ފޮރުވިފައިވާ އިޙްސާސްތައް ބަންޑުންވަމުން ދިޔައީ ބޭއިޚްތިޔާރުގައެވެ. އެކަކު އަނެކަކުގެ ފިރުމުންތަކަށް ބޭނުންވެފައި ތިބޭކަހަލައެވެ. އެދެ ފިރިހެންވަންތަ ހަށިގަނޑު ފެނި އެދެކުދިންގެ ޙިއްސުތައް ހޭލައްވަމުންދާކަހަލައެވެ. ޒާނިޝް އާއި އަޔާންގެ ޙާލަކީވެސް އެއީއެވެ.

އަހަރެން ލަވަ ނިއްވާލުމާއިއެކު ހަމަބިމަށް އާދެވުނު ކަހަލައެވެ. ޒާނިޝް މާގަނޑު ބާރުކޮށްލިއެވެ. ލަދުރަކި ހިނިތުންވުމަކާއިއެކު އެދެކުދިން ނިކުންނަން އުޅުނެވެ.

“މުޅި ކޮޓަރިތެރެ ފޯވާނެއެއްނު. . ” އަހަރެން ޝަކުވާ ކޮށްލީމެވެ.

“ފޯ ކުރާކަށްނު މިހެން ހެދީ. . ތިމީހުން ޖެހޭނެ މިތަން ސާފުކުރަން. . ” އެހެން ބުނެފައި ދެކުދިން ދުވެފައި ނިކުމެގެން ދިޔައީއެވެ. އަހަރެންނަށް ވެސް އަޔާން އާއި ޒާނިޝްގެ ހާލު ފެނިފައި ހިނިއައެވެ.

އަޔާން އާއި ޒާނިޝް ތައްޔާރުވެގެން ނިކުތްއިރު އަހަރެން އިނީ ސިޓިންރޫމް ގައި އެމީހުންގެ އިންތިޒާރުގައެވެ. ޒާނިޝް ސޯފާގައި އޮތް ކުޝަން ނަގާ އަހަރެންގެ ގަޔަށް އެއްލަމުން އިށީނެވެ. އަދިވެސް ހެނދުނު ލިބުނު ލަނޑުގެ މަތިން ހަނދާންވަނީކަން ޔަގީނެވެ. މާގިނައިރެން ނުވެ ގޭގެ ދޮރު ހުޅުވާލާފައި މީހަކު ވަދެގެން އަންނަތަން ފެނުނެވެ. އެއީ މުޙައްމަދުބެއޭ އަހަރެންގެ ހިތް ބުނަމުންދިޔައީ ރަނާއާއި ވައްތަރުގޮތެއް ހުރުމުންނެވެ. ރަނާއަށް ލިބިފައިވަނީ މުޙައްމަދުބެގެ ދެލޮލެވެ.

“އައްސަލާމް ޢަލައިކުމް. . މީ މުޙައްމަދުބެ އިނގޭ. . ތީގެ ތެރެއިން ސިއާން އަކީ ކޮބައިކަމެއް ނޭނގުނު. . ” ތިންމީހުންއެއްފަހަރާ ސަލާމް ބަލައިގަތީމެވެ. އެއަށްފަހު އަހަރެމެން ތަޢާރަފްވެލީމެވެ.

“އަޅުގަނޑަކީ ސިއާން. . ” އަހަރެން ސަލާމްކޮށްލީމެވެ.

“އަޔާން”

“ޒާނިޝް” ތިންމީހުންވެސް ތަޢާރަފްވެލީމެވެ.

“އަނހާ. . މުޙައްމަދު ކޮންއިރަކު ލެފީ. . ” އައިޝާދައްތަ ބަދިގެފަރާތުން އައިތަނާ މުޙައްމަދުބެ ފެނިގެން ވާހަކަދައްކާލިއެވެ.

“ހަމަދެންމެ މިލެފީ. . ކޮބާ އެންމެން ސައި ބުއީތަ. . ”

“ނޫނޭ. . އަދި ނުބޮވޭ. . ދޯ. . ސައިބޯން ގޮވަން އަހަރެން މިއައީ. . މާ ރަނގަޅަކަށެއްނު މި ދިމާވީވެސް އާދޭ އެންމެން ސައިބޯން. . ” އައިޝާ ދައްތަ އެހެން ބުނެފައި އެނބުރުނެވެ.

