Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

ލޯތްބަށްޓަކައި ފަހުބައި

nonni? Level 1
July 20, 2018 4 Mins Read
31 Comments

މޭޒުމަތީގައި ދެ ފެންތަށި އޭނާ ބަހައްޓާލިއިރުވެސް އަހަރެން އޭނާއަށް ބަލަހައްޓައިގެން ހުރީމެވެ. ބަދިގެ މޭޒު ހުންނީ ކުޑަދޮރު ކައިރީގައެވެ. އެހެންކަމުން ކުޑަދޮރުގެ ބިއްލޫރި ގަނޑު ތޮރުފާލާފައި ވަތް އިރުގެ އަލި އަމާނީގެ ދޮން ކަނދުރާއަށް އެޅުމުން އާޝޯޙްވެފައި އަހަންނަށް ހުރެވުނީއެވެ. އަމިއްލަ އިޙްތިޔާރުން ބޭރުގައި އަމާނީއާއި ދިމާލަށް އަހަންނަށް ހިނގައިގަނެވުނެވެ. ފަހަތުން އޭނާ ގައިގައި ބައްދާލާ އެ ކަނދުރާގައި ބޮސްދެވުނެވެ. ހީލިކަރުވައިގަނެގެން ކަހަަލަ ގޮތަކަށް އަމާނީ ތެޅިގަތުމުން އަހަންނަށް މަޖާވިއެވެ. އަނެއްކާވެސް އެކަހަލަ ސަމާސާއެއް ކޮށްލާ ހިއްވިއެވެ.

އަމާނީގެ އުނަގަނޑުގައި ހިފާލަމުން ކޮށްޓާލީމެވެ. ދުރަށްދާން މަސަތްކަތް ކުރަމުން އޭނާ ހެނީއެވެ. އަހަންނަށްވެސް ހަމަ ހެވެނީއެވެ. އަހަރެންގެ އަތުން ވީއްލިގެން އަމާނީ ދުއްވައިގެތެވެ. ކޮޓަރިއާ ދިމާލަށެވެ. ނަމަވެސް އޭނާއަށް ކޮޓަރި ދޮރުގައި ހިފާލެވުމުގެ ކުރިން އަހަރެން އޭނާ އަތުކުރީމެވެ. އަމާނީގެ އަތުގައި ހިފާއި އަހަންނަާ ދިމާލަށް އަނބުރާލީމެވެ. އޭނާގެ މޫނުއައިސް ޖެހުނީ އަހަރެންގެ ތަނަވަސް މޭމަތީގައެވެ. އެކަކު އަނެކަކުގެ އަތުތެރޭގައި އަހަރުމެންނަށް ތިބެވުނީ އެކަކު އަނެކަކުގެ މޫނަށް ގެއްލިފައެވެ. އަހަރެންގެ ހަނދާނަށް އަންނަ ފެށީ މިގޮތަށް އުފަލުގައި ސަކަރާތްތަކުގެ ތެރޭގައި އަހަރުމެން އުޅުނު ދުވަސްތަކެވެ.

ކުރު ޙުލާސާއެއް ފަދައިން މާޒީގެ އެ އުފާވެރި ދުވަސްތަށް އަހަރެންގެ ލޯ ކުރިމަތީގައި ސިފަވިއެވެ. އެ ދުވަސްތަށް އަލުން އަނބުރާ ލިބޭނެ ނަމައޭ ހިތަށް އެރިއެވެ. ބާރަަކަށް އަމާނީގެ ގައިގައި އަހަންނަށް ބައްދައިގަނެވުނެވެ. އޭނާގެ ގިސްލުމުގެ އަޑު އިވުނީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. “ސޮރީ. އައި ލަވް ޔޫ” އަހަރެންގެ އަޑު ކުރަކިވިއެވެ. ދެފައި މައްޗަށް ތިރިވެ މާއާފަށް އެދެވުނީ އަމާނީގެ ބަނޑުގައި ބައްދާލަމުންނެވެ. އަހަންނަށް ނޭނގުނު ކަމަކީ އަމާނީއާއި އަހަރެންގެ ލޯބީގެ ނިޝާނެއް އެ ހަށިގަނޑު ތެރޭގައި ވިންުދު ޖަހަމުން ދިޔަ ކަމެވެ. އަމާނީވެސް އޭނާގެ ދެއަތް އަހަރެންގެ ބޮލުގައި ވަށާލިއެވެ. ވާހަކަ ނުދެއްކިއެއް ކަމަކު އަހަންނަށް މާފްކުރި ކަމުގެ ހެއްކެކެެވެ.

