Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

ދީވާނާ ލޯބިން ވެއްޖޭ. . [2]

GuDuMeena Level 310 Stories500 Comments100 Comments
April 20, 2014 7 Mins Read
36 Comments

“އަހަރެން ކަހަލަ ރީތި މީހަކު ހުވަފެނުންވެސް ހަޑި ކުއްޖަކު ބަލާނެތަ؟” ވަރަށް ވެލާފައި އަހަރެންވެސް އަޔާން އަށް ރައްދުދިނީމެވެ. އެކަހަލަ ގޮތަކަށް މަޖާ އަނގަތެޅުމުގައި ތިއްބާ ގެއަށް އާދެވިއްޖެއެވެ. ރާއްޖެތެރެއާ ބަލާފައި ފެންވަރު ރަނގަޅު ގެއެކެވެ. ގެރާނާފައި ވާގޮތުން ގޯތި ބޮޑުކަމަށް ދައްކައެވެ. ގޯތިތެރޭގެ ހުސް ބައިގައި ގައު އަތުރާފައިވެއެވެ. ހިޔަވަރުގެ ފެންޑާކޮޅެއްވެސް ޖޯލިފަތި ބަހައްޓާފައި ހުއްޓެވެ. އެނތެރެއަށް ވަންނަމުން އައިޝާ ދައްތަ ކޮޓަރި ދެއްކިއެވެ. ބޮޑުނޫނަސް ހިޔަވަރު ވަރެއްގެ ސިޓިންރޫމް ކޮޅަކަށް ނިކުމެވޭ ގޮތަށް ހުރި ކޮޓަރިއެކެވެ. ކޮޓަރި ހުޅުވާލުމާއިއެކު އަހަރުމެންނަށް އެއްފަހަރާ ކަހަލަ ގޮތަކަށް އަނގަހުޅުވާލެވުނީ ލިބުނު ހައިރާން ކަމެއްގެ ބޮޑުކަމުންނެވެ. އޭރު ރަނާ އާއި ރިޔާ އަހަރެމެންގެ ފަހަތުގައި ޖައްސާފައި ތިބެގެން ހެނީއެވެ.

މުޅި ކޮޓަރި ވަނީ ރަތްފިނިފެން މަލުގެ ފިޔައިން ޖަރީ ކޮށްލައިފައެވެ. ހީވަނީ އަލަތު ކައިވެނީގެ ރެއަށް ހަނީ މޫން އަކަށް ތައްޔާރުކޮށްފައި އޮތް ހެނެވެ. އޭރު އަޔާން އާއި ޒާނިޝް ހިނިގަނޑު މަތަކުރަމުން އެނތެރެއަށް ފޮށިތައް ވައްދަނީއެވެ.

“އައިޝާ ދައްތާ. . ހާދަ ވަރަކަށް ރީތިކޮށްލާފަ މިއޮތީ. . ” އަހަރެންނަށް ނުހުރެވިގެން އަހައިލީމެވެ.

“އާނ ތި މި ރިޔާޝާ އާއި ރަނާގެ ކަންތައް. . ދަރިފުޅުމެން އަންނަންވާއިރަށް ކޮޓަރި ރީތިކޮށްލާށޭ ބުނީމަ ހަދާލި ވަރު ތިއީ. . ” އައިޝާ ދައްތަ ހެވިފައި ހުރެގެން ކިޔާލާފައި ނިކުމެގެން ދިޔައީއެވެ. ތިން މީހުން ޝެއަރ ކުރަން ޖެހެނީ ބޮޑު އެއް އެނދެކެވެ. ކުޑަ ދެ އެނދު ޖައްސާފައި ހުރިކަން ބަލާލުމުންވެސް އެނގެއެވެ.

“އެވްރި ނައިޓް އިން މައި ޑްރީމްސް. . އައި ސީ ޔޫ. . އައި ފީލް ޔޫ. . ” އަޔާން ފިނިފެންމާ ފިޔަތައް އަހަރެމެންނާ އި ދިމާލަށް އުކަމުން ލޯ ކުޑަކޮށް މުޅި ގައިގައި އަތް ހާކަމުން ވައްތަރު ތަކެއް ޖައްސަން ފެށިއެވެ. އަހަރެމެންނަކަށް ވެސް ނުތިބެވުނެވެ. ހީނ ހީނފައި ސަކަރާތް ޖެހީއެވެ. އިރުކޮޅަކުން ދޮރުގައި ޓަކި ޖަހާލި އަޑަށް އަހަރެން ދޮރު ހުޅުވާލީމެވެ. އެއީ ރަނާ އެވެ. ރަނާއަކީ އައިޝާ ދައްތަގެ ހަގު އަންހެން ދަރިފުޅެވެ. ސަތާރަ، އަށާރަ ވަރަކަށް އަހަރު ވާނެކަން ޔަގީނެވެ.

“މަންމަ ބުނީ ސައިބޯން އަންނާށޯ. . “އިސްދަށަށް ޖަހާލައިގެން ހުރެ މަޑުމަޑުން ތުން ތަޅުވާލުމަށްފަހު ނޭނބުރެވިގެން އުޅެނިކޮށް ފަހަތުން އައި ފިނިފެންމަލެއް ރަނާގައިގައި ޖެހިފައި އަތުތެރެއަށް ވެއްޓުނެވެ. ފަސް އެނބުރި ބަލައިލި އިރު އަޔާން ބޯއަރިކޮށްލާފައި އަތުން ބޮލުގައި ފިރުމާލަނީ ސަޅި ޕޯސްއެއްގައި ހުރެގެންނެވެ.

