Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބަރުބާދު (ދެވަނަބައި)

shan Level 410 Stories100 Comments500 Comments100 Login
April 21, 2014 5 Mins Read
20 Comments

ހެނދުނުގެ ވަގުތެވެ. އަހަރެން އުޅުނީ ބަދިގެ ތެރޭގައި ހެނދުނުގެ ސައި ހެދުމައިގެންނެވެ. ހެނދުނުގެ ސަޔަށް ރޮށި ފިހެމުން ދިޔައިރު އަހަރެންނަށް ވިސްނެމުން ދިޔައީ ދެން ކަންތައް ކުރާނެ ގޮތަކާމެދުއެވެ. ފިރިމީހާގެ ލޯބި އަލުން ހޯދުމަށް ހަދާނެ ގޮތަކާމެދުއެވެ. ފިރިމީހާގެ ލޯބި ނުލިބުނަސް ވަރިހަމަކަމަށް އުޅެންވީ ހެއްޔެވެ؟ އަހަރުމެންގެ ދަރިފުޅަށްޓަކައި އޭނާ ހެދިހާ ގޮތެއް ހެދިގެން ހުންނަންވީ ހެއްޔެވެ؟ ދަރިފުޅަށްޓަކައި އަހަރެންގެ ހަޔާތް ބަރުބާދުކޮށްލަންވީ ހެއްޔެވެ؟ ދަރިފުޅަށް ލޯބި ލިބޭތީ އަހަރެންނަށް ލޯބި ނުލިބުނަސް ހެޔޮކަމަށް މިދިރިއުޅުމައިގެން ކުރިޔަށް ދާންވީ ހެއްޔެވެ؟ ގޮތެއް ނިންމަން ދަތި އެތަކެއް ސުވާލްތަކެއް ސިކުނޑިއަށް ޖަމާވަމުން ދިޔައެވެ. އަހަރެން ދަރިފުޅަށްޓަކައި ކެތްކުރި ކަމުގައި ވިޔަސް މާދަމާވެސް ވަރިކޮށްލާ ގެއިން ނެރެ އެއްލާނުލާނެ ކަމުގެ އެއްވެސް ޔަޤީންކަމެއް ނެތެވެ. އަހަރެންނަށް ހަދާނެ ގޮތެއް ނުވިސްނުނެވެ. ކައިލްގެ ކަންތައް ނޭގޭކަމަށް ހެދިގެން ހުންނާކަށް ބޭނުމެއްވެސް ނޫނެވެ. މިހާރުވެސް ގޮތެއްނެތް އަންހެނެއްހެން ލައްކަ ދުވަހު ކެތްކުރެވިއްޖެއެވެ.

“..ދަރިފުޅާ ލޫޝާ..” އަހަރެން ސިހިގެން ދިޔައީ މަންމަ ގޮވާލިއަޑަށެވެ.

“..ކޮން ހިޔާލަކަށް ގެއްލިފަ؟.. ބަލީތަ ދަރިފުޅު..” މަންމަ އަހަރެންގެ ބޮލުގައި ފިރުމާލީ ލޯތްބާއެކުއެވެ. “..ކޮންކަމަކާ ތި ވިސްނަނީ..”

އަހަރެންގެ އުފަން މަންމަހާ ރަނގަޅު މަންމަ އެކެވެ. އެމަންމަގެ ލޯތްބާއި އަޅާލުން ދުވަސްކޮޅަކުން ނުލިބޭނެކަން ހިތަށް އެރުމާއެކު ހިތް ރޯލިއެވެ. މަންމައަށް ހުރިހާ ވާހަކަތަކެއް ކިޔާދިނުމަށް ހިތް އެދެންފެށިއެވެ. އަހަރެން ކަހަލަ އަންހެނަކަށް ކުރެވޭނޭ އިޙްސާސް އެމަންމައަށް އިޙްސާސް ކުރެވޭނެކަން ޤައިމެވެ.

“..ކޮބާ ކިނާން..” އަހަރެންނަށް އެވާހަކަތައް ދައްކާކަށް ނުކެރުނެވެ. މަންމަ ކައިރީ މަންމަގެ ދަރިފުޅު ކުއްވެރިކޮށްފައި ވާހަކަ ދައްކަންކެރޭނީ ކިހިނަކުން ހެއްޔެވެ؟ އެވާހަކަތައް އެނގުމުން އެމަންމައަށް ކުރާނެ އަސަރު އަހަރެންނަށް އެނގެއެވެ. އެމަންމަގެ ހިޔާލެއް ހޯދާލުމަށް ހިތް އެދުނު ކަމުގައިވިޔަސް އެވާހަކަތައް ބުނާނެ ހިތްވަރެއް ނެތެވެ.