ކުއްލިއަކަށް އަހަރެން ސިއްސުވާލީ އެއްޗަކުން އަހަރެންގެ ކަންފަތްމަތީގައި ޖެހިހެން ހީވެގެންނެވެ. އަމާނީގެ ބަނޑާ އަހަރެންގެ ބޯ ދުރަށް ޖައްސާލަމުން ކޮޅަށް ތެދުވީމެވެ. އެއް ބުމަ ހިއްލާލައިގެން އަމާނީގެ މޫނަށް ބަލަން ހުރެވުނީއެވެ. އޭނާ ދިޔައީ ގަދަޔަށް ހެމުންނެވެ. އަހަރެން ހުރީ ވާނުވާ ނޭނގޭ ހާލުއެވެ. އަހަންނަށް ހުރެވުނީ އޭނާ ގައިގައި ބައްދާލައިގެންނެެވެ. އަނެއްކާވެސް އަމާނީގެ ބަނޑުން އެއްޗެއް ތޮޅިލިހެން ހީވިއެވެ. ދެބުމަ ގޮށް ޖެހުނެވެ. ތަފާތު އެއްޗެހި ހިތަށް އަރަމުން ދިޔައެވެ. ނޭނގޭ އިހްސާސެއް ކުރެވުނެވެ. ތިންވަނަ ފަހަރަށްވެސް އެ ތޮޅިލުން އިހްސާސް ކޮށްލަން ބޭނުންވިއެވެ. އަމާނީގެ ބަނޑުގައި އަތް ޖައްސާލީ އެހެން ވެގެންނެވެ. އޭނާ ލައިގެން ހުރި ގޯންޏެއް ފަދަ ހެދުމުގެ އަޑިން އަމާނީގެ އުފުލިފައިވާ ބަނޑު އަހަންނަށް އިހްސާސްވިއެވެ. ޝައްކު ޔަގީނަށް ބަދަލުވިއެވެ. “ވަޓް.” ބުނެދޭން ނޭނގޭ ކަހަލަ އިހްސާސްތަކެއް އުތުރި އަރައިގަތެވެ. އަހަންނަށް ހެވެން ފެށުނެވެ. ” އައިމް ޕްރެގްނެންޓް. ފިފްޓީން ވީކްސް.” ހުނުން ހުއްޓާލަމުން އަމާނީ ބުނެލިއެވެ. އަހަރެންގެ މުޅި ދުނިޔެ ރަންވިފަދައެވެ. އަމާނީ ގައިގައި ބާރަކަށް ބައްދާލެވުނު އިރު މުޅި އުމުރަށްވެސް އަހަރެންގެ ދެއަތު ތެރެއިން އޭނާއަށް ހިމާޔަތް ދޭނެކަން ޔަގީންކޮށްދިނީމެވެ.

ހަތަރު ދުވަސް ފަސް…

ފިހާރައަކަށް ގޮސްފައި އަހަރެން އައި އިރު އަމާނީ އެއް ގެއަކު ނޫޅެއެވެ. ޑިއުޓީއަށް ނުދާށޭ ބުނެފަ އޮއްވާ ދިޔައީ ބާއޭ ހިތަށްއެރިއެވެ. އަމާނީގެ ފޯނު އޮތީ ސޯފާގައެވެ. ޓީވީ ހުޅުވާލީ ފޫހިވެގެންނެވެ. ނަމަވެސް ޓީވީގެ ފަލަ ސުރުޙީއަށް އަރައިފައި އިން ޙަބަރުން ކޮޅަށް ތެދުވެވުނެވެ. “ހަތިޔާރާއެކު ރާއްޖެއަށް އަރައިގަން އުޅޭ މީހުންނާ ކުރިމަތިލުމަށް ސިފައިންގެ ފައުޖުތަށް ދަނީ ނިކުންނަމުން.” ޙަބަރު ކިޔަން އިން އަންހެން ކުއްޖާ ބުނެލި އެތިން މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. އަމާނީ އެ ދިޔައީ އެތަނަށް ހެއްޔެވެ. އަމިއްލަ ނަފްސާ ސުވާލު ކޮށްލެވުނެވެ. ބަޑި ޖަހާ އަޑު ގެއިން ބޭރުން އިވެން ފެށިއެވެ. އަޑު ގަދަ ކުރާ އަޑުވެސްމެއެވެ. ސޯފާމަތީގައި އޮތް އަމާނީގެ ފޯނުުވެސް ރިންގްވާ އަޑުވެސް އިވެން ފެށީ އެ އަޑުތަކާއެކުވެގެންނެވެ. ގުޅަނީ އަމާނީގެ އެންމެ ގާތް އެކުވެރިޔާއެވެ.