“މިޔަދު ހާދަ ލަސްވީ ސައިބޯން. . އެހެންނާ މިހާއިރު ސައިބޯ ނިމޭނެ މިގޭ. .” އެންމެން ތެދުވެގެން ބަދިގެ ފަރާތަށް ދިޔައީމެވެ.

“އެކުދިންނަށް ހޭލެވުނުލެއް ތަންކޮޅެއް ލަސްވީމަ ވީގޮތެއް. . ” އައިޝާދައްތަ ތަށިތަކުގެ މަތިތައް ނަގަމުން ވާހަކަ ދައްކަމުން ދިޔައެވެ.

“އެހެންވީމަ. . ތި ހުރިހާކުދިންނަށް އަދި މިގޭގެ އާންމު ގަވައިދު ނޭނގެނީތާ ދޯ. . ” އެހެން ބުނުމާއިއެކު އަހަރުމެންނަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ. މުޙައްމަދުބެ ކިޔައިދެމުން ދިޔައެވެ.

“ފުރަތަމަ ޤަވާޢިދު: ނަމާދަށް ފަރުވާތެރިވާން ވާނެ، ދެވަނަ ޤަވާޢިދު: ހެނދުނު ހަތެއްގެފަހުން ނިދަން އޮވެގެން ނުވާނެ، ނިދަން އޮވެއްޖިއްޔާ އެ ކުއްޖަކަށް ލަނޑުދީ ހެދޭނެ. ތިންވަނަ ޤަވާއިދަކީ، މިގޭގަ އުޅޭ އިރު ތި ހުރިހާ ކުދިންނަކީ ހަމަ ބޭގެދަރިން. . އެހެންވީމަ ބޭބެގެ ދެކުދިންނާއި ދޭތެރޭ ތިހުރިހާ ކުދިންވެސް ދެކެންވާނީ ކޮއްކޮއިން ގޮތަށް. . އެހެން ނަޒަރަކުން އެއްވެސް ކުއްޖަކު ދެކިގެންނުވާނެ. . ” ތިންވަނަ ޤަވާޢިދާ އެއްކޮށް ޒާނިޝް އާއި އަޔާން ކުޑަކޮށް ކޮށިވެސް އެރިއެވެ. އައިޝާ ދައްތަވެސް އެ ދެމީހުންނަށް ވާގޮތްބަލަން ހިނިތުން ވެފައި ހުއްޓެވެ. އޭރު ރިޔާ އާއި ރަނާ އިސްދަށަށް ޖަހައިގެން ތިއްބެވެ.

“ހަތަރުވަނަ ޤަވާއިދު: ރޭގަނޑު 12ގެ ފަހުން ގެއިން ބޭރަށް ނުދިޔުން. . ” މުޙައްމަދުބޭގެ ޤަވާއިދުތައް ހީވީ އިސްލާހިއްޔާގެ ދަގަނޑު ޤަވާޢިދުތައް ހެނެވެ. އެ ޤަވާޢިދުތައް އަޑުއެހުމަށްފަހު ރިޔާ އާއި ރަނާ އިސްއުފުލާލާ އަޔާން އާއި ޒާނިޝް އަށް ބަލައިލިއެވެ. އެދެކުދިންނަށް އަސަރުތަކެއް ކޮށްފައި ވާކަން އެނގެއެވެ.

އެދެކުދިންގެ މޫނުމަތިން ފެނިގެންދިޔައީ އެދެކުދިންގެ ހިތުގައި ޖަހަމުންދާ ވިންދަކީ މީގެ ކުރިން އެކުދިންގެ ހިތުގައި ދުވަހަކުވެސް ޖަހާފައި ނުވާފަދަ ބާރުގަދަ ވިންދެއްކަމެވެ. އެވިންދު އެހިތްތަކުގައި ޖަހަމުންދަނީ ހަމައެކަނި އަޔާން އާއި ޒާނިޝް އަށްކަމެވެ. އަދި މުޙައްމަދުބޭގެ ނިންމުމުގެ ސަބަބުން އެދެހިތުގައި އެ މީހެއްގެ ތަސްވީރު ކުރެހިފައިވާ އެދެހިތުގެ ސާހިބުންނަށް ކުރެވެމުންދާ އުންމީދުތައް ނާއުންމީދުގެ ކަޅުވިލާތަކުން ބަނަވެއްޖެއެވެ. ނަމަވެސް ހިތުގައި އަޅަންފަށާފައިވާ ވޭން ފޮރުވޭތޯ ހިތްވަރުކުރަމުން ދެއެވެ. އަޔާން އާއި ޒާނިޝް ގެ ޙާލަކީވެސް މިއީއެވެ. އަހަރެންގެ ހިތަށް އެރިއެވެ. ދީވާނާ ވެފައިވާ މި ހިތްތަކަށް ޝިފާއެއް ލިބޭނީ ކިހިނަކުން ހެއްޔެވެ؟ އަހަރެންގެ ހިތަށް ވެސް މެއެވެ.

