Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކައެހެނިހެންމަޖާލޯބި

ކަލޯގަޔާ! ދެން ކޮބާ މަގޭ ހިތް؟!

Jinni Level 410 Stories100 Login100 Comments500 Login
July 24, 2018 6 Mins Read
24 Comments

ސީލިންގާއި ދިމާއަށް ބަލަހައްޓައިގެން އޮވެވުނީ ހުވަފެނީ ގޮތަކަށެވެ. ސީލިންގު ކަމުދިޔައީއެއް ނޫނެވެ. އާނއެކެވެ. އަހަންނަށް ވެވިފައި މި ވަނީ ހަމަކަށަވަރުންވެސް ލޮއެއްބެވެ. ލޯބިވެވުނީ އަންހެންކުއްޖެއްގެ ލަވަކިޔާ އަޑު ދެކެއެވެ. ފުރާނައިގެ އެންމެ ފުން މިނާއި ހަމައަށް ފޯރި އަޑެކެވެ. އެހާ ސާދާ ވެފައި ހިމޭނެވެ. އެ އަޑުގެ ކުރިމަތީގައި އެންމެ ފުރިހަމަ އަޑު ނެރޭ މުނިޔާތައްވެސް އިސްޖަހައިލަން ޖެހޭނެއެވެ.

އިތުރަކަށް ދެން ކެތެއް ނުވިއެވެ. އަޑު އެހާ ރީތީޔާ އެ އަޑުގެ ވެރިޔާވެސް ކިހާ ފުރިހަމަ ވާނެބާއޭ ހިތަށް އަރާވަރުން އޮވެވޭ ވަރެއް ނުވިއެވެ. އަވަސް އަވަހަށް އަހަރެންގެ ހުދު އަހަށް އަރައި، ކުރި ރޭ އެ އަޑު އިވުނު ދިމާއަށް ދުއްވައިލީމެވެ. ތައާރަފް ހަނދާންނެތުނީތީ މާފަށް އެދެމެވެ. އަހަންނަކީ މި ޝަހަރުގެ ރަސްގެފާނުގެ ހުރި ހަމައެކަނި ދަރިފުޅެވެ.

ގަސް ބޯ އެދިމާއަށް ދެވުނީ ހަމަ ކުރީ ރޭ ވެސް ދެވުނު ގަޑިއަށެވެ. އެ އަޑު އައި ދިމާގައި ހުރި ގަސްބޮނޑި އަހަންނަށް ފާހަގަވިއެވެ. ބައްޕާފުޅުގެ އަޑުފުޅަށް އެރޭ އިޖާބަ ދީ އެނބުރި ދާން ޖެހުނު ނަމަވެސް މިރޭ ކޮންމެހެން ހަދާފައިވެސް އެތެރެއަށް ވަންނާނަންކަމަށް ވައުދުވީމެވެ. އަހަރެންގެ އަތުން އެއްޗެއް ވަގަށް ނަގައިފި މީހެއްގެ އޮންނަނީ ބޯ ކެނޑުމެވެ. ނަމަވެސް މި ފަހަރު ވަގަށް ނަގާފައި މިވަނީ އަހަރެންގެ ހިތެވެ. އެހެންކަމުން ބޯ ކަނޑައިލުމުގެ ބަދަލުގައި އަހަރެން ދިޔައީ އެ ފަރާތެއްގެވެސް ހިތް ވަގަށް ނެގުމަށް ތައްޔާރަށެވެ.

