Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ޖިންނިއެއްގެ ހަޔާތުން ސަފްހާއެއް

Jinni Level 410 Stories100 Login100 Comments500 Login
July 21, 2018 3 Mins Read
34 Comments

އަހަންނަކީ ޖިންނިއެކެވެ. އަހަރެން ބޭނުންވަނީ އިންސާނަަކަށް ވާންށެވެ. އެއީ އަހަންނަށް އިންސާނެއް ދެކެ ލޯބި ވެވިފައިވާތީއެވެ. ނަމަވެސް މި އިންސާނަކީ އިންތިހާއަށް ޖިންނިން ދެކެ ބިރުގަނަން ކުއްޖެކެވެ. ސަބަބަކީ އަހަންނެވެ. އަހަންނަށް އޮޅިގެން އޭނާ ކުރިމައްޗަށް ފާޅުވެވުނީއެވެ. އެރޭ އޭނާ ރުއި އިރު ކަރުނަ ފުހެދޭންވެސް އަހަރެން ނުކުޅެދުނެވެ. ކޮންމެއްކަސް އަހަރެން މި އަންހެންކުއްޖާއަށް ވަގުވަގަށް ފާރަލާތާ ފަސް އަހަރު ވަނީއެވެ. އޭނާއަށް މިހާރު ސަތާރަ އަހަރެވެ. އެންމެ ފުރަތަމަ އަހަންނަށް ފެނުނު އިރާއި ވަރަށް ތަފާތެވެ. އިންސާނުންނަކީ އުމުރު ކުރު ބަޔަކަށް ވާތީއެވެ. ނަމަވެސް އަހަރެންގެ ލޮއެއްބަކަށް ބަދަލެއް ނާދެއެވެ.

އެދުވަހުވެސް އަހަރެން ދިޔައީ ހަނާ ފަހަތުންނެވެ. ހަނާއަކީ ވަރަށް މަޑުމައިތިރި ކުއްޖެކެވެ. އެކަމާ އޭނާގެ އެކުވެރިއެއްވެސް ނުހުރެއެވެ. އަހަރެން ވަރަށް ދެރަވެއެވެ. އޭނާގެ އެކަނިވެރިކަން ފިލުވައިދެވޭނެ ނަމައޭ ހިތަށް އަރައެވެ. ސްކޫލު ނިންމާފައި ހަނާ ގެއަށް ދިޔަ މަގުމަތީ ގާތްކޮށްލީ އޭނާގެ ބޮޑުބޭބެއެވެ. އެއީ އަހަރެން ވަރަށް ރުޅިއަންނަ މީހެކެވެ. އޭނާ ހަނާއާއި ވާހަކަދެއްކުމުގައި ގެންގުޅޭ ރާގުގަނޑު އަހަންނަށް އެއްގޮތަކަށްވެސް ކަމަކު ނުދެއެވެ. އޭނާގެ ނަޒަރުތައް އަމާޒުވާ ގޮތް ތަންފުކެއްވެސް ކަމަކު ނުދެއެވެ. އެހެން އުޅެލާފައި އަހަރެންގެ ބާރުތައް ބޭނުންކޮށްގެން އޭނާއަށް ގޯނާކޮށްލާފައި ހުރި ވަރު މަދެއް ނުވާނެއެވެ.

މިރޭވެސް ގޭ ފުރަގަހަށް އެ ބުޅާ އައެވެ. އޭތި ކޮންމެ ދުވަހަކު ހަނާ އަތުން ކާ އެއްޗެހި ހޯދަން އަންނާތީ އަހަރެން ވަރަށް ފޫހިވެއެވެ. ކާ އެއްޗެއް އެހެންތާކުން ނުލިބެނީ ބާއޭ ހިތަށް އަރައެވެ. އެހެނަސް ހަނާ އޭއްޗަށް ކާންދޭއިރު އުފަލުން ހެވިފައި އިންނާތީ އަހަރެންވެސް އުފާވެއެވެ. ހަނާ ހިނިތުންވާތަން މީހަކަށް ފެންނާނީ ދަމަކުން ބަޑިއެއް ޖަހާހެންނޭ ބުންޏަސް ރަނގަޅުވާނެއެވެ. އެ ހިނިތުންވުމަށްޓަކައި އަހަރެން ކޮންމެ ކަމެއްވެސް ކުރަން ތައްޔާރެވެ. ކުއްލިއަކަށް އަހަރެންގެ ސިކުނޑިއަށް އައީ ވަރަށް މޮޅު ހިޔާލެކެވެ. ހަނާ ބުޅާދެކެ ލޯބިވަންޏާ އަހަރެން ބުޅަލަކަށް ވާންވީއެވެ. ލިބުނު މޮޅު ހިޔާލަށް އަމިއްލަ ނަފްސަށް ތައުރީފުކޮށްލެވުނެވެ.