ޖެހިގެން އައިދުވަހުގެ ހެނދުނެވެ. ސަޔަށްފަހު އަޔާން އާއި ޒާނިޝް ތިބީ މިލާ މޯޅި ވެފައެވެ. ކަންތައްތައްވެފައި އޮތްގޮތުން މުޅިދަތުރުގައި ފޫހިކަން އެކުލެވެން ވަނީ ފަށައިފިއެވެ. ނަމަވެސް އެނބުރި ދިއުމަކީ މިހާރު ވަކިން އުނދަގޫ ކަމަކަށް ވެފައިވާ ކަހަލައެވެ. އެކަހަލަ ގޮތަކަށް ފޫހިކަންމަތީ ދުވަސް ދިގުލަމުން ގޮސް ޢަސުރުވެއްޖެއެވެ. ނަމާދަށްފަހު ގޭތެރޭގައި ތާސްކުޅުމުގެ ފޯރި ހިއްޕާލައިފިއެވެ. ރަނާއާއި ރިޔާ ބައިވެރިވާތީ އަޔާން އާއި ޒާނިޝް ވެސް ކުޅެމުން ދިޔައީ ފޯރީގައެވެ. އައިޝާދައްތަ ވަކިން މޮޅެވެ. ނަމަވެސް ތާސް ކުޅެން އެހާ ރަނަގަޅަކަށް އަހަރެންނަކަށް ނޭގެއެވެ. އެހެންކަމުން އަހަރެން ކުޑަކޮށް ނިކުމެލާހިތް ވިއެވެ. އަހަރެން ކުރަން ބޭނުންވާ ކަމެއް އޮތުމާއިއެކުއެވެ.

އަހަރެން މަގަށް ނިކުމެ މިސްރާބުޖެހީ ޝާޔާމެންގެއާއި ދިމާލަށް ދާށެވެ. ކުރިއަށް ތައްޔާރުވެ އަހަރެން ދިޔައީ ގަލަމަކާއި ކުޑަ ނޯޓް ފޮތެއް ޖީބަށް ލައިގެނެވެ. އެއާއިއެކު ލިޔެފައިވާ ނޯޓެއްވެސް މެއެވެ. އަހަރެން ނިންމާފައިވަނީ އަހަރެންގެ ހިތުގެ ޙާލަތު ކޮންމެވެސް ގޮތަކުން ޝާޔާއަށް ބުނެދިނުމަށެވެ. ޝާޔާގެ ހިތުގައި ވެސް އަހަރެންނާއި ދޭތެރޭގައި ޚާއްސަކަމެއް ވާކަން އަހަރެންނަށް ޝާޔާގެ ކޮންމެ އަދާ އަކުން ދޭޙަވެއެވެ. ގޭ ކުރިމަތީ ހުންނަ ފިހާރައިގެ ލޯގަނޑުން އަހަރެންލާފައިވާ ރަތްރޮނގު ދަމާފައިވާ ހުދުކުލައިގެ އަތްދިގު ޓީޝާޓްގެ ކަންކަނަށް ދަމާލާ ރީތިކޮށްލީމެވެ. އަދި އަހަރެންގެ ކަނދުރާއާއި ހަމައަށް އޮތް އިސްތަށިގަނޑު ރީތިކޮށްލީމެވެ. ނޫކުލައިގެ ޖިންސާއިއެއްކޮށް އަހަރެން ހިންހަމަޖެހޭވަރުގެ ލުކް އެއް ހުއްޓެވެ. އެހެންކަމުން އަވަހަށް އެގެ ކައިރިއަށް ދިއުމަށް މިސްރާބުޖެހީމެވެ.

ޖެހިގެން ހުރި ގޯޅިން އަނބުރާލުމާއިއެކު ފަހަތުން މީހަކު ގޮވާލިއަޑު އިވުނެވެ. އަހަރެން މަޑުކޮށްލާފައި ފަހަތް ބަލައިލީމެވެ. އެއީ ބަކުރުބެއެވެ. އަހަރެން ކުޑަކޮށް ހިތް ހަމަޖެހުނެވެ.

