ހުޅުމާލޭ ފެރީ ޓާމިނަލް ކުރިމަތީގައި އޮތް ކާރު މިސްރާބުޖެހީ ހުޅުމާލޭގެ ތާރު އެޅިމަގުތަކުގައި ބާރު ސްޕީޑެއްގައެވެ. އޭގެ މަންޒިލާ ހަމައަށް ވާސިލްވެވުނީ ދިހަ މިނެޓުގެ ދަތުރަކަށްފަހުގައެވެ. ކާރު ހުއްޓާލީ ބޮޑު ގެއެއްގެ ކުރިމައްޗަށެވެ. ބީޗާ ފުދޭވަރަކަށް ކައިރީގައި ހުރި އެގޭއެކޭ ގަނޑުވަރެކޭ ވަކި ތަފާތެއްނެތެވެ. ބަލާބެލުމުންވެސް ޝާހީ ވައްތަރު ޖަހައެވެ. ގޭޓު ކައިރީގައި ތިބި ދެގާޑުން ދޮރުހުޅުވާދިނުމުން ފޮށި ދަމަމުން އެތެރެއަށް ވަނީ މަލާކްއެވެ. ފެހި ކުލައިގެ އަބާޔާ ހެދުމެއްގެ އިތުރުން އަޅިކުލައިގެ ޝޯލެއްގައި ހުރި އިރު އޭނާގެ ދޮން އަދި އެހާމު އޮމާން މޫނުމަތިން ފެންނަނީ ފިރިހެނުންގެ ހިތްތަށް ކަތިލާފަދަ ސިފަތަކެކެވެ. ހިނިތުންވުމަކާއެކު ހުރިނަަމަވެސް މަލާކް ހިތުގައި ހިނގަމުންދާ ހައިޖާންގަނޑު ދެނެވޮޑިގަންނަވަނީ ހަމަ އެންމެ ފަރާތެކެވެ.
ބިންމަތީގައި އަޅާފައިވާ ގްރާސް މެޓު މަތިން ގާޑެންއަށް ފަސްދީފައި ގޮސް އޭނާ ހުއްޓުނީ ގޭގެ މައިދޮރު ކުރިމަތީގައެވެ. ބެލްއަށް ފިއްތާލަން އަތް އުފުލާލިއެވެ. ނަމަވެސް އޭނާގެ އަތް ތިރިކޮށްލީ ބެލް އެޅުމުގެ ކުރިން މީހަކު ދޮރު ހުޅުވާލުމުންނެވެ. އެެއީ މެދު އުމުރުގެ އަންހެނެކެވެ. އޭނާ ލައިގެން ހުރި ހެދުން ވަރަށްވެސް ޝާހީއެވެ. މޫނުމަތީގައި އުނގުޅާފާވައި ކުލަތަށް އޭނާ ޒުވާންކޮށްދޭން މަސަތްކަތް ކުރާފަދައެވެ.
“އަނހަ. މިއޮތް އައީ ދޯ. އަވަހަށް ވަދޭ.” ހިނިތުންވެލަމުން އެ އަންހެން މީހާ ބުންޏެވެ. މަލާކްވެސް އޭނާ ފަހަތުން ވަނެވެ. ފުރަތަމަވެސް މަލާކް ނަޒަރު ހިނގާލީ މުޅި މާހައުލަށެވެ. ބޮޑު ގެއެކެެވެ. ބިންމަތީގައި މާބްލް ޓައިލްސް ޖަހާފައިވާއިރު މުޅި ސިޓިންގް ރޫމަށް އަލިވެފައިވަނީ ސީލިންގުގައި ހަރުކޮށްފައިވާ ޗާންދލިއާރގެ ސަބަބުންނެވެ.
