Skip to content
އެސްފިޔަ

ހަޔާތަށް އައި ގިލަންވެރިކަން 2

އަހަރެމެންނަށް ޖެހޭ ނުރައްކާތެރި ބަލިތަކެކޭވެސް އެއްފަދައިން ސިހުރަކީވެސް ހަމަ އެފަދަ ބައްޔެކެވެ. ސިހުރު ޖެހިފާވާމީހަކު ވަގުތުން ފާހަގަނުވެދާނެއެވެ. ގިނަ އަލާމާތްތަކަކަށްފަހުވެސް އެއީ ސިހުރުކަން ޔަގީންކުރަންނޭނގިދާނެއެވެ. އެހެންނަމަވެސް ކުއްޖާއަށް އަންނަ ބަދަލުތަކުގެ ސަބަބުން ބައެއް ހާލަތްތަކުގައި ސިހުރަށް ޝައްކުކުރެވިގެންދެއެވެ.

ދޮށީ ދަރިފުޅާޖެހިގެން ހުންނަ ދަރިފުޅު ބަނޑުގައި ރިއްސާތީ ތެޅިފޮޅޭތާ 2 މަސްދުވަސް ވީއިރުވެސް ލިބުނު ފަރުވާއެއްނެތެވެ. ދެއްކުނު ޑޮކްޓަރުންގެ އަދަދު ގުނާނުކުރެވެއެވެ. ނަމަވެސް ފަރުވާއެއްނުލިބުނުތާގައި ބަލީގެ އަސްލެއްވެސް ނޭނގުނެވެ. ބަލީގެ އަސްލަކީ ކޮބައިގަން އެނގިގެން ދިޔައީ ކުއްޖާގެ ބަސްމޮށުންތެރިކަމަށް އައި ބަދަލާއި އާއިލާ މެންބަރުން ކައިރިވީމައި ލަވާހަޅޭކުގެ ސަބަބުން ޝައްކުވެގެން ރުގުޔާކުރުމުންނެވެ.

މިދަރިފުޅުގެ ވޭނަށް ފަރުވާކޮށް ލުއި ލިބުނުތާ މާގިނަދުވަހެއްނުވެ ޖެހިގެން ހުރި ދަރިފުޅު މޭގައި ރިއްސާތީއުޅެން ފެށިއެވެ. ކުރިންފަހަރެކޭ ވެސް އެއްގޮތަށް ޑޮކްޓަރަށް ދެއްކުމަށްފަހު ލިބުނު ނާކާމިޔާބީގެ ސަބަބުން ރާއްޖެހިން ބޭރަށްގެންގޮސް ރުގްޔާކުރިއެވެ. ބޭސްފަރުވާ ނިމި ރަށަށް އެނބުރި އައިތާ މާގިނަދުވަސްތަކެއް ނުވެއެވެ. ދޮށިދަރިފުޅު ބޮލުގައި ރިއްސާތީ އުޅެން ފެށިއެވެ. ދަރިފުޅު އެއިރު ކިޔަވަމުން އައީ ގުރޭޑް 9 ގައި ކަމަށް ވުމުގެ ސަބަބުން ރާއްޖެއިން ބޭރަށްގެންދިޔުމުގެ ބަދަލުގައި މާލޭގައި ހުރި އިތުބާރުހިފޭ ރުގްޔާކުރާ މީހެއްގެ އެހީގައި ފަރުވާ ހޯދިއެވެ.

މާލެއިން ފަރުވާކޮށްގެން ރަށަށް އައިތާ މަސްދުވަސްފަހުން އަނެއްކާވެސް ދޮށީ ދަރިފުޅަށް އުނދަގޫތަކާ ކުރިމަތިވާނފެށިއެވެ. ގުރުއާން ކިޔަވަން އިންނަވަގުތު ކޮޓަރިތެރެއިން ހިޔަނި ފެނުމުގެ އިތުރުން ނިދާފައި އޮންނަ އިރު ހުވަފެން ފެނަށް ފެށިއެވެ. ކޮންމެ ހުވަފެނެއްގައިވެސް ފެންނަނީ އެއްމަންޒަރެކެވެ. ގޭގެ އިރުމަތީ ފަރާތެވެ. އެއިރު ގޭގެ ކަންކަމާ ހަވާލުވެ ހުރީ މަންމަފަރާތު ބޭބެއެކެވެ.