“ދެޓްސް ފޯރ ޔޫ. . ” އަޔާންގެ ޖުމްލަޔާއެކު ރަނާގެ މޫނަށް ޖަންބުކުލަ އަރައިގެން ދިޔަތަން އަހަރެން ދުށީމެވެ. ލަދުރަކި ހިނިތުން ވުމަކާއިއެކު މާހިފައިގެން ދުވެފައި ކަހަލަ ގޮތަކަށް ދޮރުމަތިން ހިނގައްޖެއެވެ. އޭރު ސިޓިންރޫމް ތެރޭ ތަންކޮޅެއް ބަދިގެއާ ވީ ފަރާތުގައި ދެތިން އަންހެން ކުދިން ތިބެގެން ހީނ ހީނފައި ރަނާ އާއި ދިމާކުރަމުން ދިޔައެވެ. އަހަރެން ދޮރުލައްޕާފައި އަޔާން އަށް ލޯއަޅައި ލީމެވެ. މިހާ އަވަހަށް އައިޝާ ދައްތަގެ ދެކުދިންނަށް މިދެމީހުންގެ ލޯ އަމާޒުވީއެވެ. ދެން މިގެއިން ނެރެ އެއްލާ ލާނެ އިރަކަށް އިންތިޒާރު ކުރަން ވީއެވެ.

އަހަރުމެން ކުޑަކޮށް ފްރެޝް ވެލައިގެން ކާގެއަށް ދިޔައީމެވެ. އޭރު އައިޝާ ދައްތައާއި ރަނާ އަދި ރިޔާ މޭޒުމަތީގައި ތަށިތައް އަތުރަމުން ދިޔައެވެ. ކާގެއަށް ވަތްއިރަށް އަރައިގަތް މީރުވަހުން ބަނޑު ފުރުނު ކަހަލައެވެ. މަސްހުންޏާ ރޮއްޓާ އެއީ އަހަރެންގެ ފޭވްރިޓް ޑިޝް އެވެ.

“ދަރިފުޅުމެން ކަމެއް ބޭނުން ވެއްޖިއްޔާ ރިޔާ ނޫނީ ރަނާ ކައިރީ ބުނެލާ އިނގޭ. . ދައްތަ މިދަނީ އެފަރާތަށް” އެހެން ބުނެފައި އައިޝާ ދައްތަ ދިޔައީއެވެ. އެވަގުތު އަހަރެންނަށް ޖެހިގެން ހުރި ގޮނޑީގައި އިން ޒާނިޝް އަތަށް ރޮއްޓެއް ބޮނޑިކޮށްލި ތަން ފެނުނެވެ. އޭރު ލާނެތް ހިނިތުންވުމަކާއެކު ކާމޭޒާ ތަންކޮޅެއް ދުރުގައި ހުރި މޭޒުކައިރީ ޖޯޑުތަކަށް ސައިއަޅަން ހުރި ރިޔާ އަށް ބަލަން ހުއްޓެވެ. އަހަރެންނަށް ބޯ ހޫރުވާލެވުނީ ކުރަން އުޅޭކަމެއް ނަގައިގަނެވުނީމައެވެ. އޭރު މާލަސް ވެއްޖެއެވެ. އަތްދަމާފައި އެއްލި ރޮށި ރިޔާގެ ކަޅުކުލަގަދަ ފަން އިސްތަށިގަނޑުގެ މަތީގައި ފެތުރިފައި އޮތެވެ. އަހަރުމެންނަށް ހިނިގަނޑު ހިފަހައްޓައި ލެވުނީ ހަމަކިރިޔާއެވެ. ރިޔާ ވަގުތުން ކުޑަކޮށް އެނބުރިލާފައި ބަލައިލިއެވެ. ޒާނިޝް ލޮލެއް މަރައިލިމުން ރިޔާއަށްވެސް ވީ ރަނާއަށް ވީކަހަލަގެ ގޮތެކެވެ. އަހަރުމެން ކަމުން ގެންދިޔައީމެވެ. ރިޔާ އަހަރުމެންނަށް ތަށިތައްޓަށް ފެން އަޅަމުން މޭޒު ވަށައިގެން ދިޔައެވެ. އަހަރެންގެ ފަހަތަށް ހުއްޓި ހުރެ ތައްޓަށް ފެން އަޅާލުމަށްފަހު އެޖަގުގެ ބާކީ ހުރިބައި ޒާނިޝް ގެ ބޮލަށް އަޅައިލީ އަހަރެން ބަލަބަލާ ހުއްޓައެވެ. އެހަމަލާ އަންނަކަން ނޭނގުނީ ޒާނިޝް އަށް އެކަންޏެވެ. އަހަރުމެންގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. އެއާއިއެކު ރިޔާ ފަހަތް ބަލަމުން ދުވެފައި ގޮސް ކާގެއިން ނިކުމެގެން ހިނގައްޖެއެވެ. ރިޔާގެ ކެރޭކަން ފެނިފައި ޒާނިޝް ހުރީ އަނގަ ހުޅުވިފައެވެ. ވަގުތުން ރިޔާ ފަހަތުން ދުއްވައިގަންނަށް ތެދުވި ތަނާ އަހަންމަދުބެ ވަދެގެން އަންނަތަން ފެނުމުން އަނެއްކާވެސް އިށީނީއެވެ.