“ދަރިފުޅާ ޝިވަން. ދޭބަލަ މި ފޮށި ކޮޓަރިއަށް ލާދޭން.” ސިޓިންގް ރޫމް ސޯފާގައި ވީޑިއޯ ގޭމް ކުޅެން އިން ފިރިހެން ސޮރު މަލާކްއަށް ފެނުނީ އެވަގުތެވެ. ފުރަތަމަ ނަޒަރުންވެސް މަލާކްގެ ހިތް ޝިވަންގެ މައްޗަށް ލެނބުނެވެ. ޝިވަން ލައިގެން ހުރި އަތްދިގު ގަމީހުގެ އަތް އޮޅާލައިފިނަމަ މަލާކްގެ އެ ހިޔާލު ބަދަލުވާނެކަން ޔަގީނެވެ. ނަމަވެސް ޝިވަންއަކީ ކާކުންކަން ނޭނގި ހުރެވެސް މަލާކްގެ ހިތުގައި ޖަހާލީ ތަފާތު ވިންދެކެވެ. “ކާކުތަ އައީ.” ޓީވީއަށް ގެއްލިފައި އިންދެ ޝިވަން ބުނެލިއެވެ. އޭނާއަަކަށް މަލާކްއެއް ނުފެނުނެވެ. ބަލަން ނޫޅެންޏާ ނުފެނާނެ ނޫންހެއްޔެވެ.
“މިކޮޅަށް ބަލާލަބަލަ. މީ މަލާކް އިނގޭ.” ޝިވަންގެ މަންމަ ޝިފާނާ ބުނެލިއެވެ. ޝިވަން އޭނާގެ ނަޒަރު ޓީވީއިން ވަކިކޮށްލަމުން މަލާކްއަށް ބަލާލިއެވެ. ޝިވަން އޭނާގެ މޫނަށް ޖައްސާލީ ފޫހި ވައްތަރެކެވެ. މަލާކްލައިގެން ހުރި ހެދުމުގެ ސަބަބުން އޭނާ ފޫހިވީއެވެ. އެއީ އޭނާ އެންމެ ފޫހިވާ ވައްތަރު އަންހެނުންނެވެ. އެކަހަލަ އަންހެނަކު މަންމަ ގެނައުމުން ޝިވަންއަށް ރުޅިވެސް އާދެވުނެވެ.
________________________________________
” މަންމަ ބުނީ ކާން.” ޝިވަންގެ ކޮޓަރި ދޮރު ހުޅުވާލަމުން މަލާކް ބުނަން އުޅުނު ޖުމްލަ މެދުކަނޑަލަން ޖެހުނީ އެނދުމަތީގައި ޝިވަން އޮތް ވައްތަރުންނެވެ. ހުސްގަޔާ ސީޝާ ބޯން އެނދުމަތީގައި އޮތް އިރު ޝިވަންގެ ގައިގައި ޓެޓޫ ނުޖަހާ ތަނެއް ނެތެވެ. މުޅި ގައިގައި ހުސް ޓެޓޫއެވެ. އެނދުމަތީގައި ހުރި ރާފުޅިތަށް ފެނުމުން މަލާކް ދެލޯ ބޮޑުވިއެވެ. އޭނާއަށް ލޯބި މިވެވުނީ މިކަހަލަ ފިރިހެނެއް ދެކެ ހެއްޔެވެ. އޭނާގެ ހިތުގައި އެފަދަ އިހްސާސްތަކެއް އުފެދުމުގެ ކުރިން އަމިއްލަ ނަފްސު ކޮންޓްރޯލް ނުކުރެވުނީ ކީއްވެހެއްޔެވެ.
“ކިހާ ދެރަކަމެއް ކަލެއަކަށް ނޭނގޭތަ ޓަކިޖަހާކަށް.” ދުންތަށް ބުރުވާލަމުން ޝިވަން ހަޅޭތްލަވައިގަތެވެ. ޝިވަންގެ އަނގައިން ދެން ނިކުތީ ހުސް ހުުތުރު ބަހެވެ. އަޑުއަހަން ހެޔޮވާވަރުގެ ބަސްތަކެއް ނޫނެވެ. ޝިވަން ހުރީ ހަމަހޭގައި ނޫންކަން ބަލާލާ ކޮންމެ މީހަކަށްވެސް އިނގޭނެއެވެ. ދޮރު ލައްޕާލަމުން އެތަނުން ދާން މަލާކް އުޅެގަތީ ބިރުން ހުރެއެވެ. އެހެންނަމަވެސް އޭނާއަށް ދެވުމުގެ ކުރިން އެނދުން ދެތުވެގެން ޝިވަންއައިސް މަލާކް ހުއްޓުވިއެވެ. އަތްދަނޑިމައްޗަށް މަލާކް އުފުލާލަމުން އެނދުމައްޗަށް މަލާކް ވައްޓާލިއެވެ. މަލާކްގެ ގައިމައްޗަށް ޝިވަން ވެރިވެގަތެވެ.