ތަންކޮޅެއް ދުރުގައި ހުރި ގަހެއްގައި އަހުގެ ވާގަނޑު އެއްސުމަށްފަހު އެ ގަސްބޮނޑިއާއި ދިމާއަށް އެނބުރުނީމެވެ. އަހަރެން ހުރި ފަޅި ނޫން އަނެއް ފަޅިން މީހަކު އަންނަތަން ފެނިފައި ގަސް ފުރަގަހުގައި ފިލުނީ ބޭއިހްތިޔާރުގައެވެ. އެއީ ކަޅު ކުލައިގެ ހޫޑްއަކުން މުޅި ގަޔާއި، ބޯ އެކީ ނިވާކޮށްގެން ހުރި މީހެކެވެ. ބަލާ ބެލުމަށް އަހަންނަށް ވުރެ އިސްކޮޅުން ކުރެވެ. އެވަގުތު ޖެހުނު ބާރު ވައިރޯޅިއަކުން އެ ގޮތްނޭންގޭ މީހާގެ ބޮލުން ހޫޑް ނެއްޓިއްޖެއެވެ. ހަވާގެ ތެރެއަށް ވިހުރުވިގެން ދިޔައީ ހިސާބަކަށް ބުޅި، ކަޅުކަން ގަދަ އިސްތަށިގަނޑެކެވެ. ދެން ފެނިގެންދިޔައީ އޭނާގެ މޫނެވެ. އަހަރެންގެ ހިތުގެ ވިންދެއް، ޖަހަން ހަނދާންނެތި ނުޖަހާ ދިޔަކަން ޔަގީނެވެ. ނަމަވެސް މަރު ނުވެ ހުރީވެސް އެ ޔާރާއަށްޓަކައިހެން ހީވިއެވެ. ވާ، ވާ އެހެރަ ސޫރައެކެވެ. އެހެރަ ފަރިކަމެކެވެ. ތުނި ތުންފަތަކާއި ބޮޑު ދެލޮލެވެ. އެ ދެލޮލުގައިވީ ‘މިސްޓީރިއަސް’ކަން އަހަރެންގެ ހިތް ހަމަ ރަނގަޅަށްވެސް ކަތިލައިފިއެވެ. އަހަންނަށް  އެ އަޑެއް ދެކެ ލޯބި ވެވުނު އަޑު، މި ޖިންސުއްލަތީފު ނޫން އެހެން އަންހެނެއްގެ އަނގައިން ނުކުންނަތަން އަހަރެންގެ ހިޔާލަށްވެސް ދެން ނުގެނެވޭނެއޭ ހިތަށް އެރިއެވެ. ވީވެސް ހަަމަ އަހަރެންގެ ހިތް އެދުނު ގޮތަށެވެ. އެ ކަމަނާ ގޮސް ވަނީ އެއްކަލަ ޗާލު އަޑު ނުކުތް ގަސްބޮނޑި ތެރެއަށެވެ.

“ޕްރިންސް!” އަންހެން ކުއްޖާގެ ފަހަތުން ދާން އަޅައިލެވުނީ އެންމެ ފިޔަވަޅެކެވެ. ދުރުން އަހަންނަށް ގޮވަމުން ޗޮކުލެޓު ކުލައިގެ އަހެއްގައި އައީ އަހަރެންގެ ގަނޑުވަރުގައި މަސައްކަތް ކުރާ ކުއްޖެކެވެ. މިރޭ ޖެހިގެން އޮންނަ ޝަހަރުގެ ރަސްގެފާނު ދުރުވާތީ ބާއްވާ ކެއުން އޮންނަކަން ހަނދާންވީ މަސައްކަތު ކުއްޖާ ބުނުމުންނެވެ. އަވަސްވެގަތީ ރަސްގެފާނަށްވުރެ ކުރިން ގަނޑުވަަރާއި ހަމައަށް ފޯރާތޯއެވެ. އަހަށް އަރައިގެން ދުއްވައިލަމުން ގަސްބޮނޑިއާއި ދިމާއަށް ބަލައިލީމެވެ. ކޮންމެހެން ހަދާފައިވެސް މާދަމާ ރޭ އެތެރެއަށް ވަދެ އެ ކަމަނާއާއި ބައްދަލު ކުރާނަންކަމަށް އަމިއްލަނަފްސަށް ވައުދުވީމެވެ.