އަނެއްރޭ އަހަރެން ހަނާއަށް ފެނުމުގެ ކުރިން އެއްކަލަ ބުޅާ ބިރުގަންނަވައި ފައްސައިލީމެވެ. “މިރޭ ދާނީ އަހަރެން!” މޭ ފުއްޕައިލަމުން އަހަރެން ބުނީމެވެ.

އަހަރެން ފެނިފައި ހަނާ ފާޑަކަށް ދެ ބުމަ ގާތްކޮށްލިއެވެ. މިރޭ އެހެން ބުޅަލެއް އައުމުންނެވެ. ދުރު ބަލައިލީ ކުރިން އަންނަ ބުޅާ އައިތޯއެވެ. އަހަންނަކީ އޭތީގެ އެކުވެރިއެއް ކަމަށް ހީކުރީ ކަންނެންގެއެވެ. އަހަރެން މިއައޮ ގޮވައިލީމެވެ. ހަނާގެ ނަޒަރު އަހަންނަށް ހުއްޓުވުމަށެވެ. ހަނާ ހިނިތުންވެލާފައި އަހަންނަށް ކާން އެޅިއެވެ. އެ ބުޅަލަށް ކާންދޭ ކެއުމެވެ. އަހަރެން ކާން ފެށީމެވެ. އެހާ މީރެއްވެސް ނޫނެވެ. ނަމަވެސް އަހަރެން ނިންމީ ލަސްލަހުން ކައި ހުސްކުރާށެވެ. ގިނައިރު ހަނާ ކައިރީ އިނދެވޭނެތީއެވެ. އަހަންނަށް އިރު އިރުކޮޅައި ހަނާއަށް ބަލައިލެވެއެވެ. ކޮންމެ ފަހަރަކު ހަނާވެސް އަހަންނަށް ބަލަން އިންނަތަން ފެނުމުން އަހަރެން ލަދުގަނެއެވެ. އެހާ އުފަލުން އިނދެ ހަނާ އަހަންނަށް ބަލާނެކަމަކަށް ދުވަހަކުވެސް އަހަރެން ހީނުކުރަން ވިއްޔާއެވެ. އޭގެ ފަހުން ކޮންމެ ރެއަކު އަހަރެން ހަނާ ކައިރިއަށް ބުޅަލެއްގެ ސިފައިގައި ދަމެވެ. ހަނާ އަހަރެންގެ ބޮލުގައި ފިރުމައިލުމުން ލިބޭ އުފާ އެހެން ވަގުތެެއްގައި ނުލިބެއެވެ.

އެއްރޭ ހަނާ ކާންދޭން އަންނަލެއް ލަސްވުމުން އަހަރެން ކުޑަކޮށް ކަންބޮޑުވިއެވެ. ގެތެރެއަށް ވަނީމެވެ. އެތެރެގެއިން އިވުނީ ހަނާގެ ހަޅޭކުގެ އަޑެވެ. އަހަންނަށް ހުރެވުނު ތަންވެސް ނޭންގެއެވެ. ދުވެފައިގޮސް އެތެރެއަށް ވަތްއިރު ފެނުނު މަންޒަރުން ލޮލުން ލޭ ނުފޭބީ ކިރިޔާއެވެ. އަހަރެންގެ އަސްލު ސިފައަށް ބަދަލުވެވުނީ ކޮން އިރަކު ކަމެއް ނޭންގެއެވެ. ހިއްލައިލި އަތުން އަހަރެން ފޮނުވައިލީ ވައި ރޯޅިއެކެވެ. ހަނާގެ ގައިމަތީ އޮތް ބޮޑުބޭބެ ދިޔައީ ވިއްސައިގެންނެވެ. އެވަރުން އަހަރެން ދުލެއް ނުކުރަމެވެ. އެއްފަހަރު ބިމުގައި އަނެއް ފަހަރު ސީލިންގުގައި އޭނާ ނަގައި ތެޅީ ހޭނެތެންދެންނެވެ. ހޭނެތުމުން ކުޑަދޮރުން ބޭރުގައި އޮތް ވަލުތެރެއަށް ހޫރައިލީމެވެ.

އަހަންނަށް ހަމަ ބުއްދިވީ ބިރުން ފިއްކަނޑައިގެން ގޮއްސައި އިން ހަނާ ފެނުމުންނެވެ. އަހަރެން އަވަހަށް އޭނާގެ ލޯމަތިން ކަޝްފު ވެލީމެވެ.

“މަޑުކޮށްބަލަ!” ހަނާގެ އަޑަށް އަހަރެން ސިހުނެވެ. “ނުދޭބަލަ…” ހަނާ އެދުނެވެ. ޖެހިލުން ވެފައި ހުރެވެސް އަހަރެން އަލުން ހަނާގެ ކުރިމައްޗަށް ފާޅުވީމެވެ. ހަނާ ސިއްސައިގެން ދިޔައެވެ. ނަމަވެސް އަނެއްކާވެސް އަހަރެން ޣައިބުވެދާނެތީ ވާހަކަދެއްކިއެވެ.