“..އެސޮރު ވެއްޖެ ބައްޕައާއެކު ޓެރަސްގަ.. ދަރިފުޅާ މަންމައަށް ކަމެއް ސިއްރު ނުކުރައްޗޭ..” މަންމަގެ މޫނުމަތިން ފެންނަނީ ސީރިޔަސްކަމެވެ.

“..މަންމާ އަހަރެން ނުވިސްނަމޭ އެއްވެސް ކަމަކާ .. މިއަދު މިއުޅެނީ ކުޑަކޮށް ބޮލުގަ ރިއްސާތީ..” އަހަރެން ދޮގެއް ހަދާލީ މަންމަގެ ހިތްހަމަ ޖައްސައި ދިނުމަށްޓަކައެވެ.

“..ދަރިފުޅު ދޭ އަރާމްކޮށްލަން.. މަންމަ ތިކަންތައް ކޮށްލާނަން..” މަންމަ ހިނިތުންވެލަމުން ބުންޏެވެ. “..ބޭސްކާލައިގެން ކުޑަކޮށްނިދާލާ.. އޭރުން ރަނގަޅު ވެދާނެ..”

*************

އަހަރެންނަކަށް ނުނިދުނެވެ. ކޮޓަރިއަށް އައުމަށް ފަހުގައިވެސް ވިސްނުނީ ކައިލްއާމެދުއެވެ. ދެން ކަންތައްކުރާނެ ގޮތަކާމެދުއެވެ. ކައިލްއާ އެވާހަކަ ދެއްކުމަށްވެސް އެތައް ފަހަރަކު ހިތަށް އެރިއެވެ. ނަމަވެސް އޭގެކުރިން އެއަންހެން ކުއްޖާއާ ވާހަކަ ދެއްކުމުގެ ވިސްނުމެއް އައުމުން އެހިޔާލް ދޫކޮށްލީއެވެ. އަހަރެން އެކުއްޖާ ހޯދާނީ ކޮންތާކުން ހެއްޔެވެ؟ އެކުއްޖާ ކައިރިން އާދޭސްކުރުން މީ ރަނގަޅު ގޮތަކަށް ވެދާނެ ހެއްޔެވެ؟ މިކަމުގައި ޚިޔާލް ބަދަލްކޮށްލައި ކަންތައް ކުރަންވީ ރަނގަޅު ގޮތެއް ބުނެދޭނީ ކާކު ހެއްޔެވެ؟

“..ޔުމްނު..” އަހަރެންނަށް އެނަން މަޑުމަޑުން ކިޔާލެވުނެވެ. ޔުމްނު އަކީ އަހަރެންގެ ވަރަށް ގާތް ރައްޓެއްސެކެވެ. ރަށު ކުއްޖެކެވެ. އަދި އެހެންމެ އޭނާއަކީ ކައިލްގެވެސް ރައްޓެއްސެކެވެ. ޔުމްނު މަސައްކަތް ކުރަނީ ކައިލްގެ އޮފީހުގައެވެ. އެހެންކަމުން ޔުމްނުއަށް އެކުއްޖަކީ ކާކުކަން ހޯދުން މާ ބޮޑުކަމަކަށް ނުވާނެއެވެ.

އަހަރެން ފޯންނަގާ ޔުމްނުއަށް ގުޅާލީމެވެ. ގުޅާލުމާއެކު ޔުމްނު ފޯންނެގިއެވެ. އަހަރެން އެދުނީ ވާހަކަ އެއް ދައްކާލުމަށް ހަވީރުން ގެޔަށް އައިސް ދިނުމަށެވެ.

“..މައްސަލައެއްނެތް ހަވީރު ހަތަރެއް ޖަހާނީ އަހަރެން ތިގޭގަ ހުއްޓާ..” ޔުމްނު ވަގުތުން އެއްބަސްވިއެވެ.