އޭގެ އަނެއް ރެއެވެ. ގަސްބޮނޑިން އެތެރެއަށް ވަނުމުން ނުކުމެވުނީ ހާމަ ބިމަކަށެވެ. ބިމުގައި ވަނީ ހެޔޮވަރު ވަރަކަށް ވިނަ ފަޅާފައެވެ. ކުރިމަތިން ފެންނަން ހުރި ފަރުބަދައިގައި ވާ ފެން ފައިބާ ތަނާއި އެއަށްވުރެ ގާތުގައި ހުރި ދިގު ޓަވަރަކީ ކުރެހުންތަކުން ނޫނީ ނުފެންނާނެހާ ރީތި މަންޒަރެކެވެ. މީހަކު ދިރި އުޅޭނެހެން ހީވާ ހަމައެކަނި ތަނަކަށް ހުރީ އެ ދިގު ޓަވަރުކަމުން އަހަރެން އެތާ ކުރިމަތީ ހުއްޓުނީމެވެ. އެރޭނެ ސިޑިއެއް ވަށައިގެން ނެތެވެ. ހުރީ ހަމަ އެކަނި އެންމެ މަތީގައި އިން ކުޑަދޮރެއް އެކަންޏެވެ. ދެން މިތަނަށް އަރަނީ ކިހިނެއް ހެއްޔެވެ؟ އަނެއްކާ މިތާ އަސްލުވެސް މީހަކު އުޅޭބާއެވެ.

ކުއްލިއަކަށް އަހަރެންގެ ތުންފަތް ދެމުނު އެންމެ ބޮޑަކަށް ދަމައި ހީލެވުނީ ޓަވަރުން އިވެން ފެށި އަޑުންނެވެ. އާނއެކެވެ. އެއީ ހަަމަ އެ އަޑެވެ. އަހަރެންގެ ހިތް ވަގަށް ނެގި ވަގުގެ އަޑެވެ. ލަވަ ނިމެންދެން އަހަންނަށް އާޝޯހުވެފައި އަޑުއަހަން ހުރެވުނެވެ. ކޮލަށް ތަދުވެގެންގޮސް ކެތް ނުވެގެން ތުންފަތް އޫކޮށްލެވޭ އިރަށްވެސް ހަމަ އަނެއްކާވެސް ހެވެނީއެވެ.

ލަވަ ނިމުމުން އަހަރެން ފުން ނޭވާއެއް ދޫކޮށްލީމެވެ. އަދި އަޑު ބާރުކޮށްލާފައި ވާހަކަ ދައްކަންފެށީމެވެ. “ތީ ކާކުތަ؟” އަހަރެންގެ އެންމެ ފުރަތަމަ ސުވާލަށް ޖަވާބެއް ނައެވެ. އަހަރެން ހުރީ ކަރު މައްޗަށް ނަގައި ޓަވަރުގެ މަތީގައި އިން ކުޑަދޮރަށް ލޯ ހުއްޓައިލައިގެންނެވެ. “އަހަންނަކީ މި ޝަހަރުގެ ޕްރިންސް. އަހަންނަށް ކިޔަނީ އުދުހޭ ދުއްވާމީހާ. އަހަރެން މި އައީ ތިހާ ރީތިކޮށް ލަވަކިޔާ އަޑުގެ ވެރިޔާ ދެކިލާ ހިތުން.” އަހަރެން އަމިއްލަ ނަފްސު ތައާރަފްކޮށް، ނުބައި މަގުސަދެއްގައި އައި މީހެއް ނޫންކަން އަންގައިލީމެވެ.

އިރުކޮޅެއް ފަހުން ކުޑަ ދޮރުން ބޭރަށް ވެއްޓުނީ ކަރުދާހުން ހަދާފައި އޮތް ރޮކެޓެކެވެ. “ޕްރިންސް އޭ؟ ހަމަ ހުވާތަ؟ އަޅެ އަހަރެން މީ ޕްރިންސްގެ ވަރަށް ބޮޑު ފަންކާއެއް. މި ބުނީ ވަރަށް ސަޕޯޓުކުރާ މީހެއް.” ގަނޑުގައި ޖަހާފައި އޮތެވެ. އަންހެންކުއްޖާ ކުޑަދޮރުން ބޯ ދިއްކޮށްލަން ކީއްކުރަން އަނގައިން ބަހެއް ބޭނުން ކުރަންވެސް ނޫޅުނެވެ. އަހަރެންގެ މޫނަށް އެއްކަލަ ފުޅާ ހިނިތުންވުން އަރައިފިއެވެ. ހިތުގައި އޮތް ލޯބި އުތުރި އަރައިގެން ދިޔައެވެ. އަހަރެން އެ ރީތި އަޑުގެ ވެރިޔާ ސިފަކުރީ ވަރަށް ލަދުވެތި ކުއްޖެއް ގޮތުގައެވެ. ނަމަވެސް މިހާ ބޮޑަށް ކަމެއް ހީނުކުރަމެވެ. ދެން އަހަރެން އަހައިލީ އެ ކުއްޖާގެ ނަމެވެ.