“ހަލޯ.” އެކުވެރިޔާގެ ނަންބަރުން ނަމަވެސް ވާހަކަ ދެއްކީ އަމާނީއެވެ. އޭނާއަށް ހުރީ މާނޭވާ ލެވިފައެވެ. ” މާން ބޭރަށް ނުނިކުންނައްޗޭ.” އޭނާ ބުނެލިއެވެ. “ކޮންތާކު ތިއުޅެނީ.” އަހަންނަށް ސުވާލުކޮށްލެވުނެވެ. “މަ މިނިކުތީ ހަތިޔާރު ހަފައިގެން. ޖުމްހޫރީ މައިދާނު ސަރަހައްދުގަ މިއުޅެނީ.” އަމާނީ ބުނެލި އެތިން އަހަންނަށް ހަޅޭއްލަވައިގަނެވެނެވެ. “އަމާނީ މޮޔަވީތަ ޑިއުޓީއަށް ނުދާށޭ ބުނީމެއްނު.” ހަޅޭއްލަވަން ބޭނުންނުވިޔަސް އަންހެނުންނާ ދުނިޔެއަށް އުފަންނުވާ ދަރިފުޅާ މެދު ކަންބޮޑުވީއެވެ. “މިވަގުތު މި ގައުމު ސަލާމަތް ކުރުން މާ މުހިންމު.” އޭނާ ފޯނު ކަނޑާލިއެވެ. އަނގައި ދެތިން ހަޑިއެއްޗެއް ބޭރުކޮށްލަމުން ގެއިން ބޭރަށް ދުއްވައިގަތީމެވެ. ގެއާ ވަރަށް ކައިރީގައި އޮންނަ ޖުމްހޫރީ މައިދާނަށްވެސް ދިޔައީ ދުވެފައެވެ. މީހުން ގައިގައި ޖެހޭ ފަހަރުވެސް އާދެއެވެ. ބަޑިތަށް ހިފައިގެން އުޅެމުން ދިޔަ މީހުން އަހަރެން ހުއްޓުވަންވެސް އުޅުނެވެ. ނަމަވެސް އެއިން ކޮންމެ މީހެއްގެ އަތުންވެސް ވީއްލިގަނެގެން އަހަރެން ދުވުނީމެވެ. އަމާނީއަށް ގޮވަމުން މުޅި ސަރަހައްދުގައި ދުވެވުނެވެ. އޭނާގެ ހިލަމެއް ނުވެއެވެ. އޭނާގެ އެކުވެރި ބައެއް ސިފައިން އެބައިމީހުންގެ ގައުމީ ވާޖިބު އަދާކުރަމުން ދިޔައިރު އަހަންނަށް މާ ބޮޑު ސަމާލުކަމެއް ނުދެއެވެ.

މައިދާނުގައި ބަހައްޓާފައި ހުރި ދިދައާއި ހިސާބުގައި މަޑުކޮށްލީމެވެ. “ހޭންޑްސް އަޕް.” އަހަރެން ސިއްސައިގެން ދިޔައީ ކަޅު ހެދުމުގައި މާސްކް އަޅައިގެން ހުރި މީހަކު އަހަރެންގެ ކުރިމައްޗަށް އަރާ ބަޑި އަމާޒުކޮށްލުމުންނެވެ. ދެއަތް މައްޗަށް ނެގުނެވެ. ފަހު ވަގުތު ކޮޅު ކަމަށް ހިތާ ދެލޯ މަރާލީމެވެ. ބަޑި ގޮއްވާލި އަޑަށް ލޯ ހުޅުވާލީއެވެ. އިސްތިރިކޮށްލަމުން އަހަރެންގެ މެއަށް ބަލާލީމެވެ. ލޮލުގައި އަޅައިގަތީ އަހަރެންގެ ކުރިމަތީގައި ހުރި އަންހެން ކުއްޖާއެވެ. އެކުއްޖާގެ ބޯ އަރަނީ އަހަރެންގެ މެއާ ހިސާބަށެވެ. ފަހަތުން ބަލާލާފައިވެސް އެއީ އަމާނީކަން ޔަގީންވިއެވެ. ވަޒަން އެރީ އޭނާގެ މެއަށެވެ. ވަޒަން ޖެހިމީހާ ރައްކާވެއްޖެއެވެ. އަމާނީ ވެއްޓެން ދިޔައެވެ. ހޭ ހުސްވެގެން ވެއްޓެން ދިޔަ ލޯބިވާ އަންހެނުންގެ ގައިގައި ހިފާއްޓާލެވުނެވެ.