އާދައިގެމަތިން މެންދުރު އެކެއްޖެހި އިރަށް ކައިލް ގެޔަށް އަޔެވެ. އެއީ މިހާތަނަށް އަދި ބަދަލްނުވެ އޮތްކަމެކެވެ. ކޮންމެ ދުވަހަކު ހެނދުނު މަސައްކަތުގައި އުޅުމަށްފަހު މެންދުރު ފަހާއި ހަވީރު ވަގުތުތައް އޭނާ ހޭދަކުރާނީ ކިނާންއާ އެކުއެވެ. އަހަރެންނަށް ނުލިބޭ އަޅާލުމާއި ލޯބި ކިނާންއަށް ލިބޭކަންވެސް ނަސީބެކޭ އަހަރެންގެ ހިތަށް އަރައެވެ.

ހަވީރުގެ ހަތަރެއްޖެހަނިކޮށް ކައިލް ކިނާން ގޮވައިގެން ބޭރަށް ނުކުތެވެ. އަހަރެން އިނީ ސިޓިންގ ރޫމް ސޯފާގައި ޔުމްނުގެ އިންތިޒާރުގައެވެ. ހަތަރެއްޖެހުމާއެކު ގޭގެ ބެލް އަޅާލި އަޑު އިވުނެވެ. ދޮރު ހުޅުވާލިއިރު ޔުމްނު ދޮރުމަތީގައި ހުއްޓެވެ.

“.. ހަމަ ބަރާބަރު ހަތަރެއް ޖެހީ..” ޔުމްނު ހެވިފައި ހުރެ ބުންޏެވެ. އަހަރެން ދިނީ ފަނޑު ހިނިތުން ވުމެކެވެ.

“..ލޫޝް އާ ޔޫ އޯކޭ..” ޔުމްނުއަށް ކަމެއް ގޯސްވެއްޖެކަން ދެނެގަނެވުނެވެ. “..ހުރިހާ ކަމެއްވެސް ރަނގަޅުތަ؟..”

“..ރަނގަޅު..” އަހަރެން މަޑުމަޑުން ބުނީމެވެ.

“..ނޫން.. ލޫޝް ތިހަދަނީ ދޮގުކަން ވަރަށް ސާފުކޮށް ތިމޫނުމަތިން އެބަ އިނގޭ..” އަހަރެންގެ އަތުގައި ޔުމްނު ހިފައިލަމުން ބުނެލިއެވެ. “..ހިނގާބަލަ ތި ވާހަކަތައް ދައްކާލަން ބޭރަށް ނުކުމެލަން..”

އަހަރުމެން ދިޔައީ އާޓިފިޝަލް ބީޗަށެވެ. ހަވީރުގެ ވަގުތު ކަމަށްވުމުން އެހިސާބުން އިވެމުން ދިޔައީ ކުޑަކުދިންގެ ހުނުމާއި ސަކަރާތުގެ އަޑެވެ. އިށީނދެލާނެ ހުސް އައްޓެއްވެސް ނެތުމުން ޔުމްނުގެ އެދުމަށް އަހަރުމެންވަނީ ބްރޭކް ވޯޓަރ އަށެވެ. އެއީ އާޓިފިޝަލް ބީޗްގައި ހުޅުވާފައިވާ ރެސްޓޯރެންޓެކެވެ.

“..ހޫމް.. ކޮބާ މިހާރު މައްސަލައަކީ..” ގޮނޑީގައި ހަމަ ޖެހިލަމުން ޔުމްނު އެހިއެވެ. “..ގޭތޭރޭގައި މަންމައާ މައްސަލައެއް ޖެހުނީތަ؟ ނޫނީ ރަށު އާއިލާ މީހަކަށް ކަމެއް ދިމާވީތަ؟..”

އަހަރެން އެއްޗެއް ނުބުނެ މަޑުމަޑުން އިނުމުން އަނެއްކާވެސް ޔުމްނު ސުވާލް ކުރިއެވެ. އަހަރެން ވާހަކަ ފަށަންވީ ކިހާ ހިސާބަކުން ހެއްޔެވެ؟ ފިރިމީހާގެ ގޯސް ވާހަކަތައް ދެއްކުމަކީ އެހާ ފަސޭހަ ކަމެއްވެސް ނޫނެވެ.