“އަހަންނަށް ކިޔަނީ އިސްތަށިގަނޑު ދިގު ކުއްޖާ.” ދެވަަަނަ ރޮކެޓުގައި ލިޔެފައި އޮތެވެ. ހާދަ ދިގު ނަމެކޭ އަހަރެންގެ ހިތަށް އެރިއެވެ. ވަރަށް އިސްތަށިގަނޑު ދިގުތޯ އަަހަރެން އަހައިލީމެވެ. ޖަވާބުގައި އޭނާ ލިޔުނީ ވަރަށް ދިގުވާނެ ކަމަށެވެ.

“އެންމެ ރަގަޅުތަ އިސް ކިޔަސް ލޯބިން؟” އަހަރެން ލޯބިން ކިޔަން ނަމެއް ހަދައިލީމެވެ.

“ތީ ހަމަ ހަބޭސް ނަމެއް. މީގެ ފަހުން އަހަންނަކީ އިސް.” އިސް ޖަވާބުގައި ފޮނުވިއެވެ.

ދެން އަހަރެން އެދުނީ އޭނާ އަހަންނަށް ފެނިލުމަށެވެ. އިސް ޖަވާބުގައި ލިޔުނީ ލަދުން ނުކެރޭނެ ކަމަށެވެ. އަހަރެން ހައިރާނެއް ނުވަމެވެ. ބޭރަށްވެސް ދަނީ ހޫޑް އަޅައިގެން ވިއްޔާއެވެ. މާ ވަރަށް ސުވާލުކުރުމުން އޭނާ ޖެހިލުން ވެދާނޭ ހިތަށް އަރައި، މާދަމާ ރޭވެސް އަންނާނަމޭ ބުނެ އަހަރެން ދިޔައީމެވެ.

ދެ ވަނަ ދުވަހުގެ މެންދުރެވެ. އަހަރެން އުޅުނީ މާރުކޭޓުގައެވެ. ރަސްގެފާނުގެ ދަރި މާރުކޭޓުގައި ކީއްކުރަނީ ހެއްޔޭ ސުވާލު އުފެދޭނެކަން އިނގެއެވެ. އަހަންނަކީ ޝަހަރުގެ ރައްޔިތުން ދެކެ ވަރަށް ލޯބިވާ މީހަކީމެވެ. މިއީ ބައްޕާފުޅު ނެތް ދުނިޔެއެއްގައި މި ގައުމުގެ ރަސްކަން ކުރަން ޖެހޭ ދުވަހަކަށް ތައްޔާރުވުމުގެ އެއް ބައެވެ. ޒިންމާދާރު ވެރިއަކަށް ވުމަށް އެންމެ މުހިންމު އެއް ކަމަކީ ރައްޔިތުންގެ އިހުސާސުތައް ދެނެގަތުންކަން ބައްޕާފުޅު ވަނީ ކިޔައިދެއްވާފައެވެ. އަހަރެން އެ ތަނަށް ގޮސް އުޅުނީ ރައްޔިތުންގެ ދިރިއުޅުން ވީހާވެސް ގާތުން ބަލައިލުމަށެވެ. އަހަރެން ހުރީވެސް ވަރަށް އާދައިގެ ހެދުމުގައެވެ. ބަލާލާ އެކަކަށްވެސް އަހަރެންކަން ފާހަގަ ނުވާނެ ގޮތަށެވެ.