“ކިހިނެއްވެފަ އެކޮއެ ތިހުރީ. . ” ޒާނިޝް ތެމިފައި އިނުމުން އަހައިލިއެވެ. އަހަރެމެންމަށް އެކަކު އަނެކެއްގެ މޫނަށް ބަލައިލެވުނެވެ.

“އެއީ މިރަށް ހޫނުކަމުން ހަމަ ފިނިކޮށްލަންވެގެން ބޯ ތެންމާލީ. . ” ގަދަކަމުން ހިނިތުންވެލަމުން ޒާނިޝް އަހަންމަދުބެޔަށް ޖަވާބު ދިންއިރު އަހަރުމެންނަށް ތިބެވުނީ ހިނިގަނޑު ފިއްތައިގެންނެވެ.

ހެނދުނުގެ ސައި ނިންމާލެވުނީ އަހަންމަދު ބެއާއިއެއްކޮށް އިރާދަމު މަސްބާނަންދާން މަސްދަތުރެއްވެސް ރޭވި ނިމިގެނެވެ. އެއީ އަހަރެން ދުވަހަކުވެސް ކުރިކަމެއް ނޫނެވެ. ނަމަވެސް މަހެއް ގަނެފިއްޔާ ކަންވާރަށް ދަމާ ގެނެސް ދޯނިތެރެއަށް ލާން އަހަރެންނަށްވެސް އެނގޭނެތާއެވެ. ސައިބޮއެ ނިމިގެން އަހަރެން އަވަހަށް ދޮންބެއަށާއި މަންމަ އަށް ގުޅާފައި ޚަބަރު ދިނީމެވެ. މަންމަވެސް ހުރީ ވަރަށް އަންނަހިތުންނެވެ.

މެންދުރުގެ ކެއުމަށްފަހު އަހަރެމެން ތިބީ ގޭގެ ސިޓިންރޫމް ސޯފާގައި އަރާމުކޮށްލާށެވެ. ސްޓާރ މޫވީސް އިން އަންނަ ވަރުގަދަ އިނގިރޭސި ފިލްމަކަށް ގެއްލިފައި އަޔާން އާއި ޒާނިޝް ތިބިއިރު އަހަރެންގެ ޚިޔާލު ވަނީ މުޅިން އެހެން ދުނިޔެއެއްގައެވެ. ހަމަ އެންމެ ފެނިލުމަކާއިއެކު އަހަރެންގެ ހިތުގައި ޖަހަމުންދިޔަ ވިންދުގެ މިސްރާބު ބަދަލުކޮށްލި އަހަރެންގެ ހުވަފެނުގެ ރާނީ ގެ ޚިޔާލުގެ ދުނިޔޭގައެވެ. އެސޫރަ ދެކިލަންއެދި ހިތް ގޮވަމުންދާއިރު އިޖާބަނުދީ އޮތުން ވެފައިއޮތީ ކެތްކުރަންދަތި ވޭނަކަށެވެ. އަހަރެންގެ ސިކުނޑިއަކަށް ހަމަޖެހުމެއް ނުލިބެއެވެ.

“އިސްތިރިކުރަން ބޭނުން އެއްޗެއް އޮތިއްޔާ ގެނެސްދީ . . މިއުޅެނީ އިސްތިރިކުރަން. . ” ރަނާގެ އަޑަށް އަހަރުމެން ތިން މީހުންނަށް ބަލައިލެވުނީ އެއްފަހަރާ ކަހަލަ ގޮތަކަށެވެ. އިސްޖަހާލައިގެން ހުރިއިރުވެސް ހީވަނީ ލަދުން ވިރިވިރި ހުރިހެނެވެ. ރަނާގެ ލަދުރަކި ކަމާއިއެކު ރަނާގެ ރީތިކަން ބަބުޅަމުންދާއިރު ވަރަށް ފުރިހަމައެވެ.

އަހަރެންނާއި ޒާނިޝް އަވަހަށް ކޮޓަރިއަށްވަދެ އިސްތިރިކުރަން ވީ އެއްޗިހި ގެންނަން އަވަސްވެގަތީމެވެ. އަޔާންބެލީ އެވަގުތުގެ ބޭނުން ހިފާލާށެވެ. ދެކޮޅު ބަލާފައި މަޑުމަޑުން ތެދުވެގެން ގޮސް ރަނާއާއި ކައިރިވާންފެށިއެވެ. ރަނާ ހަދާނެގޮތެއް ނޭނގިފައި ހުރިއިރު ހަރަކާތެއް ވެސް ކުރަން ނޭނގިފައި ހުރިހެން ހީވިއެވެ. އަޔާންގެ ކަތި ނަޒަރުން ރަނާގެ ހިތް ފޮތިކުރަން ފެށުމުން ދެލޯމަރާ ތަގުޅިކޮށްލިއެވެ. އަޔާން ކައިރިވެލީ އޭނާގެ ހޫނު ނޭވާ ރަނާގެ މޫނަށް އެޅޭ ވަރަށެވެ. އޭރު އެ ރީތި މޫނުމަތިން ވިދަމުންދިޔަ ދާތިކިތައް ވަރަށް ރަނގަޅަށް ފެންނަސް ހުއްޓެވެ.