“އެކޮއެ ކޮންތާކަށް ތި ގޮސްލަނީ. . ”

“މިދެން ހަމަ ފޫހިވެގެން ނިކުމެލީ. . ބަކުރުބެ ކިހިނެއްތޯ ހާލު. . ”

“ދެން ކީކޭ ދޯ ބުނާނީ. . ހާލު ރަނގަޅޭ ބުންޏަސް ވާނީ ދޮގުހެދިކަމަށް. . އެކަމަކު ހާލު އަހާ ގިނަމީހުން ހާލު އަހާނީކީ ކޮންމެހެން އެމީހެއްގެ ހާލާ ދޭތެރޭ ފިކުރުވާތީއެއް ނޫން. . ހަމަ ވާހަކަ ދައްކާލުމުގެ ގޮތުން. . ހާލު ކިޔާދިނަސް އަޑުވެސް އަހާނީ މަދު ބަޔަކު. .” ބަކުރުބެ ހިތުގައި ވާ ޝަކުވާތައް ބަންޑުން ޖަހާލަމުން ކުރިޔަށް ދިޔައެވެ. ބަކުރުބެގެ ވާހަކަތައް ކިތަންމެހާވެސް ރަނަގަޅެވެ. އެއީ މިހާރުގެ އާދައެވެ. އަދި ބަކުރުބެގެ ހާލު ރަނގަޅު ނޫންކަން އެނގުމާއިއެކު އިތުރަށް އެ މަޢުޟޫއަށް ވާހަކަ ދައްކާލަން އަހަރެން ބޭނުންވިއެވެ.

“އެކޮއެ ދާންވީ ނު ބޭބެމެން ގޭދޮށަށް އެއްޗެއް ބޯލަންދާން. . ” ބަކުރުބެގެ ދަޢުވަތު ލިބުމުން އަހަރެން ވަރަށް އުފާވިއެވެ.

“އެންމެ ރަނގަޅު. . ބަކުރުބެ މެންގެއިންވެސް އެއްޗެއް ބޯލިކަމަށް ވާނެތާދޯ. . ހިނގާ. . ބަކުރުބެގެ ހާލު ރަނަގަޅެއް ނޫނޭ ތި ބުނީ ކިހިނެއްވެ. ކޮންކަހަލަ ބައްޔެއް ހުންނަނީ. . ބަލާ ބެލުމަށް މާބޮޑަށް ބަލިވައްތަރެއް ނުޖަހާ ވިއްޔަ. . ” އަހަރެންވެސް އިތުރަށް ބަކުރުބެގެ ބަލީގެ ވާހަކަ ދައްކާލަން ބޭނުންވިއެވެ. ބަކުރުބެގެ ހާލު އެހާބަލާހިތް ވުމުން ބަކުރުބެ ހުރީ ހިތްހަމަޖެހިފައިކަން މޫނުމަތިން ފެންނަން ހުރި ހިނިތުންވުމުން ވެސް ދޭޙަވެއެވެ.

“ބަކުރުބެ އަކީ މާބޮޑު ޖިސްމާނީ ބަލިތަކެއް ހުރިމީހެއް ނޫން. . ބަލާ ބެލުމަށް މީހަކަށް ނުވެސް އެނގޭނެ. . އެކަމަކު ބޭބެއަކީ ހަކުރުބަލި ހުންނަ މީހެއް. . މިކަމެއް ޖެހުނީ މީގެ ފަސްއަހަރު ކުރިން. . މިއެއްޗެއް ޖެހުނުފަހުން ކާންވާ އެކައްޗެއްވެސް ނޯވެ! އެކަމަކު ބަކުރުބެ މެންކަހަލަ ނިކަމެތީންނަށް އެމީހުން ބުނާހާ އެއްޗެއް ހޯދައިގެން ކައިގެން އުޅެވޭނެތަ. . ؟ މިއުޅެނީ ރަނގަޅު ލައިގެން ކާނެ އެއްޗެއް ދެދުވަހު ހަމަޔަށް ނުލިބިގެން. . މަރުކަޒަށް ދާ ކޮންމެ ފަހަރަކު ޓެސްޓު ހަދާފަ ބުނާނެ ވަރަށް މައްޗޭ. . އާދައިގެ ހަނޑުލު ބަތް ނުކާށޭ. . ސައި ނުބޯށޭ. . ފަނި ނުބޯށޭ. . ރޮށި ނުކާށޭ. . ދެން ބުނެނަލަ ބަކުރުބެ ވަކި ކާނީ ކޯއްޗެއް؟ މިކަހަލަ ގޮތަކަށް އުޅެންވީމަ ދެން ހާލުވެސް ހުންނާނީ އެކަހަލަ ގޮތަކަށްނު. . ތަރުކާރީ އާއި އެއްޗިހި އަބަދު ކާން ކިހިނެއް ހޯދާނީ. . އަތުންފައިން މަސައްކަތް ކޮށް އުޅެވެނީކީއެއް ނޫން ސަރުކާރުން ދެއްވާ ލާރިކޮޅުން ހުރިހާ ކަމެއް މި ބަލަހައްޓަނީ. . ” ބަކުރުބޭގެ ވާހަކަތަކުގައި ހުރެ ގެއާއި ހަމައަށް އާދެވިއްޖެއެވެ. ބަކުރުބެގެ ޙާލު އެނގުމުން އަހަރެން ވަރަށް ދެރަވިއެވެ. ހަކުރު ބައްޔަކީ ވެސް ވަރަށް ނުރައްކާތެރި ބައްޔެކެވެ. ކޮންޓްރޯލް ނުކުރެވިއްޖެނަމަ ހަށިގަނޑު ނިކަމެތިވެ އެތަކެއް އިތުރު މައްސަލަތަކެއް ދިމާވެދާނެ ބައްޔެކެވެ.