އަހަރެންގެ އުނގުމަތީގައި އޭނާގެ ބޯ ބާއްވާލީމެވެ. އޭނާ ކެއްސާލިއެވެ. އަނގައިން އައީ ހުސް ލެއެވެ. “މާން. އައި..ލަވް..ޔޫ..ސޮރީ ކުޑަ ދުވަސްކޮޅެއްދޯ..އަހަރެންވެސް ބޭނުން އަހަރެމެންގެ ދަރިފުޅާއެކު ތަންކޮޅެއް ގިނަ ދުވަހު އުޅެލަން އެކަމު އެކުއްޖާފުޅު މި ދުނިޔެއަށް އައުމުގެ ކުރިން ދާންޖެހިފަ ދޯ މިއޮތީ. މަ ނެތް ދުނިޔެއެއްގަވެސް ހިތްވަރު އެލުވާނުލާ ރަނގަޅު ބައިވެރިޔަކާއެކު އުފާވެރި ދިރިއުޅުމެއް އުޅެއްޗޭ.ﷲ އިރާދަކުރެއްވިއްޔާ ސުވަރުގެއިން ބައްދަލުވާނެ..ލަވް ޔޫ ބޭބީ..” އޭނާއަށް ވާހަކަދެއްކުނީ ވަރަށް އުނދަގުލުންނެވެ. ފުންނޭވާތަކެއް ލަމުން އަމާނީ ޝަހާދަތް ކިޔާލިއެވެ. ޔުނީފޯމް މަތިން އޭހާ ރީއްޗަށް އެނގެންނަތްނަމަވެސް އޭނާގެ ބަނޑު މަތީގައި އަތް ބާއްވާލަމުން ދެލޯ މަރާލީ ހިނިތުންވުމަކާއެކުގައެވެ. އަހަންނަށް ރޮއެގަނެވުނެވެ. ހިނގުކޮޅެއްގެ ތެރޭގައި ބީވެގެން އެދިޔައީ އަހަރެންގެ ލޯތްބެވެ. އޭނާ ގެ މޭ އަނޑަނައެއްގެ ގޮތުގައި ދިއްކޮށްލީ އަހަންނަށްޓަކައެެވެ. އޭނާގެ ލޯތްބަށްޓަކައެވެ.

އެވަރުގެ މަތިވެރި ލޯތްބެއް އަހަރެން ކަހަލަ ހިތް ހަރު އަމިއްލަ އެދުން ބޮޑު މީހެއް ދެކެ ވާނެ އަމާނީ ނޫން ދެވަނަ އަންހެނަކު ނުހުންނާނެކަން ޔަގީނެވެ. ނަމަވެސް ލޯބީގެ ދެވަނައެއް ނެތް މިސާލު ދައްކުވައިދެމުން އޭނާ މިދުނިޔެއާ ވަކިވީއެވެ. އަހަރެމެންގެ އުފަންނުވާ ދަރިފުޅުވެސް ގޮވައިގެންނެވެ. ދެފުރާނަ އެކީހެން އަހަރެންގެ ލޯ ކުރިމަތީގައި ވަކިވެދިޔުމުން އަހަންނަށް ހަމަ ރޮވެނީއެވެ. އަމާނީ ވީ ލޯބީގެ އަގެއްގެ ގޮތުގައި އަހަންނަށް ދެވުނީ އަނިޔާއެވެ. ހިތާމައެވެ. ވޭނާ ކެކުޅުމެވެ. ތަންކޮޅެއް ގިނަ ދުވަސް އަދި ލިބޭނެ ނަމައޭ ހިތަށް އެރިއެވެ. ކުޑަ ހިނދުކޮޅަކު ނަމަވެސް އޭނާ މަޑުކުރާނެ ނަމައޭ ހިތަށް އެރިއެވެ. ހުސްނުވާ ލޯބިން އަމާނީގެ ހިތް ފުރާލަދޭން މިއަދު އަހަރެން ބޭނުންވިއެވެ. ނަމަވެސް ފުރާނައަކީ އޭގެ ވެރިފަރާތުގެ ހައްގެކެވެ.