މާރުކޭޓު ތެރޭ ދެކޮޅު ބަަލަނިކޮށް ލޮލުގައި އަޅައިގަތީ ކަޅު ކުލައިގެ ހޫޑް ގަޔާއި ބޮލުގައި އެކީ އަޅާއިގެން ހުރި މީހެކެވެ. ފުރަތަމަވެސް އަހަރެންގެ ހިތަށް އައީ އިސްއެވެ. ހޫޑް ތެރެއިން ނުކުމެފައި އިން ކަޅުކަން ގަދަ ބުޅި އިސްތަށިކޮޅު ފެނުމުން އަހަރެންގެ ހީ ޔަގީނަށް ބަދަލުވިއެވެ. ފަަހަތުން ގޮސް ކޮނޑުގައި ޖަހައިލީމެވެ. ފަހަތަށް އެނބުރުނު އިސްއަށް އަހަރެން ފެނުމާއެކު ހީވީ ބިރެއް ފެނުނު ހެންނެވެ. އަތް ފޮޅުވާލައިފައި ދުއްވައިގަތެވެ. ކުޑަ އިރުކޮޅަކު ވާނުވާގައި ހުރުމަށްފަހު އަހަންނަށް އެއްކަލަހެން ފުޅާކޮށް ހީލެވުނެވެ. ހަމަ ޔަގީނުންވެސް ލަދުގަތީއޭ ހިތަށް އެރިއެވެ. ދިމާވާ ކޮންމެ ފަހަރަކަށް ވުރެ ވެވޭ ލޯބި ވީ އިތުރެވެ.

ވައުދާއި އެއްގޮތަށް އެރޭވެސް އަހަރެން ޓަވަރަށް ދިޔައީމެވެ. ނަމަވެސް އެތެރެއިން އިވުނީ ހަޅޭކެއްގެ އަޑެވެ. “އިސް؟!” އަހަރެން ވަރަށް ބާރަށް ގޮވައިލީމެވެ. އެއްޗެހި ތެޅޭ އަޑު ފިޔަވާ އިތުރު އަޑެއް ނީވުނެވެ. އަވަސް އަވަހަށް ބުރަކަށީގައި އަޅުވާފައި އިން ދެ ކަނޑި ނަގައި އެ ހަރަމުން ޓަވަރުން މައްޗަށް އަރަން ފެށީމެވެ. ކުޑަ ދޮރާއި ހަމައަށް އެރުމުން އެތެރެއަށް ފުންމައިލި ވަގުތު މޫނާއި ދިމާއަށް އައި ފުޅިން ރެކެވުނީ ކިރިޔާއެވެ.

ސަހަރޯއެވެ! އެ ތަަނެކޭ ކުނި ގޮނޑެކޭ ތަފާތެއް ނެތެވެ. ހީވަނީ އަތު ޖެހުނު އެއްޗެއް ނަގައި ހޫރާފައި ހުރި ހެންނެވެ. އެކަކު އަނެކަކުގެ އިސްތަށިގަނޑަށް ދަމަން ތިބި ދެ މީހުން، އެއްފަހަރާ އަހަންނާއި ދިމާއަށް ބަލައިލިއެވެ. އެތަނުން އެކަކަކީ ކަޅު އިސްތަށިގަނޑުގެ ވެރި އިސްއެވެ. އަނެކަކަކީ ނުދަންނަ އަންހެނެކެވެ. ޖަހަނީ ދެ ބައި އުމުރުގެ މީހެއް ވައްތަރެވެ. “އިސް…” ކަޅު އިސްތަށިގަނޑުގެ ވެރިއާއަށް ނިސްބަތްކޮށް އަހަރެން ގޮވައިލީމެވެ.

“އުދުހޭ ދުއްވާމީހާ! އަހަރެންގެ އިސްތަށިގަނޑު ބުރިކޮށްލާ!” ދެ ބައި އުމުރުގެ އަންހެން މީހާ ހަޅޭއްލަވައިގަތެވެ . އެ އަޑަށް އިސް އަނެއްކާވެސް ދަތްކުނޑި ވިކައިގަތްފައި އެ މީހާ ގައިގައި ހިފައިގަތެވެ. “އަޅެ އަޑެއް ނީވޭތަ؟ އިސްތަށިގަނޑު ބުރިކޮށްލަދޭށޭ!” އަންހެން މީހާ އަނެއްކާވެސް ހަޅޭއްލަައިގަތެވެ. އޭނާގެ ރަން އިސްތަށިގަނޑަށް އަހަންނަށް ބަލައިލެވުނީ ދެނެވެ. ބިންމަތީ ދެމިފައި އޮތް ރަންކުލައިގެ ރޮދިފަށްތައް ކަމަށް ހީކުރި އެއްޗިހީގެ ކޮޅުގޮސް ގުޅިފައިވަނި އަންހެން މިހާގެ ބޮލަށެވެ. އަނެއް ކޮޅު ވީ ހިސާބެއްވެސް ނޭންގެއެވެ. “ސުބުހާނައްލޯހި…” އަހަންނަށް ކިޔައިލެވުނެވެ.