“އާދޭ އާދޭ. . ޙައްވާ. . އާމިނަތު. . މިސޮރަށް ސައިހަދާލަބަލަ. . އަހަރެން ގޮވައިގެން އުނދޯލި ގެއަށް ވަންނަމުން ބަކުރުބެ ގޮވާލިއަޑަށް އެގޭ ދައްތަ ނިކުތެވެ. ދައްތަގެ ފަހަތުން ނިކުތް ޝާޔާއަށް އަހަރެން ފެނިފައި މޫނު ރަތްވެގެން ދިޔައެވެ. ލަދުން އިސްޖަހާލައިގެން ހުރެ ކާގެ އާއި ދިމާލަށް ދިޔައެވެ.

“މީ ކޮން ކުއްޖެއް. . ” ޙައްވާ ދައްތަ އަހަރެން ކުރެން އަހާލިއެވެ. އަހަރެން ޖަވާބު ދޭން އަނގަ ނުހުޅުވިގެން އުޅެނިކޮށް ބަކުރުބެ ޖަވާބު ދިނެވެ.

“މިއީ ހަވާގޭ އައިޝަތު ކައިރިޔަށް އައިސްހުރި މާލޭ ކުއްޖެއް. . އައިޝަތު ގެ ރައްޓެއްސެއްގެ ދަރިއެއް. . ދޯ އެކޮއެ. . ” އަހަރެންނަށް ދޯއެއް ދެމުން އަހައިލިއެވެ.

“ލައްބަ. . ކިޔަނީ ސިއާން. . ހައްވާ ދައްތަ ކިހިނެއް. . ؟” އަހަރެން ސަލާމަށް އަތް ދިއްކޮށްލަމުން އަހައިލީމެވެ. ހައްވާ ދައްތަވެސް ހިނިތުންވެލާފައި ސަލާން ކޮށްލިއެވެ. އަހަރެން ހުރީ ވަރަށް އުފާވެފައެވެ. ދައްތަމެންނާއި ގުޅުން ބަދަހިވީމައެވެ.

“ދައްތަ ހަމަ ރަނގަޅު. . ހިނގާ ސައިބޯން. . ” ދައްތަމެންނާ އެކީގައި އަހަރެން ކާގެއަށް ދިޔައީމެވެ. ގެއާއި ވަކިން ގޯތީގެ އަނެއްފަރާތުގައި ހަދާފައިވާ ބަދިގެއާއި ކާގެއެކެވެ. މުޅި ގޯތީގައި ވަނީ ކަށިވެލި ލާފައެވެ. ވެލިގަނޑުމަތިން ހިނގާފައި ދިޔައިރު އަހަރެންނަށް އާދަޔާ ޚިލާފު ހިތްހަމަޖެހުމެއް ލިބުނެވެ. ކާގެއަށް ވަނުމާއިއެކު ސައި ތައްޔާރުކުރަން ހުރި ޝާޔާ ފެނުމުން އަހަރެންގެ ހިތުގެ ތެޅުން އަވަސްވިއެވެ. ޝާޔާ އަހަރެންނާއި ދިމާލަށް ބަލައިލިއެވެ. އަހަރެން ވިންކެއް ދިނީމެވެ. އެއާއިއެކު ޝާޔާގެ ތުންފަތް މައްޗަށް ވެރިވެގެންދިޔަ ލަދުރަކި ހިނިތުންވުމާއިއެއްކޮށް ޝާޔާގެ ރީތިކަން އިހުނަށްވުރެ ރީތި ހެން ހީވިއެވެ.