“..ކައިލްއާ އެހެން އަންހެނަކާ ދެމެދު ގުޅުންތަކެއް ހިނގަމުން އެބަދޭ..” އަހަރެން ޔުމްނުގެ ލޮލަށް ބަލަން އިނދެފައި ބުނީމެވެ. “..އެކަން އަހަންނަށް ޔަޤީން ވެއްޖެ..”

ޔުމްނުގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފާޅުވެގެން ދިޔައީ ކުއްލިއަކަށެވެ. ޔުމްނުއަށް ވީ ބުނެފާނެހެން ހީނުވާ ކަހަލަ ވާހަކައެއް ކުއްލިއަކަށް ބުނުމުން ވާނެކަހަލަ ގޮތެކެވެ. ވާނީވެސް އެހެންނެވެ. ކައިލް އެގޮތަށް އުޅެފާނެކަމަކަށް އެއްވެސް މީހަކަށް ޤަބޫލެއް ނުކުރެވޭނެއެވެ. އަހަރެން ޔުމްނުއަށް ހުރިހާ ވާހަކަތަކެއް ވަރަށް ތަފްޞީލްކޮށް ކިޔާދިނީމެވެ. އަހަރެން ދެއްކި ހުރިހާ ވާހަކަތަކެއް ޔުމްނު އަޑުއެހިއެވެ.

“..އަހަރެންނަށް ވިސްނުނީ އެއަންކުއްޖެއް ހޯދައިގެން އެކުއްޖާ ކައިރިއަށް ގޮސް އާދޭސްކުރަން.. ދެފައި ބުޑަށް ވެއްޓި އާދޭސްކޮށްގެންވެސް ކައިލްގެ ލޯބި އަނބުރާ ހޯދުމަށް.. އެހެންވެ ޔުމްނުއަށް މިވާހަކަތައް ކިޔާ މިދިނީ.. ޔުމްނުއަށް އެއަންހެއްކުއްޖަކީ ކާކުކަން ހޯދަ ދެވިދާނެތަ؟..”

“..ތީ ރަނގަޅު ހިޔާލެއް ނޫން..” ޔުމްނު ވަގުތުން ބުންޏެވެ. އަހަރެން އިތުރު އެއްޗެއް ނުބުނެ މަޑުން އިނީ ޔުމްނު އިތުރައް އެއްޗެއް ބުނާނެ ކަމަށެވެ.

“..ކީއްވެ؟..” ޔުމްނު އިތުރު އެއްޗެއް ނުބުނުމުން އަހަރެން ސުވާލުކުރީމެވެ. “.. އަހަރެން މަޤާމުގައި ޔުމްނު ހުރިނަމަ ޔުމްނު ކަންތައް ކުރާނީ ކިހިނެއް..؟..”

“..ކައިލް ކައިރިން ވަރިވެގެން ރަށަށްދޭ..” ޔުމްނު ކުއްލިއަކަށް ބުނެލި ޖަވާބުން އަހަރެންގެ ދެލޯ ބޮޑުވެގެންދިޔައެވެ.

“..އެއީ އަހަރެންނަމަ ކަންތައް ކުރާނެ ގޮތަކީ..” ޔުމްނު އިތުރަށް ބުނެލިއެވެ. “..އޭނަ ނުވާނެ އިޞްލާޚެއް..”

އަހަރެންނަށް އަނގަމަތީ އަތް އަޅާލެވުނީ ހިތަށް އެރިއެއްޗެއްގެ ސަބަބުން ނެވެ. ޔުމްނުއަށް ކައިލްގެ ހަޤީޤަތް އަހަރެން ބުނުމުގެ މާ ކުރިންވެސް ވަނީ އެނގިފަހެއްޔެވެ؟

“..ތިހީވީ ރަނގަޅަށް..” ޔުމްނު ބުންޏެވެ. “.. އަހަރެންނަށް މާކުރިން ތިކަން އެނގިފަ އޮތީ.. އޮފީހުގަ އުޅޭ ޔޫނާ އާ ކައިލްއާ ދެމެދު ގުޅުތަކެއް ހިނގަމުން އަންނަތާ މަސްތަކެއް ވެއްޖެ.. ކައިލް ރޭގަނޑު އޮފީހަށޭ ކިޔާފަ ތިދަނީ އެ ޔޫނާ ކައިރިއަށް.. އަހަރެން މީ ރޭގަނޑު އޮފީހަށް ނުކުންނަ މީހަކަށް ނުވާތީ ނޭގެ ކައިލް އޮފީހަށް ދާކަމެއް ނުދާކަމެއް.. އެކަމް އަހަންނަށް ޔަޤީން ތިހާ ލަހުން ކައިލް ގެޔަށް ތިދަނީ އެ ޔޫނާ ކައިރިއަށް ދާތީ ކަން..”