“ތީތަ އެދުވަހު އަހަރެން ސަލާމަތްކޮށްދިން ޖިންނި؟” ހަނާގެ ސުވާލުކުރިއެވެ. އޭނާ އެ ދައްކަނީ ފަސް އަހަރު ކުރިން އަހަރެން އޭނާ ކުރިމައްޗަށް ފާޅުވި ދުވަހުގެ ވާހަކަކަން އަހަންނަށް އިނގުނެވެ. އަހަރެން ބޯ ޖަހައިލީމެވެ.

“ޝުކުރިއްޔާ…” ހަނާ ބުންޏެވެ. ހަނާ އަހަރެންދެކެ ބިރެއް ނުގަނޭބާއޭ ހިތަށް އެރިއެވެ. “މިއަދަށް ވެސް ޝުކުރިއްޔާ.” ހަނާ ބުންޏެވެ. “ކީއްވެ އަހަރެން ސަލާމަތްކޮށްދިނީ؟”

ހަނާގެ ސުވާލަށް ޖަވާބު ދިނުމަށް އަހަރެން އިންސާނެއްގެ ސިފައަށް ބަދަލުވީމެވެ. އިންސާނުންގެ ބަހުން ވާހަކަދެއްކެނީ އިންސާނަކަށް ވެގެން ކަމަށްވާތީއެވެ. “އެއީ އަހަރެން ހަނާދެކެ ލޯބިވާތީ.” އަހަރެން ހުރިހާކަމެއް ފާޅުކުރީމެވެ. ހަނާ ފެށީ ހޭންށެވެ.

“ދެން ބުޅަލެއްގެ ސިފައިގެ އައުމުގެ ބަދަލުގަ ތިހެން އިންސާނެއްގެ ސިފައިގަ އައިނަމައެންނު.” ހަނާ ބުންޏެވެ.

“އާނ ދޯ!” އަހަންނަށް ބުނެވުނެވެ. އެ ހިޔާލު ކުރިން ނައީ ކީއްވެބާއެވެ. އަހަރެން މީ މޮޔައެކެވެ. ހަނާ އިތުރަށް ހޭން ފެށިއެވެ. އެތަން ފެނިފައި އަހަންނަށްވެސް ހެވުނެވެ.

ނިދިން ހޭލެވުމުން ޖެހިގެން އޮތް ހަނާއަށް އަހަރެން ބަލައިލީމެވެ. ހަނާ އޮތީ އަހަންނާއި ދިމާއަށް ބަލަހައްޓައިގެންނެވެ. ހެވިލާފައެވެ. އަހަންނަށް ފެނުނު ހުވަފެން ހަނާއަށް ކިޔައިދިނީމެވެ. ހަނާ ފެށީ ހޭންށެވެ. ހުވަފެނުގައި ހުނުން ގޮތަށެވެ. އަހަރެންވެސް ހީލީމެވެ. އެ ހުވަފެނަކީ ހަގީގަތެއް ކަމެއް ހަނާ ނުދެނަހުއްޓެވެ. އަހަރެންގެ އެދުން ފުރިހަމަވީއެވެ. އިންސާނަކަށް ވީއެވެ. ނަމަވެސް އޭގެ ބަދަލުގައި އަހަރެން ޖިންނިއެއްގެ ގޮތުގައި ހުއްޓައި ދިމާވި ހަނދާންތައް ހަނާގެ ސިކުނޑިން ފިލައިދިޔައެވެ. އެ ހަނދާނަތައް ނެތެއް ކަމަކު އަހަންނާއި ހަނާ އުޅެމުންދަނީ އުފަލުގައެވެ.

އެނދުކައިރީ އައިސް ހުއްޓުނު އަހަރެމެންގެ ފަސް އަހަރުގެ ދަރިފުޅު ޔޫލްއަށް އަހަރެން ބަލައިލީމެވެ. “ބައްޕައަށް ވަރަށް މަޖާ ހުވަފެނެއް ފެނިގެން މިއުޅެނީ.” ހަނާ ޔޫލް ކައިރީ ބުންޏެވެ. ކޮން ހުވަފެނެއްތޯ ޔޫލް ސުވާލު ކުރިއެވެ.

“ދަރިފުޅު ބޭނުންތަ ޖިންނިއަކަށް ވާން؟” އަހަންނަށް އެހެން އަހައިލެވުނީ ކީއްވެކަމެއް ޚުދު އަހަންނަށްވެސް ނޭންގެއެވެ.