ބޭބެގެ އެދުމަކަށް ދަރިންގެ ބައްޕަ ރަށުން ބޭރުގައި އާމްދަނީ ހޯދަން މަަސައްކަތްކުރަން ހުރެފައި ރަށަށް އެނބުރި އައިސް ލަންކާއަށް ދިއުމަށްތަކައި ޖެހިގެން އައި ދުވަހު ލޯންޗުން ދޮށީދަރި ގޮވައިގެން މާލެދިޔައެވެ. މާލޭގެ ފަސްގަނޑުގައި ފައި ޖެހުމާއެކު ރަށުގައި ތިބި ދަރިންގެ ހާލުބަލާލުމަށްޓަކައި އަންހެނުންނަށްގުޅި އިރު އަންހެނުންގެ އަޑުގައިވަނީ ހާސްކަމެވެ. ދޮށީ ދަރިއާއި ޖެހިގެން ހުރި ދަރިފުޅުގެ ހާލު މާބޮޑަށް ގޯސްވީއެވެ. ކެއްސާވަރުން ނޭވައިލާންވެސް އުނދަގޫވަނީއެވެ. ކައިރީގައި ގުރުއާންކިޔެވުމުން ލުއިވިކަމުގައި ވިޔަސް ކަރުން އެތެރެއަށް ބޯފެންތިއްކެއްހާހިސާބު އެތެރެވިޔަސް ކެއްސަންފަށައެވެ.

ދޮށީދަރި ގޮވައިގެން ލަންކާޔަށްގޮސް ރުގުޔާކުރާ މީހާގާތަށް ދިޔުމުން ދޮށީދަރިފުޅު ފަރުވާހޯދަން ދެކޮޅުހެދިއެވެ. ސަބަބަކަށް ބުނަނީ އަމިއްލަ ފުރާނައަށްވުރެ ބޮޑަށް ކޮއްކޮގެ ފުރާނަ ސަލާމަތްކުރަން ބޭނުންކަމަށެވެ. ރުގުޔާކުރާ މީހާގާތު ދޮށީދަރި އެދުނީ ރަށުގައި އޮތް ކޮއްކޮއަށް ލުއިވާނެފަދަކަމެއް ކޮށްދިނުމަށެވެ. ވަރަށް މަސެއްކަތުންވެސް ކޮއްކޮއަށް ލުއި ނުވުމުން މަންމައާއި އެކު ކޮއްކޮވެސް މާލެގެންނަށް ބައްޕަގެ ގާތު ދޮށީދަރި އެދުނެވެ. އަދި ދޮށީދަރި ރަށަށް ކޮއްކޮމެންގާތަށް ފޮނުވާދިނުމަށްވެސް އެދުނެވެ.

ބައްޕަގެ ޝަރުތަކަށްވީ ފަރުވާ ހޯދައިގެން ރާއްޖެދިޔުމެވެ. އިތުރުގޮތެއް ނެތުމުން އެގޮތަށް އެއްބަސްވެ ފަރުވާ ހޯދައިގެން ދޮށީދަރި މާލެ އެނބުރި ދިޔައީ ބައްޕަ ލަންކާގައިބަހައްޓާފައެވެ. އެއިރު މަންމައާއި ކޮއްކޮ ބޭބެއާއި އެކު މާލޭއައިސް ތިބުމުން ދޮށީދަރި ބޭނުންވީ މާލެ ދެވުނުހާއަވަހަކަށް މަންމަމެން ލަންކާއަށް ފޮނުވާށެވެ.

******ނުނިމޭ******

Comments (9)

  1. saraahu

    next week i will be very bxee. ehnve libunu free vaguthu kolhuge beynunhifaigen vaahaka up kohla midinee 🙂 hope you guys will like this part also 🙂 thnkx for the support

  2. Baby girl ❤

    Vrh vrh reethi…masha allah

    1. saraahu
      Baby girl ❤

      thnkx

  3. @AL@A

    vrh reethi and understand it

    1. saraahu
      @AL@A

      thnkxx

  4. Neera

    Reethi varah.. waiting for next part

    1. saraahu
      Neera

      thnkx. btw dhn up kohleveynee next mnthga. test bw mathee othumun testah faritha kuran eba jehey. test nimunu haa avahakah up kohla deynan insha allah

  5. Salvaa

    V reethi
    Masha allah. Keep up the good work

    1. saraahu
      Salvaa

      thnkx

Comments are closed.