“ޔޫ ލުކް ބިއުޓިފުލް. . ” ކަންފަތް ދޮށަށް ކައިރިވެލާފައި އަޔާން ސިއްރު ސިއްރުން ބުނެފައި އެނބުރި ކޮޓަރިއަށް ވަނެވެ. ރަނާ ލޯހުޅުވައިލިއިރު ކުރިމަތިން މީހަކު ފެންނާކަށް ނެތެވެ. އަޔާންގެ ކޮންމެ ހަރަކާތެއް ރަނާގެ ޙިއްސުތަކާއި ކުޅެލައެވެ. ރަނާއަށް އިޙްސާސްކުރެވުނީ މީގެކުރިން އިޙްސާސްކުރެވިފައި ނުވާފަދަ ފޮނި މީރު ކަމެކެވެ. އެއާއިއެކު ރަނާގެ ތުންފަތާއި ރަކި ހިނިތުންވުމެއް ކުލެވިގެންދިޔއެވެ.

“އައްދެ. . ރަނާ. . ހާދަ ހެވިފަ. . އަޔާން ގިލި ގިލި ކޮށްޓީތަ. . ” އަހަރެން ޖިންސް އަކާއި ޓީޝާޓެއް ދިއްކޯށްލަމުން ދިމާކޮށްލީމެވެ.

“އާން ކިޔާއެއްޗިއްސާ މާބޮޑަށް ނުވާތި ކުޑަކޮށް. . . ވާނެ. . ” ޝަހާދަތް އިނގިލިން ބޮލުގެ އެއްފަރާތަކަށް ވާނޭހެން ބުރެއް އަޅާލަމުން ޒާހިން ދިމާކޮށްލިއެވެ.

“ހޭ ކޮބާ ރިޔާ. . ” އެއްޗެއް ހަނދާންވެގެން އަހާހެން އަނެއްކާވެސް ޒާނިޝް ރަނާ ކައިރީ އަހައިލިއެވެ.

“ދޮންތަ އެއްޗިހި ދޮންނަނީ. . އިރުކޮޅަކުން އަންނާނެ ދޮންނަ އެއްޗިހި ބަލާ. . ” ޒާނިޝްއާއި ދިމާލަށް ބައިދަނޑިއަށް ހެވިފައި ބަލައިގޮތުން ހީވަނީ ޒާނިޝް ބަލާއަންނަ ވާހަކަ ބުނިހެނެވެ. އަޔާން އެއްޗިހި ގެނައުމުން ރަނާ ބާރުބާރަށް ގޮސް ޖެހިގެން ހުރި ކޮޓަރިއަށް ވަދެއްޖެއެވެ.

“ކަމް އޯން. . ތި ދެމީހުން ރޮމޭންސް ކުރާއިރު އަހަރެން ހުންނަން މިޖެހެނީ ޖެލަސް ވެފަ ބަލަން. . މައި ގާލް އިޒް ސަމްވެއަރ އައި ޑޯންޓް އިވެން ނޯ. . ޕްލީޒް ހެލްޕްމީ އައުޓް. . ކިހިނެއްތަ އަހަރެން ހަދަންވީ. . ؟” އަހަރެންނަށް އެންމެފަހުން ނުހުރެވިގެން ބުނެލީމެވެ.

“އައި ހެވް އެން އައިޑިއާ. . ހިނގާ ކުޑަކޮށް ނިކުމެލާ އެގޭދޮށުން ބުރެއްޖަހާލަން. . ފަހަރެއްގަ ފެނިވެސްދާނެއެއްނު. . ” ޒާނިޝްގެ ވާހަކައަށް އަހަރެންނަށް ވަރަށް ތާއީދު ކުރެވުނެވެ. އެހެންކަމުން ރަނާ އެއްޗިހި އިސްތިރިކޮށްގެން ގެނައުމުން ފެންވަރާ ރީތިވެލައިގެން އަހަރެމެން ހިނގާލަން ނިކުންނަން ތައްޔާރުވީމެވެ. ވިލުނޫ ކުލައިގެ ޖިންސަކާއި އަތްދިގު ހުދުކުލައިގެ ޓީޝާޓެއް ލައިގެން އަހަރެން ވަރުގެ ކޮޅަށް ނަލަހެދިގެން ނިކުމެވުނީ އައިޝާ ދައްތަ ކުރިމައްޗަށެވެ.

“އައްދެ ސިއާން ހާދަ ވަރަކަށް ރީތިވެލައިގެން. . އަނެއްކާ ކޮންތާކަށް ދާން . . ” އަހަރެންނަކަށް ބުނާނެއެއްޗެއް ނޭނގުނެވެ. އެހެންކަމުން ވާހަކައެއް ހަދައިލީމެވެ.

“މިއުޅެނީ ހަމަ ރަށުތެރެ ބަލާލަން ކުޑަކޮށް ބުރެއްޖަހާލަންކަމަށް އަހަރުމެން ތިންމީހުން. . ”

“ތި ތިންކުދިން އެކަނި ގޮސް އަނެއްކާ އެނބުރި ގެޔަށް އަންނަން އެނގޭނެތަ. . ” އައިޝާ ދައްތަ ދިމާކޮށްލިއެވެ.