“ކޮންބައެއް މިގޭގަ އުޅެނީ. . ” ޝާޔާ އާއި ބެހޭ އިތުރު މަޢުލޫމާތެއް އެނގޭތޯ އަހަރެން އަހައިލީމެވެ.

“މިގޭގަ އުޅޭނީ ބޭބެ އާއި ހައްވާދައްތަ. . ދެން އެއީ އާމިނަތު. . އަހަރުމެން ތިންމީހުން އުޅެނީ. . ”

“އާމިނަތުއަކީ ބޭބެގެ ދަރިއެއްތަ. . ” އަހަރެންނަށް ނުހުރެވިގެން އަހައިލެވުނެވެ. “މިހެން މިއެހީ ބޭބެމެން އެހާ އުމުރުން ދޮށީވެފަ އާމިނަތު އެހާ ޅަވީމަ. . ” އަހަރެންގެ ވާހަކަ ތަކުން ބަކުރުބެއަށް އުނދަގޫތަކެއް ވިހެން ހީވިއެވެ. އެއާއިއެކު ޝާޔާގެ މޫނުމަތިން ފެންނަން ހުރި އުފާވެރިކަން ގެއްލިގެން ދިޔައެވެ. ޝާޔާ ވެސް އަވަހަށް ކާގެއިން ނިކުމެގެން ދިޔައީއެވެ. އަހަރެންނަށް އިނދެވުނީ އަހަރެންގެ އަނގަ ގަދަކަން ހިތަށްއަރާފައި ބުނާނެ އެއްޗެއް ނޭނގިފައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

GuDuMeena

Level 310 Stories500 Comments100 Comments

Other Articles

Previous

ހިތް ފަނާވެދަންދެން… ( 2ވަނަ ބައި )

Next

ހިތް ނުރޮއްވާ… (20)

Next
April 22, 2014

ހިތް ނުރޮއްވާ… (20)

Previews
April 22, 2014

ހިތް ފަނާވެދަންދެން… ( 2ވަނަ ބައި )

55 Comments!

  1. GuDuMeena says:
    April 22, 2014 at 9:00 pm

    Ohfff. . Sorry Guys. . I was late. . was Traped with someone . . :-\

  2. liuu says:
    April 22, 2014 at 9:25 pm

    well ths prt is olso osome….vvvvvvvvvvvv nice ….waiting 4 d nxt prt…… 😀 😀 😀

    1. GuDuMeena says:
      April 22, 2014 at 10:04 pm

      Ohw. . Thankew Liuu. . 😀

  3. MAL says:
    April 22, 2014 at 9:26 pm

    anga gadha mithuru dhw..heheheh :)… mi bai vx hama v obi ingey … keep writing n i will keep reading 😀

    1. GuDuMeena says:
      April 22, 2014 at 10:06 pm

      Cant stop writing even for a day. . u knw. . weekly five episodes v ma. . its like Star Plus series. . 😛

  4. shihko says:
    April 22, 2014 at 9:26 pm

    Its ok GUDU.. Mi part vs varah salhi kihaa iraku tha next part up kuraanyy

    1. GuDuMeena says:
      April 22, 2014 at 10:07 pm

      Thanks Shikkow. . Mi balany konme Saturday to Wednesday ah konme reyaku vx 8pm ga veytho. . 🙂

  5. meena says:
    April 22, 2014 at 9:47 pm

    GuDu can you tell me the name the software that you use to edit the picture…..i also want make a cover photo….with combination of different pics

    1. GuDuMeena says:
      April 22, 2014 at 10:11 pm

      Hei Meena. . Thankx for asking. . I use photoshop Cs5 Extended for editing the photos. . Photoshop is a powerful tool for designing, editing, and photo manipulation and so on. . So u can install photoshop to ur Pc or Mac and simply search youtube for the tutorials. . also photoshop tutorials are available from Yopod and Club Infinity. . follow the tutorials and learn mind blowing new techniques for editing photos like this. . 🙂 hope i hav answered ur Q.