________________________________________
“ސޮރީ.” ޝިވަންއަށް ފަސްދީފައި މަލާކް ދާން ހިނގައިގަތެވެ. އެހެންނަމަވެސް އޭނާގެ ފިޔަވަޅުތަށް ހުއްޓުނީ ޝިވަންގެ އަޑުންނެވެ. މަލާކް ހައިރާންވިއެވެ. އެއީ ހަމަ ޝިވަންބާއެވެ. މިއޮތް ހުރިހާ ދުވަހު އޭނާއަށް އަނިޔާ ކުރިމީހާ އޭނާގެ ގާތު ދުވަހަކުވެސް މާފަށް އެދިދާނެކަމަށް ހީކުރެވިފައެއް ނެތެވެ. ޝިވަން އެހެރީ އަނެއްކާ ހަމަހޭގަބާއޭ މަލާކް ހިތަށްއެރިއެވެ.
ހިނގަފާއި އައިސް ޝިވަން ހުއްޓިލީ މަލާކް ކުރިމަތީގައެެވެ. މަލާކް ކުރިމަތީ އޭނާ ދެފައިމައްޗަށް ތިރިވިއެވެ. “އައި ލަވް ޔޫ. އައިމް ސޮރީ.” ޝިވަން ބުނެލިއެވެ. އޭނާގެ ލޮލަށް ކަރުނަ ބޮނޑުވެގަތެވެ. ޝިވަން ބައްދައިގަތީ މަލާކްގެ ފައިގައެވެ. ހުއްޓުމެއް ނެތި އޭނާ މާފަށް އެދެމުން ދިޔައިރު ގަނބުއަރާފައި މަލާކްއަށް ހުރެވުނީއެވެ. ހައިރާންވެފައެވެ. މިއީ ހަގީގަތެއް ބާއެވެ. ނުވަތަ ހުވަފެނެއް ބާއެވެ. ރުޅިވެރިކަން ލޯބީގެ ފެށުމޭ މީހުން ބުނާ ބުނުން އެއީ ތެދެއްބާއެވެ؟؟
އިންތިޒާރު ކޮށްލައްވާ!!!!
21 Comments!
Comments are closed.

ey…mi vaahaka heevanee varah salhi vaane hen. and i cant stop imagining shivan as zain malik. plx nimendhen genesdhechey
heevanee salhevaanehen inthijaaruga
Vvv rythi trailer vs… nimn dhn regular kh genesdheyne kamah hykuran…???
Mi heevani…azhar vahaka ga vagotha vaahen…
V salhi vaane hen heevey.kon dhuvahakun fashany.ummeedh kuran nimen dhen genass dheyne kamah.waiting.
N gud luck.
-salaam-?????
awww thank you soo much everyone..its really sweet of you all insha allah 1st august in feshigen nimendhen genesdheynan
lots of love readers..
Seems v interesting.. best of luck dear?
Mi vaahaka genesdheyne dhuvasthah ves jahaa dhechey
Mi vaahaka v salhivaane hen heevany..best of luck dear..hama first part ge inthizaaruga…
Cover pic ves v salhi?
waiting ….. reethi vaane henn heevanee
Waiting.
Wow!!! Very interesting story …ummeedhukuran nimen dhen gavaidhun up koh kiyan libeyne kamah…
Wow ? mi story varah reethi vaanehen hyvany. Mi haarun sureh mi story. Best of luck dear
alheyyyy cant wait..<3
To Day is Aug 1st.. Story kiyaa hithun
Kobaa tha vaahaka
Kobaa tha kiyaahithu avas kohlabala
Kbaa thr stry… kiyaa hithun mioh maru vany… avahah up khdhyba plz plzzz
Kbaa story.. can’t wait… writer please rply..
Mihaaru thioh 2 years vee ekm adhi vx vaahaka up nukurevey???