“އާނ. . މިއަށްވުރެ މާ ބޮޑެތި ތަންތާނގަ އުޅެފަ މިއައީ. . އެއްފަހަރު ހިނގާލީމަ އެނގޭނެ ދެވަނަފަހަރު ދާން. . ހަމަގައިމުވެސް ދިޔަތާކުން އެނބުރި ގެޔަށް އަންނަން އެނގޭނެ. .” އަހަރެން ވަރަށް ޔަޤީން ކަމާއެކު ބުނެލީމެވެ. އެހެންކަމުން އިތުރަށް އައިޝާ ދައްތަ އެއްޗެކޭ ނުބުނެއެވެ. މާގިނައިރެއްނުވެ އަޔާން އާއި ޒާނިޝް އާއި އެއްކޮށް ނިކުތީމެވެ.

އެތައް އިރަކު ހިނގައިގެން އެގެ ހުރިމަގަށް އާދެވުނެވެ. ޒަބަރުޖުދުގެ އެވެ. ތެޅިގަލުން ރާނާފައިވާ ތިރި ވަށާފާރުގެތެރެއިން ގޯތިތެރެ ރީތިކޮށް ފެންނަން ހުއްޓެވެ. ކަށިވެލި ލާފައިވާ ގޯތިތެރޭގައި ހަދާފައިވާ އުނދޯލިގޭތެރޭގައި އެކުއްޖާ އިނެވެ. އަހަރެމެން ތިންމީހުން އެގޭ ދޮރުމައްޗަށް އަރާ ހަމަވިއިރު އެކުއްޖާއަށްވެސް އަހަރުމެންނާ ދިމާލަށް ބަލައިލެވުނެވެ. އެވަގުތު ޖެހިގެން ހުރިގެއިން އަޑުގަދަކޮށް ޖަހަމުންދިޔަލަވަ އެހިނދުކޮޅަށް އިތުރު ދިރުމެއް ގެނުވިއެވެ. ބިއްލޫރިކޮޅެއްފަދަ ސާފު އެ ތޫނު ދެލޯ އަހަރެންގެ ހިތުގެ އެންމެ ހިމަނާރަށް އަސަރު ކުރުވަމުން ދިޔައެވެ.

“އިޝްޤުން މަސްތޭވަނީ

ލޯތްބޭ ހިތް ބޭނުމީ

އައިސްބަލަ ހިތް ނުރޮއްވާ

އައިސްބަލަ ހިތް ނުރޮއްވާ. . ”

ކަޅިވެސް ޖަހާނުލައި އަހަރެންނާއި ދިމާލަށް ބަލަންހުރި އެ ޒުވާން ޖިންސުއްލަޠީފް ގެ ހިތުގެ އަޑު އިވިގެންދާކަހަލައެވެ. އަހަރެންނަށް ލޮލުގައި އިން އައިނު ނަގާލެވުނީ އެމަންޒަރު އިތުރަށް ފުރިހަމަކޮށް ބަލައިލުމަށެވެ. ޖެހެމުން އައި ހިތްގައިމު ވައިރޯޅިތައް އަހަރެންގެ އިސްތަށިކޮޅާ ސަމާސާކޮށްލާ މޫނުމައްޗަށް ވިހުރާލި އިސްތަށިތައް ރީތިކޮށްލަމުން އިވެމުންދިޔަ ލަވައިގެ މަސްތީކަމުގެ ތެރެއަށް ހިތްދޫކޮށްލެވުނެވެ.

“ނިކަން ކަލާ ހަނދާންވެޔޭ

ތީ ހުވަފެން ދެކޭ ލޯ

މަގޭ މިހިތް ޒަހަމްވީ

ހަނދުފަދަ މިހިތުގެ ތިޔެ ޔާރާ

ކުރަން ހުވާ ތީމަގޭ

ފުރާނައޭ އަހާށޭ

މިމޭގެ ވިންދަކީ ތިޔޭ

ލޯބިން ފިދާވާނަމޭ. . ”

އެލަވައިގެ ޒަރީޢާއިން އަހަރެންގެ ހިތުގެ ޙަލަތު ބަޔާންކުރަމުން ދިޔައީމެވެ. އެހިނދު އެ ލޭފަވެތި މޫނުމައްޗަށް އުފާވެރިކަން ވެރިވެގެން ދިޔައެވެ. އެ ތުންފަތާއި ކުޅެލެވުނު ރަކި ހިނިތުން ވުމާއިއެކު ދުވެފައި ގޭތެރެއަށް ވަދެގެން ދިޔައެވެ. އަހަރެން އެނބުރި ފަހަތް ބަލައިލިއިރު ކަމަކުދާކަށް ނެތެވެ. އިވެމުންދިޔަ ލަވައިގެ މިއުޒިކާ އެއްވަރަށް އަޔާން އާއި ޒާނިޝް ފައިހަމަކޮށް ރޮމޭންޓިކް ސްޓެޕްތަކެއް ޖައްސަމުން ދިޔައެވެ. ނަސީބު ރަނގަޅުކަމުން އެގަޑީގައި އެގޯޅި ގަނޑުގައި އަހަރުމެން ނޫން ބަޔަކު ނުވެސް ނެތެވެ. އަހަރެން ކަޑަވިވަރުން އެދެމީހުން ފަހަތުން ދުއްވައިގަތީމެވެ. އޭރު އެމަންޖެ ގޭގެ އަސްކަނީގައި ހުރި މުޑިއެއްގެ ބިއްދޮށުގައި ފިލާ ހުރެ އަހަރެންނަށް ބަލަމުން ދިޔައެވެ.