  6. Naza says:
    April 22, 2014 at 9:57 pm

    i thought 8:30 ga up nuwyma mirey up nuwaany kamah waahaka 😛 bt its ok….maja part eh anehkaawes up wefa ehnun miothy…heeheehalaaku.com ah seedha dhewuny 😛 ekam dhn muhammad be hadhaali gawaaidhu thakeh dhww…..nd siyaan warah kuryga ulheyhen hywey 😉

    1. GuDuMeena says:
      April 22, 2014 at 10:14 pm

      ehehe. . Sean aky v.gadha golaekey. . 😛 n Wa’alaikumussalam. thi Shiu ge frnd Naza ah viyya

    2. Naza says:
      April 23, 2014 at 8:56 am

      gadha kan eba ingeye 😛 wa’alaikumussalam????

    3. Naza says:
      April 23, 2014 at 12:18 pm

      hahaha owww ewaahaka dhww 😛 aan mee shiu ge frnd naza 😛 wa’alaikumussalaam accepted 😀 😉

  7. veera says:
    April 22, 2014 at 10:05 pm

    Mi part vs varah majaa sifakoh dhinu v nice. GuDu thi boytha nuniy grl tha?:-)

    1. GuDuMeena says:
      April 22, 2014 at 10:16 pm

      ehehe. . Veera GuDu aky Kuda kuDa boY kuJJeh. . 😀 😛

  8. meera says:
    April 22, 2014 at 10:57 pm

    thankx GuDu

  9. meena says:
    April 22, 2014 at 10:57 pm

    thankx GuDu

    1. GuDuMeena says:
      April 22, 2014 at 11:21 pm

      Ur Welcome. . 🙂

  10. bubbles says:
    April 22, 2014 at 11:19 pm

    V v v nice mi part. .thanx gud 😀

    1. GuDuMeena says:
      April 22, 2014 at 11:23 pm

      ehehe. . ur welcome bubbles. . 😀

  11. Nax says:
    April 22, 2014 at 11:37 pm

    Mi part ves hama habeyz ……thank u .. Luv da story

    1. GuDuMeena says:
      April 22, 2014 at 11:41 pm

      Im so glade u do. . 😀 <3

  12. princess says:
    April 22, 2014 at 11:37 pm

    wow!!!!!! thatx amazing!!!!! sean v kaamiyaabu dw!!!! ehehe…..i love ur stories sooooooooooo much…!!!!!

    1. GuDuMeena says:
      April 22, 2014 at 11:43 pm

      hahaha. . 😀 Princess. . Sean ge Kaamiyaabu kan vx adhi fennaaane. . :D. . <3

  13. GuDuMeena says:
    April 22, 2014 at 11:47 pm

    Hey Guys. . Some of u r curious about the software i use to edit these story pics. . Well it is the Amaizing Software Photoshop. . I have left u guys a link to a very useful teutorials for the beginners of Photoshop on my page:
    http://www.facebook.com/llGuDuMeenall
    Hope u guys like it. .

  14. nishan says:
    April 22, 2014 at 11:49 pm

    Habeys inge.. Thafaathu vaahaka eh.. Keep it up…

    1. GuDuMeena says:
      April 22, 2014 at 11:52 pm

      Thanks Khan. . :p 😀

  15. aisha says:
    April 23, 2014 at 12:08 am

    comment eh kuran furathama faharu
    v v v nice story eh heevani hama serial eh balanihen v nice

  16. GuDuMeena says:
    April 23, 2014 at 1:01 am

    Ohw. . thats progress i guess. . 😀 thankew Aisha. .

  17. jone says:
    April 23, 2014 at 4:08 am

    V v v nice .i am waiting 4 tha next part . plx dont stop this story . Tks meena

    1. GuDuMeena says:
      April 23, 2014 at 8:27 am

      Okey Jone. . Im nt thinking of stoping it. . Rather i’ll finish writing it. . 😀 thanks for the comment. .

  18. hadhee says:
    April 23, 2014 at 5:31 am

    Oh kihineh mi v….. Enme interesting hisaabun ninmaalan…. Hehehe but v nice n v interesting……… Keep it up gudu ….