“..ކީއްވެ ކުރިން އަހަރެންކައިރީ ނުބުނީ..” އަހަރެން އެހީމެވެ. ކުރިން ބުނިނަމަވެސް އަހަރެންނަށް ކުރެވޭނެ މާ ބޮޑު ކަމެއްނެތެވެ. ނަމަވެސް އެހެން ބުނެވުނީ ޔުމްނުއަށް އެކަން އެނގިހުރެ ސިއްރުކޮށްގެން ހުރީތީ އެކަމާ ދެރަވިވަރުންނެވެ.

“..އަހަރެންނަށް ނުކެރުނީ ބުނަން.. އެކަމް ލޫޝްއަށް ތިކަން އެނގުނީމަ ހުރިހާ ވާހަކަ އެއް ކިޔާދިނީ މި… ދެން ލޫޝް ވިސްނާފަ ރަނގަޅު ގޮތެއް ނިންމާ.. ލޫޝް ޔޫނާ ކައިރިއަށް ގޮސް އާދޭސްކޮށްގެން ޔޫނާ ކައިލް ދޫކޮށްލި ކަމުގައި ވިޔަސް މާދަމާ ކައިލް އެހެން އަންހެނަކު ހޯދައިގެން އެމީހެއް ފަހަތުން ދުވަން ފަށާނެ..”

އަހަރެން ގެޔަށް އައި މަގުމަތީ ވަރަށް ވިސްނީމެވެ. ޔުމްނު ބުނީވެސް ދޮގު ވާހަކައެއް ނޫނެވެ. އެއްފުޅަށް މަތިން ފުންމާލި ބަކަރި އަނެއް ފުޅަށް މަތިންވެސް ފުންމާލާނެކަން އެއީ ދުނިޔެ ޤަބޫލްކުރާ ހަޤީޤަތެކެވެ. އަހަރެންނަށް އުދުހެމުން ދާ މާބުރެއްގެ ފިޔަގަނޑަކު ނުހިފެހެއްޓޭނެއެވެ. ހިފަހައްޓަން އުޅެފި ނަމަ ހުރިހާ ގެއްލުމެއް ލިބޭނީ އަހަންނަށެވެ. ކަށިޖަހާނީ އަހަރެންގެ އަތަށެވެ. އަހަރެން ކައިލްގެ ކައިރިން ވަރިވާކަށް ބޭނުމެއް ނޫނެވެ. ވަރިއާ ހިސާބަށްދާނީ ގޮތް ހުސްވުމުންނެވެ. އަހަރެން ނިންމީ މަންމައަށާއި ބައްޕައަށް ހުރިހާ ވާހަކަތަކެއް ކިޔައި ދިނުމަށެވެ. އަހަރެންނަށް އޮތް ހަމައެކަނި ގޮތަކީ އެއީއެވެ. ކައިލްއަކީ މަންމަމެން ބުނާބަސް އަޑުއަހާ މީހެކެވެ.

އަހަރެން ގެޔަށް ވަންއިރު ކިނާން ސޯފާގައި އިނީ ކައިލްގެ އައި5 ފޯން ހިފައިގެން ގޭމް ކުޅޭށެވެ. ކައިލް ފެންނާކަށް ނެތެވެ. އަހަރެން ފެނުމާއެކު ކިނާން ދުވެފައި އައިސް އޮޅުލައިގަތެވެ. އަހަރެން ކިނާންގެ ލޯބި ކޯކޮޅުގައި ހިފާލަމުން އުރާލީ ލޯތްބާއެކުއެވެ. ކިނާންއަކީ އަހަރެން ދިރިހުރުމުގެ ހަމައެކަނި އުންމީދެވެ.

“..ކޮބާ ޑެޑީ..” ސޯފާގައި އިށީންނަމުން އަހަރެން ސުވާލްކޮށްލީމެވެ. ކައިލް ކޮޓަރީގެ ދޮރު ހުޅުވާލަމުން ކިނާއަށް ގޮވާލީ އެވަގުތުއެވެ.