(ނިމުނީ)

 

Share Article

Follow Me Written By

Jinni

Level 410 Stories100 Login100 Comments500 Login

Other Articles

Previous

ހެވަން ރޯޅި

Next

ސިޓީ

Next
July 21, 2018

ސިޓީ

Previews
July 21, 2018

ހެވަން ރޯޅި

34 Comments!

  1. Mary says:
    July 21, 2018 at 10:27 am

    lol

    1. Jinni says:
      July 21, 2018 at 10:41 am

      ikr this is lol. but thanks 4 commenting Mary

  2. Jinni says:
    July 21, 2018 at 10:39 am

    okay i regret pulishing this story. mee ma moya vegen kuri kameh. sorry for making you read this dear readers. plx dont critisise??

  3. Shai says:
    July 21, 2018 at 11:44 am

    Heheheh… nice ingey.. dnt feel regret.. keep it up dear.. hope to see u again..

    1. Jinni says:
      July 21, 2018 at 11:55 am

      i write a series called hithuge thelhun. also there is a short story named mee kusheh heyyeve. u can scheck them out when u have free time ?

    2. Jinni says:
      July 21, 2018 at 11:56 am

      n thnx

  4. apple pie says:
    July 21, 2018 at 12:14 pm

    goaheh noon.hehe aslu v salhi.awwn jinni keep it up

    1. Jinni says:
      July 21, 2018 at 3:49 pm

      thnx

  5. Anonymous says:
    July 21, 2018 at 1:02 pm

    Awwwn… So cute?

    1. Jinni says:
      July 22, 2018 at 3:31 pm

      thnx for reading

  6. dhonkanbulo says:
    July 21, 2018 at 2:58 pm

    Hehehe??funny.but nice

    1. Jinni says:
      July 21, 2018 at 3:51 pm

      majaa vaahaka eh liyan nimmaigen huree ekamu nuvi ekameh. ehenve mihen liyunee dhen. but thnx 4 saying its funny and nice

  7. saraahu says:
    July 21, 2018 at 6:36 pm

    hehehe. moody vegen indefa mi kiyaalee jinnige stry eh veema…. mi vaahaka ige sababun mood badal vehjje. happy to read it. 🙂 nice stry keep it up. 🙂

    1. Jinni says:
      July 22, 2018 at 3:30 pm

      varah ufaa vejje meehaku happy koddevuneema. thnx 4 the comment

  8. Baby girl ❤ says:
    July 21, 2018 at 7:05 pm

    Reethi…….??

    1. Jinni says:
      July 21, 2018 at 7:39 pm

      thnx

  9. Bell says:
    July 21, 2018 at 8:33 pm

    This is a nice stry n funny too???????… don’t feel regeret looking forward 2 read a new stry from uuuu

    1. Jinni says:
      July 24, 2018 at 1:50 pm

      thank u so much Bell new story eh miadhu iraadha kurevviyya up vaane?

  10. mal says:
    July 21, 2018 at 9:10 pm

    awwwnn. v salhi,keep going bro.shift delete the haters. hehe.ly<33

    1. Jinni says:
      July 22, 2018 at 3:28 pm

      thnx u r so sweet mal. l’ll do dat?

  11. Jinni says:
    July 22, 2018 at 3:35 pm

    i honestly didnt think that this story would get so many likes and comments.? now i dont regret publishing it. thanks for the support peeps u guys r the best??

  12. Vaph says:
    July 24, 2018 at 12:47 pm

    nice imagination. Loved this story. It was funny nd different. Happy that i got to read something different to read.❤

    1. Jinni says:
      July 24, 2018 at 1:54 pm

      thnx Vaph. i like reading n writing unique stories. abadhu ekkahal vaahaka kiyan foossennu dhw

  13. husam says:
    July 29, 2018 at 2:02 pm

    very nice story I like this story

    1. Jinni says:
      July 30, 2018 at 12:06 pm

      thnk u husam

  14. aishaa says:
    August 5, 2018 at 10:05 am

    this story is so cool

    1. Jinni says:
      August 5, 2018 at 4:34 pm

      thank u aishaa

  15. raiiiii says:
    August 5, 2018 at 12:24 pm

    alhey haadha kurey.ekamu vx loabi

    1. Jinni says:
      August 5, 2018 at 4:35 pm

      maa gina idea netheema kuruvee. thnk btw

  16. Rai says:
    August 18, 2018 at 9:32 pm

    Woww ….lwbi

    1. Jinni says:
      November 27, 2018 at 4:34 pm

      thnk u

  17. ? says:
    October 14, 2018 at 2:02 pm

    Nice Story ✨

    1. Jinni says:
      November 27, 2018 at 4:34 pm

      thnx

  18. Nuzuha says:
    August 12, 2019 at 4:59 pm

    Very nice ???

Comments are closed.



All Right Reserved!