Skip to content
އެސްފިޔަ

ކުޅިވަރުގެ ސަބަބުން އިޖުތިމާއީ ފައިދާލިބެއެވެ.

ޒަމާނުންސުރެ ކުޅިވަރުގެ އާދަކާދައަކީ ދިވެހިންގެ ސަގާފަތުގެ އެއްބައޭ ބުނުމަކުން ދޮގަކަށް ހަމަ ގައިމަކުވެސް ނުވާނެ. މިކަން އަޅުގަނޑުމެން ލޭކައްކުވާލާ ފުޓުބޯޅައާއި އެހެން ކުޅިވަރުތަކުގެ ދިގު ތާރީހަށް ބަލާލުމުންވެސް އެނގިގެން ދޭ. ޒަމާނުންސުރެ ދިވެހިންގެ ތެރޭގައި އެކި އެކި ކުޅިވަރުތަށް ރާވާ ހިންގެމުންދާއިރު މިކަމުގެ ސަބަބުން އިޖްތިމާއީ ގުޅުންތަކަށް އެދެވޭ ބަދަލެއް އަންނަކަމީ ޝައްކެތްނެއް ހަގީގަތެއް.

ރަށްތަކުގައި ކުޅިވަރުތަށް އިންތިޒާމް ކޮށްގެން ކުޅުމުގެ މައިގަނޑު ބޭނުމަކަށްވެފައިވަނީ އެރަށެއްގެ މުއައްސަސާތަކުގެ ގުޅުން ބަދަހިކޮށް އަތޮޅާއި ރަށުގެ އިޖުތިމާއީ ފޭރާން ވަރުގަދަކުރުން ކަމުގައި ވަނީވެފާ. އަދި ހަމަ އެހެންމެ ރަށަކީ ކުޅިވަރުގެ ދާއިރާއާއި މުނިފޫހި ފިލުވުމުގެ ދާއިރާއިން ފާހަގަކުރެވޭ ކާމިޔާބީތަށް ހޯދާ ރައްޔިތުން ދިރިއުޅޭ ރަށަކަށް ހެދުމެ.

ޒަމާނުންސުރެ އަޅުގަނޑުމެންގެ ތެރޭގައި ހަރުލާފައިވާ އާދަތަކަށް ބަލާއިރު އަދި އަދަށް ދާންދެންވެސް ކުޅިވަރަށް ދިވެހިން ދޭ ސަމާލުކަން ނެތިގެން ނުދާކަން ފާހަގަ ކޮށްލަން. އެހެނީ މެޗެއް އޮވެއްޖެ ނަމަ ކޮންމެ މީހަކު ވެސް ބަލާނީ މެޗު ފެށުމުގެ ކުރިން އެ މައިދާނަކަށް ހާޒިރުވެވޭތޯ. މިކަމުގެ ސަބަބުން ގަޑިޔަށް ސަމާލުކަންދީ ދާންޖެހޭ ތަންތަނަށް ވަގުތަށް ހާޒުރުވުމުގެ އާދަ ވަރަށް ގިނަމީހުންގެ ކިބައިގާ ހަރުލާފައިވޭ.

ކުޅިވަރުގެ މައިދާނަކީ ރަށުގެ ކުދިބޮޑު އެންމެންކަހަލަގޮތަކަށް ހާޒުރުވާ މައިދާނެކެ. މިކަމުގެ ސަބަބުން އެއްބަޔަކު އަނެއްބަޔަކަށް އެނގި ވާހަކަދެކެވި އެކުވެރިކަން ބަދަހިވެގެންދެއެ. ހަމައެހެންމެ އަވަށްޓެރި ރަށްތަކާއެކު ކުޅޭ ކުޅިވަރުތަކުގެ ސަބަބުން ކުޅިވަރުގެ މައިދާނުން އެކަކު އަނެކަކާ ދިމާވެ ބީރެއްޓެހިކަން ނެތި އެކުވެރިކަން ބަދަހިވާން ގިނަވަގުތު ތަކެއް ނުނަގައެ. މިކަންކަމުގެ ސަބަބުން މީސްތަކުންގެ މެދުގައި އެކުވެރިކަން އުފެދި ރަށްރަށުގެ މީހުންނާ ގުޅުން ބަދަހިވެގެން ދެއެ.

ކުޅިވަރު ކުޅުމުގައި ސަމާލުވާންޖެހޭ ކަންކަމަށް ބަލާއިރު އިޖުތިމާއީ ފޭރާން ވީދުނަނުދީ ހިފެހެއްޓުމަކީ ކުޅުންތެރިންގެ ޒިންމާއެއް. ކުޅިވަރެއްނަމަ އަބަދުވެސް މޮޅުވާނީ އެއްޓީމެއްކަން ގަބޫލްކޮށް ދެންފަހަރަކުން ރަނގަޅު ނަތީޖާއެއް ހޯދަން މަސައްކަތް ކުރުމަކީ ބަލިވާ ޓިމް ތަކުގެ ޒިންމާއެކެވެ. މިކަންކަމުގެ ސަބަބުން ކުޅުންތެރިންނަށް ރަނގަޅު އަޙްލާގެއް ދަސްވެގެންދޭ. ހަމައެހެންމެ ހިތްވަރު އެލުވާނުލާ އާ ޖޯޝަކާއި އެކީ މަސައްކަތް ކުރުމުގެ ރޫހު އާލާވެގެން ދެއެ.

ކަން މިހެން އޮތުމާއެކު އަޅުގަނޑު ގަބޫލު ކުރަނީ ކުޅިވަރުގެ ސަބަބުން އިޖުތިމާއީ ގުޅުން ބަދަހިވާކަމަށެ. ހަމައެހެންމެ މީސްތަކުންނަށް ކަންކަމުގައި ވަގުތަށް ސަމާލުކަންދެވި ހިތްވަރު އެލުވާނުލާ މަސައްކަތްކުރަން ފުރުސަތުލިބިގެންދެއެވެ.

Comments (2)

  1. Neera

    Keep the good work sis..

    1. saraahu
      Neera

      thnkx sis 🙂

Comments are closed.