“..ޑެޑީގެ ދޫނީ ..އަވަހަށް އާދޭ.. ދެން ގޭމް ކުޅޭނީ ފާހާނާކޮށްލައިގެން..” ކިނާން ދުވެފައި ދިޔައީ އަހަރެންގެ އަތަށް ފޯނު ދީފައެވެ.

އަހަރެން ފޯނަށް ބަލާލީމެވެ. ފޯނުގެ ސްކުރީން އިން ފެންނަންހުރީ ފުރުޓް ނިންޖާ ގޭމްގެ “މެއިން މެނޫ” އެވެ. އެވަގުތު ޔޫނާގެ ނަންބަރު ހޯދައި ލުމުގެ ވިސްނުން އައީ ކީއްވެގެން ކަމެއް ނޭގެއެވެ. އަހަރެން ގެޔަށްވަނީ ޔޫނާއާ ބައްދަލު ނުކުރަން ނިންމައިގެންނެވެ. ނަމަވެސް މަންމައަށް ވާހަކަތައް ކިޔައި ދިނުމުގެ ކުރިން ޔޫނާއަށް ގުޅާލައި ވާހަކަ ދައްކާލެވިދާނެތާއެވެ.

ފޯންގެ ކޮންޓެކްޓްގައި ޔޫނާ ޖަހާފައިވާ އެއްވެސް ނަންބަރެއް އަހަރެންނަކަށް ނުފެނުނެވެ. ލޯބި ސުވިޓީ ކަހަލަ އެއްޗެއް ޖަހާފައި ނަންބަރެއް ސޭވްކޮށްފައެއްވެސް ނެތެވެ. ޔޫނާގެ މެސެޖެއް އިންތޯވެސް ބެލީމެވެ. ސޭވް ނުކުރާ ނަންބަރަކަށް ޑައިލްކޮށްފަވޭތޯ ވެސް ބެލީމެވެ. އެއްވެސް އެއްޗެއް ނެތެވެ. ހީވާގޮތުން އަހަރެންނަށް ފެނިދާނެތީ ކައިލް އެހުރީ ހުރިހާ އެއްޗެއް ޑިލީޓްކޮށްލާފައެވެ. ނަންބަރުވެސް ސޭވް ނުކުރަނީ ކަންނޭގެއެވެ. އެކަހަލަ ވިސްނުންތަކެއްގައި އިންދައި ފޯނަށް މެސެޖެއް އަޔެވެ. ސޭވްކޮށްފައި ނުވާ ނަންބަރަކުން އައި މެސެޖެކެވެ. އަހަރެން މެސެޖް ހުޅުވާލީމެވެ.

“..ލޯބީ.. މިރޭ 09 އަށް އަންނައްޗޭ.. އެބައޮތް ވަރަށް މުހިއްމު ވާހަކައެއް ބުނަންވެފަވެސް.. އޯކޭ ސީ ޔޫ ސޫން..” ހީވާ ގޮތުން އެއީ ޔޫނާގެ ނަންބަރުން ފޮނުވާފައިވާ މެސެޖެކެވެ.

އަހަރެން އެ ނަންބަރު ފޯނުގައި ޖަހާލީމެވެ. ދަންނަ ނަންބަރެއް ހެންވެސް ހީވިއެވެ. ޑައިލްކޮށްލަން އުޅެނިކޮށް ކިނާން ކޮޓަރިން ދުވެފައި ނުކުތެވެ. ބަލާލިއިރު ކައިލްވެސް ކޮޓަރިން ނުކުންނަނީއެވެ. އަހަރެން އަވަސް އަވަހަށް ކައިލްގެ ފޯން ސޯފާގައި ބޭއްވުމާއެކު ކިނާން ފޯންނަގައިގެން ކުޅެންފެށިއެވެ. އަހަރެން ތެދުވެގެން ދިޔައީ ކޮޓަރިއަށެވެ.