އެތައްއިރަކު އެކިމަގުތަކުން ދުވެ މަޖާކޮށް ސަކަރާތް ޖެހުމަށްފަހު އަހަރެމެން ގެޔާއި ދިމާލަށް ދިޔައިރު އިރުއޮއްސެން ކައިރިވަނީއެވެ. މަސްދަތުރު ދިއުން އޮތުމާއިއެކު އަވަސް ހިނގުމެއްގައި ގެޔަށް ވަނީ އަވަހަށް ހެނދުން ބަދަލުކޮށްލާ ތައްޔާރު ވެލާށެވެ. ނަމަވެސް ގެޔަށް ވަދެވުމާއިއެކު ފެނުނު މަންޒަރުން އަހަރެންނާއި އަޔާންގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. ޒާނިޝްއަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.

ޒާނިޝްގެ ހުރިހާ ހެނދުމެ އެހުރީ ގޭ ގޯތިތެރޭ ހުރި ރޯނުގައި ހިއްކަން އަޅާފައެވެ. އެންމެ ކުޑަމިނުން ބޮކްސަރ އެއްހާ ހިސާބުވެސް ދޫކޮށްލާފައި ނެތެވެ. ބޮޑަށް މީހުންނަށް ފެންނާނެހެން ރޯނުގައި ދަތި ޖަހާފައި ޒާނިޝްގެ ތިން ބޮކްސާރ އެއް އޮތެވެ. ޒާނިޝްގެ ދަބަހުގައި އިތުރު އެއްވެސް އެއްޗެއް އޮންނާނެއެކޭ އަހަރެންގެ ހިތެއް ނުބުނެއެވެ. އަހަރެންނާއި އަޔާންއަށް ފެނުނު މަންޒަރުން ބިނދި ބިނދިފައި ހެވެނީއެވެ. ޒާނިޝް ހުރީ ހައިރާންވެ އަންތަރީސް ވެފައެވެ. ކުޑަކޮށް ހިނިއައި ނަމަވެސް ހިފަހައްޓައިގެންނެވެ. ހިސާބަކަށް ލަދުވެސް ގަނެފައިކަން ބަލާލާ ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. އޭރު ސިޓިންރޫމްތެރޭ ފެންޑާއަށް ނިކުންނަ ދޮރު ކައިރީ ރިޔާ އާއި ރަނާ ފިލާތިބެ ބިނދި ބިނދިފައި ހެނީއެވެ.

“ޒެން އަށް ތި ބެހިލެވުނީ ފިސާރި އަންހެނަކާ. . ” އަހަރެން ހިނިގަނޑު ކޮންޓްރޯލް ކޮށްލަމުން ބުނެލީމެވެ.

“ޔޫ. . އައި ވިލް ސީޔޫ ލޭޓަރ. . ” ރިޔާ އާއި ދިމާލަށް އިނގިލި ދިއްކޮށްލަމުން ބޮކްސަރ ތައް ހިފައިގެން ކޮޓަރިއަށް ދިޔައެވެ. އަހަރެންނާއި އަޔާންވެސް ދިމާކުރަމުން ފަހަތުން ވަނީމެވެ.

“ލާނެ އެކައްޗެއްވެސް ނެތް. . އޯހް. . ހައު ކެން އައި ގޯ ފިޝިންގް. . ގޯޑް އައި ހޭޓް ހަރ. . ” ޒާނިޝް ބޮލުގައި އަތް އަޅައިގެން އިސްތަށިތަކަށް ބާރުކޮށްލަމުން ކުދި ކިޔަމުން ދިޔައެވެ. އަހަރެންނާއި އަޔާން ތިބީ ވީގޮތުން އަދިވެސް ހެވިފައެވެ.

“ކޮބާ މަސްދަތުރުދާން ކިޔާފަ.. އަވަސްކުރޭ. . އަވަހަށް ދިޔައިއްޔާ އަނދިރިވުމުގެ ކުރިން ރަނގަޅު ތަނެއްގަ ޖެއްސޭނީ. . ” އަހަންމަދުބެ އައިސް ދޮރުގައި ތަޅައިގަތުމުން އަހަރެމެން އަވަސް އަވަހަށް އެއްޗިހި ބަދަލުކޮށްލައިގެން ނިކުތީމެވެ. ޒާނިޝް ރޯނުން ތެއް ސޯޓަކާ ޓީޝާޓެއް ލައިގެން އައެވެ. އަހަރެމެން އަހަންމަދުބެ ފަހަތުން ނިކުތްއިރު ގޭގެ ފެންޑާގައި ހުރި ޖޯލިފަތީގައި ރަނާ އާއި ރިޔާ ތިއްބެވެ. އެދެކުދިން ފެނުމާއިއެކު އަހަރެންނަށް ބަލައިލެވުނީ ޒާނިޝް ކޮބައިތޯއެވެ. ޒާނިޝް އެއް ފެންނާކަށް ނެތެވެ. އަހަރެން ހީކުރީ ރިޔާ ހުރުމުން ނިކުންނަން ނުކެރުނީ ކަމަށެވެ. ނަމަވެސް ކަންތައްވީ އެހެނެއް ނޫނެވެ. އަހަރުމެން ގޭ ދޮރާށިން ނިކުންނަނިކޮށް އަޑުގަދަވެގެން ބަލައިލިއިރު ފާހާނައިގައި ހުރި ބާލިދިއަށް ފުރާފެން އަޅައިގެން އައިސް ޖޯލީގައި އިން ރިޔާގެ ބޮލަށް އޮއްސާލާފައި ޒާނިޝް ދުވެފައި އަންނަނީއެވެ. ހިތުގައި ހުރި ހުރިހާ އުދާހެއް ބޭރުކޮށްލެވުމުން ހެވިދިލިފައި ހުރެގެން އައެވެ. އޭރު ރިޔާ ފުސްމޫނު ހަދައިގެން ބިންމަތީ ދެފައި ތަޅާ ބޮޑާ ހާކަނީއެވެ. އެފަކީރު ގަޔަކު ނުތެމޭ އެންމެ ތަންކޮޅެއްވެސް ނެތެވެ. ކައިރީގައި ރަނާ ހުރެ ހެނީއެވެ. އަހަރެން ބަލައިލިއިރު އަޔާން ކަޅިޖަހައިނުލާ ރަނާއަށް ބަލައިގެން ހުއްޓެވެ.