“އަވަސް!!!” އަންހެން މީހާ މިފަަހަރު ހަޅޭއްލަވައިގަތީ އިހުނަށްވުރެ ބާރަށެވެ. ސިއްސައިގެންދިޔަ އަހަންނަށް ހަޅޭއްލަވައިގަތްފައި ގޮސް އަތުގައި އޮތް ކަނޑިން އެ ރަން އިސްތަށިގަނޑު ބުރިކޮށްލެވުނެވެ. އަހަރެން ހުރީ ހިތް އަވަސްވެފައެވެ. ބަލަންވީ ދިމާލެއް އަހަންވީ އެއްޗެއް އޮޅިފައެވެ. ބުރިކޮށްލެވުނު ރަން އިސްތަށިގަނޑުގެ ކުލަ ކަޅަށް ބަދަލުވެއްޖެއެވެ. އެއާއިއެކު އެ މީހާ ބަދަލުވީ ޒުވާން އަންހެން ކުއްޖަކަށެވެ.

އިސް (ކަޅު އިސްތަށިގަނޑުގެ ވެރިޔާ) ހަޅޭއްލަވައިގަތުމުން އަހަރެން އަދި އަނެއްކާ މާ ބޮޑަށް ސިހުނެވެ. އެއާއެކު ދެން ފެނިގެންދިޔައީ މާ އަޖައިބުކުރުވަނިވި މަންޒަރެކެވެ. އިސްގެ ސިފަ ބަދަލުވާން ފެށިއެވެ. މޫނުގައި ރޫތައް ގިނަވެ، އިސްތަށިގަނޑު ނުރަވާންފެށިއެވެ. އަހަރެންގެ ބޮލަށް އެނބުރުންވެސް އެރިއެވެ. މި ހުވަފެނުން ހޭލެވޭތޯ ދުއާކޮށްލެވުނެވެ. ހުވަފެނެއް ނޫނީއާ ދެން މީ ކޯޗެއް ހެއްޔެވެ؟އެ ވަގުތު ހިތަށް އައި ރެޕަންޒަލް ކާޓޫނުވެސް ހިތުން ފުހެލީ އިތުރަށް މިކަމާ ވިސްނަންވެސް ބޭނުން ނުވާތީއެވެ.

ލޯގަނޑު ކުރިމަތީ ހުރި އިސްއަށް އަމިއްލަ މޫނު ފެނުމުން ބަލަން ބޭނުންނުވެގެން ގޮސް ކުޑަދޮރުން ބޭރަށް ފުންމައިލައިފިއެވެ. އޭގެ ފަހުުން ގަބު އަރާފައި އިނީ އަހަރެން އެކަންޏެއް ނޫނެވެ. ކައިރީ އިން، އަންހެން ކުއްޖެއް ކަމެއް އަންހެން މީހެއްކަމެއް އަހަންނަށް ނޭންގޭ ކުއްޖާވެސްމެއެވެ.

“ދެން ވާނުވާ ކިޔައިދޭން ވެއްޖެ އެންނު ދޯ” އަހަންނާއި އެ ކުއްޖާ ތިބީ ގަނޑުވަރުގައެވެ.