ކޮޓަރިއަށް ވަދެ ހަމަޖެހިލުމަށްފަހު ކައިލްގެ ފޯނުން ނެގި ނަންބަރަށް ގުޅާލީމެވެ. އެޔާއެކު ސްކުރީންނަށް އެރި “ޔުމްނު” ގެ ނަން ފެނުމާއެކު ފޯން އަތުން ދޫ ވެގެން ނުވެއްޓުނީ ކިރިޔާއެވެ. ހީވީ އެތެރެއަށްލީ ނޭވާވެސް ތާށިވިހެންނެވެ. ކޮށިއަރާގަތެވެ. ޔުމްނު ފޯން ނެގިތަން ފެނުނެވެ. އެޔާއެކު އަވަސް އަވަހަށް ފޯން ކަނޑާލެވުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shan

Level 410 Stories100 Comments500 Comments100 Login

އަޅުގަނޑުގެ ވާހަކަތަކުގައި ކުށް ބަސްތަކާއި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ހުރުން އެކަށީގެންވެއެވެ. އެކަންތައް ރަނގަޅު ކުރުމަށް ތިޔަ ކިޔުންތެރިންގެ އެއްބާރުލުން ލިބޭނެކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ.

Other Articles

Previous

ދީވާނާ ލޯބިން ވެއްޖޭ. . [2]

Next

އޯގާވީ ހިތަކުން…18

Next
April 21, 2014

އޯގާވީ ހިތަކުން…18

Previews
April 20, 2014

ދީވާނާ ލޯބިން ވެއްޖޭ. . [2]

20 Comments!

  1. GuDuMeena says:
    April 21, 2014 at 1:45 pm

    Alhe. . kihineh mi v. . Nulafaa Yumnu gandu. . Adhi v.olhuvaalan ulhefiyey dhw. . :-@

    1. nishan says:
      April 21, 2014 at 2:18 pm

      hehe.. evarun olhuvaalaafa geyah fonuvaali mavs bust vehje nun dho :p thanx for the coment..

  2. saamy says:
    April 21, 2014 at 2:09 pm

    Ebunaahen haadha nulafaa anhenekey dhw

    Thi yumnu aky

    1. nishan says:
      April 21, 2014 at 2:20 pm

      ekahala anhenun vs ulheyne.. 🙂 thanx vaahaka kiyaalee thii..

  3. zaya says:
    April 21, 2014 at 6:45 pm

    alhey yumnu yha aee? 😮 dhn kihineh baa vaaniiiiiiii??? 🙁

    1. nishan says:
      April 21, 2014 at 7:54 pm

      Dhen vaane gotheh vs balamaadho.. Soon wil up next part.. Thanx vaahaka kiyaalii ma..

  4. sul says:
    April 21, 2014 at 8:02 pm

    Ey mee storyekey not real aslu v reethi vaahaka hyvany loa kurimathyga fenahen.

    1. nishan says:
      April 21, 2014 at 9:21 pm

      Sul thank you vaahaka kiyaathki.. 🙂

  5. Haxu says:
    April 21, 2014 at 8:31 pm

    oh nishaange story eh dhw mi. ehenviyya hama yagynun vx rythi vaane. 🙂 waiting 4 the nxt part. gud luk..

    1. nishan says:
      April 21, 2014 at 9:28 pm

      Hey haxu.. After long time haxu ge comment eh fenuneema varah ufaa vehje.. Thank you haxu.. Kuriyah huri baithah kiyaalaane kamah unmeedhu kuran…

  6. suju says:
    April 22, 2014 at 2:11 pm

    Mi real story eh dhw. V reethi.

    1. nishan says:
      April 22, 2014 at 4:08 pm

      Not real.. Ekam hageegathah vs hingaafaane… Thanks suju…

  7. nisa says:
    April 23, 2014 at 3:53 pm

    V reeethi mi vaahaka… next part avahah liyahchey…. inthixaaruga…

    1. nishan says:
      April 23, 2014 at 4:25 pm

      Yeah avahah liyefa up kohleveytho mi balanii.. Thank yu nisa…

  8. shif says:
    April 23, 2014 at 4:35 pm

    nice

    1. nishan says:
      April 23, 2014 at 5:48 pm

      Thanx shif..

  9. Haxu says:
    April 23, 2014 at 5:51 pm

    of course nishaange story eh viyya haxu kiyaanenu dhw.. hehe. n ur mst wc 🙂

    1. nishan says:
      April 24, 2014 at 9:13 am

      🙂

  10. lady says:
    November 28, 2014 at 4:11 pm

    v nice… keep it up

  11. Anonymous says:
    July 21, 2015 at 5:59 pm

    ;khik

Comments are closed.

Next Episodeބަރުބާދު (ތިންވަނަބައި)←


All Right Reserved!