އަހަރެމެން ދާންޖެހެނީ ބަނދަރަށް ކަމަށްވުމާއެކު ދެވޭނީ ޒަބަރުޖުދުގެ ހުރަސްކޮށްފައެވެ. އެހެންކަމުން އަހަރެން ހުރީ މިފުރުޞަތުގެ ބޭނުން ހިފާލަން ދުރާލާ ތައްޔާރުވެގެންނެވެ. އަހަރެން ގެއިން ނިކުތީ ގަނޑުކޮޅެއް ގައި “ސިއާން. . ލޯބިން ކިޔަނީ ޝޯން” މިހެން ލިޔެލައިގެން ޖީބަށް ލައިގެންނެވެ. ދިވެހި ލިޔުން ކިތަންމެ ހަޑިއަކަސް ލިޔުނީ ދިވެހިންނެވެ. އެކަން އަޔާންއަށް އަދި ޒާނިޝް އަކަށްވެސް ނޭނގޭނެއެވެ. އަހަރެމެން އެގެއާއި އަރާ ހަމަވުމުން އަޔާން އާއި ޒާނިޝްވެސް ބަލައިލީ އެކުއްޖާ ފެނޭތޯއެވެ. އުނދޯލި ގޭގައި އުނދޯލި މަތީ ދުފަން އިން އަންހެންމީހާ ފެނުނެވެ. ހީވާގޮތުގައި އެ ދައްތަގެ އުމުރުން މިހާރު ސާޅީސް ފަހަކަށް ވުރެ މަތި ވެދާނެއެވެ. އެވާނީ އެކުއްޖާގެ މަންމައަށެވެ. އަހަރުމެންނާއި ދިމާލަށް ކަޅި ޖަހައިނުލާ އެ ދައްތަ ބަލަމުން ދިޔައެވެ. އޭރު އެގޭގެ އެއްފަރާތު ބިތުގައި އިން ކުޑަދޮރަކުން ބޯދިއްކޮށްގެން ހުރި އެއަންހެން ކުއްޖާ ފެނުނެވެ. އެ ދައްތަ ހުރުމުން އަހަރެންނަކަށް އެ ގަނޑުކޮޅު ދޭކަށް ނުކެރުނެވެ.

ޖީބުން އެ ގަނޑުކޮޅު ނަގާ އެއަންހެން ކުއްޖާއަށް ފެންނާނެހެން ދައްކާލާފައި އަހަރެން ބޮނޑިކޮށްލީމެވެ. އަދި އެ އަންހެން ކުއްޖާއަށް ބަލަމުން ފާރުމަތިން އެ ގޭ ގޯތިތެރެއަށް ވައްޓާލީމެވެ. އެކުއްޖާއަށް ލިބޭނެކަމުގެ އުންމީދުގައެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

GuDuMeena

Level 310 Stories500 Comments100 Comments

Other Articles

Previous

ހިތް ފަނާވެދަންދެން…( 1ވަނަ ބައި )

Next

ބަރުބާދު (ދެވަނަބައި)

Next
April 21, 2014

ބަރުބާދު (ދެވަނަބައި)

Previews
April 20, 2014

ހިތް ފަނާވެދަންދެން…( 1ވަނަ ބައި )

36 Comments!

  1. naj says:
    April 20, 2014 at 8:04 pm

    wowwwwwwwwwwwww
    nice
    this part is totally amaxing gudu
    like ur stories alt
    🙂
    may god bless u in this field
    am v happy that u updated it v soon
    🙂
    ♥♥♥♥
    ッ
    ♡♡♡♡
    ◠◡◠
    ??????????? when next part
    🙂

    1. GuDuMeena says:
      April 20, 2014 at 8:13 pm

      Ohw. . SO glade u like it. . 😀 next part hama tomorrow night ga. . In Sha Allah. . 🙂

  2. naj says:
    April 20, 2014 at 8:19 pm

    hehehehe
    this part is funny
    really funny
    🙂

    1. GuDuMeena says:
      April 20, 2014 at 8:32 pm

      heekuran mi style vx kamudhaane kamah. . 😀 ehehe

  3. naj says:
    April 20, 2014 at 8:21 pm

    gudu kihineh ehaa majaa koh vaahaka liyan dhas kury

    1. GuDuMeena says:
      April 20, 2014 at 8:33 pm

      GuDu keekey bunaany vx Naj. . Its all in my head i guess. . 😛

  4. liuu says:
    April 20, 2014 at 8:26 pm

    heee heeee halaakuvejje……..vvvvvvvv majaa………. vvvv nice……i must say tht i have become a big fan of gudu.. thnk u gudu 4 bringing a story like ths….:D :D….waiting 4 da nxt prt……………………..vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv nice mi prt…………………<3 <3