ހިތާމަތަކާއެކު ލެއިން ތަތް ތެޅިފައި އޮތް އަމާނީ ގައިގައި ބައްދާލައިގެން އިނދެވުނެވެ. އަަހަރެންގެ ގައިގައިވެސް އޮތީ ހުސްލެއެވެ. އަހަންނަކީ ކުރީގައި ހިތް ހަރުކަމުގެ ހައްދެއްނެތި އުޅުނު މީހެކެވެ. ނަމަވެސް މިއަދު ނިކަން ދެކިބަލާށެވެ. އަހަންނަށް ވުރެ ހިތް ބަލި މީހެއް މިދުނިޔޭގައި ނުހުންނާނެ ތޯއްޗެކެވެ. ވާރޭގެ ބޯ ކެރިގަނޑެއް އޮއްސާލީ އަހަރެންގެ ހިތާމައިގައި ބައިވެރިވަމުންނެވެ. ބަޑިތަކުގެ އަޑުވެސް ކެނޑިއްޖެއެވެ. ހީވާ ގޮތުން ދިވެހިންނަށް ނަސްރު ލިބުނީއެވެ. ދިވެހި ސިފައިންގެ ތެރެއިން މަރުވީ ހަމައެކަނި އަމާނީއޭ ކިޔާ އަޑުވެސް އިވުނެވެ. އަހަރެންގެ ހިތާމަ ދެގުނަ އިތުރުވިއެވެ. އަހަރެން ސަލާމަތްކުރުމަށްޓަކައި އެ އުނޑައިގެ ކުރިމައްޗަށް އޭނާ ނޭރިނަމަ މިއަދު އޭނާވެސް ސަލާމަތުން އަހަރެންގެ އަތުތެރޭގައި ހުރީހޭ ހިތަށް އެރިއެވެ. އަހަރެންގެ ލޯތްބަށްޓަކައި އޭނާ އެވީ މަތިވެރި ގުރުބާނީ ދުވަހަކުވެސް މިހިތަކުން ނުފިލާނެއެވެ. އެ ލޯތްބެއް ހަނދާނެއް ނުނެތޭނެއެވެ. ހަގީގަތުގައިވެސް އަހަރެން މިދުނިޔޭން މޮޔަވެއްޖެއެވެ. އަޅާލާނެ އާއިލާ މީހެއް ނެތް ހާލު އެކަނިވެރިވެއްޖެއެވެ.

_______________________________________

ދިދި ދޮށުގައި އިށީނދެގެން އިން ލަމާން ކޮޅަށް ތެދުވެލީ އޭނާގެ ކޮނޑުގައި އަންހެން އަތަކުން އަތް ޖައްސާލުމުންނެވެ. ކޮޅަށް ތެދުވެ ފަހަތަށް އެނބުރިލިއެވެ. އޭނާގެ ހައިރާންކަން އިތުރުވިއެވެ. ލަމާންގެ މިލާފައިވާ މޫނުމަތި ފެނުމުން އޭނާގެ ކުރިމަތީގައި ހުއްޓިހުރި ނަދުވާގެ ހިތަށް ގޮތެއް ވެލިއެވެ.

“ސޮރީ.” ލަމާންގެ އަތުގައި ހިފާއްޓާލަމުން ނަދުވާ ބުނެލިއެވެ. ނަދުވާއަށް ފަސްދީފައި ލަމާން ހިނގައިގަތެވެ. ނަދުވާގެ އަތްތިލަ ފޮޅުވާލާފައެވެ. ވެފައި ހުރި ދެރައިގެ މައްޗަށް ލަމާންއަށް އިސްކުރެވުނީ ރުޅިއެވެ. އަމާނީ ނެތް ދުނިޔެއެއްގައިވެސް ހިތްވަރު އެލުވާނުލާ ފަހު ނޭވާ އާ ޖެހެންދެންވެސް ހުރުމަށް އޭނާގެ އަޒުމު ކަނޑެއެޅިއެވެ. ރަނގަޅު ބައިވެރިޔަކާ އެކު ހަޔާތެއް ފަށާށެވެ. ނަމަވެސް އަމާނީގެ ހަނދާންތަށް އެ ސިކުނޑި ވަނީ ވަށާލާފައެވެ. ނަދުވާއަށް ފަސްދީފައި ހިނގައިގަތް އިރު އޭނާގެ ހިތް އަމާނީއަށް އެދި ގޮވަމުން ދިޔައެވެ. އޭނާގެ ހަށިގަނޑާއި ފުރާނަ ނެތިފަނާވެދިޔަސް އަމާނީދެކެ އޭނާވާ ލޯތްބަކަށް ބަދަލެއް ނާންނާނެއެވެ.