“އުދުހޭ ދުއްވާ މީހާގެ އިސްއަކީ އަހަރެން. އުދުހޭ ދުއްވާ މީހާ އިސްއޭ ކިޔާފަ ގޮވި އަނެއް މީހާއަކީ އަހަރެންގެ އެކުވެރި ގާ ތެލި… ރެޕަންޒަލް ކާޓޫނު ބަލާފަ ދޯ ހުންނާނީ. އޭގަ ވާ ގޮތަށް އަހަރެންގެ އިސްތަށިގަނޑުން ލިބުނީ ޒުވާންވާ ބާރު. އެކަމަކު ހަގީގަތް ކާޓޫނާ ވަރަށް ތަފާތު. އެހެން މީހަކު ޒުވާންކޮށްދޭ ވަރަކަށް އަހަރެންގެ ސޫރަ ދޮށީ މީހަކަށް ވަނީ. އަދިކާޓޫނާއި އެންމެ ތަފާތު ބަަޔަކީ، އަހަރެން މިކަމާ އެއްބަސްވީ އަމިއްލަ ރުހުމުން. އަހަންނަކީ ރަސްގެފާނާއި ރާނީގެ ދަރިއެއް ނޫން. އަހަންނަކީ މައެއްބަފައެއް ނެތް ޔަތީމެއް. އަހަރެން ބޭނުންވިހާވެސް އެއްޗަކީ ލައްޒަތާއި އަރާމު. ގާ ތެލި ބޭނުންވީ ޒުވާންކަން. އެހެންވެ އެކަކު އަނެކަކަށް ބޭނުންވާ ކަންތައް ހޯދައިދޭން އަހަރެމެން އެއްބަސްވީ. އެކަމަކު ގާ ތެލީގެ ޝަރުތަކީ އެހެން މީހެއް ކައިރީ ނޭންގުން. އެރޭ އުދުހޭ ދުއްވާ މީހާ ޓަވަރު ކައިރިން ނުކުންނަތަން ގާ ތެއްޔަށް ފެނިގެން ހީކުރީ އަހަރެން ހުރިހާ ވާހަކައެއް ކިޔައިދިނީ ކަމަށް. އެހެންވެ އެކަމާ ރުޅި އައިސްގެން ތަޅާ ފޮޅަނިކޮށް ތި އާދެވުނީ.” އިސް ކިޔައިދިނެވެ.

“ދެން އެ އަޑު…” އަހަރެންގެ ޖުމުލަ ނިމުމުގެ ކުރިން އިސް ގަޑަ ގަޑަ އަޅާފައި ހޭންފެށިއެވެ.

“ސޮރީ… އަހަރެން އުދުހޭ ދުއްވާމީހާއަށް އޮޅުވައިލީ. ބުނީމެންނު ފަންކާއެކޭ. އަޑު ކަމުދިޔައޭ ބުނީމަ އަހަރެން ދޮގު ހެދީ. އަސްލު އެއީ ގާ ތެލި ލަވަ ކިޔަނިކޮށް ކޮށްފައިން ރިކޯޑެއް، ކޮންމެ ރެއަކު އަހަންނަށް ރީތިކަމުން އަޑު ފުލުކޮށް ޖައްސައިގެން އުޅުނީ.” އިސް އަދިވެސް ހެނީއެވެ. ނަމަވެސް އަހަންނަކަށް އެއްގޮތަކަށްވެސް ނުހެވެއެވެ. އެވަގުތު ދަނޑިގަޑެއްގެ އެހީގައި މަޑުމަޑުން އައި ގާ ތެލި އަހަރެން ކުރިމަތީ ހުއްޓުނެވެ. އެ މުސްކުޅި މީހާގެ އަނގައިން އެންމެ ފަހު ވަގުތުވެސް އަހަރެން ލޯބިވާ އަޑު އިވޭތޯ އުންމީދުކުރެވުނީތީ މޮޔަ ހިތަށް އަރަން ޖެހުނެވެ. އިވުނީ ދަތް ނެތް މުސްކުޅިއެއްގެ އަޑެވެ. ދެން އަހަންނަށް ލޯބި ވެވުނީ ކާކުދެކެ ހެއްޔެވެ؟ ވަގަށް ނެގި އަހަރެންގެ ހިތް، އަނބުރާ ހޯދަން ދާން ބަލާއިރު ވަގެއް ނެތެވެ.

“ކަލޯގަޔާ! ދެން ކޮބާ މަގޭ ހިތް؟!”