    1. GuDuMeena says:
      April 20, 2014 at 8:37 pm

      Ohw. . X-D Im SOOOO Happy u like this style too. . 😀 Hope to entertain u guys with this one. . ehehehe

  5. shiu says:
    April 20, 2014 at 9:23 pm

    gudu ge story haadha salhi ey dhw…keep it up gudu.. 🙂 eargly waiting for the next part 😀

    1. GuDuMeena says:
      April 20, 2014 at 10:48 pm

      Shiuww. . Finally u commented. . 😀 Thankew v.bodukoh . . n so happy that u like it. . Shiu ge story thah vx laan fashan v nu dhen. . 😀

    2. shiu says:
      April 21, 2014 at 8:40 am

      ur most wc gudu :D..shiu midhuvaskolhu v bxy test nimunyma thikamaa ulheyny..:)

    3. GuDuMeena says:
      April 21, 2014 at 9:17 am

      Oohw. . Thats great. . hope to c ya. . 😀

  6. bookworm says:
    April 20, 2014 at 9:27 pm

    ur man 😀 habeys. adhives kiyaa hiy vany ey bodu koh. waiting for the next part 😛 poor zanish :v

    1. GuDuMeena says:
      April 20, 2014 at 10:49 pm

      Hahaahaha. . Aan dhw Zaanish golaa yah hey aruvaaly nu mi. . 😛

  7. MAL says:
    April 20, 2014 at 9:30 pm

    hee hee halaak bt still v interesting… btw wat kinda name is zabarujudhuge???? 😀 waiting for the next part ingey mi bai vx hama v reethi ingey.. keep up the gud work gudu

  8. GuDuMeena says:
    April 20, 2014 at 10:52 pm

    Zabarujudhuge aky vx house name eky. . 😀 salhi dhw e name. . 😛 Zabarujudhu kiyaa v. agubodu stone eh hunnaane its in Greenish color. . n i remember one of my friend in H.Dh.Kulhuffushi having the same house name. . ehehe its kinda weird though. . 😀

  9. Haxu says:
    April 20, 2014 at 10:59 pm

    aaaachaaa mi storyga mivany hama haxu menge there ulhey kudhinnah vaagothah.. hama hyvany edhuvas thah lw mahchah fennahen.. vv habeyx mi story.. mi stylege story ah haxu bodah lyk vany vx.. so kyp it up.. next prt vx hama v salhi vaane kamah ummeedh kuran..:)

    1. GuDuMeena says:
      April 21, 2014 at 9:18 am

      Ohh really. . 😀 haha. . Owkie . . will try hama next part vx mihaa reethi kolleveytho. . 🙂

  10. Nax says:
    April 21, 2014 at 12:04 am

    Roanu ga alhaa fa huri boxer thah image kurevunee ma hama hinigandu falhaigen v v majaa v v v kiyaa hithun nidhaa mi part mi nimunee v v so

    1. GuDuMeena says:
      April 21, 2014 at 9:19 am

      ehehehe. . Aan dhw. . Kihaa kada vaane 😀

  11. bubbles says:
    April 21, 2014 at 12:30 am

    Like ur stories.. thiis one is perfect

    1. GuDuMeena says:
      April 21, 2014 at 9:20 am

      Ohw . . Thanks Bubbles. . So happy to knw that. . 😀

  12. thui says:
    April 21, 2014 at 10:16 am

    V maja vaahaka eh..hee halaaku vehje. ..:-D

    1. GuDuMeena says:
      April 21, 2014 at 10:43 am

      ehehe. . 🙂

  13. shiru says:
    April 21, 2014 at 10:29 am

    He he he ekani ovegenves hama heveny vaahaka hama habeys

    1. GuDuMeena says:
      April 21, 2014 at 10:48 am

      I can Imagine Shiru ekani ove hee hee halaakuva manzaru. . 😛

  14. princess says:
    April 21, 2014 at 1:20 pm

    Nicy nice…. vvvv entertaining….. dying to read the whole stry…. GUDU v habeys… ,,

    1. GuDuMeena says:
      April 21, 2014 at 1:31 pm

      ehehe . . Aslu tha. . ? 😀 Thankew Princess Yam. .

  15. naby says:
    April 21, 2014 at 2:29 pm

    Totally amazing … like this part a lot… gudu ah vaane… best of luck.. waiting for tonite

    1. GuDuMeena says:
      April 21, 2014 at 3:07 pm

      Ohw. . u think so. . 😀 Thakx for the comment. . <3

  16. naj says:
    April 21, 2014 at 8:09 pm

    its 8
    where is next part

  17. GuDuMeena says:
    April 21, 2014 at 8:21 pm

    it was up by 8pm 🙂 Try some refreshing. .

  18. APPY says:
    April 28, 2014 at 7:16 pm

    VVVVVVVVVVVVVVVVVVVVVVVVVVVVVVVV NICE N VVVVV MAJAA KEEEP IT UP

    1. GuDuMeena says:
      April 28, 2014 at 7:18 pm

      Thanks APPY. . 🙂

  19. Ayaana says:
    November 23, 2014 at 1:37 am

    great……………………..

  20. Naani says:
    November 25, 2015 at 5:39 pm

    Jst Awesome

Comments are closed.

Next Episodeދީވާނާ ލޯބިން ވެއްޖޭ. . [3]←


All Right Reserved!