ހަށިގަނޑާއި ފުރާނަ ވަކިވެވި ނެތިފަނާވެދިޔަސް ހެވޭ، ކަށިވެފީ ވެއްޔަ ވެދިޔަޔަސް ލޯބިއަހަރެން ވާނަމޭ

ލޯބިވެތި ތިޔަ ސޫރަ އަހަރެން ހިތުތެރޭ ފޮރުވާނަމޭ. ލޯބިވާގެ ހިޔާލުތަށް މިހިތުން ފިލާނެ ގޮތެއް ނެތޭ

ހިތުތެރޭ ވާ ވިންދު ކެނޑުނަސް ލޯބި ތިޔަ ނިމުމެއް ނެތޭ، ހިތުގެ ތިޔައީ ސާފު ލޯތްބެއް ފަނޑުވެގެން ދުވަހަކު ނުދާނޭ

ހާދަ ފޮނި އުންމީދު ތަކަކުން ހިތް މަގޭ ފުރިފައި ވިޔޭ، ހާދަހާ އެކުގާ ކަލާޔާ ދިރިއުޅެން ބޭނުންވިޔޭ

ނަމަވިޔަސް އެކަމުގެ ނަސީބެއް ދުނިޔެއިން ލިބުމެއް ނެތޭ، ލިޔެވިފައި ތަގުދީރުގައިވާ ގޮތް ބަދަލުވެވުމެއް ނެތޭ

ހިތް މަގޭ އެދެނީ ތިބާޔާ މަހުޝަރުން ބައްދަލުވުމޭ، ހިތް ބުނޭ ތިޔަ ލޯބި ގައިމޭ ޖަންނަތުން އަަބަދަށް ލިބޭނޭ

( ނުނިމޭ )

Share Article

Follow Me Written By

nonni?

Level 1

a thirteen yr old girl..reading and writing stories is something i always love to do... ❤❤❤❤❤

Other Articles

Previous

ހިތުގެ ތެޅުން 4

Next

ފަޅައިގެން ދިޔަ ފުރޮޅު

Next
July 21, 2018

ފަޅައިގެން ދިޔަ ފުރޮޅު

Previews
July 20, 2018

ހިތުގެ ތެޅުން 4

31 Comments!

  1. Ham says:
    July 20, 2018 at 3:00 pm

    me first….

    1. nonni says:
      July 20, 2018 at 7:55 pm

      Yayyy!!!???

  2. Ham says:
    July 20, 2018 at 3:01 pm

    nice story eh…keep it up nonni

    1. nonni says:
      July 20, 2018 at 7:13 pm

      Congratulations first place…thank you so much ? ❤❤

  3. Dandelion says:
    July 20, 2018 at 3:05 pm

    Me secnd dhww???Just luv it..ur a talented writer?????

    1. nonni? says:
      July 21, 2018 at 12:45 pm

      yh second.hehe next stry eh ga first hoadhacheyy..thank you so much nge..and u too are a talented writer
      rllly luv ur stry….

  4. Maya says:
    July 20, 2018 at 4:01 pm

    Waaaaaau hama Rovihjje.?????.. Vv reethi loves much..???????. Waiting for Next part… Mi nimuny thr bt fahubai Jahaafa iny ekamu ebain nunimey jahaafa ves??????

    1. nonni says:
      July 20, 2018 at 7:43 pm

      Alhey…thank you soo much..olhigen liyevuny nunimeyey ❤❤❤??

  5. Kitty says:
    July 20, 2018 at 4:04 pm

    UwU..this is so sadd but its nice n i miss dots they should make a season 2

    1. nonni says:
      July 20, 2018 at 7:45 pm

      Mee too.. ekahala news ves ulhey ekm adhi confirm eh nuvey..anyways thank you kitty ❤❤❤??

