Skip to content
އެސްފިޔަ

ފަޅައިގެން ދިޔަ ފުރޮޅު

ހިނގަމުން ދިޔަ ގަޑީގެ ސިކުންތު ކަށްޓާ ދިމާލަށް ކަޅި ހިންގައިގެން އިން ނަޝްފާ ޚިޔާލަަށް ކުއްލިއަކަށް އައީ މީގެ ދިހަ އަހަރު ކުރިން މަދަރުސާގައި އުޅުނު އިރު ހިނގި ހާދިޞާއެކެވެ. އޭނާގެ ހިތުން ފޮހެވިގެން ނުދާނެ ހާދިޞާއެކެވެ.

މިހާރު ކިޔުންތެރިން ހިތަށް އަރާނެއެވެ. ކިޔައިދޭން މިއުޅެނީ ކޮންމެވެސް ލޯބީގެ ވާހަކައެކެވެ. ނޫނީ ހިތާމަވެރި ހާދިސާއެކެވެ. ނޫންތޯއެވެ. މިފަހަރު ތި ހީވީ މުޅިން ގޯސްކޮށެވެ. މިއީ މަަޖާ ވާހަކައެކެވެ. ނުހެއްޗެވެ.
އަހަރުގެ ފަހު އިމްތިހާނަށް ތައްޔާރުވަމުން ދިޔަ ނަޝްފާއާއި، އޭނަގެ އެކުވެރި ރީޝާއެވެ.. އިމްތިހާނު ފެށެން ހަފްތާއަކަށް ވަނީ ވެފައެވެ. އޮތް އިތުބާރެއްގެ ބޮޑުކަމުން އިމްތިހާނުގެ ކުރިން މަޖާކޮށްލައި ޕިކްނިކް ހަދާލަން ދެކުދިން ދިޔައީ ދުރު ރަށަކަށެވެ. މަޖަލުގައި އުޅެފައި ރަށަށް އައީ އިމްތިހާނު ފެށެން އޮތް ދުވަހުގެ ކުރީ ރޭގައެވެ. ވެފައިވާ ވަރުބަލިކަމުން ނިދިގޮތަށް ހޭލެވުނީ އިމްތިހާނުގެ ގަޑި ފާއިތުވެދިޔަ ފަހުންނެވެ.

އަނެއް ދުވަހު ސްކޫލަށް ގޮސް އިމްތިހާނު އަލުން ހަދަން ފުރުސަތެއް ލިބޭފަދަ މަކަރެއް ރާވާލިއެވެ. ގެއަށް އައި މަގުމަތީގައި ކާރުގެ ޓައިރު ފަޅައިގެންގޮސް އެހީއެއް ނުލިބި ގިނަ ވަގުތު ހޭދަވުމުން އިމްތިހާނަށް ނާދެވުނީކަމަށް ޓީޗަރުގާތު ބުނެ އިމްތިހާނު އަލުން ދިނުމަށް އެދުނެވެ. އެކުދިންގެ އުޒުރު ގަބޫލުކޮށް ޓެސްޓް ހެދުމުގެ ފުރުސަތު ދިނެވެ.

އަނެއް ދުވަހު ދެމީހުން އިމްތިހާން ހަދަން ދިޔުމުން ޓީޗަރު އެެކުދިން ކޮންމެ ކުއްޖަކު ވަކި ރޫމެއްގައި ބޭތިއްބިއެވެ. އަދި ދެކުދިން ވެސް އިމްތިހާނު ހަދަން ފެށިއެވެ. ފުރަތަމަ ސުވާލަށް ވަރަށް ވެސް ފަސޭހައިން ދެކުދިންނަށް ވެސް ޖަވާބުދެވުނެވެ. ފަސް މާކުހުގެ އެ ސުވާލަށް ފަހު ދެން އޮތީ ނުވަދިހަފަސް މާކުހުގެ ސުވާލެކެވެ.

“ފަޅައިގެން ދިޔައީ ކޮން ފުރޮޅެއް؟”
-ނިމުނީ –

Comments (10)

  1. Dandelion

    Yey me first dhw ????

    1. Zidhan Mohamed
      Dandelion

      Yes.. Congrats. ?

  2. Nisha

    Hahhahahaha zidhaaan ????

    1. Zidhan Mohamed
      Nisha

      Aan ??

  3. Nunnu

    Mi vaahakaige name ah balaafa ves ingehje mee mi vaahaka kan ehen avahah kiyaalee handhaan aa kollan

  4. man

    ey kon furolheh tha falhaigen dhiyaee?

  5. chain

    Not funny

  6. Molhey

    falhey gen dhiyey kon furulheh?????? dhnzidhaan javaabu dhee baley….

    1. Pole star
      Molhey

      Thedhei falheygen dhiyey kon furolhei??

    2. Kooo
      Molhey

      Hama chakoi menah nengeytha

Comments are closed.