(ނިމުނީ)

ނޯޓް: މިވާހަކައަކީ ޓޭންގަލްޑް ކާޓޫނުގެ މައްޗަށް ބިނާކޮށް، އެ ކާޓޫނު މަޖާގޮތަަކަށް ބަދަލުކޮށްލައިގެން ގެނެސްދެވިފައިވާ ވާހަކައެކެވެ. ވާހަކައިގެ ޝަހުސިއްޔަތުތައް: އިސްތަށިގަނޑު ދިގު ކުއްޖާ (އިސް)- ރެޕަންޒެލް، އުދުހޭ ދުއްވާމީހާ- ފްލައިން ރައިޑާރ، ގާ ތެލި- ގޯތެލް

Share Article

Follow Me Written By

Jinni

Level 410 Stories100 Login100 Comments500 Login

Other Articles

Previous

ހެޔޮ ބަދަލެއް!

Next

ހިތުގެ ތެޅުން 5

Next
July 24, 2018

ހިތުގެ ތެޅުން 5

Previews
July 24, 2018

ހެޔޮ ބަދަލެއް!

24 Comments!

  1. eekko says:
    July 24, 2018 at 3:31 pm

    Hahaha…nyc

    1. Jinni says:
      July 24, 2018 at 3:55 pm

      thnk u eekko

  2. Baby girl ❤ says:
    July 24, 2018 at 3:52 pm

    ????????????? vrh vess reethi…adivess hama heveny eyy

    1. Jinni says:
      July 24, 2018 at 3:56 pm

      thnx baby girl im glad i made u laugh

  3. Anonymous2 says:
    July 24, 2018 at 3:57 pm

    Hahahahahaaahahahagahahahagahagahahahaha. Ohmygod. Lol

    1. Jinni says:
      July 24, 2018 at 4:07 pm

      haadha varakah thi henee ? thnk u 4 reading and commenting

  4. hamtii says:
    July 24, 2018 at 4:44 pm

    adhivx heveny…ahahah…omg….btw v reethi nge

    1. Jinni says:
      July 24, 2018 at 4:49 pm

      thank u hamtii. am happy that i made u laugh

  5. dhonkanbulo says:
    July 24, 2018 at 5:41 pm

    Hahahaha. ??V salhi. Mifaharu hama v funny. ????adhi vx hama heveny

    1. Jinni says:
      July 24, 2018 at 6:16 pm

      aan mifaharu hama liyan beynunvi gothah majaakoh liyevijje. thnx 4 reading dhonkanbulo

  6. Kitty says:
    July 24, 2018 at 7:00 pm

    Ahahaha. Jinni haadha molhey.. v reethi. Dhn eynaage hiyy hodha avahah????

    1. Jinni says:
      July 24, 2018 at 7:17 pm

      thnk u Kitty. eyna ge hih eyna eba hodha heskiyaafa vaahkaige dhuniyeyga. vaahaka nimumaffahu dhen magey zimma eh nethennu ?‍♀️

  7. Foshi says:
    July 25, 2018 at 3:20 pm

    ????

    1. Jinni says:
      July 25, 2018 at 3:56 pm

      thx 4 da comment

  8. Amin says:
    July 28, 2018 at 12:38 pm

    Varah reethi vhk
    Majaa vhk eh

    1. Jinni says:
      July 28, 2018 at 3:54 pm

      thnx Amin

  9. Inkko says:
    July 30, 2018 at 6:51 pm

    Varah reethi vaahaka eh…..maasha Allah…..keep it up dear….and varah majaa ingey mi story vx???

    1. Jinni says:
      August 1, 2018 at 1:22 pm

      thnx inkko

  10. Maii says:
    July 31, 2018 at 3:02 pm

    Vrh reethi stry eh…. n funnyy tooo… hahahaha… ???????

    1. Jinni says:
      August 1, 2018 at 1:22 pm

      thank u

  11. Ahseeam says:
    August 23, 2018 at 4:41 am

    Oh my god… the story was very very nice… keep up the good work… waiting for the next story?❤

    1. Jinni says:
      November 27, 2018 at 4:40 pm

      thnx ingey

  12. Shaina says:
    November 8, 2018 at 8:55 pm

    ????????????????????ma heehee gos hafusvejje! Ehera nanthakakah assalaamun vassalaam. V salhi ingey. Mashah Adobe’s Hama heveny. Mihaaru bandah best eba thadhuvey.????????????????

    1. Jinni says:
      November 27, 2018 at 4:40 pm

      thnk u

Comments are closed.



All Right Reserved!