  6. Lam says:
    July 20, 2018 at 4:06 pm

    saabahey nonni…..keep it up. V salhi story

    1. nonni says:
      July 20, 2018 at 7:52 pm

      Thank you vry much ❤❤??

  7. ?Flower girl? says:
    July 20, 2018 at 4:11 pm

    Mashah hama rovunu. ??

    1. nonni says:
      July 20, 2018 at 7:49 pm

      Alhe avahah huttalaa ?❤❤ karuna hus vedhaane ?? thank you for reading ??

  8. Selean says:
    July 20, 2018 at 4:25 pm

    i ah vx rovunu. Awwwn. Story salhi, but Amani die nuvinama:(

    1. nonni says:
      July 20, 2018 at 7:51 pm

      Aww thank you selean ?? it’s destiny ey..n amani ge death ey stry ge main part akee☺

  9. nonni says:
    July 20, 2018 at 4:26 pm

    salaam everyone..this is the last part of my first short story..u may cry a lot but try not to cry too much ok…hehe. anyways i hope u all like this stry.n nunimey jehifa einee olhigen..it actually has to be nimuny..
    thank you for the lov n support…buddies

  10. Maya says:
    July 20, 2018 at 5:34 pm

    Wow. Fantastic story eh Mee. Vvvvvvv reethi ..
    Alhugandah vs hama rovunu??
    Keep it up dear??????????

    1. nonni says:
      July 20, 2018 at 7:53 pm

      Aww sweet of u to say..thank you vry much ❤❤❤??

  11. Twinkle? says:
    July 20, 2018 at 6:38 pm

    Alhey… I’m heartbroken… hama rngalhah vs rovijje… enme furathama vs hndhaanah aii shaheedh hussain adam… thnq our beloved hero… ae a aslu lwbbaky… gurubaan vumaky enme mathiveri lwbi… masha allah… adhi vs mikahala baivaru stry fennaane kamah hykuran…

    1. nonni says:
      July 20, 2018 at 7:37 pm

      Aww sorry heart break kohlevuneema. Actually Shaheedh hussain Adam inspired me to write this stry..hehe..our hero dhw hama salute kuran..yh sacrifice is a synonym of love..mikahala ehen stry eh liyan eba visnan..innane “dhookoffa loaibaa ufaa” kiyaa stry eh it’s actually my stry ekm nonni ge friend kyly ge account in publish kohdhinee..hehe
      Thank you for the lovely comment nge ????❤❤❤❤❤

  12. Nunnu says:
    July 20, 2018 at 7:59 pm

    mi story nimeythanugai eynee Dhivehi song ehge thankolhehtha
    ehenkamah vaanama ey kon song eh kan buneledheefaanan thv reethi mi vaahaka

    1. nonni? says:
      July 20, 2018 at 8:26 pm

      vakivedhiyayas dhivehi song by : unoosha n ibbe

    2. nonni? says:
      July 21, 2018 at 12:46 pm

      thank you vry much nge

  13. No one says:
    July 20, 2018 at 8:39 pm

    I’m speechless..this is a perfect story.. welldone sis… Maasha allah..♥️♥️♥️

    1. nonni? says:
      July 21, 2018 at 12:43 pm

      aww..thank you so much

  14. dhonkanbulo says:
    July 20, 2018 at 8:45 pm

    Varah salhi.❤??. Heeart touching adhi ehaame reeethi story eh.

    1. nonni? says:
      July 21, 2018 at 12:47 pm

      thank you my kanbulo…

  15. amerni says:
    July 21, 2018 at 12:00 pm

    awwn, v heart broking. nd thanks nonni i ge name use kohleema. v salhi story, keep it up….<3

    1. nonni? says:
      July 21, 2018 at 12:49 pm

      heart breaking dhw,..ur welcome amani vrh lwbi name eh..maasha allah..BTW thank you vry much

  16. ryurt says:
    September 14, 2018 at 11:07 pm

    mi story ga ebain kuda mistake eh eii kurin part ga bunefa in gothun viyya amaany laafa hury t-shirt eh ekam mi partga iny gayah dhoo hedhumeh it makes non sense by the way story reethi hadi ekey nubuneveyne

Comments are closed.



All Right Reserved!