    1. GuDuMeena says:
      April 23, 2014 at 8:29 am

      ehehe. . eyrunneh nu dhw anehpart kiyaahiy vaany bodah. . u knw how Star Plus serials are. . 😛 Thanks for the Comment

  19. shai says:
    April 23, 2014 at 6:35 am

    nice mi bai v dheragotheeh mi vany

    1. GuDuMeena says:
      April 23, 2014 at 8:30 am

      Asluvx ey dhw. . adhi fahun rangalhuvaane kanneynge. . 😀

  20. hadhee says:
    April 23, 2014 at 10:01 am

    Yeah I knw dear….. Vaahaka hutta nulahchey… As asluves v maja ingey..

    1. GuDuMeena says:
      April 23, 2014 at 11:05 am

      In Sha Allah. . 😀

  21. hadhee says:
    April 23, 2014 at 12:41 pm

    Thanxxx gudu

    1. GuDuMeena says:
      April 23, 2014 at 1:25 pm

      🙂

  22. shai says:
    April 23, 2014 at 1:48 pm

    whn you i’ll update next part

  23. bookworm says:
    April 23, 2014 at 1:49 pm

    hahahah these idiots 😛 hus ehkahala kanthah dhima vani dhw 😛 varah reethi, waiting for the next part. bunan fenvaru gadha rules eyoh hadhaali ves 😛 hini aadhey haha :v keep it up

    1. GuDuMeena says:
      April 23, 2014 at 8:06 pm

      haha. . aan e dhemyhun naky varugadha bayekey. . 😛

  24. Haxu says:
    April 23, 2014 at 2:18 pm

    aayan aa xaanish ah v dheragotheh dhw..hehe. kairyga thiben e jehuny kokko menge gothuga dhekigen.. hehe.. dhn not bad.. v majaa mi story.. waiting 4 nxt part. knme part akah song eh dhw..hehe:) gud luk n keep it up..<3

    1. GuDuMeena says:
      April 23, 2014 at 8:19 pm

      hahaha. . dhw. . adhi fahun maa majaa vaane. . 😀

  25. xee says:
    April 23, 2014 at 2:35 pm

    gudumeena vareh neh

    1. GuDuMeena says:
      April 23, 2014 at 8:20 pm

      Thanks xee. . 🙂 <3

  26. naj says:
    April 23, 2014 at 2:38 pm

    GuDu aky Kuda kuDa boY kuJJeh key
    how old are u
    9 , 10 , 13
    hehehehe 😛
    ain
    e yoh hedhi gavaidheh dhw
    cover pic ga e thiby 3 couples dhw
    alhe introduce koh dheeba e pic gudu
    ANW this part is totally amaxing
    n v majaa mivaahaka
    moonuga kurahaa thankolhu kiyaafa hee hee halaaku vehje
    alsu vxx v majaa
    n shaaya ei e myhun ge kuhjjeh noon dhw gudu
    eme intresting hisaa bun thi ninmaaly
    v nice
    ♡♡♡♡♡♡♡♡♡♡♡♡♡♡♡♡
    🙂

    1. GuDuMeena says:
      April 23, 2014 at 8:23 pm

      haha. . dhw. . aslu rt side ga thibee riyaa ai zanish aai. . Left ga thibee Ranaa ai ayaan ai. . medhu ga sean ai Shaya. . 😀 mivaahaka dhen dhaany hama reethi vamunney bunevey ny, , im trying my bst. . 🙂

  27. naj says:
    April 23, 2014 at 2:40 pm

    n i love that song
    kaaku kiyaafa in lavaeh tha eii gudu

    1. GuDuMeena says:
      April 23, 2014 at 8:25 pm

      eiy Bruno Mars ge Just the way you are. . 😀 i love the song. . <3

  28. ރީ says:
    April 23, 2014 at 4:53 pm

    gudu married tha? u 23 years dhoa? n from G.dh atoll 😛

    1. GuDuMeena says:
      April 23, 2014 at 8:27 pm

      Ree varah Info hoadhaifin dhw. . 😛 eheh hmm married and 23. . and from Vaadhoo. . 🙂 i mean my dad. .

  29. uma says:
    April 23, 2014 at 7:59 pm

    awsome story!!! lurrrrrve it… btw i also thote gudu mee gal eh kamah lol 😀

    1. GuDuMeena says:
      April 23, 2014 at 8:28 pm

      hahaha umaaaaaa. . grl akah hadhaigen thi ulhuneee. . . pis pis. . 😛

  30. Ainnapps says:
    September 17, 2014 at 2:40 pm

    fakkaaa gaddaaaa ingeyyyy… <3 lurrrvvv it..

Comments are closed.

Next Episodeދީވާނާ ލޯބިން ވެއްޖޭ. . [5]←


All Right Reserved!